Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތު ވިންދު

Samaa Level 110 Stories
January 20, 2017 3 Mins Read
3 Comments

 3ވަނަ ބައި

 

“އައްދެ މަ ހީކުރީ ތަންކޮޅެއް އަވަސް ކަމަށް އަދި އާދެވުނުލެއް، މިހާރުވެސް މީހަކު ތުމުގަ ސޮންދި އެލިފަ ވިއްޔަ” މާހިން އަޔޫމީ  އަށް ލޯ ހަނި ކޮއްލަމުން ބުނެލިއެވެ. އަޔޫމީ ހުރީ މާހިން އަށް ނުބަލަން ކަމަށް ސައިޑަކަށް އެނބުރިގެންނެވެ. މާހިން އަށް މަޖާވިއެވެ. “މާހިން ބްރޯ! އެނގޭތަ މި އަޔޫ އެއުޅެނީ އޭނަ ފަހަތުން މީހަކު އަޅައިގަނެގެންނު. ދޯ އަޔޫ! އަދި އަޔޫ ވެސް ބުނީ އޭނަ ހާދަ ރީއްޗޯ” ޝެލީ މަޖާ ވެލާފަ އަޔޫމީ އިތުރަށް ރުޅި އަރުވާލިއެވެ. ” މަ ތަ؟ ޝެލީ ނޫންތަ ބުނީ އޭނަ ހޭންޑްސަމް އޭ، އޭއްޗެކޭ މީއްޗެކޭ.. ޗީ ! އެއީވެސް ދެން ފިރިހެނެއްތަ، ހައް. މަ ނޫޅެން،” އަޔޫމީ ޝެލީގެ ގައިގަ ޖަހާލަމުން ބުނެލިއެވެ.. މާހިން އަށް ނުހުރެވިގެން ހިނި ފަޅައިގެން ދިޔައެވެ. ” މަގޭ އަޔޫމީ ފެނިފަ ދިވާނާ ނުވާނެ މީހަކު މަދުވާނެ” މާހިން އަޔޫމީ ގަޔާއި ކައިރި ކޮއްލަމުން ބުނެލިއެވެ. ” ހޫން ތިމީހުން އަދި އެނގޭޖްޑް، ނޮޓް މެރީޑް، ސޮ ޕަބްލިކް ގަ އެހާ ގައިގޯޅިވުން މަނާ. ހިނގާ ގެޔައް ދާން، އަނެއްކާ ވާރޭ ބޯކޮއްލަފާނެ” ޝެލީ ބުނެލިއެވެ. ތިން މީހުން އެކުގައި ގޮސް ކާރަށް އަރައި ނައްޓާލިއެވެ.

ފަތިހު ޝާނީ ގޮސް އަރަމް އަށް ގޮވާފައި އޮފީހަށް ގޮސް ދިނުމަށް އެދުނެވެ. އޮފީހަކީ އަރަމް އެއްގޮތަކަށްވެސް ގަޔާ ވާތަނެއް ނޫނެވެ. އެހެންނަމަވެސް މަންމަ ބުނީތީ ދެކޮޅު ހަދާކަށް ނުކެރުނެވެ.

އޮފީހަށް ގޮސް ވަދެވުމާއެކީ އަރަމް ގެ ފޯން ރިންގުވާން ފެށިއެވެ. ފޯން ނަގާ ބަލައިލި އިރު ޔަނީޝް ގުޅަނީ އެވެ.

“ހަލޯ ، ކީކޭ ” ފޯން ނަގާ އަރަމް އަހާލިއެވެ. ” އޭ ނިދަނީ ކި ނޫންތަ؟ މަ ހީކުރީ އަދި ނުހޭލާނެ ކަމަށް.” ޔަނީޝް ހައިރާންވެ ސުވާލު ކޮށްލިއެވެ. ” ނިދާ ތިބޭ މީހުންނަށް ކީއްކުރަން ތި ގުޅަނީ؟” އަރަމް ލުއި ހިނިތުން ވުމަކާއި އެކު ބުނެލިއެވެ. އަދި ފޯނުގައި ހުރެ ބޭބެ ގެ ކެބިން އަށް ދާން ހިނގައި ގަތެވެ. ” މަ ބުނީ މިރޭ ޕާޓީ އަށް ދެވޭކަށް ނެތޭ. މިއުޅެނީ އޮފީސް ދަތުރަކު ދެ ދުވަހަށް މާލޭ ކައިރި ރަށަކަށް މިރޭ ފުރަން ޖެހިގެން. ލަޔާން އަށް ގުޅާފަ މަ ބުނެފިން ނުދެވޭ ވާހަކަ ” ޔަނީޝް ދެރަވެލާފަ ބުނެލިއެވެ. “އެހެންތަ! މަ ހާދަ ފޫހިވާނޭ ދޯ!” އަރަމް ވިސްނާލާފައި ބުނެލިއެވެ. ކުރިއަށް ދާން ހިނގައިގަން ތަނާ ފެނުނު މަންޒަރަކުން ހުއްޓުން އަރާގޮތް ވިއެވެ. އަދި ފަހުން ގުޅާނެ ކަމަށް ބުނެ އަރަމް ފޯން ކަނޑާލިއެވެ. ފޯން ޖީބަށް ލުމައްފަހު ކުރިމަތީ ހުރި ކެބިން ގަ އިން އަންހެން ކުއްޖާ ގެ ގާތަށް ދިއުމަށް ހިނގައި ގަތެވެ. ހިތްހަމަ ނުޖެހި ހުރެ ގޮސް އެތާ މަޑުކޮއްލުމާއި އެކު އެ އަންހެން ކުއްޖާ ގެ ނަޒަރު އަރަމް އަށް ހުއްޓި ގޮނޑިން ތެދުވެއްޖެއެވެ. “ކަލޭ މިހާރު މަށައް ފާރަލަމުން މިތަނަށްވެސް އައީތަ؟” އަރަމް ގެ ކުރިމަތީ ހުރި އަޔޫމީ ދެބުމަ ގޮއްޖަހާލަމުން ބުނެލިއެވެ. “ހުއް.. އަހަރެން މީ ކަލޭކަހަލަ އަދަބެއް ސަދަބެއް ނެތް އަންހެނެއްގެ ފަހަތުން ދުވާމީހެއް ނޫން” އަރަމް ނިތް އަރުވާލަމުން ބުނެލިއެވެ. “އޯހް ރިއަލީ، ތީ ދެން މާ މޮޅު ރީތި މީހަކީތަ އަހަރެން ފަހަތުން ނުނެއްޓިގެން ތިއުޅުނީ؟” އަޔޫމީ ގޮތުގަ ހިފަހައްޓާލަމުން ބުނެލިއެވެ. ” ހަހަހަ އަންހެން ކުއްޖެއްގެ ކިބައިގައި ހުންނަން ޖެހޭ އެއްވެސް ރީތި ކަމެއް ނެތް ތި އަންހެން ކުއްޖާ ކިބައިގަ” އަރަމް މަލާމާތުގެ ރާގަކަށް ހީލަމުން ބުނެލިއެވެ. އަޔޫމީ ގެ ރުޅި ވީ ހައްތަހާ އިތުރެވެ. މޭޒުމަތީ ބަހައްޓާފައި ހުރި ފެންތަށި ނަގާ އަރަމް ގެ މޫނު މައްޗަށް ޖެހިއެވެ. ލިބުނު ޝޮކުން އަރަމް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“އޯހް ނޯ! ކީއްތިކުރީ؟” ދޮރުން ވަދެގެން އައި ހަމްނާ ބިރުން ހުރެ އަޔޫމީ އާ ސުވާލު ކުރިއެވެ. އަދި އަވަސް އަވަހަށް ޓިޝޫ ފޮށިން ދެތިން ޓިޝޫ ނަގާ އަރަމް އަށް ދިއްކޮއްލިއެވެ. އަރަމް އައިއްސަ ހުރި ރުޅީގައި ޓިޝޫ ހިފައިގެން ބާރު ބާރަށް ގޮސް ބޭބެ ގެ ކެބިން ވަނެވެ. “އޭތް އަޔޫމީ މޮޔަވީތަ؟ އެއީ ކާކުކަން އެނގޭތަ؟ ބޮސް ގެ ކޮއްކޮ އޭ އެއީ” ހަމްނާ އަޔޫމީ ގެ އަތުގައި ކުޑަކޮއް ޖަހާލަމުން ބުންޏެވެ. ” ވަޓް؟ ” ލިބުނު ޝޮކުން އަޔޫމީ ގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި އެހުރި ގޮތަށް ގޮނޑިއަށް ތިރި ވެވިއްޖެއެވެ . “އާފްފފްފ ޝިޓް ޝިޓް” ކިޔޭ ނުކިޔޭ އެއް އަޔޫމީ އަކަށް ނޭނގެއެވެ. އަރަމް ބޭބެ ގެ ކެބިން ގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އިރު ހީވަނީ އައިއްސަ ހުރި ރުޅި މަތަކުރަން މަސައްކަތް ކުރާހެންނެވެ.

“ސަރ ބުނީ ކެބިން އަށް ދޭ ބަލާށޯ” ހަމްނާ އައިސް އަޔޫމީ ގެ ގާތު ބުނެލިއެވެ. ” އެއިން، ހަމަ އަސްލުތަ؟ މަގޭ ޖޮބް ގެ ދުވަސް ދިޔައީ ކަންނޭނގެ” އަޔޫމީ މިހެން ބުނެފައި ގޮސް އަރަމް އިން ކެބިން ގެ ދޮރުގައި ނޮކް ކޮއްލިއެވެ. “ވަދޭ” އަރަމް ވަރަށް ހަރު އަޑުން ބުނެލިއެވެ. އިސްދަށަށް ޖަހައިގެން ހުރެ އަޔޫމީ ކެބިން ގެ ތެރެއަށް ވަދެ އަރަމް ގެ ކުރިމަތީ ހުއްޓުނެވެ. “ސޮ،،ސޮ،،ސޮރީ” ބިރުން ހުރެ އަޔޫމީ ބުނެލިއެވެ. “ސޮރީ ދޯ! ހައްހައްހައް ، ކޮންކަމަކަށް؟ ” އަރަމް ދެބުމަ ގޮއްޖަހާލައިގެން ހުރެ ސުވާލު ކުރިއެވެ. އަދި އަޔޫމީ އެއްޗެކޭ ބުނުމުގެ ކުރިން އަތް ނަގާ އެވެސް އެއްޗެއް ބުނެގެން ނުވާނެ ކަމަށް އިޝާރަތް ކުރިއެވެ. އަދި ކުރިއަށް ދެފިޔަވަޅު އެޅުމާއި އެކު އިސްދަށަށް ޖަހައިގެން ހުރި އަޔޫމީ އެއްކޮށް ފިނިވެއްޖެ އެވެ. އަރަމް އަދިވެސް ކުރިއަށް ދެތިން ފިޔަވަޅު އަޅާލިއެވެ. އޭރު އަރަމް ހުރީ އަޔޫމީ އާއި ދާދި ކައިރީގައެވެ.

(ނުނިމޭ)

Share Article

Follow Me Written By

Samaa

Level 110 Stories

read, enjoy and give feedback guys.. i am just an amateur in this field.

Other Articles

Previous

ނަމަވެސް.. 4

Next

އިންތިހާޔަށް (17ވަނަ ބައި)

Next
January 20, 2017

އިންތިހާޔަށް (17ވަނަ ބައި)

Previews
January 20, 2017

ނަމަވެސް.. 4

3 Comments!

  1. NAKKO says:
    January 20, 2017 at 8:05 pm

    Varah reethi vaahaka kuri ah general go it. Next episod avahah up kohlaane Kaman unmeedhu kuran. Keep it up.

  2. mary says:
    January 20, 2017 at 8:46 pm

    Mivahaka dhigu kamun kiya kolhun nuli thankolhe kurukoh dheeba

  3. Pinocchio says:
    January 23, 2017 at 11:19 pm

    Where is the next part… Waiting… Plx update it soon… 🙂

Comments are closed.



All Right Reserved!