ހިތް އެކީ ދެވިއްޖޭ…43
- .
އިރުކޮޅަކު އެހެން ހުރެލުމަށްފަހު އަޔާން ކިއާރާ ދުރަށް ޖެއްސިއެވެ.. “ދެން ކިޔައިދީބަލަ ކިހިނެއް ކިހިނެއް ފެށުނު ކަމެއްތަ މީކީ؟” އަޔާން އެހިއެވެ. “ކޮންކަމެއް؟” ކިއާރާ އަށް އެ ބުނި އެއްޗެއް ނޭނގުނެވެ. “ތި ކިޔާ އަޔާންއެއް ދެކެ ލޯބި ވެވުނީ ކިހިނެއްހޭ..؟” އަޔާން ހެމުން ހެމުން ބުންޏެވެ. ހަޤީޤަތުގައި މައިޝާ އެވާހަކަތަށް ކިޔައިދީފައި ހުއްޓަސް ކިއާރާގެ އަނގައިން އަޑުއަހާލަން ބޭނުންވީއެވެ.. އަޔާން ކިއާރާގެ އަތުގައި ހިފަހައްޓައިގެން ގޮސް އެނދުމަތީ އިށީނެވެ. “ދެން ކިޔައިދީބަލަ އަސްލު ވީ ގޮތް… ކިއާ ގެ ދުލުން ވަރަށް އަޑުއަހާހިތްވޭ..” އަޔާން ބުންޏެވެ.. ކިއާރާ އިސްޖަހާލައިގެން އިނދެ އަޔާން ފެނުނު ދުވަހުން ފަށައިގެން އެންމެ ފަހު ބައްދަލުވުމާއި ހަމައަށް ކިއައިދިނެވެ.
“ހަމަ އެހާ ލޯބިވޭތަ؟” އަޔާން އަހާލުމުން ކިއާރާ ބޯޖަހާލިއެވެ. “ބައިދަވޭ…. އަސްލު ކިއާ ތަ ކިޔަންޖެހޭނީ އޯރ އެލީތަ؟” އަޔާން އެހިއެވެ. “އެއީ އެލީ އަކީ އެންމެ ފުރަތަމަ ސްޕެޝަލް ފީލް އެއް ކުރުވި ކުއްޖަކީ…. ހިތުގައި ގޮތް ނޭނގޭ ކަންތަށްގަނޑެއް މެދުވެރި ކުރުވި ސަބަބަކީ.. އެކަމް ކިއާ އަކީ އެ އިހްސާސް އިތުރުކޮށް ލޮތްބާހަމާއަށް ގެނައި ކުއްޖަކީ… މި ދެއްކެނީ އެކެއްގެ ވާހަކަ ކޮންމެޔަކަސް..” އަޔާން އިތުރުކުރިއެވެ. “އަޔާން އަށް ދޯ އިނގޭނީ ކިޔަންވީ އެއްޗެއް..” ކިއާރާ ބުންޏެވެ. “ކިއާ އެހިންދޯ 3655 އަކީ ކޯޗެއްތޯ؟ އެއީ ކޯޗެއްކަން ބުނަން..؟” އަޔާން ޖީބުގައި އޮތް ފޯނު ނެގިއެވެ. އޭގެ ނަމްބަރުތަކުގެ ސިއްރު ބުނާ ވަގުތު ޖެހުނީއެވެ. ކިއާރާ އަޔާންގެ ފޯނަށް ބަލައިލިއެވެ. އެވަގުތު ހަނދާނަށް އައީ ހޮސްޕިޓަލުގައި އޮވެ އަޔާން ކައިރި އެ ސުވާލުކުރި ހަނދާނެވެ.
“3 އެއީ ޑީ އަށް.. ޑީ އިންނާނީ 3 ގަ އެއްނު.. އެން 6 އެއީ އޯ އަށް… 55 އެއީ ޑަބަލް އެލް އަށް..” އަޔާން އެހެން ބުނެފައި ފޯނުގައި ކޯޑް ޖެހިއެވެ. އެއާއި އެކު އެ ހުޅުވުނެވެ. “ޑީ.އޯ.އެލް.އެލް.. ޑޯލް..! ޑޯ..ޑޯލް..” ކިއާރާ ދެލޯ ބޮޑުވިއެވެ. ހަނދާނަށް އައީ މީގެ އަހަރުތަކެއް ކުރީގެ ހަނދާނެކެވެ. “ޔެސް މައި ޑޯލް… އޭރު ޑޯލް ކީ އާލިޔާއަށް… އެން ނައު އިޓްސް މައި ޕާސްކޯޑް…” އަޔާން ބުނީ ކޮނޑު ހިއްލާލަމުން ފޮނިވެފައެވެ.. ކިއާރާ އަށް ހެވުނެވެ. ދެމީހުން އިރުކޮޅަކު އެވާހަކަތަކުގައި ތިއްބެވެ. ގަޑި ހިނގައި ދިޔަ ގޮތެއްވެސް ނޭނގުނެވެ. 9 ޖަހަން ކައިރިވީއެވެ. އެދެމީހުންގެ މެދުގައި އޮތް ހުރިހާ އޮޅުން ބޮޅުންގަނޑެއްވެސް ފިލައިގެން ދިޔައެވެ. އަޔާން އަށް ކުރެވުނު ކަންތަކަށް މާފަށް އެދި އެ ގޮތް ދިމާވާން މެދުވެރިވި ސަބަބުވެސް ބުނެދިނެވެ. ކިއާރާ ހެޔޮހިތުން އަޔާން އަށް މާފްދިނެވެ. ލޯބިވާ މީހަކަށް މާފްނުކޮށްދޭނީ ފަހެ ކާކުހެއްޔެވެ؟ އަޔާން އެކުރީކީވެސް މާ ބޮޑު ކުށެއްނޫންވިއްޔާއެވެ. ސައީދާމެންނާއި ކުރިމަތިލުން އެއީ އެއްގޮތަކުން ނޫންނަމަ އަނެއްގޮތަކުންވެސް ކިއާރާގެ ދިރިއުޅުމަށް އަންނާނެ ކަމެއްކަން އޭނާއަށް އިނގެއެވެ.
“ޑޭޑް އަންނާނެ އިރުކޮޅަކުން… ޒާންމެންވެސް.. ހިނގާ ތިރިއަށް ދާން… އެން ބައިދަވޭ.. ފޯނު.. ފޯނު ގެއްލިއްޖެ..” ކިއާރާ އެހެން ބުނެފައި އެނދާއި ދިމާލަށް ބަލައިލިއެވެ. އަޔާންވެސް އެ ދިމާއަށް ނަޒަރުހިންގިއެވެ… އަޔާންއަށް ޒާއިން ކިއާރާގެ ފޯނު ނެގިތަން ފެނުނެވެ. ނަމަވެސް އޭނާވެސް އެހާ ސިއްރުން އެ ގެންދާނީ ސަބަބެއް އޮތީމައޭ ހިތާ އެކަން ސިއްރުކުރިއެވެ. “ފޯނު ބާއްވާ… ނުފެނުނިއްޔާ ރަނގަޅީވެސް…. ކިއާ އާ ސިމް އެއް ގަންނާނީ ދޯ…..” އަޔާން އެހެެން ބުންޏެވެ. އެއަށްފަހު ކިއާރާ އަތުގައި ހިފަހައްޓަމުން އެނދުންނެގިއެވެ. ކިއާރާ އަދި އަޔާންވެސް ބޭރަށް ދާން ހިނގައިގަތެވެ. ސިޑިން ތިރިއަށް ނުފައިބަނިސް ފަތުހީ އަންނަތަން ކިއާރާއަށް ފެނުނެވެ.
ކިއާރާ އާއި އަޔާން އެކީ ފެނުމުން ފަތުހީ ހިނިތުންވުން ފުޅާވެގެންދިޔައެވެ. ކިއާރާގެ ހިނިތުން އަބަދުމެ އަބަދަށް އެގޮތަށް ލެއްވުމަށް އޭނާ ދުއާ ކުރިއެވެ. “އަޔާން މިއަދަށްފަހު ކިއާގެ އެ ހިނިތުންވުން ފިލިޔަ ނުދެއްޗޭ… އަބަދުވެސް އެކީގައި އުޅޭތި…” ފަތުހީ ބުނެލީ އަޔާން އާއި ކިއާރާ ސިޑިން ފޭބުމުންނެވެ. އަޔާން ބޯޖަހާލިއެވެ. “އާދޭ އިށީންނަން ސޯފާގައި.. ޒާއިންމެން އެބަ އާދޭ އިރުކޮޅަކުން ދެންމެ ގުޅާފަ ބުނެފި…. އެމީހުން އައީމައެއްނު ކާން ދާނީ..” ފަތުހީ އެހެން ބުނެފައި ސޯފާގައި އިށީނެވެ. އެމީހުންވެސް އިށީނެވެ. ހަމަ އެވަގުތު ފަތުހީއަށް ފޯނެއް އައެވެ. ފަތުހީ ފޯނު ނަގާ ބަލައިލުމަށްފަހު ކުޑަކޮށް ބޯ ކަހާލިއެވެ. “ކިހިނެއްވީ ޑޭޑް؟” ކިއާރާ އެހިއެވެ.. ފަތުހީ ފާޑަކަށް މޫނު ހަދާލާފައި ފޯނުގައި އިން ނަން ދެއްކިއެވެ. “މަލިކާ…..!” ކިއާރައަށް ބުނެލެވުނެވެ. “ޑޭޑް… ފޯނު ނަގާބަ… ކަމޯން…” ކިއާރާ ބުންޏެވެ.. ފަތުހީ ބޯ ޖަހާލުމަށްފަހު ފޯނު ނަގާފައި ކުޑަކޮށް ދުރަށްޖެހުނެވެ.. އަޔާން އެއީ ކާކުތޯ އެހުމުން ކިއާރާ ފެށީ ހޭށެވެ.
“އަޔާންއަށް ހީވޭތަ ޑޭޑް ވަރަށް މުސްކުޅިވެއްޖެހެން.. އައި މީން ގެސް ހިއިޒް އޭޖް..” ކިއާރާ ބުންޏެވެ.
. އަޔާން ދުރުގައި ފޯނުގައި ހުރި ފަތުހީ އަށް ބަލައިލިއެވެ. “އަމްމް… 45؟” އަޔާން ވިސްނާލަމުން އެހިއެވެ. ކިއާރާ ދެކޮޅަށް ބޯ ހަރަކާތްކުރިއެވެ.. “42….” ކިއާރާ ބުންޏެވެ.. “އިނގޭތަ އަޔާން.. މަލިކާ ދައްތަ… އެއީ މެލޭގައި އުޅުނު ރާއްޖެ މީހެއް.. އޭނާ އެއީ ހަމަ ސިންގްލް މީހެއް.. މީހަކާ ނުވެސް އިނދޭ… ދަރިއެއް ނުހުރޭ… ނަތިން… އޭނާ އާއި ދިމާވީ މީގެ 5 އަހަރު ކުރިން.. އެން ޑޭޑް އާއި މަލިކާ ދައްތަ ވަރަށް ކްލޯސް.. ދެ ވޯރ ބެސްޓް ފްރެންޑްސް… އެން ދެން ޑޭޑް ވެސް ލައިކް ވޭ ކަންނޭގެ މަލިކާ ދައްތަ އެކަމް ދުވަހަކުވެސް ނުއެއް ބުނޭ.. އެން މަލިކާ ދައްތަ މިކޮޅަށް ފުރަން އަންނަން އުޅުނު ދުވަހު ބުނީ ޑޭޑް ކައިރި ވަރަށް ލޯބިވެޔޭ ޑޭޑް ދެކެ.. ދެން ޑޭޑް ޖަވާބެއް ނުދީ އައީ…. ޑޭޑްގެ ޖަވާބެއް ނުލިބޭތީ މަލިކާ ދައްތަ އަށް ނުކެރޭ ގުޅާކަށެއް… އޭނާ ކިއާ އަށް ގުޅައިގެން އަހާނެ ޑޭޑް ވާހަކަ… މިއަދު… އަލަށް އެ ގުޅީ ރާއްޖެ އައިފަހުން ޑޭޑް އަށް…. އަޔާން.. މައްސަލައަކަށް ވާނެތަ އެ އޭޖްގަ މެރީކުރުން؟ ނުވާނެއެއްނު.. ދެން ނޭނގެ ޑޭޑް ކީއްވަކެއް ފަސްޖެހެނީ…” ކިއާރާ ކިޔައިދިނެވެ.. “ވެދާނެއެއްނު ކިއާގެ ޑޭޑްގެ އެކްސް ވައިފް ދެކެ އަދިވެސް ލޯބިވަނީ ކަމަށް.. އަދިވެސް މޫވް އޮން ނުކުރެވެނީ ކަމަށް.. ހިތް ކިތަންމެ ވަރަކަށް އެދުނަސް ބައެއް ފަހަރު ސިކުނޑި ކުރި ހޯދާނެ…….. ކިއާ ވާހަކަ ދައްކާލަބަލަ… ފަތުހީބެ ގެ ހިތުގައި އޮތް އެއްޗެއް ދެނެގަނެވޭތޯ މަސައްކަތްކުރެބަލަ އޭރުން އިނގިދާނެނު..” އަޔާން ބުންޏެވެ.. “ބަލާބަ.. ދުވަހަކުވެސް ނުފެންނަ ސްމައިލް އެއް އެ ފެންނަނީ… ޑޭޑް ބޭނުންވާނެ އެކީ ދިރިއުޅުން ހޭދަކުރާނެ ފަރާތެއް… އެހެންނު؟ އަމް އޯލްވޭސް ވިދް ހިމް އެކަމް ޑޭޑް ބޭނުންވާނީ ދަރިއެއް އެކަންޏެއްނޫން ކަންނޭގެ.. އިވެން އަ ލައިފް ޕާޓްނަރ… ހީ ޑިސާރވްސް އެޓްލީސްޓް އެވަރު… ޑޭޑް އަމިއްލަ އުފާތަކަށްވެސް ވިސްނަންޖެހޭނެ އެން އައި ތިންކް އިޓްސް ޓައިމް…. ޑޭޑް އަށް ކަމެއް ކޮށްދިނުމުގެ..” ކިއާރާ އަޒުމްކަނޑައެޅީ ފަތުހީގެ ދިރިއުޅުުމަށް އުފާވެރިކަން ގެންނާށެވެ.
“ކޮންކަމެއް؟” އަޔާން އެހިއެވެ. ކިއާރާ ސިއްރުން އޭނާގެ ސިކުނޑީގައި ރާވަމުން ދިޔަ ކަންތަށްގަނޑު އަޔާންއަށް ކިޔައިދިނެވެ. އޭގެ ނަތީޖާ ފޮނިވާނެކަން ދެމީހުންނަށްވެސް އިނގި ޓަޗެއް އެކަކު އަނެކަކަށް ދިނެވެ. “އެހެންމަ މިރޭ ޑޭޑް އާއި ވަރަށް ސީރިއަސް ޓޯކެއް ޖައްސާނަން..” ކިއާރާ ބުންޏެވެ. އޭނާ މިއަދު އިނީ ވަރަށް ހިތްހަމަޖެހިފައެވެ. އެވަގުތު ފޯނު ބާއްވާފައި ފަތުހީ އަންނަނީއެވެ. “ޑޭޑް… މަލިކާ ދައްތަ ކީކޭ ބުނީ؟” ކިއާރާ އަހާލީ ހިނިތުންވެލާފައެވެ. “މި ދުވަސްކޮޅު ކިއާވެސް ހަބަރެއްނުވެޔޯ… ދައްތަ ބެލިއިރު ކިއާ އޮން އެއްވެސް ނޫނޯ ފޯނަށް ގުޅީމަވެސް ނިއްވާލާފައޭ ބުނީ…. އެހެންވެ އެ ގުޅީ ހުރިހާ ކަމެއް ރަނގަޅުތޯ ބަލާލަން..” ފަތުހީ ކުރުގޮތަކަށް ބުނެދިނެވެ. “އެހެންތަ.. ޔާ ޑޭޑް ފޯނު އެނދުމަތީ ބޭއްވީ އެކަމް ނެތޭ.. އަލުން ޖެހޭނީ ކޮޓަރި ބަލާލަން…” ކިއާރާ ބުންޏެވެ.. އަޔާން ކުއްލިއަކަށް އެއްޗެއް ހަނދާންވެގެން ޒާއިންއަށް މެސެޖެއް ފޮނުވިއެވެ.
މާ ގިނައިރުތަކެއް ނުވެ ޒާއިންމެންވެސް އައެވެ. އަޔާން ޒާއިންއަށް ބަލައިލާފައި ނިއްއަރުވާލުމުން ޒާއިން ބޯޖަހާލިއެވެ. އަޔާންއަށް ފުންނޭވައެއް ދޫކޮށްލެވުނެވެ. އެންމެން އެކީ ކާން އެރިއެވެ. ކިއާރާ އަށް ލިބިފައިވާ ހިތްހަމަޖެހުން ފެނިފައި ޒާއިން އަދި މައިޝާވެސް މާތް ﷲ އަށް ހަމްދުކުރިއެވެ.
ކައި ނިންމާލުމަށްފަހު އެ ހަތަރު މީހުން ގޮސް ވަނީ ކިއާރާ ގެ ކޮޓަރިއަށެވެ. ޒާއިން މައިޝާއަށް އިޝާރާތުން އެއްޗެއް ބުނުމުން މައިޝާ ބޯޖަހާލިއެވެ. އަދި ކިއާރާ ކައިރިއަށް ދިޔުމުގެ ކުރިން އެނދާއި ހަމާއަށް އަރާފައި ދަބަސް ވައްޓާލިއެވެ. އެ ނަގަން ގުދުވެލުމުން ކިއާރާ ގެ ސަމާލުކަން ޒާއިން ހޯދިއެވެ. ފަސޭހަކަމާއި އެކު މައިޝާ ދަބަހުގައި އޮތް ކިއާރާގެ ފޯނު ނަގާ ކާޕެޓް މަތީ ބާއްވާލީ ކުޑަކޮށް އެނދާއި ދޭތެރެއަށް ލާފައެވެ. އެއަށްފަހު އޭނާ ތެދުވެލާފައި އެނދުގައި އިށީނެވެ.. ޒާއިންމެންނަށް އިޝާރާތްކޮށްލުމަށްފަހު އޭނާ ކިއާރާ ކައިރި އައުމަށް އެދުނެވެ. ކިއާރާ ގޮސް މައިޝާ ކައިރި އިށީނެވެ.. ” ފަހުން ގުޅިތަ؟” ޒާއިން އެހިއެވެ. ކިއާރާ ވަގުތުން އެއްޗެއް ހަނދާންވެގެން އެނދުން ތެދުވިއެވެ.. “އާނ ފޯނު ގެއްލިގެން މި އުޅެނީ…” ކިއާރާ އެހެން ބުނެފައި ބާލިސްތަށް ނަގާ ބަލަންފެށިއެވެ.
މައިޝާވެސް ހޯދަން ފެށިއެވެ. “އަނެއްކާ ވެއްޓުނީތަ؟” މައިޝާ އެހެން ބުނެފައި އެނދުއަޑި ބެލިއެވެ.މައިޝާ ގެ އެކްޓް ފެނިފައި ޒާއިންއަށް ހިނިގަނޑެއްޖަހާލެވުނެވެ. “ކިޓީ… މިއޮތީ ފޯނު.. އެނދުމަތި ހޯދިޔަސް ފެންނާނެތަ ވެއްޓިފަ އޮތް އެއްޗެއް..” މައިޝާ ފޯނު ނަގާފައި ބުންޏެވެ.. ކިއާރާ އަވަހަށް އައިސް ފޯނު މައިޝާ އަތުން ނަގާފައި ހުޅުވަން އުޅުނެވެ. “އުނހު.. މަޑުކުރޭ… ސިމް ޗޭންގް ކުރަން…. މި އައީ ސިމްއެއްވެސް ހިފައިގެން…” ޒާއިން ކިއާރާ ގެ ފޯނު ނަގާ މަތިގަނޑު ހުޅުވިއެވެ އޭގެ ތެރޭ ސިމްއެއް އޮތްތަން ފެނި އަޔާން ދެބުމަ ގޮށްޖަހާލިއެވެ. އޭނާ ހީކުރީ ޒާއިން ކިއާރާގެ ސިމް ނަގާނެކަމަށެވެ. ނަމަވެސް އެ އޮތީވިއްޔާއެވެ. ދެން އެމީހުން ސައީދާމެންގެ ހަބަރު ހޯދާނީ ވަކި ކިހިނެއްހެއްޔެވެ؟ ސައީދާ ގުޅަންޏާ ގުޅާނީ ކިއާރާ ނަމްބަރަށް ވިއްޔާއެވެ.
ޒާއިން އެ ސިމް ނަގާ ބިންދާލިއެވެ. “ދެން މި ނަމްބަރ ޔޫސް ކުރާނީ އިނގޭ… އިންނާނެ ކާޑެއްވެސް އަޅައިދީފަ…” ޒާއިން އެހެން ބުނެފައި އޭނާގެނައި ސިމް ލެއްވިއެވެ.. އަދި ކިއާރާ އަތަށް ފޯނު ދިނެވެ.. “ތެންކިޔު ޒާން.. އޯހް ވެއިޓް އޭރުން ޖެހޭނީ ނަމްބަރ ތަށް ސޭވްކުރަން.. ސިމްއަށް ވިއްޔަ ޗޭންގް ކުރީ ނަމްބަރ ތަށް.. ނަސީބެއް ހުންނާނެ ފޮތުގައި ނަމްބަރތަށް ލިޔެފައި…” ކިއާރާ އެހެން ބުނެފައި ކުޑަ ކަބަޑުތެރެއިން ވަރަށް ކުޑަ ފޮތެއް ނެގިއެވެ.. އޭގައި ހުރީ އެންމެންގެ ނަމްބަރުތަކެވެ. ކިއާރާ އާއި މައިޝާ އެ ނަމްބަރުތަށް ސޭވްކުރުމުގައި އުޅުނެވެ. “ވައިބަރ ނަމް ވެސް ޗޭންގް ކުރޭ….ކިއާގެ ފްރެންޑްސް އިންނަށް އާ ނަމްބަރު ފޮނުވާލާފައި ވައިބަރ އަލުން އެކްޓިވޭޓްކުރޭ ތި ނަމްއަށް..” ޒާއިން އެހެން ބުނެފައި އައިސް ސޯފާގައި އިށީނދެލީ އަޔާން ކައިރީގައެވެ.
“ޒާއިން ދެން ކިއާ މަންމަ ކަންތަށް ބަލާނީ ކިހިނެއް؟ ސިމް ތި ހަލާކުކޮށްލީނު.. ކިއާ މަންމަ ގުޅާނީ އެ ނަމްބަރަށް…” އަޔާން އެހެން ބުނުމުން ޒާއިން ފެށީ ހޭށެވެ “ހަހަ އެހެން އެހެނެއް ނުވާނެ ދޯ… އަހަރެން ޕްލޭންކޮށްފިއްޔާ އެކަން ކޮށްފަ ނޫނީ ދުލެއްނުކުރާނަން.. ކިއާ އަށް ޝައްކުނުވާނެހެން އުޅެން ޕްލޭން ކޮށްފިއްޔާ ހަމަ އެ ގޮތަށް ދާނީ….ކިއާ ދެރަކުރަން ބޭނުންނުވާތީ މި ސިއްރުކުރަނީވެސް…. ކިއާގެ އެ ނަމްބަރ މިއޮތީ މި ފޯނުގައި… އެން ކިއާ އަށް ޝައްކުވެދާނެތީ އެހެން ސިމްއެއް އެ ފޯނަށް ލައްވައިގެން އައީ… އައިއްސަ އެ ހަލާކުކޮށްލީ…” ޒާއިން ޖީބުން ނެގި ނޮކިޔާ ބައްތި ފޯނެއް އަޔާން އަށް ދެއްކިއެވެ. “ގަދަ އިނގޭ…” އަޔާން ބުނީ ފުޅާ ހިނިތުންވުމަކާއި އެކުގައެވެ.. “އަސްލުވެސް.. އަހަރެންނަށް ހެޔޮ 100 ފަހަރު ބުނަން ޖެހުނަސް…. ތީ ކިއާ ގެ ހުރިހާ ވެސް އެއްޗަކީ އަހަރެންނަށްވެސް އިނގޭ ޒާއިންއަށްވެސް ކިއާ މުހިންމު ވަރު…. އެހެނެއްނޫން އެކަމް ކިއާގެ މުޅި ދިރިއުޅުން މިހާ ފުރިހަމަ ވީ ހަމައެކަނި ޒާއިންއާއ ހެދި….. އަހަރެން ޖެހިލުމެއްނުވޭ އެއްވެސް ވަރަކަށް ކިއާ ޒާއިން އާއި މާ ގާތްވީމަކާއެއް…. އެއީ އަހަރެންނަށް އިނގޭ ތިދެމީހުންގެ ގުޅުން… ފުރަތަމަ ދުވަހުން ފެށިގެންނެވެސް…. އެން ކިއާ އަށް ޒާއިން މުހިންމުވަރު…. އެއްވެސް ޖެހިލުމެއް ނުވޭ އެކަމަކަށް.. އޭގެ ބަދަލުގައި ފަހުރުވެރިވޭ … މި ހުރިހާ ދުވަހު ކިއާ ބަލައިދިނީތީ… އަހަރެންނަށްވެސް ވިސްނައިދިނީތީ…..
ޒާއިން… އަބަދުވެސް ތިހެން ކިއާރާ ކައިރި ހުންނާތި…. ދިރިއުޅުމަކީ ފަސޭހަކަމެއްނޫން.. ކޮންމެ ގުޅުމެއްގައިވެސް މައްސަލަޖެހޭނެ.. އަހަރެން ނުބުނާނަން އަހަރެންނާއި ކިއާރާ ދޭތެރެއަކު މައްސަލައެއް ނުޖެހޭނެއެކޭ.. ޖެހޭނެ… އެކަމް އިނުމަށްފަހު ކިތަންމެ މައްސަލަ ހޫނުވިޔަސް އަހަރެން ކިއާރާ ދޫކޮށެއްނުލާނަން.. އާނ! އެވަގުތު ކިއާ ކައިރިން ދުރަށްޖެހިވިދާނެ… ކިއާ އާއި ވާހަކަ ނުދައްކަ ހުރެވިދާނެ.. އެއީ އަހަރެންގެ މިޒާޖުގައި ހުންނަކަމެއްވީމަ މި ބުނީ…. އެކަމް އެކަހަލަ ދުވަހެއްގައިވެސް…. އަހަރެންނަށް ޔަޤީންކަން އެބައޮތް އަހަރެން ނެތްތަނގާ ޒާއިން ހުންނާނެކަން…. އެއީ އަހަރެން އެދޭކަމަކީވެސް…. އިނުމަށްފަހުވެސް އަހަރެން ބޭނުމެއްނޫން ތިދެމީހުންގެ ގުޅުމަށް ކުޑަވެސް ދުރުކަމެއް އައުމަކަށް… އަހަރެންނަށްވުރެ ބޮޑަށް ޒާއިންއަށް އިސްކަން ދެވުނަސް އަހަރެންނަށް މައްސަލައެއް ނެތް.. ނޫނީ އަހަރެންނަށް ނޫނެކޭ ބުނެފައި ޒާއިންއަށް އާއެކޭ ބުނާވަރު ކަމެއް އަޔަސް… އަހަރެން މައްސަލައެއްނުވެސް އޮންނާނެ.. އެއީ އެވަރު ޒާއިން އަށް ހައްޤުވީމަ….” އަޔާން އޭނާގެ ހިތުގައިވާ ވާހަކަ ޒާއިންއާއި ހިއްސާކުރިއެވެ. ހަޤީޤަތުގައިވެސް އަޔާންއަށް މިހާތަނަށް ނުކޮށްދެވި ހުރި ހުރިހާ ކަމެއް ޒާއިންވަނީ ކިއާރާ އަށް ކޮށްދީފައެވެ. އެނާއަށް ހުރިހާ ޝުކުރެއްހައްގެވެ. ޒާއިން އޭނާގެ ހިތުގައި އޮތް އެންމެ ބޮޑު ބިރު ފިލައިގެން ދިޔަ ކަހަލައެވެ. މި ހުރިހާ އިރު އޭނާގެ ހިތުގައި އޮތް ކަމަކީވެސް އެއީއެވެ. މައިޝާ ފަދަ ވިސްނުމެއް އަޔާން ނުހުރެދާނޭ އޭނާ ހިތަށް އަރައެވެ.
އަދި އެދެމީހުން ކައިވެނިކޮށްފިނަމަ ކިއާރާއާއި ޒާއިންގެ ގުޅުމަށް ބަދަލުތަކެއް އަންނާނޭ އޭނާ ހިތަށް އެރިއެވެ. ނަމަވެސް އެ ހުރިހާ ކަމަކުން ލުއެއް ލިބުނެވެ. އޭނާ އަޔާންގެ ގައިގާ ބައްދާލެވުނީ އަނގައިން ބުނާނެ އެއްޗެއް ނެތީމައެވެ. “އަހަރެން ސޭމް ކައިރި ބުނެފިން ހުރިހާ ވާހަކައެއް… އޭނާ ހުރީ ވަރަށް އުފަލުން…. އޭނާ ބުނަނީ އޭނާ ބޭނުމެއް ނޫނޭ އަންނާކަށެއް އަނބުރާ… އެއް މަސްފަހުން އަޔަސް އަނބުރާ ދާގޮތަށް އޭނާ ނިންމަނީ… މެލޭގައި ހިންގާ ބުލޫސްއަށް ޓްރާންސްފާރ ވާން އޭނާ ބޭނުންވަނީ…. އެއްކޮށް ބަދަލުވުމުގެ ކުރިން އޭނާ ކިއާރާ ބަލާލަން ބޭނުންވާ ވާހަކަ ބުނީ…. އަދި ދޮންދައްތަ މި ބުނީ ޒާއިންގެ މަންމައާއި އާއިލާ ގޮވައިގެން އެއްކޮށް ޗޭންގްވާށޭ ބުނީ…” ޒާއިން ބުންޏެވެ.. “އެހެންތަ… އަހަރެން ދެވަނަ އަށް އެންމެ ޝުކުރު އަދާކުރަންޖެހޭނެ މީހަކީ ސަމާހް…. މައިޝާވެސް.. އޮފްކޯޒް… އެއް މަސް ފަހުން އޭނާއާއި ދެން ދިމާވާނެ އިރާދަކުރެއްވިއްޔާ… އޭރުން އަހަރެން އޭނާއާއި ވާހަކަވެސް ދައްކާނަން…” އަޔާން އެހެން ބުނުމުން ޒާއިން އާއެކޭ ބުންޏެވެ.
11 ޖެހުމާއި އެކު މައިޝާ އަދި ޒާއިން ދާން ހިނގައިގަތެވެ. އަޔާންވެސް ދަނީކަމަށް ބުނެ ކިއާރާ ގެ ގައިގާ ކުޑަކޮށް ބައްދާލުމަށްފަހު ހިނގައިގަތެވެ. ކިއާރާގެ ކޮޓަރި އެކީ ފަޅުވިއެވެ. އެނާ އެނދުމައްޗަށް ވެއްޓިގަނެފައި ބާލިހުގައި ބައްދާލިއެވެ. އެހެން ދުވަސްދުވަހާއި ހިލާފަށް މިއަދު ކިއާރާ އެ ބާލިހާއި ހިއްސާކުރީ އުފާވެރިކަމެވެ. ހިތާމައާއި ކަރުނައެއްނޫނެވެ. ކުއްލިއަކަށް ކިއާރާ ތެދުވެލީ އެއްޗެއް ހަނދާންވެގެންނެވެ. “ޓައިމް ފޯރ މައި ޕްލޭން….” ކިއާރާ އެހެން ބުނެލާފައި ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ކިއާރާ ގޮސް ފަތުހީގެ ކޮޓަރި ބަލާލިއިރު އެކަކުވެސް ނެތެވެ. އެކަމް ފަތުހީ އަކީ މިގަޑީގައި ކޮޓަރީގައި އިންނަމީހެކެވެ. ނުނިދިކަމުގައިވިޔަސް އޭނާ އިންނާނީ އެ ގަޑީގައި ކޮޓަރީގައި ކޮންމެވެސް ކަމެއް ކޮށްލަކޮށްލައެވެ. ކިއާރާ ސިޑިން ފޭބިއިރުޝާލީ ބޮޑު ދޮރު ލައްޕާ ތަޅުލަނީއެވެ. “ޑޭޑް ބޭރުގަތަ؟” ކިއާރާ އަެހިއެވެ. “އެތެރޭގައި…. ސަރ ބޭރަށް ނުދަނީ…” ޝާލީ އެހެން ބުނުމަށްފަހު ސިޓިންގް ރޫމްގައި ހުރި ލައިޓްތަކުގެ އަލި މަޑުކުރަން ފެށިއެވެ.
ކުޑަކޮށް ވިސްނާލުމށްފަހު އެނާ ސިޑިން މައްޗަށް އެރިއެވެ.. އޭނާ މަޑުމަޑުން ހިނގާލާފައި ދިޔައީ ޓެރެހަށް އެރެން ހުރި ސިޑި ކައިރިއަށެވެ. މަތީ ދޮރު ހުޅުވާފައި ހުރުމުން ފަތުހީ އެތާކަން ކިއާރާއަށް އިނގުނެވެ. އޭނާ އަވަސް އަވަހަށް ސިޑިން މައްޗަށް އަރާލާފައި ޓެރެސްއަށް އެރިއިރު ރެއިލިން ކައިރި ކޮއްޅަށް ފަތުހީ ހުރިތަން ފެނުނެވެ. ކިއާރާ ލަސްލަހުން ހިނގާލާފައި ގޮސް ފަތުހީގެ ކޮނޑުގައި އަތްއެޅިއެވެ. ޖެހޭ މަޑު ވައިރޯޅީގައިވެސް ވަނީ ފިނިކަމެކެވެ. މުޅި ޖައްވު އެއް އަޑުވެފައި ހުރީ ވެހިކަލްތަކުގެ އަޑުންނެވެ. ފަތުހީ ސިހިފައި ކިއާރާއަށް ބަލައިލިއެވެ.
“ޑޭޑް ކީއްވެ މިތާ؟” ކިއާރާ އެހިއެވެ.. ފަތުހީ ހިނިތުންވެލާފައި ކިއާރާގެ ބޮލުގައި ފިރުމާލިއެވެ. “ކިހިނެއްވީ… ކަމެއް ބޭނުންވީތަ؟” ފަތުހީ އެ ސުވާލަށް ޖަވާބެއް ނުދިނެވެ. ކިއާރާ ނޫނެކޭ ބުނެފައި. ފަތުހީގެ ގައިގާ ކުޑަކޮށް ބައްދާލައިގެން ހުރެ ޖައްވަށް ބަލައިލިއެވެ. “ޑޭޑް.. އަޅުގަނޑަށް އިނގޭ ޑޭޑް ތި ވިސްނަނީ ކޮންކަމަކާ ކަން….” ކިއާރާ އެހެން ބުނެލުމުން ފަތުހީ ފުންނޭވައެއް ދޫކޮށްލި އިހްސާސް ކިއާރާ އަށް ކުރިއެވެ. އޭނާ ފަތުހީ އާއި ދުރަށްޖެހިލާފައި ރެއިލިންގައި ލަތްގަތެވެ.. “ޑޭޑް… ދިރިއުޅުމުގައި އަބަދަކު ޗާންސެއް ނުލިބޭނެ.. އަބަދަކު “ރައިޓް” ޓައިމް އެއް ނާންނާނެ…. ޗާންސް އޮއްވާ ކީއްވެ ފަސް ޖެހެންވީ.. ޑޭޑް.. އަށްވެސް އިނގޭނެ މަލިކާ ދައްތަ އެއީ ޑޭޑް ގެ ބެސްޓް ފްރެންޑް….. ޑޭޑް ލައިފް އަބަދަކު މިކަހަލަ ޗާންސެއް ނުދޭނޭ…. ދޭއިރު ހިފުން އެއީ ރަނގަޅު ގޮތް.. ފަހުން ރިގްރެޓް ކުރާނެ އެ ފުރުސަތުގެ ބޭނުން ނުހިފުނީމަ…” ކިއާރާ ބުންޏެވެ.
“ޑޭޑް.. ބަލާބަ… އަދިވެސް އެހާ ޔަންގް… ސްމާރޓް.. ހެންޑްސަމް… ޔޫ ހޭވް އަ ލައިފް ޑޭޑް… ލިވް އިޓް… ޑޭޑް… ހިތް ބުނަނީ ކީކޭތަ؟” ކިއާރާ ފަތުހީގެ އަތުގައި ހިފެހެއްޓިއެވެ.. “ކިއާ… ބައްޕަ މިހާރު ދިރިއުޅުމެއް އުޅެން މާ ލަސްވެއްޖެ އޭ… މިހާރު 42 ވީ… ކިއާ..! ބައްޕަ ލައިފް ގެ ހުރިހާ ކަމެއް ނިމުނީ ހަސްނާ ނިޔާވިދުވަހު…. ކިއާ ލިބުނުފަހުން ބައްޕަގެ މުޅި ދިރިއުޅުމަކީ ތީ… އިތުރަށް ދެން އެއްވެސް އެއްޗެއް ބޭނުމެއްނޫން… ގާތްއެކުވެރިއަކަށްވެސް ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅަކަށްވެސް ތީ ހުރި މީހަކީ މިހާރު..” ފަތުހީ ބުނީ ހިނިތުންވުމަކާއިއެކުގައެވެ.. “ކަމޯން ޑޭޑް…. އޯކޭ… އަޅުގަނޑު މީ ޑޭޑް ގެ މުޅި ލައިފް… އަޅުގަނޑަކީ ޑޭޑް ގެ ދަރިއެއް… އެކުވެރިއެއް.. އެކަމް ޑޭޑް… ކޮންމެ މީހަކުވެސް ބޭނުންވާނެ އެކީ ދިރިއުޅުން ހޭދަކުރާނެ ބައިވެރިއެއް.. ގާތްއެކުވެރިއެއް.. އެކުވެރިއެއް އެކަމް މަލިކާ ދައްތަ ކަހަލަ… އަޅުގަނޑާއި ޑޭޑް ކަހަލަ އެކުވެރިކަމެއް ނޫން… ކޮންމެ ކޮންމެ މީހަކަށް މާތް ﷲ އެ ނަސީބެއް ނުދެއްވާނެ.. މި އޭޖްގައި… އެ ނަސީބު ލިބުނީމަ އޭގައި ހިފުމަކީ އެންމެ މޮޅުގޮތް… މި ހުރިހާ އަހަރު ޑޭޑް އަޅުގަނޑަށް ތި ކަންތަށްކޮށްދެނީ.. މުޅި ދިރިއުޅުން އަޅުގަނޑަށް ހުސްކޮށްލަނީ… ޑޭޑް ގެ ދަރިއަކަށްނުވިޔަސް ޑޭޑްގެ ކޮންމެ އެއްޗެއްގައި އަޅުގަނޑުގެ ހިއްސާ އޮންނާނެހެން އަޅުގަނޑުގެ ދިރިއުޅުން އާރާސްތުކޮށްދިނީ.. މިއަދު ޑޭޑްގެ ފަހަރޭ މީ…. ޑޭޑް ޕްލީސް… އެއްފަހަރު ހިތް ގޮވާ ގޮވުންތަށް އަޑުއަހާލަބަލަ… ޝީ ލަވްސް ޔޫ އެން އަޅުގަނޑަށްވެސް އިނގޭ ޑޭޑް ގެ މިހިތުގައި ކޮންމެވެސް އިހްސާސްއެއް ވާކަން މަލިކާ ދައްތައަށް..” ކިއާރާ އެހެން ބުނެފައި ފަތުހީގެ ހިތާއި ވީ ފަޅީގައި މަޑުން ޖަހާލިއެވެ.
މިއަދު އޭނާ ބޭނުންވަނީ ލޯބިވާ ބައްޕަގެ ދިރިއުޅުމުން އެކަނިވެރިކަން ދުރުކުރާށެވެ. އޭނާގެ ދިރިއުޅުމަށް އަޔާން އައިސް އަލިކޮށްދިން ފަދައިން ފަތުހީގެ ދިރިއުޅުމަށް މަލިކާ އައިސް އެ ދިރިއުޅުން އަލިކޮށްދޭށެވެ. ފަތުހީއަށް ކުޑަމިނުން އެވަރު ހައްޤެވެ. އޭނާ އަކީ ހެޔޮ މާތް އަދި ވަރަށް ރަނގަޅު އިންސާނެކެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
37 Comments!
Comments are closed.






me 1st oo… i love u ryn….
Yay
Hey hey lol! Ehaa avahah comment vx khfii. Thank you guys! And oh godddd!!! Kiaamn ge comments… Crazy!!! Anyway tc nights. ????? and kiaa ah ekani ufaa libign nimeykah nuvaane nu dhw. ? may b tomorrow up kuraairun I can confirm the total parts and tell the last day of update. I will try my best. Tc. ?
Keeve tha change liyaa iru gaafu liyany? Javiyani dho liyan jeheynee. Varah odd ekahala mistakes feney
Thank you ryn. V v rythivaane kamah unmydhu kuran
Yes!! Vv rythi mi story never read such beautiful story thabks ryn sis love you ?
Mi vaahak nimeythy v dheravey. Thihaa molhu adhi readers ufaa kodhey writer eh adhi mi esfiya site ah vaahaka eh nuliyedheykanneyge. u r so good ryn. Keep it up. In sha allah u will have a god future mi dhaairaainn. V hunaru veri maasha allah.
Damn.. This is too good
Wowww v salhi next part avas kohdhehchey ?
Salhi kamun gos hyvany maa bodahves kuruhen vaahaka.. Hehe
Reethi. Ryn mi story ninmaafa avas mustagubaleh ga ithuru story eh ves genes dhechey
Yayy.. finally got my Yaaan. Dhn yaan nudhahcheii kitty dhookohlaafa..
yupp my doll
Thank you so much Ryn. Your dedication is an example to everyone. Every writer. This story is awesome. Wish you all the best for your future. In which ever path you choose. ❤❤
❤️❤️❤️❤️❤️❤️
Maashaa Allah story v reethi ryn ur fantastic gud nyt story ga happy end eh innaane kaman hop kuran and ragalhu ibrahtheri gothakah stry ninmaane kaman hop kuran ur stry is bst..
Luvvv ur stories rynnn…..
Mi part nukiya ehah mi comment kohly
dhen kiyaalaafa comment kohlabala
ebunaa hen kiyaalaafa comment khlaba
Ethedheh.. dhn kiyaalaafa cmnt kohbala..
Adhi ulheyne ekaku!! Kobaa eyna??
-HANDIANS- ??
Alhey yaar. I miss you all. Kn thaaku tha ehnmn thi ulheny? ??
Ayaan dhen aharen dhookohlaafa nudhahche. Aharen ayaan ah v inthizaaru kurin
Rythi.. ekm hithah araa kiyaage mom rangalhuvefa fathuhee aa kiyaage mom aa gulheyne namaey.. somethn like kiyaage dhonbappa (nimaal) koyaage mom ah landeh dhineema noony dhookohleema visnigen rangalhu vegen fahun fathuhee aa gulheyne namaey.. but still its nice..
Adhuu ekahala miyhakah konkahala landheh dheveyniy????
eh nimaalu akiyves saeeda akiyves ehkahala dhemiyhun!!!
But still Adhu thibunaahen vehjeyaa varah reethi vaane!!!
I think you have a good point Adhuu!!!
nuun thii ehgothakah ves ran’galhu gotheh noon.. saeedha aky kuhverieh eyna ah adhabu liben jeheyne.. ehen noon viyas fathuhee e yoh rangalhylu meehaa ekahala meehakaa gulhun rangalheh noon!!!!!! kiyaa ah namma eh ge loabi libeyne ayaan mon n malikaa mom ge faraathun maa furihama ah vess
Saeedha ah nuvisni 22 yrs kuriah oii aharuthah kuda golhiigakamah ummeedhu kuran
ooohh sis this part is nice
now make there marriage quick!!!!!!
Hope to see you soon tommorro sis??
Good night & TC
OMG ? This is WHAT I wanted☺️ I just love it sissyy? Waiting for thenext part❤️???
Fathuhee libeyny mashah..
Ryn u r just fab ingey. Love ur stories. This 1 hageegee vyma v heart touching. Sifakurunthah v furihama maa shaa allah. V heart touching. Really nice ryn. Keep the good wrk up. ☺
inshaa allah vvvvvvvv reethi vaahaka. mi vaahaka nimeythy dhera ves vey i hope mi kahala reethi vaahaka eh ryn v avahah up kuraane kamah. RYN U R no1 U can Do it….i m with u. ???
First of all, kiya ah kihineh iguny that ayaan knows her past, truth? I hvn’t seen in any part anything related to that! Fathuhee knows because zaain told him.. hama ufedhunu suvaaleh vyma ahaaly… anyways, i really like this story..
eyga bunefa in ehcheh ragalhah kiyaalyma javaabu libeyne…. kiyaa nubuney eheneh… lathu adhi eh faharu kiyala
V v v ves reethi mihaaru. Waiting n waiting. ?❤❤❤❤❤??
mi story vvvv reethi..and mi story dhuvahun dhuvaha up koh dhay thee mi story liyaa kujjaa ah thanks..
This is the best story i have ever read….
♡♥♡♥