Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތު ވިންދު

Samaa Level 110 Stories
January 17, 2017 3 Mins Read
9 Comments

މަގުމަތީގެ ހަލަބޮލިކަން އިތުރު ގަޑިއަކީ ހަވީރު ގަޑިއެވެ. ޕޭވްމަންޓު މަތީ ހިނގުމަކީވެސް އުނދަގޫ ކަމެކެވެ. ހަމަ އެގޮތަށް އާޓިފިޝަލް ބީޗުގައިވެސް މީހުން އެހާ ގިނަ ގަޑި އެކެވެ. ކުޑަކުދިންނާއި ބޮޑެތިމީހުން މަޖާ ނަގާއިރު ހީވަނީ އެހެން ކަމެއް ހެންނެވެ. އަރަމް ވެސް ޔަނީޝް އާ އެކު އެތަނަށް ދާން ނިކުތީ ހަވީރު ގަޑި ވީމަ ފިނިވައިކޮޅެއް ހޯދާލުމުގެ ނިޔަތުގައެވެ. އަރަމް ގޮސް ކާރު ޕާކް ކޮއްލާފައި މަގުމަތީ މަޑުކޮއްލީ އަރަމް ގެ ބެސްޓު ފުރެންޑް ޔަނީޝް ފައިބަންދެނެވެ. ދެމީހުން އެކުގައި ހިނގާފައި ގޮސް ރުއްތަކުގެ ދަށުގައި ހަދާފައި ހުރި ގޮނޑިއެއްގައި ޖައްސާލިއެވެ. “މާ ހޫނު ދޯ މިއަދު” އަރަމް ބުނެލިއެވެ. ” މިހާރު ތިނޫން ދުވަހެއް އާދޭތަ” .. ޔަނީޝް ހިނިތުން ވުމަކާއި އެކު ބުނެލިއެވެ.. ” އޭ! ތިއެއް ނޫނޭ އެއްކަލަ ލަޔާން މެރީ ކުރަނީ އޯ.. އޭނަ ގުޅާފަ ބުނި އަރަމް ނަމްބަރ ނިއްވާލާފަޔޯ އޮންނަނީ.. ބުނި ތީނަ އަށް އިންވައިޓު ކޮއްލައްޗޭ ” ޔަނީޝް ގެ ވާހަކަ ނިންމަމުން އަރަމް އަށް އެނބުރި ބަލާލިއެވެ. ” ހމމމ އޭނަ ފައިނަލީ ކަރުގަ ވާގަނޑު ބަނދެލަނީ ދޯ.. މަ ހިތައް އަރާ މި ފިރިހެން ވެރިން މޮޔަވަނީ ބާއޭ..  ހަމަ އަންހެނަކު ފެންނަ އިރަށް ރައްޓެހިވެފަ ދެމަސް ވާއިރަށް މެރީ ކުރާނެ، އަދި ކައިވެންޏައް ތިން މަސް ވާއިރަށް ޑިވޯސް ކުރާނެ.. މީ ކުޅޭ ކުޅިވަރެއްތަ އަޅެ.. ” އަރަމް ހިތްހަމަ ނުޖެހިގެން ބުނެލިއެވެ.. ” ބަލަ ތީނަ ދެން ގަސްތު ކުރަނީ ރަނގަޅު މަންޖެ އެއް ލިބުނީމަ އޭނަ އާ އެކު ދެތިން އަހަރު ރައްޓެހިވެގެން އުޅެންތަ؟ މިހާރު ތިބުނާ ކަހަލަ ކުދިން މަދުވާނެ އިނގޭ .. ތިއީ ހުދު ހަނޑުލު ތެރެއިން ކަޅު ހަނޑޫ ހޮވުން ކަހަލަ ކަމެއް.. ހިހިހި”.. ޔަނީޝް ވަރަށް މަޖާވެލާފަ ބުންޏެވެ. ” ކޮން އިރަކުންތަ ތިބުނާ ޕާޓީ އެއް އޮތީ؟ ” އަރަމް އަހާލިއެވެ. ” މާދަމާ  ރޭ 9:00 ގަ.. ރާނބާ ރެސްޓޯރެންޓުގާ ” ޔަނީޝް ބުނެލިއެވެ.

އިރު އޮއްސުމާއި އެކު ދެމީހުން ތެދުވެގެން ގެޔަށް ދާން މިސްރާބު ޖެހިއެވެ.. ޔަނީޝް ގެ ގެޔަށް ކާރު ގޮސް މަޑު ކޮއްލި އިރު ޔަނީޝް ގެ މަންމަ ޒޫނާ ހުރީ އެގޭ ބަގީޗާ ގައި އިންދާފައި ހުރި ގަސްތައް ކައިރިގައެވެ. ” އަނހާ ދަރިފުޅު އައީތަ؟  ކޮބާ އަރަމް؟ ހިނގާ ދެކުދިން ސައިބޯން ދާން” ޒޫނާ ހިނުތުން ވެލާފައި ޔަނީޝް ގެ ކައިރީގައި ބުނެލިއެވެ. ” އަރަމް މިއަދު ސައިބޯނީ ގެއިންނޯ، ދޯ އަރަމް؟” ޔަނީޝް ބުނެލިއެވެ.. އެއަށް ރައްދު ދެމުން އަރަމް ބޯ ޖަހާލާފައި ކާރުގައި ނައްޓާލިއެވެ.. ވިސްނުމަކަށް ގެއްލި އިނދެ ދުއްވަމުން އަޅާލި ގޯޅިއެއްގެ ތެރޭ ހުރި ގެއަކުން ނިކުތް ބުޅަލެއް ކުއްލިއަކަށް ކާރު ކުރިމައްޗައް އެރި ވަގުތު ބުރެކި ޖައްސާލެވުނީ ކިރިޔާއެވެ.. ” ބަބްލިޝް ” އޭ ކިޔާފަ ވަރަށް ބާރަށް އަންހެންވަންތަ އަޑަކުން ހަޅޭ ލަވާގަތެވެ.. އަރަމް ކާރުގެ ދޮރު ހުޅުވާލާފައި ނިކުމެ ގޮސް ބަލާލި އިރު ފުރަގަސް ދީގެން ބުޅަލުގައި ބޮސްދޭން އިން އަންހެން ކުއްޖަކު އިނެވެ.. އަރަމް އަނބުރާ ކާރަށް އަރަން އަންނަން ހިނގައިގަތެވެ.. ” މައާފައްވެސް އެދޭކަށް ބޭނުމެއް ނޫންތަ؟”.. ވަރަށް ރުޅިވެރި ކަމާއިއެކު އެކުއްޖާ އަރަމް އަށް ބުނެލިއެވެ. އަރަމް ހައިރާންވެ އެނބުރި ބަލާލާފައި ހުއްޓި ހުރެވުނީއެވެ.. ކުރިމަތީ ފެންނަން ހުރީ ހާދަ ރީތި ކުއްޖެކެވެ، ދެވަނަ ސިކުންތުގައި ހިތައް އެރިއެވެ، އެހެނަސް އެކުއްޖާ ގެ ހާދަ ގޮތެއްވެސް ނެތޭ.. އެއްވެސް އެއްޗެއް ނުބުނެ އެނބުރި ދާން ހިނގައިގަތެވެ.. ކުރިމަތީ ހުރި ކުއްޖާގެ ރުޅި އިތުރުވެ ވަރަށް ބާރަށް ގޮސް އަރަމް ގެ ކުރިމައްޗަށް އެރިއެވެ.. ” އަހަރެން މިވާހަކަ ދައްކަނީ ކަލޭ އާ.. އަހަރެންގެ ބުޅާ ސަލާމަތްވީ ކިރިޔާ .. ކަލޭ ތިހާ ބާރަށް ކާރު ތިދުއްވަނީ ނޭނގޭތަ މިހިރަ ގޭތަކުން މީހަކުވެސް ނިކުމެދާނެ ދޯ.. ހާދަ ގޮތެއްވެސް ނެތޭ .. މަ މިވަރށް އެތިވަރު ގޮވާ އިރުވެސް ކަލޭގެ ހިތަށް ހަމަ އެކައްޗެއްވެސް ނާރާތަ؟ މަންމަނެއްތަ؟ ” އެ ކުއްޖާ އެއްފައްޗަކަށް އަމުނާލަމުން އަޑު ހަރުކޮށް ބުންޏެވެ.. ” ނޫން އަހަރެންގެ ހިތަށް އަރާ ހާދަ ގޮތެއް ފޮތެއް ނެތްމީހުންވެސް މި ދުނިޔެ މަތީ އުޅެއެވެ” އެއްލޯ ހަނި ކޮއްލަމުން ކުރިމަތީ ހުރި ކުއްޖާ އަށް މިހެން ބުނެލާފަ ގޮސް ކާރަށް އެރާ ދުއްވާ ލިއެވެ.. ކުރިމަތީ ހުރި ކުއްޖާ ގެ ރުޅި އިތުރުވެ ތޫލި އަޑަކުން ހަޅޭ ލަވައިގަތެވެ.. އެހެންނަމަވެސް އަރަމް އެ އަޑަށް ސަމާލް ކަމެއް ނުދިނެވެ.

ގެއަށް ގޮސް ވަދެވުމާއި އެކު މަންމަ ގެ އުފާވެރި އަޑުން ދަރިފުޅާ އޭ ކިޔާފައިގޮވާލި އަޑަށް ސިއްސައިގެން ގޮސް ނުވެއްޓުނީ ކިރިޔާއެވެ.. ވާނީވެސް އެހެންތާއެވެ.. ދުވަސްވަރަކީ ބޮޑު ބަނދު ދުވަސްވަރުކަމުން ގޭގެ އެންމެން ހެން ވީ ޗުއްޓީ ހޭދަ ކޮއްލަން ރާއްޖޭން ބޭރަށް ގޮހެވެ.. ގޭގައި މިވަގުތު އުޅެނީ އަރަމް އާއި އަރަމް ގެ މަންމަ ޝާނީ އެވެ.. މަންމަ ޝާނީ ވެސް މިދުވަސްކޮޅު ގިނަވަގުތު އުޅެނީ ގޭން ބޭރުގާ ރައްޓެހިންނާއި އެކުގައެވެ.. އެހެންވެ ގެ އޮންނަނީ ގިނަވަގުތު ވަރަށް ފަޅު ކޮންނެވެ.. ގޭގައި ގެންގުޅޭ ފަސް ކުދިންނަށްވެސް ޗުއްޓީ ދީފައިވާތީ އަދި ވަކިން ބޮޑަށް ގެފަޅުހެން ހީވެއެވެ.. ” ދަރިފުޅު، މަންމަ އަށް މާފުކުރޭ.. މަންމަ ހިތަކަށް ނާރަން އަދި ދަރިފުޅު ތިވަރަށް ސިހޭނެ ކަމަކަށް” ދެރަވެލާފައި ޝާނީ ބުންޏެވެ.. ” މަންމާ އަހަރެން އެބަ އަންނަން އެއްޗެހި ބަދަލް ކޮއްލައިގެން.. ވަރަށް ބަނޑުހައިވޭ.” އަރަމް މަޑުމައިތިރި ކަމާއި އެކު ބުނެލިއެވެ.. ” އާން މަންމަ ސޭންޑްވިޗް ތައްޔާރު ކޮއްލާނަން އިނގޭ” ޝާނީ ބުނެލިއެވެ.. އަރަމް ބޯ ޖަހާލާފައި ސިޑިން މައްޗަށް އަރައިގެން ދިޔައެވެ..

ސައިބޯން އިންދާ ޔަނީޝް ގުޅިއެވެ. މަންމަ އިނީމަ ފަހުން ގުޅާނެ ކަމަށް ބުނެ ފޯން ކަނޑާލިއެވެ.. ސައިބޮއެ ނިމިގެން ޔާނިޝް އަށް ގުޅާލީމަ ބުނީ މިރޭ ޕާރްސަލް އެއް ހަދަން ދާންވާނެ ކަމުގައުެވެ.. އަރަމް އާއެކޭ ބުނެ ފޯން ކަނޑާލިއެވެ..

Share Article

Follow Me Written By

Samaa

Level 110 Stories

read, enjoy and give feedback guys.. i am just an amateur in this field.

Other Articles

Previous

ހިތް ބޭނުމޭ…16

Next

ވޭނީ ކަރުނަ..3

Next
January 18, 2017

ވޭނީ ކަރުނަ..3

Previews
January 17, 2017

ހިތް ބޭނުމޭ…16

9 Comments!

  1. arsy says:
    January 17, 2017 at 11:27 pm

    nimuneetha??

  2. Yewme says:
    January 18, 2017 at 12:08 am

    V salhi story ge feshun hope to see some obiness on next part

  3. hawdyf says:
    January 18, 2017 at 7:14 am

    varah reethi ingey

  4. Pinocchio says:
    January 18, 2017 at 2:47 pm

    Photo aa ehvarah storyvex reethi vaane kamah ummeedhu kuran…

  5. Samaa says:
    January 18, 2017 at 3:22 pm

    tq guys

  6. Vishaa says:
    January 18, 2017 at 3:55 pm

    Next part when??

  7. Samaa says:
    January 18, 2017 at 4:12 pm

    މިރޭ ކަމަށް މި ބަލަނީ

  8. xoona says:
    January 18, 2017 at 5:31 pm

    vrh salhi

  9. Anoof says:
    January 18, 2017 at 7:23 pm

    Nice story ya….

Comments are closed.



All Right Reserved!