” އޯވް.. ހެލޯ ގާލްސް… ގުޑްޑްޑް މޯރރރނިން….. ވާވް.. ލަކީ މީ.. އަދިވެސް މޭމް ނާދެ…”އާލިޔާ ދަބަސް ގޮނޑީގައި ބައިންދާލަމުން ކުލާސް ހުރިހާ ކުދިންނަށް ރީތި ހިނިތުންވުމަކާއި އެކު ހެނދުނުގެ ސަލާމްގޮވާލިއެވެ. “މޭމް އެއްނޫން.. ސަރ އޭ .. ސްޓުޕިޑް…” އާލިޔާ ގޮނޑީގައި އިށީނދެ ހަމަޖެހިލުމާއި އެކު އޭނާގެ އެންމެ ގާތްއެކުވެރިޔާ އަދި އޭނާއާއި ޖެހިގެން އިންނަ މައިޝާ ބުނެލިއެވެ. އާލިޔާ ނިތްކުރީގައި ޖަހާލީ އޭނާގެ ހަނދާންބަލިކަމާއި މެދުހިތަށް އަރާފައެވެ. “ހަމަ މިއަދުވެސް އެލީ ލަހުން.. ކީއްވެތަ ކޮންމެ ބުދަ ދުވަހަކު ލަސްވަނީ؟ ކޮންމެ ވީކްއެއްގެވެސް ހަމަ އެކަނި ބުދަ؟” ފަހަތުގައި އިން ކުއްޖަކު އެހެން ބުނެލިއެވެ. މައިޝާވެސް ތެޅިގަތެވެ. އާލިޔާ އެ ކުއްޖާއާއި ދިމާލަށް އެނބުރިލާ ބަލައިލީ އެއްވެސް އަސަރަކާއި ނުލައެވެ. އެ ރީތި މޫނުމަތިން އެއްވެސް އެއްޗެއް ދޭހައެއްނުވެއެވެ. އާލިޔާ ޖަވާބު ދިނުމެއްނެތި އެހެން ހުރުމަށްފަހު އެ ކުއްޖާގެ ޑެސްކުގައި މަޑުމަޑުން ޖަހާލިއެވެ. “ހަހަ ޓޫ ޕާރސަނަލް..” އާލިޔާ ހިނިތުންވަމުން ބުނެލީ އެ ކުއްޖާ ކުޑަކޮށް ސިހުމުންނެވެ. “އެލީ އިނގޭތަ.. ވަރަށް ސަޅި ސަރ އެކޯ އެއީ… 5 އިޔާސް ކުރިންވެސް އޭނާ ސުކޫލުގައި އުޅެފައި ވަކިވީއޯ….. އޭނާ އެސެމްބްލީގަވެސް ޖޮއިން ނުކުރެ…އަނެއްކާ ކުލާސްއަށްވެސް ލޭޓް.” މައިޝާ އެހެން ބުނެލީ އާލިޔާ ގޮނޑިން ތެދުވަނިކޮށެވެ.
“ރީތިވިއްޔާ ފޮނި ވާނެ…. އޭނާ ނަޔަސް މިހާރު އިނގިއްޖެ އޭނާގެ ފޮނިކަން. މާއިވެސް އޭނާ ރީތިއޭ ވިއްޔަ ތިބުނީ…….” އާލިޔާ އެހެން ބުނެލީ ބޯޑާއި ދިމާލަށް މިޝްރާބްޖަހަމުންނެވެ. ދެތިން އަންހެން ކުދިން ހޭންފެށިއެވެ. “ހަހަ ދޮގެއްތަމީ؟؟؟ އަދި މީ ފުރަތަމަ ދުވަސް.. އެކަމް މިއަދުވެސް ލޭޓް… ރީތި މީހުންނެއްނު ބޮޑައިވެފައި ކިބުރުވެރިވާނީ…އެލީ އަށް އިނގޭ އެކަހަލަ މީހުން ވަރަށް ރަނގަޅަށް…. އެވަރުނުވެގެން ތިބުނީ އެސެމްބްލީގައިވެސް ބައިވެރިނުވެޔޭ..” އާލިޔާ ބުނެލީ ބޯޑުގައި އިން މިއަދުގެ ޑޭޓް ރީތިކޮށްލާ ފަވާލަމުންނެވެ. އަންހެންކުދިންތަށް ހޭންފަށީ އާލިޔާއާއި އެއްބައިވެލަމުންނެވެ. އާލިޔާ މާކަރ ބޭއްވުމަށްފަހު ބޯޑުކައިރި ހުރި މޭޒްމަތީ އިށީނދެލީ އޭގައި ކިލާހުރިތޯ ބަލާލުމަށްފަހުގައެވެ.
އާލިޔާއަކީ އަމީނިޔާ ސުކޫލުގައި ކިޔަވަމުން އަންނަ 15 އަހަރުގެ ކުއްޖެކެވެ. ކިޔެވުމަށް މޮޅުވެފައި އިތުރު ހަރަކާތްތަކުގައި ބައިވެރިވުމާއި އެހެންމީހުންނާއި ދޭތެރޭ ބާއްވާ އެކުވެރިކަން ވެގެންދިޔައީ އަމީނިޔާ ސުކޫލުގެ ކޮންމެ ކުއްޖަކަށްވެސް އާލިޔާ އިނގުމަށް މެދުވެރިވި ސަބަބުތަކަށެވެ. އާލިޔާއަކީ ގުރޭޑް 6 ފަށައިގެންވެސް ޕްރިފެކްޓެއްގެ މަޤާމް އަދާކުރަމުން އަންނަ ހީވާގި ދަރިވަރެއް ކަމުން ޓީޗަރުންނާއި އިތުރު މުއައްޒިފުންވެސް އާލިޔާއާއި މެދު ފަހުރުވެރިވެ އެ އެންމެންގެ އިހްތިރާމްއައި ލޯބި އޭނާއަށް ލިބެމުން ދިޔައެވެ. އޭނާ އަކީ މަޖާ މިޒާޖެއްގެންގުޅޭ އަދި އެންމެންނާއި ވެސް ގުޅޭ ކުއްޖެއްކަމުން ޓީޗަރަކުވެސް އޭނާއާއި ޖެއްސުންނުކޮށްލާ ނުހުރެވޭނެއެވެ. އަދި އޭނާ ގެންގުޅޭ ކުޑަކުދިންގެ އުސޫލުގެ ސަބަބުން އަބަދުވެސް ކޮންމެވެސް ބައެއް ތިބެނީ ހީލަ ހީލައެވެ. ބައެއްފަހަރު އޭނާ ގެންގުޅޭ އެ މިޒާޖު ސަބަބުން އަހްލާގް ފެންވަރު ކުޑަކޮށް ދަށަށް ޖެހިލާ ޕްރިފެކްޓެއްގެ ހައިސިއްޔަތާއި ނުގުޅޭ ކަންތަކާއި އިހްމާލުވެވެއެވެ. އެއީ ކުދި ކުދި މަޖާ ކަންތަށްކަމުން އެކަކަށްވެސް އޭނާ ގޯހެކޭ ބުނެވޭކަށް ނޯންނާނެއެވެ. ކޮންމެ ކުއްޖަކީވެސް ތަފާތު މިޒާޖު ގެންގުޅޭ ކުދިންތާއެވެ. އާލިޔާ އެހެން އުޅުނެއް ކަމަކު ދުވަހަކުވެސް ލިމިޓްއަކުން ކްރޮސްނުކުރެއެވެ. ކޮންމެ ކަމެއްގައިވެސް ހައްދެއް އޮންނާނެކަން އޭނާވެސް ދަނެއެވެ. މަޖާކުރުމުގައިވެސް އޮންނާނެއެވެ.
“ޕިސް ޕިސް ހަމަ އަޖައިބު ވެއްޖެއިން އަދިވެސް އެ މަނިކުފާނަކަށް ނާދެވެ…. އެއީ ދޯ ޓީޗާރސް ދައްކަންޖެހޭ ނަމޫނާއަކީ..” އާލިޔާ ޕިސް ޕިސް ޖަހާލަމުން ބުނެލީ ތުން ދަމާލާފައެވެ. އަދި ކުލާހުގައި އިން ގަޑިއަށް ބަލައިލާފައެވެ. އެންމެންގެ އިތުރުން މައިޝާވެސް ހޭންފެށިއެވެ. މައިޝާއާއި އާލިޔާއަކީ ދާދި އެއްކަހަލަ މިޒާޖެއްގެ ދެކުދިންކަމުން އެދެމީހުންގެ އެކުވެރިކަން ވަރަށް ވަރުގަދައެވެ.
“އެލީ މަޖާ ކަމެއް ކޮށްބަލަ ދެން… އުމްމް… އެލީގެ މޮޅު ވާހަކަގަނޑެއް ފަށާބަލަ..” ކުރީ ސީޓްގައި އިން ކުއްޖަކު ބުނެލިއެވެ. “ހުމްމް މޮޅު ޓައިޓެލް އެއް ދީ އޭރުންނު ފެށޭނީ” ޗޮކެއް ކަނޑާލާފައި އާލިޔާ ބުނެލީ އެއްލޯމަރާލަމުންނެވެ. “އެލީ އަންދާޒާކޮށްލަބަ ސަރ އުޅޭނެ ގޮތެއް.. ހިއިޒް ޕާރސެނާލިޓީ…..” ކުއްޖަކު އެހެން ބުނެލުމާއި އެކު ބައެއް ކުދިން ހޭންފެށިއެވެ. އާލިޔާވެސް ހޭންފެށިއެވެ. އަދި މޭޒުމަތިން ފޭބިއެވެ. “ހަހަހަ.. ތީ އެއްވެސް ކަމެއްނޫން… އޯކޭ ލިސެން……” އާލިޔާ ދޮރާއި ފަހަތަށް ވާ ގޮތަށް ގޮނޑި އަނބުރާލާ އޭގައި އިށީނދެލީ ކްލާސް ރިކޯޑް ބުކް ނަގައިފައެވެ. އެއަށްފަހު ދެފައި ނަގައި މޭޒުމައްޗަށް ލާ ކުޑަކޮށް ހަމަޖެހިލިއެވެ. އެ ހަރަކާތުންވެސް ބައެއް ކުދިން ފެށީ ހޭންށެވެ. ސުކޫލުގައި އުޅުނު ދިވެހި ކިޔަވައިދޭ މުދައްރިސަކަށް ޖޯކްޖެހީކަން އިނގުމުންނެވެ. “ރިމެމްބަރ ގާލްސް…. އަނީލް ސަރ…. ހަހަ ހަމަ މިހެންނޭ އިންނަނީވެސް ދޯ… އެން ރިމެމްބަރ ދޮރުމަތީ ޕްރިންސިޕަލް ހުރިއިރުވެސް އެ ބޭފުޅާއަކަށް ނޭނގުނު.. މިހެން އޮވެގެން ހަމަ ކިޔަނީ އިމްލާ.. ހަހަ ހާދަ ހިނިއައޭ…”އާލިޔާ މާޒީގެ ދުވަހެއް ހަނދާންކޮށްލަމުން ބުނެލިއެވެ. އެންމެންވެސް އެކީ ހޭންފެށިއެވެ.
“އޯކޭ.. ސޯ…. އެ ނިއު ސަރ ދޯ… ހުމްމް.. އޭނާ ވާނެ ހަމަގައިމުވެސް މުޅި މިސުކޫލުގައި ހުންނަ އެންމެ ފޮނި ސަރ އަށް.. އެލީއަށް އޭނާ ނޭނގުނަސް އޯރ ނުފެނުނަސް އެވަރު އިނގިއްޖެ.. ބަލާލަ ގަޑިވެސް… މިހާރު ކުލާސްފެށިގެން ނިމެން އުޅެނީ އެކަމް އެ ބޭފުޅާގެ ހަބަރެއްވެސް ވީކީނޫން.. އޯކޭ ދެން ގަބޫލުކުރަން ކަމެއް ދިމާވެދާނެކަމަށް.. އާފްޓަރ އޯލް ވީ އަރ ހިއުމަންސް ދޯ.. އެކަމް ކަމެއްވިއްޔާ ޖެހޭނެ ދޯ އޮފީސްއަށް އަންގާލަންވެސް… އެލީމެންގެ ގަޑި ދޯ އެ ބޭކާރު ވަނީ….. އެބޭފުޅާ ތިބުނީ އެސެމްބްލީގައި ވެސް ޖޮއިން ނުކުރާވާހަކަ… އެއީ ކިހާ ފޮނިވީމަ… އެވަރު ފޮނި މީހެއް ދެން ހުންނާނެތަ؟ ވަޒީފާއަށް އަންނަންވެސް ޖެހޭނީ އެކަމަށް ޤާބިލް ވިއްޔާ…. ދެން އެސެމްބްލީގައި ބައިވެރި ނުވެ ކުލާހަށް ހާޒިރުނުވެވެންޏާ ދެން ކީއްކުރަން ޖޮއިންވީކީ.. ޓީޗަރުގެ ކަމަކީ ހަމައެކަނި ކިޔަވައިދިނުމެއްނޫން ދޯ.. ސުކޫލަކަށް ވަންނާނީ އެ ހުރިހާ ރޫލްތަކަށް ފޮލޯ ކުރެވެންޏާ…” އާލިޔާ އެ އޮތްގޮތަށް އޮވެ ބުނެލީ ރިކޯރޑްފޮތަށް ނަޒަރު ހުއްޓައިގެން ހުރެއެވެ. އާލިޔާ ގެ ކޮންމެ ޖުމްލައަކާއި އެކު އަންހެން ކުދިން ހޭންފަށައެވެ. އޭނާ ވާހަކަ ދައްކަމުން ދިޔައީވެސް އަދި ހަރަކާތްތަށްވެސް ހުރީ އޭނާ ޖޯކްޖަހަމުން ދިޔަ އެމީހުންގެ ކުރީގެ ދިވެހި މުދައްރިސްގެ ގޮތަށެވެ.
“ޕިސް ޕިސް އަދިވެސް އަންނާކަށް ނުވެޔޭ.. މަތީގައި އުޅެން އިނގޭ ބޭފުޅެއް އެއީ… އަމިއްލަ ގޮތްގަނޑު ހަމަ ގެންގުޅެނީ.. ގާލްސް ބީ ކެއަރފުލް އަސްލުވެސް…..އެހެން ރީތިވެގެން ފޮނި ވާ މީހުން ވަރަށް ކަންތަށް ފަލަވާނެ…… މިހާރު ރުޅިއާދޭ އެބަ.. އެމަނިކުފާނުގެ ފައިންޕުޅު ސުކޫލުގައިވެސް ޖައްސާލިކަމެއްނޭނގެ.. ހުވާ މިބުނީ ފޮނި…….
ނައު ވަޓް ގާލްސް.. ކޮން އަޑުތަކެއް ތި ލައްވަނީ… މާއި!!!… ވަޓް؟؟ ބުނެބަދެން… އޯ ޕްލީސް ގާލްސް.. ހީ ނުކުރައްޗޭ އެލީ ހައްދާލެވޭނޭ…. އަނީލްސަރ އަށްވެސް ލަނޑުދެނީ ތިހެނެއްނު.. އެކަމް އެލީއަކަށް ނުދެވޭނެ އިނގޭ.. އައި ނޯ ހީ އިޒް ނޮޓް ދެއަރ……… ދެން ތިވަރަށް އޯކޭ އޭ އޯވަރ ނުވިޔަސް…….. ވެ..ވެއިޓް.. މާއި…. އާރ ޔޫ ޕީޕަލް ހަމަ ސީރިއަސް……..” އާލިޔާ އެ އޮތްގޮތަށްއޮވެ ވާހަކަ ދައްކަމުން ގޮސް އޭނާގެ ރާގު ބަދަލުވީ އަންހެންކުދިންތަށް ވައިއަޑުން އާލިޔާއަށް ގޮވަންފެށުމުންނެވެ. އެމީހުން އިޝާރާތުން ދޮރުމަތީ މީހެއް ހުރިކަން އަންގަމުން ދިޔައެވެ. ފުރަތަމަ ގަބޫލުނުކުރެވުނަސް އޭނާއަށް ޝައްކުވީ އެކުދިންގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަމުގެ ސަބަބުންނެވެ. އާލިޔާ ދެފައި މޭޒުމަތިން ނަގައި ގޮނޑިން ތެދުވެލީ ހަމަ ކުއްލިއަކަށެވެ. އަދި އިތުރު ސިކުންތުކޮޅެއްވެސް ނުނަގާ ދޮރާއި ދިމާލަށް އެނބުރިލިއެވެ. އެއާއި އެކު އޭނާގެ ނޭވާ ހިފެހެއްޓުނު ފަދައެވެ.
“ޝިޓް…. އަމް ޑެޑް” އާލިޔާ މަޑުމަޑުން އެހެންބުނެލިއެވެ. ހުރިހާ ކުދިންވެސް ތިބީ ކުރާނެކަމެއް ނޭނގިފައެވެ. ދެންވާނެކަމާއި މެދު ވިސްނާލަ ވިސްނާލައެވެ. އަނެއްބައިކުދިން ހިނިގަނޑުމަތަކޮށްލައިގެން ތިބީ އާލިޔާއަށް ވީގޮތްފެނިފައެވެ. މައިޝާ ތުންފަތުގައި ދަތް އަޅާލައިގެން އެއްފަހަރު ދޮރުމަތީ ހަށަންބަނދެލައިގެން ހުރި ސަރ އަދި އަނެއްފަހަރު އާލިޔާއަށް ބަލައިލައެވެ. ސަރގެ މޫނުމަތިން އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. އެހެންވެ އޭނާ ހުރީ ރުޅިއައިއްސާކަމެއް ނުވަތަ މަޖާވެފައި ކަމެއް އެކަކަށްވެސް ނަގައެއްނުގަނެވުނެވެ.
އާލިޔާ ހިންދިރުވާލިއެވެ. އިސްޖަހާލިއިރު އެމޫނުމަތިން ފެންނަނީ ހާސްކަމާއި ބިރުގަންފައިވާ ވަރެވެ. ސަރ އެތާ ހުރުމަށްފަހު ކުޑަކޮށް ކަރުކެހިލާ އެތެރެއަށް ވަންނަން ފެށިއެވެ. އާލިޔާ ކުރާނެކަމެއް ނޭނގިފައި އެ ހުރިތާ ހުއްޓެވެ. އެ ޒުވާން ފިރިހެނާ އާލިޔާ ކައިރިން ހުރަސްކޮށްލިއިރު ބްލެކްބިއުޓީގެ މީރުވަސް އޭނާގެ ނޭފަތުގައި ހިފާލިއެވެ. ނޭފަތް ދަމާލެވުނީ އެ މީރުވަހުގެ ސަބަބުންނެވެ. ލޯވެސް މަރައިލެވުނީ ހަމަ އެ ވަހުގެ ޖާދޫގައި ޖެހިފައެވެ..
“މެޑަމް… އިށީނދެލަން ދާންވީނޫންތޯ…. ނޫނީ މިތާ ދެފައި މައްޗަށް ލައިގެން އިންނަވަންތޯ ގަސްތުތިކުރައްވަނީ….” މަޖާ ރާގަކަށް އެ ސަރ އެހެން ބުނެލީ އާލިޔާއާއި ދިމާލަށެވެ. އެއާއިއެކު އެއްވެސް ހަރަކާތެއްކުރަން ނޭނގިފައި ތިބި ކުދިން ކައިރިއަށް ހިނިއައެވެ. އާލިޔާ ކޯ ޕުއްޕާލިއެވެ. އަދި އެ ސަރ އާއި ދިމާލަށް ބަލައިލުމަށްފަހު ތުންއަނބުރާލާ އޭނާގެ ގޮނޑިއާއި ދިމާލަށް ދިޔައެވެ. “ހާދަމޮޅޭ ދޯ ވާހަކަދައްކާ ހަދަން… ސްޕެޝަލީ މީހުންގެ އެކްޓްކުރަން….” ސަރ އަނެއްކާވެސް އެހެން ބުނެލިއެވެ. އާލިޔާގެ ފިޔަވަޅުތަށް މަޑުވިއެވެ. އަދި ސަރ އާއި ދިމާލަށް ބަލައިލުމަށްފަހު “ހަހް” އޭ ބުނެލާ ގޮނޑީގައި އިށީނދެލިއެވެ. ހުރިހާ ކުދިން ހޭންފެށިއެވެ. އަދި ހިތާހިތުން ޝުކުރުކޮށްލީ ރުޅިގަދަ ސާރއަކަށް އޭނާ ނުވުމުންނެވެ. އާލިޔާ އައިގޮތަށް އައިސް އިސްޖަހާލައިގެން އިނީ މޭޒުމަތީ އެއް އިނގިލިން ޖަހާލަ ޖަހާލައެވެ. އޭނާ ހުރީ ރުޅިއައިއްސަކަން މައިޝާއަށް ރަނގަޅަށް އިނގެއެވެ. އާލިޔާ ރުޅި އައުމުން ނޫނީ އެހެން މަޑުންނެއްނީންނާނެއެވެ. މައިޝާ އާލިޔާ ކޮނޑުގައި އަތްލީ އޭނާ އަށް ހިތްވަރެއްދިންކަހަލަ ގޮތަކަށެވެ.
“ސޯ.. ގާލްސް…. އިންޓްރޮޑިއުސް ވާންވީނު ދޯ.. ފަސްޓް ޑޭ ވީމަ މިއަދު ނުކިޔަވާނެ ވާހަކަ ބުނަން… އެކަމް ސަންޑޭ އިން ފަށައިގެން ހަމަ ލައިކް ނޯރމަލް އިނގޭ.. ބުރާސްފަތި ދުވަހު ކުޑަ އެކްޓިވިޓީއެއް ޖައްސާނީ.. އެއީ ދެން މި ވީކްގެ ލާސްޓްޑޭ އެއްނު.. ސޯ ވައި ޝުޑްވީ ސްޓަޑީ… ސަންޑޭގަ ފެށިދާނެއެއްނު.. .” މޭޒުމަތީ ދެއަތް ވިއްދާލައިގެން ހުރެ ސަރ ބުނެލިއެވެ. ހުރިހާ އަންހެންކުދިންނަށްވެސް އޭނާ ކަމުދިޔައެވެ. އަޑުއިވިފައިވާ ގޮތަށް އޭނާއަކީ ރީތި އަދި ހައިބަތު ފުޅާ ދޮން އަދި ދިގު ޒުވާނެކެވެ. އާލިޔާ އިސްއުފުލާ ސަރ އަށް ބަލައިލިއެވެ. ތެދެކެވެ. އެއީ ރީތި ޒުވާނެކެވެ. ލާފައިހުރި އޯޝަންބުލޫ ގަމިހާއި ކަޅު ފަޓުލޫނުގައި އެ ކަސްރަތީ ހަށިގަނޑު ފެންނަލެއް ވަރަށް ހިތްގައިމެވެ. އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އޮޅާލާފައިވާ އަތްކުރިއާއި ކުޑަކޮށް ހިއްލާލާފައި އިން އޭނާގެ އިސްތަށިގަނޑެވެ. އާލިޔާއަށް އިތުރު ދިމާލަކަށް ބަލަންވެސް އުނދަގޫވިއެވެ. އެހާވެސް ބޮޑަށް އެ ޒުވާންސަރ ގެ ރީތިކަމަށް އޭނާ ހުރީ ހުސްވެފައެވެ. ނަމަވެސް ހިތުގައި އުފެދެމުން އައި އެ ގޮތްނޭނގޭ އިހްސާސްތަށް ފޮރުވާލީ ދެފަރާތަށް ބޯހަލުވާލުމަށްފަހުގައެވެ. އަދި ޑެސްކުގައި ބޯ ޖައްސާލަމުންނެވެ. ހިތާހިތުން އެ ސަރގެ ފޮނިކަމާއި މެދު ޝަކުވާކޮށްލިއިރު އެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. އަދިވެސް ސަރ ޖަހާފައި ހުރި ބްލެކްބިއުޓީގެ ވަސް އޭނާގެ ނޭފަތުގައި ޖެހިލާފައި ހުރިކަހަލައެވެ. ބޯ ޖަހާލައިގެން އޮވެ ލޯ މަރާލުމާއި އެކު އޭނާއަށް ސިފަވީ އެ ސަރ ދޮރުމަތީ ހުރި ގޮތެވެ. ހަށަން ބަނދެލައިގެން ދޮރުގައި އޭނާގެ އެ ބިޔަ ހަށިގަނޑު ލައްގަނުވާލައިގެން ހުރިއިރު އޭނާ ވަރަށް ރީއްޗެވެ. ހިތްގައިމެވެ. ސްމާރޓެވެ.
“ހެލޯ މެޑަމް…. ގެޓް އަޕް….” ސަރ ބުނެލީ އާލިޔާ އިން މޭޒުކައިރިއަށް ޖެހިލާ މޭޒުގައި ޖަހާލަމުންނެވެ. އާލިޔާ ތެދުވީ ކުއްލިއަކަށެވެ. އަދި ސަރ އާއި ދިމާލަށް ލޯ އަޅާލައި ބަލައިލީ އަދިވެސް އޭނާ ހިތްހަމަނުޖެހިފައި ހުރިކަން އަންގަންވެގެންނެވެ.. ސަރ ހިނިގަނޑެއް ޖަހާލުމަށްފަހު އަނބުރާ ހުރިތަނަށް ދިޔައީ ރީތި ހިނގުމެއްގައެވެ. “ސޯ ގާލްސް… އަމް އަޔާން… އަޔާން ސަރ ދޯ ދެން ކިޔާނީ… ދެން އިނގޭނެއެއްނު މި ސުކޫލުގެ ދުވަސްވީ އެއް ބޭރު ޓީޗަރު ދިޔައީމަ އޭނާގެ ބަދަލަށް ސަރ މިއައީ އެކައުންޓިންއަށް… ކުރިންވެސް ސަރ ކިޔަވައިދިނިން މި ސުކޫލުގައި އޭރު ވަރަށް ކުޑަވާނެ ތިކުދިން…… ހެހެހެހެ… ސޯ ހުރިހާ ކުދިން ނަން ބުނެބަ ސަރ ކައިރި….. ހަނދާން ނުހުންނާނެ އެކަމްވެސް ދެން ދަސްވާނެތާ ދޯ ދުވަސްތަށް ހޭދަކުރިވަރަކަށް..” އަޔާން އެ ހުރިގޮތަށް ހުރެ ބުނެލީ ހުރިހާ ކުދިންނާއި ދިމާލަށްވެސް ބަލައިލަމުންނެވެ. އެއިން އެންމެ ފަހަރަކުވެސް އެ މޫނުމައްޗަށް ވެރިވެފައި ހުރި ހިނިތުންވުން ފަނޑެއްނުވެއެވެ.
ފަހަރަކު ކުއްޖަކު އަޔާންގެ އިޝާރާތަށް ކޮއްޅަށް ތެދުވެ އަމިއްލަ ނަން ބުނަމުން ދިޔައެވެ. އަޔާން ކޮންމެ ކުއްޖަކަށްވެސް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލައެވެ. އާލިޔާ ފަހަރު އައުމުން އޭނާ ތުންދަމާލާފައި އިނީ އޭނާގެ ނަންވެސް ބުނަން ބޭނުންނުވެފައެވެ. އިސްއުފުލާލަންވެސް ފޫހިވެފައެވެ. ސަބަބު ހުދު އޭނާއަކަށްވެސް ނޭނގެއެވެ. އެހާ ފޫހިވާ ކަމެއް އަދި އަޔާންއެއް ނުކުރެއެވެ. އާލިޔާ ކޮޅަށް ނުތެދެ އިށިނދެ އިނުމުން މައިޝާ ކުޑަކޮށް ކޮށްޓާލިއެވެ. އާލިޔާ ކޮޅަށް ތެދުވީ މަޖުބޫރުވެގެން ކަހަލަ ގޮތަކަށެވެ. އަބަދުވެސް ހޭންވެގެން ސަބަބެއް ހޯދާ ކުދިންތަށް އާލިޔާގެ މޫޑްފެނި ހޭންފެށިއެވެ. “އާލިޔާ….” އާލިޔާ އިސްޖަހާލައިގެން ހުރެ ބުނެލިއެވެ. އޭނާ އިސްޖަހާލައިގެން ހުރުމުގެ ސަބަބުން ނިތްކުރިމަތިން ވެއްޓުނު އިސްތަށިކޮޅު އޭނާ ރަނގަޅުކޮށްލީވެސް ހަމަ އެ ހުރިގޮތަށް ހުރެއެވެ. ކަންފަތް ކައިރިއަށް އިސްތަށިކޮޅު ލުމަށްފަހު އިށިނދެލަނިކޮށް އަޔާން އެކަން ހުއްޓުވިއެވެ. “ސަރ އަކަށް އަޑެއްނީވެ.. އަލުން ބުނެބަ… ދެންމެ މިތާ އިނދެގެން ބޮޑު ސްޕީޗެއް ދިންއިރު ތިއަޑެއްނޫން ހުރީކީ ސަރ ބޭނުންވަނީ ހަމަ އެ އެއަޑުން ނަން ބުނާއަޑުއަހަން..” އަޔާން ބުނެލީ ސީދާ އާލިޔާއަށް ބަލަންހުރެއެވެ. އާލިޔާ އިސްއުފުލާ އަޔާންއާއި ދިމާލަށް ބަލައިލީ އޭނާ ރުޅިއަރުވަނީއޭ ހިތާއެވެ.
“އާލިޔާ….” އާލިޔާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. “އާލިޔާ އެކަނިތަ؟؟” އަޔާން އަހާލިއެވެ. އާލިޔާ މައިޝާއަށް ބަލައިލިއެވެ. އެ މޫނުމަތީ ދާތިކިތަށް ފާޅުވާންފެށިއެވެ. “އަ..އާލިޔާ.. އަދު..އަދުނާން..” އާލިޔާ އެހެން ބުނެލުމާއި އެކު ގޮނޑިގައި އިށީނދެ މޭޒުމަތީ ބޯ ޖަހާލިއެވެ. އާޔަންދެކޮޅަށް ބޯ ހަރަކާތްކޮށްލުމަށްފަހު މައިޝާއަށް އިޝާރާތްކޮށްލިއެވެ. މައިޝާވެސް ތެދުވެ އޭނާގެ ނަން ބުނެ އިށީނދެލިއެވެ. އެހެންމީހުންނަށް ނޭނގުނަސް މައިޝާއަށް އެވީގޮތް ނަގައިގަނެވުނެވެ. ދެރަވީ އެ ހިތަށް ކުރާނެ އަސަރު އިނގުމުންނެވެ. އަދި ރޭގައި ހިނގި ވާހަކައެއް އާލިޔާ ނުކިޔައިދިނެއްކަމަކު ރޭގައިވެސް ބޮޑުކަމެއް ހިނގައިފިކަން މައިޝާއަށް އިނގެއެވެ. އާލިޔާ އެ އޮތްގޮތަށް އޮތީއެވެ. އަޔާން ކިޔަވައިދިނުމެއް ނެތި ކުދި ކުޅިވަރުތަކެއް އެ ކުދިންނާއި އެކު ކުޅުނެވެ. އާލިޔާ އެއިން އެކައްޗެއްގައިވެސް ބައިވެރިއެއްނުވެއެވެ. ބޯ ޖަހައިގެން އޮތްގޮތަށް އޮތީއެވެ. އަޔާން އެއްވެސް ކަމަކަށް ނުހަދާ ހުއްޓެއްކަމަކު އިރު އިރުކޮޅާ އާލިޔާއާއި ދިމާ ބަލައިލައެވެ. މައިޝާ އޭނާއަށް ގޮވަން ހެދީމަވެސް އެކަން ހުއްޓުވީ އަޔާންއެވެ. ގަޑި ނިމުނުލެއް އަވަސްވެގެން ބައެއް ކުދިން ޝަކުވާވެސްކުރިއެވެ. އެހާ ކޫލް ސަރ އެއްގެ ގަޑި އަވަހަށް ދިޔުމުން އެމީހުންގެ މޫޑް ހުރީ ސަކަރާތްވެފައެވެ. ވާނީވެސް އެހެންތާއެވެ. އަޔާން އައީ އެހާ ލަހުންނެވެ. ދެން އަންނާނީ ރުޅިގަދަ ސަރ އެއްކަމުން އެކުދިން އަވަސްއަވަހަށް އެ ގަޑިއަށް ރެޑީވެލިއެވެ.
ގަޑިއަކަށްފަހު ގަޑިއެއް ނިމުމަށްފަހު ގެއަށް ދާ ގަޑިވެސް ޖެހުނީއެވެ. އާލިޔާ ޑެސްކުގައި ބޯ އަޅާލައިގެން އޮތްއިރު މައިޝާ ހުރީ ދަބަހަށް އެއްޗެހިތަށް އަޅަންށެވެ. އޭރު ދެތިން ކުދިން ވެސް ކުލާހުގައި ތިއްބެވެ. ފަހުގަޑި ކިޔަވައިދިން މުދަރިސް އެކުދިން ފޮތް އަޅަން ތިބުމުން އަވަހަށް ނިކުތުމަށް އެދުމަށްފަހު ކުލާހުން ނިކުމެގެން ދިޔައެވެ.
އެލީ ދެން ތެދުވެބަ.. ތީ ކޮންކަމެއްތަ…؟ މީހުން ރުޅިއަރުވާނެ ރުޅި އަންނަންޏާ…. އެލީވެސް ރުޅި އައިކަމަށް ނުހަދާ އިންނާނީ…” ކުލާހުގައި ތިބި ކުދިންތަށް ދިޔުމާއި މައިޝާ އާލިޔާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ބުނެލިއެވެ. އޭނާ ހީކުރީ އާލިޔާ އަދިވެސް ހުރީ އަޔާންސަރ ގެ ސަބަބުން ރުޅިއައިއްސާކަމަށެވެ. އާލިޔާ މޭޒުމަތިން ބޯ ނަގާލިއެވެ. އަދި މައިޝާއާއި ދިމާލަށް ބަލައިލިއެވެ. މައިޝާ ދެލޯ ބޮޑުކޮށްލުމަށްފަހު އާލިޔާގެ މޫނުމަތީ ދެއަތުން ހިފަހައްޓާލިއެވެ. “އެލީ……….!” ކަންބޮޑުވެފައި ހުރި މައިޝާއަށް އާލިޔާއަށް ގޮވައިލެވުނެވެ. އާލިޔާ އޮތީ ރޯންކަން އިނގުނީ އަދި ކިރިޔާއެވެ. އެ ރީތި ދޮންމޫނު ވަނީ ރަތްވެފައެވެ. އަދި ދެލޯވެސް މަޑު ރަތްކުލައަކަށް ގޮއްސައެވެ. ނޭފަތްދަމާލާ ކޮންމެ ފަހަރަކު އެ ކުޑަ ނޭފަތް ރަތްވެއެވެ.. މައިޝާ އާލިޔާ ގެ ކުރިމައްޗަށް އިން މޭޒުކައިރިއަށްގޮސް ގޮނޑި އާލިޔާއާއި ދިމާލަށް އަނބުރާލާ އިށީނދެލިއެވެ. “އެލީ….! ކިހިނެއްވީ؟؟؟؟ރޭ ބޮޑު ކަމެއް ވީތަ؟؟؟ ޕްލީސް ބުނެބަ..” މައިޝާ އާލިޔާގެ އަތުގައި ދެއަތުން ހިފަހައްޓާލަމުން ބުނެލިއެވެ. އާލިޔާއަށް އިތުރަށް ރޮވުނެވެ. އެއްޗެއް ނުބުނެ އޭނާ ދެފަރާތަށް ބޯ ހޫރާލިއެވެ. އޭނާގެ އަނދިރި ދިރިއުޅުން އިނގޭނެ ހަމައެކަނި މައިޝާއަށެވެ. އެހެންމީހުންގެ ކުރިމަތީ މަޖާކޮށް ހީ ސަމާސާކުރިއަސް އޭނާއަކީ ހިތްދަތި ދިރިއުޅުމެއް އުޅޭ ކުއްޖެކެވެ. މީހެއްގެ ހަމްދަރިދީއެއްބޭނުން ނުވާތީ ދެރަވިޔަސް އޭނާ އެކަން ފޮރުވައެވެ. އެހާވެސް އޭނާ ހިތްވަރުގަދައެވެ. އާލިޔާގެ ހާލު ފުރަތަމަ އިނގުނު ފަހަރު މައިޝާއަށް ޤަބޫލުކުރަންވެސް އުނދަގޫވިއެވެ. އެހެނީ އާލިޔާގެ މިޒާޖާއި އުޅުމުން އެކަހަލަ ހިތްދަތި ކަމަކާ ކުރިމަތި ލާހެނެއް ހިއެއް ނުވެއެވެ.
“އެލީ…. ޕްލީސް…” މައިޝާ އާލިޔާގެ އަތުގައި ތަންކޮޅެއް ބާރަށް ހިފަހައްޓާލިއެވެ. އޭނާއަށް އިތުބާރުކުރާށޭ ބުނާފަދަގޮތަކަށެވެ. އަބަދުވެސް އޭނާ ހުންނާނެކަމުގައި ބުނާހެންނެވެ. “ސްޓެޕް…….. ސްޓެޕް……. މާއި… މަންމަ ހު..ހުރީ…. އެއްވެސް ކަ..ކަމެއްނުކޮށް… މާ..މާއި…. ސްޓެޕް.. އަބަދުވެސް ވާހެން… އައި ވޯސް ޑްރަންކް.. ދަ ހޯލް ޓައިމް މާއި..ނޭނގެ ކީއްކަމެއް….ކުރީވެސް… ހޭލިއިރު.. ވަރަށް ތަދުވޭ ބަނޑަށްވެސް….” އާލިޔާ ރޮއެގަތެވެ. އިތުރަށް ބުނާނެ ހިތްވަރެއް ނެތުމުންނެވެ. މައިޝާއަށް ވީ ގޮތް އިނގުނެވެ. ރޮމުން ރޮމުން އޭނާ ކަރުނަތަށް ފޮހެމުން ދިޔައެވެ. ނަމަވެސް ކަރުނަތަށް އަނެއްކާވެސް ލޮލުން ފުރި ފައިބައިގެން ދެއެވެ. “އެލީ ޕްލީސް ދެން… ހިނގާ ވީ ނީޑް ޓު ފައިންޑް އަ ސޮލިއުޝަން ފޯރ ދިސް…. އެލީ އެހެންނޫނީ މަރުވެދާނެ މޮޔަވެދާނެ….. މިހާރުވެސް… އެލީ ޕްލީސް..” މައިޝާ އެހެންބުނެލިއިރުވެސް އެކަމަށް އާލިޔާ އެއްބަސްނުވާނެކަން އިނގެއެވެ. ވާހަކަދެއްކިއިރުވެސް އެއްވެސް އުއްމީދެއްނެތް އިންސާނެކޭ މައިޝާއެކޭ އޭރު އެއްފަދައެވެ. “ނޫން. މާއި.. މާއި.. ޕްލީސް ނުބުނާތި… މާއި…. ޕްރޮމިސް ކުރީމެއްނު… އެލީ ކިހިނެއް؟؟.. ކިހިނެއް މަންމަ؟؟؟ ޑޭޑް…. ޑޭޑް އެލީއާއި އޭ މަމް ހަވާލު… ހަވާލުކުރީ… ކޮންމެ ގޮތެއްވިޔަސް ޝީ އިޒް މައި މަމް މާއި… ބައްޕަގެ ވަސިއްޔަތަކީވެސް އެއީ….” އާލިޔާ ކުއްލިއަކަށް އެހެންބުނެލިއެވެ. އޭރު އޭނާ ތުރުތުރުއަޅައެވެ. މައިޝާ އެ ސިއްރު ބޭޒާރުކޮށްލަފާނެތީއެވެ. “އެލީ.. އެލީ…. ކާމް ޑައުން… އޯކޭ.. އޯކޭ ނުބުނާނަން… ޕްލީސް ކާމް ޑައުން…” މައިޝާ އާލިޔާގެ ކޮނޑުގައި ހިފާ ފިރުމާލަމުން ދިޔައެވެ. އާލިޔާ ހަމަޔަކަށް އެޅެމުން ދިޔައެވެ.
“ކޮންމެ ކަމެއްގައިވެސް ހައްލެއް އޮންނާނެ… ޔޫ ނީޑް ޓު ބީ ސްޓްރޯންގް އިނަފް ޓު ފައިންޑް ދަ ސޮލިއުޝަން އޯރ މޭކް އަ ސޮލިއުޝަން… އެހެންނޫންނަމަ މި ދުނިޔެއަކު އެއް ނޫޅެވޭނެ….. ކޮންމެ ގޮތަކަށްވިޔަސް މަރުވަންދެން އޮތީ މި ދުނިޔޭގަތާ އުޅުން ދޯ…” އިވިގެން ދިޔައީ ފިރިހެން ވަންތަ އަޑެކެވެ. އާލިޔާއަށާއި މައިޝާއަށް އެއްފަހަރާ ދޮރާއި ދިމާލަށް ބަލައިލެވުނެވެ. ދޮރުމަތީ ހުރީ އަޔާންއެވެ. މައިޝާ އާލިޔާއާއި ދިމާލަށް ބަލައިލީ ކަންބޮޑުވެފައި ހުރެއެވެ. “ޑޯންޓް ވޮރީ.. ސަރ އަކަށް ނީވެ ތިކުދިން ދެއްކި އެއްވެސް ވާހަކައެއް.. އެކަމް…..އެނީވޭސް ސަރ އަށް ލިބިދާނެތަ އެކައުންޓް ނޯޓް ފޮތް… ކުއްޖެއް އިނދޭތޯ ބަލައިލަން އައީ އެން ސޯ ޔޫ ބޯތު ނަސީބަކުން..” އަޔާން އެ ހުރިތާ ހުރެ އެހެން ބުނެލިއިރު އޭނާގެ ނަޒަރު މުޅިންހެން ވަނީ އާލިޔާއަށެވެ. އާލިޔާއަށް އޭނާ ދެއްކި ވާހަކަ ގަބޫލުކުރަން އުނދަގޫވީ އެ ނަޒަރުގެ ސަބަބުންނެވެ. އާޔަންއަށް އާލިޔާ ދެއްކިވާހަކަ އިނގުނޭ ހިތްބުނަމުންދިޔައެވެ. އާލިޔާ މައިޝާއަށް ބަލައިލުމުން މައިޝާ ދަބަހުން ފޮތް ނަގަން އަވަސްވެލިއެވެ. މައިޝާ ފޮތްނަގަން ހުއްޓާ އާލިޔާ ދަބަސް ކޮނޑުގައި އަޅުވާލަމުން ތެދުވެލިއެވެ. މައިޝާ ވެސް އޭނާގެ ދަބަސް ކޮނޑުގައި އަޅުވާލީ އެކައުންޓް ފޮތް އަތަށް ނެގުމަށްފަހުގައެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.






Hi guys.. I hope u ppl will like this part.. this is my first long story which is of 62 parts. Hope enjoy kuri kamah. And mistakes thah faahaga khdhiny r it will help me alot. And maadhamaa v ma ingeyny whether i can upload it daily or once in two days kn.. So till than tvgc and bless you. 😉 Lots love
wow hama speechless ryn
thankyou 🙂
Varah salhi.
Its lovely
Waiting for next part
Ryn ge hurihaa vaahakaehves kiyan
Hurihaa vaahakaehves varah furihama
English basthah ginakamun bolhan udhagoo story nice
Wow?…varah salhi
Masha Allah varah reethi.. Am a big fan of u
Salhi.. waiting for the next part
Yo ryn.wooooooow wwwwwwwooooooooow ❤❤❤????varaaaaaah saaaalhi vaahaka.ely ah keeh evany anekkaa….see ya soooon ryyyn
Haibathu mi bas beynun kurevifa othy ragalhakah noon kanneyge…
Vvvvvvvv nice…and vvvvvvv untrust me story… plz daily koh up kohdhiyba
Wow…v reethi….
V vvvv salhi.. Me ah Ryn ge stories abadhu vxx vvvv nice
Varah salhi..
Maasha Allah… vara salhi
Vahaka ninmafa dhw thi upkuran feshy ryn.. Waiting for next part eagerly
varah salhi
story vvvv reethi…..waiting 4 nxt prt…..
Furathamabai v reethi dhn keema dhw ngeynee
Kn irakun upkurany Ryn
Varah salhi mi part.. Heevany mi story vx Ryn ge ehen stories thah hen rythi vane kamah
Avahah upkoh dheche ryn… Story adhi hama Vv reethi
Wooow v salhi mi story..v habeys..adhi ehaame dhigu 1st part ves…soo 2nd ves dhigukohllahchey
Gaimu igey egey mi dhebas olhuvaanulaabala.
Ryyyn is back 😀 mi story varah reethi vaane kan yageen 😉 luv yuhr stories Ryyn
“Officeah” ge badhalugai “Offeehah” mihen in nama furihama vees.
nice
Wow. This is mind blowing ??