Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތު ވިންދު

Samaa Level 110 Stories
January 18, 2017 3 Mins Read
6 Comments

ދެެެެެވަަނަ ބައި


ބާރުސްޕީޑް ގައި ކާރު ގޮސް މަޑު ކޮއްލީ ޔަނީޝް ގެ ގޭގެ ގޭޓު ކުރިމަތީގައެވެ.. އޭރު އެތާ ޕޭމެންޓު މަތީ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޔަނީޝް ހުރީ އަރަމް އޭނަ ބަލާ އަންނާނެ އިރަކަށެވެ. ކާރު މަޑު ކޮއްލުމުން ދުވެފައި ގޮސް ޔަނީޝް ކާރުގެ ދޮރުފަތް ހުޅުވާލާފައި އިށިއިނދެއްޖެ އެވެ.. ” ކީއްވެ ލަސްވީ ” ޔަނީޝް ހަމަ ޖެހިލަމުން ސުވާލު ކޮއްލިއެވެ. ” މަންމަ ބުނެގެން ކުޑަމަސައްކަތެއް ކޮއްލީ.. ތިއެއް ނޫނޭ ކޮންކަހަލަ ގިފްޓް އެއް ހަދަން ތިއުޅެނީ؟ ” އަރަމް ސުވާލް ކޮއްލިއެވެ. “ބޯކޭ އެއް” ރައްދުގައި ޔަނީޝް ބުނެލިއެވެ… އަރަމް ހިނިތުން ވެލާފައި ކާރު ސްޓާޓު ކޮއް މާ ވިއްކާ ފިހާރަ އަކަށް މިސްރާބު ޖެހިއެވެ.. ނަސީބަކުން މާ ވިއްކާ ފިހާރައިގައި މީހުން މަދެވެ، އެހެންވެ ހަމަ ޖެހިލައިގެން ތިބެ މާ ނަގަމުން ދަނިކޮށް އަރަމް ގެ ކަންފަތުގައި ކުއްލި އަކަށް ދަންނަ އަޑެއް ޖެހުނުހެން ހީވިއެވެ.. އެނބުރި ބަލާލެވުނީ ވާހަކަ ދެއްކި ކުއްޖާއާއި ވެސް ހަތަރު ކަޅި ހަމަ ވި ކަހަލަ ގޮތަކަށެވެ.. ދެމީހުންގެ ވެސް ލޯ ބޮޑު ކޮއްލެވުނީ އެކަކު އަނެކަކު ދެކެ އިންތިހާއަށް ނަފުރަތު ކުރާ އުސޫލުންނެވެ.. ” ކަލޭ ! މިތާވެސް.. ފޫހި މީހާ ގަނޑު ” ކުރިމަތީ ހުރި އަންހެން ކުއްޖާ ބުނެލިއެވެ.. މި އަޑަށް އެކުއްޖާ ކައިރި ހުރި އަންހެން ކުއްޖާ “އަޔޫމީ” އޭ ކިޔާފަ ގޮވާލާފައި އަތުގައި ހިފާފައި ދަމާގަތެވެ.. ” ކިހިނެއްތަ ވީ؟ ދަންނަ މީހަކުތަ؟ “.. އެކުއްޖާ އަޔޫމީ ގާތު އަހާލިއެވެ.. ” އޭރުވެސް ބަސް ހުއްޓި ބަލަހަށްޓައިގެން އަރަމް ހައްޓެވެ. ” އާން އެއީނު މަ ބުނި މީހާ.. ބަބްލިޝް ގައިގަ ކާރުން ޖެއްސި މީހާ.. ވަރަށް ބޮޑާ މީހެއް އެއީ.. އޭނަ އަށް އޭނަ ފެނިފަ ހުންނަ މީހެއް.. ހައް.. މަ ވަރަށް ފޫހިވޭ..” އަޔޫމީ ތުން އޫ ކޮއްލަމުން ބުންޏެވެ.. ” އެކަމް އޭނަ ހާދަ ހޭންޑްސަމް އޭ ” އެ ކުއްޖާ އަރަމް އަށް ބަލަމުން ވަގު ހިނިތުންވުމެއް ރައްދު ކުރަމުން ބުނެލިއެވެ.. ” އޭ ސަންފާ .. މޮޔަވީތަ.. އެވެސް ދެން ފިރިހެނެއްތަ..” އަޔޫމީ އެކުއްޖާގެ އަތުގައި ޖަހާލަމުން ބުންޏެވެ.. ” ހޫމް ތިހެން ނުކިޔަބަލަ، މަށައް ކިޔަނީ ޝެލީ އޭ.. އާރރރރފް.. މި ކުއްޖާ މަށާ ދިމާލަށް އެހެން ކިއުން ހުއްޓާލާނީ ކޮންދުވަހަކުންބާ؟ ” ތުން އޫ ކޮއްލަމުން ޝެލީ، އަޔޫމީ އަށް ބުނެލިއެވެ..

” ހިނގާ ދާން.. މާދަމާ ނިންމަ ދޭނަމޯ” ޔަނީޝް އަރަމްގެ ކޮނޑުގައި އަތް އަޅުވާލަމުން ބުނެލިއެވެ.. އަރަމް އައިއްސަ ހުރި ރުޅިން އެއްވެސް އެއްޗެއް ނުބުނެ އެތަނުން ނިކުމެ ކާރަށް އެރިއެވެ.. ޔަނީޝް ވާނުވާ ނޭނގި ހުރެ އަރަމް ފަހަތުން ގޮސް ކާރަށް އެރިއެވެ.. ” އޭ ! ކޮންކަމަކާ ކުއްލި އަކަށް ކަޓާފައި؟ ކަމެއް ގޯސްވީތަ؟ ” ޔަނީޝް އަހާލިއެވެ.. ” ނޫނޭ، މިއަދު ޔަނީޝް ގެއަށްލާފަ ދަނިކޮށް މަގުމަތިން ދިމާވި ކަންތައްގަނޑެއްގެ ސަބަބުން ބޮލުގައި ރިއްސާތީ މިއުޅެނީ..” އަރަމް ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.. ” އޭން.. އަނެއްކާ ކުއްޖަކު ފެނުނީތަ؟ ވާވް ހޫ އިޒް ދަ ލަކީ ގާލް؟ “.. ޔަނީޝް އަރަމް އާ ދިމާ ކޮއްލިއެވެ.. ” ހޫމް މަ ނޫޅެން ތިކަހަލަ ކަމެއް ކުރާކަށް،މަށަކަށް އަދި ތިވަރުގެ ކުއްޖަކު ނުފެނޭ.. އެހެންނޫނަސް މަ ބުނަން މިއުޅެނީ މިއަދު ދިމާވި ކުއްޖާ އަކީ ލޯ މަނަރ ގެ ކުއްޖެކޭ.. އޭނަ އަކަށް ނޭނގެ މީހުންނާ މުހާތަބު ކުރާނެ ގޮތްވެސް. ” އަރަމް ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.. ” ހިހިހި ދެން ކޮބާތަ ތިކުއްޖާ ؟ މަށައްވެސް ދައްކާލި ނަމަ ދޯ.. ” ޔަނީޝް މަޖާ ވެލާފައި ބުނެލިއެވެ.. “ތިހާ ބަލަން ބޭނުމިއްޔަ ގޮސް މި މާ ފިހާރަ ތެރެއަށް ވަދެ ބަލާލަ ބަލަ ” އަރަމް ވެސް ދޫ ދޭކަށް ބޭނުމެއް ނުވިއެވެ..  “އަސްލުތަ؟ ވާވް.. އެ ނި ކުންނަނީތަ؟” ފިހާރައިން ނިކުތް އަޔޫމީ އަދި ޝެލީ އަށް އިންގިލި ދިއްކޮއްލަމުން ޔަނީޝް ސްވާލު ކޮއްލިއެވެ.. އަރަމް ބޯ ޖަހާލިއެވެ.. ” ހާދަ ރީއްޗޭ އެކަމް އެދެކުދިންވެސް” ޔަނީޝް ކަޅި ޖަހާ  ނުލާ އެދިމާއަށް ބަލަމުން ބުނެލިއެވެ.. އަރަމް ގެ އަތުން ޔަނީޝް ގެ ބޮލުގައި މަޑު މަޑުން ޖަހާލިއެވެ. އަދި ކާރު ދުއްވާލިއެވެ..

“އޭއް އެދިޔައީނު އޭނަ، މަގޭ ހިތް ކުދި ކުދި ނުވީ ކިރިޔާ އޭނަގެ ރީތި ލޯ ފެނިފަ.. ހީވަނީ ބޭރު ފިލްމު ސްޓާރ އެއްހެން ދޯ.” ޝެލީ ގަސްތު ކުރީ އަޔޫމީ ރުޅި އަރުވާލާށެވެ.. ” އާ ސަންފަ އަށް ހީވާނެ ތިގޭ ގައި ކައްކަން އުޅޭ ބަންގާޅި މީހާ ފެނުނަސް އެއީ އަޖޭ ދޭވްގަން އޭ..” އަޔޫމީ ވެސް ދޫ ދޭކަށް ބޭނުމެއް ނުވިއެވެ.. ދެ މީހުން އެކުގައި މަޖާ ކުރަމުން ދިޔައީ ޑައިނަމޯ އަށް ސަބްމެރިން ކާށެވެ.. އެތަނަށް ވަދެ އިރުކޮޅެއް ނުވެ ވާރޭ ވެހެން ފަށައިފިއެވެ.. “އަޅޭ ދެން ކިހިނެއް ހަދާނީ، ދޮންބެ އަށް ގުޅަންވީތަ ނިމުނީމަ ބަލާ އަންނަން..” ޝެލީ ތުއި ވެލާފައި ބުނެލިއެވެ.. “މާހިން އަންނާނެ ތަ ހަމަ ގުޅާލާ އިރަށް؟ މިހާރުވެސް ވާނީ އޮފީހުގަ ކަންނޭނގެ.. ހީ އިޒް އަ ބިޒީ ގާއި” އަޔޫމީ ނުރުހިލާފައި ބުނެލިއެވެ.. ” އަސްތާ ތިދެމީހުން އަނެއްކާ ފައިޓް ކޮއްލީތަ؟ ސާބަހޭ އިނގޭ ތިވަނީ ލޯތްބެއް ދޯ..” ޝެލީ ނިތް އަރުވާލަމުން އަޔޫމީ އަށް ބުނެލިއެވެ.. ” އާން ދެން ތީގަ މަ ކީކޭ ބުނާނީ ، އޭނަ ގެ ގެއަކީ ވެސް އޮފީސް، އަބަދު އޮފީސް ދެން.. ގުޅީމަ ބުނާނެ ދޫނި މީޓިންގް އެއްގައޭ، ދެން ނޭނގެ މަށަކަށް.” އަޔޫމީ ރުންކުރު ވެލާފައި ބުނެލިއެވެ.

“ދެން އަޔޫ ގުޅާބަލަ ދޮންބެ އަންނާނޭ” ޝެލީ އަޔޫމީ ގެ އަތުގާ ހިފާލަމުން ބުނެލިއެވެ.. އަޔޫމީ ފޯން ނަގާފަ މާހިން އަށް ގުޅާލިއެވެ.. ދެފަހަރަކު ރިންގުވިފަހުން މާހިން ފޯން ނަގާފައި ބަލާ ދާނެ ވާހަކަ ބުންޏެވެ.. “ކޮބާ ހީވޭ، ހީ އިޒް ކޫލް..” ޝެލީ މާހިން އަށް ތައުރީފް ކޮއްލިއެވެ.. ދެމީހުން ކައިނިމިގެން ދޮރު ކައިރީގައި މާހިން އަންނަންދެން މަޑު ކޮއްލިއެވެ.. އެތާ ތިއްބާ ކާރެއް އައިސް މަޑު ކޮއްލުމުން ދެމީހުންގެ ނަޒަރު އެދިމާއަށް ހުއްޓިއްޖެއެވެ.. ” ބަލާ ކިހާ އަވަސް ދޮންބެ އައިލެއް” ޝެލީ މާހިން އަށް ހަނާ އަޅާލަމުން ބުނެލިއެވެ.. އޭރުވެސް އަޔޫމީ ހުރީ ކުނި މޫނު ހަދައިގެން މާހިން އަށް ނުބަލާށެވެ..

Share Article

Follow Me Written By

Samaa

Level 110 Stories

read, enjoy and give feedback guys.. i am just an amateur in this field.

Other Articles

Previous

މިދެހިތް ވާތީ ( ފުރަތަމަ ބައި )

Next

އެއީ ކީއްވެ؟

Next
January 18, 2017

އެއީ ކީއްވެ؟

Previews
January 18, 2017

މިދެހިތް ވާތީ ( ފުރަތަމަ ބައި )

6 Comments!

  1. pooh bear says:
    January 18, 2017 at 10:18 pm

    mi vaahaka kurukamaaeve.

  2. Inayaa Jaleel says:
    January 18, 2017 at 10:45 pm

    saami koba mivaahaka rytita?????

  3. Saloo says:
    January 18, 2017 at 11:33 pm

    dialogues gina vefa evves varakah sifa kurun netheema kiyaalan undhagoo gotheh hurey. dialogues thah madhu kohlaafa vaahakaige vaa gouy sifa kohleema rangalhu vaane 🙂

  4. Aishaa says:
    January 19, 2017 at 11:08 am

    V v reethi vaahakaeh

  5. Anoof says:
    January 19, 2017 at 1:46 pm

    Varah habeys vaahaakaya ?????…..

  6. Samaa says:
    January 20, 2017 at 3:06 pm

    kuriah huri baithah rangalhu kolleveythoa massaikai kuraanan.. thiya beyfulhun dhevvaa feedback aky varah muhinmu ehcheh. 🙂

Comments are closed.



All Right Reserved!