Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އުމުރަށް ކަލާ – 1

leykokaa Level 1
December 12, 2016 3 Mins Read
52 Comments

ޔުސްރާ އޭނާގެ ޝިފްޓު ނިމުމުން ދަބަސް ހިފައިގެން ގެޔަށްދާން ހޮސްޕިޓަލުން ނިކުތްއިރު އުދަރެސްމަތިން ރަތްވިލާތައް ދަޅަޖަހަމުންދެޔެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ތަރުޖަމާނެއްގެ ވަޒީފާ އަދާކުރަމުންދާއިރު ޔުސްރާ އުޅެނީ އޭނާގެ ބޮޑުބޭބެ، ޝަފީގުގެ ގޭގައެވެ. ޔުސްރާ ތުއްތުއިރު އޭނާގެ މައިންބަފައިން ނިޔާވުމުން، ޔުސްރާ ބެލުމުގެ ހުރިހާ ޒިންމާއަކާ ހަވާލުވީ ޝަފީގުއެވެ. އެއްވެސް ޝަކުވާއެއް ނެތި، ޔުސްރާ ބަލާ ބޮޑުކުރީ ވަރަށް ލޯބިންނެވެ. އަމިއްލަ ދަރިއެއް ފަދައިންނެވެ. ގެޔަށް ވަދެގެން ދިޔައިރު، ހިންދީ ލަވައެއްގެ އަޑުއިވެއެވެ. ޗަންދާ އޮތީ ރޭޑިޔޯއިން ލަވަޖަހައިގެން ސިޓިންގް ރޫމުގައި ފެންފޮތިލާންށެވެ. އާދައިގެމަތިން، ޔުސްރާ ޝިފްޓު ނިންމާފައި އައިސް ނަމާދުކޮށްލައިގެން ޤުރުއާންކިޔަވަންއިންދާ، ބަނޑުހައިވާން ފެށިއެވެ. ހަވީރު ސައި ނުބޮއި ހުރިކަން ހަނދާންވުމުން، ކައިރީގައި ހުރި މޭޒުމަތީގައި ހަތިމް ބޭއްވުމަށްފަހު، ތިރިއަށް ދިޔައެވެ. “ޗަންދާ. ކޮބާ ބޮޑުބެ؟” ޔުސްރާ ކޮފީ ތައްޓެއް ގިރާލަމުން ޗަންދާ ގާތުގައި އެހިއެވެ. “ބޮޑުބެ، މީޓިންގްގަވީ.. އަންނަނީ އަވަހަށް.” ޗަންދާ ބުންޏެވެ. ކްރަމްޕީ ޖަހައިގެން ދެތިން ޕާންފޮތި ކާލިތަނާ ޝަފީގު ގެޔަށް ވަދެގެން އައިތަން ޔުސްރާއަށް ފެނުނެވެ. ޝަފީގު ހުރީ ވަރުބަލިވެފައިކަން މޫނުމަތިން އެނގެއެވެ. “ބޮޑުބޭ.. އޮފީސް ނިމުނީތަ؟” ޔުސްރާ ފިނި ފެންތައްޓެއް ހިފައިގެން ގޮސް ޝަފީގު އަތަށް ދެމުން ބުނެލިއެވެ. ޝަފީގަކީ ރަށުގައި އެންމެ ނަންއަރާހުރި އެއް ވިޔަފާރިވެރިޔާއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. މާލޭގައިވެސް އޭނާގެ ބައެއް ފިހާރަތައް ހުރެއެވެ. “އާނ.. މިއަދަށް ނިމުނީމި..” ޝަފީގު ޔުސްރާގެ ސުވާލަށް ޖަވާބުދިނެވެ.

ރޭގަނޑުގެ ކެއުމަށްފަހު، ޔުސްރާ އޭނާގެ ކޮޓަރިއަށް އައިސް ނިދަން ތައްޔާރުވެލިއެވެ. ދޮރުގައި މީހަކު ޓަކިޖަހާ އަޑަށް، ދޮރު ހުޅުވާލިއިރު ހުރީ ޝަފީގެވެ. “ބޮޑުބެ. މިވަގުތު؟ ކީއްވީ؟” “ޔުސްރާ..” ޝަފީގު ކޮޓަރީގައި ހުރި ސޯފާގައި އިށީންނަމުން ބުނެލިއެވެ. “ކީއްވީ ބޮޑުބޭ؟” ޔުސްރާ ޝަފީގު ކައިރީ އިށީންނަމުން ބުނެލިއެވެ. “ދަރިފުޅު މިހާރު ދެން ވިހި އަހަރުވީއެންނުދޯ؟ އެހެންވެ ބޮޑުބެ މި ވިސްނަނީ ދަރިފުޅުގެ ކައިވެންޏާ މެދު.. އެބައުޅޭ މިރަށަށް އައިސްގެން ކުއްޖެއް. މާލޭގަ ގެ ހުރި ޑޮކްޓަރެއް.. ޔުސްރާއަށް ވުރެ ދެތިން އަހަރު ބޮޑުވާނީވެސް..” ޔުސްރާ ހުރީ ޝަފީގުގެ ވާހަކައާމެދު ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. “ބޮޑުބެ ބޭނުން ޔުސްރާ އޭނައާ ކައިވެނިކުރަން.. އޭނަ ހުރީ ހަމަ ތައްޔާރަށް.. މިކަހަލަ ކުއްޖެއް މިރަށުން ފެންނާނެހެން ހިޔެއްނުވޭ.. ހާދަ ރަނގަޅޭ އޭނަ.. އަދި ނުލާހިކު ދީންވެރި.. ބޮޑުބެއާ ދިމާވީ ރަށު ސްކޫލުގައި އޮތް ހެލްތް ކޭމްޕުން. ޔުސްރާ އޯކޭ ތަ؟” ޝަފީގުގެ ވާހަކަ ނިންމާލަމުން ޔުސްރާ ގާތުގައި އެހިއެވެ. ޔުސްރާ ކުޑައިރުއްސުރެ ބަލާބޮޑުކުރީ ޝަފީގުކަމުން، ޝަފީގުގެ އެދުމަށް ނޫނެކޭ ބުނާކަށް ޔުސްރާއަކަށް ނުކެރުނެވެ. ޅައުމުރުގައި ކައިވެނި ކުރަން ބޭނުންނުވިނަމަވެސް، ކައިވެންޏަށް އާނއެކޭ ބުނީ ދެ ޙިޔާލެއްގައިހުރެއެވެ.

ހެނދުނު ހޭލައިގެން، ސައިބޯން ތިރިއަށްދާން އުޅެނިކޮށް ބަޔަކު ސިޓިންގ ރޫމުގައި ތިބެގެން ވާހަކަ ދައްކާ އަޑުއިވުނެވެ. ފިރިހެނެއްގެ އަޑު ވާހަކަތަކުގެ ތެރެއިން އިވޭތީ، އަލަމާރީގަ އަޅުވާފައި ހުރި ދޫ ޖިލްބާބާއެކު ކަޅު ބުރުގަލެއް އަޅައިގެން ސިޑިން ފައިބައިގެން ދިޔައިރު، ސޯފާގައި ޒުވާން ފިރިހެން ކުއްޖަކު އިންތަން ފެނުނެވެ. ބަލާލަން ނުހަނު ރީއްޗެވެ. އިސްތަށިގަނޑު ފަންވެފައި، ދިގެވެ. މަޑު މުށިކުލައިގެ ދެލޯ ރަން މުތްތަކަކާ އެއްފަދައެވެ. އޭނާވެސް ހުރީ ޔުސްރާއަށް ބަލަންށެވެ. “ޔުސްރާ.. އައިސްބަލަ.” ޝަފީގު ގޮވާލިއެވެ. “މިއީ އަޔާޒް. ބޮޑުބެ ރޭގަ ބުނީމެންނު ކުއްޖެއްގެ ވާހަކަ. މިއީ އޭނަ.” ޔުސްރާ އިސްޖަހައިލައިގެންހުރެ ސޯފާގައި އިށީންދެލުމުން ޝަފީގު ބުނެލިއެވެ. “ދެކުދިން ދާންވީނު ޓެރަސްއަށް ވާހަކަދައްކާލަން..” ޝަފީގު ބުންޏެވެ. ޔުސްރާ ތެދުވުމާއެކު އަޔާޒްވެސް ތެދުވެގެން ޔުސްރާގެ ފަހަތުން އައެވެ. ޓެރަސްގައި ހުރި ބޮޑު އުނދޯލީގައި ޔުސްރާ އިށީންދެލުމުން އަޔާޒް އައިސް ޔުސްރާ ކައިރީގައި އިށީންދެލިއެވެ. ކައިރީގައި ހުރި މާގަސްތަކަށް ބަލަން ދެމީހުންވެސް ތިބީ، ލަދުން ވާހަކަދައްކަން ނުކެރިފައެވެ. “ހާއި… އައިމް އަޔާޒް..” ޔުސްރާއަށް ބަލާލަމުން އަޔާޒް ބުންޏެވެ. “އައިމް ޔުސްރާ.. ރައްޓެހިން ކިޔާނީ ޔައްޔަ.” “އެހެންތަ.. ޖޮބެއްގަތަ އުޅެނީ؟” އަޔާޒް އެހިއެވެ. “އާން. ހޮސްޕިޓަލްގަ.” އަޔާޒްއާ ކަޅި ހަމަކޮށްލަމުން ޔުސްރާ ބުނެލިއެވެ. “މެރީކޮށްފަ ނުދާނަން ދޯ؟ އައި މީން ޖޮބަށް..” “އަޔާޒް ބޭނުންގޮތެއްހަމަ” ޔުސްރާގެ ޖަވާބާއިއެކު އަޔާޒް ހިނިތުންވެލިއެވެ. “ގޭގައި އުޅޭނެ ބައިވަރު މީހުންވެސް.. ޔުސްރާ އެކަންޏެއް ނުވާނެ. އަޔާޒް ދޭނަމޭ ޔުސްރާ ބޭނުން އެއްޗެއް.” އަޔާޒް ހީލައިގެން އިނދެ ބުނެލިއެވެ. ދެމީހުންނަކީވެސް އެއް މިޒާޖެއްގެ ދެމީހުންކަމަށްވުމުން، ޔުސްރާއަށް އަޔާޒް ގާތުގައި ވާހަކަދެއްކުނީ ވަރަށް ފަސޭހަކަމާއެކުއެވެ. އެއްވެސްކަހަލަ އުނދަގުލެއްނުވެއެވެ. ބައިވެރިއެއްގެ ކިބައިގައި ހުރުމަށް އެދޭ ހުރިހާ ސިފައެއް އަޔާޒުގެ ކިބައިން ޔުސްރާއަށް ފެނުނެވެ. ދެމީހުން ބޮޑު ވާހަކައިގައި ތިބިއިރު ވަގުތު ދިޔަ ގޮތެއް ނުވެސް އެނގެއެވެ.

އަޔާޒް ކުޅުދުއްފުއްޓަށް އައީ ހެލްތް ކޭމްޕަކަށްކަމަށްވުމުން، އަޔާޒް ބޭނުންވީ ވީހާވެސް އަވަހަށް ކައިވެނިކޮށްގެން މާލެ ބަދަލުވާށެވެ. ޔުސްރާ ވަޒީފާއިން ކެނޑެންވެގެން ސިޓީލުމަށްފަހު ހޮސްޕިޓަލް އޮފީހުން ނިކުތްއިރަށް މީހަކު އޭނައަށް ގޮވާ އަޑުއިވުނެވެ. ފަހަތަށް ބަލާލިއިރު ހުރީ ސުޒާންއާއި އަމާނީއެވެ. ޔުސްރާގެ އެންމެ ގާތް އެކުވެރީންނެވެ. ސްކޫލު ދައުރު އެކީ ނިންމާލުމަށްފަހު، ހޮސްޕިޓަލަށް ވަޒީފާއަށް ނުކުތީވެސް ހަމަ އެކީގައެވެ. “އެއީ ތެދެއްތަ؟ މިމީހުން މިކިޔަނީ… ބުނޭ ދޮގެކޭ އެއީ..” ފެންކަޅިވެފައިހުރެގެން ސުޒާން ބުންޏެވެ. “އެއީ ތެދެއް ސޫޒީ.. ގުޅާވެސް ނުލެވުނީ ފޯނުގަ ކްރެޑިޓް ނެތީމަ..” “ދެން މާލެ ބަދަލުވަނީތަ؟” އަމާނީ ވެސް ހުރީ ރޮވެން ކައިރިވެފައެވެ. “ސާބަސް ޔޫ ޓޫ.. ވީ ކޭން ވައިބަރ އެންނު.. އަންނާނަމޭ ކުޅުދުއްފުއްޓަށްވެސް.. ދެން ނުރޮއެބަލަ.” ޔުސްރާ ހެމުންހެމުން ބުނެލިއެވެ. ކައިރީގައި ހުރި ބެންޗުގައި އިށީންދެލައިގެން އިނދެ، ސުޒާންއާއި އަމާނީ ގާތުގައި ކައިވެނީގެ ވާހަކަދައްކަން އިންއިރު، ޔުސްރާ ހުރީ ވަރަށް އުފަލުންނެވެ. އަޔާޒު ކަހަލަ ބައިވެރިޔަކު ލިބުނީ ޔުސްރާގެ ނަސީބު ރަނގަޅުވީމަ ކަމަށް އޭނާ ޤަބޫލުކުރިއެވެ.

ގިނަ ލާރިތަކެއް ހަރަދުކޮށްގެން، ބޮޑު ޕާޓީއެއް ބާއްވާން ޔުސްރާ ބޭނުންނުވުމުން، ކޯޓުގައި ކައިވެނިކުރިއެވެ. އެދުވަހު ހަވީރު ގޭގައި ކައިވެނީގެ ވަލީމާ ބޭއްވީ ކުޑަގޮތަކަށެވެ. އެންމެ ގާތް އެކުވެރިންނާ، ޢާއިލާ މީހުންނާ އެކުއެވެ. ކައިވެނީގެ ވަލީމާއަށްފަހު، ޔުސްރާ ކޮޓަރިއަށް ވަދެގެން އައިއިރު، އަޔާޒް އިނީ ޔުސްރާގެ އިންތިޒާރުގައި އެނދުމަތީ އިށީންދެލައިގެންނެވެ. އަލަތުކައިވެނީގެ ފޮނިމީރުކަން ހާސިލުކުރަމުންދިޔައިރު، ޔުސްރާގެ ހިތުގައި އަޔާޒަށްޓަކައި ލޯބީގެ ހުޅުކޮޅެއް ދިއްލުނެވެ. އަޔާޒުގެ ކޮންމެ ބީހުމަކާއެކު ޔުސްރާގެ ހިތަށް ލިބެމުންދިޔައީ އުފާވެރިކަމެވެ. އަޔާޒުގެ ހިތުގައިވެސް ޔުސްރާއަށް ޚާއްސަ މަޤާމެއް އެރޭ ދެވުނީ ބޭއިހްތިޔާރުގައެވެ.

މާލެއަށް ފުރަންގޮސް ބަނދަރުމަތީގައި ހުއްޓިލައިގެން ހުރިއިރު، ޔުސްރާ ހުއްޓުމެއްނެތި ރޮމުންދިޔައެވެ. އަޔާޒު ހުރީ ޔުސްރާގެ އަތުގައި ހިފައިގެންނެވެ. އުފަންރަށް ދޫކޮށްފަދިޔުމަކީ ފަސޭހަކަމެއް ނޫންކަން އަޔާޒަށްވެސް އެނގެއެވެ. ޔުސްރާގެ ލޮލުން ވެއްޓޭ ކޮންމެ ކަރުނައަކާއެކު އަޔާޒްގެ ހިތް ކުދިކުދިވާ ކަހަލައެވެ. ސުޒާންއާއި އަމާނީ ޔުސްރާ ފުރުވަން ގޮސް ހުރިއިރު، ޝަފީގު ދޯނިތައް ކައިރީ ހުރީ ފެންކަޅިވެފައެވެ. ދަބަސްތައް ދޯންޏައް އެރުވުމަށްފަހު، އަޔާޒް ޔުސްރާއާއެކު ދޯނިތެރޭގައި ހަމަޖެހިލިއެވެ. ރޮއެރޮއެ ޔުސްރާގެ ދެލޯ ރަތްވެފައި ހުރިއިރުވެސް އަޔާޒްހުރީ ޔުސްރާގެ ރީތިކަމާމެދު އަޖައިބުވެފައެވެ. އަޔާޒްގެ ކޮނޑުމަތީގައި ބޯއަޅާލައިގެން އޮތްއިރު، ޔުސްރާ އޮތީ ތުންދަމާލައިގެންނެވެ. “ބޭބީގަނޑާ.. އިޓްސް ގޮނަ ބީ އޯކޭ..” އަޔާޒް ޔުސްރާ ގައިގައި ބައްދާލަމުން ބުންޏެވެ. ނޭފަތް ޓިޝޫއަކުން ފޮޅާލުމަށްފަހު އަޔާޒްއާ ދިމާލަށް ޔުސްރާ ބަލައިލިއެވެ. ހަޔާތުގެ އާ ސަފްހާއަކަށް ޔުސްރާ މަރުހަބާކީ އުފަލުންހުރެއެވެ. އަޔާޒުކަހަލަ ބައިވެރިޔަކު ލިބުމުން ﷲއަށް ޝުކުރުކުރަމުންނެވެ.

Share Article

Follow Me Written By

leykokaa

Level 1

Other Articles

Previous

ހިތް އެކީ ދެވިއްޖޭ…8

Next

ހިތް އެކީ ދެވިއްޖޭ..9

Next
December 13, 2016

ހިތް އެކީ ދެވިއްޖޭ..9

Previews
December 12, 2016

ހިތް އެކީ ދެވިއްޖޭ…8

52 Comments!

  1. Amath says:
    December 13, 2016 at 12:01 am

    Wow v reethi

    1. leykokaa says:
      December 13, 2016 at 12:11 am

      thanks vv bodah @Amath

  2. Saandy says:
    December 13, 2016 at 12:36 am

    ވަރަށް ރީތި… އެކަމަކު ވަރަށް ކުރު މިބައި… އުންމީދުކުރަން ކުރިއަށްހުރި ބައިތައް ދިގުވާނެކަމަށް އަދި އަވަހަށް އަޕްކޮށްދޭނެ ކަމަށް… ލޭކޮކާ!! ކޮން ދުވަސްތަކެއްގަތަ މިވާހަކަ އަޕްކުރާނީ؟؟

    1. leykokaa says:
      December 13, 2016 at 12:44 am

      thanks for the comment @Saandy 🙂
      mee leykokaa ge first story veema, feshun kurukohlee, annanhuri baithah dhigu kohleveytho masaihkaiy kuraanan adhi veehaaves avahakah dhevana bai up kohlaanan. inshaa allah..

  3. Shanna says:
    December 13, 2016 at 1:45 am

    Nice… loved the first part.. waiting for the up coming parts… ????

  4. datha says:
    December 13, 2016 at 5:15 am

    Vaahaka sifa kodhinun ahaa rangalhe noon vaahakige therayga maabaivaru bay kaaru vaahaka himaney

  5. Anaa says:
    December 13, 2016 at 7:00 am

    Leykokaa ?? Name buneybaa writer ge !!puhlease.. Varah salhi keep it up..waiting…when is next part??

    1. leykokaa says:
      December 13, 2016 at 10:40 am

      Ei top secret eh hehe.. Thanks Anaa. 😀 miadhu up kohleveytho balaanan.. inshaa allah.

  6. Hassu says:
    December 13, 2016 at 7:04 am

    Ma sha alllah..habeyss!!! Varah reethi??

    1. leykokaa says:
      December 13, 2016 at 10:42 am

      Thanks vv bodah @Hassu 🙂

  7. Hassu says:
    December 13, 2016 at 7:19 am

    Speechless!!! Story hama eyhaa vx reethi..ehmme kiyaa hih vefa in hissabah thi nimaaly..plxxx avahah up kohdheychey ..kohirakuh aneh part up kohdheyniii….daily koh tha up kuraanii?? Up kuraaney dhuvas buneybaa..waiting waiting.. Keep it up ..thankxx mikahala reethi story eh kiyalah libuneema

    1. leykokaa says:
      December 13, 2016 at 10:44 am

      miadhu upkohlaanan iraadhakurehvihyaa. vv bodah thanks.. 🙂

  8. Kamana says:
    December 13, 2016 at 7:20 am

    Wow ..awesome???

    1. leykokaa says:
      December 13, 2016 at 10:44 am

      Thanks @kamana

  9. Faathun says:
    December 13, 2016 at 7:22 am

    Reethi

    1. leykokaa says:
      December 13, 2016 at 10:47 am

      Thanks @Faathun

  10. Marii says:
    December 13, 2016 at 7:26 am

    Varah salhii

    1. leykokaa says:
      December 13, 2016 at 10:50 am

      Thanks @Marii 🙂

  11. Aish says:
    December 13, 2016 at 7:27 am

    Nice story..waiting for the next part!!

    1. leykokaa says:
      December 13, 2016 at 10:51 am

      Thanks @Aish 🙂 insha allah vrh avahah up kohlaanan

  12. Ainth says:
    December 13, 2016 at 7:31 am

    Hadha kureyyy..dhigu koh upkohbala…story hama varah reethii..dhn hurii part dhigu kohlacheyy..furathama story viyas hama habeyss..you have the talent ..keep it up

    1. leykokaa says:
      December 13, 2016 at 10:52 am

      Will keep that in mind.. Thanks a lot @Ainth 🙂

  13. Ainth says:
    December 13, 2016 at 7:36 am

    Mirashu leykokaa tha?? Varah varah nala..superb …good job ..koirakuh aneh part kiyaalah libeynii

    1. leykokaa says:
      December 13, 2016 at 10:56 am

      Kon rashehbaa thee? hehe.. Thanks @Ainth miadhu upkohlaanan inshaa allah. 🙂

  14. Rashu kuhjja says:
    December 13, 2016 at 7:37 am

    Mirashu leykokaa tha?? Varah varah nala..superb …good job ..koirakuh aneh part kiyaalah libeynii

  15. Cutee says:
    December 13, 2016 at 7:56 am

    Woww…haadha reehchey haadha furihamaey ..????waiting 4 the next part ?☺

    1. leykokaa says:
      December 13, 2016 at 10:57 am

      Thanks a lot @Cutee :* 🙂

  16. Hanaa says:
    December 13, 2016 at 8:00 am

    Hadha salhi ey..koh irakun aneh part?? Love it
    ??

    1. leykokaa says:
      December 13, 2016 at 10:59 am

      Thanks @Hanaa 🙂
      next part miadhu up kohlaanan inshaa allah

  17. Araa says:
    December 13, 2016 at 8:02 am

    Varah reethi Masha Allah???

  18. Bishaa says:
    December 13, 2016 at 8:03 am

    Reethi
    ❤

  19. Sweety says:
    December 13, 2016 at 8:05 am

    Waiting 4 the next part ..when aneh part up kuranii???

  20. Maikko says:
    December 13, 2016 at 8:06 am

    Nice story

  21. Rifoo says:
    December 13, 2016 at 8:13 am

    Masha Allah varah furihama …aneh part ge inthixaaruga dhn mihuri

  22. Afaa says:
    December 13, 2016 at 8:14 am

    Fantastic.. Keep it up..

  23. Afu says:
    December 13, 2016 at 8:18 am

    Mind blowing.. Ayaaz hadha Sweet ey..usraa baby don’t cry plxx.I now you will miss it..roakah nuvaaney hihvaru gadha vaan vaney ..leykokaa varah salhi mi story

  24. Nashaa says:
    December 13, 2016 at 8:23 am

    Ayaaz yusraa ah dhera gotheh nuhadhaathi gehgohsa..ey manjey ekanii koh dhera koh nulaathi plxx

  25. Zeeniya says:
    December 13, 2016 at 8:25 am

    Reethi ekm maaa kuriii..dhn hurii part dhigu vaaney kamah umeedhu kurah leykokaaa

  26. Iraasha says:
    December 13, 2016 at 8:30 am

    Awesome?

  27. Nakko says:
    December 13, 2016 at 8:32 am

    Grt job..vahaka hama hub

  28. Xai says:
    December 13, 2016 at 8:35 am

    Habeyss

  29. Fan says:
    December 13, 2016 at 8:35 am

    Like it

  30. leykokaa says:
    December 13, 2016 at 11:00 am

    Thanks a lot emmenahves.. 🙂 means a lot to me.. next part miadhu up kohleveytho balaanan inshaa allah.. <3

  31. balhindhu says:
    December 13, 2016 at 11:16 am

    vvvvvv salhi

  32. Sha says:
    December 13, 2016 at 2:30 pm

    Avahah up koh dheeba ..waiting waiting

  33. Eesha says:
    December 13, 2016 at 2:32 pm

    Wowww??? varah salhii

  34. Khalidha says:
    December 13, 2016 at 2:34 pm

    Outstanding!!! Waiting 4 the next part!!!

  35. meemashey says:
    December 13, 2016 at 3:29 pm

    leykoka thee kulhudhuffushi kujjeh tha?mihen mibunee vaahakaiga kulhudhuffushi vaahaka ais ineema
    vaahaka reethi alah liyaa kujjakaa balaafa

  36. Lovely Pinky says:
    December 13, 2016 at 6:08 pm

    Vaahakaga dhen vaane gotheh, balaalan v beynun. Vaahaka ekkoh nimedhen kiyaland beynunvny. V Reethi vaahaka!

  37. Nis says:
    December 13, 2016 at 6:39 pm

    Inthixaaruga dhnn avahah upkoh dheeba

  38. leykokaa says:
    December 14, 2016 at 12:52 am

    Next part is up.. Thanks for the comments everyone. 🙂

  39. Nautte says:
    January 15, 2017 at 2:19 am

    Vara kamudhy mivaahaka ekamu thankolhe kury

Comments are closed.



All Right Reserved!