Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީ

މަންމަ އަށްޓަކައި….. (2ވަނަ ބައި)

Ruway Level 1
November 20, 2016 4 Mins Read
4 Comments

ޒަހްރާ އަވަސް ފިޔަވަޅު ތަކެއް އަޅަމުން އެދިޔަ ގޮތަށް ދިއައީ ބަދިގެއާއި ދިމާލަށެވެ. މާމަ އަތަށް ލޮނުކޮޅު ދީފައި ކިހިލީލައި އިން ކުއްޖާ ބިންމަތީ ބައިންދާފައި އެތާ ހުރި އަށްޓެއްގައި އިށީދެއްޖެއެވެ.މާމަ އަށް މިތަން ފެނި ތިހިރީ ވަރަށް ކަންބޮޑުވެފަދޯ އޭ އަހާލިއެވެ.ޒަހްރާ އާނ އެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އޭނާގެ ވަށައިގެން ވާ މާޙަވްލު ވެސް މަޑުމައިތިރި ވިކަހަލައެވެ. އިރުކޮޅަކުން ބަދިގޭން ބޭރު ބަލައިލި އިރު މަންމަ ފެންނާކަށް ނެތެވެ. އެކަން ޔަޤީން ވުމުން އޭނާގެ ހުރިހައި ސިއްރެއް ކިޔަދީ އަހައި ހަދާ އޭނާގެ މާމަ ކައިރިން މަންމަ އައީ ކީއްކުރަން ހޭ އަހާލިއެވެ.މަންމަ އައީ އަވަށު އޮފީހުން ކުރި ސާވޭ އަކަށް ކަމަށާއި އެގެއަށް މަންމަ ނުވަންނަ ކަމަށާއި ސާވޭ ކުރުމަށް ވަނީ މަންމަ އާއި އެކު އައި އެހެން މީހުން ކަމަށް ބުންޏެވެ.ވާނި ވެސް އެހެންތާ އެވެ. މަންމަ އާއި ބައްޕަ ވަރިވުމަށް ފަހު އެދެމެދުގައި އޮތީ ހުސް އަރައިރުމެވެ. ދެޢާއިލާ ދެމެދުގައި ވެސް ވަނީ ނަފްރަތާއި ރުޅިވެރިކަމެވެ. ޒަހްރާ ފަކީރު ހުންނަން ޖެހެނީ އެދެމެދުގައި ފިތި ބާރުވެފައެވެ.

އޭނާގެ އިޙްސާސް އެކަކަށް ވެސް އިނގޭ ބާވައެވެ؟ އޭނާ ބޭނުން ވަނީ މަންމައާއި ބައްޕައާއި އެކީ އުޅުމަށެވެ.ދެބައި މީހުންގެ ހިތްހަމަ ނުޖެހުމާއި އެކަމުގެ ސަބަބުން ލިބޭ ހިތްދަތިކަމަށް ކެތްކޮށްގެން ޒަހްރާއަށް ހުންނަން ޖެހެނީ ކީއްވެ ހެއްޔެވެ؟ އޭނާގެ ކުށަކީ ކޮބައި ހެއްޔެވެ؟ އޭނާ މިދުނިޔެއަށް ނޭވާލީތީ ހެއްޔެވެ؟ މިއަދު އޭނާގެ މަންމަ އަށް އޭނާ އުޅޭ ޙާލު ކުޑަކޮށް ނަމަވެސް ވަޒަންކޮށްލެވޭނެ ހެއްޔެވެ؟ މަންމަ އޭނާ ބަލައި އަންނާނެ ހެއްޔެވެ؟ޒަހްރާގެ ހިތުގައި ސުވާލުގެ ފުނިވަރުތަކެއް އުފެދޭން ފެށިއެވެ. އަދި އޭނާ ގެ މަންމަގެ ނިޔަނެތި އަތުގެ ޙިމާޔަތުގެ ދަށަށް ކޮންމެވެސް ދުވަހަކުން ދެވޭނެ ކަމަށް ހިތާހިތުން ދުޢާކޮށްލަ ކޮށްލާ ހުރެއެވެ.މަންމަ ގެ ލޯތްބާއި ކުލުނު އިޙްސާސް ކުރަން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ އޭނާ ގެ އެ އާ އުއްމީދާއި އެކު ޢާއްމު ކޮށް ކޮށް އުޅޭ ކަންތަކުގައި މަޝްޢޫލުވެ އުޅެއެވެ. ދުވަސްތައް ފާއިތުވަމުން ގޮސް ގްރޭޑް 5 ގެ ފަހު އިމްތިޙާނު ނިމި ރިޕޯރޓް ލިބުނު ދުވަހު ސްކޫލް ދޮށުން އޭނާގެ މަންމަމެންގެ ގެ ކައިރީ މީހަކު އޭނާއާއި ވަހަކަ ދައްކާލަން ބޭނުން ކަމަށް ބުންޏެވެ.އެ ދައްތަ ގެ ވާހަކައިން އިނގުނުގޮތުގައި މަންމަ ކިތަންމެ ވަރަކަށް އަޅުގަނޑު ގެންދަން ބޭނުން ވިއަސް އަޅުގަނޑު އަމިއްލަ އަށް އެދިގެން ނޫނިއްޔާ މަންމަ ކައިރިއަކަށް ދެވޭ ގޮތަކަށް ނެތެވެ. މަންމަ އެހެން ކައިވެންޏެއް ކޮށް ކުއްޖަކު ވެސް ހުރުމާއި އެކުއެވެ. ކޯޓް ތަކާއި ޤާނޫން ގައި އެކަން އޮތްގޮތް ޒަހްރާ ބަލާކަށް ބޭނުމެއް ނޫނެވެ. ޒަހްރާ ބޭނުން ވީ މަންމަ އަކިރިއަށް ދިއުމަށެވެ. އެދުވަސް ފަހުން ދެތިންފަހަރު އެކި ގޮތްގޮތަށް މިދައްތަ އާއި ބައްދަލުވެ ޒަހްރާ ދާނެ ގޮތަކާއި އެއްޗިހި ރޭވެމުން ދިޔައެވެ.

އެެއިގެ ދެ ހަފްތާ ފަހެވެ.އެގެއަކާއި ޒަހްރާގެ ތުއްތުއިރުގެ ހަނދާން ތައް ގުޅިފައި ވާ ގެއާއި އެންމެ ފަހުގެ އަލްވަދާޢު ކިޔާކަހަލައެވެ. ގޭގެ ކޮންމެ ފާރަކަށް ކޮޓަރިއަކަށް ނަޒަރު ހިންގާލިއެވެ. އޭނާ ހިތާހިތުން ބުނާ ކަހަލައެވެ.ދެން ދުވަހަކު ވެސް ތިބާ އާއި ހަމައަށް އާދެވޭނެ ކަމެއް ނޭނގެއެވެ. އަހަންނާއި މެދު ކަންތައް ހިނގާނެ ގޮތެއް ޚުދު އަހަންނަކަށް ވެސް ނޭނގެއެވެ.ތިބާ އަހަރެން ނަށް އެންމެ ކުޑަމިނީ ނިދާނެ ތަންކޮޅެއް ދިނީމުއެވެ.މިގޭގައި އުޅޭ އިންސާނުންނަށް ވުރެން ތި ދިރުމެއް ނެތް ފާރުތައް ވެސް އަހަންނަށް މާ ބޮޑަށް އަޅާލިއެވެ. ދެން މާމަގެ ބިއްދޮށަށް ވަދެ ބައްދާލައިގެނެއް ނޯވެވޭނެއެވެ. އަހަރެންގެ އެކަނިވެރިކަމުގެ އިޙްސާސްތަކުން ފަޅުފިލުވައިދިން އެ ތުއްތު ދެ ކުދީން ގެ ހިނިތުންވުމެއް ވެސް ނުފެންނާނެއެވެ.އެމީހުންނާއި ދުރަށް ދާ ހިތެއް ނުވެއެވެ. އެކަމަކު މަންމަ ވެސް ބޭނުމެވެ. އަހަރެންގެ ފެންނަން ނެތް މުސްތަޤްބަލް މާތްރަސްކަނލާގެ އާއި ޙަވާލެވެ. މިޚިޔާލެއްގައި އޭނާ ހުއްޓާ ފާރުގައި އެލުވާފައި ވާ ބޮޑު ގަޑިން ހަވީރު ފަހެއް ޖެހި އަޑު އިވިއްޖެއެވެ.ނަސީބު ތަން ދިމާކުރިގޮތުން ކުޑަ ދެމީހުން ގޮވައިގެން ޖަމީލާ ވީ އަތިރިމައްޗަށް ގޮހެވެ. މާމަވެސް ގެއަކު ނެތެވެ. ޒަހްރާ އެގެއިން ދާން އުޅޭކަން އިނގޭނަމަ ފަހަރުގައި މާމަ ނުފޮނުވާނެތީ ދާވަހަކަ ނުބުނެއެވެ.ގޭގައި އުޅޭ އެހެން މީހުންގެ ހިލަމެއް ވެސް މިހާރަކު ނުވެެއެވެ. އަވަސް އަވަހަށް ގެއިން ނިކުމެގެން އެ ދައްތަ އޭނާ ކައިރީ ބުނެފައިވާ ހިސާބަށް ދެވިއްޖެއެވެ. އެގެއާއި މަންމަ އުޅޭ ގެއާއި މާދުރު ނޫން ވީމައި މަންމަ ނިކުމެ ހުއްޓާ ފެނެއެވެ. ފަހަތް ބަލަމުން ދުވެފައި ކަހަލަ ކޮގަތަކަށް އޭނާ މަންމަ މެންގެ ގެއަށް ވަނެވެ. އޭނާ އަށް މިކަން ކުރެވިއްޖެ ހެއްޔެވެ؟ މިކުރީ ރަނގަޅު ކަމެއް ހެއްޔެވެ؟ ދެން ވާނީ ކިހިނެތް ހެއްޔެވެ؟

މަންމަގެ އަށް ދިޔައިރު އެންމެން ވެސް ތިބީ އެމީހުންގެ އާދައިގެ މަތިން ކުރާ ކަންކަމުގައި އަވަދިނެތިއެވެ. މަންމަގެ މޫނުމަތިން ހަނގުރާމައެއް ފަތަޙަވުމުން ފެންނަހާ އުފާވެރިކަން ފެނުނެވެ. ޒަހްރާ މަންމަގެ މޫނަށް ހިތްފުރެންދެން ބެލިއެވެ. އޭނަ ދިއުމުން ބައްދާލާ އޮޅުލައި މިކަހަލަ އެއްވެސް ކަމެއް މަންމަ ނުކުރެއެވެ. އެދެމެދުގައި މަންމައާއި ދަރި އާއި ދެމެދު އޮތް ގާތްކަމުގެ ގުޅުމުގެ ނަން ފިޔަވައި އެހެން އެއްޗެއް ނެތެވެ. މިހާރުވެސް ޒަހްރާގެ ހިތަށް އަރައެވެ. މަންމަ އެދުވަހު ޒަހްރާ ދިއުމުން އުފަލުން ބައްދާލައި ބޮސްދީ ހެދި ނަމައެވެ.ޒަހްރާ ދިއުމުން މަންމަ ގެ އިޙްސާސް ތައް ކިޔާ ދިންނަމައެވެ. ގައިމުވެސް ޒަހްރާ ހުރީ މިކަންކަން ކުރަން ބޭނުން ވެފައެވެ. އެކަމަކު ބުނަން ނޭނގޭ ބީރައްޓެހި ކަމެއް އެދެމެދުގައި ވާކަހަލައެވެ. ކީއްކުރާނީ ހެއްޔެވެ؟ މިކަން ވެސް ވެއްޖެއެވެ.

މަންމަ މެނަކީ ތަންކޮޅެއް ތަނަވަސް ކޮށް އުޅޭ މީހުން ކަމަށް ވީތީ ކަމަށް ވެސް ވެދާނެއެވެ. ކޮންމެ ދުވަހަކުވެސް ހަވީރު ބަރާބަރަށް އެގޭގައި ސައި ބުއިން އޮވެއެވެ. މަންމަ ޒަހްރާ ގޮވައިގެން ބަދިގެ ދޮށަށް ގޮސް ސައި ބޯނަންހޭ އެހުމުން ވަރަށް ލަދުރަކި ކޮށް ހުރެ ނޫނެކޭ ބުންޏެވެ. ސައިނުބޮންޏާ ގުޅައެއް ކާލާށޭ ބުނެ އޭނާގެ އަތަށް ގުޅައެއް ނަގައި ދިނެވެ.އެ ހެން އިންއިރު އޭނާގެ ހިތް ބާރު ބާރަށް ތެޅެއެވެ. ދެންވާނީ ކިހިނެތް ހެއްޔެވެ؟ އަނެއްކާ ޒަހްރާ ޖެހޭނީ އެނބުރި ދާން ހެއްޔެވެ؟ޖަމީލާ އޭނާ ބަލައި ނާންނާނެހެއްޔެވެ؟ޖަމީލާ އާއި އެކު ދާން ޖެހިއްޖެ ނަމަ ދެން ކުރިމަތިލާން ޖެހޭނީ ޖަލު އަދަބެވެ. ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ އެވެ. ޖަމީލާ އަޔަސް ނުދާނަމެވެ. ކަންތައް ވީ ވެސް އޭނާ ހީކުރި ގޮތަށެވެ. ޖަމީލާ ޒަހްރާ އަށް ބާރު ބާރަށް ގޮވަމުން އެގެއަށް ވަދެގެން އައެވެ. އައިސް ވަރަށް އަމުރުވެރި ރާގަކަށް ހަމަމިހާރު ގެއަށް ދާން ހިނގާށޭ ބުންޏެވެ.ޖަމީލާ އޭނާގެ ހިތަށް އެރިހާ އެއްޗެއް ކިޔާނިމެންދެން އެކަކުވެސް އަނގައިން ނުބުނެއެވެ. އެންމެ ފަހުން ޒަހްރާ އިން ތަނުން ގުޑިވެސް ނުލީމައި ބައްޕަ ކައިރީ ބުނާނަމޭ އެނގިދާނެތާ އޭ ބުނެ ނިކުމެގެން ހިނގަޖެއެވެ. އެގޭގައި ޒަހްރާގެ ގައިގައި ޖަހައި ނެހެދީ ޖަމީލާގެ ހަރުކަށިކަމާއި އެއީ އަބަދުވެސް ހަދާގޮތްކަން އެހެން ބަޔަކަށް އެނގިދާނެތީ ކަންނޭގެއެވެ. ޖަމީލާ ދިއުމުން ޒަހްރާ ކުޑަކޮށް ހަމަޖެހުނެވެ. އިރުއޮއްސެން ވެސް ކައިރި ވެފައި ހުރުމުން ބަދިގެ ނިންމާފައި ގޭތެރެއަށް ވަނުމަށް މަންމަ މެން މަސައްކަތް ކުރަމުން ދެއެވެ. ޒަހްރާ ބީރައްޓެއްސެއްހެން އެއިން ގޮތަށް އިނެވެ. ޒަހްރާ ކުރާނެ ވަކި އިތުރު ކަމެއްވެސް ނެތުމާއި އެކު އެކިއެކި ޚިޔާލު ތެރެއަށް ވަދެވެމުން ދިއައެވެ. އޭނާ ދެން ބާނދީ އެއްހެން އުޅޭކަށް ނުޖެހޭނެއެވެ. ޅަދަރި މައެއް ހެން އުޅޭކަށް ނުޖެހޭނެއެވެ. އެހެން ކުޑަކުދީންވެސް އުޅޭ ހާ އުފަލުގައި އޭނާވެސް އުޅޭނެއެވެ. މަޖާކޮށް ކުޅެ ހެދޭނެއެވެ.މަންމާ އޭ ކިޔާ ގޮވާނެ ޚާއްސަ ފަރާތެއް ހުންނާނެ އެވެ.  އެހެން އިންދާ ޒަހްރާގެ ސަމާލުކަން ހުއްޓުނީ އޭނާގެ މަންމަ އަށް މީހަކު ގޮވާ އަޑަށެވެ. މަންމަ އިނީ ބަދިގޭ ގައި ކަމުން ލަސްވާތީ އެމީހަކު ބަދިގެއާއި ދިމާލަށް އައެވެ. އެއީ ގައިމު އޭނާގެ މަންމަ ފަރާތު ބޮޑު ބޭބެއެއްވެސް ނޫނެވެ. ކުޑަކޮށް ވިސްނާލީމައި އެއީ އޭނާގެ ދޮންބައްޕަ ކަން އޭނާ އަށް އެނގުނެވެ. ޒަހްރާ ފެނިފައި ދޮންބައްޕަގެ ނަޒަރު އޭނާ އާއި ދިމާލަށް ހުއްޓުނެވެ.

Share Article

Follow Me Written By

Ruway

Level 1

Other Articles

Previous

ބީރައްޓެހިޔާ 9

Next

ވާލޯބި އެނގޭނަމަ… 17

Next
November 20, 2016

ވާލޯބި އެނގޭނަމަ… 17

Previews
November 20, 2016

ބީރައްޓެހިޔާ 9

4 Comments!

  1. ?? says:
    November 20, 2016 at 1:24 pm

    V v v v v reethi…bt haadha kurey mi part…thankolheh dhigukohlan feney..?☺

    1. Ruway says:
      November 20, 2016 at 3:15 pm

      kuree bayah veuren dhigukoh liyevetho belin.. ekamaku konme parteh ves alhugandu nimetho balanee vaki muhimmu bayakai hisaabun..ehenve egothah vanee..balanan dhigu kurevetho.thanks 🙂

  2. mixoo says:
    November 20, 2016 at 4:32 pm

    nice. varah asarugadha.

  3. Khajja says:
    November 20, 2016 at 11:50 pm

    Wow masha allah v rythi ekam v kuru dhigukollan fennany mi avvureves bodah n waitin nxt prt

Comments are closed.



All Right Reserved!