Skip to content
އެސްފިޔަ

ހުރީ ވެވިފާ ބާކީ…

ގަމީހުގެ އަތުކުރި އޮޅާލުމަށްފަހު ލޯގަނޑު ކުރިމައްޗަށް ހުއްޓެމުން އިކާން އޭނާގެ ސޫރައަށް ބަލާލަމުން ތުނިކޮށް ފަޅަންފަށާފައިވާ ތުނބުޅީގައި އަތް ހާކާލިއެވެ. އޭނާގެ މޫނުމަތިން އުދާސްކަން ފާޅުވަމުން ދިޔައެވެ. ޑްރެސިންގް ޓޭބަލްމަތީ ބާއްވާފައިވާ އައިފޯނު ނަގާ ނަންބަރަކަށް ގުޅާލިއިރު އިކާންގެ ހިތް އަަވަސްވެ މުޅި މީހާ ފިނިވިއެވެ. އެ ފަރާތުގެ ހިޔާލަށް ބަދަލެއް އާދޭތޯ ބެލުމަށް އިކާންގެ ފަހުގެ ނިންމުން ހިއްސާކުރަން ބޭނުންވިއެވެ. އިރުކޮޅަކު ފޯނު ރިންގްވުމަށްފަހު އެކޮޅުން ފޯނު ނަގައިފިއެވެ. އިކާންގެ ކަންފަތުގައި އެ އަޑު ޖެހުމާއި އެކީ އޭނާއަށް ކުރި އިހްސާސުން ދައްކަން ބޭނުންވެފައިވާ ވާހަކަ މުޅިން ހަނދާން ނެތުނު ކަހަލައެވެ.

“ކިހިނެއްވީ އިކާން… އަހަރެން މިއުޅެނީ ވަރަށް ބިޒީކޮށް… އައި ކާންޓް މީޓް ޔޫ ރައިޓް ނައު…”

އެކޮޅުން ދިން ޖަވާބު އަޑުއަހަން ހިމޭނުން ހުރި އިކާނަށް ހަމަބިމަށް ފޭބުނީ އެ ވަގުތު އިކާންގެ ފޯނަށް މެސެޖެއް އައިސް ފޯނު ވައިބްރޭޓް ވުމުންނެވެ. ކަންފަތާ ފޯނު ދުރުކޮށްލުމަށްފަހު ފޯނުގެ ސްކްރީނަށް ބަލާލުމުން އިކާނަށް އެ މެސެޖްކުރީ ތާރާކަން އެނގުނެވެ. އެހިސާބުން މި ފޯނުކޯލު އިކާން ކުރަން ބޭނުންވި މަގްސަދު އޭނާގެ ހިތަށް އެރުމުން އަނބުރާ ކަންފަތުގައި ފޯނު ޖައްސާލަމުން ވާހަކަ ދައްކަން އަނގަ ހުޅުވާލިއެވެ.

“އަހަރެން މިގުޅީ އަހަރެންގެ އެންމެ ފަހުގެ ނިންމުން ބުނަން… އަހަރެން މިއުޅެނީ މީހަކާ އިންނަން… ލައިފެއް ފަށަން… އެއީ ތިކޮޅުން ބޭނުންވި ގޮތެއްނު… ދެން ބޭއްވީއޭ… މިގަޑީ އަހަރެންވެސް ވަރަށް ބިޒީ ވެއްޖެ…”

ފޯނު ދުރުކޮށްލި އިރު އިކާންގެ އަތުގައި މަޑު ތުރުތުރެއް ހުއްޓެވެ. އޭނާގެ ހިތް އޭރު ދިޔައީ ތެޅި ފޮޅެމުންނެވެ. ހިތުގެ ކަނަކުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫނޭ ބުނަމުން ދިޔަ ނަމަވެސް އިކާންގެ މި ނިންމުން ބަދަލު ކުރެވޭނީ އެންމެ މީހަކަށެވެ.

މޭޒުމަތީ ހުރި ޓިޝޫ ފޮށިން ޓިޝުލެއް ނަގާ އިކާންގެ މޫނުމަތިން ހިއްލާފައިވާ ދާތަށް މަޑުމަޑުން ފޮހެލިއެވެ. ފޯނުގެ ސްކްރީނަށް އޭރުވެސް މެސެޖެއް އައިސްފައިވާކަމުގެ ނޮޓިފިކޭޝަން އަރާފައިވުމުން އެ މެސެޖް އިކާން ހުޅުވާ ބަލާލިއެވެ.

“ހެއި މައި ލަވް… ކޮން އިރަކުން އަންނަނީ… އައިމް ވެއިޓިންގް…”

ފޯނުގެ ކީބޯޑުގައި ފަރިތަކަމާއި އެކީ އިނގިލިތަކުން ފިއްތަމުން އިކާން އެކޮޓަރިން ބޭރަށް ނުކުންނަން ދިިޔައިރު މޭޒުމަތީ އޮތް އަވި އައިނު ނެގިއެވެ.

“ތާރާ.. އައިމް އޮން މައިވޭ.. ވޯންޓް ބީ ލޭޓް…” މެސެޖް ފޮނުވާލަމުން އިކާން އެ އިމާރާތުން ބޭރަށް ނުކުމެ ދެފަރާތަށް ބަލާލިއެވެ. އޭރު އެ އިމާރާތުގެ އެއްފަރާތުގައި މަޑުކޮށްގެން އޮތް ރަތް ކާރު ފެނުމުން އިކާން ގޮސް އެކާރުގެ ފަހަތު ސީޓަށް އަރާ ހަމަޖެހިލިއެވެ.

ކާރު އޭގެ ބާރު ސްޕީޑުގައި މަގުތަކުން ދުއްވާފައި ދިޔައީ ގ.ރޯޒްވިލާއަށެވެ. އިރުއިރުކޮޅުން ފޯނުގެ ސްކްރީނަށް އިކާން ބަލަމުން ދިޔަ އިރު ހީވަނީ މީހެއްގެ ކޯލަކަށް އިންތިޒާރު ކުރަނީ ހެންނެވެ. އެހެން އިންދާ އިކާންގެ ފޯނަށް މެސެޖެއް އައެވެ. އެއީ ‘އެކްސް އޯ’ ޖަހާފައި ސޭވް ކޮށްފައިވާ ނަންބަރުން ކަމުން އިކާން އެ މެސެޖް ހުޅުވާލީ ތެޅިތެޅި އޮތް ހިތަކާ އެކީގައެވެ.

“ވަރަށް އުފާކޮށްފިން އަހަރެން ދެއްކި ވާހަކަ އިކާން ގަބޫލު ކުރީތީ… އައި ކާންޓް މެރީ ޔޫ…”

އެމެސެޖް ކިޔާ ނިންމާލުމަށްފަހު ފޯނުން އެ މެސެޖްް ޑިލިޓްކޮށްލީ ހިތާ ދެކޮޅަށެވެ. އެއީ އިކާން އުންމީދުކުރި ޖަވާބެއް ނޫނެވެ.

އިންތިޒާރު ކޮށްލައްވާ!….. ހުރީވެވިފާ ބާކީ…

މީ މި ވާހަކައިގެ ޓީސާރ އެއް… ހުރިހާ ކިޔުންތެރިންނަށް ކަމުދާނެކަމަށް ހީކުރަން….

 

Comments (24)

  1. Azuna

    Alhey shax….v reethi❤❤❤

  2. Mai

    Yey!! Me second oo…… V reethi vaahakaeh

  3. Petite

    V reethi vaane hen heevany.. waiting for the story ??

  4. Pop

    I want mansha 2

  5. Saandy

    ވަރަށް ޝަޢުޤުވެރި… ހަމަ ޝާޒްގެ ކުރީގެ ވާހަކަތައްހާ ރީތިވާނެކަމަށް ނޫނީ އެއަށްވުރެވެސް ރީތިވާނެކަމަށް އުންމީދުކުރަން… ހަމަ އިންތިޒާރުގައި މިހުރީ… އެހާ ދިގު އިންތިޒާރެއް ކުރަން ނުޖައްސައްޗޭ

  6. Reen

    Waiting waiting

  7. Farey

    Koba mansha part 2.. vvv reethi

  8. Niloo

    Shaazu varah salhi… cant wait…

  9. Aru

    Waiting Vv reethi vaanehen heevany ?

  10. Mine

    Varah reethi vaaanehn heevani.
    Kober mansha ge devana bai

  11. Siha

    Emme fahun shax ge vaahaka eh kiyaalan mi libunee.. haadha inthizaareh koffeemey..v reethi vaanehen heevany. Mives thafaathu molhu vaahaka akan vaane kamah umeedhu kuran. Ehaa inthizaaru nukuruvahchey..

  12. Marsha

    Interesting…. v kiyaa hiy vejje .. inthizaaring…

  13. joy

    Shax please mansha 2 genesdhyba i can’t wait

  14. Rahuma

    Kureegaves mi site ga in hureevevifaa baakee enamugaliyefa in vaahakaeh samu kiyaakujjeliyefa inee vaahakaige ineeves jumla 3 part genesdheefa

    1. Anonymous
      Rahuma

      Mi comment fenigen aharen evaahaka kiyaifin…
      It seems the writer stopped the story by three episodes… Ekkoh vaahaka nugenesdhy huttaalaafa othy… Dhen shaz ge vaahaka aky nimen dhen liyan libeyne vaahaka thakeh genesdhey liyuntheriyeh veema varah shauguveri vefa meenee…. Kon dhuvaalu up kuran fashaanee… Mi trailer varah interesting..

    2. Badboy :p
      Rahuma

      Boy eh lead kuraa story eh dhw… Wow… Can’t wait…

  15. Dhondhooni.

    Heevey v reethivaanehen? waiting

  16. ikko

    mansha 2 dhen genes dheyny kon irakuntha.mivahaka nuliye gaimu mansha 2 liyen feshinama ehnu

  17. Shaa

    shax i want to read mansha 2 .. mansha haa reethi vaane kamah hope kuran ??

  18. oooh yeah

    Mi esfiyaiga rangalhu vaahakaeh up nukoggen mihunnanee… Thanks shaz ge new vaahaka eh fattaathy…. Hope this story is gonna be a unique piece ingey….

  19. Haner

    Mansha 2 kiyan libeyny kon irakun? Mi vaahaka ves varah reethi

  20. maaishahil

    vaahaka vv reethi vaanehen heeey. second eps dhiguvaane kamah ummeedhu kuran. shaaz ge vaahaka akah v inthizaaru kurevijje. love ur stories

  21. me

    intresting. heevey v rythi vaanehen. waiting…………

  22. rai

    alheyy …..haadha reethiye……….*******

Comments are closed.