Skip to content
އެސްފިޔަ

ހަތިޔާރު (އައު) [ފުރަތަމަ ބައި]

ޝެނިން
ސްކިޒޯފޮރޭނިޔާ. މިހާރު އަހަރެންނަށް ޖެހިފައި ހުންނަ ބައްޔައް ދޭނެ ނަމެއް ވެއްޖެއެވެ. ނަމަވެސް އަދިވެސް އަހަރެން ގަބޫލް ކުރާކަށް ބޭނުމެށް ނޫނެވެ. ސްކިޒޯފޮރޭނިޔާ އަކީ އާއްމު ބައްޔެއް ނޫނެވެ. ނަމަވެސް އަހަރެންނަށް މި އޮތީ އެ ބަލި ޖެހިފައެވެ. ހަމަ ގައިމުވެސް ޑޮކްޓަރުން ކިޔަނީ އެހެންނެވެ. އަހަރެން ވަކި މިވާހަކަ ގަބޫލް ކުރާނީ ކިހިނެއް ހެއްޔެވެ؟ އެއްޗެއްސެއް ފެނި އެ އަޑު ތަކެއް އިވެނީ އަހަރެންނަށެވެ.
އެއްބައި ފަހަރު މަންމަ އާއީ ބައްޕަ ވެސް ހަދަނީ ދޮގު ހެން ހީވެއެވެ. އަނެއްބައި ފަހަރު ހީވަނީ ކަމެއް ފޮރުވާ ހެނެވެ. ޖެހިފަ ހުރި ބަލީގެ “ސައިޑް އިފެކްޓް” ކަންނޭނގެއެވެ. އަޑުތައް އިވުމުގެ އިތުރުން ޝައްކުވެސް ކުރުން އެއީ ބަލީގެ ސަބަބުން ވާ ކަމެއް ކަންނޭނގެއެވެ. އެކަމުވެސް މިހާރަކަށް އައިސް އަބަދު ވެސް އަހަރެން ފެންނަ އިރެއްގައި ތިބެނީ ފާޑަކަށެވެ.
ކަންތަށް ކުރެވޭނީވެސް އެހެން ކަންނޭނގެއެވެ. ތިމާގެ ހުރި ހަމައެކަނި ދަރިއަށް ރަނގަޅުނުވާނޭ ބައްޔެއް ޖެހިފައޭ ބުނާ އަޑު އިވޭނީ ވެސް ކިހާ ވަރަކަށް ހެއްޔެވެ؟ އެއް ގޮތަކަށް ވެސް މިހާރު އަހަރެންނާ ހަމައެކަނި ކައިރީގައި ހުރި މީހުންނާ ދޭތެރޭ މައްސަލަ ޖައްސަނީ އެއް ނޫނެވެ. ނޫނީ ޝަކުވާ ވެސް ކުރަނީ އެއް ނޫނެވެ. އެކަމު އެކަނި ވާން ފެށީމަ އެހެން ވެސް ވާނެއެވެ.
ތަޤްދީރަކީ މަޖާ އެއްޗެކޭ ހިތަށް އަރައެވެ. މަޖާ ކުޅިވަރު ތިމާއާއި ކުޅެލާފައި ދާއިރު ވެސް ތިމާ ޖެހެނީ އެވީ ކީއްތޯ ވިސްނަ ވިސްނާ ހުންނާށެވެ. އެއްވަގުތަކު ތިމާ ހުރީ އެންމެ އުފަލުގައެވެ. ހުރިހާ ކަމެއް ވެސްް އޭރު ފުރިހަމައެވެ. ދެން ފެންނާނީ ޓަސްލާފަ އެ ހުރިހާ އުފަލެއް އަނދާ އަޅިއަށް ވާތަނެވެ. އޭރުވެސް ތިމާ ހުންނަން ޖެހެނީ ވާނުވާ ނޭނގިފައެވެ.
އަަހަރެންގެ ވެސް ހަމަ ހަޔާތް ފުރިހަމަ އާއި ކާރިއެވެ. ނަމަވެސް އެ ހަޔާތަކަށް ދެވޭކަށް ދެނެއް ނެތެވެ. ކިތަންމެ ބޭނުން ވިޔަސް ހެވެވެ. މާދަން މިރަށް ވެސް ދޫކޮށްފައި ދާންވީއެވެ. އެކަމު އަހަރެން ގެންދާނެ ރަނގަޅު ހަނދާނެއް ވެސް ނެތެވެ. އަހަރެން މަގުމަތީގައި ހިނގާފައި ދިޔަޔަސް ފަހަތުން އިވެނީ މިހާރު މީހުން އެކަކު އަނެކަކު ކައިރީގައި އަހަރެންގެ ވާހަކަ ދައްކާ އަޑެވެ. ފަހަތަށް އެނބުރި އެއްޗެކޭ ބުނަން ކެރޭ ވަރަށް ވުރެ ފިނޑިއެވެ. އެއް ބަޔަކު މޮޔައޭ ކިޔައެވެ. އަނެއް ބަޔަކު ރީތި ކޮށްލަން އިނގިރޭސިން ބުނެލައެވެ. އެކަކު “ސައިކޯ” އޭ ބުނެފީއާއި ދެން ތިބޭ ދިހަ މީހުން “ފްރީކް” އޭ ކިޔާ ގޮވާނެއެވެ. ނަމަވެސް އަހަރެން އެއްޗެކޭ ނުބުނަމެވެ. ބުނާނީ ވެސް ވަކި ކީކޭ ހެއްޔެވެ؟ ގޯ ޓު ހެލް؟ ހަ. ނޫނެކެވެ. އެހެން ވެސް ބުނެވެން އޮންނާނީ ދައްކާ ވާހަަކަ އަކީ ދޮގަށް ވެގެންނެއް ނޫން ހެއްޔެވެ؟
އަހަރެންގެ ބަލީގެ ހަގީގަތް އެނގުމުން ލިއަމް ވެސް އަހަރެން ދޫ ކޮށްލީއެވެ. ނުކިޔާކަށް ރަހުމު ކުޑަ ބަހެއް ނެތެވެ. އެތަށް ހާސް މީހުންގެ މަލާމާތަށް ވުރެ އޭނަ ދެއްކި ވާހަކައިން އަސަރު ކުރިއެވެ. ތަދުވިއެވެ. ނަމަވެސް އެއްމެ ތަދުވީ ނަޒްލާގެ އަމަލުންނެވެ. އޭނަ އެފަދަ ބަހެއް ނުބުނެ އެވެ. މައްސަލަ އަކީ އެއެވެ. އެކައްޗެއް ވެސް އޭނާ އެއަށް ފަހަކު ނުބުނެއެވެ. ދުރުން ދުރުން ގޮސް އަހަރެން ކާރިން އަބަދުވެސް ރެކޭނެއެވެ. އަހަރެން އިތުރަކަށް އޭނަ ކާރިއަކު ނުވެސް އަހަމެވެ. އަހަރެން ނަށް ސަބަބު ސާފު ކޮށް އެނގެއެވެ. އަޑު އަހަން ބޭނުން ނުވީ އޭނަގެ ދުލުންނެވެ. އެއްމެ ގާތް ކަމަށް ދައުވާ ކުރި އެކުވެރިޔާ ވެސް އެހެންް އެންމެނެކޭ އެއްގޮތަށް ކަންތަށް ކުރީމަ ދެން ތިމާ ކުރާނީ ކީއް ހެއްޔެވެ؟
“ދަރިފުޅާ ނިމިއްޖެތަ؟” ސިއްސައިގެން ދިޔައީ މަންމަ މާ ކައިރިން ގޮވާލުމުންނެވެ. ދޮގެކެވެ. މިހާރު ސިއްސަގެން ދާކަށް މާގިނަ ސަބަބު ތަކެއް ބޭނުމެއް ނުވެއެވެ. ކިރިޔާ އަޑެއް އިވޭ އިރަށް ހުންނަނީ ސިއްސަގެން ގޮހެވެ.
“އާން މަންމާ. މިނިމުނީ.” ފޮށީގެ ޒިބު އަޅުވާލަމުން އަހަރެން ބުުނީމެވެ. “ކޯއްޗެއްތަ ތި ހެދީ ކާން؟ ހާދަ މީރު ވަސް ދުވައޭ.” އަހަރެންނަށް ހަދާފަ ހުރި އެއްޗެއް ރަނގަޅަށް އެނގެއެވެ. ހަމަ މާހައުލް ގެތެރޭގަ ކުޑަ ކޮޮށް އެކުވެރިކަން ފަތުރާލާށެވެ. ފަސޭހަ އެއް ނޫނެވެ. އެކަމުވެސް ކިތަންމެ ހާވެސް އެހެން ހެދޭތޯބަލަމެވެ. “ހިނގާ، ބައްޕަ އެބައިން މިހާރުވެސް ތަށިތަށް ކައިރި ކޮށްގެން.” މިކަހަލަ ގޮތަކަށް ސަކަރާތް ޖަހާލެވުނު ދުވަހެއް ހަނދާތް ވެސް ނެތެވެ. އަހަރެމެންގެ އާއިލާގެ އެންމެން ވެސް އޭރު ވަރަށް ކާރިއެވެ. ނަމަވެސް މިހާރު މިކަހަލަ ދުވަހެއް މިއަންނަނީ 14 ވިލޭރޭގެ ހަނދު ފަދައިންނެވެ.
ފަަހަރުގައި މަންމަ މެންގެ “ހަލާކު” ވެފައިވާ ދަރި ރަނގަޅު ވާނެ ކަމުގެ އުއްމީދު އަދިވެސް އޮތީ ކަންނޭނގެއެވެ. އެކަމު އެއަކީ ދެން ވާނެ ކަމެއް ނޫނެވެ. ކުރިން އެނގުނު ނަމަވެސް ހަމަ ވާނީ އެއް ގޮތެކެވެ.. ނޫނެކެވެ. މިހާރު މިހުރި ވަރަށް ވުރެ ކުޑަ ވަރެއްގައި ބަހައްޓާލެވޭނެއެވެ. އެކަމު މަންމަ މެން ކައިރީ ވަކި އަހަރެން ބުނާނީ ކީކޭ ހެއްޔެވެ؟ އޭ މަންމާ ބައްޕާ، ދެމީހުންގެ ދަރިއަށް އެކި ކަހަލަ އަޑު އަޑު އިވެއެވެ. ނޫނެކެވެ. ނުބުނެވޭނެއެެވެ. އެކަކު ނަމަވެސް ނުބުނާނެއެވެ.
“ހިނގާ. ދޭ، މިދަނީ މި ފޮށި ބަހައްޓާލާފަ.” “އަވަސް ކުރާތި.” އެހެން ބުނެފައިި މަންމަ ނުކުމެއްޖެއެވެ. އަހަރެން ވެސް ފޮށި ބަހައްޓާފައި އުޅުނީ ދާށެވެ. އަލަމާރި ކައިރީ ފޮށި ލައްކޮށްލުމަށް ފަހު އެނބުރުން އިރު އެހުރީއެވެ. މިހާރު ސިއްސަގެން ދާވަރަށް ވުރެ ބޮޑަށް ހުރީ ހޭނިފައެވެ. ނަމަވެސް މިފަހަރު ހަމަ ދިޔައީ ސިއްސައިގެންނެވެ. ކުޑަ ދޮރު ކައިރީ އެހުރި ކުއްޖަ ހަމަގައިމުވެސް އަހަރެންނަކަށް ވުރެ ބޮޑެއް ނުވާނެއެވެ. އެހުރީ ހަމަ އަހަރެން ނާއި ދިމާލަށް ބަލަންށެވެ. އެއީ ހީވާ ގޮތެވެ. އަހަރެން އަމިއްލަ ނަފްސަށް ވިސްނައިދެމުން ދިޔައީމެވެ.
ހަޤީގަތަކީ އެތާކު މީހަކު ނެތެވެ. ނަމަވެސް އަހަރެންނަށް ހަމަ ސާފުކޮށް ކުރިމަތީ އެހުރި އަންހެން ކުއްޖަ ފެނެއެވެ. އެކަކުވެސް ޤަބޫލެއް ނުކުރާނެއެވެ. ކުރަންވީ ކީއްވެހެއްޔެވެ؟ ފެންނަނީ ހަމައެކަނި އަހަންނަށެވެ. އެންމެ ރަނގަޅު ގޮތަކީ ނުފެންނަ ކަމަށް ހަދާ ދިޔުމެވެ. އަހަރެން ހެދީވެސް އެހެނނެނެވެ.
“ކޮބާ ކޯއްޗެއްތަ ހެދީ ވަރުގަދަ އަށް” ކާގެއަށް ވަންނަމުން އަހަރެން އެހީމެވެ. “އާން ޝިންނު އާދެ އަވަހަށް. މިއުޅެނީ މަންމަ ވަރުގަދަ ނޫޑުލްސް ގަނޑެއް ހަދައިގެން. ނޭނގެ ނާޅާ އެއްޗެއް ހުރި ހެނެއް.” ބައްޕަ ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ. “ފްރައިޑް ނޫޑްލްސް ދޯ މަންމާ.” “އާން ބައްޕަ މާ ފޮނިވާ ރެއެއް މިއަކީ.” އެއާއި އެކީ އެއްމެން ހޭން ފެއްޓެވެ.
ނަމަވެސް ދޮރުގައި ޓަކި ޖެހި އަޑުން އެންމެން އެއް އަޑަކަށް މައިތިރި ވި ކަހަލައެވެ. މިހާރު އެންމެން އެ ތިބީ ދޮރާއި ދިމާލަށް ބަލައިގެންނެވެ. އަހަރެން ތެދުވީމެވެ. “ޝިންނު މި ބަލާލަނީ!” މަންމަމެން އެއްޗެކޭ ބުނުމުގެ ކުރިން އަހަރެން ކާމޭޒު ކައިރިން ދުރައް ގޮއްސީމެވެ. ތަޅުގައި ހިފަން އަތް އުފުއްލާލުމާއި އެކު ގައިން ހީބިހި ނަގައިގަތެވެ. ކަނދުރާގައި ހުރި އިސްތަށިތަށް ކޮޅަށް ނެގުން ކަހަލައެވެ. އެއަކީ އެ އެޙްސާސެވެ. ތިމާގެ ފަހަތުގައި ހުރެގެން މީހަކު ބަލާ އިޙްސާސެވެ.
ވަގުތުން އަހަރެން ފަހަތް ބަލާލީމެވެ. އެކަކުވެސްް ނެތެވެ. މި ބެލެނީ ކީއްވެބާއެވެ؟ މިހާރު އަހަރެން ނަށް ޖެހިފައި މިހުރީ ބައްޔެއް ކަން ވެސް އެނގެއެއްނޫން ހެއްޔެވެ؟ ފަހަރުގައި ސަތޭކައިން 0.1 އިންސައްތަ ނަމަވެސް މިކަން ދޮގަކަށް ވެދާނެކަމުގެ އުއްމީދުގައެވެ. އާއެކެވެ. އެއީއެވެ. ހުރިހާވެސް ސަބަބަކީ އެއީއެވެ. ހަމަ އެއް ދުވަހު ހޭލާ އިރަށް މިއީ އެއްކޮށް ހުވަފެނަކަށް ވެދާނެކަމުގެ އުއްމީދުގައެވެ.
ދޮރުހުޅުވާލުމާއި އެކު ގޭތެރެ ފުރާލީ ސާފު ފިނި، ފޮނި ވަޔާއި އެކުއެވެ. ދެން ފެުނުނީ އޭނައެވެ. ނޫނެކެވެ. އޭނަ ނޫން ކޮންމެ މީހަކު ކަމުގައި ވިޔަސް ހެވެވެ. އަހަރެން ދޮރު ޖެހީއެވެ. ކުރަމަކާލި ލާފައި ހުރި އެތައް ޒަޚަމް ތަކެއް އަލުން އާވެ، ލޭ އަންނަން ފެއްޓެވެ. އުފާ ވާންވި ގަޑި ނިމުނީއެވެ. އޭނަ ދެން ދައްކަން އޮތީ ކޮން ވާހަކައެއް ހެއްޔެވެ؟ ހަމަގައިމު ވެސް އަހަރެން އޭނާ އާއި ދައްކާނެ އެންމެ ވާހަކަ އެއްވެސް ނޯންނާނެއެވެ. ނުބުނެވި އޮތް ރަހުމުކުޑަ ނަމެއް އަދިވެސް އޮތީ ކަންްނޭނގެއެވެ. އަހަރެންނެއް އަޑުއަހާކަށް ނުހުންނާނަމެވެ.
ދޮރުގައި ޓަކި ޖަހާ އަޑު އަހަރެންނަށް އިވެއެވެ. ނަމަވެސް ޖަވާބެއް ދޭކަށް ބޭނުމެއް ނޫނެވެ. ކޮތަރިއަށް ވަނީމެވެ. ފާޙާނައަށް ވަދެ ފާޙާނަށް އަށް ވަދެ އަހަރެން ދޮރު ތަޅުލީމެވެ. ސަބަބު: 1- މަންމަ ދޮރު ހުޅުވާނެއެވެ. 2- ލިއަމް އަކީ ގޮތް ދޫކުރާނެ މީހެއް ނޫނެވެ. އޭނަ ކުރަން އައި ކަމެއް ކޮށްފައި ނޫނީ ނުދާނެއެވެ.
މާގިނަ އިރު ތަކެއް ނުވެ އަހަހަރެންގެ ކޮޓަރީގެ ދޮރު ހުޅުވި އަޑު އިވުނެވެ. ދޮގެެއް ނޫން ހެއްޔެވެ؟ ދެން އިވޭނީ ދޮރުގައި ޓަކި ޖަހާ އަޑެވެ. 3….. 2…. ދެން ހަމަ އެއާާއި އެކު އިވުނީ ޓަކި ޖަހާ އަޑެވެ. ފާޙާނައިގައެވެ. ކިހާާ މޮޅު ހެއްޔެވެ؟ ލިއަމް ވަރަށް ބިއްލޫރިވާނެއެވެ.
“ޝިންނު ޕްލީޒް ދޮރު ހުޅުވަފާނަން ތަ؟” ފާޙާނައިގެ ދޮރުގައި ޓަކި ދެމުން ބުންޏެވެ. އަދި އެދެނީ ޓަތްކެވެ. ނަމަވެސް ޖަވާބެއް ނުލިބި މާ ގިނަ އިރު ވާން ވެއްޖެއްޔާ ސަރަހައްދުގައި ތިބި އެއްމެނަށް ދޮރުގައި “ޓަކި ދޭއަޑު” އިވޭނެއެވެ. އެކަމު އޭރުން ދޭނީ ޓަތްކެއް ނޫނެވެ. އެހެން ނަމަވެސް އަހަރެން ވެސް މިއީ ގޮތް ދޫކުރާ ކުއްޖެއް ނޫނެވެ.
“ބައްޕާ! މަންމާ! ކީއްކުރަން އޭނަ ވެއްދީ؟ ވެއްދި ބަޔަކު ނެރޭ އޭނަ.” އަހަރެން އަޑު ތުރުތުރު ނާޅާކަން ވެސް ނަސީބެވެ. އެއްވެސް ގޮތަކަށް އަހަރެން ބަލިވާކަމުގެ އިޝާރާތެއް ކުރާކަށް ބޭނުމެއް ނޫނެވެ. ” ޝެނިން ތިހެން ތި ހަދަނީ ކީއްވެތަ؟” ހަ. އަހަރެން ބޭނުމީ ހޭނށެވެ. ހާލަތާ ޖުމްލައިގެ ގޮތުންނެވެ. ވީ ގޮތެއް ވީ އަހަރެންނަށެވެ. ހެދި ގޮތެއް ހެދީ އޭނައެވެ. އަހަރެންނެއް ނޫނެވެ. ” ބައްޕާ! ބައްޕާ! އޭނަ ނެރޭ މިހާރު!” “ތިހެން ނުހަދަ ފާނަން ތަ؟” މިހާރު އަހަރެން ގާތަށް ރުޅި އަންނަ ވަރު ބުނަން ވެސް ނޭނގެއެވެ. “މަ ކޮން ކަމެއްތަ ކޮށްގެން އުޅެނީ؟” އަތުގައި ހުރި ހުރިހާ ވަރެއް ލުމަށްފަހު ދޮރު ހުޅުވަމުން ހަޅޭ ލަވައި ގަތީމެވެ. ދޮރުކައިރީ ހުރި ލިއަމް، އަހަރެންގެ މި ހަރަކާތުން ދިޔައީ ސިއްސަިގެންނެވެ. އެހެން ހާލަތެއް ނަމަ އަހަރެން ލިއަމް ރުޅި އަންނަންދެން ހެވުނީހެވެ. ނަމަވެސް މިވަގުތު އައިސް ހުރި ރުޅިގަނޑު މާ ބޮޑެވެ. ހުރިހާ އިޙްސާސް ތަކެއް ހުރީ އެއްވެފައެވެ.
“ދައްކަ ތި ދައްކަން އޮތް ވާހަކައެއް.” އަހަރެން އޭނާއާއި ހަތަރު ކަޅި ހަމަ ކުރަމުން ބުނީމެވެ. ނަމަވެސް ގިނައިރު އޭނާގެ ކަޅު އަނދިރި ކަޅިއަށް ބަލައިންނެއް ނުހުރެވުނެވެ. ނޫނެކެވެ. ކުރާ އަސަރެއްގެ ބޮޑުކަމަކުން ނޫނެވެ. އެއްކަލަ އިޙްސާސް ކުރެވެން ފެށިގެންނެވެ. ގައިން ވަގުތުން ހީބިހި ނަގައިގަތީއެވެ. ސީދާ ލިއަމްގެ ފުރަގަހުގައި އެހުރީއެވެ. ހަމަ އެހެން ފަހަރު ތަކެކޭ އެއްގޮތެވެ. ދުވަހަކު ދުއް ވެސް މީހެއް ނޫނެވެ. މިކަހަލަ ބައްޔެއްގައި ވާ ކަމެއް ކަންނޭނގެއެވެ. އަހަރެންނެއް ނުބުނަމެވެ. އަހަރެންނަށް އަބަދުވެސް ފެންނަނީ ނުދަންނަ މީހުންނެވެ.
އަންްހެން މީހެކެވެ. ހަމަ ގައިމު ވެސް އަހަރެންގެ މަންމަ އަކަށް ވުރެ ބޮޑެއް ނުވާނެއެވެ. ނަމަވެސް އަހަރެން ބިރުގަތީ ދެން އެމީހަކު، ކޮންމެ އެއްޗެއް ވިޔަސް ހެދި އެއްޗަކުންންނެވެ. އަހަރެންނާއި ސީދާ ދިމާލަށް ބަލަން ހުރެފައި އަނގަ ހުޅުވިއެވެ. ވާހަކަ ދައްކަން އުޅެނީތަ؟ އަހަރެންނާއި ދިމާލައް އެހެންޏާވެސް އެމީހުން ބަލައެވެ. ނަމަވެސް އެއްޗެކޭ ބުނާކަށް ނޫޅެއެވެ. ދެވަނަ ފަހަރަށް ވެސް އަނގަ ހުޅުވިއެވެ. ދެ ތުންފަތް ތެޅޭތަން ފެނެއެވެ. ނަމަވެސް އަޑެއް ނީވެއެވެ. އަހަރެން މިހުރީ ގަނޑުވެފައެވެ. ނޭވާލާން ވެސް ނޭނގިފައެވެ. އެހަމަ ފެންނަ ގޮތެވެ. ޝެނިން. އެ ހަމަ ފެންނަ ގޮތް. އަހަރެން އަމިއްލަ ނަފްސަށް ތަސައްލީ ދެމުން ދިޔައީމެވެ.
އަނެއް ފަހަރުވެސް އަނގަ ހުޅުވިއެވެ. އަހަރެން ހަމަ މިހުރީއެވެ. ލޯބޮޑުވެފައެވެ. ހަމައެކަނި އަހަރެންނަށް ފެންނަ މަންޒަރު ބަލާށެވެ. މިފަހަރުވެސް އެހެންޏާ ވީގޮތަށް ވެދާނެ ކަމަށް ހީކޮށް ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮއްލީމެވެ. ނަމަވެސް ނޭވާ އަޅައިގަތީ ކަރުބުޑުގައެވެ. އިވުނީ އެ ތޫނޫ ހަޅޭކުގެ އަޑެވެ. އަހަރެން ވެސް އެންމެ ފަހުން ފަޅައިން ދިޔައެވެ. ކަންފަތުގައި އަތް އަޅާ އަހަރެން ވެސް ލަވައިގަތީ ހަޅެއެވެ. ނަމަވެސް އެއްވެސް އަޑެއް ނައެވެ. އެއަށް ފަހު އަހަރެންގެ ގައިގައި އޮޅާލެވުނީ ވަރުގަަދަ ދެއަތެވެ. އެ ހޫނު މޭގެ ދަށުގައި އަހަރެން ހިމާޔަތް ކޮށްލިއެވެ. ލިއަމްއެވެ.
ރޯން ފެށުނީ ދެނެވެ. ލިއަމްގެ ހިމާޔަތުގައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (44)

  1. އިފޫ

    VAANUVAAEH NEYNGUNU

    1. Jaishan
      އިފޫ

      މިވާހަކަ ގެންނަނީމި ދެމީހުންގެ ނަޒަރުން. ފުރަތަމަ ޝެނިން، އެއަށްފަހު މެއިން ފިރިހެން ކުއްޖަ. ސޯ، ހީކުރަން ލައިކް ވާނެ ކަމަށް..:)

  2. Jaishan

    The girl has schizophrenia, Actually eaky emmenah hyvaa goi. But reakity eyna ah hageegathugai fennany maruvefa thibey myhun.. Hope yuh understood..
    Thank you for your idea.:)

  3. Jaishan

    އެންމެނަށް ވެސް ކަމު ނުދަންޏާ ބުނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް.

  4. Mary Aboobakuru

    good one

    1. Jaishan
      Mary Aboobakuru

      ޝުކުރިއްޔާ މަރީ އަބޫބަކުރު….:)

  5. LILY

    INTRESTIN…I JUST LOVE DIS KINDA STORIES

    1. Jaishan
      LILY

      Thank you lily. Varah bodah support beynun vey inge. So you think I should publish dhen oi bai ves?

    2. ޒަހޫ
      Jaishan

      yes yes…..u should….plxxxxxxxxxxxxxx….:D

    3. Jaishan
      ޒަހޫ

      އާދެ އާދެ ލައްބަ.. ތެންކްސް…:)

  6. ފާތުން

    nice

    1. Jaishan
      ފާތުން

      ތެންކިޔު ފާތުން…:)

  7. noona

    v reethi dhn oi baivx publish kohba plxxxx 🙂

    1. Jaishan
      noona

      ހެހެ. ތެންކްސް ނޫނާ!! 🙂

  8. book worm

    ? intresting! she is the only one who can hlp them. she is not sycho, may be she can see souls right

    1. Jaishan
      book worm

      …She can definitely see them and will help them
      ތެންކްސް ބުކް ވޯރމް

  9. sizu

    jay..hama habeys..u should go on with this..n u knw i love to read stories..

    1. Jaishan
      sizu

      ހެހެ ތެންކްސް ސިޒު…

  10. Al.haa

    Nice concept
    looking forwrd to next part 🙂

    1. Jaishan
      Al.haa

      ތެންކްސް 🙂

  11. lov

    olhun bolhun vefa.. understand nuvey.. kiyahi nuvey vahaka genesdyfa huna gothun..

    1. Jaishan
      lov

      ?What are you suggesting then

      /:?How should I bring this

  12. girly

    i like this story.people having schizophernia they live a very difficuilt life.they see things we cant see.they hear sounds too .i hav lived with some one having schizophernia.

    1. Jaishan
      girly

      އައި ކާންޓް އީވެން އިމޭޖިން ހައު ހާޑް ފެޓް ވުޑް ބީ. ބަޓް ޔޫ އާރ ވެރި ބްރޭވް…. ތެންކިޔު މި ވާހަކަ އަށް ވަގުތު ކޮޅެއް ދިނީމަ…

  13. mariyam

    very nice story
    i understand as much as i want to understand
    kepp it up

    1. Jaishan
      mariyam

      ނަސީބު ކަންނޭނގެ.. ޝުކުރު ވަރަށް ބޮޑަށް! 🙂

  14. danger

    pis pis vaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaanuvaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa eh neyngeyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy hyvaniiiii moya inahliya vaaaahaka hen vaaaaaaaaaaahaka liyan nooooooooolheba mivarun

  15. danger

    vaaagoi v naice bt kyhvetha ……………………… bunegdhen neynge haa mistake hurey eba dhn nukiyene

  16. danger

    “ހިނގާ. ދޭ، މިދަނީ މި ފޮށި ބަހައްޓާލާފަ.” “އަވަސް ކުރާތި.” އެހެން ބުނެފައިި މަންމަ …………… pispis

    1. Jaishan
      danger

      މިތަން ކިހިނެއް ތޯ ވީ؟
      ފުލް ސްޓޮޕް ނުފެނޭ ތޯ؟

  17. danger

    ސަބަބު: 1- މަންމަ ދޮރު ހުޅުވާނެއެވެ. 2- ލިއަމް އަކީ ގޮތް ދޫކުރާނެ މީހެއް ނޫނެވެ. އޭނަ ކުރަން އައި ކަމެއް ކޮށްފައި ނޫނީ ނުދާނެއެވެ………………kihineh thi type kuraniiiiii mihaaru liam aky kaaaakutha emyhakah kihineh gotheh hedheynyyy eii tha e jinni anhen kujjaa akyyyyyyy ????????????????????????????????????????????????????

  18. danger

    varehge liam ekehnu mihaaru kobaa aneh boy pis pis moya mi vany

    1. Jaishan
      danger

      ޓޭކް އަ ބްރެތް!!!
      ކާކު ތަ މޮޔަ ވަނީ؟
      ގަބޫލް ކުރަން ކުށް ހުރިކަން.. އެކަމު ވާ ގޮތެއް ހަމަ އެއްގޮތަކަށްވެސް ނޭނގުން ތޯ؟؟

  19. ishaa

    ވަރަށް ރީތި ވާހަކައެއް

  20. Jaishan

    Thank yuh inge

  21. favat

    ADHI HAMA OK , salhi

  22. kamana

    ehaa bodah get eh nuvi miiga mi vaa gotheh

  23. Jaishan

    Yep.
    furathama bai fudheyvarakah undhagu vaane
    dhen kiyan feshyma k vaane
    thanks

  24. nuju

    like this story.. mee hama eybaleege meehunah vaagoi
    ..

    1. Jaishan
      nuju

      Thank Yuh Nuju 🙂

  25. friend

    you do realise that it isnt only about hearing voices and seeing things that aren’t there

    1. Jaishan
      friend

      Actually I Do Realise That
      But Clearly You Havent Read The Next Parts In This Book
      Schizos ga annaane kan inge enoon baivaru kanthah
      but emme main koh dhimaa vaa kanthah thakakee ei ennun dhw
      thank yuh

  26. Moya

    Moya

  27. anon

    I like how this story is going. but dear lord, mihira nan thakeh dho. “furathama baige ehvana bai, fahubaige fasvanabai, nimmuge havana bai” tsk tsk. ekeh dheyh thineh liyeli nama 😛
    good writting though.

Comments are closed.