Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ދިން އުފާ 3

seym Level 310 Stories100 Login100 Comments
December 21, 2016 2 Mins Read
5 Comments

އީރަމް އައް ސިހިގެން ގޮސް ހޭލެވުނީ އެއްޗެއް ވެއްޓުނު އަޑަށެވެ.ތެދުވެ ހަމަޖެހިލި އިރު ކުރިމަތީ ހުރި ނާއިލް ފެނުނެވެ.ތުވާލި އަނދެލައިން ހުރި އިރު ބޮލުގައި ހުރި ފެންތިކިތަކުން ދެންމެ ފެންވަރައިންް ނުކުތް ކަން އިނގެއެވެ.”ސޮރީ ފޯނު ވެއްޓުނީ”ބިންމަތީ އޮތް ފޯނު ނަގަމުން ނާއިލް ހިނގައިގަތީ އިސްތިރި ކޮށްފައި ހުރި ގަމީސް ތަކާ ދިމާލަށެވެ.”ނާއިލް ރޭގަ ގެއަކަށް ނާންނަމެންނު.ގުޅީމަ ފޯނެއް ވެސް ނުނަގާ.ކޮންތާކު އުޅުނީ”އީރަމް އެހެން އަހާލީ ނާއިލް ގެ ފަރާތުން ޖަވާބެއް ނުލިބޭނެ ކަން އެނގި ހުރެއެވެ.”އީރަމް ނުޖެހޭނެ އަހަރެން އުޅޭ ނޫޅޭ ތަނެއް ބަލާކަށް.އީރަމް ބޭނުންވާ ހުރިހާ އެއްޗެއް ހޯދަ ދީފަ ހުންނާނީ.ދެން ރީއްޗަށް ބަސްއަހައިގެން ގޭގަ އިނީމަ ވީނު”ނައިލް އެހެން ބުނެ އީރަމް އައް ބަލާލީ ފޫހިންނެވެ.އަވަހަށް ތައްޔާރު ވެލައިން ނުކުތީ ބޭރަށެވެ.ނާއިލް ނުކުތް ދޮރާ ދިމާލަށް ބަލަހައްޓައިގެން އިން އީރަމް ގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނެއެވެ.ނަމަވެސް އެހިތް ފުރިފައިވަނީ ޝަކުވާއިންނެވެ.ނާއިލް ގެ އުޅުން ބަދަލުވާން ފެށި ދުވަސްކޮޅު އީރަމް ވަރަށް ރުޔެވެ.މިހާރު އެކަމަށް އާދަ ވެއްޖެއެވެ.އެކަނި ހިތްވަރު ކޮށް ކެތްތެރިކަމާ އެކީ އުޅެން ދަސްވީ ނާއިލް ގެ ސަބަބުންނެވެ.ދެރަވާ ބަސްތައް ނާއިލް ގެ ފަރާތުން އިވުނެއްކަމަކު އީރަމް ދުވަހަކުވެސް ބާރަށް އެއްޗެއް ނުބުނެއެވެ.އަމިއްލަ ނަފްސު ކުއްވެރި ކުރެވޭ ފަހަރުވެސް އާދެއެވެ.ކައިވެނި ކުރެވުނީ ނާއިލް ގެ ގޮތް ރަނގަަޅަށް ނޭނގެނީސް ބާއޭ ހިތައް އަރައެވެ.ބައްޕަވެސް އީރަމް ދޫކޮއްލީއެވެ.މަންމަ ނިޔާވުމައް ފަހު އެހެން ކައިވެންޏެއް ކުރުމުން ދެން ހިނގަން ފެށީ ދޮންމަންމަގެ ނުފޫޒެވެ.ހުރި ހަމަ އެކަނި ދަރިފުޅު ބާކީކޮށް ލެވުނީއެވެ.ނާއިލް އަކީ މުއްސަނދި އާއިލާއެއްގެ ކުއްޖަކަށް ވުމުން ބައްޕަ އެ ގުޅުމަށް އެއްބަސް ވީއެވެ.ނާއިލް އާ ދިމާވެ ވާހަކަ ދެކެވުން އީރަމް އަށް ވެސް ނާއިލް ދެކެ ލޯބިވެވުނީއެވެ.ނާއިލް އާއެކީ އުޅެން ފެށިފަހުން ބައްޕަ ގުޅާލާނީ މަދު ފަހަރަކުއެވެ.ލޮލަށް ފެންނާނީ ވެސް ބޮޑު ކަމެއް ދިމާވުމުންނެވެ.ހުރިހާ ހަރަދެއް ބަލަހައްޓަނީ ނާއިލްގެ ބައްޕައެވެ.އެ ނިންމުމާ ހިތްހަމަ ނުަޖެހޭތީ އީރަމް ވަޒީފާ އަތް ނުކުތީއެވެ.ނާއިލް ގެ ފަރާތުން ޒިންމާދާރު ކަމެއް ނުފެނެއެވެ.ފުން ނޭވާ އެއް ލަމުން އީރަމް ލޯ މަރާލިއެވެ.އަމިއްލަ ހިތައް ވިސްނައިދިނީ ފަހުން ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށެވެ.ގަޑި ބަލާލަމުން އީރަމް ތައްޔާރުވާން ފެށީ އޮފީހައް ދާށެވެ.

ހަނާ އައިސް ހުއްޓުނީ އީރަމް ގެ ކެބިން ކައިރިއަށެވެ.އީރަމް ޓައިޕް ކުރަން އިން އެއްޗަކަށް ބަލާލީ ލޯ ކުޑަ ކޮއްލާފައެވެ.”އީމޫ.ހިނގާބަ ކާން ދާން.އެެއޮތް ގެން މެންދުރުވީ.ހެނދުނު ސައިބޯންވެސް ނުދިޔަ އެވަރައް ކީމަވެސް”
ހަނާ އެހެން ބުނުމުން އީރަމް މަސައްކަތް ހުއްޓާލިއެވެ.”އައި އެމް ނޮޓް ހަންގްރީ.”އީރަމް އެހެން ބުނެ އަނެއްކާ ވެސް މަސައްކަތް ފެށިއެވެ.”ތީ ކައިގެން އުޅެ މީހެއްތަ.ދުވާލު އެއް ފަހަރު ތި ކަނީ.މިއަދު މެންދުރު ކާން ޖެހޭނެ.ހިނގާ ދާން.”ހަނާ ކިޔަން ފެށުމުން އީރަމް އެއްބަސްވިއެވެ.މާލޭގެ މަގުތަކުގައި ސައިކް ދުއްވުންވީ އުނދަގޫ ކަމަކަށެވެ.ޑައިންމޯ ކައިރީ ހަނާ މަޑުކޮށްލުމުން އީރަމް ފޭބިއެވެ.ހަނާ ސައިކަލް ޕާކް ކުރުމުން ދެމީހުން ހިނގައިގަތީ މަގު ހުރަސް ކުރާށެވެ.އެވަގުތު އީރަމް އައް ފެނުން މަންޒަރުން ހިނގުން ހުއްޓިއްޖެެެއެވެ.ޑައިންމޯ އިން އެނުކުތީ ނާއިލް އެވެ.ކައިރީ ހުރި އަންހެންކުއްޖާ ހުރީ ނާއިލްގެ އަތުގައި ހިފަހައްޓާލައިގެންނެވެ.ނާއިލް އޭރު ވާހަކައެއް ދައްކަމުން އިރު އިރު ކޮޅަ ހީލައެވެ.ހަނާ އަށްވެސް ނާއިލް ފެނިއްޖެއެވެ.އެމީހުން ދިއުމުން އެތެރެއަށް ވަދެ އޯޑަރ ދިނެވެ.”އީމް.ކިހާ ދުވަހަކު ތިހެން އުޅޭނަން.ދެންމެ ތި ފެނުނީ ނާއިލް ގެ ހަގީގަތް”އީރަމް ގެ ލޮލުގައިިވި ރިހުން މިފަހަރު ސިއްރެއް ނުވިއެވެ.”ހަނާ..ހީ އިޒް މައި ހަޒްބަންޑް އެން އައި ލަވް ހިމް.ތީ ތެދެއް.އެކަމަކު ނާއިލް ރަނގަޅުމަގައް އަޅުވަން މަސައްކަތް ކުރުން އެއީ އަހަރެން ކުރަން ޖެހޭނެ ކަމެއް.ނާއިލް ބަދަލުވާނެ.”އީރަމް ތުންފަތް މައްޗައް ހިނިތުންވުމެއް ގެނައެވެ.މިގަޑީ އެވާހަަދައްކަން ބޭނުންނުވަނީއެވެ.”މިރޭ ނިއުއިޔާ ޝޯ އޮންނާނެ.ވިއްސާރަކަމުން ރޭގަ ކެންސަލްވީއޯ..ފަޔާވޯކްސް އަރުވާނެ..ހަނާ ދާނަންތަ؟”އީރަމް މައުލޫ ބަދަލުކޮއްލިއެވެ.”އާން.ދާންވާނެ.ގޭގަ އުުޅޭ އެންމެން ދާނެ.”

މީހުންތަކުތެރޭ އާނާ އުރާލައިން ހުރި ލާމިހް ފަހަތައް ބަލާލިއެވެ.ރާމިޒް އާއި ލޫނާ ތިބީ އަމިއްލަ ވާހަކައެއްގައެވެ.
“އެނީ ދޮންބެ އާއެކީ ލަވަ ކިޔާނަންތަ”ލާމިހް އާނާ ބޯޖަހާލުމުން ސްޓޭޖް އިން އިވެމުންދާ ލަވައާއި އެއްވަރަށް ލަވަ ކިޔަން ފެށިއެވެ.އާނާ އުފަލުން ފެށީ އަތް ޖަހާށެވެ.އެގާރަ ޖަހަން އުޅެނިކޮށް އާނާ ނިދިއަންނަގޮތް ވުމުން ލޫނާ އާއި ރާމިޒްް އާނާ ގޮވައިން ދިޔައީ ގެއަށެވެ.ލާމިހް މަޑުކޮއްލީ ޝޯ ނިމުމުން ގެއައް ދާށެވެ.މީހުން ތަކުތެރޭން ނުކުތް ދެ އަންހެންކުދިން ފެނުމުން ލާމިހް ގެ ހިތް ތެޅިލިއެވެ.ރަތް ކުރުތާ އަކާ ކަޅު ޖީންސް އެއް ލައިން އެހެރީ އެ ލޯ ދެކެން ބޭނުންވާ ފަރާތެވެ.އެ ދިގު އިސްތަށިގަނޑު ވަނީ މިނިވަންކަމާއެކު ދޫކޮއްލާފައެވެ.އެމީހުން އައިސް އިށީނީ ލާމިހް ގެ ކުރިމަތީގައެވެ.މުޅިތަން އަލިވެގެން ދިއުމާއެކު ލާމިހް އުޑަށް ބަލާލިއެވެ.ކުލަތަކުން ޖަރީ ވެފައިވާއިރު ކޮންމެ މީހެއްވެސްބެލީ ރީތި ފޮޓޯއެއް ނެގޭތޯއެވެ.ލާމިހް ފޯނުން ނެގީ ކުރިމަތީ އިން އީރަމް އެވެ.އެ ލޮލުގައިވި ކަރުނަ ކިތަންމެެ ރީއްޗަކައްވެސް ލާމިހް އެނެގި ފޮޓޯއިން ފެންނާނެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

seym

Level 310 Stories100 Login100 Comments

Bookworm. ? 23. ? ~ Because i am in love with the world in my head.~ ?

Other Articles

Previous

ހުވަފެން

Next

ހިތް އެކީ ދެވިއްޖޭ… 26

Next
December 21, 2016

ހިތް އެކީ ދެވިއްޖޭ… 26

Previews
December 20, 2016

ހުވަފެން

5 Comments!

  1. Aika says:
    December 21, 2016 at 1:27 pm

    Haadha kurey. Thankolheh dhigu koh genesdhybala

  2. Malaa says:
    December 21, 2016 at 1:39 pm

    Pis pis v kuru but nice ma sha allaah….

  3. Sarah says:
    March 23, 2017 at 7:02 pm

    Maasha allah v reethi .. Keep up the good work..

  4. Petite says:
    May 24, 2017 at 10:00 pm

    Alhe mee v reethi story eh. . Kobaatga mi story ge aneh bai.. plxx plxxx mi story nimmaba

  5. Fizzzy says:
    August 22, 2017 at 10:41 pm

    Great work ?? please make it a bit longer and upload the next part soon ?

Comments are closed.

Next Episodeތިޔަ ދިން އުފާ 4←


All Right Reserved!