ލައިފް (3 ވަނަ ބައި(
ހެދުނު 6:45 ގައި ސްކުލަށް ދިއުމަށްޓަކައި މަންމަ އާއި އެކު ގެއިން ނުކުތީމެވެ. ގަނެފައި ހުރި ލަދެއްގެ ބޮޑުކަމުން އެތެރެ އެތެރެއިން އަހަރެން ވެފައި ހުރި އުފާ ބޭރުވެސް ނުވެއެވެ. މިނެއްޓެއް ހާ އިރު ތެރޭ ސްކޫލު ދޮށަށް ދެވިއްޖެއެވެ. އަހަރެން ވަރުގެ ހައެއްކަ ކުދިން ސްކޫލް ދޮށުގައި ތިއްބެވެ. މިއީ އަހަރެއް ނާއެކު އެއަހަރު ގްރޭޑް 1 އަށް ވަތް ކުދިންނެވެ. ގިނަ ކުދިންނަކީ ގޯތިތެރޭގައި ބަތްކައްކާ ކުޅެން އެކުގައި އުޅޭ ކުދިން ނެވެ. ހިތަށް ހިންހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. އަހަރެން ނާއެކު 2 ފިރެހެން ކުދިން ތިބި އިރު ދެންތިބީ އަންހެން ކުދިންނެވެ.
ކުޑަ އިރުކޮޅެއްގެ ތެރޭގައި ސްކޫލް ކޮޅުގައި ބަހައްޓާ ފައިވާ ބޮޑު ދަގަނޑު ފުޅިއާ (ބަލާ ބެލުމަށް ކައްކާ ގޭސް އަޅާ ބޮޑު ސިލިންޑަރެއް) ދިމާލަށް ދަގަނޑު ބުރިއެއް ހިފައިގެން ސްކޫލް އޮފީހުން ނިކުމެގެން މެދުއުމުރުގެ ފިރެހެނަކު އަންނަ ތަންފެނުނެވެ. އަދި ފުޅިކައިރިއަށް ހުއްޓި ލާފައިވާ ގަމީހުގެ އަތްކުރި މައްޗަށް ހިއްލާލުމަށް ފަހު އަތުގައި އޮތް ގަނޑި ބަލާލިއެވެ. ބަލާބެލުމަށް ހީވީ ރޯދަމަހު ހަވީރު މުދިންބެ ސަންގު ފުންމަށް ތައްޔާރު ވެގެން ހުރިހެނެވެ. ގަޑިބަލަން ކުޑައިރުކޮޅަކު ހުރުމަށް ފަހު އަތުގައި އޮތް ދަގަނޑު ބުރިން ދަގަނޑު ފުޅިގައި ޖަހާލިއެވެ. މިއަޑަކީ އަހަރެންނަށް އާއަޑެއް ނޫނެވެ. ނަމަވެސް ހަމަލޮލުން ފެނުނު މީފުރަތަމަ ފަހަރެވެ. ދުވާލަކު އެތައް ފަހަރުަކު މިއަޑު އިވެއެވެ. މީ ސްކޫލް ބެލް ޖަހާ އަޑުތާއެވެ. 3 ފަހަރު ބެލް ޖަހާލުމާއެކު ކުދިން ބެލެނިވެރިންނާއެކު ސްކޫލް ތެރެއަށް ވަނެއެވެ. އަހަރެންވެސް މަންމަ އާއި އެކު ގޮސް ކުލާހަށް ވަދެ ބަހައްޓާއި ފައިވާ ދިގު މޭޒާއި ގޮޑި ތަކުގެ ތެރެއިން ތިންވަނަ ބަރީގައި އިށީދެއް ޖައީމެވެ. މަންމަ އަތުގައި އޮތް ކުޑަކުޑަ ފޮތި ކޮތަޅު ގޮޑި ކައިރީ ބެހެއްޓުމަށް ފަހު ކުލާހުން ނިކުންނަމުން މަންމަ ދަނީ އޭ ބުނެލިއެވެ.
ކުރިން ބެލް ޖަހަން ދިޔަ މީހާ ކުޑަ އިރުކޮޅެއްގެ ތެރޭ ދެތިން ފޮތާއި ފަތިގަޑެއް އަދި ފޮތިން ހަދާފައިވާ ޑަސްޓަރަކާއި ހުދު ކުލައިގެ ޗޯކް ފޯއްޔެއް ހިފައިގެން ކުލާސް ތެރެއަށް ވަދެއްޖެއެވެ. ސްކޫލު ބެލެހެއްޓުމުގެ ޒިންމާ އަދާ ކުރަމުން ދަނީ ޖުމްލަ ދެމީހުންނެވެ، ރަށުގެ ކުޑަކަތީބާއި މިދެންނެވި މުދައްރިސް މީހާއެވެ، . މަސައްކަތުމީހަކީވެސް މުދައްރިސަކީވެސް މިއެވެ. ސަލާމް ގޮވާލުމަށް ފަހު މުދައްރިސް ތައާރަފް ވެލިއެވެ. ” މުދައްރިސައްކިޔާނީ އަލީ އާދަމް، މުދައްރިސް ކިޔަވައިދޭނީ ހިސާބާއި ދިވެހި”. އަދި މޭޒްމަތީގައި އޮތް ހާޒިރީ ފޮތް ހުޅުވާލުމަށް ފަހު ހާޒިރުވެފައިވާކުދިން ޓިކް ކޮށްލާ އާސިޔަތު މިއަދު ސްކޫލަށް ނާންނަނީ ކީއްވެކަން އެއްވެސް ކުޖަހަށް އިނގޭހޭ އަހާލި، ކައީގައި އިން އަހުމަދު އޭނާ އުޅެނީ ބަލިވެއޭ ބުނެލިއެވެ. މުދައްރިސް މީހާ އަކީވެސް ރަށުމީހެއް ކަމުން ހުރިހާ ކުދިންވެސް މުދައްރިސައް ރަނގަޅަށް އެނގެއެވެ.
ދުވަސްތައް މިގޮތަށް ފާއިރުވަމުން ގޮސް އަހަރު ނިންމާލެވުނީ ޑަބަލް ޕްރޮމޯޝަނަކާ އެކުއެވެ. ވުމާއި އެކު ގްރޭޑް 2 ނުކިޔަވާ ޗްއިންގަމް ޗުއިންގަމް ކުލާހަށް ޗުއިންގަމް ކިޔަވާދޭ ގްރޭޑް 3 އަށް ދެވުނީ އެވެ. އާއަހަރުގެ ކިޔެވުމާއި އެކު ފަތިހު ކަސްރަތަށް ދިއުމަށް މުދައްރިސް އެންގިއެވެ. ހެނދުނު 5:30 ހަށެވެ. އޭރުގެ އާދަކާދަތައް ހުންނަ ގޮތުން މީއަދި އަވަސް ގަޑިއެއް ނޫނެވެ. މަދު މީހަކުނޫނީ ފަތިހު ތެދުވެ އުޅޭނެއެވެ. ކަސްރަތައް ދާއިރު ކޮންމެ ކުއްޖަކު ވެލިއަޅާފައިވާ ކުޑަ ބާލީހެއް ގެންދިއުމަށް މުދައްރިސް އަންގާފައި ވުމާއެކު މަންމަގެ އެހީގައި ބާލިހެއް ތައްޔަރު ކުރީމެވެ.
އަނެއް ދުވަހު ފަތިސްނަމާދަށް ފަހު ކުޅެން ތައްޔާރުވެގެން ސްކުލަށް ދިޔައީމެވެ. މުޅިއޮޑީގައި ހަސަންގެ ދެފައެވެ. ކުޅިވަރު އިންސްޓަކްޓަރަކީވެސް އެއްކަލަ މުދައްރިސެވެ. އަސްތަޤްފިރުއްﷲ އެވެ. ތައްޔާރު ވެވިފައި މިވަނީ ގޯސްކޮށެވެ. މުންޑް ބުރިއެއްލައިފައި ހުރުމުން ކުޅޭ ސޯޓްލައިގެން އައުމަށް މުދައްރިސް ބުނެލިއެވެ. “މުސައްރިސް އަޅުގަނޑު އަތުގައި އޮތީ ހަމައެކަނި ސްކޫލް ސޯޓް އެހެން ސޯޓެއް ނެތް”.އަހަރެން ބުނެލީމެވެ. އެހެންތަ އެހެންވިއްޔާ މަންމަ ގާތު ބުނޭ ކުޅޭ ސޯޓެއް ފަހައިދޭށޭ. މުދައްރިސް މިހެން ބުނެލިމަށް ފުހު ކަސްރަތާއި މައްސޫލު ވެލިއެވެ.
ހަފްތާގެ ބްރާސްފަތި ދުވަހަކީ އޭރު ރަސްމީ ފުރަތަމަ ބަންދުދުވަހެވެ. މޫދަށް އެރުމުގެ ހުއްދަ އޮންނަނީ ހަމައެކަނި ބުރާސްފަތި އަދި ހުކުރުދުވަސް ކަމުން ހެދުނު ހެދުނާ ކުދިންތައް މޫދަށް އެރިގެން އުޅޭނެއެވެ. އަހަރެންވެސް ސައިބޯލައިގެން ބޮޑުއަށީ ބޯލާކޮޅުން ބަނބުކެޔޮ މަޅުގަނޑެއް ނަގައި ކިހިލި ޖަހާލައިގެން ޖެހިގެން ހުރިގޭ ކުއްޖަކާއި އެކު އަތިރި މައްޗާ ދިމާލަށް ދުއްވައިގަތީމެވެ. ދުވެފައިގޮސް މަޅުގަޑާއި އެކު މުދަށް ފުންމާލީމެވެ. މޫދަކީ ވަރަށް ފަރިތަ ތަނެކެވެ. ހުރިހާކުދިންވެސް މަޅުގަނޑު ގަނޑާއި އޮޑި އެހެލުމަށް ބޭނުންކުރާ ކަނދު ބުރި ބުރީގައި މޫދު އެކި ހިސާބުގައި ކުޅެމުން ދިޔައެވެ. މޫދުގައި އެތައް އިރަކު ސަކަރާތުގައި އުލުމަށް ފަހު އެއްގަމަށް އަރާ ހޫނު ފަސްގަޑު މަތީ އޮށޯވެ ގަޔަށާއި ބޮލަށް ވެލިއެޅުމާއި، ގޮޑުދަށުން ތެތްވެލި ނަގާ ވެލި ބޯލަ ހިރަފުސް ލައިގެން ހެދުން މީ އެންމެ މުހިންމު ކުޅިވަރު ތަކެވެ. އަދި ކިތައްމެ ހަޑި ނަމަވެސް ހިރަފުހުން ދަތް އުނގުޅުމާއި މަގޫގަހުގެ ދޮންމަގޫ އޮށް ލޮލަށް އެޅުމަކީ އޭރު ކުރަމުންދާ ކަންތައް ތަކެވެ
މިގޮތަށް މަޖަލާއި ސަކަރާތުގައި ވަގުތު ފާއިތު ވަމުން ދަނިކޮށް ކުއްލިއަކަށް ސިއްސައިގެން ދިޔައީ ހަމްޒާން ފެތިއްޖެއޭ ކުއްޖަކު ގޮވާލިއަޑަށެވެ. މޫދުގައި އެވަހުތު ތިބި ތަންކޮޅެއް ބޮޑު ދެކުދިން ބާރަށް ފަތާފައި ގޮސް އޭނާ ނެގި އެވެ. އޭރު އޭނާގެ އަނގައިން ހުދު ފޮނުތަކެއް އަރާފައިވާ އިރު އެއްވެސް ހޭވެރިކަމެއް ނެތެވެ. (ނުނިމޭ).
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.

Haadhakurey
Haadha kurey v salhi avahah up kuraathi anehbai
Chee cheee varah hadi vaahakaeh
Chee) :*
Hadieh noon..hama v salhi..mee aharen ves kudairu ulhunu goiy…mivaahaka miliyanee h.dh.kujjeh hen haadha heeveyey…konrashehkan bunela dheefaananatha….i love the story
Kohnrashekan nubunaathi
Alhe v reethi vaahaka e miee..visnan faseyha ko liyuntha huree.lolla sifa kuran v faseyha kan kan hingaafa oi goi bunedheefa huri gothun…..avaha anebai genesdheebala
Story salhi☺
Bt story upload khffa huhnalehh maa kury…
Plxx thankolheh dhigukhlabala?
shukuriyaa. mi ee aharen hayaatugaives liyaa furatama vaahaka. kiyun teringe hiyaalu varahves beynunvaane. balaanan ti edey gotah vaahaka digukoh avahah genes devey thw