Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެދެނީ ލިބުމޭ ކަލާ… (ފުރަތަމަ ބައި)

LovelyGirl Level 1
November 26, 2016 2 Mins Read
27 Comments

“ބައްޕާ… އަހަރެން ނުވޭ ވަޒީފާއަށް ދާހިތެއް… އަހަރެން ވަޒީފާއަށް ނުދިޔަސް އަހަރެން ބޭނުން ހުރިހާ އެއްޗެއް ލިބޭ… ކީއްވެތަ ކޮންމެހެން އަހަރެން ވަޒީފާއަށް ފޮނުވަން ތިއުޅެނީ… ” ލޫނާ ޝަކުވާ ކުރަމުން ދިޔައެވެ.

” ދަރިފުޅާ.. ދަރިފުޅު ޖެހޭނެ ވަރަށް ޒިންމާދާރު ކުއްޖަކަށްވާން… ބައްޕަގެ ހަމައެކަނި ހުރީ ދަރިފުޅު.. ބައްޕަ ނެތް ދުވަހަކުންވެސް މި ވިޔަފާރިއާ ހަވާލު ވާންޖެހޭނީ ދަރިފުޅެއްނު… އެކަމަކު އަދި ބައްޕަ ބޭނުމެއް ނޫން ވިޔަފާރީގެ ހުރިހާކަމެއް ދަރިފުޅާ ހަވާލު ކުރާކަށް…” މަޑުމައިތިރި ރާގެއްގައި އާސިމް އޭނާގެ ބާވިސް އަހަރުގެ ދަރިފުޅަށް ވިސްނައިދެވޭތޯ މަސައްކަތް ކުރަމުންދިޔައެވެ.

…………………………………………………….

ލޫނާއަކީ އަލްވީޝް އާއި އާސިމްއަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. ތަގުދީރުގައި ކަންތައް ދިމާވިގޮތުން އަލްވީޝް މިދުނިޔެއާއި އަލްވަދާއުކީ އާސިމްއާއި އަލްވީޝްގެ ލޯބީގެ ނިޝާން ކަމުގައިވާ ލޫނާ ވިހެއުމުގެ ތެރޭ ދިމާވި މައްސަލަ އަކުން އެތެރެ ހަށިން ލޭމަނާނުވެގެންނެވެ. ނަމަވެސް އެހާދިސާއަށްފަހު އާސިމް މަސައްކަތް ކުރީ ލޫނާއަށް ރަނގަޅު މުސްތަގުބަލެއް ހޯދާދިނުމަށެވެ. އެގޮތުން ވަޒީފާގެ އިތުރުން ހުސްވަގުތު ތަކުގައި އިތުރު މަސައްކަތް ކޮށްގެން ހޯދި ފައިސާއިން ކޮންސްޓްރަކްޝަން ދާއިރައިގައި އަމިއްލަ ކުންފުންޏެއް ހިންގަން ފެށީއެވެ. އެހުރިހާ މަސައްކަތެއް ކުރަން އުޅުނު އިރު ލޫނާގެ ކަންކަން ބަލަހައްޓަމުން ގެންދިޔައީ އަލްވީޝްގެ މަންމަ ޒުލޭހާއެވެ. ނަމަވެސް ލޫނާގެ އުމުރުން އަށްއަހަރުގައި ޒުލޭހާ ނިޔާވީ ގަދަޔަށް ހުންއައިސް ޖެހުނު ރޯގާއެއްގައި މާބޮޑަށް ހަށިގަނޑުން ލޭމަދު ވެގެންނެވެ. ކަންދިމާ ކުރި ގޮތުން އޭރު ލޫނާއަށް ކުޑަކޮށް ވިސްނެން ފަށާފައިވާތީ އާސިމް ވިޔަފާރީގެ ކަންކަން ކުރަންދަނީ ގޭގައި ކައްކަން ގެނެސްސަ ހުންނަ މީހާއާ ލޫނާ ހަވާލު ކޮށްފައެވެ. އެގޮތުގައި ގިނަ ދުވަސްތަކެއް ހޭދަކުރަމުންގޮސް ލޫނާ ގުރޭޑް ދިހައެއް ނިމުމުން އާސިމް ލޫނާ އޮސްޓްރޭލިއާއަށް ފޮނުވާލީ އިތުރަށް ކިޔަވާދިނުމަށެވެ. ނަމަވެސް ލޫނާ ދިޔައީ ކިޔަވާ ހިތަކުންނޫނެވެ. ލޫނާ ދެކޭގޮތުގައި ކިޔެވުމަކީ މާމުހިންމު ކަމެއް ނޫނެވެ. ބައްޕަގެ މުއްސަނދި ކަމުގައި އުޅެމުންއައި ލޫނާއަށް ފަގީރުންގެ ދިރިއުޅުމާމެދު ހިޔާލު ކޮށްލާނެ ފުރުސަތެއްވެސް ނުލިބެއެވެ. އެގޮތުގައި ފަސް އަހަރު އުޅުމައްފަހު ލޫނާ މާލެއައީ ބިޒްނަސް ދާއިރާއިން މާސްޓާޒް ނިންމައިގެންނެވެ.

…………………………………………………………..

ލޯގަނޑު ކުރިމަތީގައި ހުރެ ލޫނާ ރީތިވަމުން ދިޔައީ ބައްޕައާއެކު އޮފީހަށްދާށެވެ. މަޑު ފެހި ކުލައިގެ ގަމީސް ކޮޅަކާއި ކަޅު ސްކިނީ ޖީންސްގައި ލޫނާ ވަރަށް ފުރިހަމަ ކަމަށް ދައްކައެވެ. އަދި މަޑު ބްރައުން ކުލައެއް ޖައްސާފައިވާ އިސްތަށިގަނޑު ފަހަތައް ވާގޮތަށް ރަބަރުން އައްސާލާފައިވުމުން ލޫނާގެ މޫނާއި ކަރުދަށުގެ ދޮންކަން ބޮޑަށް ފާހަގަވެއެވެ. މަޑު ފިޔާތޮށި ތުންފަތުގައި ހާކާފައިވާ ލިޕްބާމް އިން ތުންފަތަށް އިތުރު ތާޒާކަމެއް ގެނެސްދީފައިވެއެވެ.

އޮފީހަށްދާން ތައްޔާރުވެގެން ނިކުތް ލޫނާ ފެނިފައި އާސިމްހުރީ އަޖައިބު ވެފައެވެ. އަލްވީޝްއާ ލޫނާ ވަރަށް ވައްތަރެވެ. ހަމައެކަނި ތަފާތަކީ ލޫނާއަށް އާސިމްގެ ފަން އިސްތަށިގަނޑު ލިބިފައިވާކަމެވެ. ނަމަވެސް ބުރުގަލެއް އަޅައިފިއްޔާ އެދެމީހުންގެ އެއްވެސް ތަފާތެއް ނުހުންނާނެއެވެ. ” ބައްޕާ… ކިހިނެއް ވީ… އަހަރެން މިކަހަލަ ދިގު ޖީންސެއް ތިރިންލީމަ ވަރަށް ހަޑި ދޯ… ބައްޕަ ހިންހަމަ ނުޖެހިދާނެތީ ސްކާޓެއް ނުލީ..” އާސިމް ހުރިގޮތުން ލޫނާ އަހާލިއެވެ. ” ނޫނޭ ދަރިފުޅާ… ދަރިފުޅު މަންމައާ ވައްތަރު ކަމުން ބައްޕައަށް މި ބެލެނީ… އެކަމަކު ދަރިފުޅު ހިތަށް ނާރުވައްޗެ ދަރިފުޅު ލާ ހެދުމާމެދު ބައްޕަ ހިންހަމަ ނުޖެހޭނެއޭ.. އެއީ ދަރިފުޅު ގެ ކަމެއް.. ބައްޕަ ނުބެހޭނަން އެކަހަލަ ކަންކަމަކާ.. މިއަދު ވަރަށް ރީތި ދަރިފުޅު.. ތި ގަމީހުގެ ކުލަ ދަރިފުޅާ ވަރަށް ގުޅޭ… ދެންހިނގާ ސައިބޯން ދާން.. އޭރުން ގަޑިއަށް ދެވޭނީ..” ޑައިނިންގް ރޫމައަށް ވަންނަމުން އާސިމް ބުނެލިއެވެ.

އޮފީހަށް ވަދެވުމާއެކު އާސިމް ފުރަތަމަ ދިޔައީ އާސިމް މަސައްކަތްކުރާ ކޮޓަރިއަށެވެ. އަދި އެތަނަށް ގޮސް ލޫނާއަށް އޮފީހުގެ ކަންތައްތައް ކުރިޔަށް ދަމުންދާގޮތް ކިޔައިދިނެވެ. އެއަށްފަހު ފަހަރަކު ޑިޕާރޓްމަންތަކަށް ވަދެ ހުރިހާ މުވައްޒަފުންނަށް ލޫނާ ތައާރަފު ކޮށްދެމުން ދިޔައެވެ. އަދި އެންމެފަހުން އާސިމްގެ ސެކެޓްރީގެ މަގާމުގައި ހުރޮި މީހާއަށް ހާއްސަ ކެބިންއަށް ދިޔައެވެ. އަދި ސެކެޓްރީގެ މޭޒުކައިރިއަށް ހުއްޓުނެވެ. “ޒައިން.. މީ އަހަރެންގެ ދަރިފުޅު ލޫނާ… ދަރިފުޅާ… މީ ޒައިން… ބައްޕަގެ ސެކެޓްރީ.. މީގެ ފަހުން ދަރިފުޅު މަސައްކަތް ކުރަން ޖެހޭނީ ޒައިން އާއެކު…” އާސިމްއަށް އެހެން ބުނެވުނު އިރު ޒައިންއާ ލޫނާ ހުރީ ބުނާނެއެއްޗެއް ނޭނގިފައި އެކަކު އަނެކަކަށް ބަލަހައްޓައިގެންނެވެ. ބަލާބެލުމަށް ހީވަނީ މާ ކުރިން ފެށިގެންވެސް ދަންނަ ދެމީހުން ހެންނެވެ.

“ބައްޕާ… އަހަރެން މީނައާ އެކު މަސައްކަތެއް ނުކުރާނަން..” އެހެން ބުނުމާއެކު ލޫނާ ޒައިންގެ ކެބިންއިން ނިކުމެގެން ދިޔައެވެ. އާސިމް ހުރީ ވާނުވާނޭނގިފައެވެ. އަދި ޒައިންއަށް ބަލާލުމަށްފަހު ލޫނާ ފަހަތުން ދާން ހިނގައިގަތެވެ.

Share Article

Follow Me Written By

LovelyGirl

Level 1

Other Articles

Previous

ޝެލީން 9

Next

އައިޝާ 12

Next
November 26, 2016

އައިޝާ 12

Previews
November 26, 2016

ޝެލީން 9

27 Comments!

  1. Aishoo says:
    November 26, 2016 at 8:35 pm

    Haadha kurey… Ummeedhu kuran vaahaka nimendhn up kuraane kamah

    1. LovelyGirl says:
      November 26, 2016 at 8:45 pm

      Thank you… insha allah next part dhigukoh genes dheveytho try kuraanan..

  2. xaf says:
    November 26, 2016 at 8:41 pm

    varah interestin vaanehen heevey….
    waitin for the next part..
    hope kuran avahaa up kohdheyne kamah…

    1. LovelyGirl says:
      November 26, 2016 at 8:46 pm

      Thank you… insha allah vee enme avahakah up kureveytho try kuraanan..

  3. LovelyGirl says:
    November 26, 2016 at 8:43 pm

    I hope you all will like my story.. i know this part is too short… but next time i will try to write more… hope you’ll leave a comment after reading…

  4. Sujy says:
    November 26, 2016 at 8:51 pm

    Owwwe lovely girl……its sooooooo beautiful……this part is awesome…..but lil short…..hope next part ‘ll be long…………..nd goooooooooooood luck……..do your best……nd keep it up….tvgc…..
    ~sujy~

  5. Girl says:
    November 26, 2016 at 9:02 pm

    Varah reethi.. Next part dhigu koh genesdhinun edhen.. Waiting fr next part.. Avahah upload kohladheythi

    1. LovelyGirl says:
      November 26, 2016 at 9:29 pm

      Thank you…☺

  6. Nish says:
    November 26, 2016 at 9:03 pm

    Intresting… waitng for d next part

  7. Beauty says:
    November 26, 2016 at 9:05 pm

    V reethi … Heekuran kuri ah oh thaaga hurihaa baeh genes dheyney kamah… Mihaaru esfiya ge vaahak thakah vaanuvaa eh neyge… Ehnve… Keep it up … Story nice…

  8. Petite says:
    November 26, 2016 at 9:18 pm

    Wowww.. intereting.. feshun hama v salhi.. ummeedh kuran story ehkkn nimmaane kamah.. v v reethi story ❤❤

  9. saaji says:
    November 26, 2016 at 9:23 pm

    vv salhi

  10. shaaha says:
    November 26, 2016 at 9:32 pm

    Salhi

  11. Hot gola says:
    November 26, 2016 at 9:37 pm

    Who’s the hottest girl in the world. My lovely girl my lovely girl.
    Very nice storu

  12. Herrr says:
    November 26, 2016 at 10:29 pm

    Amaxing. KUriah huri baithah ves reethi vaane hen heevey.. unmeedhu kuran nimen dhen genes dheyne kamah

  13. Reem says:
    November 26, 2016 at 10:52 pm

    Very interesting! Heeve vrh reethi vaanehen! Hope vaahaka nimehdheh dhuvah up kuramuh dhaanekamah!

  14. Navya says:
    November 26, 2016 at 10:53 pm

    Feshun reethi varah❤ vaahaka gavaidhun up kohdhehchey.. vaki varakah kiyaafa dhen up nukuraathy nukiyenna v foohi vaane ingey… ummeedhu kuran v avahah up kihdheyne kamah ..

  15. Anonymous says:
    November 26, 2016 at 11:25 pm

    Mi site ah vaahakaliyaair Annaane faadhu faadhu ge comments tha V hadhi v foohi dhen mi vaahakaehtha copy eh dhen mikahala comment bunelanothee conme comment kee hivvrehkamah baligen kuriyahdhashey vvv reethi mi Vaahaka

  16. Shaa says:
    November 26, 2016 at 11:26 pm

    starting goaheh noon.. all the best ??

  17. sam says:
    November 27, 2016 at 2:36 pm

    Wow beautiful konirakun 2 bai up kurany

  18. aisoo says:
    November 27, 2016 at 3:31 pm

    V reethi. Stry ehkoh nimen dhen up kuraane kama heekuran. All the best

  19. xee says:
    November 27, 2016 at 5:27 pm

    its awesome…. n interesting tooo…bt lil short. ..bt I knw next part ull make lil longer. ..
    n good luck …..

  20. Noo says:
    November 27, 2016 at 6:39 pm

    Masha allah varah reethi mi vaahaka

  21. sam says:
    November 27, 2016 at 9:51 pm

    Nice

  22. Thaa says:
    November 29, 2016 at 10:54 pm

    V nice story waitless to read

  23. zen says:
    November 30, 2016 at 2:04 pm

    Nice story…Lovely gurl…keep it up..?❤❤

  24. aman says:
    November 30, 2016 at 2:08 pm

    vaahaka varah salhi..grt work..medhunukendi up kurahche…waiting for next part…good luck my lovely gurl..?❤

Comments are closed.



All Right Reserved!