Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަހަރެންގެ ލޯބި އަބަދުވެސް ކަލާ އަށް. ( ދެވަނަބައި)

shixz00 Level 1
December 16, 2016 4 Mins Read
12 Comments

“އަހަންނަށް އެނގިހުރެ އަހަރެންގެ ދައްތަގެ ދިރިއުޅުން ކިހިނެއް ގޮތްނޭނގޭ އަނދަވަޅަކަށް ވައްޓާލާނީ….. ”

ޝާއިން!..” ދަރިފުޅާ ކޮބާ އަދިވެސް ނުނިމޭތަ؟ މަންމަ އައިސް ދޮރުގައި ޓަކިޖަހާ އަޑުއިވުނެވެ. އަހަރެން ވަރަށް ހިތްނުތަނަވަސްވެ ހުރެ ގޮސް ދޮރު ހުޅުވައިލުމާއިއެކު މަންމަ ކޮޓަރި ތެރެއަށް ވަދެ.، ދައްތަ ކޮބައިތޯ އެހިއެވެ. އަދި ކޮޓަރީގެ އެތަން މިތަން ބަލައި ޗެކްކޮށް ހަދަންފެށިއެވެ… “މަންމާ! ދައްތަ ގޮއްސި އޭނަ ރައްޓެހިވެގެން އުޅޭ ކުއްޖާއާއެކީ!” އޭނައެއް ދެނެއްނާންނާނެ، ދައްތަ މިކައިވެންޏައް ޤަބޫލެއްވެސް ނޫން! ދެން ގަދަކަމުން  ކޮންމެހެން ކައިވެނި ކުރުވަން ވީ ކީއްވެ؟  މަންމަ އަހަރެންގެ ކަންކަށިމަތީގައި ވަރަށް ބާރަށް ޖެހިއެވެ. އަދި އަހަރެންގެ އަތުގައި ވަރަށްބާރަށް ހިފަހައްޓައިގެން ދަމަމުން ކަހަލަގޮތަކަށް އެންމެންގެ ކުރިމައްޗަށް ގެންދިއެވެ.. އަޔާންވެސް ފަހަތުން އައެވެ.

ކަސަކް؟ ކިހިނެއްވެގެން ތިއުޅެނީ؟ ބައްޕަ މަންމަކުރެން އެއްސެވިއެވެ. “އަޅެ ކޮންމެސް މީހަކު ބުނެފާނަންތަ މި ވެގެން އުޅޭ ގޮތެއް.”  ހިސާބަކަށް ހިތްހަމަ ނުޖެހިފައިހުރެ މަޝްރަބު ބުންޏެވެ.  އޭނަ ހުރީ ވަރަށް ހިތްނުތަނަވަސް ވެފައެވެ.   ބައްޕައަށް ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން އެހާހިސާބުން އެގުނެވެ… އެވަގުތު ޝާއިން  އަޔާން އާ ދިމާއަށް ބަލައިލެ ވުނެވެ.” އޭރު މަޝްރަބުގެ އާއިލާ މެންބަރުންވެސް ތިބީ ވީނުވީއެއް ނޭނގިފައެވެ. އަހަރެން ބަލަންނުހުރެ ކަންތަށްވީގޮތް އެންމެނަށް ކިޔައިދިނީމެވެ. އެއްޗެއް ބިންމަތީގައި ޖެހުނުއަޑަށް ބަލައިލިއިރު ބައްޕަ އޮތީ ބިންމަށްޗަށް ވެއްޓިވައެވެ. އަހަރެންގެ ދެފައި ތުރުތުރު އަޅަން ފެށިއެވެ.  މަންމަ ރޮމުން އަވަހަށް އެންބިއުލާންސް އަށް ގުޅާށޭ ،، ބުނުމުން އަޔާން އަވަހަށް އެންބިއުލާންސް އަށް ގުޅިއެވެ…. އަހަރެން ކައިވެނި  ހަފްލާއަށް އައި ހުރިހާ އެންމެންގެ ފަރާތުން މައާފަށްއެދި އަދި މިތަނުން ދިއުމަށް އެންގީމެވެ.

ނަސީބު ކަންދިމާކުރިގޮތުން  އެންބިއުލާންސްވެސް ވަރަށް އަވަހަށް އަތުވެއްޖެއެވެ،… އޭރުވެސް ބައްޕަގެ ހާލަތު ދަނީ ގޯސްވަމުންނެވެ. ބައްޕައަށް ވީގޮތެއްވެސް އިނގޭނީ ހޮސްޕިޓަލަށް ގެންދެވުނީމަތާއެވެ.. އޭރު  ގަޑިން  ހަވީރު 4.30 އެވެ.

ބައްޕަ އެންބިއުލާންސަށް ލައިގެން ގާތްގަނޑަކަށް 15 މިނެޓް ތެރޭގައި ހޮސްޕިޓަލަށް ގެންދެވުނެވެ.. ފުރަތަމަވެސް ބައްޕަ ވެއްދީ އިމަރޖެންސީ ރޫމް އަށެވެ. ޑޮކްޓަރ ބުނާނެ އެއްޗެއް ނޭނގޭތީ، އެންމެންވެސް ތިބީ ހާސްކަންމަތީގައެވެ… އިރުކޮޅެއްފަހުން  އިމަރޖެންސީ ރޫމްގެ ދޮރުހުޅުވާލައިފަ ނުކުތީ ޑޮކްޓަރެވެ. ” އިޓްސް ޖަސްޓް، ހިޒް ބްލަޑްޕްރެޝަރ އިޒް ހައި، ނަތިން ޓޫ ބީ ވޮރިޑް.. ހީ ވިލް ބީ ޑިސްޗާރޖްޑް ބައި ޓުމޯރޯ މޯރނިންގް ” ޑޮކްޓަރ މިހެން ބުނެފައި ދިއުމުން އަހަރެން މަންމަ ކައިރީގަ ގެއަށްދާށޭ އަހަރެން ބައްޕަ ކައިރީގައި ހުންނާނަމޭ ބުނީމެވެ.
“ބަލިމީހާ ގާތު ހުރެވޭނީ އެންމެ އެހީ ތެރިއަކަށް އިނގޭތޯ.” ނަރުސް ކުއްޖަކު އައިސް އެހެން ބުނުމުން މަންމަ އަދި ގޭގެ އެހެންމީހުންވެސް ގެއަށްދާން ހިނގައިގަތެވެ. އަދި ދަމުން ވާނުވާ އެންގުމަށް މަންމަ ބުންޏެވެ. ” އަހަރެންވެސް ޝާއިން އާ އެކީގަ ބޮސްކައިރީގަ މަޑުކުރާނަން… ” އަޔާން މިހެން ބުނުމުން ކަސަކް ބޯޖަހާލިއެވެ.

ބައްޕަ ކައިރީގަ ހުރެވެނީ އެކަކަށް ވީތީ، އަހަރެން އެތެރޭގައި މަޑުކޮށްފަ ،، އަޔާން ބޭރުގައި މަޑުކޮށްލިއެވެ. ނަމަވެސް އިރު އިރު ކޮޅުން ބައްޕަގެ ހާލުބަލާލައެވެ. ގަޑިން ދަންވަރު 1.20 ވެއްޖެއެވެ. ބައްޕަ އޮތީ ނިދާފައެވެ. އަހަރެން ނިދިއަންނާތީ،  ބޭރަށް ނުކުމެ ކޮރިޑޯގައި ހުރި ގޮނޑި ތަކުން ގޮނޑިއެއްގައި އިށީނީމެވެ. އޭރު ނިކަން ބޯކޮން ވާރޭ ވެހޭ އަޑު އިވެމުން ދިޔަ އެވެ. އަޔާން ހޯލް ތެރޭ ހުރެފައި އެތެރެއަށް ވަނީ ވިދާލުމުންނެވެ. އަހަރެން ފެނުމުން އަޔާން އަހަންނާ  ދިމާލަށް އަންނަނިކޮށް ފުރަތަމަ ފަހަރު ގުގުރާލި އެވެ. އަހަންނަށް ސިހިފައި ދެކޮޅަށް ބަލައިލީ ގަތް ބިރުންނެވެ. އަހަންނަށް ވީގޮތް އަޔާން ފެނުމުން ތަންކޮޅެއް ބާރަށް އައިސް އަހަރެން ކައިރީ ހުއްޓުނެވެ.
“ޝާއިން،” އަޔާންއަށް ބޭ އިހުތިޔާރުގައި ގޮވާލެވުނެވެ. އަހަރެން ބިރުގަނެފައިވާ ދެލޮލުން އަޔާން އަށް ބަލައިލީމެވެ. “އާރ ޔޫ އޯކޭ؟” އަޔާން އެހެން ބުނެފައި އަހަންނާ ޖެހިގެން އިން ގޮނޑީގައި އިށީނެވެ. އަހަންނަށް އަޔާންއަށް ބަލައިލާފައި ފުންކޮން ނޭވާއެއް ލީމެވެ. އަހަރެން ބޭނުންވީ ބިރު ނުގަންނަ ކަމަށް ހެދޭށެވެ. އެހެންތިއްބާ ހެނދުނުވީއެވެ.. އަހަރެން ބައްޕަ އޮތް ރޫމް އަށް ވަނީމެވެ. އަހަރެންގެ ފަހަތުން އަޔާންވެސް ވަނެވެ. ” ބޮސް ! ކިހިނެއްތޯ މިހާރު ؟ ރަނގަޅުތޯ؟ ބައްޕަ ރަނގަޅޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އެވަގުތު އެތަނަށް އައި ނަރުސް ކުއްޖާ ބައްޕަގެ ބްލެޑްޕްރެޝަރ ޗެކްކުރުމަށްފަހު  އެއްވެސް މައްސަލައެއް ނެއްކަމަށާއި، އަދި އިރުކޮޅަކުން ދޫކޮށްލާނެކަމަށްވެސް ބުންޏެވެ…

” ބައްޕާ! ބައްޕަ ސައި ބައްލަވަން ވީނުންތޯ؟ ” ނޫން ގެއަށްގޮއްސަ ސައިބޯނީ” ބައްޕަ އަހަންނަށް ބުނެލިއެވެ.. އިރުކޮޅެއްފަހުން ނަރުސް ކުއްޖާ އައިސް ބައްޕަގެ ބޭސް ސިޓީ އާއިއެކީ، ހުރިހާ ލިޔެކިއުންތަށް ހަވާލުކޮށްފަ، ބައްޕަ ގޮވައިގެން ގެއަށް ދިޔަސް އެންމެ ރަނގަޅުކަމުގައި ބުންޏެވެ.

ދެން އަހަރެން މަންމަ އަށް ގުޅީމެވެ. އަދި ބައްޕަގެ ހާލު ރަނގަޅުކަމާއި، ގެއަށް ދޫކޮށްލިކަމަށް ވެސް ބުނީމެއެވެ. ދައްތަ އާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދެއްކުމަށާއި، ގޭގެ އެންމެންނަށް މިކަން އަންގާށޭވެސް ބުނީމެވެ. އަހަންނާ އަޔާން ބައްޕަ ގޮވައިގެން ޓެކްސީއެއްގައި،، ގެއަށް ދިޔައީމެވެ. ގެއަށް ދިޔައިރު ހީވަނީ މުޅިން އެހެން ގެއަކަށް ވަދެވުނުހެންނެވެ. ގެ ހުރީ މުޅިން ބަދަލުވެފައެވެ. ދައްތަގެ ކައިވެންޏަށް ކުރި އެއްވެސް ޑެކޮރޭޝަން އެއް ފެންނާކަށް ނެތެވެ.  ގެ އޮތީ މުޅިން ސާފްކޮށްފައެވެ. ރަނގަޅު ގޮތަކީވެސް އެއީއެވެ. ވެއްޖެ ކަމެއް ދެން ނުވާކަމަކަށް ނުވާނެތާއެވެ…. މަންމަ ބައްޕަ ގޮވައިގެން ކޮޓަރިއަށް ވަނެވެ… އެދުވަހުން ފެށިގެން ގޭގެ މާހައުލަށް ވަރަށް ބޮޑުބަދަލުތަކެއް އައެވެ…. ދުވަސްކޮޅެއްވީތަނާ މުޅިއާއިލާ މާލެއަށް ބަދަލުވިއެވެ. ލަންޑަނުގައި ދިރިއުޅުނީ،، ދައްތަ އަށް އިތުރަށް ކިޔަވައި ދިނުމުގެ ގޮތުންނެވެ. އެހެންކަމުން މިއަދު މިތާނގައި ދިރިއުޅުމުގެ ބޭނުމެއްވެސް ނެއްތާއެވެ… 5 މަސް ވެގެންދިޔައިރުވެސް ދައްތަގެ ހަބަރެއްވެސް ނުވެއެވެ.
***************************

“5 އަހަރު ފަހެއެވެ…،،،”

އޮއްސެމުން ދިޔަ އިރުގެ ދޯދިތަކުން އުޑުގައި ދައުރު ކުރަމުންދިޔަ އަލިފާން ކުލައިގެ ދޫލަތަކުން ހީވަނީ ގަދަ އޮރެންޖް ކުލައިގެ ސައިލެއް އޮޅާލެވިފައިވާ ހެންނެވެ. މާހައުލަށް ވެރިވެފައިވާ ހީމޭންކަން ރާޅުގެ ލުއި މިޔުޒިކީ އަޑުން މުގުރާލަމުން ދިޔައިރު އެރީތި މިޔުޒީއަޑުން ހިތްތަކަށް ފިނިކަން ގެނެސްދެއެވެ. ލުއި ވައިރޯޅިތަކާއެއްކު ގަސްތައް ހެލިލާއިރު ގަސްތަކުގެ ގޮފިތައް ކޭތޭއަޑުވެސް ފަޒާގައި ގުގުމާލާފައި ވެއެވެ. ރާޅުޖަހާފަށުގައި އަތުގުޅުވާލައިގެން ނޫކަށިފުރައިގެ ލޯބިވެރިންތަކެއް ހިނގަމުން ދިޔައިރު ގޮނޑުދޮށަށް ފެތުރިފައިވާ އަނދިރިކަމުގެ ތެރޭން ފެންނަމުންދިޔައީ ރީތި ތަސްވީރު ތަކެއް ހެންނެވެ… އަހަރެން ގޮނޑުދޮށުކައިރީގައި ހުރި ހޮޅުއަށްޓެއްގައި އިށީންދެގެން އިންއިރު އަހަރެންގެ ނަޒަރު ހުއްޓާލެވިފައިވާ ފެންނަމުންދިޔަ ޖޯޑު ތަކަށެވެ. ހީސަމާސާ ކޮށްފައި އުޅޭއިރު ދޭތެރެއަކުން އަންހެން ކުއްޖަކު ބާރަށް ހަޅޭއްކުގެ އަޑު ފަޒާ ތެރެއަށް ފެތުރިގެން ދެއެވެ.

” ޝާއިން ! ކީއްކުރަނީ މިތާ؟ އަހަ.. ޒިޔާން! ޒިޔާން ކޮންއިރަކު މިތަނަށްއައީ ؟ ޒިޔާންއަކީ،، އަހަންނާއެކީ،، ކިޔެވި ކުއްޖެކެވެ.  އޭނާ އަކީ ރީތި ހަށިގަނޑެއްގެ ވެރިއެކެވެ.. ސްކޫލް ދުވަސްވަރުގައި ވެސް އޭނާ އަކީ އަންހެންކުދިންގެ ހިއްތަކުގެ ރާޖާއެވެ..  އޭނަގެ ފިރިހެންވަންތަ އަޑުގައި ރިހުމެއްވާކަހަލަ އެވެ. އަހަންނަށް އިނދެވުނީ ކަޅިވެސް ޖަހާނުލައި އޭނާ އަށް ބަލަހައްޓައިގެންނެވެ.

އޭ! ކިހިނެއްވެފަ؟ “ލަންޑަނަށް ބަދަލުވިފަހުން ދިމާނުވެ ވަރަށްގިނަ ދުވަސްތަކެއްފަހުން ދޯ މިދިމާވީ… ” އެހެންވެތަ ތިބަލަނީ ؟ ” ނޫނޭ ނުފެންނަތާ ގިނަ ދުވަސްތަކެއްފަހުން ފެނުނީމަ،…. ” އަހަރެން ހީކުރީ…. ޒިޔާން ހިނިގަނޑެއްޖަހާލިއެވެ…” ޒިޔާން ގެ ތި ގޮތްގަނޑު އަދިވެސް ފިލައިގެން ނުދޭތަ؟ މެރީ ކުރީތަ؟ ” އެއްފަހަރާ ހުރިހާ ސުވާލަކަށް ކިހިނެއްޖަވާބު ދޭނީ! ޒިޔާން ހިނިތުން ވެލައިފައި ބުންޔެވެ. ” ދެން މާލެ އަށް އެއްކޮށް ބަދަލުވީތަ؟ ” އާން އެހެންހެން ހީވަނީ…. ” ހިނގާ މިރޭ ކޮފީއަކަށްދާން! އެކަމް ޝާއިން ފްރީ ނަމަ ..” ” އާން! އަހަރެން ވަރަށް ފްރީ ވާނެ، އަޔާންވެސް މިދުވަސްކޮޅު ވީ އޭނަގެ ރަށަށް ގޮއްސަ ، ވަރަށް ފޫހި މިދުވަސްކޮޅު އެހެންވެ މިތަނަށްވެސް މިއައީ،..” އެހެންވީމަ ގުޅާނަން އިނގޭ މިހެންބުނެ އަހަރެންގެ ނަންބަރ ނަގައިގެން ޒިޔާން ހިނގައިގަތެވެ.. އަހަރެންވެސް  އިރުއޮއްސެން ކައިރިވުމުން ގެއަށްދާން ހިނގައިގެންފީމެވެ..

ރޭގަނޑު 9.30 ވީއެވެ… ގޭގެ ހުރިހާ މެންބަރުން ކެއުމަށް އިންސާފު ކުރުމަށްފަހު ގޭތެރޭގައި އަނގަމަޖާ ކުރަމުން ދިޔައީ، 9.45 ގައި ޓީވީން ދައްކާ ޑްރާމާއަށް އިންތިޒާރު ކުރަމުންނެވެ.. އެހެނަސް އަހަރެންގެ ނަަޒަރު ހުއްޓިފައިވަނީ، ފޯނަށެވެ. ޒިޔާން ގުޅާއިރަކަށެވެ……..

( ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shixz00

Level 1

Other Articles

Previous

އުމުރަށް ކަލާ – 3

Next

ހިތް އެކީ ދެވިއްޖޭ…15

Next
December 17, 2016

ހިތް އެކީ ދެވިއްޖޭ…15

Previews
December 16, 2016

އުމުރަށް ކަލާ – 3

12 Comments!

  1. Nafu says:
    December 17, 2016 at 1:32 am

    Gud story but this is kinda short?

    1. shixz00 says:
      December 17, 2016 at 1:00 pm

      Ok thanks next part dhigukollaanan ingey ?

  2. Khajja says:
    December 17, 2016 at 1:36 am

    V rythi ekam haadha kurey thankolheh dhigukolladhybala stry n waitin nxt prt gud nyt

    1. shixz00 says:
      December 17, 2016 at 1:04 pm

      Thanks ?

  3. Almaa says:
    December 17, 2016 at 7:56 am

    Nice

    1. shixz00 says:
      December 17, 2016 at 1:02 pm

      Thanks?

  4. Aish says:
    December 17, 2016 at 10:25 am

    Shixzoo kyhvetha author id in comment nukurany?
    and meehun bunaa vaahaka genesdheyiru “komaa koalhi ehge” thereyga genesdhyba eyrun kiyan faseyha vaane. mihaaru inna gothun viyyaa varah undhagu kiyan. fashaa thaanga komaa koalhi genesfa dhen nimeythaanga nyndhey coma koalhi eh. dhen maa avas aruvaalaafa hunnahen hyvany.. sifa kurun reethi baeh thanthaaga. dhen v haaves madhun english word genveythw balahchey.. first story v ma hunnaane dhw rangalhu kuran jehey kanthah.. waiting for the next part..

    1. shixz00 says:
      December 17, 2016 at 1:05 pm

      Thanks for ur advice… ?

  5. maain says:
    December 17, 2016 at 1:29 pm

    v v v v v v nice… konirakun next part up kolladheyni waitig ingey…

    1. shixz00 says:
      December 17, 2016 at 3:37 pm

      Thanks maain

  6. Malaa says:
    December 17, 2016 at 6:52 pm

    V reethi ma sha allaah. Bt v kuru dho

    1. shixz00 says:
      December 17, 2016 at 9:49 pm

      Tq mala iraadha kurehviyya next part dhigu kohlaanan… furathama part ahvure mi part dhiguvaane ?

Comments are closed.

Next Episodeއަހަރެންގެ ލޯބި އަބަދުވެސް ކަލާ އަށް – ( ތިންވަނަ ބައި)←


All Right Reserved!