Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރުގެ ނިމުން

Lallu Level 1
December 23, 2016 2 Mins Read
2 Comments

އިރު ފެނުން ތޮޅިލީ މުޅި ދުނިޔެއަށް އަލި ކުރަމުންނެވެ. ސަރާ ހެނދުނު ހެނދުނާ އޭނަ އުޅޭ ގޭގެ ސަރަހައްދު ކުނިކެހުމުގަ އުޅެއެވެ. މީ ކޮންމެ ދުވަހެއްގެވެސް އާދައެވެ. ސަރާ އަކީ މުރާލިކަމާއި ހިތްހެޔޮކަމުގެ ލާމަސީލު މިސާލެކެވެ. އެވަގުތު އެ ގޭ ތެރެއިން ނުކުތީ ސަރާގެ ތިން އަހަރަށްދާ ދަރިފުޅު ސާރާއެވެ. ލޯ އުނގުޅަމުން އައި ގޮތުންވެސް އެއައީ ދެންމެ ހޭލައިގެންކަން އެނގޭނެއެވެ.
“މަންމާ. އަލުގަނޑު ބޭނުން މިއަދު ބައްޕިއާއެކީ ބީޗަށް ދާން. މަންމަ ކޮންމެ ދުވަހަކު ބުނަނީ ބައްޕަ އަންނާނޭ. ކިހާ ދުވަހެއް މިހާރު ބައްޕަ ނުފެންނަތާ.” ކުޑަ ކުޑަ ސާރާ އުނަގަނޑުގައި އަތް ވިއްދާލައިގެން ކުދި ކިޔަމުން އައި ގޮތުން ސަރާ ގާތަށް ހިނިވެސް އައެވެ. އަދި އޭނާގެ ފިރިމީހާ ޝާހީންގެ ވާހަކަ ދެއްކުމުން ދެރަވެސްވިއެވެ. ނަމަވެސް ހިތްވަރު ކޮއްފައި ބުންޏެވެ. “ދަރިފުޅާ ބައްޕަ އަންނާނޭ. މަންމައަށް ޔަގީން ބައްޕަ ވަރަށް އަވަހަށް އަންނާނެކަން. މަންމަ ދާނަން މިއަދު ހަވީރު ދަރިފުޅު ގޮވާގެން މޫދު ކާރިއަށް. ދަމުން ވާނެ ދޯ އައިސްކްރީމް ބޯން.” އައިސްކްރީމްގެ ވާހަކަ ދެއްކުމުން ސާރާ ވަރަށް އަވަހަށް އެކަމާ އެއްބަސް ވިއެވެ.
ހަވީރުގެ ވަގުތެވެ. ސަރާ ސާރާއަށް އައިސްކްރީމް ބޯންދެމުން ލަސް ހިނގުމެއްގައި މިސްރާބުޖެހީ މޫދު ކައިރިއަށް ދިއުމަށެވެ. އެވަގުތު ސަރާ ހުރީ ފުން ހިޔާލަކަށް ގެއްލިފައެވެ. އޭނާގެ ހިޔާލުގައި ވީ އޭނާގެ ހިތި މާޒީއެވެ.
ސަރާ ވިހެއުމުގަ ދިމާވި މައްސަލައަކާ ގުޅިގެން ސަރާގެ މަންމަ ނަފީސާ މި ދުނިޔެ ދޫކުރިއެވެ. ސަރާގެ ބައްޕަ ވަހީދު ސަރާއަށް މަންމައެއްގެ ލޯބި ދިނުމަށްޓަކައި ކައިވެނި ކުރީ ހަދީޖާއާއެވެ. ހަދީޖާއަކީ ވަރަށް ޒީލަގަދަ އަދި އެހާމެ ރުޅިގަދަ އަންހެނެކެވެ. ނަމަވެސް ސަރާއަށް 5 އަހަރު ވަންދެން ވަރަށް ލޯބިން ގެންގުޅުނެވެ. ހަދީޖާ އާއި ވަހީދުއަށް ދަރިއެއް ލިބުނުފަހުން ހަދީޖާގެ އަސްލު ސިފަ ސަރާއަށް ފެންނަން ފެށިއެވެ. ކުޑަ ކުޑަ ސަރާއަށް ގޭގެ ހުރިހާ މަސައްކަތެއް ކުރަން ޖައްސައެވެ. އަދި އެކި ގޮތްގޮތަށް ސަރާއަށް އަނިޔާ ކުރެއެވެ. މިކަން ސަރާގެ ބައްޕައަށް އޮންނަނީ ސިއްރު ކުރެވިފައެވެ. ސަބަބަކީ އޭނާއަކީ ބޯޓު ދަތުރުކުރާ މީހަކަށްވެފައި މާގިނަ ވަގުތު ރަށުގައި ހޭދަ ނުކުރާތީއެވެ. މިގޮތަށް 15 އަހަރު ސަރާ އޭނާގެ ދޮންމަންމަ ގާތުގައި ވަރަށް ހިތްދަތި ދިރިއުޅުމެއް އުޅުނެވެ.
ސަރާ ބޮޑުވަމުން އައީ ރީތި ކުއްޖެއްގެ ގޮތުގައެވެ. މިކަމުގެ ސަބަބުން ވަރަށް ގިނަ ލޯބީގެ ހުށަހެޅުންތަށް ސަރާއަށް ލިބެމުން ދިޔައެވެ. ނަމަވެސް އެމީހުންގެ ހުށަހެޅުންތަކަށް ސަރާ ދެމުން ދިޔައީ ބީރު ކަންފަތެކެވެ. އެއީ އޭނާއަށް ކަމުދާ ފިރިހެން ކުއްޖަކާ ދިމާ ނުވާތީއެވެ. ސަރާގެ ހަޔާތުގެ އާ ބާބެއް ފެށިގެން ދިޔައީ އޭނާ ޝާހީން އާ ގުޅުނު ހިސާބުން ފެށިގެންނެވެ. ޝާހީން އަކީ 24 އަހަރުގެ ރީތި އަދި ހަރުދަނާ ޒުވާނެކެވެ. ޝާހީންގެ މައިންބަފައިން ވަނީ އޭނާ ވަރަށް ކުޑައިރު ނިޔާވެފައެވެ.

ސަރާ އާއި ޝާހީންގެ ކައިވެނި ކުރެވުނީ ރަށްޓެހިވެގެން އުޅޭތާ 1 އަހަރު ފަހުންނެވެ. އޭގެ ފަހުން އެ ދެމީހުން އުޅުނީ ވަރަށް އުފަލުންނެވެ. އެ އުފާވެރިކަން ދެ ގުނައަށް އިތުރުވީ ސަރާ އާއި ޝާހީންއަށް ދަރިއަކު ލިބުމުންނެވެ. އެއީ ސާރާއެވެ.
ދުވަހަކީ ސާރާއަށް 1 އަހަރު ފުރުނު ދުވަހެވެ. ނަމަވެސް މިއަދު ޝާހިންއަށް އޮފީސް ދަތުރެއްގައި ރަށުން ބޭރަށް ދެ ހަފްތާއަށް ދާން ޖެހުނެވެ. އެކަމާ ކުޑަ ކުޑަ ސާރާ ހުރީ ވަރަށް ދެރަ ވެފައެވެ. “ދަރިފުޅާ. ޕްރޮމިސް. ބައްޕަ އައިސް ބާތުޑޭ ކޭކެއް ފަޅާނަން.” ސާރާ ދެރަވެފައި ހުރުމުން ޝާހީން ބުނެލިއެވެ. އެހެން ބުނެލުމާއެކު ސާރާ ކުދި ކުދި ދަތްތަށް ފެންނަ ވަރަށް ހީލިއެވެ.
އޭގެ ދެހަފްތާ ފަހުން ސަރާ ސާރާ ނިންދުވާލާފައި ބަނދަރަށް ދިޔައީ ޝާހީން ލަފާ ތަނަށެވެ. އެތަނަށް ދިޔަ ވަގުތު އިވުނު ހަބަރަކުން އޭނާގެ މުޅި ދުނިޔެ އެފުށް މިފުށަށް ޖެހުނުކަހަލަ އިހުސާސެއް ކުރެވުނެވެ. ޝާހީން އައި ލޯންޗު ކަނޑުވީއެވެ. ކަން މިހެން އޮތަކަސް ސަރާ ސާރާއަށްޓަކައި ހިތްވަރުކުރިއެވެ. ސަރާގެ ބައްޕަގެ ގެއެއް ސަރާގެ ނަން މަތީ އޮތުމުން އެދެމައިންގެ ދިރިއުޅުން އެ ގެއަށް ބަދަލުކުރިއެވެ. އަދި ދިރިއުޅުމަށްޓަކައި އާމްދަނީ ހޯދުމަށް އެގެއިން ބައެއް ކުއްޔަށް ދިނެވެ. ސަރާ ޝާހީންއަށް އިންތިޒާރު ކުރާތާ 2 އަހަރުވެއްޖެއެވެ. ކިތަންމެ މީހަކު ސަރާއަށް މީހަކާ އިނުމަށް ނަސޭހަތް ދިނަސް އޭނާ އެ ނަސޭހަތްތްކަށް ދެނީ ބީރު ކަންފަތެވެ.

ސަރާއަށް އޭނާގެ ހިޔާލީ ދުނިޔެއިން ބޭރަށް ނުކުމެވުނީ ސާރާ ހަޅޭލަވާއަޑަށެވެ. އޭރު ސާރާ ކޮންމެވެސް ދިމާއަކަށް އިށާރާތް ކުރަނީއެވެ. ސާރާ އިށާރާތް ކުރާ ދިމާލަށް ބަލާލިއިރު ކޮންމެވެސް މީހަކު ދޯންޏަކުން ފުންމާލައިގެން ސަރާމެން ތިބި ދިމާލަށް އަންނަނީއެވެ. ސަރާއަށް ހީވީ އެއީ ޝާހީން ހެންނެވެ. ޔަގީން ކުރަންވެގެން ދެފަހަރު ލޯ ވެސް އުނގުޅާލިއެވެ. އާއެކެވެ. އެއީ ހަމަ ޝާހީންއެވެ. ﷲ ގެ ކުޅަދުންވަންތަކަން ދެކިބަލާށެވެ. ސަރާ އުފަލުން ދުވެފަ ގޮސް ސާރާ އާއެކީ ޝާހީންގެ ގައިގައި ބައްދާލިއެވެ.ޝާހީން ކިޔައިދިން ގޮތުގައި އޭނާ އުޅުނީ ފަޅު ރަށެއްގައެވެ. ބޯޓެއްގައި އައި ބަޔަކު އޭނާއަށް ރަށަށް އައުމަށް އެހީތެރި ވެދިނީއެވެ.
މިއަދު އެ އާއިލާ އެވަނީ ފުރިހަމަވެފައެވެ. އަދި ސަރާގެ އިންތިޒާރަށް އެވަނީ އުފާވެރި ނިމުމެއް އައިސްފައެވެ.!

Share Article

Follow Me Written By

Lallu

Level 1

Other Articles

Previous

ފުން ލޯބި (7)

Next

ާވަފާތެރި މަވީމޭ ….

Next
December 23, 2016

ާވަފާތެރި މަވީމޭ ….

Previews
December 23, 2016

ފުން ލޯބި (7)

2 Comments!

  1. Rozy says:
    March 20, 2017 at 4:41 pm

    Too much Saras in same story.. not very good story . Llalhu you could have done better next time
    good work

  2. Anonymous says:
    November 20, 2018 at 3:15 pm

    Maa kury dhigunama v reethi vees

Comments are closed.



All Right Reserved!