Skip to content
އެސްފިޔަ

ހައްގު ލޯބި

ހުޅުލޭ ބުރިޖު އަޅާތަން ބަލަންދާ ޕުލެޓުފޯމަކީ އާންމުކޮށް ވަރަށް މީހުންގިނަ ތަނެކެވެ. ނަމަވެސް މިއަދު މިތަނުން ފެންނަނީ އެންމެ މީހެކެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އުޑުމަތި އޮތީ ވަރަށް ބަނަކޮށެވެ. ދެންމެ ދެންމެ ވާރޭ އޮއްސާލަން އުޅޭ ކަހަލަގޮތަކަށެވެ. ކަނޑުގެ ރާޅުތަކަށް ވުރެން ސެހެރްގެ ސިކުނޑީގައި އުފެދިފައިވާ ރާޅުތަށް މާ ބިޔައެވެ. ސެހެރް ކަނޑާ ދިމާއަށް ބަލަހައްޓައިގެން ހުރިއިރު އެލޮލުން ކަރުނައޮހެއެވެ. ހިޔާލެއް ފިކުރެއްނެތި ސެހެރް މޫދަށް ފުންމާލިއެވެ. ހެއްދެވިފަރާތްމަތިން ހަނދުމަކުރުމެއްވެސް ނެތިއެވެ. ސެހެރަކީ ފަތަން އެނގޭ ކުއްޖެކެވެ. ނަމަވެސް ސެހެރް ފަތާކަށް ނޫޅެއެވެ. މިމަންޒަރުބަލަން ދުރުގައި މީހަކު ހުރިކަމެއް ސެހެރަށް ނޭގެއެވެ. އެމީހާ ޕުލެޓުފޯމާ ދިމާއަށް ދުއްވައިގަތީ ސެހެރް އެނގޭތީއެއް ނޫނެވެ. މީހަކު ފާފައަކުން ސަލާމަށްކުރުމުގެ ނިޔަތުގައެވެ. އޭނައަށް ސެހެރް ފުންމާލިހިސާބަށް ދެވުނުއިރު ސެހެރް އަޑިއަށް ގޮއްސިއެވެ. މީހަކު އައިސް އަތުގައި ހިފާ ސެހެރް މައްޗައް ގެންދާކަން ސެހެރަށް އިހުސާސްވިއެވެ. ނަމަވެސް އޭގެފަހުން ވީއެއްވެސް ކަމެއް ސެހެރަކަށް ނޭގެއެވެ. ސެހެރް ފަސްގަނޑާ ހަމައަށް ގެނދެވުނު އިރު އޭނާއަށް މާނޭވާ ލެވެއެވެ. ސީޕީއާރު ދޭން އޭނާ ސެހެރާދިމާއަށް އެނބުރުނު ވަގުތު އޭނާއަށް ލިބުނީ ހައިރާން ކަމެކެވެ. މިއީ ހަމަ ސެހެރެވެ. ނަމަވެސް އޭނަ ދަންނަ ސެހެރަކީ މިހާ ފިނޑި މީހެއް ނޫނެވެ.
ހިއްވަރުގަދަ ލާމަސީލު މިސާލެކެވެ. ސެހެރް އެ ނިންމުން ނިންމުމުގެ ސިއްރަކީ ކޮބައިބާވައެވެ؟

އެމްބިއުލާންސައް ގުޅަން އަނެއްކާވެސް ފޯނު ބަލައި ދާންޖެހެނީ ޕުލެޓުފޯމަށެވެ. އެހެންކަމުން އެންމެ ފަސޭހައިން ގުޅޭނީ އެހެންމީހެއްގެ އެހީއެއް ލިބިގެން ކަމުން ޒަކުވާން ދިޔައީ ދުވެފަ މަގާދިމާއަށެވެ. އެތަނުން ދިޔަ ސައިކަލެއް ހުއްޓުވައިގެން ޒަކުވާން އެމީހުންގެ އެހީހޯދިއެވެ. އެމްބިއުލާންސް އަންނަންދެން ޒަކުވާން ސެހެރަށް ސީޕީއާރު ދިނެވެ. އެމްބިއުލާންސް އައި އިރުވެސް ސެހެރް ނޭވައެއް ނުލައެވެ. އެމްބިއުލާންސް އައުމަށްފަހު ސެހެރާ އެމާރޖެންސީ މެޑިކަލް އޮފިސަރުން ހަވާލުވިއެވެ. އެމީހުންގެ މިންނަތް މަސައްކަތުން ސެހެރް ނޭވާލާންފެށިއެވެ.

ޒަކްވާން ފޯނުމަތިން ހަނދާންވީ އައިސީޔޫއިން ނިކުއް ނަރުސް ސެހެރްގެ އާއިލާއާއި ބެހޭގޮތުން ސުވާލުކުރީމައެވެ. “އެކްސްކިއުޒް. އަޅުގަނޑު ފޯނެއްކޮށްލަން މިފޯނު ޔޫޒްކުރެވިދާނެތަ؟” އޭޑީކޭ ކައުންޓަރުކައިރިއަށް ގޮސް އެތާހުރި ކުއްޖާ ކައިރިން ޒަކުވާން ހުއްދަހޯދިއެވެ. “ހަލޯ ރިކް؟ ކޮންތާކު؟ ވަރަށް އަވަހަށް އޭޑީކޭއަށް އައިސްދީބަލަ….. އުހޫނނނ… މަށަކަށް ކަމެއްނުވޭ. ދެން އައީމަ މަކިޔައިދޭނަން. އެން ޔާހ.. މަގޭ ފޯނު ބުރިޖުބަލަންދާ ޕުލެޓުފޯމު މަތީގައި އޮތްނާނެ. އެ ގެނެސްދީބަ. ދެން ރިކް. ޑީޓެއިލްސް ފަހުން ކިޔައިދޭަނަން…އެން ޔާހް.. އައިސީޔޫ ކައިރިއަށް އާދޭ އިނގޭ. އަވަސް އިނގޭ.. އައި ނީޑް ޔޫ.. ނާހިލްވެސް ގޮވައިން އަންނައްޗެ.” އަންގާނެ އިތުރު މީހެއް ނެތެވެ. ސެހެރްގެ އާއިލާއަށް އެކަންތައް އަންގާނެ ގޮތެއް ޒަކުވާނަށް ނޭގޭތީއާއި އަންހެނެއްގެ އެހީ ބޭނުން ވެދާނެތީ އަދި ރިކްޒާއަށްވެސް ސެހެރް އެނގޭތީ ރިކްޒާ އެތަނަށް ގެންނަން ޒަކުވާން ރިކްޒާއަށް ގުޅިއެވެ. ރިކްޒާ އަކީ ޒަކުވަންގެ ބޮނޑު ދައްތަގެ ދަރިއެވެ. ޒަކުވާން ސެހެރް ކައިރީ ހުންނަން ބޭނުންވެއެވެ. ނަމަވެސް ވިޒިޓިން ހަވާރސް ނޫންކަމުން ބައްދަލުކުރެވޭކަށް ނެތެވެ. އަދިވެސް ސެހެރް ހޭނާރާތީ އާއި އެކު ޒަކުވާނަކީ ސެހެރްގެ އާއިލާމީހެއް ނޫންކަމުން ސެހެރް ކައިރިއަށް އައިސީޔޫ އަށް ވަދެވޭކަށް ނެތެވެ. ޒަކުވާންގެ ތުންފަތް މައްޗައް ހިނިތުން ވުމެއް އައީ ފުރަތަމަ ސެހެރް ފެނުނު ދުވަސް ހިތައް އަރާފައެވެ.

**************************************************************

އެއީ މީގެ 8 އަހަރު ކުރިއެވެ. ސ.ހިތަދޫ ޝަރަފުއްދީން ސޮކޫލްގައި ގުރޭޑު 10 ގައި ކިޔަވަމުން ދިޔަ ފުރަތަމަ ދުވަހެވެ. އެސެމްބްލީއިން އެ ކުއްޖާ ފެނުނީ ރިކްޒާ ކުލާސް ކުދިން އައިއްސަ މަޑުކޮއްލި ގަޑީގައެވެ. ރިކްޒާގެ ފަހަތުގައި އެއިނީ ދުވަހަކުވެސް އަދި މިސްކޫލުން ނުފެންނަ ރީތި މުނެކެވެ. އެސެމްބްލީ ނިމިގެން ޒަކުވަން ކުލާސް ކުދިން ދިޔައިރުވެސް ޒަކުވާނަށް ހުރެވުނީ އެކުއްޖާއަށް ބަލަހައްޓައިގެންނެވެ. އެކަން އިހުސާސްވީ ދެންއިން ކްލާސް ކުުއްޖަކު ގޮވާފައި ކުލާސް ކުދިން ދިޔަ ވާހަކަ ބުނީމައެވެ. ރިކްޒާމެން ކުލާސް ހުންނަނީ ޒަކުވާންމެން ކުލާސް ކައިރީކަމުން ސެހެރް ބަލާލަން ފަސޭހައިން ދެވޭނެކަން ޒަކުވާނަށް އެނގެއެވެ. އިންޓާރވަލް ގަޑީގައި ސެހެރް ބަލައިލަން އެ ކުލާހަށް ދިއުމުގެ އަޒުމުގައި ދުވަހުގެ ކިޔެވުމައިގެން ޒަކުވާން ކުރިއަށް ދިޔައެވެ. އިންޓާރވަލްގެ ބެލް ޖެހިއިރު ޒަކުވާން ހުރީ ކުލާސް ދޮރުން ބޭރުގައެވެ. އެހެން ދުވަސްތަކާއި ހިލާފަށް މިއަދު ޒަކުވާންގެ އެންމެ ގާތް ރަހުމައްތެރިޔާ ނާހިލް އަންނަންދެންވެސް މަޑެއްނުކުރެއެވެ.

” ރިކް ދީބަ އެއްކަލަ ފޮތް..” ރިކްޒަ ސެހެރާ ވާހަކަ ދައްކަން ހުއްޓާ ޒަކުވާން ގޮއްސައި ފޮތަކަށް އެދުނެވެ. “ކޮން ފޮތެއް؟.. އާނނނ ގެޓު ވެއްޖެ.. އެކަމްނ އޭގެ ކުރިން ލެމީ އިންޓްރޮޑިއުސް ޔޫ ޓު މައި ނިއު ފްރެންޑް އެން ކްލާސްމޭޓް..” ޒަކުވާންގެ މަގުސަދު ރިކްޒާއަށް ނަގައި ގަނެވުނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ޒަކުވާނާއި ރިކްޒާ އެންމެ ކުޑަ އިރުން ފެށިގެން އުޅެނީ އެކުގައެވެ. ” މިއީ ސެހެރް މައި ނިއު ފްރެންޑް.. އެން ސެހެރް ދިސް އިޒް މައި ސްޓޫޕިޑް ކަޒިން ބްރަދާރ ޒަކުވާން..” ރިކްޒާ ސެހެރާއި ޒަކުވާން އެކަކު އަނެކެކަށް ތައާރަފް ކޮށްދިނުމުން ސެހެރް ދިނީ ކުޑަ ހިނިތުން ވުމެކެވެ. އޭގެ ބަދަލުގައި ޒަކުވާން ސެހެރާއި ވާހަކަ ދެއްކޭތޯ ބެލިއެވެ. ނަމަވެސް ހިނިތުން ވުމެއް ފިޔަވައި ސެހެރްގެ ފަރާތުން އިތުރު ޖަވާބެއް ނުލިބެއެވެ. ތިން މީހުން އެއްކޮށް ކުލާހުން ނިކުމެގެން ދިޔައީ ކެންޓީނާއި ދިމާ އަށެވެ. ޒަކުވާން ދިޔައީ ފިރިހެން ކުދިންނަށް ހާއްސަ ކޮށްފައި ހުރި ދިމާއަށެވެ. އަދި ރިކްޒާއާއި ސެހެރް ދިޔައީ އަންހެން ކުދިންނަށް ހާއްސަކޮށްފައި ހުރި ބަޔަށެވެ. ޒަކުވާން ނާހިލުމެނާއެކު ހުއްޓެއް ކަމަކު ޒަކުވާންގެ ނަޒަރު އިނީ އެހެން ދިމާއެއްގައެވެ. ސެހެރްގެ ހިނިތުންވުން އެދުވަހުން އެދުވަހަށް ޒަކުވާންގެ ހިތުގައި ބިންވަޅު ނެގިއެވެ.

އިންޓާރވަލް ގަޑި ނިމިގެން އަނެއްކާވެސް ދުވަހުގެ ބާކީ ކިޔެވުމައިގެން ޒަކުވާން ކުރިޔަށް ދިޔައެވެ. އިންތިޒާރު ކުރެވެނީ ދުވަހުގެ ކިޔެވުން ނިމޭ ގަޑިޔަށެވެ. އެއީ އަނެއްކާވެސް ސެހެރް ފެންނާނެ ވަގުތު ކަމަށްވާތީ އެވެ. ޒަކުވާނަށް ގޭޓާހަމައަށް ދެވުނުއިރު ސެހެރް ބަހައް އަރަނީއެވެ. އަންހެން ކުދިންނާއި ފިރިހެން ކުދިން ދަނީ ދެ ބަހެއްގައި ކަމުން ޒަކުވާން ގޮސް އެރީ ފިރިހެން ކުދިން އަރާ ބަހަށެވެ. އާންމުކޮށް ބަސް އަންނަނީ ލަހުންނެވެ. ގިނަ ދުވަސްދުވަހު ސުކޫލު ކުރިމަތީ އޮންނަ ޕާކުގައި މަޑުކޮށްގެން ތިބެންވެސް ޖެހެއެވެ. ނަމަވެސް މިއަދު ތަންދިން ގޮތުން ބަސް އޮތީ ގަޑިއަށް އައިއްސައެވެ. ” މީއްޗެއްވެސް ލަހުން އަންނަންޖެހޭ ދުވަހެއްވެއްޖިއްޔާ އޮންނާނެ ގަޑިއަށް އައިއްސަ. ވަރަށް ފޫހިވޭ” ޒަކުވާނަކީ ދުވަހަކުވެސް ބަސް ލަސްވެގެން ނޫނީ އަވަސްވެގެން މައްސަލަ ޖެއްސި މީހެއް ނޫނެވެ. ނަމަވެސް މިއަދު އެ ޝަކުވާ އެގޮތަށް ކުރުމުގެ ކޮންމެވެސް ސިއްރެއް އޮންނާނެކަން ނާހިލަށް ވިސްނުނެވެ. ” ބްރޯ! ކުދިކިޔަންވެސް ފެށީތަ؟ ކިހިނެއްވީ؟” ” މަ އުޅުނީ ސެހެރާއި ވާހަކަ ދައްކަން ކަމަށް. އެކަމެއްވެސް ނުކުރެވުނު މި ބަސް ގަނޑަކާއި ޖެހިގެންގޮސް. އެކަމަކު އެއްކަމެއް ޔަގީން ވެއްޖެ. ސެހެރަކި މަރަދޫ މަރަދޫފޭދޫ ނޫނީ ފޭދޫ ކުއްޖެއް. ރިކްމެންގެ ބަހަށް ސެހެރް އެރިތަން މަ ދެކުނިން.” ނާހިލުގެ ސުވާލަށް ޒަކުވާން ޖަވާބު ދިނެވެ. “ސެހެރާއި ވާހަކަ ދައްކަންށޭ ބުނާއިރު ހީވަނީ ސެހެރަކީ ޒަކުވާނާއި ވާހަކަ ދައްކާ މީހެއްހެން. މަ ނުބުނާނަން ތީ އެހާ ފަސޭހައިން ކުރެވޭނެކަމެކޭ.” ނާހިލް ޒަކުވާނާއި ދިމާކުރުމުގެ ގޮތުން ބުނިއެވެ. ” މަ އެކަން ކޮށްފަ ދޫކުރާނީ” ޒަކުވާންވެސް ބަލި ގަބޫލު ކުރާކަށް ބޭނުމެއްނޫނެވެ.އަދި ޒަކުވާނަކީ އަބަދުވެސް އޭނަގެ ބަހުގައި ހިފަހައްޓާ މީހެކެވެ. 
” ޒެކް!!!” ޒަކުވާން ހިޔާލީ ދުނިޔެއިން ބޭރުކޮށްލީ ރިކްޒާގެ އަޑެވެ. ” މަގޭ ފޯނު ލިބުނުތަ؟ ރިކް އަށް އެނގޭތަ ސެހެރް މެންގޭ އެއްވެސް މީހެއްގެ ނަމްބަރެއް؟” ޒަކުވާންގެ ފުރަތަމަ ސުވާލަށް ދޭން އުޅުނު ޖަވާބު ހުއްޓުމަކަށް އައީ ދެވަނައަށް ކުރި ސުވާލުގެ ސަބަބުނެވެ. ” ސެހެރް ހޭއަރައިފި” ނަރުސް ކުއްޖާ ބުނި އެއްޗަކުން ރިކްޒާއަށް ވެގެން އުޅެގޮތެއް ކޮންމެވެސް ވަރަކަށް އޮޅުން ފިލައިފި އެވެ. ތަގުދީރަކީ އެއްވެސް އިންސާނަކަށް ބަދަލު ކޮއްލެވޭނެ އެއްޗެއް ނޫނެވެ. މިއީ އޭގެ އެއް މިސާލެވެ.

Comments (23)

  1. Aakee

    mi vaahaka heevey reethi vaanehen

  2. Mizna

    Kn dhuvas thakeh ga upload kuraany

    1. riph00
      Mizna

      friday and tuesday

  3. addu koyya

    Miyaa salhi veyhe vathara jahany?

  4. Falak

    First part v reethi… baraabarah up kureveythoa balachchey..

  5. Ana

    Huvadhoo kujjeh liyefa in vaahaka eh heevanee.
    And BTW, its bodu.not bondu ?

  6. Baby

    Vaahaka varah reethi waiting for next part.

  7. Pooh bear

    Varah nala story ah. Hope this is gonna be nice in the future too. Good luck.

  8. ??

    Vaahaka furathama kolhu up knlaane gina comments libenyaa vaahaka up las vaane???

  9. xprincess

    Liaa ge “NUHAGGU LOABI” story ge name copy koffa dhw mee

    1. bj doll
      xprincess

      Adhi varah foni vefa “haggu loabi” oa.. Pis pis.. Huri goi kudakan!!!

    2. riph00
      xprincess

      sorry didnt know thr was a story as such..

    3. Lathu
      xprincess

      Dhen konkameh thy? Eh nameh kiyaa ethah bayaku ulhey mi kuda kuda raajjeyga ves!! Hama egothah eh nameh kiyaa 2 vaahaka eh ovedhaanu! It doesn’t mean copy kury eyy…

    4. shifu
      xprincess

      besides this stories name is “haggu loabi” not “nuhaggu loabi”.. names are diffrent as well as the meaning… name vahtharu vun doesnt mean tht person is goi kuda… keep up the good work writer…

  10. Hawwa

    Nice ingey

  11. Hhhhh

    Nice ingey

  12. Observer?

    reethi feshumeh. kuriah huri baitha kiyaalan libeyne kamah unmeedhu kuran.

  13. Brainless

    Nice story..?❤❤
    Hope mi story nimendhen kiyaalan lebeynekamah..
    Keep up the good work??

  14. Naash

    Where is the next part?

  15. Maakko

    Keep it up.. Best Dhivehi story everrrrr?

  16. Maakko

    Besst Dhivehi story ever read.? Eagerly waiting for the next part.

  17. Azu

    Reethi mi vaahaka

  18. Aisha

    Vvv loabi vaahakae v asru gadha???

Comments are closed.