Skip to content
އެސްފިޔަ

ވާލޯބި އެނގޭނަމަ… 14

“އެހެންވިއްޔާ ލައި އާއި ދިމާވެފައި ހުންނާނީ. ލައި ދެކެން ދޯ.  ބޮއްތި ތި ތަނަށް ކޮންމެ ގަޑިއަކު ކާން ގެންދަނީ. ލައި ވެސް ދާނެ ބައެއް ފަހަރު ދޯ ލައި”  ޝައިމް މިބުނި އެއްޗަކުން އަލްޔާ ގެ މޫޑް ހަރާބިވިއެވެ.  ލޫކަށް ވެސް ވީ އެވަރެވެ. ނަމަވެސް މޫނުމަތިން އެކަން ފޮރުވާލަމުން ހީލިއެވެ.  “ދެން ފެނިފަތާ ދޯ ހުންނާނީ”  ލޫކް ގެ މި ފަރުވާކުޑަ ޖަވާބުން އަލްޔާ އަށް ލޫކަށް ބަލާލެވުނެވެ.

 

ލޫކް ބޭނުންވިނަމަ އެއަށް ވުރެ ރީތިކޮށް ވެސް ޖަވާބުދެވޭނެ ކަން އަލްޔާ އަށް އެނގޭއެވެ. އަލްޔާ ލޫކަށް ބަލާލިކަން ލޫކަށް ވެސް އެނގުނެވެ.

“ލޫކް ތަފޫ އާއި ރުޅީތަ މިހާރު. ތަފޫ ބުނި އެކަހަލަ އެއްޗެއް”  ޝެނާ ވާހަކަދެއްކިއެވެ.  “އެކަން ނިމުނުތާ ކޮންދުވަހެއް”  ލޫކް ގެ ޖަވާބު ކުރެވެ.

“އަސްލު މިހާރު މިތިބީ ވަރަށް ގާތް ބަޔަކަށް ވެފައި. އަމިއްލަ ކަމެއްގައި ވިޔަސް ލޫކް ވެސް އަދި ތި އާއިލާގެ އެހެން ބަޔަކު މިރަށަށް އަޔަސް ވާނީ މިގޭގައި ތިބެން. ދޯ ޝައިމް”  ޝެނާ ހިތްހެޔޮކަމާއެކު ވާހަކަދައްކަމުން ދިޔައެވެ. ޝައިމް ވެސް ހީލާފައި ބޯ ޖަހާލިއެވެ.

 

“ލޫކް މެރީޑް ތަ؟ ވަރަށް ޕާރސަނަލް ސުވާލެއް ދޯ”  ޝައިމް ހީލިއެވެ. އެތަނުގައި ދައްކަމުން ދިޔަ ވާހަކަތަކުން އަލްޔާ އަށް އުނދަގޫވަމުން ދިޔައެވެ.

“ހެހެހެ… މެރީ ކުރިން މީގެ ހަ މަސް ކުރިން. ބަޓް މިހާރު އެކަންތައް ނިމިއްޖެ”  މިފަހަރު ލޫކް ވާހަކަދައްކަމުން ސިއްރު ސިއްރުން އަލްޔާ އަށް ބަލާލިއެވެ. ބޭނުންވީ އަލްޔާ އަށް އެއްވެސް ބަދަލެއް އައިތޯ ބެލުމެވެ. ވީ ވެސް ލޫކް ހީކުރި ގޮތަށެވެ. އަލްޔާ އަށް ސިހުމެއް ލިބުނެވެ.

“އޯވް…. ސޯ ސޭޑް”  ޝެނާ އަނގައަށް ގޮތެެއް ހަދާލަމުން ބުންޏެވެ.  “އެބަ އަންނަން. ފާހާނާ އަށް ވަދެލާފައި”  ގޮނޑި ދުރުކޮށްލުމަށްފަހު އަލްޔާ ދިޔައީ ދެން އެތަނުގައި ކެތްނުވާނެތީއެވެ. ލޫކް ގެ ތުންފަތަށް ހިނިތުންވުމެއް ވެރިވާން އުޅެފައިވެސް އެކަން ހިންދާލީއެވެ.

ކޮޓަރިއަށް ވަންގޮތަށް ދޮރު ލައްޕާލި އަލްޔާ ތަތްވީ ދޮރުފަތުގައެވެ. އިސާހިތަކު ލޮލުތެރެއިން ވިދާލި ކަރުނަތިކި އޭގެ މަގާމު ދޫކޮށް ތިރިއަށް ދަތުރު ފެށިއެވެ. އެހިސާބުން އަލްޔާ އަށް ރޮވުނީއެވެ. ލޯތްބަކީ ކިހާ ވޭންދެނިވި އެއްޗެއް ހެއްޔެވެ؟ އަވަސް އަވަހަށް ކަރުނަތިކި ފޮހެލުމަށްފަހު އެނދުގައި އިށީނެވެ. އެހާ ކުރު މުއްދަތެއްގެ ތެރޭގައި ކައިވެނި ރޫޅުނީ ކީއްވެހެއްޔެވެ؟  ލޫކް މިކްހާ އާއި އިނީ ލޯތްބަކުން ނޫން ހެއްޔެވެ؟ ޔަގީނުން ވެސް ކައިވެނި ކުރެވުނު ރޭ ލޫކް ހުރީ އުފަލުންނެވެ. ވީ އިރު ދެމީހުންނަށް ނޫޅެވުނީ ކީއްވެހެއްޔެވެ؟ ހައްތާވެސް ޖަވާބު ބޭނުންވާ ސުވާލުތަކެވެ. އެކަމަކު މި ސުވާލުތަކުގެ ޖަވާބު އަލްޔާ އަށް ދޭނީ ކާކު ހެއްޔެވެ؟ ސިކުނޑީގައި ސުވާލުތައް ގިނަވާން ފެށުމުން އަލްޔާ ގެ ބޮލުގައި ރިއްސަން ފެށިއެވެ.

މަޑުމަޑުން އެނދުގައި ޖައްސާލާ ބޯ މަތީގައި އަތް ބާއްވާލިއެވެ. ކޮޓަރިއަށް ވަން ޝައިމް އަށް އެނދުގައި ލޯމެރިފައި އޮތް އަލްޔާ ފެނުމުން ކަމެއް ގޯސްވެއްޖެ ކަން އެނގުނެވެ.  “ލައި! ކީއްވެފައި. ތަނަކަށް ތަދުވަނީތަ. ތީ ފާހާނާ އަށް އައި މީހާ އެއްނު” އަލްޔާ ކައިރީގައި މަގަތުން އިށީންނަމުން ޝައިމް ސުވާލުކުރިއެވެ.

“ބޮލުގަ ރިއްސަނީ. ކުޑަކޮށް އަރާމުކޮށްލަނިކޮށް ރަނގަޅުވެދާނެ. ތަށިތައް ނަގަން ދާންވީދޯ”  އަލްޔާ ތެދުވެލަމުން ބުންޏެވެ.  “ނޫނޭ ދޮންތަ އެކަންތައް ކޮށްލަފާނެ”  އަލްޔާ ގެ ބޯ މަސާޖްކޮށްދެމުން ޝައިމް ބުންޏެވެ. އަލްޔާގެ ދެލޯ ރަތްވެފައި ހުރެގެން ދެލޯ ރަނގަޅަށް ބަލާލަން ވެގެން ޝައިމް ކުޑަކޮށް ކައިރިވި ވަގުތެވެ. ދޮރުމަތިން ހުރަސް ކުރި ލޫކަށް އެ މަންޒަރު ފެނުމުން ނެގުނީ އެހެން މާނައެކެވެ. ލޫކަށް ހީކުރެވުނީ ދެމީހުން ލޯބި ކުރަނީ ކަމުގައެވެ. ލޮލަށް ބަލާލަން އުނދަގޫވި އެމަންޒަރުގެ ވޭން އިހުސާސް ކުރަން ޖެހުނީ ލޫކް ގެ ކުށެއް ނެތް ހިތެވެ.

 

ޕްރޮގްރާމްތައް ފެށިފަހުން ލޫކަށް ގޭގައި މަޑުކޮށްލަން ލިބެނީ މަދު ވަގުތުކޮޅެކެވެ. އެހެންކަމުން އަލްޔާ ވެސް ފެނުން މަދުވާން ފެށިއެވެ. ސަބަބަކަށް ވީ ލޫކަށް އުޅެން ފަސޭހަވުމެވެ. އަލްޔާ ފެންނަ ހިސާބުގައި ވާހަކަނުދައްކާ އުޅުމަކީ ލޫކަށް ވޭނެކެވެ. މަދުން ފެންނާން ފެށުމުން ހިސާބަކަށް ފަސޭހަ ވިޔަސް ހިތަށް އުނދަގޫ ވަމުން ވެސް ދިޔައެވެ. ދެރަވަނީ ހިތުގައިވާ ޒަހަމްތަކަށް ފަރުވާ އެއް ދިނުމަށް އެދޭ ބައިވެރިޔާ ދުވަހަކުވެސް ލިބުމެއް ނެތޭ ހިތަށް އަރާތީއެވެ. ލޫކްގެ ހަޔާތުގައި ކޮންމެ ދުވަހަކު ހިނގާ ހުރިހާ ކަމެއް ދުވަހުން ދުވަހަށް ކުޑަމަނިކެ ބަލައެވެ.

ހިތްވަރާއެކު ލޫކަށް ކުރިއަށް ދެވެނީ ވެސް ލޯބިވާ މަންމަގެ ސަބަބުންނެވެ. މިއަދު ލޫކް ގެ ދުނިޔެއަކީ އެއީއެވެ. އެ މަންމަ މިއަދު ނެތްނަމަ ލޫކް އޮޮންނާނީ ބިމުން ހަ ފޫޓް އަޑީގައެވެ. މި ވީ ދެތިން ދުވަސް ތެރޭގައި ގޭތެރެއިން ލޫކަށް ޝައިމް އަލްޔާ އާއި ގާތްވާ މަންޒަރުތައް ވަނީ ފެނިފައެވެ. އަލްޔާ ވެސް ޝައިމް އަށް ދޭ ހިނިތުންވުމާއި ޝައިމްގެ ކޮންމެ ބީހިލުމަކަށް އިޖާބަދޭ ގޮތް ލޫކަށް ވަނީ ފެނިފައެވެ. ބައެއްފަހަރު ލޫކް ދެރަކުރަން އުޅެނީއޭ ވެސް ހިތަށް އަރައެވެ. ނަމަވެސް އަދި ލޫކް އަލްޔާ އަށް ބަލާލިތަނެއް ފެނިފައެއް ނުވާނެއެވެ. ލޫކް ގެ ހިތުގައި އަލްޔާއަށްޓަކައި އިހުސާސްތަކެއް ވާކަން ފާޅުކުރާކަށް ބޭނުމެއް ނުވޭއެވެ.

އިރުއޮށްސެމުން ދިޔަ ވަގުތު ބަނދަރު މަތީގައި ހުރި ހިލަ ގޮނޑިއެއްގައި އަލްޔާ އާއި ސަޖޫލް އިނެވެ. މާދުރުގައި ސްކޫލް ކުދިންތައް ގޮވައިގެން ކަސްރަތު ކުރަމުން ދިޔަ ލޫކަށް އަލްޔާގެ ނަޒަރު ވަނީ ހުއްޓިފައެވެ. މިގޮތަށް ލޫކަށް ބަލާލަން އަލްޔާ އަށް ފުރުސަތު ލިބިފައެއް ނެތެވެ. ލޫކަށް ވެސް އެތާ އަލްޔާ އިންކަމެއް ނޭނގެއެވެ.

“އޭތް…. ބަލަމިހާރު އެއީ އެއް ނޫނޭ ލައި ބަލަންވި މީހަކީ. ބަލާބާ ތިއޮށް ގުޅަނީ. އަރާ ތީނދަ ފޮޓޯއަށް ބަލާބަލަ ހިތް ފުރެންދެން”  ލޫކަށް ބަލަން އިން އަލްޔާ ލޯ މަތީގައި އަތްތިލަ ހުރަސް ކޮށްލަމުން ސަޖޫލް ވާހަކަދެއްކިއެވެ. ޝައިމް އާއި ފޯނުން ވާހަކަދައްކަން އިންއިރު ވެސް އަލްޔާގެ ދެލޯ އަމާޒުވެފައި ވަނީ ލޫކަށެވެ.  “ބޭނުމީ ހިތްފުރެންދެން ބަލާލަން. މިކަހަލަ ފުރުސަތެއް އަދި ނުލިބޭ. އަނެއްކާ ދުވަސްކޮޅަކުން ފުރައިގެން ދާނެ. ދެން ނޭނގެ ލޮލަށް ފެންނާނެ ދުވަހެއް ވެސް”  ޝައިމްގެ ފޯން ކުރުކޮށްލުމަށްފަހު އަތްދަބަހުގެ ތެރެއަށް ފޯން ކޮށްޕާލަމުން އަނެއްކާ ވެސް އަލްޔާގެ ނަޒަރު ސީދާކޮށްލީ ދުރުން ފެންނަން ހުރި ލޫކަށެވެ.

“ލޫކް ގެ ވައިފް އެއް ނެތޯ މިހާރަކު”  ދުރުން ފެންނަން ހުރި ލޫކަށް ބަލަންއިނދެ އަލްޔާ ބުންޏެވެ.

“ހޫމް..ލޫކް ބުނި”  އަލްޔާގެ ނަޒަރު ސީދާވެފައި ހުރި ދިމާލަށް ސަޖޫލް ވެސް އިނީ ބަލާށެވެ. ނަމަވެސް ސަޖޫލްގެ ނަޒަރު ސީދާވެފައިވަނީ ދުރުގައި ލޫކްގެ ހަރަކާތްތަކާއި އެއްވަރަށް ކަސްރަތު ކުރަމުން ދިޔަ ޝަރީފާ އަށް ހުއްޓިފައެވެ. ބައެއްފަހަރު ޝަރީފާ ކަސްރަތުކުރާގޮތުން ސަޖޫލް ގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެއެވެ.

“ވަޓް؟ ކޮންއިރަކު ސަޖޫ ކައިރީގައި ތިހެން ބުނީ”  އަލްޔާ ސަޖޫލަށް ބަލާލިއެވެ.

“މި…މި… ކު… ކުރިން ދުވަހު ދިމާވެގެން ބުނީ”  ސަޖޫލް ދޮގެއް ހަދާލިއެވެ. ސަޖޫލް ކައިރީގައި ލޫކް ދައްކާފައި ހުރި ވާހަކަތައް މިވަގުތު އަލްޔާ އަށް ކިޔައިދީގެން އަލްޔާގެ ކައިވެންޏަށް ބުރޫ އަރުވާކަށް ސަޖޫލް ބޭނުމެއް ނުވިއެވެ. އަލްޔާ މިހާރު އެވަނީ މުސްތަގުބަލަށްޓަކައި އަޅަން ޖެހޭ ފުރަތަމަ ފިޔަވަޅު އަލާފައެވެ. ދެން އޮތީ އާއިލާއެއް ބިނާ ކުރުމެވެ. އެއަށްފަހު އަންނާނީ މުޅިން ވެސް އުފާވެރި ދުވަސްތަކެވެ. މީ ސަޖޫލް ދެކޭ ގޮތެވެ. ސަޖޫލް ގެ ހިތަށް އަރާ ސުވާލެއް އަލްޔާ އާއި ކޮށްލިއެވެ.

“ލައި ކޮންއިރަކުން ބޭބީ އެއް ހޯދަން ގަސްދުކުރަނީ”  ސަޖޫލް ކޮށްލި ސުވާލުން އަލްޔާ ކައިރިއަށް ހިނިއައެވެ.

“ކިހިނެއްވީ ތިހެނީ”  އަލްޔާ އަށް ހެވުނުތަން ފެނުމުން ސަޖޫލް އަހާލިއެވެ.

“ސަޖޫޫ ތިހެން ބުނީމަ. ޝެމް ގެ ދަރިއަކު އަހަރެންގެ ބަނޑުގައި ގަރުބަގަންނަން އަދި ވަރަށް ދުވަސް ނަގާނެ”  އަލްޔާ ހެވިލާފައި ބުންޏެވެ. ސަޖޫލް ދެބުމަ ގޮށްޖަހާލުމާއެކު ނިތަށް ދެތިން ރޫ އަރައިގެން ދިޔައެވެ.

“ތިބުނީ؟ ނޭނގޭތަ ދަރިންނަކީ ކޮންމެހެން ދެމަފިރިން ޕްލޭން ކުރީމަ ލިބޭ އެއްޗެއް ނޫންކަން. ނޭނގިހުއްޓާ ވެސް ޕްރެގް ވެދާނެ”  ސަޖޫލް ބުންޏެވެ.

“ނޭނގިހުއްޓާ ވެސް ލިބޭނީ އަހަރެން އެފަދަ ގުޅުމެއް ޝައިމް އާއި އެއްކޮށް ހިންގައިގެނެއްނު. ވީ އާރ ފްރެންޑްސް. އަހަރެންގެ ހިތުން ލޫކް ދެކެ ވީ ލޯބި ފުރިހަމައަށް ޝައިމް ދެކެ ނުވެވެނީސް ޝައިމް އާއި އެއްކޮށް ސްލީޕެއް ނުކުރާނަން. އެއީކީ އެއްފަރާތުން ލޯބިވެގެން ކުރެވޭނެ ކަމެއް ނޫން. ޝައިމް އަށް ވެސް މިކަން އެނގޭނެ. ޝައިމް އޮޅުވާލުމެއްގައި ބަހައްޓާކަށް އަހަރެން ބޭނުމެއް ނޫން. ޝައިމް އަކީ ވަރަށް ރަނގަޅު ފިރިއެއް. އަހަރެންގެ މާޒީގައި ވެދިޔަ ކަމެއްގެ ސަބަބުން މިގުޅުމަށް އެއްވެސް އަސަރެއް ކުރާކަށް ބޭނުމެއް ނޫން”  އަލްޔާ ވާހަކަދެއްކިއެވެ.

މިހާ ދުވަސް ވީއިރުވެސް އަލްޔާ އާއި ޝައިމް އެފަދަ ގުޅުމެއް ނެތް ކަން އެނގުމުން ސަޖޫލް ހައިރާންވިއެވެ. ޝައިމް ކެތްގަދައޭ ސަޖޫލްގެ ހިތަށް އެރިއެވެ. އަދި އަލްޔާ އަކީ ޝައިމް ގެ އަންބަކަށް ވާއިރު އަލްޔާ އާއި މެދު އެއްވެސް ގަދަކަމެއް ނުދައްކާތީ އެކަމާއި ޝައިމް އަށް ހިތާއިހިތުން ތައުރީފް ކުރިއެވެ.

“ލޫކް ދެކެ އެންމެ ފުރަތަމަ ވެވުނު ލޯބި އަދިވެސް މިހިތުގައި ވޭ. ކުނި ފުކެއް ވެސް ނުޖެހޭ. ވަރަށް ދެރަވޭ މިކަމާއި. ޝެމް އަށް ވަފާތެރި ކިޔަމަންތެރި އަންބަކަށް ވާން ވަރަށް ބޭނުން”  އަލްޔާ އަށް ރޮވެން އުޅޭ ކަހަލަ އިހުސާސެއް ކުރެވުމުން އަވަސް އަވަހަށް ތުންފަތުގައި ދަތްއަޅާލިއެވެ. ދެކުދިން އެތަނުގައި ލައްކަ އިރު ތިބުމަށްފަހު ގެއަށް ދިޔައީ މަޤްރިބް ނަމާދަށް ބަންގި ގޮވަން ފެށުމުންނެވެ.

 

ސާދަ ދުވަސް ފަހެވެ. ލޫކް އެރަށުގައި ހުންނަން ޖެހޭ މުއްދަތު އިތުރު ކުރުމުގެ ސަބަބުން ހިތަށް އުނދަގޫ ވި ނަމަވެސް އެކަމެއް ފާޅެއް ނުކުރޭއެވެ. މިވީ ދުވަސްތަކުގައި ރައްޔިތުންގެ ފަރާތުން ލޫކަށް ލިބިފައިވާ ލޯބި އެހާ ބޮޑެވެ. ލޫކް ގެ އެތައް މަސައްކަތަކުން ރައްޔިތުންނަށް ހެޔޮ ބަދަލެއް އަންނަމުން ދިޔައެވެ. އެކަމުގެ ސަބަބުން ރަށުގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން ލިބެމުންދާ ލޯތްބާއި އިހުތިރާމަށް ލޫކް ޝުކުރުވެރިވެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ލޫކް ހަމަ އެގޮތުގައި މަސައްކަތްކޮށްފިނަމަ މިއަށް ވުރެ ވެސް ރަނގަޅު ނަތީޖާއެއް ނިކުންނާނޭ ކަމުގައި ލޫކް ވަނީ ބުނެފައެވެ.

އެއްރެއްގެ ދަންވަރެވެ. އެނދުގައި ނުނިދިފައި އޮތް ލޫކް ދެފަރާތަށް ފޮރޮޅެން ފެށިއެވެ. ލެޕްޓޮޕް ނަގާ އޮންކޮށްލުމަށް ފަހު ހައިޑް ކޮށްފައިވާ ފޯލްޑަރ ހުޅުވާލިއެވެ. އެއާއިއެކު އަލްޔާގެ އެކި ފޮޓޯތައް ސްކްރީނަށް އެރިއެވެ. ފަހަރަކު ފޮޓޯއެއް ބަލަމުން ލޫކް ދިޔައީ އެއްވެސް ފޫހިކަމެއް ނެތިއެވެ. ހިތްފުރޭވަރު ވުމުން އެނދުން ތެދުވެ ގަޑި ބަލާލިއެވެ. ދަންވަރު އެކެއް ޖެހީއެވެ. ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން މުޅިން މާޔޫސްވިއެވެ.

ޝައިމް އާއި އެކު ލޯބިކުރުމުގައި އަލްޔާ އުޅޭނޭ ގޮތް ހިތަށް އެރުމާއެކު ލޫކް އިންތިހާ އަށް ދެރަވިއެވެ. ލޫކަށް އެދުވަސް އަންނާނީ ކޮންދުވަހަކުން ބާއޭ ހިތަށްް އެރިއެވެ. ހިތަށް އަންނަން ފެށި ނުބައި ހިޔާލުތަކުން ދުރުވެވޭތޯ އެކޮޓަރިން ނިކުމެވެން ހުރި ބެލަކަންޏަށް ލޫކް ނިކުމެލިއެވެ. އަނދިރިކަން ވެރިވެފައިވާ އުޑު މެދުގައި ރަނިކަން ކުރަމުން ދިޔަ ހަނދަށް ލޫކްގެ ނަޒަރު ހުއްޓުނެވެ.

ހަނދު ކިހާ ފުރިހަމަހެއްޔެވެ؟ ދުނިޔެ މީ ވަރަށް ފިތުނަވެރި ތަނެކެވެ. މިކަހަލަ ތަނަކުގައި އުފާވެރިކަމެއް ނުވާނޭ ހިތަށް އެރިއެވެ.

އޭ ހަނދާއެވެ. ތިޔަ ހަނދުގައި ދިރިއުޅެން  އަހަރެން ގެންދާށެވެ. މިކަހަލަ އަނިޔާވެރި ތަނެއްގައި އުޅޭކަށް އަހަރެން ބޭނުމެއް ނޫނެވެ. ހަނދުގައި ދިރިއުޅެން މިއަޅާ އަށް ފުރސަތެއް ލިބިއްޖެ ނަމަ ދާނީ އުފަލުންނެވެ. ތި ހަނދުގެ ހިމާޔަތުގައިވާ އިންސާނަކަށް ހިތާމައެއް ދުވަހަކު ވެސް ނުވޭއެވެ. ހިތަށް އަރަންފެށި މޮޔަ އެއްޗެހިން ލޫކް ގެ ސިކުނޑި ގޮވަން ކައިރިވަނީއެވެ.

ސިކުނޑި ހަމައަކަށް އަޅުވާލުމަށްޓަކައި މިވަގުތު ބޭނުމީ ހޫނު ކަޅު ކޮފީއެކެވެ. ކޮޓަރިން ނިކުމެގެން ބަދިގެއާއި ދިމާލަށް ދިޔައިރު ކޮފީ ހަދާ ސާމާނު ހުރި ތަނެއް ވެސް ލޫކަށް ނޭނގޭއެވެ. ބަދިގޭގައި ހުރި ފެންލައިޓު ހުޅުވާފައި ހުރުމުގެ ސަބަބުން މަގުމަތީގައި ހުރި ލައިޓްތަކުގެ ހުދު އަލި ވަނީ ކޮންމެސް ވަރަކަށް ބަދިގެއަށް އެޅިފައެވެ. އެހެންކަމުން ބަދިގޭ ލައިޓް ޖައްސާކަށް ލޫކް ބޭނުމެއް ނޫނެވެ. ފެންހޫނު ކުރާ ޖަގު ކަރަންޓަށް ޖަހާލުމަށްފަހު ލޫކް އެހެން މަސައްކަތްތަކާއިގެން އުޅުނެވެ.

ނުނިދިފައި އޮތް އަލްޔާ ވެސް ބަދިގެ އާއި ދިމާލަށް އައީ ހިތުގައި ވަކި މަގުސަދެއް އޮވެގެނެއް ނޫނެވެ. ލޫކް ގެ ކޮޓަރިއާއި ދިމާލަށް ބަލާލިއިރު އެކޮޓަރި ދޮރު ދަށުން ހުދު އަލި ފެންނަން ހުރުމުން ލޫކް އަދިވެސް ނުނިދަނީ ކަން އަލްޔާ އެނގުނެވެ. ވާހަދައްކާލަން ހިތް އެދުނަސް އެންމެ ފިޔަވަޅެއް ވެސް އަޅާކަށް ނުކެރުނެވެ. ބަދިގެ އިން ނިކުންނަން އައި ލޫކްގެ ގައިގާ އަލްޔާ އަޅައިގަތުމާއެކު ލޫކްގެ އަތުގައި ހުރި ހޫނު ކޮފީތަށި ބަންޑުންވީ އަލްޔާގެ އަތަށެވެ. އަލްޔާގެ އަނގައިން ތޫނު އަޑެއް ލައްވާލިތަނާ މައިތިރިވީ އަލްޔާގެ އުނަގަނޑުގައި ހިފަހައްޓާލައިގެން ހުރި އިންސާނާއަކީ އޭނާގެ ހިތުގެވެރިޔާ ކަން އެނގުމުންނެވެ. ކުއްލިއަކަށް ކޮޓަރިއެއްގެ ތަންޑު ނައްޓާލި އަޑު ދެމީހުންނަށް ވެސް އިވުނެވެ.

އެއާއި އެކު މީހެއްގެ ފިޔަވަޅުގެ އަޑު ކައިރިން އިވެން ފެށުމުން ލޫކް އަލްޔާ ގޮވައިގެން އައިސްއަލަމާރި ބިއްދަށް ވަދެ ނިވާވެލިއެވެ. ލޫކްގެ މެއާއި ހަމައިގާ އަލްޔާގެ ކަންފަތް ޖައްސާލެވިިފާ ވާއިރު ލޫކް ގެ ހިތުގެ ތެޅުން ރީއްޗަށް އިވެމުން ދިޔައެވެ. އަލްޔާގެ ބޯ ލޫކްްގެ ތުންފަތުގައި ޖެހި ނުޖެހި ހުރިއިރު ސިއްރުން އަލްޔާގެ ބޮލުގައި ލޫކް ތުންފަތް ޖައްސާލިއެވެ. ބަދިގެއަށް ވަން ޝެނާ ޒޫނީގެ ބުށްފުޅި ހަދާލެވުމުން ނިކުމެގެން ދިޔައީއެވެ. އެކަން އެނގުމުން ލޫކް އަވަސް އަވަހަށް އަލްޔާ އާއި ދުރުވެލިއެވެ.

“ސޮރީ”  ލޫކް އަލްޔާ އަށް ފުރަގަސް ދެމުން ބުނެލިއެވެ. އޭރު ވެސް ކޮފީ ހުސްވެފައިވާ މަގު ލޫކްގެ އަތުގައި އޮތެވެ. އަލްޔާ ގެ އަތަށް ކޮފީބަންޑުންވި ތަނުގައި ދިލަ ނަގަމުން ދިޔައިރު ވެސް ކެތްތެރިވީ މިފަދަ ވަގުތެއް ދެން ނުލިބޭނެތީއެވެ. ލޫކް ގެ ހިތުގެ ތެޅުން މިއަދު އެއްކަމެއް އަލްޔާ އަށް ޔަގީންކޮށްދީފިއެވެ. ކުރިން ވެސް އެހިތުން އަލްޔާ ދެކެ ވީ ލޯތްބަށް ބަދަލެއް ނާންނަކަމެވެ. އެހެންނޫންނަމަ އަލްޔާ ކައިރިވުމުން ލޫކް ގެ ހިތުގެ ތެޅުން އަވަސްވާންވީ ކީއްވެ ހެއްޔެވެ؟

“ލޫކް! އަހަރެން….ވާހަކަ…..”  އަލްޔާ އަށް ބުނެވުނީ އެހިސާބަށެވެ. ލޫކް އަޅާވެސް ނުލާ އަތުގައި އޮތް މަގު މޭޒުމަތީގައި ބަހައްޓަމުން ސިޑިން އަރައިގެން ދިޔައީއެވެ. ލޫކް ކަންތައް އެކުރި ގޮތުން އަލްޔާގެ ހިތުގައި ވަރަށް ބޮޑަށް ޖެހުނެވެ. ރޮވުނީ އެހެންވެއެވެ. ލޫކް ބެހެއްޓި މަގު ދޮވެލުމަށްފަހު އަލްޔާ ކޮޓަރިއަށް ވަދެ ލައިޓް ޖައްސާލިއިރު އަތް ހުރީ ވަރަށް ބޮޑަށް ފިހި ފޮޅުލާފައެވެ. އެތަނުގައި ނަގާ ދިލައަަށް ވުރެ ބޮޑަށް އަލްޔާގެ ހިތުގައި އަޅާ ވޭން ބޮޑުވިއެވެ. އަލްޔާ ބީރައްޓެއްސަކަށް ހަދާފައި ލޫކް ނިކުމެގެން ދިޔަ މަންޒަރު އަދިވެސް ހިތަށް ސިފަވަނީއެވެ. ދެލޮލަށް ޖަމާވި ކަރުނަތަކުން މަންޒަރު ނުސާފުވާ ގޮތް ވުމުން ދެއަތުން ދެލޯ އެއްކޮށް ފޮހެލީ ކުޑަކުއްޖަކު ވެސް އެކަން ކުރާނެ އުސޫލުންނެވެ. އަނގައިން އަޑު ބޭރުވެދާނެތީ އަނގަމަތީގައި އަތް އަޅާލައިގެން ދުވެފައި ގޮސް ފާހާނާ އަށް ވަދެ ދޮރު ކައިރިކުރިއެވެ.

ކޮޓަރިއަށް ވަން ލޫކް އެނދުގައި އޮށޯވެ ރަޖާ ބޮލާއެކު އަޅާލީ އެއީ ނުވާ ކަމެއްގެ ގޮތުގައި ހަދާށެވެ. އަލްޔާ އަކީ މީހެއްގެ އަންބެކެވެ. އަލްޔާ ގެ ގައިގާ އެގޮތަށް ލޫކަށް އަތް ލެވިގެން ނުވާނެއެވެ. ނަމަވެސް ވެދިޔަ ކަމެއް ބަދަލުކުރެވޭނެ ހެއްޔެވެ؟ ފާއިތުވެ މިދިޔަ ދެތިންމިނިޓް ކުރިން ލޫކް އަތުތެރޭގައި އަލްޔާ ނުވާކަމަށް ހެދޭނެ ހެއްޔެވެ؟ ގަދަކަމުން ނިދަން ވެގެން ދެލޯ މަރާ ބާރުކޮށްގެން ލޫކަށް އޮވެވުނީ ކިހާ އިރަކު ކަމެއް ވެސް ނޭނގެއެވެ.

 

ފަތިހުގެ ސެޝަންތަކަށް ލޫކަށް ދާން ޖެހުނީ ނުނިދައެވެ. ކޮޓަރިން ނިކުތުމަށްފަހު ސިއްރުން އަލްޔާ އާއި ޝައިމްގެ ކޮޓަރިއަށް ލޫކް ބަލާލިއެވެ. ލޫކް ބޭނުންވީ އަލްޔާ އަށް ނުފެނި ގެއިން ބޭރަށް ނިކުންނާށެވެ. ބަދިގެއާއި ދިމާލަށްވެސް ބަލާލިއެވެ.
“ލޫކް އާދެބާ ކޮފީއެއް ބޯލައިގެން ދާން. އަދި ވަގުތު ވެސް އެބައޮތެއްނު” ދޮރުން ނިކުންނަން ދިޔަ ލޫކް ޝެނާ އަށް ފެނުމުން ގޮވާލިއެވެ. ޝެނާގެ އެދުމަށް ދެކޮޅު ހަދާކަށް ލޫކަށް ނުކެރުނެވެ. އެހެންކަމުން މޭޒު ކައިރީގައި ޖައްސާލީ ޝެނާ ބުނިހެން އަދިވެސް ވަގުތު އޮތީމައެވެ.

“ލައި ވެސް އާދޭ”  ލޫކަށް ކޮފީ ދެމުން ޝެނާ އަލްޔާ އަށް ގޮވާލިއެވެ. އެއަޑަށް ލޫކް އިސްއުފުލާ ބަދިގެއާއި ދިމާލަށް ބަލާލިއެވެ. ލައި ވެސް މިހާ ފަތިހާ ހޭލާ އުޅެނީ ހެއްޔެވެ؟

“ދޮންތަ ބޭބީ ކޮބާ؟ ” ލޫކް ގެ ހިތާއި ސިކުނޑި އަލްޔާގެ ހިޔާލުތަކުން މިންޖުކުރުމަށްޓަކައި ޝެނާ އާއި ސުވާލުކޮށްލިއެވެ.  “ބޭބީ ވީ ޝައިމް ކައިރީގައި އެކޮޓަރީގަ. މި ލައިގެ އަތް ރޭގައި ކޮފީ އެޅިގެން ވަރަށް ބޮޑަށް ފިހިގެން ޑޮކަށް ދާންވެގެން ތެދުވެ މިއުޅެނީ. ވަރަށް ބޮޑަށޭ ފިހިފައި އޮތީ”

އެވަގުތު އަލްޔާ ބަދިގެ އިން ނިކުމެގެން އެމީހުންނާއި އަރާ ހަމަވީއެވެ. ލޫކް ގެ ސަމާލުކަން މަޑުމަޑުން ނިކުމެގެން އައި އަލްޔާ އަށް އަމާޒުވިއެވެ. ވަގުތުން ލޫކަށް ތެޅިގަނެވުނީ އަލްޔާގެ އަތް ފެނިފައެވެ. މާބޮޑަށް ދޮން ނޫން އަތަކަސް މުޅި އަތް އޮތީ ރަތް އަރާފައެވެ. ލޫކް ގެ ހިތް މަޑު ކަފަ ކޮޅަކަށް ވެގެން ދިޔައެވެ.

އަލްޔާ އަށް ބަލާލިއިރު އަލްޔާ ވެސް ހުރީ ލޫކަށް ބަލާށެވެ. އެދެލޮލުން ލޫކަށް ފެނުނީ ޝަކުވާއެވެ. މިނޫނީ އަދި އަލްޔާ އަށް އެނގިގެން ލޫކް އަލްޔާ އަށް އިސްއުފުލާ ބަލާލާފައެއް ނުވޭއެވެ. ހަތަރުކަޅި ބައްދަލުވުމާއެކު ލޫކް އެހެންދިމާލަށް ބަލާލިއެވެ. އެދެލޮލުގައި ވާ އެއްޗެއް ނޭނގުމުގެ ތެރެއިން ވެސް އަލްޔާ އަށް އެނގޭކަށް ލޫކް ބޭނުމެއް ނުވޭއެވެ. މިއަދު ލޫކް ގެ ހިތުގައި ވަރަށް ބޮަޑަށް ޖެހިއްޖެއެވެ. އަލްޔާގެ އަތަށް ހޫނު ކޮފީމަގު ބަންޑުންވިކަން ލޫކަށް ނޭނގުނީ ކީއްވެގެން ހެއްޔެވެ؟ އެކަން އެނގުނު ނަމަ އެހާލުގައި އަލްޔާ ދޫކޮށްނުލީހެވެ.

“ހިނގާ ދާން ދޮންތާ”  އަލްޔާ ޝެނާ އަށް ބުންޏެވެ. ލޫކް ފަސްދީ ދޮރުން ނިކުންނަން ދިޔަ އަލްޔާ އަށް ބަލަން ލޫކް އިނީ ރޮވިފައިވާ ދެލޮލަކުންނެވެ. އަލްޔާ އެއްފަހަރު ފަސްދީ ބަލާލާނެނަމައެވެ. ހިތަށް ކުރި އަސަރުން ލޫކް މޭޒުގައި ބޯއަޅާލި ވަގުތު އެއީ އަލްޔާ ފަސްދީ ލޫކަށް ބަލާލި ވަގުތެވެ. ލޫކް އޮތް ގޮތުން އަލްޔާ ހިތުގައި ޖެހުނެވެ. ވަގުތުން ކައިރިއަށް ގޮސް ލޫކް ގެ ހިތުގައި ފިރުމާލަން ބޭނުންވިއެވެ. އަލްޔާ ގެ ސަބަބުން އެހިތުގައި ލެވިފައިވާ ލަކުނުތަކަށް ފަރުވާއެއްދީ އެދެލޮލުގައި ބޮސްދޭން ހިތްއެދުނެވެ.

 

ޓްރެއިނިންގް ޕްރޮގްރާމް ނިމި ބައިވެރިވި ހުރިހާ ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކުރުމުގެ ޖަލްސާ ނިންމާލިތަނާ ލޫކަށް ދައުވަތެއް އައީ ޝަރީފާގެ ފަރާތުންނެވެ. އެގޭގައި ލޫކަށް ހާއްސަކޮށް އޮތް ކެއުމަކަށެވެ. އެޕްރޮގްރާމްގައި ޝަރީފާ ބައިވެރިވެ ލޫކްގެ އިރުޝާދުތަކާއި އެއްގޮތަށް ކަންތައް ކުރުމުގެ ސަބަބުން ޝަރީފާ ވަނީ ސަތޭކަ ސަތާރަ ކިލޯ އިން އަށްޑިހަ ފަސްކިލޯ އަށް ހިއްކާލާފައެވެ. ޝަރީފާ އަށް މީ ވަރަށް ބޮޑު ވަރެކެވެ. މިކަމާއި ޝަރީފާ ހުންނަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. ޝަރީފާގެ ހިތަށް ލިބިފައިވާ އުފަލެއްގެ ބޮޑުކަމުން ކޮލުދަތްތައް ވެސް ހުރީ ފެންނާށެވެ. ޕޮލިސް ސްޓޭޝަންގައި ތިބި ހުރިހާ ފުލުހުންނާއި އެއްކޮށް ލޫކް ކާން ދިޔައިރު އެގޭގައި ސަޖޫލް އާއި އެއްކޮށް އަލްޔާ ވެސް ހަރަކާތްތެރި ވަމުން ދިޔައެވެ.

އެގެއަށް ޝަރީފާ އަލްޔާ ގެނައީ ސަޖޫލް ކިޔާ ވަރުންނެވެ. އަލްޔާގެ އަތުގައި ފިހިފައިވާ ތަނަށް ލޫކަށް ބަލާލެވުމާއެކު ލޫކް ގެ ހިތުގައި ރިއްސައިގަތެވެ.

“އައްދެ ލައިގެ އަތަށް ހާދަ ވަރެކޭވެފަ ތިއޮތީ. ޔަގީން ޝައިމް ގެ ކަމެއް ކަން ތީ. ފިހެލީ ދޯ އެހާ އަވަހަށް” އެތަނުން ފުލުހަކު އަލްޔާ އާއި ދިމާކޮށްލިއެވެ.

“އެއީ ތެދެއް. ޝައިމް އަކީ ހާދަ ގޯސް މީހެކޭ ދޯ. ލައި އަށް އަނިޔާ ވެސް ކުރަނީތަ”  އެހެންކުއްޖަކު ބުންޏެވެ.

“ނޫނޭ ތިހީވީ އަދި ރަނގަޅަކަށް ނޫން. އެއީ ހަމަ ލައްކައަކުން އެކެއް. ޝެމް މަށަށް ތަދުވާނޭ ގޮތަކަށް އިނގިލީ ކުރި ވެސް ޖައްސާނުލާނެ”  ފަހު ޖުމްލަ އާއިއެކު ފޯނާއި ކުޅެން އިން ލޫކަށް އަލްޔާ ކަޅިއެއް އެއްލިއެވެ. ހަގީގަތުގައި އަލްޔާ ބޭނުންވީ ލޫކަށް ވާގޮތެއް ބަލާށެވެ.

“ތަންކޮޅެއް ދުރުގައި ހުރި ސަޖޫލަށް ބެލެނީ ލޫކަށެވެ. މިވަގުތު ލޫކް ގެ ހިތުގައި ރިއްސާނެވަރު ސަޖޫލަށް އެނގޭކަހަލައެވެ. ކުއްލިއަކަށް ކޮށްލެވުނު ހަރަކާތެއްގެ ސަބަބުން އަލްޔާގެ އަތުގެ ފިހިފައި ހުރި ތަނުގައި ހާކާފައި ހުރި ބޭހުގެ ވަސް އަލްޔާގެ ނޭފަތުގައި ޖެހުމާއެކު މޭބޮޑުވެ އޯކަށް ދަމައިގަތެވެ. ދުވެލާފައި އަލްޔާ ބަދިގެއަށް ވަދެ ޒިންކާއި ދިމާލަށް ގުދުވެލި ތަން ލޫކަށް ފެނުނެވެ.

“ސަޖޫލް ދޭބަލަ އެމަންޖެ ކައިރިއަށް”  ޝަރީފާ ސަޖޫލް އަށް ބުންޏެވެ.

“އަނހަ އެވީ ކިހިނެއް؟”  އެތަނުން އެކަކު ބުންޏެވެ.

“މައިގޯޑް….ހޮޓްމޯމް އަކަށް ވަނީ ދޯ ލައީ” މިހުރިހާ އިރު އެއްޗެއް ނުބުނެ އިން ފައިސަލް އަށް އެގޮތުގައި ނީނދެވުނެވެ.

އެވަގުތު ލޫކް އަތުގައި އޮތް އުލާއި ސަމްސާ ތަށި ތެރެއަށް ދޫވީ ބޭއިހްތިިޔާރުގައެވެ. އޭރުވެސް އަލްޔާގެ އޯކަށް ދެމުމުގެ އަޑު ލޫކަށް އިވެމުން ދިޔައެވެ.

ލޫކް ބަނޑުއިވެފައި އިންނަމަވެސް އިނީ ކާހިތްނުވެފައެވެ. އޭނާގެ ގެ ސިކުނޑި ހިތަށް ނުބައި ސިގްނަލެއް ދޭން ފެށުމުން ކާއެއްޗެހި މަތިން އިނީ މުޅިން ފޫހިވެފައެވެ. ދެއަތުން ބޮލުގައި އަތްއަޅާލިއެވެ. ދެލޮލުގެ ތެރޭގައި ބޮނޑިވެގަތް ކަރުނަތިކި ވެއްޓެން ތައްޔާރުވިއިރު އެތަނުން ކުއްޖަކަށް މަންޒަރު ފެނިދާނެތީ ލޫކް ހިތްދިރުވާލިއެވެ. އަވަސް އަވަހަށް ދެލޯ ސާފުކޮށްލަން އަތް ހަރަކާތްކުރުމުގެ ކުރިން ދެލޮލުން އެެއްކޮށް ކަރުނަ ތިކި ތިރިއަށް ދަތުރުކުރިއެވެ.

 

“އުފާވެރި ހަބަރެއް ތޯއްޗެއް”  ހީލާފައި ޝަރީފާ މިބުނި އެއްޗަކުން ލޫކް ގެ ލަގޮނޑިއަށް ބާރުވެގެން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (25)

  1. Aru

    Vv reethi ??❤️

    1. Ushaali
      Aru

      thankyou Aru.. 🙂

  2. Navya

    Hahaha navy 1st tha? vaahaka vvvvv habeys ??? next part ah v inthixaaru kuran. ..

    1. Ushaali
      Navya

      thankyou navy… ekamu mifaharu navy second dhw 🙂

  3. Ushaali

    huriha kudhin kihinehtha haalu? mi part ves kiyaalaa 🙂 evves kuhjjeh dher nuvahche. dhn in part ves varah avahah genesdheynan. insha allah. 🙂 🙂 🙂 bye bye huriha kudhin… goodnight…… love you emmen 🙂

  4. Hassu

    Alheyy luhku hadha dhera vaaney ehkahala manxaar fehnuneema..then nuhadhaabaa luhku ah ..luhku and alyaa avahah gulhu vabaaa they would be perfect couple❤.keep it up..waiting

  5. Aimsithu

    Reethi.. ekam thankolheh dhigu koh genes dheebala

  6. shai

    Ushaa ….reethi mi part wex… keep it up dear <3 <3

  7. ahooo

    thanx up kohdhineema..bt faahaga kurevubu than kohleh bunelaanan..six month vandhen ekkoh uluhunu iru alyaa ah shaim ge dhekudhin thibeykan neygun ey massala eh..cox six month vaairu gaimu shaim eynage kudhinah gulhaanethaa dhw tok vx kuraanethaa dhw..atleast alyaa ah konmevx gothakun shakku vaanjeheyne mihaaru..mee ahoo ah fenna gieh cox ehkkoh eh room ehga ulhey iru dhw…mee hama hiyaaleh igey..

    1. Meera
      ahooo

      Asluves dhen konmmeves varrhgge shakkeh vaanvaane mihaaru. Dhen ekmaku ok liyuntheryaa ah thaa vaahaka kuriah gendhaane gotheh engeynee. Ekamaku dhen egothah misunderstandin veema e dhe meehun vaahaka nudhekki ithurah dhemeehun dhuruvaanee. Look ves hingaidhaane eynage rashah. Eyrah varah dheravaane. Alhe ehen nahadhahchey plssssss

    2. Ushaali
      ahooo

      thankyou so much ahoo thi hiyaalah. meehaku kameh sirru koffiya kithanme gina dhuvaheh ves ekan sirreh gothuga ovedhaane dhw… ehenve bunany vagakah haas dhuvahey veriyakah eh dhuvahey… photo frame fenumun ves alya suvaalu kuri dhw. photo vahtharey ves buni dhw shaim aa. ekamu egey myhn kihaa reethikoh alya ah olhuvaaly. ekamu kuriah huri part thakuga ahoo ge thi suvaalu thakah javaabu libeyne. 🙂 🙂 🙂

  8. faidhaS

    heekurin egeytherein look n lai aa vaahaka dhenkeyne kamah, ehenehnuvi ……look vvv dheravehji 🙂 🙂

  9. Ashvy

    Salhi ???Alhe luke my darlimg.. thivarah dhera nuveba dhen.. mihithah ves haadha thadhuveyey ???

  10. Fathun

    Alhey mirei next part ves beynun. Hiy talhuvaalaifi. Alhey efaharu alya nd luke vahaka dhekiya dhybala

  11. Nish

    Dhen eha varah edhekudhin dhera nukurey

  12. candycane

    Alhey look dheravaane 🙁 look ah ehn nahadhaba dhn..
    Sajool keevetha alya ah ekan sirru kurany.. Alya look dheke loabi vaakan egi hure ves.. ?
    Next part avahah gensdhibaaaaa

  13. New girl

    Salhi…ushaali kihinehtha thi hadhany…look ah ehen nahadhaba….efakyru maruvedhaanehnu thihaa varu kurahnyaa…?????

  14. nikyy

    Mihaaru mi part 2faharu kiyaafi reethi kamu…wow???

  15. Broken heart

    Vr dhera vehje…rovifa inee?.vr rythi story…one of the best story in this site?

  16. Dhondhooni.

    Woww v v reethi???ekamu look ah thihin nahadhaa ushaali?v v dhravey look ah vaagothun…lai n look ah vaahakadhehkeyne gothoh hadhaadheebala..shaim ge kanthah lai ah avahah engeynenama?..usaali haadha molhey dhw mivaahaka v v reethi?look ge bai kiyaafa hamarove v v asarugadha..lai n shaim akee ehrashehge 2meehun dhw dhen keehve neyngenee shaim ge 2kudhin thibikan..aslu konmes meehehge faraathunves ingeyne ehrashehviyyaa..mi kihinehvaakameh ushaali..but story v v nice???witin 4 the nexte part

  17. Khajja

    Alhey look haadhadherave hithuga jeheyneyey efakyrah ehen nahadhabala sajool bunebala look kairy dheranuvaashey lai ekahala gulhumeh shaim aa nethey pls look dheranukobbala ushaaly insaanunnah keyvaanyves vakivarakah dhw stry v habeys vvv rythi n waitin nxt prt gud nyt all…..?????

  18. Esoru

    Alhe lai ah hama neygenytha shaim ge kudhin thibikan marriage ceteficate ga ves innaany 2 marriage kamah dhw evaruves hama neygenytha lai ah eh ge egga ulhey iru eh room ga nidhaairu 6 months vyru dharinnaa shaim vaahaka dhakkaa adumyvun thy ajaibeh dhw beyruga ulhey vaguthuthakuga kudhinnaa talk kuriyas shakku kureveyne kanneynge 6 months v ru thats an idea ingey n ushaaly look fakyrah ehen nahadhaa esoru moyavedhaane ennu mihaaruves kiriyakiriyaa efakyru ehunnany hama gaimuves readers v dheravey look ah ehen hadhaathy but stry awsome v v habeys

    1. mary
      Esoru

      agree with esoru. marriage certificate innaane kawiveneege adhadhu ves. alhe look an alya gulhuvabala pls

  19. Axee

    Ushaaaaaaaaaaaaaaaaaaaa thihen nahadhaaasheyyy loooook ah?????.axee dhaanvy dho looook gaathah???…mi beyves varahv v v v salhi ..hama rohvaalaafi

  20. Salko

    V reethii aneh part avaha up koh dhechey!!

Comments are closed.