“އާއިލާ މީހުންގެ ބައްދަލުވުމެއް އެބައޮތް މިއަދު.. ހިނގާ ދާން..” ޕޮލިސް އަންހެންކުއްޖާ އެތެރެއަށް ބޯދިއްކޮށްލަމުން ބުނެލިއެވެ. ސޮފިއްޔާ އިތުރު ބަހެއް ނުކިޔާ އަންހެން ކުއްޖާ ފަހަތުން ދާންފެށިއެވެ. ދޮރެއް ހުޅުވާލަމުން އެތެރެއަށް ވަންނަން ބުނުމުން ސޮފިއްޔާ އެތެރެއަށް ވަނެވެ. ސޯފާގައި އިށީނދެއިން މީހާ ފެނުމާއެކު ސޮފިއްޔާ ދެބުމަ ގޮށްޖަހާލައި ދެއަތް މުށްކަވާލިއެވެ.
” ބޭބެ ކީއްކުރަން ކޮންމެހެން މިތަނަށް ތިއައީ.. ބޭބެ ތީ އަހަރެންގެ ދުޝްމިނަކަށްވުރެެވެސް ނުބައިމީހެއް.. އަހަރެންގެ ރޭވުންތައް ބޭބެއާއި ހިއްސާކުރަމުން އައީ ބޭބެތީ އަހަންނަށް ހެޔޮއެދޭ މީހެއް ކަމަށް ހީކޮށް.. އެކަމަކު ބޭބެ އަހަންނަށް އޮޅުވާލީ..” ސޮފިއްޔާގެ ވާހަކަ ހުރި ގޮތުން ސައިފު އިންތަނުން ތެދުވިއެވެ.
” ބޭބެ ކުރިކަމެއް ކުރީ ހަމަ ސޮފިއްޔާއަށް ހެޔޮ އެދިގެން.. ކިތައްފަހަރު ބުނިން އައިޝާއަށް އަނިޔާ ނުކުރާށޭ.. އަނިޔާ ނުކޮށްވެސް ސޮފިއްޔާގެ ހިތުގައިވާ ހަސަދަފިލުވޭނޭގޮތް ހުންނާނޭ.. އައިޝާގެ ކައިވެނިކުރުވަންވެސް އަހަރެންބުނީ އެކުއްޖާ ސޮފިއްޔާގެ ވަކިތަކުން ސަލާމަތް ކުރުވަން ވެގެން.. އެކަމަކު އަހަރެން ހިޔެއް ނުކުރަން އަހަރެން ބުނި ބަހުގެ މާނަ ސޮފިއްޔާ ނަގާނީ އެހެން ގޮތަކަށްކަމެއް.. ” ސައިފު ބުންޏެވެ.
” ދެން ހެޔޮ ބޭބެ.. އުހުން ޗުކި.. ސައިފު.. ސައިފު މިތަނުން ދޭ.. މިއަަދަށް ފަހު އަހަރެންގެ އާއިލާ މީހަކުނެތް.. އަމައެއްވެސް ބަފައެއްވެސް ނެތް.. ބޭބެއެއް ކޮއްކޮއެއްވެސް ނެތް.. އަދި ފިރިއެއްވެސް ދަރިއެއްވެސް ނެތް.. ” މިހެން ބުނެ ސޮފިއްޔާ ދާން ހިނގައިގަތެވެ.
” ހެޔޮނުވާނެ ކޮއްކޯ ތިހެން ނުބުނޭ.. އަހަރުމެންގެ މަރްހޫމް މައިންބަފައިން މަތިން ހަނދާންނައްތާނުލާ.. އަދި އީޝަލް.. އެކުއްޖާ ހާދަ މަސައްކަތެއްކުރިޔޭ މިތަނަށް އަންނަން.. އެކަމަކު އަހަރެން ބުނެގެން އޭނަ ނައިސް މަޑުކުރީ.. އައިޝާ އަދި އީޝަލްހުރީ ސޮފިއްޔާ ދެކޭހިތުން ކެތްމަދުވެފަ” ސައިފު ރޮމުން ކަހަލަގޮތަކަށް ބުންޏެވެ.
” ހަބަރުދާރު ސައިފު.. އައިޝާގެ ނަން އަޑުއަހަންވެސް އަހަރެން ބޭނުމެއްނޫން.. މިވަގުތު އައިޝާ ކުރިމަތިން ފެންނަން ހުރިނަމަ ހަން ނޮޅާލީމުސް.. ” ދަތްކުޑިވިކާލަމުން ސޮފިއްޔާ ބުންޏެވެ.
” އީޝަލް…” އީޝަލްގެ ނަންކިޔާލެވުމާއެކު ސޮފިއްޔާ މަޑުކަފަކޮޅަކަށްވިއެވެ. ލޮލުން ހޯސްލާފައި ކަރުނަތައް ފައިބާގަތީ އެއްވެސް އިހްތިޔާރެއް ނެތިއެވެ.
” އެއީ އަހަރެން ކިހިނެއް ގެންގުޅު ކުއްޖެއް.. ބުނީމަ ބުނިހާ ކަމެއް ކޮށްދީގެން ގެންގުޅުނީ.. އެކަމަކު އެންމެ ފަހުވަގުތު އޭނައަށްވެސް މުހިންމުވީ އެއައިޝާ.. އެހެންވީމަ މީގެ ފަހުން އެއީވެސް އަހަރެން ނުދަންނަ މީހެއް” ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލަމުން ސޮފިއްޔާ ޕޮލިސްމީހާއާއި އެކު އެތަނުން ނިކުތުމަށް ހިނގައިގަތެވެ.
ވޭތުވެދިޔަ ކަންތަކަށްފަހު ލަކީ ޕެލެސް ގެގޭ މީހުންގެ މޫނުމަތިން ފެންނަނީ މަޑުމޮޅިކަމެވެ. ކޮންމެހެން ދައްކަންޖެހޭ ވާހަކައެއްނޫނީ ދައްކާތަނެއް ނުފެނެއެވެ. ހުޝާމް ގޭގައި މަޑުކުރަނީވެސް ކުޑަވަގުތުކޮޅަކުއެވެ. ދެންމުޅިވެސް އުޅެނީ ކްލިނިކްގެ މަސައްކަތުގައެވެ. ހަބީބާއާއި ސާމީއާއި އެކަމާ ބެހޭގޮތުން ޒުވާބު ނުކުރާ އެންމެ ދުވަހެއްވެސް ނުދެއެވެ. މިކަމާހެދި ހިބާއަދި ހައިފާވެސް ބަލަނީ ގިނަވަގުތު ބޭރުގައި ހޭދަކުރެވޭތޯއެވެ. ހަބީބާގެ ސަބަބުން ދަރިންގެ އުޅުން ބަދަލުވާގޮތްފެނި ސާމީ ކަންބޮޑުވެއެވެ. އަނބިމީހާއަށް ކިތަންމެ ވިސްނައިދިނަސް ނުވިސްނެނީ ބާއޭ ހިތަށްއަރައެވެ. އެހެން ނޫނީ ވިސްނެން ބޭނުން ނުވަނީބާއޭވެސް ހިތަށްއަރައެވެ.
މިއަދަކީ ދުވަސްތަކަކަށްފަހު ހަބީބާ އޭނާގެ ބޮޑުދައިތަ ހަބްޝާގެ ގެއަށް ދިޔަދުވަހެކެވެ. ދުވަސްތަކަކަށްފަހު ހަބީބާ ފެނުމުން ހަބްޝާ ހީވަނީ އުފަލުން އެހެންފަދަ ކަމެއްވެގެން އުޅޭހެންނެވެ.
” މިއައީ އުފާވެރި ހަބަރެއްދޭންވެގެން.. ކޮބާ ލޫޝާ” ގޭތެރެ ހޯދާލަމުން ހަބީބާ އެހިއެވެ.
” އެބައުޅޭ ނަމާދުކޮށް.. އިރުކޮޅަކުން ނިކުންނާނެ..” ހަބްޝާ އެހެންބުނި ވަގުތަކީ ލޫޝާ ބުރުގާ އަޅަމުން ކޮޓަރިން ނިކުތް ވަގުތެވެ.
” ލޫޝާ މިހާރު ގޭގަވެސް އުޅެނީ ބުރުގާ އަޅައިގެންތަ.. ” ހަބީބާ ސުވާލިކޮށްލިއެެވެ.
” އާނ ކިހިނެއްވީ ބޮއްތާ.. މިގެއަށް އައިސް ވަދެ އުޅޭނެ.. ގާތްތިމާގެ މީހުން.. ކޮންމެ ފަހަރަކު އުނދަގުވާނެ ބުރުގާ އަޅާފަ ބުރުގާ ނަގަން..” ހަބީބާ ކައިރީ އިށީންނަމުން ލޫޝާ ބުނެލިއެވެ.
” ހާދަ ރަނގަޅޭ ދޯ ލޫޝާ.. ހުޝާމްއާއި ކައިވެނި ކުރަންވާއިރަށް ހުޝާމް ކަހަލަ ހެޔޮލަފާ މީހަކަށް ވެވޭތޮ ބަލަނީ ދޯ މިހާރު..”
” ތިކަހަލަ ވާހަކަ ނުދައްކާ ބޮއްތާ.. އެންމެންވެސް އުޅެން ޖެހެނީ މިހެން.. އަހަންނަށް މިކަން ވިސްނައިދިނީ ހުޝާމްބެ.. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގައި އަހަރެން ގޯސްގޮތަކަށް ނޫޅޭނަން” ލޫޝާ ބުންޏެވެ.
” ލޫޝާ ދެން މިހާރު ބޭބެ ކިޔާނެ ކަމެއް ނެތް.. ހުޝާމްއަކީ ލޫޝާގެ ވާންއުޅޭ ފިރިމީހާ.. ހުޝާމްވެސް ލޫޝާއާއި ކައިވެނިކުރަން އެއްބަސް” ހަބީބާގެ ވާހަކައިން ލޫޝާއަށް އިންތަނުން ތެދުވެވުނެވެ. ހަބީބާއާއި ކައިރީގައި އިން ހަބްޝާއަށް ދެބުމަ ގޮށްޖަހާލެވުނީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ.
” އަޅުގަނޑަށްވެސް އެނގޭ ހުޝާމްއާއި ކައިވެނި ކުރުމަކީ އަޅުގަނޑު ހިތާފުރާނައިން ބޭނުންވި ކަމެއް ކަން.. އެކަމަކު އެއީ ކުރީގަ.. މިހާރު އަޅުގަނޑަށް ވިސްނިއްޖެ.. މީހެއްގެ އަނބަކަށްވުމުގެ ކުރިން އަޅުގަނޑު ބޭނުން ހެޔޮލަފާ މީހަކަށްވާން.. ހެޔޮލަފާ ފިރިއެއް ހޯދަން ބޭނުމިއްޔާ އެންމެ ފުރަތަމަ ޖެހޭނީ ހެޔޮލަފާ އަންބަކަށްވުމަށް މަސައްކަތްކުރަން.. އަދި އަޅުގަނޑަށް އެވަރެއް ނުކުރެވޭ.. އަޅުގަނޑަށްވުރެ މާ އެކށީގެންވާ މީހުން ހުޝާމްބެއަށް ލިބޭނެ..” ލޫޝާ ދައްކާ ވާހަކައިން ހަބީބާގެ ނިތްކުރިއަށް ރޫގިނަވެފައިވާއިރު ހަބްޝާ އިނީ ރުޅިއައިސްގެން ފަޅައިގެންދާވަރުވެފައެވެ.
” ލޫޝާއަށް އެބަ އެބަ އެނގޭތަ ތިކިޔޭ އެއްޗެއް.. ކޮން ހެޔޮލަފާ އަންބެކޭ ހެޔޮލަފާ ފިރިއެކޭތަ ތިކިޔަނީ.. ކާކު ކީކޭ ކިޔައިގެން ތިއުޅެނީ..” ހިތްހަމަނުޖެހިފައި ހަބްޝާ ބުންޏެވެ.
” މަންމާ އަޅުގަނޑުކައިރީ އެއްވެސް މީހަކު އެއްވެސް އެއްޗެކޭ ނުކިޔާ.. މަންމަވެސް ދީނީ ކަންތައްތަކަށް ބޮޑަށް އިސްކަންދޭނަމަ ވަރަށް ގިނަ ކަންތައްތަކެއް އެނގޭނެ…” ހަބްޝާއާއި ދިމާއަށް އެނބުރެމުން ލޫޝާ ބުންޏެވެ. އޭރު ހަބްޝާހުރީ ރުޅިއައިސްގެން ފަޅައިގެން ދާވަރުވެފައެވެ.
” ލޫޝާއަކަށް ދީނާ ބެހޭގޮތުން އަހަންނަށްވުރެ ބޮޑަކަށް ނޭނގޭނެ.. މާފޮނި ވާހަކަދައްކާނެ ކަމެއް ނެތް.. ހުޝާމްއާއި ލޫޝާގެ ކައިވެނި ކުރެވޭނެ.. ލޫޝާ ޖެހޭނީ އެކަމަށް އެއްބަސް ވާން..” ލޫޝާގެ އަތުގައި ހިފާ ލައްކެއް ޖަހަމުން ހަބްޝާ ބުންޏެވެ. ކަންތައް ވަމުންދާ ގޮތުން ހަބީބާވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ލޫޝާ އެއްބަސް ނުވިއްޔާ ހަބީބާއާއި ޖެހޭނީ ހުޝާމް އައިޝާއާއި ކައިވެނިކުރަން އެއްބަސްވާށެވެ.
” މަންމާ ހެޔޮނުވާނެ.. އެއްފަަހަރުވެސް ވިސްނާލަބަލަ.. ” ލޫޝާއަށް ރޮވެން އުޅުނެެވެ.
” ނޫޅެން ވިސްނާކަށް.. މިކައިވެނި ކުރެވޭނެ.. އަހަރެން މިނިންމުން ނިންމީ ހަމަ ލޫޝާ އަށް ރަނގަޅަކަށް.. އިތުރު ވާހަކަ ނުދައްކާ ހަމަ މިހާރު ދޭކޮޓަރިއަށް” ކޮޓަރިއާ ދިމާއަށް ކޮއްޕާލަމުން ހަބްޝާ ބުނެލިއެވެ. ދެލޯ ފޮހެމުން ލޫޝާގޮސް ކޮޓަރިއަށްވަނީ މަންމައާއި ދެބަސްވާން ބޭނުންނުވާތީއެވެ.
” ދައްތާ ދެން ކިހިނެއް ހަދާނީ.. ލޫޝާ އެއްބަސް ނުވިއްޔާ..” ހަބީބާއަށް ބުނެވުނެވެ.
” ލޫޝާއާއި ދޭތެރެ ނުވިސްނާ.. އަހަރެން އޭނަ ހަމައަކަށް އަޅުވާލަފާނަން.. ހުޝާމް އެއްބަސްވެއްޖެއްނު.. ވީހާވެސް އަވަހަކަށް ކައިވެނި ކުރަން ތައްޔާރުވޭ.. ” ޔަގީންކަން ދޭފަދަ ގޮތަކަށް ހަބްޝާ ބުންޏެވެ.
” އަދި ބުނަން.. ލޫޝާ ނުގަބޫލު ވާހަކަ ތިގޭ އެއްވެސް މީހެއް ކައިރީ ނުބުނައްޗެ..” ހަބީބާގެ އަތުގައި ހިފާލަމުން ހަބްޝާ ބުނެލިއެވެ. އަދި ހަބީބާ ދެރަނުމުވުމަށް ބުނެ ނަސޭހަތްތެރިވިއެވެ.
…………………………………………
މެންދުރަށް ކެއްކުމުގައި ނީމާ އަވަދިނެތި އުޅުނުއިރު ނީމާއަށް އެހީތެރިވާން ނީމާއާއި އެކު އައިޝާވެސް އުޅުނެވެ. އޭރު ހާރޫނު ސޯފާގައި ޓީވީ ބަލަން އިނެެވެ. ބަދިގޭގައި އައިޝާއާއި ނީމާ ދައްކާ ވާހަކަ ހާރޫނަށް ރަނގަޅަށް އަޑުއިވެއެވެ. އައިޝާ މޭޒުކައިރީގައި ތަރުކާރީ ކޮށަންހުރިއިރު ނީމާ އުޅުނީ ކާށިކިރު ފެލުމުގައެވެ. އައިޝާގެ ފަރިތަކަމުން އިރުއިރުކޮޅާ ނީމާއަށް އެދިމާއަށް ބަލާލެވެއެވެ. އައިޝާއަށް މިކަން ފާހަގަ ކުރެވިގެން ނީމާއާއި ސުވާލުކޮށްލިއެވެ.
” ދައްތަ ހާދަ ވަރަކަށޭ ތިބަލަނީ.. ކިހިނެއްވީތަ އަނެއްކާ..” އައިޝާ ހީލަމުން ސުވާލުކޮށްލިއެވެ.
” މިބަލަނީ އައިޝާ ފަރިތަކަމުން.. ހާދަ ފަރިތައޭ ކަންކަން ކޮށްލަން..” ނީމާ ބުނެލިއެވެ.
” ދައްތަވެސް ވަރަށް ފަރިތަކަމެއް އަހަރެން ބުނެފާނަން” އައިޝާ ހީލަމުން އެހެން ބުނެލުމުން ނީމާ ސުވާލުގެ ނަޒަރަކުން އައިޝާއަށް ބަލާލިއެވެ.
” ދިވެހިން ވާހަކަދައްކަން.. ހެހެހހެ” ހެމުން ކަހަލަ ގޮތަކަށް އައިޝާ ބުންޏެވެ. އައިޝާއާއި ބައިވެރިވުމުގެ ގޮތުން ނީމާވެސް ހީލިއެވެ.
” އަދި ދައްތައަށްވުރެ މާފަރިތަ ވާނެ ރިޒްވާން.. އޭނަ ވާހަކަދައްކާ އަޑު އިވުނިއްޔާ ނުބުނާނެ އެއީ ޕާކިސްތާނު ކުއްޖެކޭ..” ނީމާއަށް ބުނެވުނު އެއްޗަކާ މެދު ނީމާއަށް ވިސްނާލެވުނީ މާފަހުންނެވެ. ސިއްސައިގެން ގޮސް އައިޝާއަށް ބަލާލިއިރު އައިޝާހުރީ އޮޅުންއަރަފަދަ ގޮތަކަށް ބަލަހައްޓައިގެންނެވެ. ހާރޫނަށްވެސް އެއަޑު އިވި އިންތަނުން ތެދުވެ ބަލާލެވުނީ ނީމާއަށެވެ. އައިޝާގެ ސުވާލެއް ކުރިމަތިވުމުގެ ކުރިން ނީމާ ބޭނުންވީ އަވަހަށް އެތަނުން ދާށެވެ. ނަމަވެސް ވަކި ހިސާބަކަށް ދެވުނުތަނާ އައިޝާގެ އަޑަށް ހުއްޓެން ޖެހުނެވެ.
” ދައްތާ އެއީ މައްސަލައެއްނުނޭ.. މަރުވެފައިވާ މީހެއްމަތިން ހަނދާންކޮށްލުމަކީ ގޯހެއްނޫން” އައިޝާގެ ޖުމްލައިން ނީމާއަށް ލިބުނީ އަނެއް ސިހުމެވެ. ނަމަވެސް ދެވަނަ ހިނދުކޮޅުގެ ތެރޭގައި ފުންނޭވައެއްދޫކޮށްލެވުނީ އައިޝާއަށް އަސްލު ހަޤީގަތް ނޭނގޭކަން އެނގުނީމައެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ހީލުމަށްފަހު ދަން އުޅުމުން ހާރޫނު ނީމާގެ އަތުގައި ހިފެހެއްޓިއެވެ. މިމަންޒަރުފެނީ އައިޝާ ހައިރާން ކަމާ އެކީ އެއްފަހަރު ހާރޫނު މޫނަށް ބަލާލުމަށްފަހު އަނެއްފަހަރު ނީމާ މޫނަށް ބަލާލިއެވެ. އެވަގުތަކީ އީޝަލްވެސް ކޮލެޖުން އައިސްވަން ވަގުތެވެ. ހާރޫނާއި ނީމާ ތިބިގޮތްފެނި އީޝަލްވެސް ކައިރިއަށް ޖެހުނީ ވީގޮތް އޮޅުންފިލުވުމުގެ މަގްސަދުގައެވެ.
” ދަރިފުޅާ ނީމާ އެދެއްކީ ބައްޕަގެ ރަހުމަތްތެރި ރިޒްވާނުގެ ވާހަކައެއްނޫން” ހާރޫނު ޖުމްލައިން އައިޝާއަށް ލިބިފައިވާ ހައިރާންކަންވީ އިތުރެވެ. އީޝަލްވެސް ނިތަށް ރޫއަރުވާލެވުނީ ހާރޫނު ކިޔަން މިއުޅެނީ ކީކޭ ބާއޭ ހިތަށް އެރުމުންނެވެ. ނީމާ އިސްޖަހާލަމުން ލޯމަރާލީ ހާރޫނު ބުނަންއުޅޭ ވާހަކައިން އައިޝާއާއި އީޝަލް ވާނެ ގޮތެއް ނޭނގޭތީއެވެ.
” ރިޒްވާނަކީ ނީމާއާއި ބައްޕަގެ ފިރިހެން ދަރިފުޅު..” ހާރޫނުގެ ޖުމްލައާއި އައިޝާއާއި އީޝަލްއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ.
” ނީމާއަކީ ދަރިންލިބުމުން މަހްރޫމްވެފައިވާ މީހެއްކަން އެނގުނީ ކައިވެންޏަށް އަހަރެއްވީ ފަަހުން.. ރިޒްވާނަކީ އަހަރުމެން ޔަތީމުޙާނާއަކުން އެޑޮޕްޓް ކުރި ކުއްޖެއް.. ރިޒްވާނުގެ އުމުރުން ހަތަރު އަހަރުން ފެށުގެން ރިޒްވާން ބަލާބޮޑުކުރީ އަހަރުމެން..” ހާރޫނު ކިޔައިދިނެވެ.
” ބައްޕަ ކީއްވެ ތިވާހަކަ ކުރިން ނުބުނީ.. ” އައިޝާ ބުންޏެވެ.
” ދަރިފުޅުމެން އެކަމާ ރުޅިއައިސްދާނެތީ ބުނަން ނުކެރުނީ.. މާފުކުރޭ..” އިސްޖަހާލަމުން ހާރޫނު ބުންޏެވެ.
” ރުޅިއޭ.. އަހަރުމެންގެ ފިރިހެން ކޮއްކޮއެއް ހުންނަކަން އެނގުމުން އަހަރުމެން މިތިބީ ނުލާހިކު އުފަލުން..:” ހާރޫނާ ކައިރިއަށް ޖެހިލަމުން އީޝަލް ބުންޏެވެ. ހާރޫނާއި ނީމާއަށްވެސް ހީލެވުނީ ހީކުރިގޮތާ އިދިކޮޅަށް ކަންތައްވީމައެވެ.
” ކޮއްކޮއޭ.. ރިޒްވާން ވާނީ އީޝަލްގެ ބޭބެއަކަށް.. ކޮއްކޮއަކަށް ވާނީ އަހަރެންގެ.. ” އީޝަލްގެ ބޮލުގައި ޖަހާލަމުން އައިޝާ ބުނި އެއްޗަކުން އެންމެން އެއްފަހަރާ ކަހަލަގޮތަކަށް ހޭންފެށިއެވެ.
” ރިޒްވާން ކޮބާ މިހާރު… ރިޒްވާން ކީއްވެ ނައީ” އައިޝާ ސުވާލުކޮށްލިއެެވެ.
” ރިޒްވާން ވީ އިޖިޕްޓްގަ ކިޔަވަން ގޮސް.. މިއަންނަ އަހަރު މެދެއްހާ ހިސާބުގަ އަންނާނީ.. ” ނީމާ ޖަވާބުދިނެވެ.
” މާޝާﷲ.. ކޮއްކޮއަށް މޮޅަށް ކިޔެވުމުގެ ހެޔޮ ތައުފީގް ދެއްވާށި.. ” އައިޝާ ބުނެލިއެވެ.
………………………………………..
ގެއަށް އައިސްވަން ހަބީބާ ވަރުބަލިކަމާއެކު ސޯފާއަށް ވެއްޓިަތެވެ. އޭރު ހުޝާމް ކާމޭޒު ދޮށުގައި ކާން އިނެވެ. ހަބީބާ މާޝާއަށް ގޮވާލުމަށްފަހު އަތުގައި ހުރި ކޮތަޅުތައް ކޮޓަރިއަށް ލާން ދިއުމަށް ބުންޏެވެ. އަދި އޭގެ ކުރިން ފެންތައްޓެއް ދިނުމަށްވެސް ބުންޏެވެ. މާޝާ ފެންތައްޓެއް ގެނެސްދިނުމުން ކުޑަ އެތިފޮދެއް ބޯލުމަށްފަހު ތަށި މާޝާ އަތަށް ދިނެވެ. ކޮޓަރިން ނިކުމެގެން އައި ސާމީ އައިސް ހަބީބާ ކައިރީ ސޯފާ ކައިރީ އިށީނީ ހަމައެވަގުތުއެވެ.
” ހަމަ އަމިއްލައަށް ގޮސް ފެންފޮދެއް ބޯލާހާ ވަރުވެސް ނެތީތަ.. ” ސާމީ ބުނެލިއެވެ.
” ބަލަ އަހަރެން ނޯކަރުން ހޯދާފަ ހުންނަނީ ކޮންމެވެސް ބޭނުމަކުއޭ.. އެެހެން ނޫނަސް ސާމީ ހުންނާނީ އަހަންނާ ދިމާއަށް އެއްޗެކޭ ބުނާނެ ފުރުސަތެއް ނުލިބިފަ.. ” މޫނު ކުނިކޮށްލަމުން ހަބީބާ އަނެއްފަރާތަށް އެނބުރުނެވެ. ސާމީ ދެފަރާތަށް ބޯހޫރާލީ ދެބަސް ވާން ބޭނުން ނުވާތީއެވެ.
” އަހަންނަށް ހެޔޮ ހަބީބާ ކޮންމެ ގޮތަކަށް ހީކުރިޔަސް.. ތިއައީ ދައްތަ ގެއަށް ގޮއްސައެއްނު.. ކީކޭ ލޫޝާ ބުނީ.. އެމަންޖެ ގަބޫލުތަ؟” ސާމީ ކޮށްލި ސުވާލުން ހަބީބާގެ މޫނުމަތީގެ ކުލަވަރު އޮއްސުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ގަދަކަމުން ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކުރުވިއެވެ.
” އެމަންޖެ އުފަލުން ގޮސް ހަލާކުވާވަރުވެފަ ހުރީ.. ދައްތަ ބޭނުންވަނީ ވީހާވެސް އަވަހަކަށް މިކައިވެނި ކުރުވަން..” ހަބީބާގެ ޖުމްލައިން ސާމީ މޫނުމަތި ބަނަވެގެން ދިޔައެވެ. ހުޝާމްވެސް ދިރުވާލި ކާއެތިކޮޅު އަރުތެރޭގައި ތާށިވި ކަހަލައެވެ.
” ހުޝާމް މާދަން ކޯޓަށް ގޮސް ފޯމެއް ނަގާތި.. ” ހަބީބާ މިހެން ބުުނުމަށްފަހު ހައިފާއާއި ހިބާއަށް ގޮވައި ކައިވެންޏަށް ތައްޔާރުވުމަށް ބުންޏެވެ. އަދި ކައިވެނީގެ އެކި ކަންތައްތަކާ ބެހޭގޮތުން ވާހަކަ ދައްކަންފެށިއެވެ. އިވުނު ހަބަރަށް ފަހު އެންމެ ކާއެތިކޮޅެއްވެސް ދިރުވޭގޮތެއް ހުޝާމްއަކަށް ނުވިއެވެ. އިންތަނުން ތެދުވެގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތްތަން ފެނި ސާމީގެ ހިތުގައި ރިއްސާލިއެވެ. ހުރި އެންމެ ފިރިހެން ދަރިފުޅުގެ އިހްސާސްތައް ސާމީ ނޫނީ ދެނެގެންނާނެ އެހެންމީހަކު މުޅިގޭގައިވެސް ނުހުންނާނޭ ހިތަށް އެރުމާއެކު ސާމީގެ ލޮލުން ކަރުނަ ނީރާލިއެވެ.
ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުން ގޮސް ރަންކިއުމުގެ ކަންތައްނިމި ކައިވެނިކުރާ ދުވަސްވެސް ހަަމަޖެހިއްޖެއެވެ. އާއިލާ ތެރޭން ކައިވެންޏެއް ކުރެެން އުޅޭތީ އާއިލާ މީހުންނާ ގާތްތިމާގެ މީހުން އުފާ ފާޅުކުރާއިރު އެކަމާ ހިތާމަ ކުރާ ތިބީ އެންމެ ތިން މީހުންނެވެ. ލޫޝާ މިކައިވެނި ކުރަން އެއްބަސްވީ ހަބްޝާގެ ގަދަ ނުފޫޒުގެ ސަބަބުންނެވެ. ކައިވެނީގެ ވާހަކަ ދެއްކި ދުވަހުއްސުރެ ލޫޝާގެ މޫނުމަތިން އުފާވެރިކަމެއް ނުފެނެއެވެ. މިކަމާ ލޫޝާގެ ބައްޕަ ޝަރީފު ސުވާލުކުރުމުން ހަބްޝާ ބުނަނީ ކައިވެނީގެ ދުވަސް ކައިރިވާ ވަރަކަށް ކޮންމެ އަންހެންކުއްޖަކަށްވެސް އެހެން ވާނެ ކަމަށެވެ. އެހެން ކަމުން ޝަރީފްވެސް އެކަމާ މާބޮޑު އަޅާލުމެއް ނުބަހައްޓައެވެ.
ކައިވެނީގެ ކަންތަކާ ސާމީ ބައިވެރިވިޔަސް އެކަމުގައި މާބޮޑު ޖޯޝެއް ސާމީގެ ނުހުރެއެވެ. ހުޝާމްގެ ނިންމުމަށް އެއްބާރުލުން ދިނުމުގެ ގޮތުން އެކަމާ ބައިވެރިވަނީއެވެ.
……………………………………………
އެއްދުވަހެއްގެ މެންދުރު ފަހުގެ ވަގުތެކެވެ. އައިޝާ އިނީ އީޝަލް ބޮލުގައި ފުނާ އަޅުވަ ދޭށެވެ. އެހެން ތިބެ އެކި ވާހަކަ ދައްކަމުން ދިޔައިރު އެއްވެސް ހިޔާލެއް ފިކުރެއް ނެތް ކަހަލައެވެ. ހާރޫނާއި ނީމާ ދިޔައީ ގެއަށް ބޭނުންވާ ބައެއް ތަކެތި ގަތުމަށްޓަކާ ބާޒާރަށެވެ.
ގޭގެ ދޮރުގައި ޓަކި ޖަހާލީވެސް އެމީހުން އޮލަ ވާހަކައެއްގައި ތިއްބައެވެ. އައިޝާ އިނީ ބުރުގާ ނާޅާކަމުން ދުވެފައިގޮސް ކޮޓަރިއަށްވަނެވެ. އީޝާލް އިސްތަށިގަނޑު އައްސާލަމުން ކޮޓަރިއަށްވަދެ ބޮޑު ބުރުގަލެއް އަޅައިގެން އައިސް ކުޑަކޮށް ދޮރުހުޅުވާލިއެވެ. އެވަގުތު ބޭރު ހުރި މީހެއް ދިއްކޮށްލި އެއްޗެއްގައި ހިފުމަށްފަހު އީޝަލް ދޮރުޖަހާލިއެވެ. އަދި އައިޝާއަށް ގޮވާލަމުން އެއެއްޗަކަށް ރަނގަޅަށް ބަލާލިއެވެ. ކުޑަ ކުޑަ ބިއްލޫރި ފުޅިތެރޭގައި ރިނބަން ފަށަކަުން އައްސާލާފައި އޮތް ކަރުދާސްކޮޅު ނިއުޅުވާލިއެވެ. އަދި އޭގެ ލިޔެފައި އޮތް އެއްޗެއް ބާރަށް ކިޔަން ފެށިއެވެ.
” ކައިވެނީގެ ވަލީމާއެއް ދޯ.. އަނެއްކާ ކާކުބާ” އައިޝާ ކައިރިވެލަމުން އަހާލިއެވެ. އީޝާލް އަނެއްކާވެސް އެކަރުދާސްކޮޅަށް ބަލާލަމުން އޭަގައި ލިޔެފައިވާ ނަންތައްކިޔާލިއެވެ.
” ހުޝާމް ވެޑްސް ލޫޝާ” އީޝަލް ކިޔާލުމާއެކު އައިޝާގެ ބޯމަތީގައި ބޮެމެއް ގޮވިކަހަލައެވެ. އަވަސް އަވަހަށް އީޝަލް އަތުން އޭތި އަތުލާ އޭގައި އޮތް އެއްޗެއް ކިޔަންފެށީ އޭގައިވާ ނަންތައް ބަދަލުވަނެނަމައޭ ހިތަށް އަރުވަމުންނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.




Assalaam alaikum hurihaa kudhin.. alhamdhulillah miothy 10 vana baives upkurevifa.. v masakkai kuran veehaaves avahaka up kureveytho.. heekuran hurihaa kudhinnah mi baives kamudhaane kamah,, soo kihineh heevany husham and loosha marry kuraanetha??? heheh.. kiyaalaafa comment kohlache engey hurihaa kudhinves.. Love u Fillah :*
alhey kihineh tha vaan miulheny Masha Allah varah reethi mi babies
vaan ulhey gotheh balamaa dhw.. hehe 😀 jazakallah khairan alu 🙂
Masha Allah varah reeythi
Hyvany marry nukurane hen
?
Yes.. heevey marry kuraane hen v curious eba vey… hushaam ah kereyne baa..
Naanu let see dhw 😛 😉
Maasha allah. mi part vex varah varah reethi. next part avahah up kohdhehche. <3
jazakallah khairan mimmi <3
Aslu hushaam n looshaa gulhigen ragalhu haadhisaa thakeh ufehdhi dhaane.. dheenee bai vx himanaigen…i think aee v ragalhu gotheh dhiri ulhumuga hurihaa kameh furihama eh nuvaane
jazakallah khairan thi dhin hiyaalah aishaa 🙂
Vaalekum salaam hayyu v reethi
jazakallah khairan maree
Wa alaikumu salaam. Hayyu avaha upload kohbala, dhn oh episode ah waiting ingey,
jazakallah khairan Amath 🙂
Wms masha allah v rythi v inteligent stry eh n insha allah husham ah looshaa aa marry eh nukureveyne kommes kameh dhimaavaane thi 2 familyn kommes effamily akah n ekamun emyhunnah kommeves eh cheh visneyne kamah ummydhukureveny
khajja thihenves vedhaane dhw.. dhen balamaa vaagotheh 🙂
Mashaa allah v reethi …. loabi nuvaa dhemeehun gulhu v ma salhi ekan handle kuraa goi balan vey nun vany..dhn aisha aa dhe anbah vx marry kurevidhaane ehnu…
lets see what happens next neema 😀 🙂
V reethi Masha Allah. . Waiting for the next part..
jazakallah khairan petite 🙂
masha ALLAH mi part vs varah reethi…………. 🙂 🙂
hieh nuvey husham n loosha marry kuraane hen… 🙂
lets see what happen dhw alma 🙂 jazakallah khairan for the comment 🙂
marry kuraane, maasha allah v reethi dhaagoi 🙂
Marry kuraane dw hayyu…. plx eyrun v reethi vaane.. story eh vejje aa abadu nujehe dw fairy tail gothahnimeykah….
jazakallah khairan faidhaS
Aish thi ves hama rangalhu vaahaka eh.. ekamaku dhen vaagotheh balaalaany dhw.. heheh 🙂
Wow… varah reethi.. mirey mi kee mi vaahakaige hurihaa bayeh ves.. vv reethi. Aslu dheenee baeh ves vaahakaiga himanan vaane. Ekamu mihaaru vaahaka thakuga abadhuves hunnany islaam dheenaa ehaa nugulhey kanthah.. this story in meehunnah ibratheh ves libeyne.. + may God bless you
Alhamdulillah! Jazakallah khairan Herr… Hayyu ge magsadhakyves mi vaahaka through kon kudhinnah ibraiy thakeh libun.. Once again jazakallah khairan for the lovely comment ??
????? HUBSHAAAAAAAAAA!!! why are u doing this?? just why??? let your daughter be happy and let Hushaam have a blessed life with Aisha!!
huh!!!!! Hubsha and habeeba, it is crystal clear that both of u really don’t care abt your children’s happiness!!