Skip to content
އެސްފިޔަ

ދިވާނާ ވީ ލޯބިން …. ( ފުރަތަމަ ބައި)

“ސިއާން. އަދިވެސް ނިދަން އޮތީތަ. ޔަގީން މިއަދަކު ޗެކިން އަކަށް ލައްވާ ނުލާނެކަން. ސިއާން. ”

ދޮރުގައި ތަޅައިގަތީ މަންމައެވެ. އަހަރެން ނުހޭލަނީ ކަމަށް ހީކޮށެވެ. އެކަމަކު އަހަރެންނަށް ވުރެ ކުރިން ހޭލި މީހަކު ހުންނާނެހެނެއް ހިޔެއް ނުވެއެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ؟ އޮސްޓްރޭލިޔާއިން އަހަރެންގެ ކިޔެވުން ނިމިގެން މާލެ އައިސް މިވީ ހަފްތާއެއްގެ ތެރޭގައި އަހަރެން މޮޔަވާން ކައިރި ނުވީ ކިރިޔާއެވެ. ކުޑައިރުއްސުރެ އުޅެ ބޮޑުވީ އޮސްޓްރޭލިޔާގައި ކަމުން އަހަރެން ދަންނަ ރަހުމަތްތެރިއަކުވެސް ޒާނިޝް އާއި އަޔާން ނޫނީ ނުހުންނާނެއެވެ. އެދެކުދިންނަކީވެސް އޮސްޓްރޭލިޔާއިން އަހަރެން ކިޔެވި ޔުނިވަރސިޓީއިން ދިމާވެ ރައްޓެހިވި ދެކުދިންނެވެ. ނަސީބު ރަނގަޅުކަމުން އަހަރުމެންގެ މިޒާޖުވެސް ވަރަށް ގުޅެއެވެ.

“ހޭލަޔޭ މިއުޅެނީ މޮމް. ގިވް މީ އަ ސެކް. ”

އަހަރެންގެ ފޮށީގެ އަތްގަނޑު ދަމާލަމުން އަނެއްކާވެސް ލޯގަނޑުން ބަލައިގެން އިސްތަށިގަނޑު ރީތި ކޮށްލީމެވެ.އިސްތަށިގަނޑު ފަން ކަމުން ބޭނުން ގޮތެއް ހަދައެއްވެސް ނުލެވެއެވެ. ދެން ދިގުވީމައި ވަކި ހެދޭނެ މާބޮޑު ގޮތްތަކެއްވެސް ނެތެވެ. އެވަގުތު އަހަރެންގެ ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. ލައިގެން ހުރި ގަދަނޫ ކުލައިގެ ޖިންސް ގެ ޖީބުން ފޯން ނަގައި ބަލައިލީމެވެ.

“ޑޫޑް. ހަރީ. ވީއަރ ވެއިޓިން އެޓް ދަ ގޭޓް. ” އެއީ ޒާނިޝް ގެ މެސެޖެކެވެ. މިދަތުރުގައި އަޔާން އާއި ޒާނިޝް ބައިވެރިވާތީ އަހަރެން ހުރީ ވަރަށް ހިންހަމަ ޖެހިފައެވެ. މާޙައުލު ބަދަލުކޮށްލުމަށް ރާއްޖެ ތެރެއަށް ދަތުރެއް ދާން ބޭނުންވާ ވާހަކަ މަންމަ ކައިރީ ބުނުމުން މަންމަ ވަނީ ދަތުރު ރާވައި ދީފައެވެ. އަހަރެންނަށް ރާއްޖެތެރޭގެ އެއްވެސް ތަނެއްގެ ގޮތެއް ނޭނގޭނެއެވެ. އެހެންކަމުން އަހަރެން އަމިއްލަޔަށް ދަތުރެއް ރާވާނީވެސް ވަކި ކިހިނެއް ހެއްޔެވެ؟

“ބްރޯ. ޔޫ ލުކް ގުޑް. ހޭ. ޓޭކް ކެއަރ އޮފް ޔޯރ ސެލްފް” ދޮންބެ އަހަރެންނަށް ހަގް އެއް ދިނެވެ. އަހަރެންނަށް ވުރެ ފަސް އަހަރު ބޮޑު ކަމުގައި ވިޔަސް ދޮންބެ އަހަރެންގެ ރަހުމަތްތެރިއެކޭ ވާނީ އެއްގޮތެވެ.

“ޝައުފް ދަރިފުޅު ދެން އުޅޭ އަވަހަށް އޮފީހަށް ދާން ތައްޔާރުވާން. ގަޑިނުޖެހި ދާންވާނެ ހަނދާންކޮށް. ” މަންމަ ދޮންބެއަށް އެހެން ބުނެފައި އަހަރެންގެ ފަހަތުން އައެވެ. މަންމައަކަށް ދަރިއެއް ކިތަންމެ އުމުރުން ބޮޑުވިޔަސް ބޮޑުވާނެ ހެއްޔެވެ؟

އެންމެންނަށް ސަލާން ކޮށްލުމަށްފަހު އަހަރެން ނިކުތީމެވެ. އޭރު ގޭގެ ދޮރާށި ކުރިމަތީގައި ޒާނިޝްމެން ކާރުގައި މަޑުކޮށްލައިގެން ތިއްބެވެ.

“ދަރިފުޅާ އިހަށް މަޑުކޮށްބަލަ. ހޯރަފުއްޓަށް ދެވުނީމަ އައިޝާ ދައްތަ ކައިރީ ބުނާތި މަންމަ ވަރަށް ސަލާން ބުނެފަ ބުންޏޭ އެހެން ފަހަރަކުން މަންމަމެންވެސް ދާނަމޭ. މިފަހަރު ދަރިފުޅުމެން މަޖާ ކޮށްލަން ދާ ދަތުރެއްވީމަ މަންމަމެން ނުދިޔައީޔޭ. އިނގޭ. ” މަންމަ އަހަރެންގެ އަތްދިގު ޓީޝާޓްގެ ކަންކަނަށް ދަމާ ރީތިކޮށްލަމުން ހިނިތުންވެލިއެވެ.

“އޯކޭ. ތެންކްސް މޮމް. ލަވްޔޫ. ” މަންމަގެ ކޮލަށް ދޮނެއްދީފައި އަހަރެން ގޮސް ކާރަށް އަރާ ނައްޓާލީމެވެ.

“ޔޫ އަރ ޑޭމް ސްލޯ ޝޯން. ޗެކިން ނިމެން 25 މިނެޓަށް އެވީ. ” ޒާނިޝް ޝަކުވާ ކޮށްލިއެވެ.

“ހޭ ގާއިޒް ޗެކް ދިސް އައުޓް. ޑެނީ އެއްކަލަ ނަޝީއާ އިން އަ ރިލޭޝަން އޯ. ” އަޔާން އެފްބީ ޕޯސްޓެއް ދައްކާލިއެވެ. އެއާއިއެކު އަހަރެންގެ މޫޑް ކުޑަކޮށް ގޯސް ވާގޮތް ވިއެވެ. ނަޝީއެއީ އެހާ ގޮތެއް ނެތް ކުއްޖެއް ބާއޭ ހިތަށް އެރިއެވެ. އޮސްޓްރޭލިޔާގައި ކިޔެވި ފަހު އަހަރު އަހަރެންދެކެ ލޯބިވެޔޭ ކިޔައިގެން ފަހަތުން ދުވި އިރު އަހަރެންމީ ޓްރޫ ލަވް އޭ ކިޔައިގެން ދެއްކި ވާހަކަތައް މިހާރުވެސް ހަނދާނުގައި އެބަހުއްޓެވެ. އެންމެފަހުން އަހަރެން މިކޮޅަށް އައުމުން އަހަރެންގެ ރޫމް މޭޓް ދެކެ ހަމަ އެހާ ލޯބި ވީހެއްޔެވެ؟ އެއީވެސް ބައެއް އަންހެންކުދިން އުޅޭ ގޮތްވިއްޔާ އެވެ. ކުއްލިޔަކަށް އަހަރެންނަށް ހަނދާންވީ ރޭގައި ފެނުނު ހުވަފެން މަތިންނެވެ. އެއީ ރެޔަކު އަލަށް ފެނުނު ހުވަފެނެއް ނޫނެކެވެ. އެހުވަފެން އެކިފަހަރު މަތިން އެކިގޮތަށް ވަނީ ފެނިފައެވެ. އެއީ މިހާރު އަހަރެންގެ ހިތަށް ލިބޭ ފިނިކަމަކަށް ވަނީ ވެފައެވެ.

“ހޭ ގާއިޒް. ދެޓް ސޭމް ވިއަރޑް ޑްރީމް. ރޭގަވެސް. ”

” ހަމަ އެކުއްޖާ. ؟ ” ޒާނިޝް ފަހަތު ސީޓަށް އެނބުރިލަމުން އަހަރެންނަށް ބުނެލިއެވެ.

“ޔާ. ހަމަ އެކުއްޖާ. ބަޓް މިފަހަރު ފެނުނީ އެހެން ގޮތަކަށް. ” އަހަރެންގެ ވާހަކަ މެދު ކަނޑާލީ އަޔާން އެވެ.

“ނޫޑް ކޮށްތަ. ހަހަހަ”

“އިޓްސް ނޮޓް ފަނީ އާން. އެކަހަލަ ކުއްޖެއް ހެނެއް ހިޔެއްނުވޭ. ” ކާރުގެ ދޮރުން ބޭރަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އަހަރެންގެ ކުރިމަތިން އެ ހުވަފެން ތަކުރާރު ވަމުން ދިޔަ ކަހަލައެވެ. އެއީ ދިގު ހުވަފެނެއް ނޫނެކެވެ. ކުރު ދެތިން މަންޒަރެކެވެ. ގޭ ދޮރުމަތި ކުނިކަހަން ގުދުވެލައިގެން އޮތް އަންހެން ކުއްޖެކެވެ. ދުވަހަކުވެސް މީގެ ކުރިން ދެކިފައި ނުވާ ކުއްޖެކެވެ. ނަމަވެސް އެފެނިލުމުން ވެސް ދެކެފަރިތަ ކަމުގެ އިޙްސާސް އަހަރެންނަށް ކުރުވިއެވެ. އެއިޙްސާސް މިހާރުވެސް ވާކަހަލައެވެ. ލައިގެން ހުރި ފިޔާތޮށި ކުލައެއްގެ ސްކިނީ ޖިންސްއާއި މެރޫން ކުލައަކަށްދާ ކުރުތާ ފާޑުގެ ހެނދުމުގައި އެ ސޫރަ ފެންނަލެއް ހާދަ ފުރިހަމައެވެ. އެ ބޮޑު ދެލޯ އަހަރެންނަށް ކޮންމެ ތަނަކުން ފެނުނަސް އެނގޭނެއެވެ. އަހަރެން ފެނުމުން ތެދުވެ ހިންދެމިލަމުން ނިއްކުރި މަތީ ހުރި ދާތައް ފޮހެލީ އާޝޯހުވާފަދަ ފުރިހަމަ ބެލުމަކާއެކުއެވެ. އެހާ ފުރިހަމައަށް،ދުވަހަކުވެސް ފެނިފައި ނުވާ ސޫރައެއް އަހަރެންނަށް ހުވަފެނުން ފެންނަންވީ ކީއްވެހެއްޔެވެ؟

ކާރު އައިސް ހުޅުލޭ ފެރީ ޓަރމިނަލް އަށް މަޑުކޮށްލުމާއިއެކު އެންމެން އަވަސްވެގަތީ އެންމެ ފުރަތަމަ ފުރާ ފެރީއަކަށް އެރޭތޯއެވެ.

“ސްޓޮޕް ޑޭ ޑްރީމިން ޝޯން. އެއީ ހަމަ ހުވަފެނުގެ ރާނީއެއް. ހަގީގަތެއްނޫން. ” އަޔާން އަހަރެންގެ ފަހަތުން ދަބަސް ހިފައިގެން ފެރީއަށް އަރަމުން ބުނެލި ބަހަކުން ހިނދުކޮޅަކަށް ނަމަވެސް އަހަރެންނަށް މާޔޫސް ކަމެއް އިޙްސާސް ކުރެވުނެވެ. ކީއްވެގެން ކަމެއް ނޭނގުނެވެ. އެއީ ހަމައެކަނި އަހަރެންގެ ހުވަފެނުން ދޭތެރެއަކުން ފެނިލާ މޫނެކެވެ. ހަމަ އެކަނި ހުވަފެނުގެ ރާނީއެކެވެ. އެހާ ފުރިހަމަ ސޫރައެއް އަހަރެންގެ ޙަޔާތުގެ ފާއިތުވި ތޭވީސް އަހަރުވެސް ފެނިފައެއް ނުވެއެވެ. ނަމަވެސް އެއީ ޙަޤީގަތަކަށް ވާން ހިތްއެދެނީ ކީއްވެބާއެވެ.

“ޑޫޑް. ޝޯންގެ ހިތް މަރާ ނުލަބަލަ. މޭބީ ވަންޑޭ ޔޫ ވިލް ސީ ހަރ. އައިމް ޝުއަރ އިފް ޝީ އިޒް ރިއަލް . ޔޫ ޓޫ އަރ ޑެސްޓިންޑް ޓުބީ ޓުގެދަރ. ” ޒާނިޝް އަހަރެންގެ ކޮނޑަށް އަތްވައްޓާލަމުން އަހަރެންނަށް ހިތްވަރު ދިނެވެ. އަހަރެންގެ ހިތާ ހިތާ ޒާނިޝްގެ ޖުމްލައަށް ފުރިހަމައަށް އެއްބައި ވެވުނެވެ. ބުނެދޭން ނޭނގޭ ހިތްހަމަ ޖެހުމަކުން މުޅި ހަށިގަނޑުގެ ޖޯޝް އާވެގެންދިޔައީ އިސާހިތަކުއެވެ.

ކުއްލިއަކަށް ފޯން ރިންގުވާން ފެށުމުން ތެޅިގަނެފައި އަވަހަށް ނަގައި ބަލައިލީމެވެ. އެއަރޕޯރޓް ތެރޭގައި ހުރެވުމުން ތަނުގެ އަޑުމަޑުވެފައި ވުމާއިއެކު އަހަރެންނަށް އެ ހިނދުކޮޅުގެ ތެރޭގައިވެސް އެތަކެއް ލޯތަކެއް އަމާޒުވެގެން ދިޔައެވެ. ގަތް ލަދުން އިސްޖަހާލެވުނީ ދެވަނަފަހަރަކަށް އިސްއުފުލާ ބަލާލަންވެސް ނުކެރޭނެޔޭ ހިތާއެވެ. ގުޅީ ދޮންބެއެވެ.

“ޔެސް ދޮންބޭ. ” ދަބަސް ހިފައިގެން ކިޔޫއިން ކުރިޔަށް ޖެހިލަމުން ޖަވާބު ދިނީމެވެ.

“ކޮބާ ލައްވާލިތަ. ”

“އާން އެންމެފުލުން. ” ހިނިގަނޑަކާ އެކު ބުނެލެވުނެވެ.

” ހެހެ. އެވެސް ބޮޑުވަރު. ކޭ. ޑޯންޓް ފޮގެޓް ޓު ކޯލްމީ ވެން ޔޫ ރީޗް. ކަމެއް ބޭނުން ވެއްޖިއްޔާ ގުޅާތި. ”

“ޝުއަރ. ” އެއަށްފަހު ފޯން ބޭއްވިއެވެ. ދޮންބެ އަހަރެންނާއި ދޭތެރޭ އުޅޭވަރުން ބައެއްފަހަރު ބައްޕަ އަށްވުރެވެސް ހެޔޮހެން ހީވެއެވެ. ހަމަގައިމުވެސް ދުނިޔޭގެ ބަޔަކަށް ހަމަޖެހޭ ލޯބިވާ ޢާއިލާއެއް ލިބިފައި ވާނަމަ އެއީ އަހަރެމެންގެ ކުޑަ ކުޑަ ޢާއިލާކަން ޔަޤީނެވެ. އެހެން ހިތަށް އެރުމާއިއެކު އުފާވެރިކަމުގެ ހިނިތުންވުމެއް ތުންފަތާ ކުޅެލިއެވެ.

ސާޅީސް ފަސް މިނެޓެއްހާއިރުގެ ދަތުރަކަށްފަހު އަހަރުމެންނަށް ކުޅުދުއްފުއްޓަށް ލެފުނެވެ. އެއާއިއެކު މާގިނައިރެއް ނުވެ ހަމަޖެހިފައިވާ ލޯންޗުން ހޯރަފުއްޓަށް ދިއުމަށް ނައްޓާލެވުނެވެ. ވައިމަޑު، އުދަރެސްމަތި ސާފު، ވިލާ މަދު ދުވަހެއްކަމުން ވައިކަފާފައި ނޭނގި ހުއްޓާ އައިސް ހޯރަފުށީގެ ނެރުން ލޯންޗް ވައްދާލުމާއިއެކު އަހަރެންނަށް އިސްއުފުލާ ބަލައިލެވުނެވެ.

“ފައިނަލީ. ” އަޔާން އާއި އަހަރެންނަށް ބުނެލެވުނީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ. ތިން މީހުން އަތްޖަހާލާފައި ތެދުވީ ވީހާވެސް އަވަހަކަށް ރަށަށް އެރޭތޯއެވެ. އޭރު ލޯންޗް ގާތްކުރާ ދިމާލަށް ހައެކަ މީހުން އަންނަތަން ފެނުނެވެ. އޭގެތެރެއިން މެދުގައި އެންމެބޮޑަށް ހެވިފައި ރަތްކުލައިގެ ބުރުގައެކާއި ހެނދުމެއް ލައިގެން އެހެރީ އައިޝާ ދައްތައޭ އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. ބަލާބެލުމަށް އަދިވެސް ވާނީ ތިރީހަކަށް އަހަރެވެ. އެންމެ ކުރިން އެ އަންނަ ބޭބެއަކީ އައިޝާދައްތަގެ ފިރިމީހާ މުޙައްމަދުބޭކަން ޔަގީނެވެ. އެމީހުންނާއި އަރާ ހަމަވާންވާއިރަށް އެހުރިހާއެންމެންނަށް ނަންދީ އެކި ކެރެކްޓާރ ތަކަށް ބަހާލައި ނިންމާލެވިއްޖެއެވެ.

“މުޙައްމަދުބެ ދޯ. ” އަހަރެން ސަލާމަށް އަތް ދިއްކޮށްލަމުން ހިނިތުންވެލާފައި އަހާލީމެވެ.

“ނޫން އަހަންމަދުބެ މީ. މުހަންމަދުބެ ކަންނެއްޔަށް ގޮސްއުޅޭތީ ނާދެވުނީ ބަލާ. ” ވަގުތުން އަހަރެންގެ ހިލިފައި ހުރި ‘ޕޮސިޓިވް އެނާރޖީ’ ތައް ހުލިވި ކަހަލައެވެ. ގަތް ލަދުން ބިން ކޮނެފަ އަޑިއަށް ވަދެދާނަމޭ ހިތަށް އެރިއެވެ. އަހަރެންނަށް ބޯކަހާލެވުނީ ހަދާނެ ގޮތެއް ނޭނގިގެންނެވެ. ފަހަތުން އައިސް އަޔާން ކޮނޑުން ޖައްސާލިއިރު އޭނަގެ މޫނުމަތިންވެސް ގަދަކަމުން ހިފަހައްޓައިގެން ހުރި ހިނިގަނޑުގެ އަސަރު ފާޅުވާން ހުއްޓެވެ.

“މީތަ ޝާއިޤާގެ ސިއާން. ހާދަ ބޮޑޭ މިހާރު. ދައްތަ އެންމެ ފަހުން ދެކުނުއިރު މިވަރު ވަނީ. ” ދެއަތް ކައިރިކޮށްލަމުން އަހަރެންގެ އޭރުގެ ސައިޒު ދައްކައިލަމުން އައިޝާ ދައްތަ ދިމާކޮށްލިއެވެ. އަހަރެންނަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އައިޝާދައްތައާއި އެންމެން އެހާ ހިތްހެޔޮވީމައި އަހަރެން ހުރީ ވަރަށް އުފަލުންނެވެ. ޒާނިޝް އާއި އަޔާން އިންޓްރޮޑިއުސް ކޮށްދިނުމަށްފަހު މަޑުމަޑުން ގެއާއި ދިމާލަށް މިސްރާބު ޖެހުނެވެ. އަހަންމަދުބެ ބަރޮލަށް އަހަރުމެންގެ ފޮށިތައް އަޅައިގެން ދިޔައެވެ.

ޒާނިޝް އަހަރެންގެ އަތުގައި ކޮށްޓާލުމުން އަހަރެން ބަލައިލީމެވެ. ލޮލުގެ އިޝާރާތުން ފަހަތް ބެލުމަށް އެންގީ ލާނެތް ހިނިތުންވުމަކާއެކުއެވެ. އަހަރެން ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. ޒާނިޝް އާއި އަޔާން މިހާ އަވަހަށް އައިޝާ ދައްތަގެ ރަނާ އާއި ރިޔާއަށް ލޯއަޅަން ފެށީއެވެ. އޭރު އެދެކުދިންވެސް މަޑުމަޑުން ކުދިކިޔަމުން އެއަކު އަނެކަކަށް ހެމުން ހުރެ އާދެއެވެ.

“އަދި ރަށަށް އެރިތާ ފަސްމިނެޓް ނުވެގެން މި އުޅެނީ. މިހާއަވަހަށް. ” އަހަރެން ލޯބޮޑުކޮށްލީ އެދެމީހުންގެ ކަންތައް ހުރިގޮތުން ހާސް ވެފައެވެ. އެދެމީހުންވެސް ހެވިދިލިފައި ހުރެގެން އާދެއެވެ.

“މާލޭގަ އަބަދު ކާރުގަ ދެކޮޅަށް ދުއްވިޔަސް މިރަށަށް އައިސް އުޅެންޖެހޭނީ ހިނގާފަ. ކުޑަކޮށް ކަސްރަތުވެސް ލިބޭނީ އޭރުންނެއްނު. ” އައިޝާ ދައްތަ އަހަރުމެންނަށް ހިނގާފައި އެހާ ދުރަށް ދާންޖެހުމުން ތިބީ އުނދަގޫވެފައޭ ހިތަށްއަރާފައި ހިނިތުންވެލަމުން ބުންޏެވެ.

“އަހަރެން ވަރަށް ހިންހަމަޖެހިފަ މިހުރީ މިރަށަށް އައިސް މިހެން ހިނގާލަން ލިބުނީމަ. ދިވެހި ރާއްޖޭގެ ގުދުރަތީ ރީތިކަން މި ފެންނަން ފެށީ އަދިކިރިޔާ. މިއޮތްހާ ދުވަހު ރާއްޖެއިން ބޭރުގަ އުޅެފަ އައިސްވެސް މާލޭގަ ހުންނަންޖެހުމުން މިކަހަލަ ހިއްފަސޭހަ މާޙައުލެއްގަ އުޅެލާހިތުން މި އައީ ވެސް. އެހެންވީމަ ރަށްފުށުގެ އާދަކާދަތައް އޮންނަގޮތަކަށެއްނު އުޅެންވާނީ. ” އަހަރެންވެސް އަހަރެންގެ ޚިޔާލު ފާޅުކުރީމެވެ. ހަގީގަތުގައިވެސް އަހަރެން ހުރީ ހިންހަމަޖެހިފައެވެ.

“އަދި މަންމަ ބުނި ވަރަށް ސަލާމް ބުނެފަ އައިޝާ ދައްތަކައިރީ ބުނާށޭ މަންމަމެން އަދި އެހެންފަހަރަކުން އަންނާނަމޭ. މިއީ އަހަރުމެން މަޖާކޮށްލަން އައި ދަތުރަކަށް ވީމަ ނައީޔޯ. ”

“އާނ ޝާއިޤާ އަބަދުވެސް އަންނަން ކިޔާނެ. އެކަމަކު ދުވަހަކުވެސް އާދެވޭ ކަމަކަށް ނަހަދާނެ. މިފަހަރުވެސް ސިއާން މެން ވީމަ ތިއާދެވުނީ. ” އައިޝާދައްތަ ޝަކުވާ ކޮށްލިއެވެ.

ވަކިހިސާބަކަށް ގޮސްފައި އަޅާލި ގޯޅިއަކާއިއެކު އަހަރެންނަށް ދަންނަ މަންޒަރުތަކެއް ފެންނަހެން ހީވިއެވެ. ނަމަވެސް އަހަރެން ދުވަހަކުވެސް އައި ރަށެއް ނޫނެވެ. ހައިރާންވެފައި ބަލަންހުއްޓާ އަހަރެންނަށް ފެނުނީ އިލޮށިފަތި ހިފައިގެން ގޭދޮރުމަތި ކުނިކަހަން އޮތް ކުއްޖެކެވެ. އަހަރެންގެ ހިތުގެ ތެޅުން އަވަސްވެގަތީ ފެނުނު މަންޒަރުންނެވެ. އަހަރެންގެ ހުވަފެން ލޯމަތިން ސިފަވެގެން މިދަނީ އެއްވެސް ތަފާތުކަމެއް ނެތިއެވެ. އެވަގުތު އަހަރެންގެ ލޮލުގައި އަޅާފައިވާ ރޭބަން އައިނު ހިއްލާލެވުނީ ބޭ އިޚްތިޔާރުގައެވެ. ހިންދެމިލަމުން ނިއްކުރި މަތީ ހުރި ދާތައް އެ ފޮހެލީ އާޝޯހުވާފަދަ ފުރިހަމަ ބެލުމަކާއެކުއެވެ. އެއީ ހަމަ. އަހަރެންގެ ސިކުނޑި މަސައްކަތް ކުރަން ކުޑަ އިރުކޮޅެއް ނެގިއެވެ. އެ ފިޔާތޮށި ކުލައިގެ ސްކިނީ ޖިންސްއާއި މެރޫން ކުލައަކަށްދާ ކުރުތާ ފާޑުގެ ހެނދުމެވެ. މާޝާ ﷲ. އަހަރެންގެ ހިތް ބުނިއަޑު އިވުނެވެ. އެ ބޮޑު ދެލޮލާއި ލޭފަވެތި ހަށިގަނޑެވެ. އެމޫނުމަތިން އަހަރެންނަށް ދަންނަ ވައްތަރު ޖަހަނީ ކީއްވެގެންކަން އަހަރެންނަށް އެނގިއްޖެއެވެ. އެއީ އަހަރެންގެ ހުވަފެނުގެ ރާނީއެވެ. އަހަރެންގެ ހިނގުންވެސް މަޑުވެގެން ދިޔަކަން އެނގުނީ ފަހަތުން އައި އަޔާން އާއި ޒާނިޝް ގާގައި ލައިގަތުމުންނެވެ.

“ޝޯންގެ ކަންތައް ވަކި ދެރައެއްނޫނެއްނު. ބަލާގޮތުން ހީވަނީ އެމަންޖެ އެއްފަހަރާ ދިރުވާލަންއުޅޭހެން. ” އަޔާންގެ ބަހުގެ ހަމަލާއާއިއެކު އަހަރެންނަށް ހޭވެރިކަންވިއެވެ. އަޔާން އެބުނިއެއްޗެއް އެ ކުއްޖާއަށް އިވޭނެކަން ގައިމެވެ. އެކުއްޖާގެ މޫނުމައްޗަށް އަރައިގެން ދިޔަ ޖަމްބުކުލައިންވެސް އެކަން ސާބިތުކޮށްދެއެވެ. އިސްޖަހައިގެން އަނެއްކައިވެސް ކުނިކެހުމާއިގެން އަވަދިނެތި ވެއްޖެއެވެ.

އަހަރެންނަށް އަނގަ ހުޅުވިފައި ކަހަލަ ގޮތަކަށް އިރުގަނޑެއް ވަންދެން ހުރެވުނެވެ. މަޑުމަޑުން އަހަރެން އަޔާން އާއި ޒާހިން ގާގައި ކޮއްޓާލީމެވެ. ދެމީހުން އެއްފަހަރާ ކަހަލަ ގޮތަކަށް ސަމާލުކަން ދިނެވެ.

“ދެޓްސް ހަރ. ” އަހަރެން ހައިރާންކަމާއެކު ބުނެލީމެވެ.

“ޔޯ ޑްރީމް ގާރލް. ؟؟” ޒާހިންއަށް ނަގައިގަނެވުނެވެ.

“ނޯވޭ. ދެޓްސް ޓޫ ގުޑް ޓުބީ ޓްރޫ. އެހާ ރީތި މަންޖެއެއް. ޔޫ އަރ ޖަސްޓް މޭކިން ދިސް އަޕް. ” އަޔާން ގަބޫލުކުރާކަށް ބޭނުން ނުވާ ކަހަލައެވެ.

“އަހަރެން ކަހަލަ ރީތި މީހަކު ހުވަފެނުންވެސް ހަޑި ކުއްޖަކު ބަލާނެތަ؟” ވަރަށް ވެލާފައި އަހަރެންވެސް އަޔާން އަށް ރައްދުދިނީމެވެ. އެކަހަލަ ގޮތަކަށް މަޖާ އަނގަތެޅުމުގައި ތިއްބާ ގެއަށް އާދެވިއްޖެއެވެ. ރާއްޖެތެރެއާ ބަލާފައި ފެންވަރު ރަނގަޅު ގެއެކެވެ. ގެރާނާފައި ވާގޮތުން ގޯތި ބޮޑުކަމަށް ދައްކައެވެ. ގޯތިތެރޭގެ ހުސް ބައިގައި ގައު އަތުރާފައިވެއެވެ. ހިޔަވަރުގެ ފެންޑާކޮޅެއްވެސް ޖޯލިފަތި ބަހައްޓާފައި ހުއްޓެވެ. އެނތެރެއަށް ވަންނަމުން އައިޝާ ދައްތަ ކޮޓަރި ދެއްކިއެވެ. ބޮޑުނޫނަސް ހިޔަވަރު ވަރެއްގެ ސިޓިންރޫމް ކޮޅަކަށް ނިކުމެވޭ ގޮތަށް ހުރި ކޮޓަރިއެކެވެ. ކޮޓަރި ހުޅުވާލުމާއިއެކު އަހަރުމެންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް އަނގަހުޅުވާލެވުނީ ލިބުނު ހައިރާން ކަމެއްގެ ބޮޑުކަމުންނެވެ. އޭރު ރަނާ އާއި ރިޔާ އަހަރެމެންގެ ފަހަތުގައި ޖައްސާފައި ތިބެގެން ހެނީއެވެ.

-ނުނިމޭ-

 

Comments (22)

  1. Alsha

    Dear readers this is my new story…??hope yuh guys will like it..
    Thanks all of yuh

    1. mamee
      Alsha

      shut up….this is a copy story. GUDUMEENA is the author of this story. u cheat..

    2. gudumeena's friend
      Alsha

      who the hell are you?? this story name is dheevaana loabin vejjey….this a story from gudumeena. so please dnt try to make us fool..

    3. Sheen
      Alsha

      Liar…this is a story of gudu…you are copying it…kurin ves mi vaahaka nerefa othy hama esfiya ga…if you want to write stories create your owm stories…dont copy others

  2. Dhiva

    Cheater

  3. ~minty~

    I have read this story before …its a nice story

  4. ~minty~

    ND yah now I remember…gudu is the author right…now what is this then?

  5. Shanna

    New story ey??? Ekam m8 story kiyaifin..author name not same… ajaibu vejje hama..

  6. AN

    Copy story

  7. Xoom

    Mi vaahaka kurin keen mi thi kuhjaa ge vaahaka eh nun vaahaka liyaanama ehen meehunge vaahaka thakah kurafinaaruvaa plx buhdhi vehri goathakee eh meehaku ahmilah vaahaka eh liyun eyrun ihuthiraama qadhar libeyni

  8. Booooo

    Alhey!!!!!! Magey aa vaahaka ekey bunaakah ladhevves nugaiy. Bala mivaahaka nukiyaa meehaku esfiyaige readers thereyga noolheyne.
    Link leveytho mi ulhunee but esfiya mi innanee coppy past nukureveygiy hadhaafa. So nulevunu.
    GUDMEENA ge page 5ga mi part innaane. Alsha kiyaalabala.
    Plz dont repeat thi again.

  9. Mona

    Yes…mee kiyaafa oii story eh…copy cat

  10. Shiu

    alhe kulhudufusheega airport oveytha

    1. kujja
      Shiu

      No what happened Shiu ??

  11. Mary

    Could anyone tell me that how can i read this story..is their any special page for gudumeena’s story

  12. Anonymous

    Gudumeenaage dheevaanaa loabinvejjey thankolhe bodhuvaru thee pis pis pis

  13. nishu

    Copy copy copy dhen mivarun vaahaka nuliye bala kabulo

  14. Dhondhooni

    copy..

  15. lamha

    Wow this story was very nice

  16. Mohamed

    Very nice

  17. naai

    Very nice

Comments are closed.