“ހޫމް. ހަމަ މިހާރު.” ހުޒާމް މަޑުމައިތިރިކަމާއެކު ބުނެލިއެވެ. ހައިރާންވެފައި ހުރެ ސާރާ ފާޚާނާއަށް ވަދެ މޫނު ދޮވެލިއެވެ. އަދި ހުޒާމްއާއެކު ސިޓިންގރޫމަށް ނުކުތެވެ.
“ނިޔާޒްބޭ!” ހުޒާމް ސޯފާގައި އިން ނިޔާޒަށް ގޮވާލިއެވެ. އޭނާ އެނބުރި ބަލާލުމާއެކު ސާރާ ފެނިފައި އޭނާއަށް ކޮޅަށް ތެދުވެވުނެވެ. މިހުރިހާ ދުވަހު ސާރާ މިހުރީ ހުޒާމްގެ ބެލުމުގެ ދަށުގައިތާއޭ އޭނާގެ ހިތަށް އެރިއެވެ. އޭނާއަށް އޭނާގެ ދަރިފުޅު މި ފެނުނީ ހާދަ ދުވަހެއް ފަހުންނެވެ. ފެނުނުއިރު އެދަރިފުޅު އެހުރީ ކޮންފަދަ ހާލެއްގައި ހެއްޔެވެ؟
“ނިޔާޒްބެ!” ސާރާއަށް ގޮވާލެވުނެވެ.
“ނިޔާޒްބެއެއް ނޫން. ބައްޕަ.” ހުޒާމް އެހެން ބުނެލުމުން ސާރާ ހައިރާންވެފައި ހުޒާމްއަށް ބަލާލިއެވެ.
“އާނ ދަރިފުޅާ! މީ ދަރިފުޅުގެ ބައްޕަ. ނިޔާޒް ހުސައިން.” ނިޔާޒް އެހެން ބުނުމުންވެސް ސާރާއަށް ހުރީ ޤަބޫލު ނުކުރެވިފައެވެ.
“އެކަމަކު ކިހިނެއް؟” ސާރާ ޤަބޫލުނުކުރެވިފައި ހުރެ އަހާލިއެވެ.
“ދަރިފުޅާ! އައިސް މިތާ އިށީނދެބަލަ. ބައްޕަ ހުރިހާ ވާހަކައެއްވެސް ކިޔައިދޭނަން.” ނިޔާޒް އެހެން ބުނެލުމުން ސާރާ ސޯފާގައި އިށީނދެލިއެވެ. އޭނާގެ ގާތުގައި ހުޒާމްވެސް އިށީނދެލިއެވެ. ރިޒްނާ އިނީ ޖެހިގެން ހުރި ސޯފާގައެވެ.
ސާރާގެ އަތުގައި ހިފާލައިގެން އިނދެ ނިޔާޒް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ހުޒާމް އިނީ ސާރާގެ ކޮނޑުގައި ހިފަހައްޓާލައިގެންނެވެ. ނިޔާޒްގެ ވާހަކަތައް ނިމުމާއެކު ސާރާ ނިޔާޒްގެ ގައިގައި އޮޅުލައިގެންފައި ރޯން ފެށިއެވެ. ދެބަފައިންގެ ހިތުގައި އުފެދިފައިވާ ޖަޒުބާތުތައް ބަންޑުންކޮށްލިއިރު އެމަންޒަރު ހާދަހާ އަސަރުގަދައެވެ. އެވަގުތު އެތާނގައި ތިބި ހުޒާމްއާއި ރިޒްނާގެ ލޮލުންވެސް ކަރުނަ ހިލުވާލިއެވެ. އެތައް ފަހަރަކު އޭނާއަށް އޭނާގެ ބައްޕައާއި ބައްދަލުވީއިރުވެސް އޭނާއަށް އެއީ އޭނާގެ ބައްޕަކަމެއް ނޭނގުނެވެ. އޭނާ އެކަމާ އެތައް ޝަކުވާއެއް ކުރިއެވެ.
“ދެން އެވާހަކަ ބާއްވާ. އިރާދަކުރެއްވީތީ މިހާރު ބައްޕަ މިހިރީ ދަރިފުޅުގެ ގާތުގައެއްނު. އިރާދަކުރެއްވިއްޔާ ދެން ދުވަހަކުވެސް ދަރިފުޅު ބައްޕައާ ވަކިވާކަށް ނުޖެހޭނެ.” ނިޔާޒް ސާރާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
“ދަރިފުޅަށް ދިމާވިގޮތުން ބައްޕަ ވަރަށް ހިތާމަކުރިން. ބައްޕަ ދުވަހަކުވެސް ހިއެއް ނުކުރަން އެމީހުން އެހެން ކަންތައްކުރާނެ ކަމަކަށް. ދަރިފުޅާ ދޭތެރޭ އެގޮތަށް ކަންތައް ކުރީތީ ބައްޕަ ދުވަހަކުވެސް އެމީހުންނަކަށް މަޢާފެއް ނުކުރާނަން.” ނިޔާޒް އިނީ ވަރަށް ހިތްހަމަނުޖެހިފައެވެ.
“ނޫން ބައްޕާ. އެއީ މަންމަމެންނަށް ކުރެވުނު ކުށްހީއެއްގެ ސަބަބުން ވީގޮތެއް. އަހަރެން އެމީހުންނަށް ހެޔޮހިތުން މަޢާފްކޮށްފިން. އެހެންވީމަ ބައްޕަވެސް އަހަރެންނަށް ކަމެއް ކޮށްދެންޏާ އެމީހުންނަށް މަޢާފްކޮށްދީ.” ސާރާ އެހެން ބުނެލުމުން ނިޔާޒްވެސް އެކަމަށް އެއްބަސްވިއެވެ.
“ދަރިފުޅު އެދޭ ކޮންމެ ގޮތަކަށް ކަންތައް ކޮށްދޭން ބައްޕަ މިހިރީ ހަމަ ތައްޔާރަށް.” ސާރާގެ ބޮލުގައި ފިރުމަމުން ނިޔާޒް ބުނެލިއެވެ.
“ބައްޕާ! އަހަރެން ކުރިން ހީކުރީ އަހަރެންގެ ބައްޕަ ވީ ނިޔާވެފަކަމަށް. އެކަމަކު އެގެއިން ނެރެލި ދުވަހު އެމީހުން މަންމައަށް ވަރަށް ހުތުރުކޮށް އެއްޗެހި ކީ. އެމީހުން ބުނީ އަހަރެންނަކީ ބައްފަ ވަކިނުވާ މީހެކޯ؟ އެކަމް…” ސާރާގެ ވާހަކަ ނުނިމެނީސް ނިޔާޒް ވާހަކަދައްކަން ފެށިއެވެ.
“ސުބްޙާނަﷲ!! އަހަރެމެންނާ ދޭތެރޭ އެމީހުންނަށް އެފަދަ ވިޔާނުދާ ވާހަކައެއް ދައްކަން ކެރުނީތީވެސް އަހަރެން ހަމަ ހައިރާންވެއްޖެ. މާތް ﷲ ގަންދީ ބުނަން. ދަރިފުޅަކީ އެފަދަ ވިޔާނުދާ ގޮތަކަށް ލިބުނު ކުއްޖެއް ނޫން. ތިއީ ހަމަ ސާފުޠާހިރު ގޮތުގަ ލިބިފަ ހުރި މި ބައްޕަގެ ދަރިއެއް. އަހަރެމެންގެ ބޮލުގައި އެފަދަ ނުބައި އިލްޒާމެއް އެޅުވީތީ އަހަރެން ދުވަހަކުވެސް އެމީހުންނަށް މަޢާފެއް ނުކުރާނަން. ދަރިފުޅުވެސް ބައްޕަގެ ނިންމުން ބަދަލުކުރަން މަސައްކަތް ނުކުރާތި!” ނިޔާޒް ރުޅިއައިސްފައި ބުންޏެވެ. ސާރާވެސް އިތުރަކަށް އެއްޗެއް ނުބުނެއެވެ. ނިޔާޒްގެ ޖަވާބުން ސާރާއަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބުނެވެ. އޭނާގެ ހިތުގައި އެތައް ދުވަހަކުއްސުރެ އުފެދިފައިވާ ސުވާލެއްގެ ޖަވާބު ލިބުމުން އޭނާގެ ސިކުނޑިއަށް ވަރަށް ބޮޑު ލުޔެއް ލިބުނެވެ. އެމީހުންނަށް ހެޔޮހިތުން މަޢާފްކުރި ނަމަވެސް ދެންމެ އެނގިގެން އެދިޔަ ހަޤީޤަތުގެ ސަބަބުން އަނެއްކާވެސް އޭނާގެ ހިތް އެމީހުންގެ މައްޗަށް ކިލަނބުވިއެވެ.
“ބައްޕާ! އެނގޭތަ މިއީ ކާކުކަން؟” ސާރާ ބުނެލިއެވެ.
“އާނ. ތީ ހުޒާމް. ދަރިފުޅަށް ހުޒާމް ކަހަލަ ރަނގަޅު ކުއްޖަކު އެހީތެރިވީކަން އެއީ މިބައްޕައަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ނޫންނަމަ މިއަދު ދަރިފުޅު އުޅެން ޖެހޭނީ ކޮންފަދަ ހާލެއްގަ ކަމެއްވެސް ނޭނގެ.” ނިޔާޒްގެ ލޮލުން އަނެއްކާވެސް ކަރުނަ ހިލުނެވެ.
“ބައްޕާ! ނުރޮއި. އިރާދަކުރެއްވިއްޔާ ޒާމް އަހަރެންނަށް ދެރަގޮތެއް ވިޔަކަ ނުދޭނެ. އެއަށްވުރެ މާބޮޑަށް ޒާމް އަހަރެންދެކެ ލޯބިވާނެ. ބައްޕަ ދުޢާކޮށްދެއްޗޭ އަހަރެމެންގެ ދިރިއުޅުން ބާއްޖަވެރި ކޮށްދެއްވާތޯ. އަހަރެމެންގެ މި ލޯބިލޯބި ދަރިފުޅަށް ދުނިޔޭގެ ހުރިހާ އުފަލެއް ދެއްވާތޯ. ޒާމް އަބަދުވެސް އަހަރެންގެ ފިރިއެއްގެ މަޤާމުގަ ހުރެދޭތޯ.” ސާރާގެ ވާހަކަ އަޑުއަހާފައި ނިޔާޒްއަށް ތެޅިގަނެވުނެވެ.
“ކީކޭ!؟ ދަރިފުޅުގެ ފިރިމީހާއޭ!؟” ނިޔާޒަށް ހައިރާންވެފައި އަހާލެވުނެވެ.
“އާނ ބައްޕާ. ޒާމްއަކީ އަހަރެންގެ ފިރިމީހާ. މިދަރިފުޅުގެ ބައްޕަ.” ބަނޑުގައި ފިރުމާލަމުން ސާރާ ބުނެލިއެވެ. ނިޔާޒްއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އޭނާއަށް ހީކުރެވިފައި އޮތީ ސާރާގެ ބަނޑުގައި އެއޮތީ އަނިޔާވެރިއެއްގެ ފޭރުންތެރި ޢަމަލެއްގެ ނަތީޖާ ކަމުގައެވެ.
“ދަރިފުޅާ! ދެން ބައްޕަ މިވަގުތު ގޮސްލާނަމޭ. އަދި އަންނާނަން ފަހުން. ދަރިފުޅާ ހުޒާމް! ސާރާއަށް ރަނގަޅަށް ބަލާތި. އެއީ މިބައްޕަގެ ދެލޮލުގެ ނޫރަކީ.” ނިޔާޒް ދާން ހިނގައިގަތުމުން ސާރާ އޭނާގެ އަތުގައި ހިފެހެއްޓިއެވެ.
“ބައްޕަ ދެން މިގޭގަ މަޑުކުރަންވީނު. އަހަރެން ބޭނުމެއްނޫން ބައްޕަ ދެން އެހެން ތަނެއްގަ އުޅޭކަށް.” ސާރާ ބުނެލިއެވެ.
“އެއީ ތެދެއް ބޭބޭ. ބޭބެ ދެން މިގެއިން ދާނެކަމެއް ނެތް. އަހަރެންވެސް ބޭނުމެއްނޫން ބޭބެ ދެން މިގެއިން ދާކަށް. އަހަރެންވެސް ބޭނުންވަނީ ސާރާގެ ގާތުގަ ބޭބެ ހުންނަން. އޭރުން ސާރާވެސް ކިހާ ހިތްހަމަޖެހޭނެ.” ހުޒާމް ބުންޏެވެ. އޭނާގެ ބަހަށް ރިޒްނާވެސް އެއްބަސްވިއެވެ.
“އެންމެ ރަނގަޅު. އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅުގެ އުފަލަށްޓަކައި އަހަރެން މިގޭގަ މަޑުކުރާނަން.” ނިޔާޒް އެހެން ބުނެލުމުން ސާރާ ވަރަށް އުފާވިއެވެ.
“އެކަމަކު ބައްޕަގެ އެއްޗެހި…”
“ބައްޕާ! އެ ބަލާ މާދަމާ ދާނީއޭ. މިހާރު އެހެރަ ބާރަ ޖަހަނީ. ދެން މިހާ ލަސްވީމަ ދާނެކަމެއް ނެތް.” ސާރާ އެހެން ބުނެލުމުން ނިޔާޒް ދެފަރާތަށް ބޯހޫރާލިއެވެ.
“ބޭބޭ! ހިނގާ ކޮޓަރިއަށް ދާން.” ހުޒާމް އެހެން ބުނެލުމުން ނިޔާޒް އޭނާ ހުއްޓުވިއެވެ.
“މިހާރު ތީވެސް އަހަރެންގެ ދަރިއެއް. އެހެންވީމަ ދެން ހުޒާމްވެސް ކިޔަންވާނީ ބައްޕަ.” ނިޔާޒް އެހެން ބުނެލާފައި ހުޒާމްގެ ބުރަކަށީގައި ޖަހާލުމުން ހުޒާމް އެއްބަސްވިއެވެ. މިއަދު އޭނާގެ އާއިލާ މިވަނީ ފުރިހަމަވެފައެވެ. އޭނާއަށް ލިބިފައިވާ އުފާ ކިތަންމެ ބޮޑުނަމަވެސް އޭނާ ރިޒްނާގެ މަތިން ހަނދާނެއް ނުނެތެއެވެ. ރިޒްނާއަކީވެސް އޭނާގެ ދިރިއުޅުމުގެ ބައެކެވެ. ބޭބެއެއްގެ ހައިސިއްޔަތުން ރިޒްނާއަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމަކީ އޭނާގެ ޒިންމާއެއްކަމުގައި ދުށްޓެވެ. މިރެއިން ފެށިގެން އޭނާ އެކަމާވެސް ވިސްނާނެއެވެ.
ޝަރީފާއަށް ގޭތެރޭގައި ކަމެއް ވީކަންވެސް އެނގުނީ ހެދުނުގެ ސައި ގަޑީގައެވެ. އޭނާއަށް ކުރިން އެކަން ނޭނގުނީ ބޮލުގައި ރިއްސާތީ އޭނާ ރޭގައި އެހާ އަވަހަށް ނިދީމައެވެ. ހަޤީޤަތް އެނގުމުން އޭނާވެސް ސާރާގެ ނަސީބާއިމެދު އުފާކުރިއެވެ. އަދި ނޭނގުމުގެ ތެރޭގައި ހިނގާ މިފަދަ ހާދިސާތަކަކީ ވަރަށް މަދުން ނޫނީ ނުހިނގާނެފަދަ ހާދިސާއެއްކަމަށް ބުނުމުން އެންމެނަށްވެސް އެކަމާ އެއްބަސްވެވުނެވެ.
ސައި ބޮއި ނިމިގެން ބޭރަށް ނުކުތްތަނާ ގޭގެ ބެލް ޖަހާލި އަޑު އިވުނެވެ. ރިޒްނާ ގޮސް ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ހުރީ މެދު އުމުރުގެ އަންހެނެކެވެ.
“ކީއްކުރާ ބޭފުޅެއްތޯ؟” ރިޒްނާ އަހާލިއެވެ.
“ސާރާއާ ބައްދަލުކޮށްލަންވެގެން.” އެމީހާ އިސްޖަހައިގެން ހުރެ ބުންޏެވެ. ރިޒްނާ އެމީހާ އެތެރެއަށް ވެއްދިއެވެ. ސާރާއަށް އެމީހާ ފެނުމާއެކު ކޮޅަށް ތެދުވެވުނެވެ. ނިޔާޒަށްވެސް ވީ އެވަރެވެ.
“ޒުލޭޚާ ކީއްކުރަން މިގެއަށް ތިއައީ؟ އަދިވެސް އަހަރެންގެ ދަރިފުޅަށް ދެވުނު އަނިޔާ ކުޑައީތަ؟ އިތުރަށް ކޮން އަނިޔާއެއް ނުދެވި އޮވެގެން ތިއައީ؟ މިފަހަރު ކޮން އިލްޒާމެއް އަޅުވާނަމޭ ހިތާ ތިއައީ؟” ނިޔާޒް ރުޅިއައިސްގެން ހަޅޭއްލަވައިގަތެވެ.
“ބައްޕާ!”
“ދަރިފުޅު މަޑުން ހުރޭ! މިއަދަކު ބައްޕައަކަށް މަޑަކުން ނުހުރެވޭނެ. ބައްޕައަށް ދަރިފުޅަށް މާ ބައިވަރު ކަންތައްތަކެއް ކޮށްދެވެން ނެތަސް އޭރުވެސް ދަރިފުޅު ބެލެން އޮތޭ. އެކަމަކު މިހިރަ އަންހެނާ ދަރިފުޅާހެދި މޮޔަވެގެން އުޅޭތީ ދަރިފުޅަށް ރަނގަޅު ގޮތެއް ވެދާނެކަމަށް ވިސްނާފަ ބައްޕަ ދަރިފުޅު އެމީހުންނާ ހަވާލުކުރީ. ދަރިފުޅަށް އަންނައުނަށް ދާންދެން ހުރިހާ އެއްޗެއް ހޯދަން ބައްޕަ އެމީހުންނަށް ލާރި ފޮނުވީ ހާދަ މަސައްކަތެއްކޮށް ހާދަ ދަލެއް އޮހޮރުވައިގެންނޭ. އެކަމަކު އެމީހުންނަށް ދަރިފުޅަށް ކޮށްދެވުނީ ކޮންކަމެއް؟ ރަނގަޅަށް ކިޔަވައިދެވުނީކީ ނޫން. ގޭގަ ގުލާނު ކުރުވާފަ އެންމެފަހުން ގެއިން ނެރެ އެއްލާލީ ނުކުރާ އެތައް ކަމެއްގެ މަތިއަޅުވާފަ. އަދި އަހަރެންގެ މަރްޙޫމް އަނބިމީހާގެ ބޮލުގައި އެޅުވީ ކޮންފަދަ ނުބައި އިލްޒާމެއް. އެއީ ތެދެއް ނޫންކަން ޒުލޭޚާއަށް ކަނޑައެޅިގެން އެނގޭނެ. ދެން އެހެންވީއިރު މިއަދު ބައްޕަ ކިހިނެއް މަޑުން ހުންނާނީ؟” ނިޔާޒް ރުޅިއައިސްގެން ހީވަނީ އެހެންފަދަ ކަމެއްހެންނެވެ. ޒުލޭޚާ ހުރީ ލަދުން އިސްއުފުލާލަންވެސް ނުކެރިފައެވެ. ދިފާޢުގައި އެއްޗެއް ބުނާނެ ހިތްވަރެއްވެސް އޭނާގެ ނެތެވެ. ބުނެވޭނީވެސް ވަކި ކީކޭ ހެއްޔެވެ؟ ނިޔާޒް އެ ހާމަކުރީ ކަން ހިނގާފައިވާ ގޮތެވެ.
“ނިޔާޒް! ސާރާ! އަހަރެންނަށް މަޢާފްކުރޭ! އަހަރެން ޤަބޫލުކުރަން އަހަރެންގެ ކުށް. އަހަރެންނަށް ސާރާއާ ދޭތެރޭ އިހުމާލު ވެވުނުކަން އަހަރެން ޤަބޫލުކުރަން. އެހުރިހާ ކަމެއްވެސް އަހަރެންނަށް ކުރެވުނީ މީހެއްގެ ނުބައި ވާހަކަތަކަކުން. އޭނާ ސާރާއާ ބެހޭގޮތުން ދެއްކި ވާހަކަތައް އަހަރެންނަށް ޤަބޫލުކުރެވުނީ އަހަރެންނަށް ސާރާގެ ފަރާތުންވެސް އިޝާރާތެއް ލިބުނީމަ. ސާރާ އެކަނިމާއެކަނި އިނދެ އެ ވިޔާނުދާ މީހާދެކެ ލޯބިވާ ވާހަކަ ދެއްކި އަޑު އަހަރެންނަށް އިވުނީ. އެހެންވެ އަހަރެންނަށް އެމީހާގެ ވާހަކަތައް ޤަބޫލު ކުރެވުނީ. އެކަމަކު މިއަދު އަހަރެންނަށް ހަޤީޤަތް އެނގިއްޖެ. ޚުދު އެމީހާ އަހަރެންގެ ގެއަށް ގޮސް އަހަރެންނަށް ހަޤީޤަތް ކިޔައިދިނީ. އޭގެފަހުން މިހާރު ދެތިން މަސް ވެދާނެ. އަހަރެން ހުރީ ސާރާގެ ކުރިމައްޗަށް އަންނަންވެސް ނުކެރިފަ. އެކަމަކު އެކަން އެނގުނުފަހުން އަހަރެންނަކަށް ހަމަޖެހުމެއް ނުލިބޭ. އަހަރެން ސާރާގެ ކުރިމައްޗަށް އަންނަން މަޖުބޫރުވީ ސަބަބަކީވެސް އެއީ. އަހަރެންނަށް މަޢާފްކުރޭ!” ޒުލޭޚާ ރޮވިފައި ހުރެ ވާހަކަދެއްކިއެވެ.
“އަހަރެންގެ މަޢާފެއް ދުވަހަކުވެސް ޒުލޭޚާއަކަށް ނުލިބޭނެ.” ނިޔާޒް އޭނާގެ ފަހުބަސް އިއްވުމަށްފަހު ގޮސް ކޮޓަރިއަށްވަދެ ދޮރު ޖެހިއެވެ.
“ސާރާ! މި މަންމައަށް މަޢާފްކުރޭ!” ޒުލޭޚާ ސާރާގެ ފައިބުޑަށް ވެއްޓި އާދޭސްކުރިއެވެ. ސާރާއަކަށް މާ ގިނައިރަކު ކެތެއް ނުކުރެވުނެވެ. އޭނާ ޒުލޭޚާގެ ކޮނޑުގައި ހިފާ ނެގިއެވެ.
“އަހަރެން މަންމައަށް މަޢާފްކޮށްފިން. އެކަމަކު އަހަރެންނަކަށް އަހަރެންގެ މަންމައާއި ބައްޕަގެ މަޢާފެއް ހޯދައެއް ނުދެވޭނެ. އަހަރެންނަށް ރަނގަޅީ މިވަގުތު މަންމަ މިތަނުން ދިޔައިއްޔާ.” ސާރާ އެހެން ބުނެލާފައި ގޮސް ކޮޓަރިއަށް ވަނުމުން ހުޒާމްވެސް އޭނާގެ ފަހަތުން ދިޔައެވެ.
ދެތިން ދުވަސް ފަހެވެ. ޝަރީފާއާއި ރިޒްނާ ދިޔައީ ފިހާރައަކަށް ފޮތިގަނޑެއް ގަންނާށެވެ. އެމީހުން ފިހާރައިން ނުކުމެގެން ގެއަށް އައިއިރު އެމީހުންނަށް ފާރަލަމުން މީހަކު އައިކަމެއް އެމީހުންނަކަށް ނޭނގެއެވެ. އެމީހުން އައިސް ގެއަށް ވަނުމުން އެމީހަކު ގޭގެ އެޑްރެހަށް ބަލާލަމުން އެނބުރި އައިކޮޅަށް ހިނގައިގަތެވެ.
އެރޭގެ ވަގުތުގައި އެންމެން ތިބީ ސިޓިންގރޫމްގައެވެ. ނިޔާޒް ގޮސް ކޮޓަރިއަށް ވަތްތަނާ ބެލް އަޅާލި އަޑު އިވުނެވެ. ޝަރީފާ ދޮރު ހުޅުވަން ދާން ތެދުވުމުން ހުޒާމް އޭނާ ހުއްޓުވިއެވެ. ހުޒާމް ގޮސް ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ހުރީ މުސްކުޅި ފިރިހެނެކެވެ. ބަލާބެލުމަށް އުމުރުން ފަސްދޮޅަސް އަހަރު ވެދާނެހެން ހީވެއެވެ. އުމުރުން ދުވަސްވެފައި ވީނަމަވެސް އެއީ ވަރުގަދަ މީހެއްކަން އެނގެއެވެ. ނުރަވެފައިވާ ބޮލާއި ތުނބުޅި އަދި އަތުގެ މުލައްދަނޑި އެކަމަކަށް ހެކިދެއެވެ. އެމީހާ އަޅާފައިވާ ހެދުމުން އެއީ އާދައިގެ ނިކަމެއްޗެއް ނޫންކަން އެނގެއެވެ. ހުޒާމްގެ ހިތުގައި ސުވާލު އުފެދުނެވެ. އެމީހާ އެއައީ ކީއްކުރަންބާއެވެ.
“ކޮއްކޯ! މިގޭގަ އުޅޭތަ ޝަރީފާ ކިޔާ މީހަކު؟” އެމީހާ އެހެން އަހާލިއިރު އެއަޑުގައިވި ތުރުތުރުލުން ހުޒާމްއަށް ފާހަގަކުރެވުނެވެ. ހުޒާމް ބޯޖަހާލާފައި އެމީހާ ވަންނަން ތަން ދެއްކިއެވެ.
“މަންމާ! މަންމަ ހޯދަން މީހަކު.” ހުޒާމް އެހެން ބުނެލުމުން ކާކުހޭ ކިޔާފައި އެނބުރިލި ގޮތަށް ޝަރީފާއަށް ހުއްޓުން އެރިއެވެ. އެހާ ދުވަސް ފަހުން ފެނުމުންވެސް އޭނާއަށް އެއީ ކާކުކަން އެނގިއްޖެއެވެ.
“އުމަރު!” ޝަރީފާއަށް ހައިރާންކަމާއެކު ބުނެވުނެވެ. ބޭއިޚްތިޔާރުގައި އޭނާއަށް ސޯފާއިންވެސް ތެދުވެވުނެވެ. އިސާހިތަކު އޭނާގެ ލޮލަށް ކަރުނަތައް ޖަމާވީ އުމަރު އޭނާއާ ދޭތެރޭ ކަންތައް ކުރިގޮތް ހިތަށް އެރުމުންނެވެ.
“ޝަރީފާ! އަހަރެން ހާދަ މަސައްކަތެއް ކޮށްފީމޭ ޝަރީފާ ހޯދަން.” އުމަރުގެ އަޑުން އޭނާއަށް ހިތާމައިގެ އަސަރު ފާހަގަވިއެވެ. އެވަގުތު ހުޒާމް ސާރާ ގޮވައިގެން ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ. އަދި ރިޒްނާއަށްވެސް ކޮޓަރިއަށް ދިއުމަށް އިޝާރާތްކޮށްލީ ޝަރީފާއާއި އުމަރަށް ވަގުތު ދިނުމުގެ ގޮތުންނެވެ.
“ކީއްކުރަން؟ އަހަރެން މީ އެއްކަލަ ސުންޕާ މީހާއެއްނު. ދެން ކީއްކުރަން އަހަރެން ހޯދަނީ؟ އަދިވެސް އުމަރު ހިތްހަމަޖެހޭވަރަށް އެއްޗެހި ކިޔާނުލެވެނީ ދޯ؟” ޝަރީފާގެ ބަސްމަގު ވަރަށް ތަފާތުކަން އުމަރުއަށް ފާހަގަކުރެވުނެވެ. އެއަޑުގައިވީ ހަރުކަށިކަމާއި މަލާމާތެވެ. އެއީ ކުރިން ދުވަހަކުވެސް ޝަރީފާ އޭނާއާ ވާހަކަދެއްކި ގޮތެއް ނޫނެވެ. ޝަރީފާގެ ބަދަލުވެފައިވާ މިޒާޖުން އުމަރުއަށް ތަފާތު އަސަރެއް ކޮށްފިއެވެ. އޭނާ އެއައީ ހާދަ ބޮޑު އުއްމީދަކައިގެންނެވެ. ޝަރީފާ އޭނާއަށް މަޢާފްކުރާނެކަމުގައި އޭނާ ހީކުރިއެވެ.
“ނޫން ޝަރީފާ. އަހަރެން ޝަރީފާ ހޯދީ އެއްޗެހި ކިޔާކަށް ނޫން. އަހަރެންނަށް އެނގޭ އަހަރެންނަށް ޝަރީފާއާ ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް އިހާނެތިކޮށްކަން. އެކަމާ އަހަރެން ވަރަށް ދެރަވެ ލަދުގަނޭ. އެހެންވެ މަޢާފަށް އެދެންވެގެން ޝަރީފާ ހޯދީ.” އުމަރު ދެރަވެފައި ހުރެ ބުނެލިއެވެ.
“ޝަރީފާ ވަރިކުރި ފަހުން އަހަރެންނަކަށް ހަމަޖެހުމެއް ނުލިބޭ. އަހަރެން ޝަރީފާ ގާތުން މަޢާފަށް އެދެން ބޭނުންވި. އެކަމަކު ޝަރީފާ ވީތަނެއް ނޭނގޭތީ އެފުރުސަތު އޮތީ ނުލިބި. ވަރަށް ފަހުން އަހަރެންނަށް އެނގުނީ ޝަރީފާ މާލޭގަ އުޅޭކަން. އެކަމް އަހަރެންނަށް ކަންތައް ކުރެވުނު ގޮތުން ޝަރީފާ ހޯދަން އަންނާކަށް ނުކެރުނު. އެކަމަކު އިއްޔެ އަހަރެންނަށް މަގުމަތިން ޝަރީފާ ފެނިގެން މިގެ ހޯދީ. އަހަރެން މާދަމާ ރަށަށް ފުރަން މިއުޅެނީ. މިއަދު އަހަރެންނަކީ އެއް ކިޑްނީ ފެއިލްވެ އަނެއް ކިޑްނީއަށް އެކަން ވާރުތަވެފައިވާ މީހެއް. މިހާރު އަހަރެންގެ ބަލިހާލު ހުރިގޮތުން ދެން އަހަރެންނަށް މާގިނަ ދުވަހު ދުނިޔޭގަ ހުރެވޭނެކަމުގެ އުއްމީދެއް ނެތް. ފަހަރެއްގަ މީ ޝަރީފާއާ ބައްދަލުވާ އެންމެ ފަހު ފަހަރަށްވެސް ވެދާނެ. އެހެންވީމަ އަހަރެން އެދެނީ ޝަރީފާ އަހަރެންނަށް މަޢާފްކުރުމަށް.” އަސަރާއެކު އުމަރު ދެއްކި ވާހަކަތަކުން ޝަރީފާގެ ހިތް މަޑު ކަފަކޮޅަކަށް ވެއްޖެއެވެ. އުމަރު ޝަރީފާއަށް ބަލާލީ ޖަވާބަކަށް އިންތިޒާރުކުރަމޭ ބުނާފަދަ ގޮތަކަށެވެ.
“އަހަރެން އުމަރަށް މަޢާފްކޮށްފިން.” ޝަރީފާ ބުނެލިއެވެ.
“އަހަރެން ވަރަށް ހިތްހަމަޖެހިއްޖެ މިހާރު. އަހަރެން އުއްމީދުކުރަން ޝަރީފާގެ ފިރިމީހާއާއި ދަރިފުޅާއެކު ޝަރީފާއަށް އުފާވެރި ދިރިއުޅުމެއް އުޅެވޭނެކަމަށް. އަދި ޝަރީފާއަށް ދިގު އުމުރެއް ދެއްވާތޯ އަހަރެން ދުޢާކުރާނަން.” އުމަރު އެހެން ބުނެލުމުން ޝަރީފާ ބަލާލިއެވެ.
“ތިޔަ ކުރި ދުޢާ މާތްﷲ އިޖާބަކުރައްވާނެ. އިންޝާ ﷲ! އެކަމަކު އަހަރެންގެ އެކަކުވެސް ނެތް.” ޝަރީފާ ބުންޏެވެ.
“ކީކޭ؟ އެކީއްވެ؟ ދެން ދެންމެގަ އެދިޔަ ކުއްޖާޔޯ؟” އުމަރު ހައިރާންވެފައި އަހާލިއެވެ.
“އާނ. އުމަރު އަހަރެން ވަރިކުރި ފަހުން އަހަރެން މީހަކާ ނީންނަން. އެއީ އަހަރެންގެ ދަރިއެއް ނޫން. އަދި އަހަރެންނާ އާއިލީ އެއްވެސް ގުޅުމެއް ހުރި ކުއްޖެއްވެސް ނޫން. ދެން އޭނަޔާ އެއްކޮށް އެދިޔައީ އޭނާގެ އަންހެނުން. ފަހުން އެދިޔައީ އޭނާގެ ރައްޓެއްސެއް.” ޝަރީފާ އޮޅުންފިލުވައިދިނެވެ.
“ދެން އަހަރެން ދަނީ. ހިތްހެޔޮކުރާތި!” އުމަރު އެހެން ބުނެފައި އެނބުރި ދިޔައީއެވެ.
ޖެހިގެން އައި ދުވަހުގެ ހަވީރެވެ. ސައި ބޮއިގެން ނުކުންނަމުން ހުޒާމް ރިޒްނާއާ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފައި އޮތް ވާހަކަ ބުނި ހިސާބުން ރިޒްނާގެ ހިތްވަނީ އަވަސްވެފައެވެ. ހުޒާމް ދައްކަން އެއުޅެނީ ކޮން ވާހަކައެއްބާއޭ އޭނާގެ ހިތަށް އެރިއެވެ.
“ރިޒޫ! ހިނގާބަލަ މިތާ ގޯތިތެރެއަށް.” ރިޒްނާއަށް ގޮވާލުމަށްފަހު ހުޒާމް ބުނެލިއެވެ. ރިޒްނާވެސް ހިތް އަވަސްވެފައިވާ ހާލު ގޯތިތެރެއަށް ނުކުތެވެ. ހަވީރުގެ ވަގުތުކަމުން މުޅި ގޯތިތެރެއަށް ވަނީ ހިޔާވެފައެވެ. ހުޒާމްއާއި ރިޒްނާ ގޮސް އިށީނދެލީ ގޯތި ތެރޭގައި ހައްދާފައިވާ މާ ބަގީޗާއެއްގެ ކައިރީގައި ހުރި ހިލަ ގޮނޑިއެއްގައެވެ.
“ރިޒޫ! އަހަރެން ބުނީ ރިޒޫ މީހަކާ އިންނަނީ ކޮން އިރަކުން؟” ހުޒާމް ކުއްލިއަކަށް ކޮށްލި ސުވާލުން ސިހިފައި ރިޒްނާ ބަލާލިއެވެ.
“ކިހިނެއްވީ؟ އަހަރެންނާހެދި ޒާމްއަށް އުނދަގޫވަނީތަ؟ އަހަރެންނާހެދި ޒާމްގެ އުފާވެރި ދިރިއުޅުން ހަލާކުވެދާނެހެން ހީވަނީތަ؟ އެހެން ހީވަންޏާވެސް ރީތިކޮށް ބުނޭ. އަހަރެން ގޮސްފާނަން.” ރިޒްނާއަށް ވިސްނުނީ އެންމެ ގޯސްކޮށެވެ. އޭނާއަށް ހީވީ ހުޒާމްއަށް އޭނާއާހެދި އުނދަގޫވަނީހެންނެވެ.
“ނޫން ރިޒޫ. ގޯސްކޮށް ނުވިސްނަބަލަ. އައިސް މިތާ އިށީނދެ ހަމަޖެހިލައިގެން ފިނި ސިކުނޑިއަކުން ވިސްނާލަބަލަ. ކިހިނެއް އަބަދު ތިހެން އުޅޭނީ؟ އުމުރު ދުވަހު ތިހެން ހުރުމަކީ ވިޔާދާ ކަމަކަށް ވާނެތަ؟ ހަމަ ގައިމުވެސް ނުވާނެ. ރިޒޫވެސް ބޭނުންވާ ކަންތައްތަކެއް ހުންނާނެ. ރިޒޫއަށްވެސް ފިރިއެއްގެ އެހީ ބޭނުންވާނެ. ނޫންތަ؟” ހުޒާމް ދެއްކި ވާހަކަޔާމެދު ރިޒްނާ ވިސްނާލިއެވެ. ހުޒާމްވެސް އެބުނީ މުޅިއަކުން ދޮގު ވާހަކައެއް ނޫނެވެ. އޭނާއަށްވެސް ފިރިއެއްގެ އެހީ ބޭނުންވެއެވެ. މަންމާއޭ ކިޔާ ގޮވާލާނެ ތުއްތު ކުއްޖަކު ބޭނުންވެއެވެ.
“ރިޒޫއަށް ހީވެދާނެ އަހަރެން މިވާހަކަ މިދެއްކީ ރިޒޫ މިގޭގަ ހުންނާތީ އަހަރެންނަށް އުނދަގޫވެގެންނޭ. އެކަމަކު އެހެން ހީނުކުރައްޗޭ. ރިޒޫއަށް ކިތަންމެ ދުވަހެއް ވަންދެންވެސް މިގޭގަ ހުރެވިދާނެ. އަހަރެންނަކަށް އުނދަގުލެއް ނުވާނެ. އަހަރެން ބޭނުމެއްނުވޭ ރިޒޫވެސް އުމުރުގެ ބާކީ ދުވަސްތައް ތިހެން ބޭކާރު ގޮތުގައި ހޭދަކޮށްލާކަށް. އެހެންވެ މިވާހަކަ މިދެއްކީ.” ހުޒާމް ބުންޏެވެ.
“ރިޒޫ ބުނީމެއްނު ބިޓެއްގެ ވާހަކަ. ކޮބާތަ އޭނަ؟” ކުއްލިއަކަށް ހަނދާންވެގެން ހުޒާމް އަހާލިއެވެ.
“ކޮންއިރަކު؟” ރިޒްނާ ހައިރާންވެފައި އަހާލިއެވެ. އޭނާގެ ބިޓެއް ހުންނަ ވާހަކަ ހުޒާމްމެން ގާތުގައި ބުނި ހަނދާނެއް އޭނާ ނެތެވެ.
“އެއްކަލަ ދުވަހު ފޯނެއްގަ އިންދާ ބަސްޓްވިއެއްނު. ސާރާ ކާންދޭން ޖެހޭނެޔޭ ބުނީމަ އެއްބަސްވީމެއްނު ބިޓެއްކަމަށް. އޭނަގެ ވާހަކަ މިއެހީ.” ހުޒާމް އޮޅުންފިލުވައިދިނެވެ.
“ހޫމް. އޭނަ ދޯ؟ އޭނަވެސް އެބައުޅޭ.” ރިޒްނާގެ ތުންފަތަށް ވެރިވި ލުއި ހިނިތުންވުމުން ހުޒާމްއަށް އެއްޗެއް ވިސްނުނެވެ.
“ހާދަހާ ސިއްރަކުންނޭ ތިއުޅެނީ؟ ނިކަން އަންގާލައިގެން އުޅެބަލަ. އޭރުން ތިކަމަށް ފަސޭހައެއްވެސް ވެދާނެއެއްނު.” ހުޒާމް ރިޒްނާއާ ދިމާކޮށްލިއެވެ.
“އޭނަ ކޮންމެ ދުވަހަކުވެސް މިގެއިން އަހަރެންނާ ބައްދަލުކުރޭ. ވަރަށް ސްމާޓް މީހެއް. ޒާމް ނޫނީ އޭނައަށްވުރެ ރީތި މީހެއް އަހަރެން ނުދެކެން. އެހެރަ ސްމައިލްއެއް. އެހެރަ ތޫނު ދެލޮލެއް. އެހެރަ ސަޅި ހަށިގަނޑެއް. ފެންނަ ކޮންމެ ފަހަރަކުވެސް ގައިން ހީބިހި ނަގައިގެން ދަނީ.” ރިޒްނާ ހުވަފެނީ ގޮތަކަށް ވާހަކަދައްކަމުން ދިޔައިރު ހުޒާމް އިނީ ފާޑަކަށް ހީނފައެވެ. އިރުކޮޅަކު އެހެން އިނދެލާފައި ހީނގަންނަމުން ރިޒްނާގެ ކޮނޑުގައި ޖެހިގަތެވެ.
“ތިދައްކަނީ އައިމަންގެ ވާހަކަ ދޯ؟” ހުޒާމް ހީލާފައި އެހެން ބުނެލުމުން ރިޒްނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.
“އޭތް. ތި ދެލޯ ތިހާ ބޮޑުނުކުރިޔަކަސް ވެދާނެއެއްނު.” ހުޒާމް އެހެން ބުނެލުމުން ރިޒްނާ ހުޒާމް ގައިގައި ޖަހާލިއެވެ.
“ޒާމްއަށް ކިހިނެއް އެނގުނީ އަހަރެން މިދެއްކީ އައިމަންގެ ވާހަކަ ކަމެއް؟” ރިޒްނާ އަހާލިއެވެ.
“ތި ކިޔައިދިން ސިފަތަކުން. އޭނަ ނޫނީ މިތާނގަ ނޫޅޭނެ އެހާ ސަޅި ހަށިގަނޑެއް ހުރި މީހެއް. ކޮންމެ މީހެއްގެވެސް އިންނާނެ ޗަސް ބަނޑެއް.” ސަމާސާ ރާގެއްގައި ހުޒާމް އެހެން ބުނެލުމުން ރިޒްނާއަށްވެސް ހެވުނެވެ.
“އައިމަންއަކީ ވަރަށް ރަނގަޅު މީހެއް. ރިޒޫއާ ވަރަށް ގުޅޭ. އަވަހަށް ކައިވެނި އަވަސްކުރަން އުޅޭ.” ހުޒާމް އެހެން ބުނެލުމުން ރިޒްނާ ބޯޖަހާލިއެވެ.
“އެކަމް އަހަރެމެން ވިސްނަނީ ސާރާ ވިހެއީމަ އިންނަން.” ރިޒްނާ އެހެން ބުނެލުމުން ހުޒާމް ބުނީ އެގޮތްވެސް ރަނގަޅުވާނެ ކަމަށެވެ.
“ޒާމް! އެއްޗެކޭ ހީނުކުރައްޗޭ. އަހަރެންނަށް ވަރަށް ފާހަގަވޭ ނިޔާޒްބެއާ ޝަރީއްތަ ވަރަށް ގުޅޭކަން. ވަރަށް ގިނައިން އެދެމީހުން ވާހަކަދައްކަން ތިބޭތަންވެސް ފެނޭ. ދެމީހުން ވާހަކަދައްކަން ތިއްބާ އަހަރެންނަށް އާދެވިއްޖެއްޔާ ވަގުތުން ހައްޕު. އަހަރެންނަށް ހީވަނީ ކޮންމެވެސް ކަމެއް އެބަ އުޅޭހެން.” ރިޒްނާ އެހެން ބުނެލުމުން ހުޒާމްވެސް އެކަމާ އެއްބަސްވިއެވެ. އޭނާއަށްވެސް އެކަން ފާހަގަކުރެވެއެވެ.
“ހިނގާބަލަ އެކަމާ ވާހަކަ ދައްކާލަމާ.” ރިޒްނާ ބުނެލިއެވެ.
“ރިޒޫ ވާހަކަދައްކާ މަންމައާ. އަހަރެން ވާހަކަ ދައްކާނަން ބައްޕައާ.” ދެމީހުން ގޮތް ރާވާލިއެވެ.
ހަމަ އެރޭ ރިޒްނާ ޝަރީފާއާ އެވާހަކަ ދެއްކިއެވެ. ޝަރީފާވެސް ހުރީ އެކަމަށް ބޭނުންވެފައެވެ. ނަމަވެސް މުސްކުޅިވެ ގައިބާރު ދެރަވުމުން އެފަދަ ކަމަކަށް ކުރިމަތިލާން ލަދުގަނެފައެވެ. ހުޒާމްވެސް ނިޔާޒްއާ ވާހަކަދެއްކިއެވެ. އޭނާވެސް ހުރީ އަނތްބަކަށް ބޭނުންވެފައެވެ. އެދެމީހުންގެ އާނބަސް ލިބުމުން ހަފްތާއެއްގެ ތެރޭގައި ވަރަށް އާދައިގެ ގޮތަކަށް އެދެމީހުންގެ ކައިވެނި ކުރެވުނެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ސާރާގެ ބަނޑަށް ދުވަސް ފުރި ސާރާ ވިހައިފިއެވެ. ލިބުނީ ލޯބިލޯބި ފިރިހެން ކުއްޖެކެވެ. އެއަށްވުރެ އުފާވެރި ދުވަހެއް ސާރާއާއި ހުޒާމްގެ ހަޔާތުގައި ނާދެއެވެ. ހުޒާމް އެންމެ ހިނދުކޮޅަކަށްވެސް އެދަރިފުޅު ނުފެންނަ ހިސާބަށް ދާކަށް ބޭނުމެއް ނުވެއެވެ. ނިޔާޒްވެސް އަލަތު ކާފަ ދަރިފުޅު ލިބުމުގެ އުފަލުގައި ގިނަ ވަގުތު ހޭދަކުރީ ހޮސްޕިޓަލުގައެވެ. ޝަރީފާވެސްމެއެވެ. ރިޒްނާ ހުރީ ސައުވީސް ގަޑިއިރު ސާރާގެ ޚިދުމަތުގައެވެ. ހުޒާމްގެ އަންހެނުންނަށް ޚިދުމަތްކުރުމަކީ އޭނާއަށް ލިބޭ އުފަލެކެވެ. އެދެމީހުންގެ ގުޅުންހުރި ގޮތަށް ބަލާއިރު ރިޒްނާއަކީ އެއްއިރެއްގައި ސާރާގެ އަދާވާތްތެރިއެކޭ އެކަކުވެސް ނުބުނާނެއެވެ.
ރިޒްނާއާއި އައިމަންގެ ކައިވެނި ކުރެވުނީ ހުޒާމްއާއި ސާރާގެ ދަރިފުޅު ލޫކްއަށް ދެމަސް ފުރުނު ދުވަހުއެވެ. ހުޒާމް އެދެމަފިރިންނަށްޓަކައި ފުރިހަމަ ހަފްލާއެއް ތައްޔާރުކޮށްދިނެވެ. އަދި ހަނީމޫން ދަތުރެއް ދިނެވެ. ރިޒްނާ އެހުރިހާ ކަމެއް ބަލައިގަތީ ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިވާ ހާލުގައެވެ. ރިޒްނާގެ ކައިވެނި ހަފްލާ ނިމިގެން ދިޔައިރު ހުޒާމްގެ އާއިލާ ވަނީ ފުރިހަމަވެފައެވެ. އެ އުފާވެރި ހަފްލާ ނިމިގެން ދިޔައީ އޭނާއާއި ސާރާ، އަދި އައިމަންއާއި ރިޒްނާގެ ހަޔާތަށް ބަހާރު މޫސުން ގެނެސްދެމުންނެވެ.
(ނިމުނީ)
80 Comments!
Comments are closed.






Kudhinney mivaahakaves mi nimuny… Ummeedhu kuran nimunvs kamudhaane kamah… Shauquveri kamaaeku vaahaka kiyaali hurihaa kudhinnahves v bodah shukuriyyaa… Iraadha kurevviyyaa maa gina dhuvaheh nuve aa vaahakaeh genesdheynan… ThanQ all for the support & love u all…
Varah reethi.. hope to read a new story written by you soon… ☺☺☺☺
ThanQ Addu manje… Insha Allah!! ehaa gina dhuvaheh nuvaane
Wow v reethi nimun ves v reethi.ithuru vaahaka ehge inthixaaruga hurin ??
ThanQ Naadhee 🙂
Varah shalhi
ThanQ New Bidhaa 🙂
Asl aneh hen maaa bodu haadhisaa thakeh nuhingaa mi vaahaka aku. Ma heekury riznaa v nubai hadaane kamah fahun.. rizna zaam aa makarun marru kohgen huhta saara veethan engigen hodaigen ais hagygaiy engigen diyanama v salhivis.. ekam ves salhi dhn diya goiy.. aee magey hiyaal ingey..
ThanQ Rain… Rain ge thikhiyaalu balaigenfin… thikahala improve kureveyne kahala salhi khiyaalu beynunvany… 🙂
Vvvv reethi… ekam saaraa ah huxam aeee kaakukameh neynge dhw…. mithan kolhuves leenama…… aeee sara aaa dhebenge dhedhari meehehkan
ThanQ Naxy… Niyaz men Saaraa ah hurihaa vaahakaeh kiyaidhinehnu… ehenveema en’geynethaa… Saandy ah heevany aslu Saaraa ah neyngeyhen thi heavy Saaraa ekamaa hairaanvi vaahaka nugenevi othyma kanneynge… ebai genevununama furihamavees… thikahala khiyaalu beynunvey gina ginain… ThanQ again 🙂
Mulhi vaahaka eh koh kiyaafin. Meehunaa FAREY Kee vaahakathakun ehme salhi vaahaka. Vvvvvvvv reethi. Kuriyah oi vaahaka ah inthizaaru kuran. Thanks saady. All the best.
ThanQ Farey… v ufaavejje Farey ah vaahaka ehaa kamudhiyaeema 🙂
Horror story eh genesdhybala. Mi vaahak v salhi
ThanQ Afu!! Biruveri vaahakaeh liyan eba masakkaiy kuran
🙂
Ninmumuge kurin saara aa huxam ge rom thankolheh genesdhinnama..furihamavees
ThanQ Sonaalee… aslu fahun thihen hithah eri thihen… ekam vaahaka liye schedule kohfa othyma change eh nugennan vegen alhaanuly… 🙂
VVV furihama nimunves v reethi
ThanQ Maree 🙂
Wooow salhi salhi
ThanQ Esfiya 🙂
V v nic… Vaahaka kiyamun dhiya iru hithah eri mi vaahaka nunimeyne namaeyvx… Vaahakaiga fahu bai jahaafa iny ma vx hithah eri “oh shit” ey… Ehn vaahaka akah inthizaaru kuran… ??????Thanx saaaandy…
ThanQ Unko… V ufaavejje Unko ah mivaahaka ehaa kamudhiyaeema 🙂
HAMA RANGALHAH ROVVAALAAFA THI NINMAALEE ???????
ThanQ Cutie Pie… Sorry in’gey rovvaalevuneema 🙂
Thanx mikahala reethi vahakaeh genesdhineema. Waiting for ur new story
ThanQ Hunana 🙂
WOW.. v v salhi.. waiting for ur next story
ThanQ Kiyaa Meehaa 🙂
Salhi
ThanQ Lima 🙂
Haadha reethi vaahaka ekey……….wow
ThanQ Iskaa 🙂
salhi ending vx dhw …..so when is ur next story?????
ThanQ Kia… Vaki date eh bunaakah neynge… Story liye ninmaafa up kuran fashaany… Ekam ehaa gina dhuvaheh nuvaane 🙂
Vaahaka v reethi bt ninmaali iru Sara rape kurii manday kan huxam ah kiyai nudhey dhw..
ThanQ Saee… Ran’galhu vaahakaeh… Hamajehilaigen kiyaidheynamey buny dhw… Saandy fahun ekamuge mathin han’dhaan nethuny… Thikahala mistake thah faahaga kolladheyn vaane… Eyrun dhen faharakun ran’galhu kuran en’geyny… ThanQ again Saee… 🙂
Vahaka warah salhi pls biruveri vahaka eh genes dhibaa….
ThanQ Yash… Iraadha kurevviyyaa biruveri vaahakaeh genesdheynan ehaa ehaa gina dhuvas nukoh
V reethi dhen mi site ga nuhunnaane gavaidhun genesdhey vaahaka tha Saandy mee enme baraabarah mikan Kuree dhen nulibeyne kiyaalaane vaahaka eh v dheravejje Saandy ge vaahaka nimuneema shine ves vvv busy veema ehennoonama shine up kohdheyne gavaaidhun mi site gavaaidhun vaahaka genesdhey dhe meehun thee Saandy aa shine akee
ThanQ Anonymous 🙂
Story hama habeyyyse…ninmun ves v salhi…
ThanQ Love 🙂
vaahaka okay!
but vaahaka heevany gulha gannavaafa hen…
huriaa kameh ehfaharaa vany…
enmmen emeehehgge past aa kulli akah ehbondi akah e meet vee.. eyah vure reethi vaane thankoheh dhigu kohllaafa vaahaka genes dhin nama.. dhn sara n mamdooh ge vaahaka ingen eeyne dhw huxam ah.. eiy thi vaahakaiga sara aky vrh truthful honest rangalhu wife eh… so eyna ah dhimaavi enmme bodu kanthah jeheyne eynage husband ah ingen…
this is just my Opinio…B-)
best of luck for ur next story 😀
ThanQ Zev… Zev ge khiyaalu balaigenfin… Aslu thankolheh avas kollevifa hurikan fahun Saandy ahves faahaga kurevunu… Hithah eri change kollanves… Ekam thankolheh beykaaru bai ginavaahen heevaathy & ehaa varah time ves nuvaathy fahun change nugenaeeves… ThanQ again for ur opinion 🙂
vaahaka dhigu vegen eiy mahsala eh nun….but kurugalhuvaalaafa genaumah vuren detail koh genes dhiniyyaa vaahaka vrh furihama vaane….
u r a good writer…
waiting for ur next story
ThanQ Zev for ur opinion… dhen liyaa story thakuga thikama visnaafa ran’galhu kureveythoa masakkaiy kuraanan
saandy noooooooooooooooooooooooo
Dhen nuninnmaba alhe. Anonymous bunihen saandyge story nimunyma dhen Dailykoh upvaa story eh ves neenaanae.. VArah dheravejje.. Good luck with your horror story. Btw koniraku e story kiyaalan libeyni?
ThanQ Unknown.. Konme kamakahves nimumeh annaane ehnu… 🙂 Vaki dhuvaheh bunaakah neynge… Ekam ehaa gina dhuvas nukoh genesdheveythoa masakkaiy kuraanan 🙂
Masha Allah
A perfect story
ThanQ Saara 🙂
varah salhi story eh. Ekam romantic thankolheh nugenesdhineema dherae. Dhen anna story thankolheh romantic kohlahchey. Ebaives innan aanehnu.
ThanQ “First Comment”… Ebaives genesdheveythoa masakkaiy kuraanan next storyga… In’gey 🙂
Saandy varah furihama story eh. keep it up dear
ThanQ dear 🙂
Miha thanah Saandy genesdhin enme salhi story mee. Ekam Mandey ge kanthah Huzam ah kiyadhyfa ninmalinama ma furihamavys. Biruveri story akah inthizaru kuran
ThanQ Aishaa… Iraadha kurevviyyaa ehaa ehaa gina dhuvaheh nukoh genesdheynan biruveri vaahakaeh 🙂
Dear Saandy ?
Finally Story ehkoh kiyaalevijje ?
And yes Saandy bunihen last two part varah surprising ?
Waiting for your horror story ?
Keep up the good work saandy ?
Regards
Your Biggest fan ?
ThanQ Baby girl… 🙂
Reyga mi story kiyan feshyves.. Reethi kamun nukai nuboe indhe mi ninmaaly. Varah reethi.
Oh ThanQ “Poh”… 🙂 Ekam nukai nuboi ulheykah nuvaane ingey… hehehe… 🙂
Saandy keehvetha Story name akah huvafen kee. Story aa huvafen aa huri gulhun bunedhyba?
Hehehe Afoo… Huzaamge huvafenaky mussanjakah vun… Riznaage huvafenaky Huzaamge wife akah vun… Saaraage huvafenaky filmy thariakah vun… Eyge fahun Huzaamge wife akah vun… E-ee mi vaahakayah Huvafen ky sababaky… Maigan’du gothehga mi dhiyaee emeehehge huvafen hageegathakah hadhan kuri masakkaiy… Huzaam aa Saaraa ah maabodu masakkathakaa nulaa huvafen hageegathakah hedhunuiru eki goiygothah masakkaiy kohgenves Riznaa ah ekan kaamiyaabu nuvi goiy meega genesdheefa miothy… Ummeedhu kuran mihaaru Afoo ah story aa huvafenaa huri gulhun en’gijje kamah… 🙂
Wow wow v v v reeti feshigen goss nimenden vess thanks?
ThanQ Princess 🙂
Wow Saandy ?
Varah varah varah reethi mi story. Saandyge horror story ah varah eba inthixaaru kurevey ❤️
ThanQ Mimmi 🙂
❤️
🙂
Saandy… Dhn nerey vaahakaige name jahaafa baindhaba…. eyrun eah follow kuran ingeyny… dhw…?
Unko! Adhi vaahakayah nameh nukiyan… Adhi kiriyaa mi liyan feshuny… Half ninmaalaafa Trailer nereynan… Insha Allah… 🙂
Alhey varah reethi…❤
ThanQ Lamm 🙂
salhi igey ekam thankolheh dhigu kohllinama dhw..<3
ThanQ Xeyboo… Dhen liyaa vaahakaehga thikamaa visnaanan 🙂
Vaahaka vr reethi
ThanQ Naai 🙂
OMG…. adhi alah vaahakaeh mi kiyunee beynun vaa gothah nimun ai. mi vaahaka mee hama best of best ❤ hama asluves. mi vaahakaige fahu bai kee iru gain heebihinagaigen dhey reethi kamun. ❤ faahaga vee enme than kolheh. saaraage rape case dhiya goiy huzaam ah engigen eynaves maaf dhin nama dhen mi story ah bunaane hama ekahcheh ves neiy ?????
ThanQ Firu… V ufaavejje Firu ah mivaahaka ehaa kamudhiyaeema… Thi faahaga kolli thankolhu hama hithuge adin qaboolu kohfin 🙂