Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

އަދިވެސް ވަރަށް ލޯބިވޭ!!! ( 3 ވަނަ ބައި)

alsha Level 1
December 11, 2016 3 Mins Read
8 Comments

ސިޓީ ކިޔަމުން ދިޔަ އިރު އަހަރެންގެ ދެލޯ ވަނީ ކަރުނައިން ފުރިފައެވެ. އަހަރެން ކުރަމުން އައި ފޮނި އުންމީދުތައް ފުޑުފުޑު ވީއެވެ. މުޅިދުނިޔެއިން ބާކީވީއެވެ.

‘ އަހަރެން އެނބުރި އަޒްރަކް ކައިރިއަށް ދާކަށް ބޭނުމެއްނުވެއެވެ…،

ދުވަސްތަކެއް ވެތުވެގެން ހިނގައްޖެއެވެ. ހިސާހިތަކު އަހަރެންގެ އޯލެވެލް ވެސް ފެއްޓިއްޖެއެވެ. އޯލެވެލްގެ ނަތީޖާ ލިބުމާ އެކީ، ރަށް ދޫކޮށް މާލެ އަށް  ދާން އަހަރެން މަންމަ ގާތުގަ އެދުނީ މެއެވެ.  އަޒްރަކް ގެ ޙިޔާލުތަކާ އަހަރެން ދުރަށް ދާން ބޭނުންވާތިވެއެވެ.. މަންމަ އަހަރެންގެ ނިންމުމަށް ވަރަށް ތާއީދު ކުރިއެވެ. އަދި މިކަން ސިއްރު ކުރުމަށްވެސް މަންމަ ގާތުން އަހަރެން އެދުނީމެވެ.

ނަތީޖާ ލިބުމާއެކީ އަހަރެން މާލެ އަށް ދާން ފުރައިފީމެއެވެ.

މާލެއަށް ވެސް އާދެވިއްޖެއެވެ.. އަހަރެންގެ މައިން ބަފައިންނަކީ އެހާ ތަނަވަސް ބަޔަކަށް ނުވާތީ، މާލެ އަށް އައިސް އަހަރެން ހުންނަން ޖެހުނީ މަންމަގެ  ރައްޓެއްސެ ގެއެއްގައެވެ. އިތުރަށް ކިޔެވޭނެ ގޮތެއްވެސް ނެތުމުން  ފުރަތަމަވެސް ބެލީ ކޮންމެވެސް ކަހަލަ ވަޒީފައެއް ލިބެތޯއެވެ. އުޅެމުން އުޅެމުން ގޮސް ފިހާރަޔަކުން ކޭޝިއަރ އެއްގެ ވަޒީފާ އަހަންނަށް ލިބިއްޖެއެވެ…

އެއްދުވހްު  ވަރަށް ހެނދުނު ހެނދުނާ އަހަރެން ނިދާފައި އޮތް ކޮޓަރީގައި ވަރަށް ބާރަށް މީހަކު ޓަަަކި ޖަހާ އަޑުން އަހަންނަށް ހޭލެވުނެވެ.. ދެން އަވަހަށް ތެދުވެގެން ގޮސް ދޮރުހުޅުވާ ބަލައިލި އިރު މަންމަގެ ރަޙްމަތްތެރި އިރާޝާ އެވެ. އޭނާ އަހަރެންގެ އަތުގައި ހިފަހައްޓައިގެންހުރެ ހިއްވަރުކުރާށޭ!!! މިހެން ބުނެ ރޯން ފެއްޓިއެވެ. އަދި ބުންޏެވެ.. ” އައިރީން އައިރީންގެ މަން…. މަންމަ….. ”  “އަހަރެންގެ ހިތް ތެޅެން ފަށައިފިއެވެ. އަހަންނަށް ވަރަށް ބާރާށް ބުނެވުނެވެ…” ދައްތާ ! މަންމަ… ކީކޭތަ ތި ކިޔަނީ؟ އަނެއްކާ މަންމަ އަށް ކަމެއް ވީތަ؟ ” އައިރީންގެ މަންމަ އާއި ގޭގެ އެންމެން ދަތުރު ގޮސް އުޅެނިކޮށް ވީ ނު ވީ އެއް ނޭނގި ގެއްލިއްޖެ! ރަށު ރައްޔިތުން ވެގެން ވެސް ހޯދާ ހޯދާ ނުފެނުނު.. އެންވެ ރަށު އޮފީހުން އެމީހުން ހޯދަން ކުރި މަސަތްކަތްވެސް ވަނީ ކާމިޔާބު ވާނެ ގޮތެއްނުވެފަ! ” ނޫން…. ނޫން…. ނޫން…. އަހަންނެއް ގަބޫލެއް ނުކުރާނަން ، މިހެން ބުނަމުން އަހަރެން ކޮޓަރީގެ ދޮރު ލައްޕާ އެތެރެއިން ތަންޑު އެލުވުމަށްފަހު ގިސްލަ ގިސްލާފަ ރޮވެންފެށުނެވެ. ދައްތަވެސް ވަރަށް ގިނައިރުވަންދެން ކޮޓަރި ބޭރުގައި އަހަންނަށް ގޮވާލަ ގޮވާލަ ދޮރުހުޅުވަންދެން މަޑުކޮށްގެން ހުރިކަން އަހަންނަށް އިގެއެވެ. ނަމަވެސް އަހަރެންގެ ގައިގައި މި އަދު އެއްވެސް މީހަކާ ވާހަކަ ދައްކާނެ ހާ ހިއްވަރެއްނެތެވެ. އެންމެ ލޯބި ވީ  މީހާ އަހަންނަށް ބޭވަފާ ތެރި ވީ އެވެ. އަހަރެން ގެ ފުރާންފަދައިން އަހަރެން ލޯބިވާ މަންމަ އަދި މުޅި އާއިލާ މިދުނިޔެ އާ އަލްވަދާއު ކީ އެވެ..

5 މަސް ފަހެވެ. އެއްދުވަހު އެގެއަށް ބަޔަކު އަންނާތީ، ކޮޓަރި ހުސްކޮށްލަދިނުމަށް އިރާޝާ ދައްތަ  ބުންޔެވެ. އެވަގުތު އަހަރެން ގޮތް ހުސްވިއެވެ،.. އަހަރެން ދާނީ ވަކި ކޮންތާކަށް ހެއްޔެވެ.. ބައްޕަ ދުނިޔޭގަ ހުރި އިރު ނެގި ލޯނެއް ، އެ ލޯން އަދާ ނުކުރެވި އޮތުމުގެ ސަބަބުން ގެ ވަނީ ސަރުކާރަށް ނަގާފައެވެ…. ދެން އަހަރެން ބެލީ އަންހެން ކުދިން ބަހައްޓައިދޭ ގެއަކުން ޖާގައެއް ލިބޭތޯއެވެ. ފިހާރައިން އަހަންނަށް ލިބެނީ އެންމެ 3000 ރުފިޔާ އެވެ. އެހެންވެ ތަންކޮޅެއް އަގުހެޔޮ ތަނެއް ހޯދަމުން ދަނިކޮށް އެންމެ އަގުހެޔޮ ކޮށްވެސް ލިބުނީ،، 2000 ރުފިޔާ އަށެވެ.   . އެގެއަށް ބަދަލުވިތާ މާގިނަ ނުވަސްތަކެއް ނުވަނީސް އެއްދުވަހަކު އަހަރެން ފިހާއައިގަ އިންދާ އަޒްރަކް ފިހާރައަށް އައެވެ. ފާޑަކަށް ބަލަހަށްޓައިގެން ހުރެފަ އަހަންނަށް ގޮވާލިއެވެ. “އައިރީން!! އަދިވެސް އަހަރެން ދެކެ ރުޅިތަ؟ އަހަރެން ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލީމެވެ. އެއީ އަހަރެން އޭނަޔާ އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާތީވެއެވެ. ނަމަވެސް އޭނަ އައިސް އަހަރެންގެ އަތުގައި ހިފައިގަތުމުން އަހަރެން އަތް ހޫރައިލީމެވެ..” އަޒްރަކް ކަލޭ ތީ ، ހާދަ ގޮތެއް ނެތް މީހެކޭ، މީ އަހަރެން މަސަތްކަތް ކުރާ ތަން ކަމެއް ނޭނގޭތަ؟ … ” ނޫން.. އިނގޭ ރުޅިތޯ ބަލައިލީ! މިހާރު އެގިއްޖެ އަަދިވެސް ރުޅިކަން ؛؛” ބުނަން އަޒްރަކް އަހަރެން އަކްޗުއަލީ ކަލެއާ ވާހަކަ ދަށްކާކަށް  ބޭނުމެއްނޫން. އެދުވަހު ކަލޭ  އަހަންނާ ދޭތެރޭ އެގޮތަށް ކަންތަށް ކުރުމުގެ ސަބަބުން މިއަދު އަހަރެން މިގޮތަށް އުޅެން  މިޖެހުނީ. އަހަރެންގެ މައިންބަފައިން އަހަރެންނާއިމެދު ދެކެމުން އައި ހުވަފެންތައް ވިއްސި ވިހާލިވީ. ތަޢުލީމަށްޓަކައި އަހަރެން ކުރަމުން އައި އުންމީދުތަކުގައި ކުލަޖެއްސުމުގެ ނަސީބު ނުލިބުމުން އަހަރެންނަށް ކުރާނެ އަސަރާއި އަހަރެން ކުރި ހިތާމަތައް ކަލެއަށް އެނގޭތަ ؟ . ނޭންގޭނެ. ކަލޭމެންގެ ނަޒަރުގައި ހުރިހާ ވެސް އެއްޗަކީ އިއްޒަތާއި ގަދަރާ ތަނަވަސްކަން. ނިކަމެތިންނަކީ ކަލޭމެންގެ ކުރިމަތީގައި އެއްވެސް ބައެއްނޫން … އެހެން ނޫންނަމަ …. ” މާޔޫސްކަމާއިއެކު އިސްޖަހައިގެންހުރެ އަހަރެން ދައްކަމުންދިޔަ ވާހަކަތައް ނުނިމެނީސް އަޒްރަކް އަށް ރޮއިގަނެވިއްޖެ އެވެ.  އަހަރެންގެ ވާހަކަތަކުގެ ސަބަބުން އަޒްރަކް ގެ ހިތަށް ވަރަށް އަސަރުކުރި އެވެ. އެވާހަކަތައް އަޑުއަހަން ކެތްނުވުމުން ރޮމުން ރޮމުން ކަހަލަގޮތަކަށް ފިހާރައިން ނުކުމެގެން ހިނގައިގަތެވެ.

އަހަރެން އެރޭ ޑިއުޓީ ނިންމާލުމަށްފަހު ގެއަށް ދިޔައިރު ، ކާޔާ، މާއިން ، އަދި ޖުއާން ، މިތިން މީހުން ތިބީ ވަރަށް ފޯރިގަދަ ވާހަކައެއްގައެވެ. އެ ތިން ކުދިންނަކީ އަހަރެންގެ ރޫމް މޭޓުންނެވެ. އަހަރެން ކޮންވާހައެއްހޭ ތިދައްކަނީ އަހާލުމުން، ޖުއާން ބުންޏެވެ. ” މިއުޅެނީ މާއިން ގެ ބާރތުޑޭ ފާހަގަ ކުރަންވެގެންނެވެ… ” އެހެންތަ ހިނގާބަލަ ދޯ ކޮނައިރަކު  އޮތީ ؟ ކާޔާގެ ދައްތަ އެއްގެ ގޭގަ.. މާދަމާރޭ…” ޕާޓީ ޑިސްކަސް ކޮށް ކޮށްފަ އެރޭ އެންމެން ނިދީ އެވެ. ޖެހިގެން އައި ދުވަހަކީ ހުކުރުދުވަހެއެވެ. އެހެންކަމުން ބޮސް އޮންނަނީ އެދުވަސް އަހަންނަށް ފްރީ ކޮށްދީފައެވެ. ދެން އެރޭ އެންމެން ނަލަހެދިގެން ކާޔާގެ ދައްތަގެ ގޭގެ ޓެރަސް މައްޗަށް އެރީއެވެ. މުޅި އެތަން ޑެކޮރޭކް ކުރީ މާއިންގެ ބޯއި ފްރެންޑް އާއި އޭނަގެ ރައްޓެހިންނެވެ. އެންމެން މަޖާ ކޮށް ސަކަރާތް ޖަހަންފަށައިފިއެވެ. އަހަރެން ޑްރިންކް އެއް ނަގައިގެން ޖުއާން ކޮބައިތޯ ބަލައިލި އިރު ފެންނާން ނެތުމުން ހޯދަމުން ދަނިކޮށް އަހަރެންގެ ނޭފަތުގައި އެއްކަލަ ސެންޓް ވަސް ޖެހުނެވެ. އަހަރެން އެވަސް އަންނަ ދިމާލަކަށް ބަލަމުން ހޯދަމުން ދަނިކޮށް އަހަންނަށް ފެނުނީ……………………………… ( ނުނިމޭ)

 

Share Article

Follow Me Written By

alsha

Level 1

Other Articles

Previous

ހިތް އެކީ ދެވިއްޖޭ…6

Next

ފުން ލޯބި ( 3)

Next
December 11, 2016

ފުން ލޯބި ( 3)

Previews
December 11, 2016

ހިތް އެކީ ދެވިއްޖޭ…6

8 Comments!

  1. Anonymous says:
    December 11, 2016 at 11:25 pm

    vvv reethi

    1. Alsha says:
      December 12, 2016 at 6:08 am

      Thanks

  2. ?mixoo says:
    December 12, 2016 at 9:29 am

    goaheh noon..
    maa kuree

    1. alsha says:
      December 12, 2016 at 11:19 am

      NEXT TYM DHIGUKOLLAANAN INGEY

  3. nabeel says:
    December 14, 2016 at 2:32 am

    Varah salhi vaahaka eh
    Hithah araa e man je aharun ge geyga bahahtan
    Ehery mewhun kuraakanthah mom maru v ma geyn nerely

  4. nabeel says:
    December 14, 2016 at 2:33 am

    Varah salhi vaahaka eh
    Hithah araa areen magey ge geyah gene veyne nama ey

  5. alma.. says:
    December 17, 2016 at 8:18 pm

    varah reethi… 🙂

  6. Anonymous says:
    April 20, 2017 at 9:10 am

    V rythi

Comments are closed.



All Right Reserved!