Skip to content
އެސްފިޔަ

އެޕާރްޓްމަންޓް 4ބީ (އަށްވަނަބައި)

ފަރްހީންވެސް ޒިޔާންއަށް ޝުކުރު އަދާކުރުމަށްފަހު އެގެއަށް ވަނުމަށް ދައުވަތު ދިނެވެ. ޒިޔާން އުޅެނީ ހުޅުމާލޭގައި ކަމުން ވާރޭ ހުއްޓަންދެން އެގޭގައި މަޑުކޮށްލަން ނިންމިއެވެ. ފަރްހީން އާއެކު ވަދެގެން އައި ޒިޔާންގެ ލޯ ތަރަތަރަ ޖަހައިގެން ދިޔައީ ގޭތޭރޭގައި ދުވަމުން ދިޔަ އަންހެން ކުއްޖާފެނިފައެވެ. ކުޑަކުއްޖެއް ފަހަތުން ދުވަމުން ދިޔަ މި އަންހެން ކުއްޖާ އޭނާއަށް ސިފަވީ ހޫރު ޕަރީއެއްފަދައިނެވެ. ޝަމްހާވެސް ބެލުމެއްނެތި ދުވަމުން އައިސް ޒިޔާންގެ ގައިގައި ޖެހުމާއެކު ދެމީހުން ވެއްޓުނެވެ. ދާދި ގާތުގައި މަންޒަރު ބަލަންހުރި ފަރްހީންގެ ހިނގަނޑު ދިޔައީ ފަޅައިގެންނެވެ. އެވަގުތު ދެމީހުންވެސް އިންތިހާއަށް ލަދުގަނެފައި ތިބެ ތެދުވިއެވެ. ސަމާވެސް އޭނާގެ މަންމައަށް ގޮވާލިއެވެ. އެވަގުތު ޒިޔާންގެ މޫނު މިލާދިޔަގޮތް އެންމެ ގާތުން ދުށީ ފަރްހީންއެވެ.
ފަރްހީން ހެމުން ހެމުން އައިސް ޝަމްހާ އަށް ޒިޔާން ތައާރަފް ކޮށްދިނެވެ. ޝަމްހާ ބޭނުންވުމާއެކު ނަންވެސް ބަދަލު ކޮށްލާފައެވެ. އައިޝާއަށެވެ. އަދި އެއީ އެހެން ބަނޑަކުން އައިސް ހުރި އޭނާގެ ދައްތައެއް ކަމަށްވެސް ބުންޏެވެ. ފަރްހީން ޒިޔާން އާ ޝަމްހާ އަށް ވަގުތުކޮޅެއް ދިނުމަށްޓަކާ ގަސްތުގައި ސަމާ ގޮވައިން އެތެރެއަށް ވަނެވެ. އޭރު އޭނާގެ އެންދުމަތީ ނޫކުލައިގެ ކަރުދާހަކުން ޕާރިސަލް ކުރެވިފައި އޮތް ފޮށްޓަށް ފަރްހީންގެ ނަޒަރު ހުއްޓުނެވެ. އޭރު ސަމާ ކުލަޖައްސާ ފޮތެއްހިފައިން ގޮސް މޭޒު ކައިރީއިނެވެ.
ފަރްހީންވެސް ހައިރާންވެ ހުރެ އެ ފޮށިގަނޑު ކަނޑާލިއިރު އޭގައި އޮތީ ކަޅުކުލައިގެ ކަކުލާ ހިސާބަށް އަރާހެދުމެވެ. ފަރްހީންއަށް އެންމެ ކަމުދާގޮތަށް އާދައިގެ ހެދުމެކެވެ. ހަމަ ކަޅުއެހުން މޭމަތި ޖަރީކުރެވިފައިވީއިރު އަތެއް ނެތެވެ. އޭގެ ބަދަލުގައި ހުރަހަށް ވާގޮތަށް އިނީ ލޭސް ކޮޅެކެވެ. ހަމަ ކަޅުކުލައިންނެވެ. ފަރްހީންއަށް އެހެދުން ވަރަށް ކަމުދިޔައެވެ. އަދި ފޮށީގައި އިތުރު އެއްޗެއް އޮތްހެން ހީވެގެން ބެލިއިރު ނޯޓެއް އޮތެވެ. ފަރްހީން އޭތި ކިޔާލިއެވެ. “ކަމަނާ މީތި ތުރުކުރައްވައިން އަންނަން ވީ މާދަން ރޭ8:15 އަށް އަހަރުންގޭ ޓެރަހަށް.” ފަރްހީން ހީލަމުން އެހެދުން އަލަމާރިއަށް ލިއެވެ. ހަމަ އެއާއެކު އެހިތުގެ ހަމަޖެހުން ވެސް ގެއްލުނެވެ.ނަމަވެސް ޝަމްހާންގެ އެއްވެސް ކަމަކަށް ފުރަގަސް ނުދިނުމަށްޓަކާ ފަރްހީން ދާން ނިންމިއެވެ.
ޝަމްހާންގެ ހިތުގައިވަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. ގާތުގައި ޝަރާއޮތްއިރު އޭނާ އޮތީ ކޮންމެސް މީހަކަށް ގުޅައިގެންނެވެ. ފޯނު ކޯލު ނިންމާލުމަށް ފަހު އޭނާ ވާހަކަދައްކަން ފެށިއެވެ.”އައި ކާންޓް އިމޭޖިން ފަރް އަށް ވާނެ ގޮތެއް… ޝަމްކޮ އަހަރެންނަށް ވުރެ ކުޑަ ކަމާ އަހަރެން މެރިޑް ކަން އިނގުމުން..އޯހްހް. ކާންޓް ވެއިޓް..ކޮބާ އޭނަޔަށް ޕްރޮޕޯޒް ކުރާއިރު ކިޔާނެ ނޮޓް ފިލްމީއެއްޗެއް ހޯދީތަ؟” ޝަމްހާންގެ މޫނަށް ވެރިވީ ލުއި ހިނިތުން ވުމެކެވެ.
އޭނާގެ ހަނދާނަށް އައި މީގެ ދެދުވަސް ކުރިއެވެ.
**********************
“ކީއްވެތަ މިއޮއްވީހާ ދުވަހު ހަބަރެއް ނުވީ؟؟..ވަރަށް ގޯސް. ވެޑިންގް އަށް އިންވައިޓް ކުރީމަވެސް ނުވެސް އައި..މިހާރު ތީ ކޮއްކޮ އެއްވެސް ނޫން ބެސްޓީއެއްވެސް ނޫން. ކުޑައިރު ތިގެޔަށް ދިޔައިމަ ބުނާނެ ގައިމު ދައްތި ނުކިޔާނަމޭ..ބެސްޓީއޭ ކިޔާނީ…މިހާރު މާލެ ދެވުނީމަ ދެން ނުހުންނާނެ އަހަރުމެން މަތިން ހަނދާނެއް” ފިހިގަނޑުގެ ކުޅިސަމާ ނިންމާލުމަށްފަހު ޝަރާ އޭނާގެ ހިތުގައި ވީ ހުރިހާ ޝަކުވާއެއް ބަންޑުން ކޮށްލިއެވެ. ޝަމްހާންވެސް ވަރަށް ބޮޑަށް މައާފަށް އެދުމަށްފަހު ފަރްހީންދެކެ ލޯބިވާ ވާހަކަ ހާމަ ކުރިއެވެ. އަދި ފަރްހީންގާތު އިންނަން އަހާނެ މޮޅު ގޮތެއްވެސް އެހިއެވެ.
“އެބައޮތް މޮޅު ހިޔާލެއް…”
***********************
މާދަންރެއަކީ ބޮޑުރެއަކަށް ވާނޭ ޝަމްހާން ހިތަށް އެރިއެވެ. ހަމަ އެ ގޮތަށް ފަރްހީވެސް ވިސްނަމުން ދިޔައީ މާދަމާ ވާނޭ ގޮތަކާ މެދުއެވެ. ކޮންމެއަކަސް ދެމީހުން އިންތިޒާރު ކުރި ދުވަސް އައިއްސިއެވެ. ވަގުތު ކައިރިވަމުން ދިޔަވަރަކަށް ދެ ހިތުގެ ތެޅުންވެސް ދިޔައީ އިތުރުވަމުންނެވެ. ހަތެއް ޖަހަން އުޅެނިކޮށް ފަރްހީން ފެންވަރައިނ ރީތި ވާޏް ފަށައިފިއެވެ. އެ ކަޅުކުލައިގެ ހެދުމުގައި އެ ދޮން ކުއްޖާ ހީވަނީ ހަމަ ހޫރު ޕަރީއެއް ހެނެވެ. ޝަމްހާނެ ވެސް ތައްޔާރު ވަމުން ދިޔައެވެ. ކޯޓު ފަޓުލޫނުގައި ހުރިއިރު އެތަށް އަންހެން ކުއްޖެއްގެ ހިތް އޭނާއަށް ޓަކާ ފިދާވާހާވެއެވެ.
އަށެއް ޖެހުމާއެކު ފަރްހީން ޝަމްހާގާތު ބުނުމަށްފަހު ގެއިން ނިކުތެވެ. މިފަހަރުވެސް ހަމަ އެއްކަލަ މީހާއެވެ. ފަރްހީންގެ ފަހަތުން އެބަ ދެއެވެ. ނަމަވެސް ހިތްހަލާކުވެފައި ހުރި ފަރްހީންއަކަށް އާދައިގެ މަތިން ރޭކާވެސް ނުލައެވެ. ހިމަ ގޯޅިއަކުން ލަނބާލިތަނާ އެ މީހަކު ފަރްހީން ގެ އަނގަމަތީ އަތް އެޅުމަށްފަހު އިންޖިކްޝަނެއް ހަރާލިއެވެ. ވަގުތުން ހަބަރު ހުސްވެގެން ފަރްހީން އެ މީހާގެ އަތްމައްޗަށް ދެމުނެވެ. ނިޒާމްގެ މޫނުމަތީގައި ވީ ނުލަފާ ހިނިތުންވުމެކެވެ.
ކުއްޖަކު ކާރަށް ގަދަކަމުން ކަހަލަ ގޮތަކަށް ކާރަކަށް އެރުވި މަންޒަރު ފެނުނީ ޝަމްހާންމެންގެ ގެއަށް ދާންދިޔަ ޒިޔާންއަށެވެ. ޒިޔާން އަވަސް ފިޔަވަޅުތަކުގައި ދިޔައިރު އެކާރު ނައްޓާލައިފިއެވެ. ނަމަވެސް އެ އަންހެން ކުއްޖާގެ ޕާސް އޮތީ ވެއްޓިފައެވެ. ޒިޔާން ގުދުވެ އެ ނަގާ ބަލައިލި އިރު އެއީ ފަރްހީންގެ ޕާހެވެ. ޒިޔާން އަށް ޝަމްހާންގެ ރޭވުމާ ބެހޭ ހުރިހާއެއްޗެއް އިނގުމާއެކު އެއީ ޝަމްހާންގެ ކަމެއް ނޫންކަން އިނގުނެވެ. ޒިޔާން އަވަސް ކަމާއެކު ދުއްވައިގަތީ ޝަމްހާންގެ ގެއާ ދިމާއަށް ދިއުމަށެވެ.
މިހާރު މީހުން ވެސް އައިއްސިއެވެ. އަދިވެސް ފަރްހީން ނާދެއެވެ. ޝަމްހާން ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓާ ކަންފަތުގައި ގުގުމައިގަތީ ޒިޔާންގެ އަޑެވެ. ޝަމްހާންވެސް ގުނބުހިލިފައިވާ ޒިޔާންގެ ގާތަށް ޖެހިލިއެވެ.” ފަރް…ފަރް..ކިޑް..އޭނަ..ނެޕް..” ބުރު ބުރު ވެގެން ދިޔަ ޖުމުލަ އަޑު އިވުމާއެކު ޝަމްހާން އަށް ހީވީ އޭނާގެ ފައިދަށޫން ބިންގަނޑު ދެމިގެން ދިޔައި ހެންނެވެ. ގަޔަށް ލެވުނހާ ބާރެއް ލައިފައި ޝަމްހާން އާއި ޒިޔާން ދުއްވައިގަތީ ޕޮލިސްޓޭޝަމާ ދިމާލަށެވެ. އެހެން އެންމެން ތިބީ ވާނުވާ ނޭންގިފައެވެ.
ތަނަށް ވެރިވެފައިވަނީ އަނދިރިކަމެވެ. މަޑުމަޑުން އެސްފިޔަތައް ތަޅުވާލުމަށްފަހު ފަރްހީން ދެލޯ ހުޅުވާލިއެވެ. ތަނެއް ދޮރެއް ނުފެނެއެވެ. އެ ކަނު އަނދިރިކަމަށް ލޯހޭނުމަށް ފަރްހީންއަށް ވަގުތު ކޮޅެއް ނެގިއެވެ. އަދިވެސް ބޮލުގައި ރިހުމެއް ހުރިއިރު އޭނާ ބައިންދާފައި އިނީ ގޮންޑިއެއްގައެވެ. ދެފަޔާ ދެއަތް ބަނދެފައި ވީއިރު ފަރްހީންގެ ލޮލުން ކަރުނައަންނަމުން ދެއެވެ. ފަރްހީންގެ ހިތަށް އަރުމުންދިޔައެވެ. “އަހަރެންގެ އަޖަލު ހަމަވީއެވެ.” އެ އަނދިރި ގުދަނުގެ ތެރޭގައި ހިފާލައިފައި ވީ ފަރްހީންގެ ވޭނީ ގިސްލުމުގެ އަޑެވެ. އެ އަޑު އިވޭ ކޮންމެ މީހެއްގެ ވެސް ހިތަށް އަސަރު ކުރާނޭކަން ޔަގީނެވެ.
އެހެން އިންދާ ފަނޑުއައްޔަކުން އެތަން ދިއްލުނެވެ. އައްޔެކޭ ބުންޏަސް ކިރިޔާ އަލިވަނީއެވެ. އެއީ ފަރްހީންގެ ބޯމަތީ އިން ކުޑަވަރެއްގެ ބޮތްކަކުންނެވެ. ފަރްހީން ތަންތަން ރަނގަޅަށް ބަލާލިއެވެ. އެއީ ކާރު ދޮންނަ ގުދަނެކެވެ. މުޅިތަނުގައި ޓަޔަރުތަކާ ސައިކަލާ ކާރު ގެ ބައިބައި ހުއްޓެވެ. ބިންމަތީ ހުރީ އޯމޫ ފެންކަހަލަ ފެނެކެވެ. “ކަލޭ ދޯ….އަހަރެން ގެ ވިޔަފާރި ތެރެއަށް ބޯ ބޭނީ…ބުނަން.. ދެން މަ ކަލޭ ވިއްކާލާނީ.. އިނގޭތަ؟ މަށަށް ކަލޭ ވިއްކާލައިން ލަންކާއިން ގެޔަކާ އެއްމިލިއަން ދޮލަރު ލިބެން އެބޯތޭ..އާ އެއްޗެއް ވީމަ ދޯ…”ކުއްލިއަކަށް އެއިވުނު އަޑާއެކު ފަރްހީންގެ ހުރިހާ ލޫލިތަކެއް ކޮޅަށްޖެހުނެވެ. އަދި މީ ހުސް ނިޒާމްގެ ކަންތައްތައްކަން އިނގުންވި ހިނދު މޭ ފަޅާލާފައި ހިތް ނުނިކުތީ ކިރިޔާއެވެ.
ފަރްހީންއަށް ނިޒާމްގެ އަނިޔާ ވެރިކަމާ ބެހޭ ގޮތުން އެއްތައް ވާހަކަތަކެއް އަޑު އިވިފައި ވީއިރު މިއީ އޭނާގެ ފަހަރޭ ހިތަށް އެރިއެވެ. ދެން ސަލާމަތެއް ނުވެވޭނޭ ފަރްހީންގެ ހިތްބުނެލި ހިނދު އަނެއްކާވެސް ފަރްހީންއަށް ރޮއެގަނެވުނެވެ. ނަމަވެސް ނިޒާމްގެ ހިތަކށް އެއްވެސް އަސަރެއް ނުކުރިއެވެ. އޭނާ މަޑުމަޑުން ފަރްހީން އާ ގާތްވަމުން ދިޔައެވެ.
ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (21)

  1. imagination

    okey guys.. midhiya part kurey bunima v dheravi.. so dhigu kohllii…and yeah.. me bandheh vima. maadhan ves upp kohdheyynan..hope u liked it. and sorry again :'( <3

  2. Thaa

    He hey mi first dho story v nice

  3. Green handi

    Me second dhw . story Hama perfect

  4. naby

    varah salhi..
    keep it u

  5. shau

    MashaAllah. Mi chuttee ga Gina part thakeh kiyaaleveyne dhw. Thanks

  6. Meemi

    Mi part maa kuru

  7. Mary

    V rythi. Mi part ok. And thanx dear.

  8. Naz

    Nuney varahdhigu mi bai

  9. Xoo

    Evves dhigei noon

  10. who am i?

    stry hama habeys.. ekm fahreen ah ehen nahadhaa salaamaii kohdhehchey plx
    Good work! keep it up!☺

  11. imagination

    thanks all.. <3

  12. aysh

    heii imagination…
    mi part ves vrh salhi…
    but miee bandhu dhuvas kolhakavviyas rangalhah kiyavahchey…

    1. imagination
      aysh

      yess aish.. <3
      and thankx v bodah for ur support.. u guyss r really encouraging <3

  13. Iskaa

    Wow.. Nice story……..

  14. princess

    V v v reeti ekamak v kuru can’t wait…..

  15. Aish

    Adhi kithah part idheythr varah reethi mipart ves waiting

  16. imagination

    adhi three more nooni four more…hehehe.. thanks all

  17. girl :)))

    v naiceeeeeeeee…….. <3 <3

  18. Maie

    very nice story & waiting for next part ….. <3

  19. Meemi

    Next part kon irakun up vaany

  20. imagination

    meemi adhi kuda irukolheh.. miadhu ehkkoh ulhuni v urgent koh nimman jehey assignment eh niman vegen…

Comments are closed.