Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެޕާރޓްމަންޓް 4ބީ (ހަތް ވަނަބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
March 17, 2017 4 Mins Read
7 Comments

ބާރުއަޑުފައްގަނޑަކާއެކު ބޮޑު ދޮރު ވައްޓާލެވުނު އަޑު އިވުނެވެ. ޝަމްހާއަށް ބިރުން ފަރްހީންގެ ގައިގައި ބާރަށް ބައްދާލިއެވެ. ފަރްހީން ހަމަޖެހުމަށް ބުނުމުން ޝަމްހާއަށް މިއީ ފަރްހީން ކުރާކަމެއް ކަން އިނގުނެވެ. ދެމީހުންވެސް ބާރަށް ބަޔަކު ވާހަކަ ދައްކާތީ ނިކުތެވެ. އޭރު ހަތަރު ފުލުހުން ތިއްބެވެ. ޝަމްހާއަށް އުފަލުން ރިޮވުނެވެ. ސަތާރަ އަހަރު ވަންދެން ކުރި ދުއާ އިޖާބަ ކުރެއްވުމުން ޝުކުރުގެ ސަޖިދައެއް ޖަހާލިއެވެ. ކުއްލިއަކަށް މުޅިތަނުން ކަރަންޓު ކަނޑައިގެން ދިޔައެވެ. ރޮމުން ރޮމުން ޝަމްހާގެ ކުޑަދަރިފުޅު ދުވެފައި ނިކުތީ ބިރުންނެވެ. އެންމެންގެ ސަމާލުކަން އެވަގުތު ސަމާއަށް ހުއްޓުނުއިރު ނިޒާމްވެސް އެވަގުތުގެ ބޭނުން ވަރަށް ރަނގަޅަށް ހިފިއެވެ.

ކަރަންޓުއައީ ފުލުންގެ ދެމީހަކު ވެގެން މަސައްކަތް ކުރުމަށްފަހު ފަސްވަރަކަށް މިނެޓުފަހުންނެވެ. އެންމެންގެ މޫނުމަތިންވެސް އެވަގުތު ފެނުނީ ހާސްކަމާ ކަންބޮޑުވުމެވެ.އެތާކު ނިޒާމެއް ނެތެވެ. ފުލުހުންނަށް ޝުކުރުއަދާކުރަމުން ފަރްހީންމެން އެގެއިން ނިކުތުމާއެކު ފުލުހުންވެސް އަވަސްވެގަތީ ނިޒާމް ހޯދަންދާށެވެ. ޝަމްހާގޮވައިން ފަރްހީން ދިޔައީ އޭނާގެ ގެއަށެވެ. ސަމާވެސް މިރޭހުރީ ނިކަން އުފަލުންނެވެ. އެ ކުޑަކުޑަ ސިކުނޑިއަށް ވެސް ވިސްނުނީ ކަންނޭންގެއެވެ. ސަތާރަ އަހަރަށްފަހު ޝަމްހާއަށް އެރޭ ހަމަޖެހިލައިގެން ނިދާލެވުނެވެ. ފަރްހީންވެސް މީހަކަށް އެހީވެވުމުން އުފާވެފައި ހުރެ ނިދަންއެރީ އޭގެ ސަބަބުން އޭނާއަށް ކުރިމަތިވެދާނޭ ނުރައްކާ ނުދެނަހުރެއެވެ. ކަންތައްވާނޭގޮތް އެކަކަށްވެސް ނޭންގޭ ހާލު އެންމެންވެސް ނިދާލިއެވެ.

އާދުވަހަކަށް އިރު އެރި އިރު އާދައިގެ މަތިން މިއަދުވެސް ފަރްހީން ހުރީ ބެލްކަނީގައެވެ. އިރުގެ ރަންދޯދިތައް އުޑޫމަތީގައި ފެތުރިގައި ވީއިރު ހީވަނީ ރަންކުލައިގެ ފަށުވި ބަރަންޏަކުން ކޮށްފައިވާ އަތްތެރި މަސައްކަތެއް ހެންނެވެ. ނޫކުލައިގެ ކަރުދާހެއް މަތީ ރަތާ އޮރެންޖާ ރަންކުލައިން ދިހުން އަރާފަދައިން މަންޒަރު ސިފަވަމުން ދިޔައިރު ފަރްހީންގެ ހިތުގައި ވަނީ އުފާވެރިކަމެވެ. އެތަށް ދުވަހަކަށް ފަހު ހިންހަމަ ޖެހިލައިން ކޮފީ ބޮމުން ދިޔަ ފަރްހީން ސިހުނީ ކުޑަކުޑަ ސަމާގެ އަޑަށެވެ.

“ދައްތީ…ހީވަނީ ޕެއިންޓިންގް އެއްހެން ދޯ؟. ސަމމ ވެސް ވަރަށް ބަލާހިތްވޭ ސްނަރައިޒް. އެކަމް އަދި އަލަށް މިފެނުނީ…ވާއު. ދައްތިއަށް ކޮންމެ ދުހުކުވެސް ފެނޭދޯ؟” އެ މައުސޫމް އަޑުގައި ވަނީ އުފާވެރިކަމެވެ. ފަރްހީންގެ ހިތް ލޯބިން ފުރުނެވެ. ޝަމްހާ ނިދާލަން ބޭއްވުމަށްފަހު ސަމާ ރީތިކޮށް ސައިދިނުމަށްފަހު އޮފީހހަށް ދިޔައެވެ. ގަދަ ނޫކުލައިގެ ގަމީހަކާ ކަޅުކުލައިގެ ޕެންސިލް ސްކާޓެއްގައި ފެންނަލެއް ފުރިހަމަ ކަމުން ސަމާވެސް ދެއްކީ އެވާހަކައެވެ. އުފާވެފައި ހުރި ފަރްހީން ވެސް އޮފީހަށްދާން އަވަސް ވެގަތެވެ.

އޮފީހަށް ގޮސް އެންމެފުރަތަމަވެސް ކެބިންއަށް ވަތްއިރު ޑެސްކު މަތީގައި ބާއްވާލެވިފައި އޮތް މާބޮނޑި ފަރްހީންގެ ލޮލުގައި އަޅައިގަތެވެ. ނޫކުލައިގެ ފިނިފެންމަލުގެ ގުލްދަސްތާއެކެވެ. އެއީ ޝަމްހާން ނޫން ދެވަނަ މީހެއްނޫންކަން ވަގުތުން ފަރްހީންއަށް އިނގުނެވެ.ނަމަވެސް އަނގާވެސް ނުލާ ޝަމްހާން ނާންނާނޭ ފަރްހީންގެ ހިތް ބުނެލިއެވެ. ކޮންމެއަކަސް މާ ބޮނޑި ފޮނުވި މީހެއް ހޯދަން ނޫޅި ފަރްހީން އަވަސްވެގަތީ މަސައްކަތްތައް ނިންމާލާށެވެ. ނުހަނު ބުރަކޮށް އުޅުމަށްފަހު ފަރްހީން ގެއަށް ދާން އޮފީހުން ނިކުތުމާއެކު އެ ފޯނަށް އައި މެސެޖު ކިޔާލުމުން އެ ދޮން މޫނުގެ ނިތަށް ރޫއަރައިގެން ދިޔައެވެ. މަޑުފިޔާތޮށި ކުލައިގެ ތުންފަތުގައި ދައިގަނެވުނީ ބައްދަލު ކޮށްލަން އެދިފައި ވުމުންނެވެ. އެއީ އަނެއްކާ ކާކު ބާއޭ ފަރްހީންގެ ހިތަށް އެރިއެވެ.

ފަރްހީން ހިނގަމުން ދިޔައީ މާވެޔޮމަގުންނެވެ. އެމަގުން ގިސް މަޖީދީ މަގަށް އަޅާމާފަންނު މަދަރުސާއާ ވީދިމާލަށް ހިނގައިފައި ފަރްހީން ދިޔައީ އެ މީހާއާ ބައްދަލު ކުރާށެވެ. ވާގޮތެއްވެސް އިނގިދާނެތާއެވެ. ސޯޝަލްސެންޓަރު ކުރިމަތީގައި ހުރިފަރްހީން ސިހުނީ ފަހަތުން އައިސް މީހަކު ބައްދާލުމުންނެވެ. އެއީ ޝަމްހާންއެވެ. ވީ އުފަލުން ފަރްހީންވެސް ބައްދާލިއެވެ. އެއް ވިންދެއްޖަހަމުން އައި ދެ ހިތް ބައްދަލު މުވުން ވާނީވެސް އެހެންތާއެވެ.ދެމިނެޓު އެހެން ހުރުމަސްފަހު ފަރްހީން ޝަމްހާންގެ ގައިން ދޫކޮށްލިއެވެ. އޭރު އެމޫނުން ޖަންބުކުލަ އަރައެވެ.”ފަރް..ހަމަ ތިހާ އުފާވޭތަ…ހެހެހެ..ބަލާބަ މިހިރީ ޝަރާ.. މައި އަދާ ބެސްޓީ” ޝަމްހާން އެބުނިއެއްޗަކުން ފަރްހީން ހައިރާން ވެގެން އަނަގާހުޅުވާލިއެވެ. މި ނޫނީ ދުވަހަކުވެސް ޝަމްހާން އެހެން ބެސްޓީއެއްގެ ވާހަކައެއްނުބުނެއެވެ. އަދި އެއީ އަންހެން ކުއްޖަކަށް ވުމުން ފަރްހީންގެ މޫޑު ވަގުތުން ހަރާބު ވިއެވެ. އެ ކުއްޖާއަށްޓަކާ އެ ހިތުގައި ހިންގާލީ ހަސަދައިގެ އޮއެވަރެކެވެ. އަދި ތަނަކަށް ދާންޖެހޭ ކަމަށް ބުނެ އަވަހަށް އެތަނުން ދިޔައެވެ.

މިހާރު ކަންކަން ވެފައިހުރި ގޮތް ކިތަންމެ ކިޔައިދޭން ބޭނުންވިޔަސް ވެފައިވާ ފޫއްސެއްގެ ބޮޑުކަމުން ކިޔާދޭން ބޭނުން ނުވީއެވެ. ގެއަށް ވަނުމާއެކު ދުވީ ނޫޑްލްސްގެ މީރު ވަހެވެ. ވަގުތުން ފަރްހީންގެ މޫޑު ރަނގަޅު ވިއެވެ. އަދި ޝަމްހާ މެންނާ ވާހަކަ ދައްކާލުމަށްފަހު ފެންވަރާއިގެން ނިކުތެވެ. އޭރު ސަމާ އޮތީ ނިދާފައެވެ.

“ފަރް..ކިހިނެއްވީ؟ އައި ނޯ ކޮންމެސް ކަމެއް ގޯސް ވެއްޖެކަން..ބުނެބަލަ” ޝަމްހާ ފަރްހީންގެ ކޮނޑުގައި އަތްބާއްވާލަމުން ބުނެލިއެވެ. ފަރްހީންވެސް ކިޔާދޭން ފެށީ އެހިތަށް ހަމަޖެހުން ހޯދަދިނުމަށެވެ.” މައި ބެސްޓް ފްރެންޑް..އެއީ ބޯއި އެއް..ހަމަ ޝަމް އެއް އެވެދެ. ހެހެ…އަހަރެން ވަރަށް ލޯބިވޭ އޭނަ ދެކެ..އެންމެ ކުރިންސުރެވެސް. އެއީ މިހިތުގެ ހަމަޖެހުން…ލޮލުގެ ފިނިކަން. ހީކުރީ އޭނަވެސް ފަރް ދެކެ ލޯބި ވާކަމަށް..އެކަމް އޭނަ ލޯބިވަނީ ޝަރާ ދެކެ..” ފަރްހީން އަށް ރޮވުނެވެ. ހިތަށް އެހާވެސް އަސަރު ކޮށްފައިވާއިރު އެ ހިތުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. ޝަމްހާވެސް ފަރްހީން ގެ ގައިގައި ބައްދާލަމުން ހިތްވަރު ކުރުމަށް ބުންޏެވެ. އެވަގުތު ފަރްހީންގެ ފޯނަށް މެސެޖެއް އައެވެ. ޝަމްހާންގެ މެސެޖެކެވެ.

“ފަރް….މިއުޅެނީ ކުއްޖަކަށް ޕްރޮޕޯޒް ކުރަން…ހެލްޕް މީ..” ފަރްހީން އެ މެސެޖު ކިޔާލުމާއެކު ދެލޯ ބޮޑުވެގެން ދިޔައެވެ. ނަމަވެސް އެލޯބީގެ ހައްގުގައި ފަރްހީން އެތަނަށް ދިޔައެވެ. އެއީ ޝަމްހާން އުޅޭ ގޭގެ ޓެރަހެވެ. އެތަން ވަނީ ނޫކުލައިގެ މަލުން ޒީނަތްތެރި ކުރަން ފަށާފައެވެ. އެއީ ފަރްހީންއަށް ވެސް އެންމެ ރީތި ކުލައެވެ. އަނގަނަގައިން ބަލަން ހުރި ފަރްހީންގެ ލޮލުގައި އަޅައިގަތީ ޝަމްހާންގެ އަތުގައި ހިފާލައިން ހިނގައިފައި އައި ޝަރާ އާއި ޝަމްހާންއެވެ. ވަގުތުން ޝަމްހާން ޕްރޮޕޯޒް ކުރަން އެއުޅެނީ ޝަރާ އާކަން ފަރްހީން ދެނެގަތެވެ.

“ކޮބާ..ރީތި ދޯ؟ ފަރް… ކޮން ރިންގެއް ރީތީ” ދެ އަނގޮޓި ދައްކަމުން ޝަމްހާން އަހާލިއެވެ. ފަރްހީން ގެ ހިތަށްއެރިއެވެ. “އެ ޝަރާ ކައިރީ އެހީމަ ވީނު..ބޮޑު ކަމެއް ހުވާމިބުނީ..” ނަމަވެސް ރުޅިގަންޑު ހިންދާލަމުން ނޫކުލައިގެ އެސް ޖަހައިފައިވާ އަނގޮޓި ރީތިކަމަށް ބުނަމުން ފަރްހީން ހިންހަމަ ނުޖެހިފައި ހުރެ އެގެއިން ނިކުންނަން ހިނގައިގަތެވެ. އެގޭގެ ޓެރަސް ހިޔާ ކޮށްފައިވުމުން ކަޅު ވިލާތަކެއް ނަގައި ފައިވާކަމެއް ފަރްހީން އަކަށް ނޭންގެއެވެ. އިނގުނީ ނިކުތް ފަހުންނެވެ. ނަމަވެސް އަޅާލުމެއް ނެތި އޭނާ ހިނގަމުން ދިޔައީ ދެރަވެފައިވާ ވަރުންނެވެ. ހިނދުކޮޅެއްގެ ތެރޭގައި ވާރޭ އޮއްސާލައިފިއެވެ. ފަރްހީންގެ ލޮލަށް ޖަމާވެފައިވާ ކަރުނަތަށް ވެސް އެވަގުތު އޮހިގަތީ އިހުތިޔާރުން ބޭރުގައެވެ. މަޖީދީ މަގަކީ ކިތަންމެ ބާރުބޮޑު މަގަކަސް މިވަގުތަކު އެމަގަކުން އެއްވެސް މީހެއް ފެންނާކަށްނެތެވެ. ރޮމުން ރޮމުން ދިޔަ ފަރްހީއަށް މީހަކު ފާރަލަމުން އައި ކަމެއްވެސް ނޭންގެއެވެ.

ފަރްހީންއަށް ނޭންގުނަސް އެމީހަކު ފަރްހީން ގެ ފޮޓޯ ނަގަމުން ފަރްހީންގެ ފަހަތު އަޅުވާލައިން އުޅޭތާ ކިތަންމެ އިރެކެވެ. ފަރްހީން ކަރުނަފުހެމުން ފުހެމުން ގޮސް ލައިގަތީ އެ އުފީހުގައި މަސައްކަތް ކުރާ ކުއްޖެއް ކަމަށްވާ ޒިޔާންގެ ގައިގައެވެ. ޒިޔާންވެސް ފަރްހީން ފެނުމުން ހައިރާން ވެފައި ބަލަން ހުއްޓެވެ.  އަދި މިހާ ވިއްސާރައިރު ތިދަނީ ކޮންތާކަށްތޯއެހިއެވެ. ފަރްހީން ގެއަށް ދަނީކަމަށް ބުނުމުން ފަރްހީންގެ ފަހަތުން ޒިޔާންވެސް އެގެޔާ ހިސާބަށް ދިޔައެވެ. އޭގެ ސަބަބުން ފަރްހީން އަށް ފާރަލަމުން ދިޔަ މީހާގގެ ރުޅި އިތުރުވިއެވެ. އަދި ދެން ފަރްހީން ގެއިން ނިކުންނާނެ އިންތިޒާރެއްގައި ހުރެ ވަގުތުތަށް ގުނަންފެށިއެވެ.

ފަރްހީންވެސް ޒިޔާންއަށް ޝުކުރު އަދާކުރުމަށްފަހު އެގެއަށް ވަނުމަށް ދައުވަތު ދިނެވެ. ޒިޔާން އުޅެނީ ހުޅުމާލޭގައި ކަމުން ވާރޭ ހުއްޓަންދެން އެގޭގައި މަޑުކޮށްލަން ނިންމިއެވެ. ފަރްހީން އާއެކު ވަދެގެން އައި ޒިޔާންގެ ލޯ ތަރަތަރަ ޖަހައިގެން ދިޔައީ ގޭތޭރޭގައި ދުވަމުން ދިޔަ އަންހެން ކުއްޖާފެނިފައެވެ. ކުޑަކުއްޖެއް ފަހަތުން ދުވަމުން ދިޔަ މި އަންހެން ކުއްޖާ އޭނާއަށް ސިފަވީ ހޫރު ޕަރީއެއްފަދައިނެވެ. ޝަމްހާވެސް ބެލުމެއްނެތި ދުވަމުން އައިސް ޒިޔާންގެ ގައިގައި ޖެހުމާއެކު ދެމީހުން ވެއްޓުނެވެ. ދާދި ގާތުގައި މަންޒަރު ބަލަންހުރި ފަރްހީންގެ ހިނގަނޑު ދިޔައީ ފަޅައިގެންނެވެ. އެވަގުތު ދެމީހުންވެސް އިންތިހާއަށް ލަދުގަނެފައި ތިބެ ތެދުވިއެވެ. ސަމާވެސް އޭނާގެ މަންމައަށް ގޮވާލިއެވެ. އެވަގުތު ޒިޔާންގެ މޫނު މިލާދިޔަގޮތް އެންމެ ގާތުން ދުށީ ފަރްހީންއެވެ.

 

ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

ކީ ވަދާއޭ ރަންއަލީގާ…….

Next

ފުން ލޯބި

Next
March 17, 2017

ފުން ލޯބި

Previews
March 17, 2017

ކީ ވަދާއޭ ރަންއަލީގާ…….

7 Comments!

  1. You says:
    March 17, 2017 at 3:19 pm

    Aharaku 1 faharu ekm than kolha ???

  2. Anonymous says:
    March 17, 2017 at 3:29 pm

    Shamhaan engage kuraniy farheen akaa nuntha???
    Eh sharaa akaaanun plz plz

  3. Mary says:
    March 17, 2017 at 4:08 pm

    Shamhaan engage kurany farheen aa. E ee farheen ah dheyn ulhey surprise eh… dhww… thanx up kohdhinyma bt dhn faharakun dhikohlahchey miah vure. Bt vv nice. Waitinggg

  4. Mai says:
    March 17, 2017 at 4:23 pm

    Dhen anna part up kohdhenee kon dhuvahaku.. v nice story… 😀

  5. Maree says:
    March 17, 2017 at 5:43 pm

    V reethi dhen koniraku up kohdhenee

  6. imagination says:
    March 17, 2017 at 6:08 pm

    maadhan..m sorry kurukoh genas dhevunima
    :'(
    and yeah.. maadhan ge part miah vure dhiguvaane in sha allah.. word count aki 1200 next part ge

  7. princess says:
    March 18, 2017 at 10:57 am

    V kuru ???

Comments are closed.

Next Episodeއެޕާރްޓްމަންޓް 4ބީ (އަށްވަނަބައި)←


All Right Reserved!