Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ވާލޯބި އެނގޭނަމަ… 23

Ushaali Level 810 Stories100 Comments100 Stories500 Comments
December 2, 2016 9 Mins Read
24 Comments

މިޔާނާ ދެއްކި ވާހަކަތަކުން އަލްޔާގެ ސިކުނޑިއަށް ކުރި ބާރުތަކުން ބޮލުގައި ރިހުމެއް އުފެދުނެވެ. ދެލޮލުން ކަރުނަ އަންނަ ފެށީ ހިތަށް ކުރި އަސަރުންނެވެ. މޫނުމަތީގައި ބާލީސް އަޅާލެވުނީ ހިތް ފުރޭވަރަށް ރޯލަން ބޭނުންވުމުންނެވެ. އަތުގައި އޮތް ފޯނަށް ވައިބަރ މެސެޖެއް އައިކަން އިއުލާން ކުރުމުން އަލްޔާ ބާލީސް ދުރުކޮށްލާ ބަލާލިއެވެ.

“ހޭއި މައި ސްލީޕިންގް ބިއުޓީ.. ނިދީތަ” ލޫކް ގެ އެލޯބިވެތި މެސެޖް ފެނުމުން އަލްޔާ އަށް ކަރުނައިގެ ތެރެންވެސް ހިނިތުންވެވުނެވެ.

 

ނަމަވެސް މިޔާނާގެ ވާހަކަތަކަށް ފަހު ލޫކާއި ލޯބިން އެންމެ ބަހެއް ބުނާކަށް ވެސް އަލްޔާ އަށް ނުކެރުނެވެ. އޭނާ ބޭނުންވަނީ ލޫކާއި ދުރުމިނެއް ބަހައްޓާށެވެ. ޝައިމްގެ އަންބެއްގެ މަގާމުގައި ހުރިހާ ދުވަހަކު އަލްޔާ އުޅޭނީ ލޫކާއި ދުރުންނެވެ. ނަމަވެސް ލޫކަށް ފާޅުނުވާނޭ ހެންނެވެ.

ޑިއުޓީ ނިންމާފައި ގެއަށް އައި ސަޖޫލާއި މަގުމަތިން ފައިސަލް ދިމާވިއެވެ. ފައިސަލް އަތުގައި ރަތްކޮތަޅެއް އޮތުމުން އެކަމާއި ސަޖޫލް ސުވާލުކުރުމުން ފައިސަލް ބުނީ ޗުއްޓީ ނިންމާފައި ރަށުން އަންނަމުން ޝަރީފާ އަށް ގެނައި ހަދިޔާ ކޮޅެއް ކަމަށެވެ. ދެމީހުން ވާހަކަދައްކަމުން އެކުގައި ގެއަށް ވަނުމަށްފަހު ސަޖޫލް ފައިސަލް އަށް ޖޯލި ދައްކާ އިށީނުމަށް އެދުނެވެ. އަދި ބަދިގެ އަށް ވަދެ މަސައްކަތެއްގައި ހުރި ޝަރީފާ ކައިރީގައި މީހަކު ހޯދަން އައިސް ހުރި ވާހަކަ ބުންޏެވެ.

އަވަސް އަވަހަށް ދެއަތް ދޮވެލުމަށްފަހު ބޭރަށް ނިކުތްއިރު ޖޯލީގައި އިން ފައިސަލް ފެނި ޝަރީފާ ނިކަން ބޮޑަށް ހިނިތުންވެލިއެވެ.

“އަނހަ ފައިތަ؟ ލޯންގް ޓައިމް ނޯ ޓީ ސީ ޓައިމް ނޯ ސީ” ފައިސަލާއި ދިމާލަށް އަންނަމުން ޝަރީފާ ބުންޏެވެ. ނުހޭން ކެތްކޮށްގެން ހުރި ފަައިސަލް ފަޅައިގެން ދިޔައެވެ. ދުރުގައި ހުރި ސަޖޫލް ވެސް އަވަހަށް ކޮޓަރިއަށް ދެމިގަތެވެ.

“އަޅޭ ފައިމެން ދައްތަ މޮޅު ބަހެއް ބުނިއްޔާ މަލާމާތް ކުރާނެ. ނިކަން ވަރަށް މޮޅޭ ބުނިއްޔާ ކީއްތަވާނީ. އޭރުންނެއްނު ހިތްވަރެއް ވެސް ލިބޭނީ” ފައިސަލް ދިއްކޮށްލި ކޮތަޅުގައި ހިފަމުން ޝަރީފާ ބުންޏެވެ. ފައިސަލް ސޮރީއޭ ބުނެ އަވަހަށް ގެއިން ނިކުތުމުން ޝަރީފާ ކޮތަޅުތެރެއަށް ބަލާލިއެވެ.

“ޝަރީފާދައްތަ ނުބައިކޮށޭ ތިކިޔަނީ.. ޔޫއްކޮ ބުނީ ތިހެންނެއް ނޫނޭ” ޝަރީފާ ކައިރީގައި ޖައްސާލި ޔޫޝައު މަޖާވެފައި ބުންޏެވެ. ދެވަނަ ފަހަރަށް ޔޫޝައު އެބަސް ޝަރީފާ އަށް އަނގައިން އަނގައަށް އަޅައިދިނެވެ. މަންޒަރު ބަލަން ހުރި ރަފީފާ ކައިރިއަށް ވެސް ހުރީ ހިނިއައިއްސައެވެ.

ދަތުރުދާން ހަމަޖެހިފައި އޮތް ދުވަހުގެ ހެނދުނެވެ. ހައެއް ޖެހުމާއި ދާދި ގާތްވެފައިވަނިކޮށް ހުރިހާ އެންމެން ޖެޓީ އަށް ޖަމާވެއްޖެއެވެ. އަލްޔާ ވެސް ގުރާ ފެހިކުލައިގެ އަތްދިގު ޓޮޕްކޮޅަކާއި ކަޅުކުލައިގެ ސްކިނީގައި އަވި އައިނު އަޅައިގެން ހުރިއިރު ކުޑަކުޑަ ޒޫނީ ވެސް ވަނީ ހަމަ އެކުލައިން ހެދުން ލައްވާފައެވެ. ބޮލުގައި އޮތް ބޮޑު ވަށް ތޮފިން އަލްޔާގެ މޫނު ފެންނަނީ ކިރިޔާއެވެ.

ކައިރި ފިހާރައަކުން ނިކުމެގެން ޔޫޝައު ކޮނޑަށް ލައިގެން އައި ލޫކް ފެނި އަލްޔާ ހުއްޓުނެވެ. ލޫކް ވެސް ހުރީ ހަމައެކުލައިގެ ޓީޝާޓެއް ލާފައެވެ. ތިރިިިން ވެސް ހަމަ ކަޅުކުލައިގެ ސޯޓެކެވެ. މިއީ އިއްތިފާގެއް ހެއްޔެވެ؟ އަހަރެމެން ދެމީހުން ކިހާ ގުޅޭ ހެއްޔެވެ؟ އެކަން ލޫކަށް އެނގުމުން މަޖާވިިއެވެ. އަލްޔާ އަށް ބަލާލަމުން އެއްލޯ މަރާލިއެވެ.

ރަށާއި މާދުރުނޫން ހިސާބެއްގައި އޮންނަ ފަޅުރަށެއް ކަމުގައިވާ ތިންކޮޅުފުށްޓަށް ދިޔުމަށްޓަކައި ހަމަޖެހުނީ އާދައިގެ ދޯންޏެކެވެ. އެއީ އާދަނުގެ ފަރާތުން ހަމަޖައްސައިދިން އެދުރުބޭ ގޯތި ދޯންޏެވެ.

އަވިދިއްލަމުން އަޔަސް އެއްވަރެއްގައި ވައި ޖެހެމުން ދާއިރު ކަނޑުވެސް ދުރުން ބަލާލާއިރު މަޑޭ ވެސް ނުބުނެވޭނެއެވެ. ދޯނި ފެނުނު ހިސާބުން ފެށިގެން އަލްޔާ ހުރީ މޭނުބައި ކޮށްފައެވެ. ނަމަވެސް މީހަކު ކައިރީގައި އެވާހަކަ ނުބުނެ ހުރީ މިދަތުރުގައި އޭނާ ކޮންމެހެން ވެސް ބައިވެރިވާން ބޭނުންވާތީއެވެ.

ދޯންޏަށް އެންމެން އަރާ ހަމަޖެހުނު ފަހުން ވެސް ދުރުގައިހުރެ ލޫކް ދިޔައީ އަލްޔާ އަށް ސިއްރުން ބަލަމުންނެވެ. ނަމަވެސް އަލްޔާ ހުރީ ލޫކް ނުފެންކަމަށް ހަދައިގެންނެވެ. ލޫކާއި އެހާ ގާތުގައި އުޅޭކަށް އަލްޔާ ބޭނުމެއްނުވޭއެވެ. މިދަތުރުގައި އޭނާ ހުރީ ލޫކް ކައިރީގައި އޭނާ އާއި ދުރުގައި އުޅުމަށް ބުނަން ނިންމައިގެންނެވެ.

އަލްޔާގެ ސަމާލުކަން ނުލިބުމުން ލޫކް މާޔޫސްވިއެވެ. ކޮންމެސް ސަބަބަކާއި ހުރެ އަލްޔާ އޭނާ ދުރުވާން އުޅޭކަން ލޫކަށް ވިސްނުނެވެ. މިވީ ގޮތުން މުޅި ދަތުރުގެ ރޫހް ގެއްލިއްޖެއެވެ. މިދަތުރަކީ އޭނާ ވަރަށް އުއްމީދުކުރި ދަތުރެކެވެ. އަލްޔާ ގެ ފަރާތުން އޭނާ ހުރީ މިދަތުރު ހަނދާން ނުނެތޭނެ ވަރުގެ ދަތުރަކަށް ހަދަން ނިންމައިގެންނެވެ.

ހުރިހާ މީހުން ދިމަދިމާލުގައި އިށީނުމުން ދޯނި އޭގެ ނަލަ ދުވެލީގައި އޭގެ މަންޒިލަށް ދިޔުމަށްޓަކައި ދަތުރު ފެށިއެވެ. މަޖާ އަނގަތެޅުމުގައި ހުރިހާ މީހުން ވަގުތު ހަލާސް ކުރަމުން ދިޔައިރު މީހަކާއި ވާހަކަ ދައްކާހިތް ނުވެފައި އިނީ އަލްޔާ އެވެ. ރާޅާއި ދޯނި އަރިވާ ކޮންމެ ފަހަރަކު ހޮޑު އައިސް ހުންނަނީ އޭނާގެ ކަރު ބުޑުގައެވެ. ޒީޝާނާއި އަލްޔާ ގެ ދެމެދުގައި އިން ޝައިމް ގެ ކޮނޑުގައި އޭނާ އަށް ބޯއަޅާލެވުނީ ބޯ އަނބުރާ ވަރުންނެވެ.

އަލްޔާގެ އެއަމަލުން ލޫކް ގެ މޫޑް މާބޮޑަށް ހަރާބިވިއެވެ. ދެލޯ މަރާލައިގެން އޮތް އަލްޔާ އަށް ބަލަން ލޫކް އިނީ ޝަކުވާގެ ނަޒަރަކުންނެވެ. އަހަރެން ދެރަކުރަން އަބަދު ލައި އުޅެނީ ކީއްވެހެއްޔެވެ؟ އެކަމުން ލައި އަށް ވަނީ ކޮން ފައިދާއެއް ހެއްޔެވެ؟

ދޯނިތެރެ ހިމޭންވެފައި އޮތް ވަގުތު ހުރިހާ މީހުންނަށް ސިހުން ގެނުވީ ޝަރީފާ ރޮއެގަތް އަޑަށެވެ. އެވަގުތު ޝަރީފާގެ އުނގުގައި ބޯއަޅައިގެން އޮތް ސަޖޫލް ވެސް ފުންމައިގެން ތެދުވެ ވީކީއްތޯ މަންމަ އާއި ސުވާލު ކުރިއެވެ. ބަދަލުގައި ޝަރީފާ ބުނި އެއްޗަކުން ޕަކަޕަކަ އަޅާފައި ހިނގަނޑެއް ޖަހައިލީ ރަފީފާގެ އުނގުގައި ލޫކް ގެ ފޯނުން ގޭމް ކުޅެން އިން ޔޫޝައު އެވެ.

“އާނ.އެހެންޏާ  ދެރަވާނެއްނު. މިއާފަލުގެ ތޮށިކޮޅު ކަމަށް ހީކޮށްފަ މަށަށް ގޭ ތަޅުދަނޑިވިއްޔާ މޫދަށް އެއްލާލެވުނީ. ޔަގީން މިރޭ އާދަނު މަ ގެއަށް ނުވައްދާނެކަން” ހަގީގަތުގައި ވެސް ޝަރީފާ ދެރަވިއެވެ. ސަޖޫލް ކައިރިއަށް ހިނިއަޔަސް މަންމައަށްޓަކައި ދެރަވެސް ވިއެވެ. ނަމަވެސް ބައްޕަ އަށް ގުޅާނީ އޭ ކިޔާ ސަޖޫލް ޝަރީފާ ހަމަޖައްސާލިއެވެ.

ކުއްލިއަކަށް މީހަކު އޯކަށްދެމިގަތް އަޑަށް އެންމެންނަށް އެދިމާލަށް ބަލާލެވުނެވެ. އޭރު ޒީޝާން އަނގަމަތީގައި އަތް އަޅައިގެން އޯކަށް ދެމެނީއެވެ. ޝެނާގެ އެދުމަށް ޝައިމް ޒީޝާން ގޮވައިގެން އެއްފަރާތަކަށް ޖެހިލިއެވެ. އަދި ދޯނި ތެރެއިން މޫދަށް ކުޑަކޮށް ބޯ ގުދުކޮށްލައިގެން އޮވެ ޒީޝާން ހޮޑުލަމުން ދިޔައެވެ. ޝައިމް ޒީޝާންގެ ގައިގާ ހިފަހައްޓާލައިގެން އިނެވެ.

މިހުރިހާ އިރު މޭނުބައި ކޮށްފައި އިން އަލްޔާ އަށް ޒީޝާން ހޮޑުލާތަން ފެނުމުން ހިފަހައްޓައެއް ނުލެވުނެވެ. ގައިގަ ހުރި ބާރަކަށް އަލްޔާ އޯކަށް ދެމެންފެށިއެވެ. ލޫކަށް އެދިމާލަށް ބަލާލެވުނީ ސިހިފައެވެ. ޝެނާ އަލްޔާ އަތުގައި ހިފާލިއެވެ. ނަމަވެސް އަނެއް އަތުގައި ޒޫނީ ނިދާފައި އޮތުމުން އަލްޔާ އަށް ދޭންވާ ސަޕޯރޓެއް ނުދެވުނެވެ.

އެންމެފަހަށް ހުރިހާ މީހުންގެ އެދުމަށް ލޫކް އަލްޔާ އަތުގައި ހިފައިގެން ދޯނީގެ ތަންކޮޅެއް ފަހަތަށް ޖެހިލިއެވެ. އޭރު ޒީޝާން ގޮވައިގެން ޝައިމް ކުރިން އިން ގޮނޑީގައި އިށީންނަނީއެވެ. ޝައިމް އަލްޔާ އާއި ދިމާލަށް ބަލާލިއެވެ. ނަމަވެސް އަލްޔާ ކައިރީގައި ލޫކް ހުރިތަން ފެނުމުން ހިތްހަމަޖައްސާލިއެވެ.

ހޮޑުލާ ނިމިގެ އަލްޔާ ލޫކަށް އިސްއުފުލާ ބަލާލިއެވެ. އޭރު އަލްޔާގެ ދެލޯ ރަތްވެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. ދޯނީގެ ފަޅުވެރިޔަކު ގެނެސްދިން ފެންފުޅި އަކުން ލޫކް އަލްުޔާ ގެ މޫނު ދޮށްވާލިއެވެ. އަދި ފެންފޮދެއް ދިނުމަށްފަހު އެމޫނަށް ގާތުން ބަލާލިއެވެ.

“ލައި އެއްޗެއް އަހާލަންތަ” ލޫކް މަޑުމަޑުން ބުންޏެވެ. އަލްޔާ ބޯޖަހާލުމާއެކު ލޫކް ހިމޭންވިއެވެ.

“ލައި ޕްރެގްތަ” އަލްޔާ ސިހުނެވެ. މިދަނޑިވަޅުގައި އާއެނކޭ ބުނެފިނަމަ ލޫކް އޭނަ އާއި ދުރަށް ހިންގައިދާނެއެވެ. ހަމަ އެހާ ވަރަށް ލޫކް އެހި އެއްޗަކުން އޭނާ ކައިރިއަށް ހިނިވެސް އައެވެ.

“ނުވާނެއެކޭ ނުބުނާނަން. ހީވަނީ ތިކަހަލަ އެއްޗެއް” އަލްޔާގެ ޖަވާބުން ލޫކަށް ހީވީ އޭނާގެ ހިތުގައި ހިފާ މީހަކު ފިތާލި ހެންނެވެ. މިކަހަލަ ނުބައި ހަބަރެއް އޭނާ އަށް ދެން ދުވަހަކު ވެސް ނުލިބޭނޭ ހިތަށް އެރިއެވެ. އެފަހުން ލޫކަށް އެންމެ ބަހެއް ވެސް ނުބުނެވުނެވެ. އަލްޔާ ވެސް ހުރީ ލޫކަށް ބަލާލަން  ވެސް ނުކެރިފައެވެ.

މިފަހަރު ލޫކް އަލްޔާ ބޭންދީ ކުޑަމަނިކެ ކައިރީގައި އިން ހުސް ޖާގައިގައެވެ. ގައިގަ ވަރެއް ނެތިފައި އިން އަލްޔާ ކުޑަމަނިކެގެ ކޮނޑުގައި ލައްވެލުމާއެކު ލޯތްބާއެކު ކުޑަމަނިކެ އޭނާގެ އުނގުގައި އަލްޔާ ބާއްވާލީއެވެ. އެމަންޒަރު ބަލަން އިން ލޫކް އިނީ މުޅިން ކުލަ އޮށްސިފައެވެ. އަލްޔާގެ މޫނާއި އިސްތަށިގަނޑުގައި ކުޑަމަނިކެ ފިރުމަމުން ދިޔައިރު އެމަންޒަރުތައް ބަލަން ލޫކަށް އިނީ އުނދަގު ވެފައެވެ.

ދެވަނަ ފަހަރަށް ޒީޝާން އޯކަށްދެމޭ އަޑަށް އަލްޔާ ދެލޯހުޅުވާލިއެވެ. ހަމައެހާ އަވަހަށް ދެކަންފަތް މަތީގައި އަތް ވެސް އެޅިއެވެ.
“އޫނ މިއޮށް ކަމެއް ދޯ. ސަޖޫލް ވެސް ހޮޑުލާންވީ ދޯ. ކަލޭމެން ގޮވައިގެން ދަތުރެއް ނޫން ދެވޭނީ. އެހެންޏާ ފަހެ. ބަލަ އަހަރެމެން ވެސް ކުދިން ވިހާފައި މިތިބީ. ނުލަން ހޮޑެއް. މީނދަ އަލްޔާ ވެސް ބަލާލަބަލަ. ބަލިވެ އިނިއްޔާ ކިހާ ވަރެއް ދައްކާލާނެ މިމީހުން. އެކޮއި ޝައިމް އަލްޔާ ބަލިވެ އިނިއްޔާ އެކޮއި އަށް ކުޅިދައްކާލާނެ” ކުއްލިއަކަށް ޝަރީފާ ދައްކަން މިފެށި ވާހަކައަކުން އުނދަގޫވީ ދުރުގައި އިން ލޫކަށެވެ.

ސާޅީސް ފަސްމިނެޓުގެ ދަތުރަކަށްފަހު ހިތްގައިމު މަލަމައްޗެއް ލިބެގެންވާ ރަށެއްގެ ގޮނޑުދޮށަށް ދޯނި ބީއްސާލީ އިރު ދަތުރު ނިމުނު ކަމަށްޓަކައި އެންމެން މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ލޮނުގައި ނުޖެހި އެއްވެސް މީހަކަށް ފޭބޭ ގޮތެއް ނުވިއެވެ. ކައިރީގައި ބާވެފައިވާ ފާލަންގަނޑެއް އޮތަސް އޭގެއަށް އަރަން އަންހެންވެރިން ތިބީ ބިރުންނެވެ. ނަމަވެސް ޒީޝާނާއި ޝެނާ އަދި އަލްޔާ ބޭލީ ޝައިމް ގެ އަތްމަތިންނެވެ. އެންމެފަހު ވަގުތު އެމަންޒަރު ވެސް ލޫކަށް ފެނުނެވެ.

ރަށުތެރެއަށް އެރުމަށްފަހު ޝައިމް އާއި ލޫކް ވެގެން ރަށުގެ ހިތްގައިމު ހިސާބެއްގައި ޓެންޓް ޖަހާލިއެވެ. ޝަރީފާ އާއި ކުޑަމަނިކެ އަށް ފަސޭހައިން ކެއްކޭނެ ގޮތް ވެސް ހަދާދިނެވެ. އަންހެންވެރިންނަށް ހެދުން ބަދަލުކުރެވޭނެ ގޮތަށް ގެގަނޑު ނިވާކޮށްދިނެވެ. އެމީހުން ނޫނަސް އެވަގުތު އެރަށުގައި ދެތިން ރަށެއްގެ މީހުން ދަތުރު އައިސް އުޅުނެވެ. އެހެންކަމުން ރަށުތެރެއަށް ވަނީ ހަލަބޮލިކަމެއް ވެރިވެފައެވެ.

ހެނދުނުގެ ސަޔަށް މަސްހުންޏާއި ޕާން ތައްޔާރު ކުރުމަށްފަހު ވަރުބަލިވެގެން އެންމެން ސައިބޯން ޖައްސާލިއެވެ. ހިމޭންކަމާއެކު ލޫކް ވެސް ސައިބޮމުން ދިޔައެވެ. ދޭތެރެއަކުން އަލްޔާ އަށް ބަލާލިޔަސް އެންމެ ފަހަރަކު ވެސް އަލްޔާ ލޫކަށް ބަލާލި ތަނެއް ލޫކަށް ފެނިފައެއް ނުވޭއެވެ.

މެނދުރުވުމުގެ ކުރިން އެންމެން ހަމަޖެހިލުމަށްޓަކައި ރެސްޓްކޮށްލުމަށް ބިންމަތީގައި ފަތުރާފައި ހުރި ފަންތައްމަތީގައި ޖައްސާލިއެވެ. ޓެންޓްތެރޭގައި ޒޫނީ ނިންދަވާފައި ނިކުންނަން ނުކެރިގެން ޝެނާ އިންނަން ޖެހުނީ އެތެރޭގައި ހައްޔަރުވެފައެވެ. މެންދުރުގެ ކެއުމަށް ތައްޔާރުކުރަންޖެހޭ މަސްބަތް ގަނޑަށް ބޭނުންވާ ފިޔާތައް ކޮށަން ކުޑަމަނިކެ އިން އިރު ޝަރީފާ ވެސް އެހެން މަސައްކަތެއް ކުރަން އުޅެއެވެ.

ބާކީތިބި މީހުން ފަހަރަކު މީހަކު ޖޯކު ކިޔަމުން ހެމުން ދިޔައެވެ. ކުއްލިއަކަށް ލޫކް އެއްލި ކަޅިއަކުން އަލްޔާ އާއި ޝައިމް އެކަހެރިކޮށް ސިއްރު ވާހަކަތަކެއް ދައްކާތަން ފެނުނެވެ. ހަމައެއާއެކު ޝައިމް އަލްޔާގެ ބަނޑުގައި އަތްޖައްސާލިތަން ވެސް ލޫކަށް ފެނުނެވެ. ޔަގީނެވެ. އަލްޔާ ބަނޑުބޮޑު ވާހަކަ ޝައިމް ކައިރީގައި ބުނީއެވެ. ލޫކްގެ މޫޑް މުޅިން ހަރާބުވިއެވެ. ވީފޫހިން ފުންމައިގެން ތެދުވެ ލައިގެން ހުރި ޓީޝާޓް ބާލާފައި އެސަރަހައްދުގައި މަޅުން ހަދާ އެއްބައި ވެއްޓިފައި ހުރި ބާ ފާލަންގަނޑު މަތިން މޫދަށް ފުންމާލިއެވެ. އެމަންޒަރު ފެނި އެއްގަމުގައި ތިބި މީހުން ތިބީ ވާނުވާ ނޭނގިފައެވެ.

ނަމަވެސް ވީގޮތް އަލްޔާ އަށް އެނގުނެވެ. ހަގީގަތް އެނގިހުރެ އެގޮތަށް ލޫކް ހިތްރޮށްވަން ޖެހޭތީ އަލްޔާ ދެރަވިއެވެ. ނަމަވެސް އިތުރު ގޮތެއް އަލްޔާ އަށް އެބައޮތް ހެއްޔެވެ؟ އަމިއްލަ އަށް ބަނޑުބޮޑޭ ބުނެ ލޫކް ގެ އުއްމީދުތައް ވެއްޔާއި މޮޑެލުމުގެ ހައްގު ވަކި އަހަރެންނަށް އެބައޮތް ހެއްޔެވެ؟ ކޮންމެ ގޮތެއް ކޮންމެގޮތަކަށް ވިޔަސް މައްސަލައެއްނެތެވެ. މިގޮތަށް ފިޔަވަޅެއް ނާޅާ ހުރެފިނަމަ އެންމެން ކުރިމަތީގައި ބޭޒާރުވެގެން ދާނީ ހަމަ އަހަރެންނެވެ.

މޫދުގައި ފަތަފަތާއޮތް ލޫކް އެއްގަމަށް އެރީ އެއްގަޑީރަށް ވުރެ ގިނައިރު މޫދުގައި އޮތުމަށްފަހުއެވެ. އަރައިގެން އައި ލޫކް ފެނި ޔޫޝައު ވެސް މޫދަށް ދިޔުމަށް ލޫކް ކައިރީގައި ޝަކުވާ ކުރަން ފެށިއެވެ. އެކަނިވެލަން ބޭނުންވެފައި ހުރި ލޫކް ޔޫޝައުގެ އެދުމާއި ދެކޮޅަށް އެއްޗެއް ބުނަން ބޭނުންވެފައި ހުއްޓާ އެތަނަށް ރަފީފާ އައިއްސް މޫދަށް އެރޭނީ ފަހުން ކަމުގައި ބުނެ ޔޫޝައު ގެންދިޔައެވެ.

މެންދުރު ކެއުމަށް އެންމެން ހަމަވިއިރު އެތަނުގައި ލޫކް ފެންނަން ނެތުމުން ކުޑަމަނިކެ ކަންބޮޑުވިއެވެ. މީހަކަށް އުދަގުނުކޮށް އޭނާގެ ދަރިފުޅު ކޮބާތޯ ބެލުމަށް އެދިމާ ގަސްތައް ތެރެއަށް ނިކުމެ އޭނާ ހޯދަން ފެށިއެވެ. މޫދަށް ކުރިމަތިލައިގެން ރުށްބުޑެއްގެ މަތީގައި އިން ލޫކް ފެނި ކުޑަމަނިކެ ހަމަޖެހުމުގެ ނޭވައެއް ލިއެވެ. ލޫކް ކައިރީގައި އައިސް ހުއްޓުމަށްފަހު ލޫކް ގެ ކޮނޑުގައި ކުޑަމަނިކެ އަތް ޖައްސާލިއެވެ.

އެތައް ދުވަހަކަށްފަހު އަނެއްކާ ވެސް އޭނާގެ ދަރިފުޅުގެ ދެލޮލުން ކަރުނަ ފެނި ކުޑަމަނިކެ މާޔޫސްވިިއެވެ. އަލްޔާ އާއި ގުޅުންހުރި ކަމެއްގައި ނޫން ގޮތަކަށް ލޫކް ހިތާމަނުކުރާނެކަން އެނގި ކުޑަމަނިކެ ފުރަތަމަ ވެސް ސުވާލުކުރީ އަލްޔާ އާއި ގުޅުވައިގެންނެވެ. ލޫކް އޭނާގެ މަންމަގެ ފަޔާއި ހަމައިގާ ބާރަށް ބައްދާލިއެވެ. ކުޑަމަނިކެ ހިތުގައި ޖެހުނެވެ. ލޫކް ގެ އިސްތަށިގަނޑުގައި ލޯތްބާއެކު ފިރުމާލިއެވެ. ކެތްތެރިވުމަށް ބުންޏެވެ.

“މަންމާ! މިހުރިހާ ދުވަހުވެސް އަޅުގަނޑު ކެތްކުރީ ލައި ލިބޭނޭ ކަމުގެ ކުޑަކުޑަ އުއްމީދެއް އަޅުގަނޑުގެ ހިތުގައި އޮވެގެން. އެކަމަކު މިއަދު އެއުއްމީދު ވެސް މުޅިން ކެނޑިއްޖެ. ދުވަހަކު ވެސް އަޅުގަނޑަކަށް އަޅުގަނޑުގެ ލޯތްބެއް ނުލިބޭނެ. މަންމާ! މީވެސް އަޅެ ތަގުދީރުގެ ރޭވުމެއްތަ” ލޫކަށް ރޮވެނީއެވެ. ކުޑަމަނިކެގެ ލޮލުގައި ކަރުނައެއް ނެތްކަމަކު އޭނާގެ ހިތްވަނީ ދެފަޅިވެފައެވެ. އޭނާގެ ދަރިންތަކުގެ ތެރެއިން ލޫކަކީ އަބަދުވެސް އޭނާ އަށް ހާއްސަ ލޯތްބެއް ވެވިފައިވާ ކުއްޖެކެވެ. އެންމެ ބޮޑަށް އުއްމީދު ވެސް ކުރެވޭ ދަރިއަކީ ލޫކެވެ.

“މަންމަގެ ދަރިފުޅާ! ކެތްތެރިވޭ. މަންމަ އަބަދުވެސް ބުނަމެއްނު މިހެން. ހަޔާތަކީ ދަތުރެއް ކަހަލަ އެއްޗެއް. ދަތުރުމަތީގައި ކިތަންމެ ބަނދަރެއް ކިތަންމެ ގޮތަކަށް ފެންނާނެ. ކުރިމަތިން ފުސްކޮޅެއް ފެންނައިރަށް އޮޑި އަނބުރާލާވަރުގެ މާލިމީއަކަށް ވާކަށްނުވާނެ. ކަމެއްވާނީ ހިތްވަރެއް ހުރެގެން”

ލޫކްގެ ދެލޯ ފޮހެދެމުން ލޯތްބާއެކު ކުޑަމަނިކެ ނަޞޭހަތްދިނެވެ. މަންމަގެ އޯގާތެރި ބަސްތަކުން ލޫކްގެ ރޫހަށް ހަމަޖެހުން ލިބުނެވެ. ލޫކްގެ ފަރާތުން އަލްޔާ ބަނޑުބޮޑުކަން އެނގުމުން ކުޑަމަނިކެއަށް ވެސް ސިހުމެއް ލިބުނެވެ. ދެރަވެ ކަރުއެލުވާލަން ޖެހުނީ ދަރިއެއްގެ ގޮތުގައި ކުޑަމަނިކެ ކައިރިއަށް ގެންނަން އެދޭ ކުއްޖެއް ކަމުގައި އަބަދުވެސް އަލްޔާ އަށް އެދެވޭތީއެވެ.

ދެމައިންގެ ވާހަކަތައް އަޑުއަހަން ރުކެއްގެ ނިވަލުގައި ހުރި އަލްޔާ އަށް ހިފަހައްޓާލެވުނީ ވަކި ވަރަކަށެވެ. ލޫކް އަހަރެންގެ ވާހަކަ އޭނާގެ މަންމަ އަށް ވެސް ކިޔާދިނީ ހެއްޔެވެ؟ އަލްޔާ އަށް ރޮވެން ހިނދުކޮޅެއް ވެސް ނުނެގިއެވެ. މިއީ އިންސާފެއް ހެއްޔެވެ؟ ލޯބި ލިބެންވީ ވަކި ބަޔަކަށް ހެއްޔެވެ؟ އަނެއްބަޔަކު މިދުނިޔެ ދޫކޮށްފައި ދާންވީ ލޯބި ނުލިބިި ހެއްޔެވެ؟ މިކަން އޮންނަން ޖެހޭ ގޮތަކީ މިއީ ހެއްޔެވެ؟ އަހަރެން ބަނޑުބޮޑެއް ނޫނޭ ލޫކް ކައިރީގައި ބުނަންވީ ހެއްޔެވެ؟ އޭރުން ހަމަ ޔަގީނުން ވެސް ލޫކް ގެ ހިތާމަަކަށް ކުޑަކުޑަ ލުޔެއް ލިބޭނެއެވެ.

ފުރަގަހަށް އެނބުރިހުރި އަލްޔާ ދެވަނަ ފަހަރަށް ލޫކްމެން ތިބި ދިމާލަށް ބަލާލިއެވެ. އެގޮތަށް ލޫކް ރޮއެހެދިތަން އަލްޔާ އަށް މިފެނުނީ އަދި އަލަށެވެ. އަހަރެން ދެކެ އެފަދަ މަތިވެރި ދަރަޖައަކަށް ލޯބިވާ ފަރާތެއް ލިބިދާނެ ހެއްޔެވެ؟ ނޫނެކެވެ. ޝައިމް ވެސް އެހެރީއެވެ. އަދިވެސް އިންތިޒާރު އެކުރަނީ އަހަރެންގެ ފަރާތުން އިޝާރާތެއް ވަންދެންނެވެ. އަނގަމަތީގައި އަތް އަޅައިގެން ހުރި އަލްޔާ އައިކޮޅަށް އަވަހަށް ދުއްވައިގަތީ ލޫކްމެންނަށް ވުރެ ކުރިން އެންމެން ތިބި ހިސާބަށް ދިޔުމުގެ ބޭނުމުގައެވެ.

މެންދުރު ކެއުމަށްފަހު ހުރިހާ އެންމެން ބުރެއްވާގޮތަށް އިށީނދެގެން އިނެވެ. އެންމެ އަނގަގަދަ ސަޖޫލް ކުޅިވަރެއް ރާވަމުންދާތީ ބާކީ ތިބި މީހުންތިބީ އިންތިޒާރުގައެވެ.

“ޓްރުތް އޯ ޑެއަރ ކުޅޭނީ. މަޖާ ވާނެ” ޒީޝާން އިނދެފައި ބުނެލިއެވެ. ލޫކާއި އަލްޔާ ނޫން ބާކީ ތިބި އެންމެން އެކަމާއި އެއްބަސް ވިއެވެ. ލޫކް ވެސް އަދި އަލްޔާ ވެސް މަޑުން އިނީއެވެ.

“ދޮންތާ! އޭރުވެސް ބުނިންދޯ ލޮނުމިރުސް އެވަރަށް ނާޅާށޭ. ކުޅިރަހައެއް ލަންޏާ ދޮންތަ އަށް ހެޔޮވާނެ ކަރަންފުލަކަސް” ކުޅިވެގެން އަނގައިގެ ދެފަރާތުން ދަވަ ފައިބަމުން ދިޔަ ޝެނާ އަށް ބަލާލަމުން ޒީޝާން ބުންޏެވެ.

“އެކޮއި! ކުޑަމަންޖެގެ ޔޯގަޓް ތަށިން ކުޑައެތިކޮޅެއް ކާލަބަލަ. އޭރުން ކުޅިފިލާފާނެ. ރަފީ ވެސް މާ ކުޅިގަދަކޮށް ވިއްޔާ މިރުސްގަނޑު ފުނޑާފައި ހުރީ” ކުޑަމަނިކެ ބުންޏެވެ.

އެންމެން ހަމަޖެހުމާއެކު ކުޅިވަރު ފެށިގެން ދިޔައެވެ. އަނބުރާލި ފުޅިގަނޑު އެންމެ ފުރަތަމަ ވެސް ހުއްޓުނީ ސަޖޫލާއި ދިމާލަށެވެ. ސަޖޫލާއި ސުވާލުކުރީ ޝެނާ އެވެ.

“ސަޖޫ އުޅެނީ ކުއްޖަކާ ރައްޓެހިވެގެންތަ” ޝެނާ ކުރި ސުވާލުން ސަޖޫލް ފަސްޖެހުނެވެ. ލޯކުޑަކޮށްލަމުން ޝަރީފާ އިން ދިމާލަށް ބަލާލިއެވެ. ދެފައި ދަމާލައިގެން ދުފަން އިން ޝަރީފާ ފެނި ސަޖޫލް އަވަސް އަވަހަށް ބޯޖަހާލިއެވެ. އެމަންޒަރު ކިތަންމެ ރީއްޗަކަށް ވެސް ޝަރީފާ އަށް ފެނުނެވެ.

“ކީކޭ ތިމަންނަ އުޅެނީ މީހަކާ ހިތާވެގެންނޭ. ކާކުތަ އެއީ ބުނޭ” ފަންވަތެއް ހިފައިގެން ސަޖޫލާއި ދިމާލަށް އައި ޝަރީފާ ބުންޏެވެ.

އެއަށްވުރެ އަވަހަށް ސަޖޫލް ތެދުވެގެން ގޮސް އޭނާގެ މަންމަ ހަމައަކަށް އަޅުވާލިއެވެ. އަދި ހީލާފައި އައިސް ކުރިން އިންތަނުގައި އިށީނެވެ. ގަޔާނުވެ އިން ލޫކް ފެނި އަލްޔާ ދެރަވިއެވެ. ނަމަވެސް ލޫކާއި ދިމާލަށް ފުޅި ހުއްޓުނުތަން ފެނި އަލްޔާ ދެލޯބޮޑުވިއެވެ. މިއިން މީހަކު އަނެއްކާ ކުރާނީ ކޮންކަހަލަ ސުވާލެއް ހެއްޔެވެ؟

“ރަފީފާއްތަ ބުނި ލޫކްގެ އޮންނަނީ ވަރަށް ރީތި އަޑެކޭ. އަޅެ ތިއަޑު މިތާ މިތިބަ އެންމެންނަށް އިއްވާލަބަލަ. ލޯބިވާ ކުއްޖާއަށް މެސެޖެއް ދޭން ބޭނުންނަމަ އެމެސެޖެއް ލަވައެއްގެ ސިފައިގާ ފޮނުވާލަބަލަ”  ލޫކާއި ވެސް ސުވާލު އަމާޒުކުރީ ޝެނާ އެވެ. ލޫކް ފުރަތަމަ ދެކޮޅު ހެދިއެވެ. ނަމަވެސް ލޫކް ގެ ސަބަބުން ބާކީތިބި މީހުންގެ މޫޑް ގެއްލޭން ނޭދޭތީވެ އެންމެ ފަހުން އެމީހުން ބޭނުންވާގޮތަށް ކަންތައްކުރަން ނިންމިއެވެ.

“ހިތުގެ ތެެޅުން މިތުރުމީ އަހާބަލާ…

ވާ ލޯބި އެނގޭނަމަ….. ކަލާ……

ފުންހިޔާލުގާ ދީވާނާ ހިތްވެޔޭ…..

ހިތް ފާޅުގައި ތިޔަ ލޯތްބަށް އެދިވެޔޭ…

ނުނިދޭ މިހާރު ވެޔެ ބޭގަރާރު އަންނާށޭ ކަލާ….

ވާލޯބި އެނގޭނަމަ……ކަލާ……”

ލަވައިގެ ތެރެއަށް ވަދެ ލޫކް ގެ އަޑުން އިއްވާލި ލަވަ އަށް އުނިކަމެއް އަތުވެދާނެތީ ވައިރޯޅި ވެސް މަޑުވެފައިވީ ކަހަލައެވެ. ބަހެއް ނުބުނެ އެންމެން ތިބީ ބުނަންވީ އެއްޗެއް ނޭނގުމުންނެވެ. ލޫކް ގެ މެސެޖް ކިތަންމެހާ ވެސް ރީއްޗަކަށް އަލްޔާ އަށް ލިބުނެވެ. އެމެސެޖްތަކުން އަލްޔާ ގެ ހިތުގެ އެންމެ ފުނަށް އަސަރު ކުރުވިއެވެ.

“ވާއޮ. ސްޕީޗްލެސް…. ހާދަ ފުރިހަމައޭ.. އިރާދަކުރެއްވިއްޔާ ލޫކް ގެ ލޯބި ލޫކަށް ލިބޭނެ” ޝެނާ ބުންޏެވެ.ވިސްނުމެއްގައި އިން އަލްޔާ އަށް ބަލާލަމުން ސަޖޫލް ހިތްވަރުދިނުމުގެ ގޮތުން އިޝާރާތެއް ކޮށްލިއެވެ.

“ނުލިބޭނެ.. ދުވަހަކުވެސް ލިބުމެއް ނެތް” އިންތަކުން ތެދުވެގެން ދަމުން ލޫކް ބުންޏެވެ. ލޫކް ހިތުގައިޖެހި ދިޔުމުން މުޅި މަޖާގަނޑު ފަނިވިއެވެ. ޝެނާ ވެސް އިނީ ކަންތައްވީ ގޮތުން ދެރަވެފައެވެ.

ލޫކަށް ވަކި ހިސާބަކަށް ދެވުނުތަނާ ޝައިމް ފަހަތުން ގޮސް ލޫކް ގޮވައިގެން މަސްބާނާށޭ ކިޔާފައި އެހެން ދިމާލަކަށް ދިޔައީ ލޫކް ގެ މޫޑް އަނބުރާ ގެނައުމަށެވެ. ޝައިމް ދެކެ ވީ ފޫހިން މަސްބާނަން ގޮސް މޫދަށް ވައްޓާލާ މަރާލާނަމޭ ލޫކް ގެ ހިތަށް އެރިއެވެ.

އަސުރު ނަމާދު ވަގުތު ވުމުން މޫދުގައި ތިބި ހުރިހާ މީހުން އެއްގަމަށް އަރާ ނަމާދުކުރިއެވެ. ރަށަށް ދިޔުމަށް ފުރުމުގެ ކުރިން އެންމެން އެކުގައި ސައި ބޮޔެވެ. ބާކީ އޮތް ވަގުތު ތަކުގައި ގަސްދަށުގައި އެންމެން މަޑުކޮށްލީ ވަރުބަލި ފިލުވާލުމަށެވެ. އެހުރިހާ ވަގުތު ތަކުގައި ވެސް އެންމެ ނެގިމަޑުވެއިފައި އިނީ ލޫކެވެ. ނަމަވެސް ބައެއްފަހަރު ޔޫޝައުގެ އުނދަގުތަކާއި ހެދި ލޫކަށް މަޖާވެއެވެ.

އެންމެން ބަލާ އައުމަށް ދޯނި ރަށުން ފުރި ވާހަކަ އާދަނު ގުޅާފައި ޝަރީފާ ކައިރީގައި ބުނުމުން ހުރިހާ މީހުން އވަސްވެގަތީ ގެނައި ހުރިހާ ތަކެތި ބަންދުކޮށް ތެތް ހެދުންތައް ބަދަލުކުރުމަށެވެ. ރަށުގެ އެއްފަރާތުގައި ބާވެގެން ހަލާކުވެފައިވާ ފާހާނާ ބަރި ކައިރިއަށް ހުރިހާ އަންހެންވެރިން ދިޔުމުން ލޫކާއި ޝައިމް މަޑުކޮށްގެން ތިއްބެވެ. ޝައިމް އަތުގައި ޒޫނީ އިންއިރު ލޫކް އިނީ ގަސްގަނޑެއްގައި ލެގިގެން ފޯނާއި ކުޅޭށެވެ.

“މަރުހަބާ. ޝައިމް ބައްޕަ އަކަށް ވަނީ ދޯ” ލޫކް ބުނެލިއެވެ. ޝައިމް ހައިރާންވިއެވެ. ލޫކް އެހެން އެބުނީ ކީއްވެހެއްޔެވެ؟ ކުއްލިއަކަށް ޝައިމް ހަނދާންވިއެވެ. މިރަށަށް އައިތަނާ އަލްޔާ ބުނި ވާހަކައެވެ. ދޯނި މަތީގައި ލޫކް ހައްދާލަން ވެގެން ބަނޑުބޮޑޭ ބުނި ވާހަކައެވެ. ޝައިމް ކައިރިއަށް ހިނިއައެވެ. އަދިވެސް އިތުރަށް ލޫކް ހައްދާލަން ވީއެވެ.

“ހޫމް…. ގިނަ ދުވަހެއް ނެތް އެކަމަކަށް. ލައި ބެނުމޯ ޔަގީންކުރަން. އެކަމަކު މަށަށް ހަމަ ޔަގީން. މަ ވކިއްޔާ އެކަން ކުރީ” ޝައިމް ހިނގަނޑަކުން ނިންމާލި ވާހަކައިން ލޫކް ހިތުގައި ވަރަށް ބޮޑަށް ޖެހުނެވެ. ގާގަނޑަކުން ޝައިމްގެ އަނގަމަތީގައި ޖަހާފާނަމޭ ލޫކް ގެ ހިތަށް އެރިއެވެ.

އެންމެފަހު މީހަކަށް ލޫކް ފާހާނާބަރި ކައިރިއަށް ދިޔައީ ކުޑަ ފާހާނާއަކަށް ދާން ޖެހިގެންނެވެ. އޭރު ކުރިން ރަށުގައި ހަރަކާތްރިވަމުން ދިޔަ އެހެންމީހުން ވެސް މަޑުމަޑުން މަދުވާން ފަށައިފިއެވެ.

ކުއްލިއަކަށް ލޫކް ގަނޑުވީ ލޮލަށް ފެނުނު މަންޒަރު ގަބޫލުނުކުރެވިުގެންނެވެ. ރަށުގެ ފުށްޓަރު ފަރާތްވީ ދިމާލުގައި ހުރި ވަޅުބުރިއެއް ބިތްދަށު އަންހެނެއް ގައިގާ ބައްދައިގެން ކިސްކުރަމުން އެދަނީ ޝައިމް ނޫން އެހެން މީހެއް ނޫނެވެ. ނަމަވެސް ދެން އެއީ ކާކުހެއްޔެވެ؟ އަނެއްކާ ލައި ހެއްޔެވެ؟ އެކަމަކު އޭނަ މިތަނަށް އައިރު ލައި ހުރީ ކަޅުކުލައިގެ އަތްދިގު ޓީޝާޓެއް ލައިގެންނެވެ.  އެތަނުގައި ހުރި ކުއްޖާ ހުރީ ތިރިން ކުޑަ ޓައިޓް ކޮޅެއްގައެވެ.

ދެމީހުން ވަރުބަލިވެގެން ދުރަށް ޖެހުނު ވަގުތު އަންހެންކުއްޖާގެ މޫނު ލޫކަށް ހާމަވެގެން ދިޔައެވެ. ކިޔާނެ ބަހެއް ނޭނގި ލޫކް އަނގަ ހުޅުވުނެވެ. ޔަގީންކޮށްލުމަށްޓަކައި ދެލޯމަރާލުމަށްފަހު އަނެއްކާ ވެސް ބަލާލިއެވެ. ލޫކަށް ހީވީ މޫނުމަތީގައި މީހަކު އެތިފަހަރެއް އަޅުވާލި ހެންނެވެ.

“ޒީޝާން އެންޑް ޝައިމް” ލޫކަށް މަޑުމަޑުން ބުނެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Other Articles

Previous

ތާޝާ (21ވަނަ ބައި)

Next

މިހިތުގެ ފަސާނާ 26

Next
December 2, 2016

މިހިތުގެ ފަސާނާ 26

Previews
December 2, 2016

ތާޝާ (21ވަނަ ބައި)

24 Comments!

  1. Ushaali says:
    December 2, 2016 at 5:23 pm

    assalam alaikum and alhamdhulillah…. mi bai ves varah masakkathun up kurevihjje… enjoy… mi bai huriha kudhinnah kamudhaane kamah heekuran 🙂 🙂 🙂

  2. roassy says:
    December 2, 2016 at 5:43 pm

    Aharen nah ves firimeehaage loabi libeyne nama.

  3. nikyy says:
    December 2, 2016 at 5:44 pm

    Wow v reethi mi part?..ehmea reethi hisaabun thi nimaali..when next part

  4. Luba says:
    December 2, 2016 at 5:48 pm

    Wow.. Bust vany yo

  5. Anonymous says:
    December 2, 2016 at 6:05 pm

    Masha allah when next part

  6. Axee says:
    December 2, 2016 at 6:27 pm

    Kada…ushaali look ehaa varah hithuga jahsaathy……lol…waitin for next part…

  7. shadows says:
    December 2, 2016 at 6:41 pm

    konirak next part kiyaalan libeynee mibaives hama vrah habys

  8. shadows says:
    December 2, 2016 at 6:43 pm

    konirak next part kiyaalan libeynee mibaives hama vrah habys uhmeed kuran varh avahah viyaalan libeyne kamah

  9. Nish says:
    December 2, 2016 at 6:44 pm

    Hmm dhen Alya ulhey vahtharunves foohi

  10. faidhaS says:
    December 2, 2016 at 6:45 pm

    Thihaa varunves up kuri kamahtakai,shukuruveriavan. vvv hama reethi

  11. Ekkla Kujjaa says:
    December 2, 2016 at 6:47 pm

    Yey.. me 56th.. lol.. nxt prt kn irakun?? Pure lai.. shaim bbbuuuuuusssssttttt wany o.. ihih.. awahah up kohla dhehchey nxt prt…

    1. Blackangel says:
      December 2, 2016 at 8:28 pm

      Dear..its not pure.it will b poor

  12. yax says:
    December 2, 2016 at 6:58 pm

    usha!!! luke evarah nuroava bala!! haadha hithuga jeheyeyyy!!!????
    Any way love your storys?????

  13. Shaa xee says:
    December 2, 2016 at 7:33 pm

    Next part avahah up koh dhehchey please please please. Mibaivx hama habeys….. next part avahah kiyaalan v beynun. Please ushaali

  14. aayaa says:
    December 2, 2016 at 7:40 pm

    Asludhiri ulhumuga ves look evaa kahala loabi mi ulhey firiheh verin nuvanee keevvetha furathama rahtehi vaa kolhu heevaane eheh fadha kameh heh kaaveni kurevuneema dhen enimunee……evves varakah alha eh nulaane……..v v v reethi vaahaka haadha lahey vaahaka up kuraa laiy…

    1. Aish says:
      December 2, 2016 at 7:47 pm

      U r right… Rahttehi vegen ulhey iru dhuruga huriyyaaa gulhan ves gulhaane iru iru kolhun. Ekm inyma nubalaane kaigen thoa ves hury

    2. roassy says:
      December 3, 2016 at 11:10 am

      Aayaa u r rite

  15. Thaany says:
    December 2, 2016 at 11:10 pm

    V reethi awahah hageegay angaba dhn alya ah

  16. ?mixoo says:
    December 2, 2016 at 11:24 pm

    ooops!?
    heevanee dhen haqeegaii engeynehen varah avahah…
    love it ushaa

  17. Leem says:
    December 3, 2016 at 12:42 am

    Wow…. Salhi vaanei dhen… Gud work ushaali….???

  18. Khajja says:
    December 3, 2016 at 12:56 am

    Aayaa thihen nubune look vaavaravvure bodah anbindheke loabivaa firinves ulhey ekam v madhun insha allah aharenge firimyhaa aky eyge misaaleh n roassy hiyvarukurey keiytherikamaa eku allah ah dhannavaa dhuaakurey firimyhaage loabi libeytho insha allah kaamiyaabuvaane n stry v furihama v interestin dhen e ulheny hurihaakameh falhaa aran dhw masha allah mi stry v rythi keep it up

  19. Eyna says:
    December 3, 2016 at 10:55 am

    Nice..

  20. Saif says:
    December 3, 2016 at 4:56 pm

    Reehchey reehchey haadha reehchey..
    Bust nuvegen keh madhu vefa mihaaru mihiree ?☺☺❤

  21. laii says:
    December 4, 2016 at 2:28 pm

    Mi part haadha salhiyey…koba tha next part..mihaaru vaahaka up kuraaleh haadha lahey

Comments are closed.

Next Episodeވާލޯބި އެނގޭނަމަ… 24←


All Right Reserved!