Skip to content
އެސްފިޔަ

ހިތް އެކީ ދެވިއްޖޭ….51

ކިއާރާ މުވައްޒިފުން ތިބޭ ބަޔަށް ގޮސް ދީމާ ފެނޭތޯ އުޅުނެވެ. އޭރު ދީމާ ހުރީ ތަންކޮޅެއް ދުރުގައި އެހެން އިތުރު މީހެއްކައިރި ފައިލް އިން ހިފަހައްޓައިގެން އެއްޗެއް ދައްކާށެވެ. ކިއާރާ ފެނިފައި އެންމެން ކިއާރާ ކައިރި އެހީއެއް ބޭނުންވީތޯ ސުވާލުކުރިއެވެ. “ނޫން.. މިއައީ ދީމް އާއި ބައްދަލުކޮށްލަން…” ކިއާރާ ބުނެލުމަށްފަހު ދީމާ އާއި ދިމާލަށް ދިޔައެވެ. މިހުރިހާ ދުވަހު ދީމާ ކިއާރާ އާއި ކުޑަކޮށް ދުރުވުމުގެ އަސްލަކީ މިއީތާއެވެ. ދުރުވިއެއްކަމަކު ދީމާ ދުވަހަކުވެސް ނުބައި ގޮތަކަށް ނުވިސްނައެވެ. އަބަދުވެސް ކިއާރާއަށް އެހީވެދީ ހަދައެވެ. އެހާވެސް ރަނގަޅެވެ.

“ޔާ.. އެހެންނޭ… މެނޭޖަރ އާއި ވާހަކަދައްކާ މިހާރު..! މި އެއްޗެހި އެޑް ކުރެވޭނީ މި ކޮމްޕެނީގެ ޕޮލިސީއާއި އެއްގޮތަށް….. އެހެންނޫނީ މި ކޮމްޕެނީގެ ފަރާތުން އެއްޗެހީގެ ޑިމާންޑް ބަލާ އެޑްކުރެވޭނެ………” ދީމާ ދައްކަމުން ދިޔަ ވާހަކަ މެދުކެނޑުނީ ކިއާރާ ކައިރިވިތަން ފެނުމުންނެވެ. އޭނާ އެ ކުއްޖާ ފޮނުވާލުމަށްފަހު ކިއާރާ އާއި ކުރިމަތިލީ އޭނަ އެހީއެއް ބޭނުންވެގެން ކަމަށް ހިތާއެވެ.. “ދީމް އައި ނީޑް ޓު ޓޯކް..” ދީމާ އެއްޗެއް އެހުމުގެ ކުރިން ކިއާރާ އެހެން ބުންޏެވެ.. ދީމާ ބޯޖަހާލީ ބުނާށޭ ބުނާފަދަ ގޮތަކަށެވެ. “ހިނގާ.. 6 ވަނަ ބަޔަށް..” ކިއާރާ ބުނެލީ ދީމާގެ އަތުގައި ހިފައިލާފައި ހިނިތުންވުމަކާއި އެކުގައެވެ. ދީމާ ބޯ ޖަހާލުމުން އޭނާގެ އަތުގައި ހިފައިގެން ކިއާރާ ހިނގައިގަތެވެ.

ކިއާރާ ގޮސް ބެލްކަނީގައި މަޑުކޮށްލާފައި ރެއިލިންގައި ހިފަހައްޓިއެވެ.. “މޭމް ކިހިނެއް..ވީތޯ؟” ދީމާ ކުޑަކޮށް ނުތަވަސްވެފައިވާކަން އެހެން ބުނި ގޮތުންވެސް ކިއާރާ އަށް ނަގައިގަނެވުނެވެ. “ދީމް ކޮންއިރަކުތަ ތިހާ ސީކްރެޓިވް ގާލް އަކަށްވީ؟ އެހާ އަނގަ ގަދަ ކުރާއިރުވެސް ތި ހިތުގައި އޮތް އެއްޗެއް ނުބުނީ… ދީމް ގެ އެންމެ ބަހަކުންވެސް ކިތަށްމެ ކަމެއްވީހޭ.. މޮޔަ..” ކިއާރާ ބުނެލީ ކުޑަކޮށް ހީލާފައެވެ. “ތިބުނީ؟” ދީމާ އަށް އެ ބުނި އެއްޗެއް ނޭނގުނެވެ.. “އައި ނޯ ޔޫ ލައިކް ސޭމް…..” ކިއާރާ ދީމާއާއި ބަލާލަމުން ބުންޏެވެ. ދީމާ ދެލޯބޮޑުވެފައި ކިއާރާ އަށް ބަލައިލާފަިއ ނޫނެކޭ ބުންޏެވެ. “ރިލޭކްސް… ރުޅި އެއް ނާންނާނަމޭ… އައި ނޯ… ދީމް އެ މައްސަލައެއް ނޫނޭ…” ކިއާރާ ދީމާގެ އަތުގައި ހިފެހެއްޓިއެވެ.. “ބޭނުންތަ އިނގެން ހުރިހާ ކަމެއް؟ އައި ނޯ ވަރަށް ސުވާލުއުފެދޭނެކަން… ސޭމް އާއި ގުޅިފައި ހަމަ ފިއު މަންތްސް ތެރޭ އަޔާން…. އަސްލު ވަރަށް ހަޑި އިމޭޖެއް ދޯ އެންމެންގެ ތެރޭ އުފެދޭނީ… އެކަމް އެންމެންނެއް ނޫން މިހާރު މުހިންމީ.. މިވަގުތު ދީމް މުހިންމީ.. ދީމް ވިސްނާގޮތް… ދީމް… ބޭނުންތަ އިނގެން؟” ކިއާރާ އެހިއެވެ. ދީމާ ބޯ ޖަހާލިއިރު އެ ދެލޮލުގައި ވިދުމެއް ވާކަން ކިއާރާއަށް ނަގައިގަނެވުނެވެ. އެކަން އިނގެން ބޭނުންވާލެއް ބޮޑުވެގެން ކަންނޭނގެއެވެ. ކިއާރާ ބޭރުބަލާލިއެވެ. އެވަގުތު ޖޫލިއަން ކޮމްޕެނީ ހުރީ އޭނާ ގެ ކުރިމައްޗަށެވެ.

ކިއާރާ އޭނާގެ ހުރިހާ ވާހަކަތަކެއް ދީމާއަށް ކިޔައިދިނެވެ. އެނާގެ އަސްލު ދިރިއުޅުންވެސް މެއެވެ. އެއްބައި ވާހަކަތަށް އިނގިގެން ދީމާގެ ހިތުގައި އުފެދޭނެ ސުވާލުތަށް ކިއާރާއަށް އިނގެއެވެ. އެހެނީ އޭނާ ދުވަހަކުވެސް ރާއްޖެ ނާންނަކަމަށް އެމީހުންކައިރި ކުރިން ބުނިއިރު، މިއަދު އަޔާން ގެ ވާހަކަތަށް ދައްކާއިރު ދެއްކޭނީ މީގެ 7 އަހަރު ކުރިން ކިއާރާ މިތާ އުޅުނުކަމުގެ ވާހަކައެއް ނޫންހެއްޔެވެ؟ ކިއާރާ އެކަހަލަ ސުވާލެއް ކުރިމަތި ވެދާނެތީވެ ހުރިހާ ވާހަކައެއްވެސް ހިއްސާކުރީއެވެ. ކޮންމެ ވާހަކައަކާއި އެކު ދީމާގެ ހައިރާންކަން ދިޔައީ އިތުރުވަމުންނެވެ.

“އޯ މައި ގޯޑް މޭމް.. އައި މީން … ނޭނގެ ކީކޭ ކަމެއް ބުނާނީ.. މީހަކު ގޯސްވެގެން ތިހާ ލިމިޓް ކްރޮސް ކުރާއިރު މޭމް ލޯބިވެގެން ގޮސް ތިވަރަށް ލިމިޓް ކޮރޮސް ކުރި… އެހެންވީމަ އެއްކަލަ ދުވަހު އޮފީސް ކައިރި އަޑުގަދަ ކުރީ އޭނާ ދޯ…؟” ދީމާ ސުވާލުކުރިއެވެ. ކިއާރާ ބޯޖަހާލިއެވެ. އެވާހަކަތަކުން އޭނާ ސައީދާ މަތިން ހަނދާންވިއެވެ. “މޭމް.. އަސްލުވެސް ނޭނގެ ކީކޭ ކަމެއް ބުނާނީކީ.. އެކަމް މޭމް ވަރަށް ހިތްވަރުގަދަ…..” ދީމާ ބުނެލީ ކިއާރާގެ ކޮނޑުގައި ހިފަހައްޓާލަމުންނެވެ. “ނޮޓް މީ.. ދީމްވެސް… އަދި އަދަށްދާންވެސް ތި ހުންނަނީ މީހަކަށް ނާންގަން… ދީމް… ވަރަށް ބޭނުންވެ ސޭމް ހެޕީކޮށް އުޅޭތަން ދެކެން.. އޭނާ މެލޭއަށް އޭރު ދިޔައީ އަޔާންއަށް ފުރުސަތެއް ދެމުން…. ދީމް…. ޕްލީސް ޓްރައި..” ކިއާރާ ބުނެލީ ދީމާގެ ދެލޮލަށް ބަލައިލަމުންނެވެ. ދީމާ އިސްޖަހާލިއެވެ. “ސޭމްސަރ މޭމް ދެކެ އެހޭ ލޯބިވާއިރު، އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޯންނާނެ މޭމް… އަޅުގަނޑު އެހާ ޤާބިލް މީހެއްކަމަކަށް ނުވެސް ދެކެން…” ދީމާ ބުންޏެވެ.

“ލޮތްބަކީ މީހެއްގެ ޤާބިލްކަމާއި ފެންވަރާއި ހުރިހާ އެއްޗެއް ބަލައިގެން ވެވޭ އެއްޗެއް ނޫނޭ ދީމް… މިހާރު ލޯބި ވެވިއްޖެ… ދެން ލޯބި ހޯދަންވީ.. ދީމް… ޓްރައި ކޮށްފިއްޔާ ވާނެ… އެކަމް ދީމް ބޭނުން ކަމެއް… އެ ހުރިހާ ފުރުސަތު ދީމްއަށް އެބައޮތް… ސޭމް ދިޔުމުގެ ކުރިން… ސޭމް އެއްކޮށް ބަދަލުވަން ކިޔަނީ އެކަމް އެކަން ވިޔަކަ ނުދޭނަން.. 2 އިޔާސްފަހުން އޭނާ ޖެހޭނީ މިކޮޅަށް އަންނަން… ދެޓްސް އޭން އޯޑަރ.. ހެހެހެހެ..” ކިއާރާ އެހެން ބުނެފައި ހޭންފެށުމުން ދީމާވެސް ހޭންފެށިއެވެ. “އެހެންވީމަ މިއަދު 30 4 ގެއަށް އަންނައްޗޭ… އަންނާނެ އަޔާން ވެސް މައި ވެސް ޒާން ވެސް ސޭމްވެސް.. ސޯ އިޓްސް އަ 3 ކަޕްލް ޑޭޓް… ރެޑީ؟” ކިއާރާ އެހެން ބުނުމުން ދީމާ އޯކޭއޭ ބުނީ އޭނާވެސް ލިބުނު ފުރުސަތު ގެއްލުވާލަން ބޭނުންނުވާތީއެވެ.. ކިއާރާ ދީމާ ކައިރި ސަމާހް އާއި އެކު އުޅޭނެ ގޮތާއި އެ ލޯބިން ސަމާހް ގެ ހިތް ފަތަހަ ކުރަން އޭނާ އެދުނެވެ.

ދީމާ އުފަލުން ކިއާރާ ގައިގާ ބައްދާލިއިރު އެ ދެލޮލުގައިވަނީ ކަރުނައެވެ. އޭނާގެ ގެ ލޯބި ސިއްރުކުރުމުގެ ފޮނިކަން މިއަދު އެ ލިބެނީއޭ އޭނާ ހިތަށް އަރައެވެ. “ނައު ގޯ ބެކް ޓު ވޯކް.. އެން 30 4 އިނގޭ…؟” ކިއާރާ ބުންޏެވެ. “މޭމް ނުދަނީތަ؟” ދީމާ ދަމުން އެހިވެ. “އިރުކޮޅަކުން ދާނަން..” ކިއާރާ އެހެން ބުނެލުމުން ދީމާ ދިޔައެވެ. ކިއާރާ މާތް ﷲ ހަމްދުކުރިއެވެ. ސަމާހްއަށް އުފާވެރި ހަޔާތަކަށް އެދެވުނެވެ. އޭނާގެ ދިރިއުޅުމަށް އަޔާން އައުމުގެ މައިގަނޑު ސަބަބަކީ ސަމާހް ކަމަށް އޭނާ ދެކެއެވެ.

ކިއާރާ އިރުކޮޅަކު އެހެން ހުރުމަށްފަހު ހިނގައިގަތެވެ. އަދި ކެބިންއަށް ގޮސް އޭނާގެ ކަންތަކާއިގެން އުޅުނެވެ. ސަމާހް އާއި ޒާއިން ކިއާރާއަށް ސުވާލުކުރަންފެށިއެވެ. “އޭނާ އަންނާނެ…! ސޭމް.. ވިސްނާލާތި..! ޝީ ރިއަލީ ލަވްސް ޔޫ..” ކިއާރާ އެހެން ބުނުމުން ސަމާހް އެއްޗެއް ނުބުނިއެއްކަމަކު ކުޑަކޮށް ވިސްނާލިއެވެ.

އޮފީސް ނިމުމާއި އެކު ފަތުހީއާއި އެކު ކިއާރާ ނިކުތެވެ. އެއަށްފަހު ގޮސް ކާރަށް އެރިއެވެ. ކިއާރާ މިއަދު ނުދުއްވާނެކަމަށް ބުނުމުން ފަތުހީ ކާރު ދުއްވަން އިށީނެވެ. “ހަލޯ… އަޔާން… 30 4 ގަ ގެއަށް އަންނައްޗެ.. ޕްލީސް ޕްލީސް ޕްލީސް ޕްލީސް… އޯކޭ ތެންކިޔު.. އޭ.. އޭ.. ބައިދަވޭ.. ސޭމް އައިއްސި.. އަޔާން…! ދެން ގެއަށް އައީމަ އިނގޭނެ.. އޯކޭ ސީ ޔޫ…” ކިއާރާ އެހެން ބުނެފައި ފޯނު ކަނޑާލިއެވެ. އޭނާ މިއަދަށް ވަރަށް ރޭވުން ރާވާލައިފިއެވެ. ހުރިހާ ކަމެއްވެސް އޭނާ ރޭވިގޮތަށް ނިމުމަށް ހިތާހިތުން އޭނާ ދުޢާ ކުރިއެވެ.

“މިއަދު ކޮންކަމެއް އޮތީތަ ދަރިފުޅު މާ އަވަސް އަވަސްކޮށްލައިގެން ތި އުޅެނީ؟” ކާރު ދުއްވަން އިން ފަތުހީ އެހިއެވެ.. ކިއާރާ ފަތުހީ އަށް ހުރިހާ ވާހަކައެއް ބުނެދިނެވެ. “އާނ! ސަމާހް އައޭ ބައްޕަ ކައިރިއަށްވެސް….. ސަމާހްއަށްވެސް ރަނގަޅު ބައިވެރިއެއް ލިބެންޏާ އެ ނިމުނީ….” ފަތުހީ ބުނެލީ ވިސްނާލާފައެވެ. “ޑޭޑް.. ސޭމް ދާނެ ފެށޭ މަހު.. އޭގެ ކުރިން އޭނާ ބޭނުންވެޔޯ މެރީކުރާތަން ބަލަން…” ކިއާރާ އެހެން ބުނުމުންފަތުހީ ހޭންފެށިއެވެ. “ތިކަމާ އުޅެންވީނު.. ކިއާ..! މިރޭ އަޔާން ކައިރި ބުނޭ އަޔާން މަންމައާއި ބައްޕަ ވެސް ގެންނާށޭ ގެއަށް.. މިރޭ ތިކަމާއި ބެހޭ ވާހަކަދައްކަން ބޭނުންވޭ ބައްޕަ..” ފަތުހީ ބުންޏެވެ.. “އޯކޭ ޑޭޑް.. ބުނާނަން..” ކިއާރާ ބުނެލާފައި އަޔާންއަށް މެސެޖްއަކުން އެކަން އެންގިއެވެ..

ކިއާރާ ގެއަށް ދެވުމާއި އެކު ފެންވަރާ ނަމާދުކޮށްލާ ހެދިއެވެ. “ޖަމީލް!!” ކިއާރާ ބޭރު ދޮރުމަތި ހުރެފައި ޖަމީލްއަށް ގޮވިއެވެ.. “ކިހިނެއްވީ މެޑަމް..؟” ގޭޓް ކައިރި ހުރެފައި ޖަމީލް އައެވެ. “7 ސީޓް ކާރު ރެޑީ ކޮށްލަބަ ހަވީރަށް…” ކިއާރާ އެހެން ބުނެލުމުން ޖަމީލް އެކަމާއި އުޅުނެވެ. “ދަރިފުޅު… ކޮންކަމެއްގައި ތިއުޅެނީ. ހާދަ ބިޒީކޮށް..؟” މަލިކާ އައިސް ކިއާރާ ކައިރި އެހިއެވެ. އޭނާ އެހާ އަވަހަށް ކިއާރާއަށް ދަރިފުޅުވެސް ކިޔައިގެން ވާހަކަދައްކަން ފެށީއެވެ. “ލައްބަ  ދައްތާ…މިއުޅެނީ މިއަދު އަޔާން އާއި އެންމެން ގޮވައިގެން ބުރަކަށް ދާންވެގެން..” ކިއާރާ މަލިކާއާއި އެކު އެތެރެއަށް ވަދެލަމުން ބުންޏެވެ. “ދަރިފުޅު، ދެން މަންމަ ކިޔަސް އޯކޭ އޭ..” މަލިކާ އެހެން ބުނީ ހިނިތުންވެލާފައެވެ. ކިއާރާ ކަހަލަ ކުއްޖެއް ދަރިފުޅެއްގެ ގޮތުގައި ނުދެކޭނީ ކާކުހެއްޔެވެ؟ ސައީދާގެ ބަދުނަސީބުވެރިކަމެވެ. އެކަހަލަ ދަރިއެއް ލިބުނުކަމަށްޓަކައި ޝުކުރުނުކުރީތީއެވެ. ގައިމުވެސް ހަމްނާއާއި މަލިކާ އެހާވަރުން ކިއާރާއާއި ހެދި އުޅޭނީ ސައީދާއަށް ނުފެންނަ އެތަށްކަމެއް ފެނުނީމަ ނޫންހެއްޔެވެ؟ ކިއާރާ ފިޔަވަޅުތަށް ހުއްޓާލާފައި މަލިކާއާއި ދިމާލަށް ބަލައިލިއިރު އެ ދެލޮލުގައި ވަނީ  އުފާވެރިކަމުގެ ކަރުނައެވެ. ޝަކުވާކުރެވުނީ ކުރިން މަލިކާއާއި ފަތުހީ އާއި ދިމާނުވީތީއެވެ. ކިއާރާ ކުއްލިއަކަށް މަލިކާގެ ގައިގާ އޮޅުލައިގަތެވެ. މަލިކާ ހިނިތުންވުމަކާއި އެކު ކިއާރާގެ ބޮލުގައި ފިރުމާލިއެވެ. “ތެންކިޔު… ތެންކިޔު ސޯ މަޗް މަމް… އައި ލަވް ޔޫ..” ކިއާރާ މަލިކާއާއި ދުރަށް ޖެހިލަމުން ބުންޏެވެ. މަލިކާ ލޯބިން ކިއާރާ ގެ ކަރުނަތަށް ފޮހެލިއެވެ. “އަދި މަންމައަކަށް ނުއެއްވޭނު…” ދެމީހުން ސިހުނީ ފަތުހީ އައިސް އެހެން ބުނެލުމުންނެވެ. ތިން މީހުން އެކީ ހޭންފެށިއެވެ.

“އަދި ނުވިޔަސް ކީދާނެޔޭ ދޯ ކިއާ….!” މަލިކާ އެހެން ބުނެލުމުން ކިއާރާ އައެކޭ ބުނެފައި ފަތުހީގެ ގައިގާ މަޑުމަޑުން ޖެހިއެވެ.. “އޯ އައި ފޮރގޮޓް……” ކިއާރާ އެހެން ބުނެފައި ކުއްލިއަކަށް ދުއްވައިގަތީ ބަދިގެއާއި ދިމާލަށެވެ. އޭރު ރޯސްމެން އެތާނގައި ވަރުގަދަ ވާހަކައެއްގައި ކާން ތިއްބެވެ. “ރޯސް.. ޖޭސް.. ޝާލް…. މިރޭ އަންނާނެ އަޔާން ފެމިލީ.. އެމީހުންނަށް ރަނގަޅު އެއްޗެއް ކައްކާލައްޗޭ…..” ކިއާރާ ބުންޏެވެ. ތިން މީހުން އާއެކޭ ބުނެލުމުން ކިއާރާ ކޮޓަރިއާއި ދިމާލަށް ދިޔައީ ސިޓިންގް ރޫމްގައި ތިބި މަލިކާއަށާއި ފަތުހީއަށް ބަލާލާފައެވެ.

ކިއާރާ ތައްޔާރުވެލިއެވެ. ކަކުލާއި ހަމާއަށް އަރާ ދޫ ހެދުމަކާއި ސްކިނީއެއްގެ އިތުރުން ހެދުމާއި ގުޅޭ ބެލްޓެއް އުނަގަނޑުގައި އެޅިއެވެ.. ބޮލުގައި ކުޑަކޮށް ފުނާ އަޅާލުމަށްފަހު އިސްތަށިތަކުން އެ ދެލޯ ފޮރުވާލީ އެހެން ނުހަދާތާ ވަރަށް ދުވަސްވެއްޖެޔޭ ހިތާއެވެ. ކިއާރާ ތައްޔާރުވާން ހުއްޓާ ދޮރުގައި މީހަކު ޓަކިދިނެވެ. “ކަމް އިން..” ކިއާރާ އެހެން ބުނެލުމާއި އެކު އެތެރެއަށް ވަނީ މައިޝާ އާއި ޒާއިންއެވެ. “އޯހްހް.. ޓައިމްއަށް ވުރެ ކުރިން މި އާދެވުނީ މެރިޑް ދެކުދިންނަށް ދޯ…” ކިއާރާ އެހެން ބުނެފައި އެމީހުންނަށް ޖެއްސުންކުރިއެވެ. ޒާއިން އައިސް އެނދުމަތީ އިށީނދެލިއިރު މައިޝާ ކިއާރާ ކައިރި ހުއްޓި ބޯ ރީތިކުރަން ފެށިއެވެ. “މި ޒާން ގަނޑު ސައިކަލު ދުއްވިލެއް މަޑުކަމުން މުޅި ބޯ ބަލާބަލަ ހުރި ގޮތް..” މައިޝާ ރުޅިއައިއްސާ އެހެން ބުނެލުމުން ކިއާރާ ހޭންފެށިއެވެ. މާ ގިނައިރުތަކެއް ނުވެ އަޔާންވެސް އައިސް ވަނެވެ.. “ހުމްމް މި އަންހެންވެރިންގެ މޭކަޕް ޓައިމް ދޯ..” ތައްޔާރުވާން ތިބި މައިޝާ އާއި ކިއާރާއަށް ބަލާލާފައި އަޔާން ބުންޏެވެ.

“އާނ.. މިހާރު އެތައް އިރެއްވެއްޖެ އެކަމުގައި އުޅޭތާ… ކޮބާ؟ އެ ދެ ކަޕްލް ނާދެޔޭ ދޯ…” ޒާއިން ބުންޏެވެ. “އޭ! އަޔާން… މިރޭ އަޔާން ހުންނާނަންދޯ؟ ކޮންބައެއް އަންނަނީ؟” ކިއާރާ އަހާލީ ލޯގަނޑުން ފެންނަމުންދިޔަ އަޔާންގެ ސޫރައަށް ބަލާލަމުންނެވެ. “ޔާ… އަންނަނީ މަންމައާއި ބައްޕައާއި މި އުޅޭ އަނާ.. އޭނާ އަންނަން ވަރަށް ވަރުހުއްޓޭ…. ދެން ދޮންބެމެންނަށް ނާދެވެނީ ހަންކޮ އުޅެނީ ކުޑަކޮށް ބަލިވެ އެހެންވެ ދޮންބެ ދައްތަ މަޑުކުރާތީ ދޮންބެވެސް މަޑުކުރީ..” އަޔާން ސޯފާގައި އިށީންނަމުން ބުންޏެވެ. . “ހުމް ހުމް ކޮން ކަމެއް މިރޭ؟ ކައިވެނީގެ ކަންތަށްތަ؟” ޒާއިން އެހިއެވެ.. “ވެދާނެ…” ކިއާރާ ބުނެލީ ހިނިގަނޑެއް ޖަހާލަމުންނެވެ.

އޭގެ އިރުކޮޅެއްފަހުން ކިއާރާ އަށް މީހަކު ގުޅިއެވެ.. ކިއާރާ ޑްރެސިން ޓޭބަލްމަތީ އޮތް ފޯނު ބަލާލިއިރު އެއީ ސަމާހްއެވެ. “ސޭމް އައި ކަންނޭނގެ.” ކިއާރާ އެހެން ބުނެފައި ކުރަން ހުރި މަސައްކަތް ބަހައްޓާފައި ފޯނު ހިފައިގެން ދުއްވައިގަތީ ކޮޓަރިން ބޭރަށް ދާންވެގެންނެވެ.

ދޮރު ހުޅުވާލުމާއި އެކު އޭނާ ސިހުނީ ކުރިމަތިން އޭނާ ސިއްސުވާލި ސަމާހް ފެނިފައެވެ. ކިއާރާ އަށް ހަޅޭލަވައިގަނެވުމުން ކޮޓަރިތެރޭ ތިބި އެންމެންނަށް އެދިމާ ބަލައިލެވުނީ ސިހިފައެވެ. “ވަރަށް ފޫހިވޭ..” ކިއާރާ ސަމާހްގެ ގައިގާ ޖަހާލަމުން ބުންޏެވެ. އެއަށްފަހު  ވަނުމަށް ތަންދެއްކިއެވެ. ސަމާހްގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އަޔާންއެވެ. ސަމާހް އަޔާން އަށް ފުޅާ ހިނިތުންވުމެއް ދިނުމަށްފަހު ސަލާމަށް އަތް ދިއްކުރިއެވެ. “ވަރަށް ބޮޑަށް ތެންކިޔު… ..”އަޔާން ބުންޏެވެ ސަމާހް ހިނިތުންވުމެއް އެކަނި ދިންކަމެވެ.

ޒާއިން ރެޑީވާން ހުރި ކިއާރާގެ ނިތްކުރިމައްޗަށް ވައްޓާލާފައި ހުރި އިސްތަށިތަކަށް ދަމަންފެށިއެވެ.. ސޯފާގައި އިށީނދެގެން ވާހަކަދައްކަން އިން އަޔާން އާއި ސަމާހް އެދިމާ ބަލައިލީ ކިއާރާ “ދެންން” އޭ ބުނި އަޑަށެވެ. “މި ބުރިކުރަން ވީނު؟ ތި ލޯ ފޮރުވީމަ ކީއްތަ ވާނީ؟” ޒާއިން އެހެން ބުނެފައި އިސްތަށިތަށް ހޭވިއެވެ.. “ޒާން ތިހެން ހެދީމަ ހައްތަހާ ލަސްވާނީ އިނގޭ….!” މައިޝާ ބުނެލީ ކިއާރާ ގެ އިސްތަށިތަށް ރަނގަޅު ކޮށްލަމުންނެވެ. “އޯކޭ އޯކޭ ސޮރީ….. ކޮބަޔޯ ދީމް؟” ޒާއިން އެހިއެވެ.. ކިއާރާ ސަމާހްއާއި ދިމާލަށް ބަލައިލިއެވެ.

“ދީމް އަންނާނެ އިރުކޮޅަކުން.. މަޖާ ހުންނާނެ އިނގޭ..” މައިޝާ ބުނެލުމުން އެންމެން އެކަމާއި އެއްބަސްވިއެވެ.. ވީ ކުޑައިރުކޮޅެކެވެ. ކިއާރާމެން ތައްޔާރުވެ ނިމުނުތަނާހެން ދީމާ ގުޅައިފިއެވެ.

“އޭނާ ސިޓިންގް ރޫމްގައި އެބައިން.. ހިނގާ އަވަހަށް އެންމެން…” ކިއާރާ އެހެން ބުނެފައި މޭޒުމަތީ އޮތް ކުޑަ ހޭންޑްބޭގް ހިފައިގެން ނިކުތެވެ.. އެންމެންވެސް އޭނާ ފަހަތުން ނިކުތެވެ.

ކިއާރާ ދީމާ ކައިރިއަށް ގޮސް ދީމާ ގެ ގައިގާ ކުޑަކޮށް ބައްދާލިއެވެ. “ވަރަށް އުފާވެއްޖެ އައީމަ…” ކިއާރާ ބުންޏެވެ. “މޭމް… ވަރަށް ލޯބި ތިހެން ހުރިމަ..” ދީމާ ބުނެލިއެވެ. “މޭމް އެއް ނޫނޭ.. ކިއާ ކިޔަސް އޯކޭ.. އިނގޭ؟” ކިއާރާ އެހެން ބުނުމުން ދީމާ ހީލިއެވެ.. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ސަމާހްއެވެ. އަތް އޮޅާފައި ހުރި ކަޅު ގަމިހަކާއި ކަޅު ޖިންސުގައިވެސް އޭނާ ފެންނަލެއް ހާދަ ހިތްގައިމެވެ. ސަމާހް ބަލާލުމުން ދީމާ އަވަސް އަވަހަށް ނުވާކަމަށް ހަދާފައި ދުރުބެލިއެވެ. “ހޭ ކުޑޭ….!” ދީމާ އަށް އަޔާން ފެނުމާއި އެކު ގޮވިއެވެ. އަޔާން އައިސް ދީމާގެ ކޮނޑަށްއަތްވައްޓާލިއެވެ. އަދި ކޮލަށް ދަމައިގަތެވެ. 6 މީހުން އެކީ ހިނގައިގަތެވެ. ސަމާހް ކިއާރާ ކައިރި ހުރިއިރު އަޔާން ހުރީ ދީމާކައިރިއެވެ. އަޔާން ހުރީ ދީމާއާއި ކޮންމެވެސް ވާހަކައެއްގައެވެ.

ކިއާރާ ސަމާހްގެ ގައިގާ ޖެހިއެވެ.. “ޕްލީސް އޭނާ އާއި ޓޯކް ކުރައްޗެ.. އޭނާ ހާޓް ނުކުރާތި.. ސޭމް…. ފޯރސް އެއް ނުކުރަން އެކަމް އެއީ އެންމެ ކުޑަމިނުންވެސް ސޭމްއަށް ކުރެވޭނެކަމަކީ…. ސޭމްގެ ނިންމުމެއް އެއީ އޭނާއާއި ގުޅުމާއި ނުގުޅުން… އެކަމް ވާހަކަދެއްކުމާއި އޭނާގެ ވާހަކަތަށް އޮޅުން ފިލުވުން އެއީ މައްސަލައެއް ނޫން..” ކިއާރާ ބުނެލީ މަޑުމަޑުންނެވެ. ސަމާހް އާއެކޭ ބުންޏެވެ. ކިއާރާ ގޮސް ކަޅު 7 ސީޓްގެ ކާރު ކައިރި މަޑުކުރިއެވެ. ޖަމީލް އޮތީ އެ ކާރު ތައްޔާރުކޮށްފައެވެ. ކިއާރާ އަންނައިރަށް ތަޅުދަނޑިދީފައި އޭނާ ހިނގައްޖެއެވެ.

“އޯކޭ… ކާކު ދުއްވަނީ؟ ކޮންތާކަށް ދާނީ؟؟ އުޅޭ ހުޅުމާލެ ދާން…؟” ކިއާރާ ހިޔާލެއް ފާޅުކުރިއެވެ.. “ޔެސް ހިނގާ….! ހުޅުމާލޭގައި ހުންނާނެ ގާތް އެކުވެރިއެއް… ސައިކަލެއް ލިބިދާނެ ދުއްވާލަން… އަނެއްކާ އެތާނގައި މިތަނަށް ވުރެ ބީޗް ކައިރިވެސް ސަޅިވާނެ.. ލެޓްސް ގޯ..” ޒާއިން އެހެން ބުނުމުން އެންމެން އެއްބަސްވެލުމުން ޒާއިން އުޅުނީ ސައިކަލެއް ހަމަޖެއްސުމުގެ ކަމުގައެވެ. އެންމެން ކާރަށް ނާރަ ތިބީ އެކަން ހަމަޖެހެންދެންނެވެ. ކިއާރާ ގޮސް އަޔާން އާއި ދީމާ ކައިރި މަޑުކޮށްލުމުން ސަމާހް މައިޝާ އާއި ވާހަކަދައްކަންފެށިއެވެ.

“ތި ދެމީހުން އަސްލު ކިހިނެއް އާއިލާއީ؟” ކިއާރާ އަހާލީ ހިނިތުންވެލާފައެވެ. އަޔާންގެ އާއިލާ މީހުން އޭނާއަށް އިނގެންބޭނުންވާތީއާއި ދީމާ އޭނާއާއި ކިހާ ގޯތިތޯ ބަލާލާހިތްވީއެވެ. “މީ އަސްލު މަންމަގެ ކަޒިންއެއްގެ ދަރިފުޅު… ދުރު ރިލޭޝަންއެއް ވިޔަސް ވަރަށް ގާތްކޮށް އުޅެނީ އެހެންނު ދޯ ދިމްކޮ؟” އަޔާން ބުނެލީ ދީމާގެ ކޮލައް އަނެއްކާވެސް ދަމާލަމުންނެވެ. “ތެދެއް… އެހެންވީމަ ތި ވާނީ ހަމަ ފަހަރިއަކަށޭ.. ކުޑޭ މެންނާއި އެއްކޮށް އުޅެނިކޮށް މިވަރުވީވެސް…” ދީމާ ބުނެލިއެވެ. ކިއާރާ ހޭންފެށިއެވެ. “މިހާރު ބިޒީކަމުން ގެއަށްވެސް ނާދެވޭ އެހެންކަމެއްވެސް ނުއެއް ކުރެވޭ… ހަފްތާއަކު އެއްފަހަރު އާދެވެނީވެސް މި ކުއްޖާފުޅަށް..” އަޔާން ދީމާ ކުޑަކުއްޖަކަށް ހަދާލުމުން އަޔާންގެ ގައިގާ ބޮނޑިއެއް އެޅިއެވެ.. “ދެން ކީއްވެ ޖޫލިއަންގައި ވަޒީފާ އަދާނުކުރަނީ؟” ކިއާރާ ހިތުގައި އުފެދުނު އެންމެ ބޮޑު ސުވާލުކުރިއެވެ. “އަސްލު އަޅުގަނޑު ދެކޭ ގޮތުގައި ބްލޫސް ގަ ކަންނޭނގެ އަޅުގަނޑުމެން ކިޔެވި ދާއިރާގެ ބައި ބޮޑީ ޖޫލިއަން އާއި ބަލާފަ އެހެންވެ.. އަނެއްކާ ކުޑޭ ބުނީވެސް ބުލޫސް އިން ވަޒީފާ ހޯދަން… ދޯ ކުޑޭ….” ދީމާ ބުންޏެވެ. ތަފާތު ވާހަކަތަށް އެ ދެމެދުގައި ދެކެވުނުއިރު އެ ގުޅުން އިތުރަށް ވަރުގަދަވިކަހަލައެވެ. ވެރިއެއްގެ ހައިސިއްޔަތުން ގާތް އެކުވެރިއެއް އަދި ފަހަރިއަކަށް ކިއާރާ ބަދަލުވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (75)

  1. Ryn

    Hey guys! tc 😉 aand aslu dhn hieh nuvey maa bodu change thakeh story ah genevidhaane hn cx its already finished and all i can do is correct some mistakes or change some parts i cant change the whole thing again kiaa dad ge part liyaakah! Anyway c u around 9. tc ily guys 😉

    1. Faxoo
      Ryn

      Ryyn, “Kalhu 7 seat ge kaaru” mihenneh noon ingey innaany. “7 seat ge kalhu kaaru” mihen innaany. 😉 anyway mibaives vrh vrh reethi, i lovvvvvvvvvve it. Ryyn ge vaahaka eh vejjeyya varah reethi vaane kan ingey (MaShaAllah) 😀 yuh have improved a lot Ryyyyn!!

  2. maiha

    ohhh…me first tha…

  3. maiha

    thnxxx Ryn..u r da bst..i trust u..?

  4. ishaa

    im 2nd

  5. Ishath

    Vaahaka varah reethi. Kobaa tha handi thah varah majaa thi handi thah

  6. Ninni

    Next part avas avas.. ???

  7. New handi

    Im here

  8. Iman

    V reeethi…
    Waiting 4 next part

  9. Thihthi handi

    Me tooo here

  10. Kiaz

    Story ah vuren bodah mihaaru kienu handi thakuge comments thah… ??? ryn story varah reethi…. havyru t ge fahun iru irukolhaa check kohle vey story up vi thoa.. hehe…

    1. Nafu
      Kiaz

      Yuh same here???
      Dhnn bunelunn othy handians are the best hama??
      Apologies for my bad dhivehi…..although i am a maldivian i am really weak in dhivehi so i prefer english over dhivehi☝☝

  11. makeup handi

    Hi vvvvvvvvvvvvvv obi mi part ves. Hey kobaa tha handians. Mirey ge sai kon irakun….and yeah……. Many many hearty greetings to the new handing couple…. Mirey ah Makeup kohlan beynunvaa handithakah welcome igey…… Hama annanvi handi cottage ah

    1. HANDIAN
      makeup handi

      im here. sai at 8:95 at handifushi….. ?????✋

    2. Princess handi
      makeup handi

      8:95 seriously handian….m ready ??

    3. Police Handi
      makeup handi

      hahah.. HANDIAN???

    4. Princess handi
      makeup handi

      Magey up handi mirey sayah dhaan make up kuran beynun kohdheveynetha

    5. Loabeege handi
      makeup handi

      Ma vx beynun make up kuran… Miharu mi nattalany handi cottage ah..

    6. HANDIAN
      makeup handi

      why not serious?

    7. Loabeege handi
      makeup handi

      Mirey dhany ma bit soru govaigen hurihaa handi menah dhakkalan…

    8. HANDIAN
      makeup handi

      owww loabeege handi mee manje eh tharr???

    9. Loabeege handi
      makeup handi

      Aan.. Me manje eh

  12. maiha

    ohhhh..v v salhi…waitin n waitin n waitin…?????

  13. Nafu

    Where are you handians??? Anehkaa hurihaa enmen jail uhh lee tah??
    Anyway tc ???

    1. HANDIAN
      Nafu

      no nuleveyne. police handi eii my gf n mirey 8:75 ga marry kurany. wedding party at 8:95 at handifushi nafu ves vadaigen dhevvun edhi dhauvathu aruvan
      tc

    2. Police Handi
      Nafu

      dhw HANDIAN ..ur My baby ????????

    3. Nafu
      Nafu

      Haha handian wedding veema dhen vadaigunnuvunn geheyny??

    4. HANDIAN
      Nafu

      VADAIGANNAVAASHEY ……. .

  14. mai

    V v v salhi mi bai ves. Waitin 4 next part ryn

  15. Noo handi

    Hey ehmn?? Mithaaga rply kohlaba hurihaa handi thah mihaaru olhihje handi thah?? Mithaa mihaaru miulheny hus handin mihaaru??

    1. HANDIAN
      Noo handi

      ? aan vvvv gang bodu vejje dhw ??

    2. Princess handi
      Noo handi

      Handi aailaa v boduvaanehnu ehenve vaagothey princess handi mee aslu vx handi aailaaey

    3. makeup handi
      Noo handi

      Yes princess. And loabeege handi…. Makeup kohdheyn hama thahyaaru…. Ehves ageh ves nunagaanan.avahah aadhey

    4. Loabeege handi
      Noo handi

      Hadha rangalhey make up handi

    5. Princess handi
      Noo handi

      Awww thankx make up handi ….

    6. Ran Handi
      Noo handi

      Boys unnah available tha…dhaan vehjje thithanah fuhkolhhe jahaalan??

    7. Eydhafushi handi
      Noo handi

      Mirey party othy kn thaaku o?

    8. Thulhaadhoo handi
      Noo handi

      Thulhaadhoo ga ??

  16. Miya

    Wowwww….. Story nimen ulheythyve dheravanyyyy. Ryn mi story nimunyma rynge new story eh kiyanlibeynetha?

  17. shara

    just wow

  18. Fehi Handi

    vrh salhi
    koba tha handians

    1. Loabeege handi
      Fehi Handi

      Mi ulheny.. Koba Kihineh tha fehi handi??

    2. Fehi Handi
      Fehi Handi

      hama baraabaru

  19. Police Handi

    Baby Miss you????kobaatha kalo

    1. HANDIAN
      Police Handi

      missss u 2 3 4 5

    2. Police Handi
      Police Handi

      handin ge therey ginaee manjein dhw.. misyou 6 7 8 9 10????

    3. Police Handi
      Police Handi

      ma bitu soru ves govain dhaany.. ehves kuhjaku hih nukiyahchey.. he is damn hot???? My Handian???

    4. HANDIAN
      Police Handi

      hehehehe

  20. Fehi Handi

    haha
    kuda kuda handi thakeh dhw ulheny

  21. Nafu

    Mithaa kurinn ulhunu police inspector kobaatha?? Anehkaa handi gang dekey birunn underground vee tha??

    1. HANDIAN
      Nafu

      my luving gf Police Handi is her

    2. Nafu
      Nafu

      Oh i see handi ukuh badaluvee dhw

    3. Police Handi
      Nafu

      Am here ey Nafu??

  22. king of Handians

    migadyga handi dharubaaruga jalsa eh kuriah dhaathy handithakah naadhevigen eulheny.Jalsa nimunuha avahakah handithah dhookkohlaanan kaleynennahtakai.?

  23. Sweety

    Mee mivaguthu kuriyahdhaa enme reethi vaahaka dho? Gaimuves enme gina coment hunnanee mivaahakayah.

  24. Police Handi

    Nooney kudhinney mirey Aharumen marry kuryma boduvaanenutha .. dhw Baby???? Bodu kudinnahshey marry kureveynee ves

    1. Fehi Handi
      Police Handi

      hahah handinnah kuda iru ves marry kureve ehnu

    2. Eve
      Police Handi

      Comment gina ee vaahaka reethi vegeneh noon. Mithaa ukhey kuda kudhinthakeh moya vaaathiii

    3. Shys
      Police Handi

      huh konme ehcjeh kiyas mi vaahaka aky no 1

    4. kuda handi
      Police Handi

      Handithakaa mirey dhen kuriah othy mi Eve kaalun. he said we re maad??????

    5. XoXo Handi
      Police Handi

      HANDIAN is Mine. Stop this kaiveni

    6. Eve
      Police Handi

      Kaaalanshw … haahahehehuhuheee

    7. Fehi Handi
      Police Handi

      Police Handi aa HANDIAN aa enme gulheny hama

  25. baby

    Waaaau varah reethi story. Can i join handian group too guyss ?

    1. kuda handi
      baby

      ekm namega handi innan jeheyne

  26. Queen of handians

    Hi every body

    1. Fehi Handi
      Queen of handians

      heyyy

  27. Police Handi

    XoXo handiaaa U shutup okkkk???? He is already mine… oh thankkks fehi handi????

    1. Fehi Handi
      Police Handi

      haha my pleasure

  28. XoXo Handi

    So sad. 🙁
    But yu r tooo OLD

  29. Babloo handi

    Haadha rythi pic ekey e iny dho

  30. QUEEN of HANDIANS

    The QUEEN has arrived!!!

    Sorry for the late arrival.

  31. Handi amaa

    Mee chat room akah hadhaifi v foohivey

  32. Faathee

    ???

  33. Axifa Ali

    Mi vareh hama ney…. vvv salhi

Comments are closed.