Skip to content
އެސްފިޔަ

ނޭނގި ޔާރު ވަކިވީ (1)

ފަތިހުގެ ތެތް ފިނިކަމުގެ ތެރޭގައި މާމެލާމެލި ވަނީ ޝަބްނަމްގެ ތިކިތަކުން ޖަރީ ކުރުވާފައެވެ. އިރުގެ ދޯދިތަށް ވިލާތަކުގެ ނިވަލުން ޖައްވަށް މަރްހަބާ ކިޔަމުން ދިޔައިރު ދޫނު ސޫފާސޫފީގެ ހިތްގައިމު ރާގުން ހިތްތަކަށް ފިނިކަން ގެނުވައެވެ. ކުޑަދޮރު ކައިރީގައި ތުމުން މަޑު ރާގެއް އަޅުވާލައިގެން ރައިނާ ހުރީ ކޮފީ ތައްޓެއް ހިފައިގެންނެވެ. ކަޅު ކަންގަދަ ބޯ އިސްތަށިގަނޑު ފަހަތަށް ދޫކޮށްލެވިފައި ވީއިރު ލައިގެން ހުރީ އަތް ހާމައަށް އޮތް ކުރު ނައިޓީއެކެވެ.

އެދޮންފައި ހާމައަށް އޮތް އިރު ޖެހިލާ ފިނި ވައިރޯޅިތަކުން ގައިން ހީބިހި ނަގުވާލައެވެ. “ހޫމް.. މޯނިން ބޭބީ.” ބާރުގަދަ އަތަކުން އެ ހިމަ އުނަގަނޑު ވަށާލަމުން ކައިރީގައި ހުއްޓެލި ޒުވާނާ ބުނެލިއެވެ. ރައިނާ އިސްތަށިގަނޑު އެއްފަރާތަށް ޖައްސާލަމުން އޭނާ ތުންފަތުން އެ އޮމާން ކޮނޑުގައި ބޮސްދެމުން ގޮސް ކަނދުރާއާއި ހަމައިން ދަތް އަޅާލިއެވެ.

“އައުޗް.. ދެން އިއާން..” ރައިނާ ހެމުން ދުރަށް ޖެހެމުން ބުނެލިއެވެ. “ޝޫޝް.. އާދެބަ.” އިއާންގެ ނިދި އަޑު ބަރުވެފައި އެހާމެ މަސްތީއެވެ. “ނޫން.. މިހާރަކު ނޫން.” ރައިނާ ކޮފީޔަށި ހުސްކޮށްލަމުން ބުނެލިއެވެ. “ޕްލީޒް..” އިއާން މިހެން ބުނެފައި ރައިނާގެ އެމަޑު ތުންފަތުގައި ބޮސްދިނެވެ. “ހޫމް.. ކޮފީރަހަ ލަނީ.. އައި ލައިކް އިޓް.” އިއާން ހީލަމުން އިތުރަށް ރައިނާ ގެނެސް އެމޭގައި ފޮރުވާލިއެވެ.

ޕިޖާމާ ހަރުވާޅެއް ލައިގެން ހުރިއިރު އެކަސްރަތީ ހަށިގަނޑު ވަނީ ހާމައަށްށެވެ. ކުރުކޮށް ކޮށާލެވިފައި އޮތް އިސްތަށި ކޮޅު ހޭވިފައި ވީއިރު ކަރުގައި ކުޑަ ރިހި ފަށެއް އޮތެވެ. “ރެއަށްފަހު އަދިވެސް ހިތް ނުފުރެނީތަ..” އިއާން ކަނދުރާގައި އަތް އަޅުވާލަމުން ރައިނާ ބުނެލިއެވެ. “އޯ ކަމް އޯން ބޭބީ.. މި އިއާންގެ ހިތެއް ދުވަހަކުވެސް ނުފުރޭނެ. އައި ވޯންޓް މޯ.” އިއާން މިހެން ބުނެފައި ރައިނާ އަތް ދަނޑި މައްޗަށް ލައިގެން ގެންގޮސް އެ ތަނަވަސް އެނދުގައި ބާއްވާލިއެވެ.

“އެހެން ނޫނަސް އަދި ރަނގަޅަށް އިރެއް ވެސް ނާރާ.. އެންޑް އައި ނީޑް މޯނިން ސެ..” އިއާންގެ ވާހަކަ ރައިނާ މެދު ކަނޑާލިއެވެ. “އޯ ޝަޓް އަޕް.” އިއާން މޭމަތީގައި ޖަހާލަމުން ރައިނާ ބުނެލިއެވެ. އިއާން ހެމުން އޭނާ ލައިގެން ހުރި ޕިޖާމާ ހަރުވާޅުގެ ވާގަނޑު މޮހާލި ވަގުތު ކޮޓަރީގައި އޮތް ޓެލެފޯނު ރިންގު ވިއެވެ.

“ޑޭމް އިޓް!” އިއާން މިހެން ބުނެފައި ހަރުވާޅު މަތި ކޮށްލަމުން ފޯނު ނަގަން ތެދުވިއެވެ. އޭރު ރައިނާ ހެވިފައި އެނދުގައި ތެދުވެ އިށީނެވެ. “ހަލޯ.. މޯމް؟” އިއާން މޫނު ހަދާލަމުން ވާހަކަދެއްކިއެވެ. “ޔާ.. ތިރިއަށް މިދަނީ އިރުކޮޅަކުން. ހަތެއް ޖަހާއިރު ޗެކިން ފެށެނީ.. މޯމް އިނގެޔޭ..” އިއާން ފޯނުން ވާހަކަ ދެއްކިއިރު ރައިނާ އޭނާ ލައިގެން ހުރި ކުރު ނައިޓީ ބާލަމުން ހުސްގަޔާ ހުރެ ފާޚާނާއަށް ވަންނަން ދިޔައެވެ.

ރައިނާ ލާނަތް ގޮތަކަށް އަންނާށެ ބުނެ އިނގިލިން އިޝާރާތް ކުރަމުން ދިޔައެވެ. އޭރު އިއާން އިނީ ކަޅި ޖަހާނުލައި ރައިނާއަށް ނަޒަރު ހުއްޓާލައިގެން އޭނާގެ މަންމަ ފޯނު ނުބާއްވައިގެންނެވެ. “ހޫމް.. އޯކޭ ދެން.” އިއާން އަވަސް އަރުވާލާފައި ފޯނު ބައްވާފައި އެހުރި ގޮތަކަށް ގޮސް ރައިނާ އުރާލައިގެން ފާޚާނާއަށް ވަނެވެ.

****

“ކޮބާތަ އިއާން؟ އަދިވެސް އަންނާކަށް ނޫޅޭ. މިރުޝާލް ވެސް އެއައީ.” ތަސްލީމާ ކާ މޭޒު ކައިރިގައި އިނދެ ކުދި ކިޔަމުން ދިޔައެވެ. ގޭގެ ދެ ނޯކަރުން ސައިބޯ ތަކެތި ސުފުރާމަތީ ބަހައްޓަމުން ދިޔައިރު ޖާބިރު އަތުގައި އޮތް ޓެބްލެޓުން ނޫސް ކިޔަމުން ދިޔައެވެ. “ދެން އަންނާނެ އެއްނުން.. އަދި ކިރިޔާ ހައެކޭ އެޖެހީ.” ޖާބިރު ކައިރީގައި ހުރި ކޮފީތަށި ބޮމުން ބުނެލިއެވެ.

“މޯމް ސީރިއަސްލީ. ހީ އިޒް މެރީޑް.. މަންމަ ކިޔާ ވަރުންނުން އިނީ ވެސް. ދެން އެމީހުން އަންނަން ވީމަ އަންނާނުން.” މިރުޝާލް ޕާން ފޮޗެއް ކަމުން ބުނެލިއެވެ. “ދެން މިރޫ ހުރޭ އަދިވެސް މީހަކާ ނީދެ.. އަމިއްލަ ކޮއްކޮ އިން އިރުވެސް..” ތަސްލީމާގެ ވާހަކަ މިރުޝާލް މެދު ކަނޑާލިއެވެ. “މަންމަ ބުނާއިރަށް އިއާން އިނީނުން އެ.. އަހަރެންނުން ބަސް ޤަބޫލު ނުކުރަނީ އަބަދުވެސް. މަންމަ ބުނީމަ އޭނަ އެހުރި ޑޮކްޓަރަކަށް ވެސް ވެފައި.. އަހަރެންނުން އެކަން ނުކޮށް އާކިޓެކްޗަރ އަކަށްވީ. އައި އެމް އޯލްވެސް ދަ ބްލެކް ޝީޕް އޮފް ދިސް ފެމެލީ.” މިރުޝާލް ހިތްހަމަ ނުޖެހިފައި އިނދެ ވާހަކަ ދެއްކިއެވެ.

“މިރުޝާލް! އަހަރެން ކުރިމަތީގައި ތިވައްތަރަށް ވާހަކަ ދައްކާނެ ކަމެއް ނެތް.. ޖާބިރު.. އަޑު އިވޭތަ އެކިޔާއެއްޗެއް.” ތަސްލީމާ މޫނު ކުނިކޮށްލަމުން ބުނެލިއެވެ. “ދޮގެއްތަ އެހަދަނީ؟ އަހަރެން އެއްބަސް ނުވާ ވާހަކައެއް މިރުޝާލް ބުނެފިއްޔާ އަންގާލާނަން.” ޖާބިރު މިހެން ބުނުމުން ދުރުގައި ހުރި ޖޫލް ގާތަށް ހިނިއައެވެ. އަތް ދަބަހަށް ލެޕްޓޮޕް ލަމުން ޖޫލް އައިސް ކާމޭޒު ކައިރީގައި އިށީނދެލަމުން އެ ފަން އިސްތަށި ކޮޅު މައްޗަށް ނަގައި އައްސާލިއެވެ.

“މޯނިން ޑޭޑް.. މަމް..” ޖޫލް ހިނިތުން ވެލަމުން ބުނެލިއެވެ. “ރޭގައި ކޮންތާކަށް ގޮއްސަ އެހައި ލަހުން އައީ؟” ތަސްލީމާގެ ސުވާލުން ޖޫލް އަނގަޔަށް ލާން ނެގި އޮމްލެޓް ކޮޅު ތިރިކޮށްލިއެވެ. “އަޅުގަނޑު ދިޔައީ ބިޒްނަސް މީޓިންއަކަށް. ޑޭޑްއަށް އެނގިލައްވާނެ.” ޖޫލް މިހެން ބުނުމުން ތަސްލީމާ ޖާބިރުއަށް ލޯ އަޅާލިއެވެ.

“ދެން ރޭގަނޑު އެކެއް ޖަހަންދެން މީޓިން ކުރިއަށްދޭ؟” ތަސްލީމާ މިހެން ބުނުމުން ޖޫލް އަތުން ނިއްކުރީގައި ހިފައްޓާލިއެވެ. “މަންމައަށް ފެނުނޭ ރޭގަ އެ ޖޯޖީ އަކާއި އެކު ކާރުގައި އައިތަން.” ތަސްލީމާ ސައިބޮމުން ބުނެލިއެވެ. “ގޯޑް މޯމް.. އިޓްސް ޖޯން.” ޖޫލް މޫނު ކުނިކޮށްލިއެވެ.

“އަހަންނަށް ހެވޭ ޖޯނަކަސް ހޯނަކަސް. ކީއްކުރަން އެ ދޮން މީހުންނާއިއެކު އުޅެނީ.. ޖޫލް ވެސް ދެން މީހަކާއި އިންނަވީ އަވަހަށް.” ތަސްލީމާ އެއްފަހަރާ ފަތިވަރެއް އަމުނާލިއެވެ. “ހިއާ ވީ ގޯ އަގައިން.. މޮމް މެރިޖް އޭޖެންސީއެއް ހުޅުވަން ވީއެއްނުން ދޯ. ޝިމްލާ އާންޓީއާއި ދެމީހުން ޕާޓްނާޝިޕް ހަދައިގެން.. ސަޅި ވާނެ” މިރުޝާލް މިހެން ބުނުމުން ޖޫލް ވެސް އޭނައާއި އެއްބައިވެ ހޭން ފެށިއެވެ.

“ކޮން އޭޖެންސީ އެކޭ؟” އެތަނަށް ނިކުއިން އިއާން ބުނެލިއެވެ. “ޑެނީ.. އަވާ ބޭގްސް އާ އިން ދަ ރޫމް. ބްރިންގް ދެމް ޑައުން.” އިއާން މިހެން ބުނެފައި ރައިނާއާއި އެކު މޭޒު ކައިރީގައި އިށީނދެލިއެވެ. “މިކިޔަނީ މޯމް..” ޖޫލް މިހިސާބަށް ބުނިތަނާ ތަސްލީމާ އެވާހަކަ މެދު ކަނޑާލިއެވެ. “ސްޓޮޕް އިޓް.. ޝިމްލާ މެން މިހާރު އެއާޕޯޓަށް ދާން ނައްޓާލިއްޔޯ.. އަވަސް ކޮށްލައިގެން ހިނގާ އަހަރެމެން ވެސް ދާން. ޖާބިރު ފައިރޫޒުއަށް ގުޅިންތަ؟” ތަސްލީމާ ބުނެލިއެވެ.

“އާނ.. މިހާރު ދުވަސްކޮޅަކު މާލޭގައި މަޑުކޮށްލާފައި ރަށަށް ގޮސްލަން ބައްޕަ ނިންމައިފިން.” ޖާބިރު މިހެން ބުނުމާއިއެކު އިއާން ކޮފީތަށި ބޯން އިނދެފައި ކޮށިއެރިއެވެ. “ޑޭޑް ކީއްކުރަންތޯ ރަށަށް ދަނީ؟” އިއާންއަށް ލޯ އަޅާލަމުން މިރުޝާލް އަހާލިއެވެ.

“ބައްޕަމެން އުޅެބޮޑުވީ އެރަށުގައި.. ދެން މިހާރު މެލޭޝިއާއަށް އައިސް ވިޔަފާރިގައި ކިތަންމެ ކުރިއެރިއަސް އަމިއްލަ އުފަން ރަށް މަތިން ހަނދާން ނައްތާލައިގެން ނުވާނެ. އެހެންނޫނަސް ތިމައިގެ މީހުން ކައިރިއަށް ވެސް ގޮސްލަން ވާނުން. މިހާރު އަށް އަހަރު މިވަނީ އެ ފަސްގަނޑަށް ނުދާތާ. އަދި ރައިނާ ވެސް އެމީހުނަށް ތަޢާރަފް ކޮށްދޭންވާނުން.” ޖާބިރު މިހެން ބުނުމުން ރައިނާ ލަދުން އިސްޖަހާލިއެވެ.

“ދަރިފުޅުމެން މެރީ ކުރިތާ ވެސް ކިތަށް އަހަރު މިވަނީ. ވެޑިން ވެސް އެކޮޅުގައި ބާއްވާން އިއާން ޤަބޫލު ނުވީ.. ދެން މިފަހަރު ބައްޕަމެން ބޭނުންވާ ގޮތް ހަދާލާ. މާލެ ވެސް ދާން އިއާން އެއްބަސް ތިވީ އެހާ ވަރުން” ޖާބިރު މިހެން ބުނުމުން އިއާން ވަކި އެއްޗެކޭ ނުބުނެއެވެ. އުލުން ތަށީގައި އޮތް ބިސްގަނޑު ފަޅި ކުރަމުން ދިޔައިރު އެމޫނުމަތިން ފާޅުވަނީ މުޅިން އެހެން ކުލަވަރެކެވެ.

“އިއާން.. ހޭ ބްރޯ.” މިރުޝާލްގެ އަޑަށް އިއާން ސިހިފައި އިސްނެގިއެވެ. “ޔާ.. ވަޓް؟” އޭނާ ބުނެލިއެވެ. “ބައްޕަ ބުނީ އޯކޭހޭ.” ޖާބިރުގެ ސުވާލަން އިއާން ބޯ ޖަހާލިއެވެ. “އައި އެމް ޑަން.. މިދަނީ ޑެނީއާއި އެކީ ފޮށިތަށް ނެރެން. ޑެނީ.. ޑެނީ ކަމް.” ގޭގެ ނޯކަރަށް ގޮވާލަމުން މިރުޝާލް ބޭރަށް ނިކުތެވެ. “ރައި އެކްސައިޓެޑް ތަ؟ އައި ކާންޓް ވެއިޓް. ހަމަ ދާގޮތަށް މޫދަށް އެރިލާ ހިތްވަނީ.. ކޮންދުވަހެއް މިހާރު ރާއްޖެ ނުދާތާ.” ޖޫލް ހެވި ދިލިފައި އިނދެ ބުނެލިއެވެ.

****

އިބްރާހިމް ނާސިރު އިންޓަނޭޝްނަލް އެއާޕޯޓަށް ޖެއްސި މެލޭޝިއަން އެއާ ލައިން އިން އެއްފަހަރާ ފަތުރުވެރިން ފައިބައިގަތެވެ. އިއާންގެ އަތުގައި ހިފައިގެން ހުރެ ރައިނާ އެރައިވަލްސް ގޭޓުން ވަދެގެން އެތަނުގައި މަޑުކޮށްލިއެވެ. އޭރު މިރުޝާލް ހެޑްސެޓް ޖަހައިގެން ހުރެ ޖޫލް އާއިއެކު އިމިގްރޭޝަންއަށް ޕާސްޕޯޓް ދައްކަން ދިޔައިރު ޖާބިރު ވެސް އެމީހުން ފަހަތުން ދިޔައެވެ. އެމީހުންނާއި އެކު ޝިމްލާގެ ހަގު ދަރިފުޅު ނާވިކް ވާހަކަ ފޮތެއް ކިޔަމުން ދިޔައެވެ.

“އަހަރެމެން ދާނަން ފާޚާނާއަށް ގޮސްލާފައި.. ރައިނާ ދަރިފުޅު ދާނަން؟” ޝިމްލާ މިހެން ބުނުމުން އާނއެކޭ ބުނެ އޭނާގެ މަންމަ ފަހަތުން  ހިނގައިގަތެވެ. “އަހަރެމެން ރަށަށް ގޮސްލަންވާނެ އިނގޭ” ތަސްލީމާ އޭނާ އަޅައިގެން ހުރި ޝޯލް ރަނގަޅު ކުރަމުން ބުނެލިއެވެ. އޭރު ރައިނާ ފާޚާނާގައި ވީއިރު ޝިމްލާ ސިންކުން އަތް ދޮންނަން ހުއްޓެވެ. އެމީހުންގެ އިތުރުން ފާޚާނާގައި ދެން ތިބީ ދެ ގެސްޓުންނެވެ.

“ހަމަ ދާންވީ.. ނާވިކް މިހާރު ގާލްފްރެންޑެއް ނަގައިފި އެއްނުން.” ޝިމްލާ މިހެން ބުނުމުން ތަސްލީމާ މޫނު ހަދާލިއެވެ. “ހުވާ؟ ދޮން ކުއްޖެއްދޯ.” ތަސްލީމާ ބުނެލިއެވެ. “ހޫމް. ކޮންމެސް އެޑްރީނާއެއް ކަމެއް ނޭނގެ ކިޔަނީ.. ދެން ވަރަށް ފޫހިވޭ. މަންމައަށް ވީތީ އަހަރެން ކައިރި ބުނެލަން ކީއްވާނީ. ރައިނާ ބުނީމަ އިނގުނީ ވެސް.” ޝިމްލާ ކުދި ކިޔަމުން ދިޔައެވެ.

ފާޚާނާއިން ނިކުއިން ރައިނާ ސިންކުން އަތް ދޮވެލަން ހުއްޓެލިއެވެ. “ދަރިފުޅާ އެބައޮތްތަ ކުޑަ ސެންޓު ފުޅިއެއް ކަހަލަ އެއްޗެއް؟” ތަސްލީމާ އަހާލިއެވެ. ރައިނާ އާނއެކޭ ބުނެ ކައިރީގައި އޮތް ދަބަސް ނަގައި ތަސްލީމާ އަތަށް ދިނެވެ. ދަބަސް ތެރެ ހާވަނިކޮން އޭގައި އޮތް އެއްޗެއް ފެނި ތަސްލީމާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އެއެއްޗެއް ނަގައި ބަލައިލުމަށްފަހު އޭނާގެ ނަޒަރު ރައިނާއަށް ހުއްޓުނެވެ. ތަސްލީމާ ނިކަން ސިއްރުން ޝިމްލާ ގައިގައި ކޮއްޓާލަމުން ދަބަސް ތެރެއިން އޭތި ދައްކާލުމުން ޝިމްލާ ވެސް ދެބުމަ ގޮށްޖެހުނެވެ.

“ދަރިފުޅާ.. އަން ދަބަސް.” ތަސްލީމާ ދަބަސް ޒިބު ދަމާލަމުން އެ އަނބުރާ ރައިނާއަށް ދިނެވެ. ތިން މީހުން އެކުގައި ފާޚާނާއިން ނިކުއިން އިރު ތަސްލީމާ ހުރީ ރުޅި އައިސް ރަތްވެފައެވެ. “އަހަރެން ނުބުނަންތަ ޝިމްލާ ކައިރިއަކު.. އަހަންނަށް އޭރުވެސް އިނގޭ. މިހާރު އިނދެގެން އުޅޭތާ ވެސް ހަތަރު އަހަރު ވަނީމި. ޝިމްލާ އެވާހަކަ ނުދައްކަންތަ ރައިނާ ކައިރިއަކު؟” ތަސްލީމާ ހިތްހަމަ ނުޖެހިފައި ހުރެ ވާހަކަދެއްކިއެވެ. އޭރު ރައިނާ ގޮސް އިއާންއާއި އެކު ޕާސްޕޯޓް ދައްކަން ލައިނުގައި މަޑުކޮށްލައިގެން ހުއްޓެވެ.

“ދެއްކިން.. ބުނި ކުރާނަމޭ ވެސް. އެކަމަކު އަދިވެސް ބާތް ކޮންޓްރޯލް ޕިލްސް ނަގަނީ އެ..” ޝިމްލާ ބުނެލިއެވެ. “ރައިނާގެ މައްސަލައެއް އުޅެންޏާ ވެސް ހަމަ ޑޮކްޓަރަށް ދެއްކީމަ ދޯ އިނގޭނީ. އަނެއްކާ އިއާން އެއީ ގައިނިކޯލޮޖިސްޓެއް.. ކިހައި ފަސޭހައިން ވާނެ ކަމެއް މީދެން. ޝިމްލާ އޭނައާއި ވާހަކަދައްކަބަލަ. އަހަރެން ބޭނުން މާމަ ދަރިއެއް. މިހާރު ރައްޓެހިން ވެސް ދިމާ ކުރަނީ މާމަ ދަރިއެއް ނުލިބޭތީ.. އިނގޭތަ އެ ޝެހެނާޒްއަށް ވެސް ކުރީދުވަހަކު މާމަ ދަރިއެއް ލިބިއްޖެ. ދެން އަހަރެން ކައިރި އަހަނީ އަނެއްކާ އިއާން މައްސަލައެއް އުޅެނީހޯ. އަހަރެން ލަދުން ކިރިޔާ ހަލާކު ނުވީ..” ތަސްލީމާ ޕާސްޕޯޓް ހިފައިގެން އިމިގްރޭޝަން ކައުންޓަރު ކައިރިއަށް ޖެހިލަމުން ބުނެލިއެވެ.

ޝިމްލާ ނިމިގެން އައިސް ފޮށިތައް އަންނަތާ މަޑުކޮށްލަމުން ތަސްލީމާ ކައިރިއަށް ޖެހިލިއެވެ. “ކިހިނެއް އިނގެނީ ނޫން ކަމެއް ވެސް؟” ޝިމްލާ އަހާލިއެވެ. “ކޯއްޗެއް؟” ތަސްލީމާ އޮޅުން ނުފިލުމުން ބުނެލިއެވެ. “ކިހިނެތްހޭ އިނގެނީ އިއާންގެ މައްސަލައެއް ނޫން ކަމެއް ވެސް. ހަމަ ވަކި ރައިނާ މައްސަލައެއްތަ ހުންނަން ޖެހެނީ؟” ޝިމްލާ މިހެން ބުނުމުން ތަސްލީމާ އިތުރު އެއްޗެކޭ ނުބުނެއެވެ. ދުރުގައި ހުރި އިއާންއާއި ރައިނާއަށް ނަޒަރު ހުއްޓާލިއިރު އެ މޫނުމަތިން މާޔޫސްކަން ފާޅުވިއެވެ.

****

އާއިލާ މީހުން ބޭރުގައި މަޑުކޮށްގެން ތިބިއިރު އެންމެން ތިބީ އިއާންމެން ނުފެނި ކެތްމަދުވެފައެވެ. “މިތިބަ އަންނަނީނުން.. ޖާބިރު އާދޭ އާދޭ.. އަމިއްލަ ފަސްގަނޑަށް މަރުޚަބާ.” ފައިރޫޒު ހިނިގަނޑެއް ޖަހާލަމުން ޖާބިރު ގައިގައި ބައްދާލިއެވެ. އެތަށް ދުވަހަކަށްފަހު ބޭބެ ޤައުމަށް އެނބުރި އައިސްލީތީ އޭނާ އުފަލުގެ ކޮޅެއް ނެތެވެ.

“ފަހަރީ ކޮބާ ކިހިނެތް؟” ތަސްލީމާއާއި ސަލާމް ކޮށްލަން އަތްދިއްކޮށްލަމުން ފައިރޫޒު ބުނެލިއެވެ. އޭރު ޖޫލްއާއި މިރުޝާލް އާއިލާގެ އެކި މެމްބަރުންނާއި ވާހަކަ ދައްކަމުން ދިޔައިރު ނާއިކް ކައިރީގައި ރައިނާ ބަސްމަދުވެފައި ހުއްޓެވެ. “އިއާން.. ބަލާބަލަ މިހާރު ހަށިގަނޑާއި އެއްޗެހި ބޮޑުވެލާފައި ހުރިވަރު.. އަހާ ރައިނާ ހާދަ މަޑުން ތިހުރީ. އާދެބަލަ..” ފައިރޫޒުގެ ދޮށީ ދަރިފުޅު ދިމްނާ ހިނިތުން ވެލަމުން ވާހަކަދެއްކިއެވެ.

“ހެހެހެ.. އެއްކަލަ ދޮންތަ.. ކޮބާ ނުއްނު؟” އިއާން މިހެން ބުނުމާއި އެކު ދުރުން ކުޑަކުއްޖެއް ދުވެފައި އަންނަތަން ފެނުނެވެ. “ދޮންބެ..” ނޫހް އެއައި ގޮތަށް އައިސް އިއާން ގައިގައި އޮޅުލާގަތެވެ. “ހޭއި.. ހާދަ ބިގް ވެއްޖެޔޭ މިހާރު..” ނޫހްގެ ކޮލުގައި ހިފާލަމުން އިއާން ބުނެލިއެވެ.

“ޔެސް.. ނުއްނުއަށް މިހާރު އެއިޓް އިޔާޒް ވެއްޖެ.. ދޮންބެހެން ސްޓްރޯންގް ވާނެ މިހާރު.. މިހިރީނުން މަސަލް..” ނޫހް ދެއަތް މައްޗަށްނަގައި ދައްކާލަމުން ބުނެލިއެވެ. “އާނ ދޯ.. މިހާރު ދޮންބެއަށް ވުރެ ސްޓްރޯންގެއޭ..” އިއާން ނޫހުއާއި އެކު ހީ ސަމާސާ ކުރަމުން ދިޔައިރު ޝިމްލާ އާއި ތަސްލީމާ އެހެން މީހުންނާއި އެކު ފެރީއާއި ދިމާއަށް މިސްރާބު ޖެހިއެވެ.

“ވަރަށް ކަންތައް ރާވާލާފައި އޮންނާނީ.. ދޯ ޖަޒްލީން.” ދިމްނާ މިހެން ބުނުމުން މިރުޝާލް ކައިރީގައި ހުރި ޖަޒްލީން ހީލިއެވެ. “ދޮންބެދައްތަ ޖާޒްއަށް ކައްކަން ދަސްކޮށްދޭން ވާނެ.. ދޮންބެ ބުނީ ވަރަށް މޮޅޯ ކައްކަން.” ޖަޒްލީން އޭނާގެ ދޮންތައާއި އެއްބައި ވެލަމުން ބުނެލިއެވެ. “ތިއެއް ނޫނޭ.. ޖާޒްގެ އޯލެވެލް ކިހިނެތް؟” ނޫހް އަތުގައި ހިފައިގެން ހުރި ޖޫލް އަހާލިއެވެ.

“ވަރަށް ސަޅި. ޔަޤީން ޓޮޕް ޓެންއަށް އަރާނެކަން.. އޭރުންނުން ޖޫލްދައްތަމެން ކައިރިއަށް މެލޭއަށް ދެވޭނީ ދޯ..” ޖަޒްލީން މިހެން ބުނުމުން އިއާން އެކަމާއި އެއްބަސް ވެލިއެވެ. ކަނޑުގެ ލޮނުގަނޑު ކަފަމުން ފެރީ މިސްރާބު ޖަހަމުން ދިޔައީ މާލެއަށްށެވެ. މާލޭގެ މަލަމަތި ފެންނައިރަށް އިއާންގެ ހިތް ނުތަނަވަސް ވީކަމަކު އެކަން ފާޅު ނުކޮށް އޭނާވެސް އެންމެންގެ ވާހަކައިގައި އެއްބައި ވިއެވެ.

****

އިރުއޮއްސި އަނދިރިވެގެން އައި ވަގުތު ރަތްވިލާގެ ދަޅައިން އުޑުމަތި ފަވާލެވިފައި ވީއިރު ގޭގެ ބެލްކަނީގައި އިއާން ސިނގިރޭޓެއް ޖަހާލައިގެން އިނެވެ. ހެނދުނު އެމީހުން އުޅޭ އެޕާޓްމެންޓަށް އައިގޮތަށް އަދި އޭނާ ބޭރަކަށް ނުނިކުމެއެވެ. ޖޫލްއާއި މިރުޝާލް ޖަޒްލާންމެނާއި އެކު ހަވީރު ބޭރަށް ދިޔައިރު ނާއިކް އުޅުނީ އިއާންމެންނާއި އެކު ގޭގައެވެ.

މާލޭގެ ހަލަބޮލު މަގުތަކަށް ނަޒަރު ހުއްޓާލައިގެން އިންއިރު އޭނާގެ ޚިޔާލު ވަނީ މިކަންކަމާއި މާ ދުރުގައެވެ. “އިއާން.. އިއާން.” ރެއިލިންގައި އަތް އަޅުވާލަމުން ރައިނާ ދެފަހަރަކު ގޮވާލުމުން އިއާން ސިހިފައި އަތުގައި އޮތް ސިނގިރޭޓު ބެލްކަނިން ބޭރަށް ވައްޓާލިއެވެ. “ހޭއި..” އިއާންގެ އަޑުގައިވީ ވަރުބަލި ކަމެވެ.

“ކިތަށްފަހަރު ބުނާނީ ސިނގިރޭޓު ނުބޯށޭ.. ތިއީ ޑޮކްޓަރެކޭ.” ރައިނާ މިހެން ބުނުމުން އިއާން ނިކަން ލޯބިން އޭނާގެ އުނަގަނޑުގައި އަތް އަޅުވާލަމުން ގަޔާއި ކައިރި ކޮށްލިއެވެ. “ސޯ؟” އިއާން މިހެން ބުނުމުން ރައިނާ މޫނު ކުނިކޮށްލިއެވެ. “ދެން ސިނގިރޭޓު ވަސް ދުވަނީ.. ދޭ ފެންވަރަން.” ރައިނާ ބުނެލިއެވެ.

“ހިނގާ ދާން..” އިއާން މިހެން ބުނެ ކައިރި ވެލިތަނާ ދުރުން މީހަކު ކަރުކެހެލި އަޑަށް އޭނާ ސިހިފައި ވަގުތުން ރައިނާ ގައިން ދޫކޮށްލިއެވެ. އޭރު ޝިމްލާ ކޮފީތައްޓެއް ބޮމުން އެތަނަށް ނިކުއިން އިރު ފަހަތުން ފައިރޫޒްގެ އަންހެނުން ނާދިރާ ވެސް އާދެއެވެ. “އިއާން ދޭބަލަ ކޮފީތައްޓެއް ބޯލަން ބައްޕަމެންނާއި އެކު.. އެބަތިބި ސިޓިން ރޫމުގައި.. އާނ އަދި ތިރިއަށް ގޮސް ނާއިކް ގޮވައިގެން އަންނައްޗޭ.. އޭނާ ވެސް އެއީ ކޮޓަރިން ނިކުންނަ ފިރިހެނެއް ނޫން.” ޝިމްލާ އައިސް އެތަނުގައި ހުރި ގޮނޑިއެއްގައި އިށީނދެލަމުން ބުނެލިއެވެ.

އިއާން ރަކިވެފައި ހުރެ އަވަސް އަވަހަށް އެތަނުން ދިއުމުން ރައިނާ އައިސް ޝިމްލާމެންނާއި އެއްބައި ވެލިއެވެ. “ރައިނާ.. ކޮބާ ކިހިނެތްތަ މިހާރު ކަންތައްތައް؟” ނާދިރާ އައިނު ލޮލުގައި އަޅާލަމުން ބުނެލިއެވެ. “ރަނގަޅު..” އިރުއޮއްސެމުން ދިޔަ މަންޒަރަށް ނަޒަރު ހުއްޓާލައިގެން އިނދެ ރައިނާ މިހެން ބުނެލި އިރު ފަހަތަށް ދޫކޮށްލެވިފައި އޮތް އިސްތަށިގަނޑަށް ވައިގެ ކުދި ގޯނާތަށް ލިބެމުން ދިޔައެވެ.

ސިޓިން ރޫމުގައި ނޫހުއާއި އެކު ބޯޅަ ކުޅެމުން ދިޔަ އިއާން ފެނި ރައިނާ ހެވިފައި ފޯނުގައި އެ މަންޒަރު ފޮރުވާލިއެވެ. މިތަން ބަލަން އިން ނާދިރާ އިޝާރާތް ކޮށްލުމުން ޝިމްލާ ބޯ ޖަހާލަމުން ވާހަކަ ފެށިއެވެ. “އިއާން ނިކަން ފޯރި ހުރޭ ދޯ ނުއްނުއަށް.” ޝިމްލާ ބުނެލިއެވެ. “އާނ.. މެލޭގައި ވެސް ސްކައިޕް ކޮށްގެން ތިބެދާނެ އެތަށް އިރަކު..” ރައިނާ ހިނިތުން ވެލިއެވެ.

“އެހެންނުން ވާނީ.. އަންހެނުންގެ ޑޮކްޓަރަކަށް ވީމަ އަބަދު ކުޑަކުދިން ބެލުމުގައި ވިއްޔަ އެއުޅެނީ.. ދެން ދަރިފުޅުމެން ކޮންއިރަކުންތަ ކުއްޖެއް ހޯދަނީ؟” ޝިމްލާގެ ސުވާލުން ރައިނާގެ މޫނު ކުލަ ވެއްޓުނު ކަހަލައެވެ. އެހިނިތުންވުން ފިލައިގެން ދިޔައިރު އޭނާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ.

“ތެދެއް ރައިނާ.. ދެން އެހާގިނަ ދުވަހު ތިހެން ތިބޭކަށް ނުވާނެ. ތަސްލީމާ ވެސް މާމަ ދަރިއެއް ނިކަން ބޭނުން ވާނުން..” ނާދިރާ މިހެން ބުނުމުން ރައިނާ ނުތަނަސް ވިއެވެ. “އަމް.. އަދި ކުޑަކޮން އަވަސްވީމަ.” ދެއަތް ދެއަތާއި މޮޑެމުން ރައިނާ ބުނެލިއެވެ.

“އަވަހޭ.. އަންހެންނުން ވާނެ މާ ލަސްނުކޮށް ކުދިން ހޯދަން.. އުމުރުން ދުވަސް ވާ ވަރަކަށް އެކަން އުނދަގޫވާނީ. އެހެންވެ ހައްތަހާ ވެސް މި ބުނަނީ.. އިއާންއަށް ވެސް މިހާރު ދެން ތިރީސް އަހަރު ވަނީ އެޔޮށް.. މަންމައަށް ފެންނަނީ ތިދެކުދިން މިކަމާއި ވިސްނާލަން.” ޝިމްލާ މިހެން ބުނުމުން ރައިނާގެ ނަޒަރު އިއާންއަށް ހުއްޓުނެވެ. އެހިތުގައި ވީ އުދާސްތައް ފޮރުވައިގެން ދެން އުޅެވޭނީ ކިހާ ދުވަހަކު ކަމެއް ނޭނގެއެވެ.

-ނުނިމޭ-

Comments (39)

  1. Nargis

    Hi readers. This is my first story on this site so hope you all will enjoy it. I would like to put on a disclaimer since this a 18+ story. This story is 18+ due to language, violence and sexual content. I repeat language, violence and sexual contact. Therefore continue reading keeping this in mind. I will write according to the community guidelines and my words will be within the limit not too much of anything. I will appreciate all of the positive and negative comments. This is a fictional story and is not copied or inspired from any real life events.
    Enjoy. Let me know what you think. ??

    1. aimin
      Nargis

      mi gotha konme liyuntheri aku ves kiyuntherinan mi kan kan angaala dhinun muhimu. and vaahaka feshun varah hiy gaimu. haasa koh sifakurun tha

  2. nadhaa

    hi nargis. welcome to the family. varah reethi igey sifakurun tha. already in love with iaan.

  3. rose

    feshun varah reethi. kon dhuvas dhuvahaku up vaani dhen?

    1. Nargis
      rose

      Tuesday and Saturday ?

  4. Malaa

    Ma sha allaah feshun vvv reethi… Bt nimendhen up kohdheyne kamah unmeedh kuran….

  5. Faathi

    Varah dhuvas fahun ibaarai kurun mihaa fashuvi vaahaka eh mi site ga kiyaalan mi libuni. hama sifavey. keep it up. waitinf for next part.

  6. hanaa

    first part varah reethi. umeedhu kuran mi vaahaka reethi vaane kama ?

  7. leena

    Wow.. feshun varah kamu gosfi igey. will wait for next part. and varah nice poster ?

  8. Xeesha

    V reethi…in love with iyaan

  9. sujaa

    yey new story. varah salhi igey. and good you put on the disclaimer. waiting waiting for sat.

  10. niusha

    masha allah. varah reethi furathama bai ves.

  11. Inu

    Aachaa. Varah reethi. Ibaaraaiy kurun hama habeys. Kiyan varah faseyha ehnve.

  12. Nish

    Mi vaahaka v reethi

  13. Kootha

    V reethi mi vaahaka

  14. Fathun

    Iyaan ge past egey hiyvejje. Eyna loabakun noon dho raina aa eku ulheny

  15. sonaalee

    Wow..v v reethi ..meee kithah episode ge story eh tha

    1. Nargis
      sonaalee

      adhi neyge kitha episode kame vaani ehen bunan. story liyaa varakun up kuramun gendhaani ?

  16. Ellie

    Wow I’m already in love with Ian.

  17. Nargis

    Thank you all. I’m glad you all like it ?? ❤️

  18. އާ8

    Mi vaahaka v rythi.. bt maa bodah sifa kohfa huhnany demafirin ge gulhumuge kankan.. e kan kan ehaa bodah sifa nukurias myhunah ingeyne.. dhen maa english ee.. its a dhivehi story dho.. umurun v duvas vefa thibey myhun vx mivaahaka thah kiyaakan alhugandah engey. Pls think abt them..adhu bimmaa men liyefa huhna vaahaka thah kiyaalaba.. v gina ideas thah libeyne vaahaka liyumuga kuriah dhaan..

    1. Yaana
      އާ8

      writer bunefa eba in kaneyge mi 18+ vaahaka ekey. read the comment on top. and alhugadakah hie nuvey mi site liyaa 18+ stroy thakaa balaafa maa bodu detail eh oi hen neh. just sharing my opinion.

    2. Nargis
      އާ8

      Thank you. alhugadu desclimer ga bunelaafa in hen mi vaahakaiga eyge manzaru himeneyne ekamu maa bodu detail akah nudhaanan. it will be written within the limits. ehaa ginain english beynun nukuran dhen liyaa iru visnaanan. Thank you for pointing that out. ?

  19. Faru

    V reethi. Cant wait for next episode

  20. mary

    Koba vaahaka??

    1. Nargis
      mary

      hey. i have submitted it for review this morning. esfiya in review kohfa they will publish it i don’t when it’ll get published so till than you guys have to wait.

  21. Samee

    Wow.. V nyc mi stwry.. Medhunukendi up kuraane kamah unmeedhu kuran..

  22. Sha

    Where is the story??

    1. Nargis
      Sha

      hehe. adhi up nuvey dhw. nargis ves iru irukolhaa mi balani publish vejje tho. it will get published eventually. ?

  23. faathun

    alhey dhen admin publish kohdheeba.. mihaaru kon ire inthizaaruga inatha. ebuni writer ves submit kuri vaahaka. waiting waiting.

  24. leen

    kon irakun tha publish vaani dhen? mi site ga adhi admin balaafa tha up kurani ves. avas kohlaa dhen

  25. maiha

    dhen kobaatha vaahaka? e ryn ge vaahaka iru irukolhaa up veyna. keeve tha mi vaahaka up nuvani? nargis kihine mi vani?

  26. rose

    koba? adhives up nuveyey nargis ?. Admin avas kohla dhinun edhen. kiyun therin miadhu ehkon mi thibeni inthizaaruge guiter kulhe kulhe.

  27. raaya

    oh godd! adhives up nuvey. sat ey miadhu.

  28. Nargis

    hey guys. look i know you all are waiting but episode 2 adhives ini pending ga. So there is nothing i can do. Sorry mihaa lasvathi but it’s out of my control. just wait okey. up vaane adhi ??

  29. kobaa heyy vaahaka!

    dhen alheyyyy… foohi.

  30. sonaa

    vaahak up eh nuvaanetha miadhu dhen? Admin brw avas kohla dheebala. hama beleni mi vaahaka up v tho

  31. pakaas

    Hadi… Copy koffa

  32. Anonymous

    Mi story vrh Tough Nargis Fahri?
    Keep it up??

Comments are closed.