Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާލޯބި އެނގޭނަމަ… 13

Ushaali Level 810 Stories100 Comments100 Stories500 Comments
November 13, 2016 8 Mins Read
20 Comments

“ލޫކް ސަރ….މިރަށުގަ” ފަހަތުގައި ހުރި ބަތޫލްގެ އަޑު ކަންފަތުގައި ޖެހުމާއެކު އަލްޔާ ގަނޑުވި ކަހަލައެވެ. ލޫކް އަނެއްކާ އައީ ހެެއްޔެވެ؟ ފަހަތަށް ބަލާލާކަށް ވެސް އަލްޔާ އަށް ނުކެރުނެވެ. މިދަނޑިވަޅުގައި އަލްޔާ އަށް ލޫކް ފެނިއްޖިއްޔާ އަނެއްކާ ހިތްވަރުއެލޭ ގޮތް ވެދާނެއެވެ. ސަޖޫލް އަލްޔާ އަތް ތިލައަށް ފިތާލުމާއެކު އަލްޔާ ހިތްވަރުކޮށްފައި ފަހަތަށް އެނބުރުނެވެ. އެއާއެކު ދެލޯ ފުރިގެން އައެވެ.

ދާދި ކައިރީގައި ސައިކަލް ބަހައްޓައިގެން އޭގެމަތީގައި އިށީނދެގެން އަލްޔާ އަށް ބަލަހައްޓައިގެން އޭނީ ލޫކް ނޫން ދެވަނަ އިންސާނެއް ނޫނެވެ. އަލްޔާ އިސްޖަހާލިއެވެ.

“ލައި” ޝަރީފާ އަށް ނޭނގޭނެހެން ސަޖޫލް އަލްޔާ ކައިރިއަށް ޖެހިލާފައި މަޑުމަޑުން ގޮވާލިއެވެ. ސިއްރުން އަލްޔާ އޭނަގެ ދެލޯ ފޮހެލިއެވެ. “ސަޖޫ! އަނެއްކާ ލޫކް އެއައީ. އޭނަ ކީއްކުރަން މިތަނަށް އައީ. އޭނަ ފޮނުވާލާ” އިސްޖަހާލައިގެން ހުރެ އަލްޔާ ސަޖޫލް ކައިރީގައި ކިޔަމުން ދިޔައެވެ. “ލައީ! ކޮބާ ލޫކް. ސާބަހޭ. ރަނގަޅަށް ބަލާލަބަލަ. އެއީ ލޫކް އެއް ނޫނޭ” ސަޖޫލް އަލްޔާ އަތުގައި ހިފާލަމުން ބުންޏެވެ.

އަލްޔާ އިސް އުފުލާ ސަޖޫލަށް ބަލާލިއެވެ. ދެން ބަލާލީ ދާދި ދެންމެއަކު އަލްޔާ އަށް ފެނުނު ޒުވާނާ އަށެވެ. ތެދެކެވެ. އެއީ ލޫކެއް ނޫނެވެ. ޒުވާނާގެ މޫނު އަލްޔާ އަށް ލޫކް ގެ ސިފައިގާ ފެނުނީ ކީއްވެހެއްޔެވެ؟ ބަތޫލް ޒުވާނާ ކައިރީގައި ވާހަކަދައްކަން ހުރުމަށްފަހު އެންމެން ކައިރިއަށް އައިސް ހީލިއެވެ. އަލްޔާ ރޮވިފައިވާ ދެލޮލުން އަދިވެސް ބަލަން ހުރީ ޒުވާނާ އަށެވެ. ޒުވާނާ އަށް ވެސް އެކަން ފާހަގަވީ ކަންނޭނގެއެވެ. ކައިރީގައި ހުރި އަންހެންކުއްޖެއް އެވަރަށް ބަލަން ފެށުމުން ލަދު ނުގަންނާނީ ކާކު ހެއްޔެވެ؟ ޒުވާނާ ސައިކަލުގައި ކުރިއަށް ދުއްވައިލުމުން އަލްޔާ ތެޅިގަނެފައި ހަމަޖެހިލިއެވެ. “އެއީ އިންގްލިޝް ޓީޗަރ” އެއްވެސް މީހަކު ނާހަނީސް ބަތޫލް ބުންޏެވެ. ސަޖޫލް ހީލާފައި އަލްޔާ އަތުގައި ހިފައިގެން ހިނގައިގަތެވެ.

ކުރިއަށް ހިނގަމުންދިޔައިރު އަލްޔާ ވިސްނަމުން ދިޔައެވެ. ހޭލާ ހުންނަ އިރު ވެސް ފެންނަނީ ލޫކެވެ. މީސްމީހުން ވެސް ފެންނަނީ ލޫކް ގެ ސިފައިގައެވެ. މާދަމާ ޝައިމް ލޫކް ގެ ސިފައިގާ ފެނިދާނެއެވެ. އެ އިންސާނާ މިހުރީ ހަމަ ރަނގަޅަށް ވެސް އަހަރެން މޮޔަ ކޮށްލާފައެވެ. އަލްޔާ ތުންފިއްތާލިއެވެ. އިސާހިތަކު ދެވަނަ ފަހަރަށް އެދެލޯ ފުރިގެން އައެވެ. ތުންފަތުގައި ދަތްއަޅާލީ އެހެންކަމަށް ހިތާއި ސިކުނޑީގެ ވިސްނުން ބަދަލުކުރަމުންނެވެ.

 

 

ހުކުރު ދުވަހު މެންދުރު ކާން އާއިލާ ހުރިހާ މީހުން މޭޒު ކައިރީގައި ތިބި ވަގުތެވެ. ލޫކް ވެސް ހިމޭންކާމާއެކު މުރަނގަތޮޅި ކިރުގަރުދިޔަ އާއި ބަތާއި ކާން އިނެވެ. ކުޑަމަނިކެ އާއި ރަފީފާ އެންމެންނަށް އަތް ގާތް ކޮށްދޭން ކައިރީގައި ހުއްޓެވެ.  “ދަރިފުޅާ ނައުފާން. ބުނީމެއްނު ޓެސްޓެއް ފަށާ ވާހަކަ. މިހާރު ކުރިއަށް އެބަދޭތަ ޓެސްޓް”  ހަސަންފުތު އޭނާގެ އެންމެ ހަގު ދަރިފުޅު ނައުފާނާއި ވާހަކަދެއްކިއެވެ.

“އާން…ބާކީ އިނީ ފިޒިކްސް އެކަނި. ސަންޑޭގަ އޮތީ”  ނައުފާން ޖަވާބުދިނެވެ.  “ދަރިފުޅާ ވަރަށް ރަނގަޅަށް ކިޔަވައްޗެ. މި އާއިލާ އިން އެންމެ ރަނގަޅަށް ކިޔެވީ ތިއްތި. ދޮންބެ ވެސް މާމޮޅު ނަތީޖާއެއް ނުހޯދި ކަމުގައި ވިޔަސް ކިޔެވި. ދަރިފުޅު މަސައްކަތް ކުރަންވާނެ ތިއްތި އަށް ވުރެ ވެސް ރަނގަޅު ނަތީޖާއެއް ހޯދަން”  ލޯތްބާއެކު ނައުފާނަށް ނަސޭހަތްދެމުން ހަސަންފުތު ދިޔައެވެ.

“ކާފާ! ޔޫޝައު ވެސް ވަރަށް މޮޅޭ އާންޓީ ބުނި. ދޯ މަންމީ”  ހަސަންފުތު ކައިރީގައި ކާން އިން ޔޫޝައު ބުނި އެއްޗަކުން އެންމެންނަށް ހެވުނެވެ.  “ލޫކް ބުނީމެއްނު ފްރެންޑްލީ މެޗެއްގެ ވާހަކަ. ކޮންއިރަކުން އޮތީ. ދޮންބެ ބޭނުން މިފަހަރު ކުޅެލަން. މިހާރު ބަނޑަކާއި ހެދި އުދަގުވާވަރުވޭ”  އަފްހަމް ވާހަކަދެއްކީ މިހުރިހާ އިރު ވެސް މަޑުން ކާން އިން ލޫކާއެވެ. އާނ.. ލަސްކޮށްފި މިހާރު. މިއުޅެނީ ތިންދުވަހަށް ކުރިން ހުރި ރަށަށް ދާންޖެހިގެން. މި ހިތަށް އަރަނީ ނުދާނަމޭ. އެރަށުން އައި ދައުވަތަކަށް. ސްކޫލް ކުދިންނަށް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގާތީ”  ލޫކް އިސްއުފުލާލަމުން އަފްހަމް އަށް ބުންޏެވެ.

“އެއީ އަލްޔާގެ ރަށްތަ”  ކުޑަމަނިކެ އަހާލިއެވެ.

“ލައްބަ މަންމާ. އެހެންވެ އަޅުގަނޑު މިއުޅެނީ ނުދާންވެގެން. ލައި ފެންނަ ހިސާބަކަށް ދާން ބޭނުމެއްނޫން. މިދަނޑިވަޅު އަޅުގަނޑަށް ލައި ފެނިއްޖިއްޔާ މިކުރާ ހުރިހާ މަސައްކަތެއް ފެނަށް ވެގެން ހިނގައިދާނެ”  ލޫކް އެހެން ބުނުމުން ކުޑަމަނިކެ ފެންކަޅި ވިއެވެ. ލޯބިވާ ދަރިފުޅަށް ވިސްނަދޭން ބޭނުންވިއެވެ.

“ތިހެން ނުބުނޭ ދަރިފުޅާ. ތިރަށަށް ވާނީ ދާން. ގިނަވެގެން ވެސް ހަފްތާއެއްނު ވާނީ. މަންމަގެ ދަރިފުޅަށް ކެތްވާނެ. މަންމަ ކީކޭ ބުނީ. ދުނިޔެވީ ހަޔާތް ފުރިފައިވަނީ އިމްތިހާނުތަކުން. ހިތާމަތައް ކުރިމަތިވާނެ. ތަކުލީފުތައް ޖެހޭނެ. ހިތްނުތަނަވަސްވުންތައް އަންނާނެ. މި ހަގީގަތް ގަބޫލުކުރުމަކީ ވެސް އިމާންކަމުގެ ތެރެއިން ހިމެނޭ ކަމެއް. ތިމާ ހިތްހެދޭ ހުރިހާ ކަމެއްވާ ހަމައެކަނި ތަނަކީ ސުވަރުގެ” ލޫކްގެ ބޮލުގެ އިސްތަށިގަނޑުގައި ފިރުމަމުން ކުޑަމަނިކެ ނަޞޭޙަތްދިނެވެ. ލޫކް ކުޑަމަކިގެ މެދުހަށީގައި ބައްދާލުމާއެކު ރޮވިއްޖެއެވެ. ހަސަންފުތު ލޫކްގެ ބުރަކަށީގައި ފިރުމާލީ މިހުރިހާ ކަމަކީ އޭނާގެ ސަބަބުން ވީ ކަމެއް ކަމުގައި ނިންމާ އަމިއްލަ ނަފްސު ކުށްވެރިކުރަމުންނެވެ.

 

ދުވަހެއް ދުވަހަކަށް އަލްޔާ އާއި ޝައިމް އާއެމެދު އުފެދިފައިވާ އެކުވެރިކަން ފުޅާ ވަމުން ގޮސް މިހާރު ޝައިމް ނިދަނީ ވެސް އެނދުގައެވެ. އަލްޔާ ދެކޭ ގޮތުގައި އެއްތަނެއްގައި ނިދި ކަމުގައި ވިޔަސް ކަމެއް ކޮންޓްރޯލް ކުރަން ބޭނުންވެއްޖެނަމަ ކުރެވޭނެއެވެ. އަލްޔާ އަށް ނޭނގުނީ އެއިން ކޮންމެ ރެއަކު ނަފްސު ކޮންޓްރޯލް ކުރުމަށްޓަކައި ޝައިމް ކުރަން ޖެހޭ މަސައްކަތެވެ.

އެގޮތުން އެކަހަލަ ރެއެކެވެ. ފާހާނާ އިން ނިދާ ހެދުން ލައިގެން ނިކުތް އަލްޔާ އެނދަން އެރިއިރު ޝައިމް އެނދުމަތީގައި ލެޕްޓޮޕުން މަސައްކަތެއް ކުރުމަށްޓަކައި އިނެވެ. ގަޑިން ބާރަ ޖަހަން ގާތްވެފައި ހުރިއިރު ޝައިމް އަކީ ބާރަ ޖެހުމުގެ ކުރިން އަބަދުވެސް ނިދަން އާދަވެފައިވާ މީހެކެވެ.

“ކީއްތިކުރަނީ މިހާ ލަސްވަންދެން”  އަލްޔާ އަށް ވީ ޖާގައިގާ އޮށޯވެލަމުން ޝައިމް ކުރެން އަހާލިއެވެ. ޝައިމް އަށް ނޭވާ އެތެރެއަށް ދަމާލެވުނީ އަލްޔާގެ ޖިސްމުން ދުވި ލުއިލުއި މީރު ވަހުންނެވެ.  “ނިންމާލީ މި”  ލެޕްޓޮޕް ސައިޑް ކަބަޑް މަތީގައި ބަހައްޓަމުން ޝައިމް ބުންޏެވެ. އަދި ކުއިލްޓް ގައިމަތީގައި އަޅާލަމުން އަލްޔާ އާއި ވީ ދިމާލަށް އެނބުރުނެވެ.

“ނިދަން އުޅެމާ. މާދަމާ އެއްކަލަ ޓްރެއިނަރ ރިސީވް ކުރަން ލައި ވެސް މަ ވެސް ދާންޖެހެއެއްނު. ޓްރެއިނިން ފަށާނެ ތިން ދުވަސް ފަހުން. އެއްކަލަ ގެސްޓް ރޫމް ދޮންތަ ރެޑީ ކުރިދޯ”  ޝައިމް އަހާލިއެވެ.

“ދޮންތައަކަށް ނުވާނުން. އެހެންވެ ލައި އެކަން ކޮށްލިން. މާ ބޮޑު ކަމެއް ކުރާކަށް ނުޖެހުނު. ކުޑަކޮށް ކިލާވެފައި ހުރި ތަންތަން ފޮޅާލާފައި އެނދުގެ ބެޑްޝީޓް ބަދަލުކުރީ” އަލްޔާ ބުންޏެވެ.

“ކީއްކުރާނީ ޕްރިންސިޕަލް އެގޮތަށް އެދިލެއްވީމަ ނޫނެކޭ ބުނަން ނުކެރުނީ. ޕޮލިސް ސްޓޭޝަން ވެސް މިދުވަސްކޮޅު މާރާމާތު ކުރަނީވިއްޔާ. އެހެންނޫނަސް އަނެއްހެން އޯކޭއެއްނު. ސްކޫލުން އިންވައިޓް ކޮށްގެން އަންނަ މީހަކު ނުޖެހޭދޯ ޕޮލިސް ސްޓޭޝަނުގައި މަޑުކުރާކަށް. އަދި މަޑުކޮށްބަލަ. ކައުންސިލުން ވެސް ބޭނުންވެޔޯ ރައްޔިތުން ތެރެއިން އެދޭ މީހުން ޕީޓީ ގައި ބައިވެރިކުރަން. އެއީ ތެދެއްތަ”  ޝައިމް އަލްޔާ ކުރެން އަހާލިއެވެ.

“ކޮންނަމެއް ކިޔާ މީހެއްތަ އެއީ. ސަރ ދިން ފޯމުގައި އިން ނަންވެސް ބަލާނެލުވުނު އަވަސްކުރަން ވެގެން”  އަލްޔާ ވާހަކަދެއްކިއެވެ.

“މަވެސް މިހާރު ހަނދާނެއްނެތް… ދެން މާދަމާ އެނގޭނެތާ ދޯ”  އެއްއަތުން ބެޑްލައިޓްގެ އަލި ފަނޑުކޮށްލަމުން ޝައިމް ސީދާ ވެލިއެވެ. އަލްޔާ ވެސް ސީދާވެލުމަށްފަހު އެއް އަތްނަގާ ބާއްވާލީ ބޯމަތީގައެވެ. ވާހަކަނުދައްކާ ހިނދުކޮޅެއް ދިޔުމަށްފަހު ޝައިމް އަލްޔާ އަށް ގޮވާލިއެވެ.

“ލައި! ނިދީތަ”  ކުޑަވަގުތުކޮޅެއްގެ ހިމޭންކަމަށްފަހު ޝައިމް ގެ އަޑު އަލްޔާ އަށް އިވުނެވެ. “ނޫން… އަދި ނުނިދޭ.. ކިހިނެއްވީ”  އަލްޔާ ހަށިގަނޑަށް ހަރަކާތެއް ވެސް ނުގެނެސް އިއްވާލިއެވެ.  “ވާހަކައެއް ބުނަންވެގެން”  ޝައިމް ބުންޏެވެ. “ބުނޭ… އަޑުއަހަން މިއޮތީ”  ޝައިމް ކުރުއަތްމައްޗަށް އޮވެ އަލްޔާ އަށް ބަލާލިއެވެ. އަލްޔާ ވެސް ޝައިމް އާއި ވީ ފަރާތަށް ބަލާލާ ކަންނެޔޮ ހަށިގަނޑާ ކައިރިއަށް ޖައްސާލިއެވެ. އެނދުމަތީގައިވާ ކުޝަންތަކުން ވަނީ އެނދު ދެބައި ކޮށްފައެވެ.  “ގުޑްނައިޓް”  ހީލަމުން ޝައިމް ބުނީ ހަމައެކަނި އެހެންނެވެ. އަލްޔާ ވެސް ހީލަމުން ރޭގަނޑުގެ އެންމެ ފަހުގެ ސަލާން ޝައިމް އާއި ކޮށްލިއެވެ.

ހެނދުނު އެގާރަ ޖަހާލީހާއިރެވެ. ރަށުތެރެއަށް ދިއްލާފައިވާ ގަދަ އަވިން އިންސާނުންގެ ހަންގަނޑު ވިރޭހާވެއެވެ. އަވިގަނޑަށް ސީދާ ނަޒަރު ދިމާކޮށްލި މީހަކު ގެ ދެލޯ ތަރަތަރަ ޖަހައިގެންދާނެކަން ކަށަވަރެވެ. އެހެންކަމުން ކޮންމެ މީހަކު ވެސް ބަލަނީ އަވި އައިނަކުން ނުވަތަ އެފަދަ ކޮންމެސް އެއްޗަކުން އެމީހަކު ގެ ދެލޯ ސަލާމަތްކުރެވޭތޯއެވެ. ބަނދަރު ސަރަހައްދުގައި ހަދާފައިވާ ހަޓެއްގެ ތެރޭގައި ސްކޫލްގެ ޕްރިންސިޕަލާއި އިސްވެރިން އަދި ޕޮލިސް ސްޓޭޝަންގެ އިސްވެރިންގެ އިތުރުން ޝައިމް ވެސް ހުއްޓެވެ.

ދުރުން ކަނޑުގެ ރާޅުތައް ކަފަމުން އައިސް ޖެޓީއަށް ކައިރިކޮށްލި ލޯންޗު ފެނުމާއެކު ލޮލުގައި އަޅާފައިވާ އަވި އައިނު ނަގަމުން އެދިމާލަށް އަލްޔާގެ ދެލޯ ކުޑަކޮށްލާފައި ބަލާލިއެވެ. އަދި ޕްރިންސިޕަލް ގެ ފަހަތުން އަލްޔާ ވެސް ހިނގާލާފައި ލޯންޗާއި ކައިރިއަށް ދިޔައެވެ.

ދަބަސްކޮނޑުގައި އަޅުވައިގެން ބޭރަށް ނިކުތް ލޫކަށް ގޮތްތަކެއްވިކަން ކަށަވަރެވެ. ދެވަނަ ފަހަރަށް އެތެރެއަށް ދެމިގަތީ އެހެންވެއެވެ. އެތެރެއަށް ވަދެވުނުކަން ވެސް ނަސީބެކެވެ. ފޯނު ޝީޓް މަތީގައި އޮތްތަން ފެނުމުން އިތުރަށް މީހަކު ސުވާލެއް ވެސް ނުކުރާނެއެވެ. ޓީޝާޓުގެ ކަރުވަޅުގައި އަޅުވާލާފައި އޮތް އައިނު ލޮލަށް ހެއުވަރު ކޮށްލަމުން ލޫކް ފުން ނޭވާއެއް ދޫކޮށްލިއެވެ. އަލްޔާ މިފެނުނީ ހާދަ ދުވަހެއް ފަހުންނެވެ. ހަމަ އެރީތި ކަމެވެ. އެއްވެސް ބަދަލެއް ނާދޭއެވެ. އެތަނުގައި އަލްޔާ ހުންނާނެކަން ކުރިން ވެސް ލޫކަށް އެނގެއެވެ. ދެލޯމަރާލުމަށްފަހު ލޫކް ބޭރަށް ނިކުތީ ކުޑަމަނިކެ ބުނި ފަދައިން ހިނިތުންވެ ހުރެއެވެ. ހިތްވަރަކާއެކުއެވެ. އަލްޔާ އަކީ މީހެއްގެ އަންބެކެވެ. އަލްޔާގެ މައްޗަށް ލޫކަށް ދެއްކޭނެ އެއްވެސް ބާރެއް ނެތެވެ. އެއްރަށުގައި އުޅުނަސް ނުފެނި އުޅެވިދާނެއެވެ.

ލޯންޗުން ފޭބި ލޫކް ފެނުމާއެކު އަލްޔާ އަނެއް ފަރާތަށް އެނބުރުނެވެ. ޓްރެއިނަރ އަކީ ލޫކް ހެއްޔެވެ؟ އަލްޔާ އަށް ކުރިން ވިސްނާނުލެވުނީ ކީއްވެހެއްޔެވެ؟ އެއީ ލ.އަތޮޅުން އަންނަ މީހެއްކަން އަލްޔާ އަށް ކުރިން ވެސް އެނގެއެވެ. އެމީހަކީ ލޫކަށް ވެދާނެ ކަމާމެދު ކުރިން ވިސްނާނުލެވުނީ ކީއްވެހެއްޔެވެ؟ ލޫކް ދާނީ އަހަރެމެންގެ ގެއަށެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. ލޫކާއި އެއްފުރާޅެއްގެ ދަށުގައި ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟ ތަގްދީރު މިއަޅާ އާއި މިކުރަނީ ކޮންފަދަ ސަމާސާ އެއް ހެއްޔެވެ؟ އެމީހަކު މަތިން ހަނދާން ނައްތާލަން ބޭނުންވާ އިންސާނާ އާއި އަބަދު މި ދިމާވަނީ ކީއްވެހެއްޔެވެ؟ ލޮލުން ވެއްޓުނު ކަރުނަތިކި އަވަސް އަވަހަށް ފޮހެލުމަށްފަހު އަލްޔާ މީހުން ތިބި ދިމާލަށް ބަލާލިއެވެ.

ލޫކް އެންމެންނާއި ސަލާން ކުރަމުން އަލްޔާ އާއި އަރާ ހަމަވީއެވެ. ދެމީހުންނަށް ވެސް ހުއްޓުމެއް އައެވެ. އެހެންގޮތެއް ނެތިގެން ސަލާމަށް ކުރިން އަތް ދިއްކޮށްލީ އަލްޔާއެވެ. ނަމަވެސް ނޭނގޭ ކަމަށް ހަދާފައި ލޫކް ކައިރީގައި ހުރި ޕޮލިސް އޮފިސަރގެ ކޮނޑަށް އަތް އެއްލަމުން އަލްޔާ އާއި ދުރަށް ޖެހިލީއެވެ. ލޫކްގެ މި އަމަލުން އަލްޔާ ހިތުގައި ޖެހުނެވެ. އަލްޔާ އެގޮތަށް ދެރަކޮށްލުމުގެ ލޫކަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟

ލޫކްގެ މޫނުމަތީގައިވާ ހިނިތުންވުމުގެ މާނަ އަލްޔާ ނެގީ އެހެން ގޮތަކަށެވެ. ލޫކްގެ ދިރިއުޅުން ވަރަށް ބާއްޖަވެރި ކަމުގައި އަލްޔާ ނިންމިއެވެ. އަލްޔާ އަށް ފުރަގަސް ދީގެން ހުރި ލޫކަށް އަލްޔާ ވަރަށް ފުންކޮށް ބަލާލިއެވެ. ކުރިއަށް ވުރެ އެހަށިގަނޑު އަނަރޫފަ ވެއްޖެކަން ވަރަށް ބޮޑަށް އެނގެއެވެ. ޝައިމް އައިސް އަލްޔާގެ ކޮނޑުގައި ކޮށްޓާލުމާއެކު މެންދުރުގެ ކެއުން ތައްޔާރުކުރެވިފައިވާ ރެސްޓޯރަންޓަށް ދިއުމަށް ހިނގައިގަތެވެ.

އެއް ސުފުރާ މަތިން ކައިނިމިގެން ބޭރު ޖޯލީގައި ހުރިހާ މީހުން ޖައްސާލައިގެން ޓްރެއިނިންގް ކުރިއަށް ގެންދާނެ ގޮތަކާއި މެދު ވާހަކަދައްކަން ތިއްބެވެ. އަލްޔާ ގެއަށް ދިޔަތާ އިރުކޮޅެއްވީއެވެ. ހަގީގަތަކީ އެންމެންނާއި ވަކިން ވިސްނާލަން ވަގުތުކޮޅެއް އަލްޔާ ބޭނުންވީއެވެ.

“ސޯ ޝައިމް! ލޫކް ގޮވައިގެން ގެއަށް ނައްޓާލާ. ކުރިއަށް މިއޮށް ތިން ދުވަސް ރެސްޓްކުރެވޭނެއްނު. އަޅުގަނޑުމެން ގުޅާނަން ކޮފީތަކަށް. އޯކޭއްނު ދޯ”  އެކުވެރިކަމާއެކު ޕްރިންސިޕަލް ވާހަކަދެއްކިއެވެ.

 

ގެއަށް ވަދެވުމާއެކު ލޫކް އެބޮޑުގޭ އެކިދިމާލަށް ނަޒަރު ހިންގާލިއެވެ. ބޮޑު ގެއެކެވެ. އެގޭގައި އުޅެނިކޮށް ލޫކް ގެއްލިދާނޭ ވެސް ހިތަށް އެރިއެވެ. ހިތަށް އެރި އެއްޗަކުން ހިނިއައި ވަރުން ދެފަރާތަށް ބޯ ވެސް ހަލުވާލެވުނެވެ. ލޫކް އިށީންނަން ގޮނޑި ދެއްކުމަށްފަހު ކައިރީގައި ޝައިމް ވެސް ޖައްސާލިއެވެ.

“މިގޭގައި ނޫޅޭނެ މާގިނަ ބަޔަކު. އުޅޭނީ ދޮންތަ އާއި ދޮންތަގެ ކުޑަކުޑަ ބޭބީ. ދެން ވައިފް. ދޮންތަ މިވަގުތު ވީ ބޭބީ ނިންދަވަން ކޮޓަރީގައި. ވައިފް އުޅޭނެ. އެނގޭނެ އޭނަ. މަޑުކޮށްލާ… ލައި!!!” ޝައިމް ގެ ޖުމްލަ ނިމުމާއެކު ލޫކަށް ތެޅި ގަނެވުނެވެ.

އަލްޔާގެ ފިރިމީހާ އަކީ މި ޝައިމް ހެއްޔެވެ؟ މި ވެއްޓުނީ ކޮންފަދަ އަނދަވަޅަކަށްބާއޭ ލޫކް ހިތަށް އެރިއެވެ. އަލްޔާ އެކީގައި އެއްފުރާޅެއްގެ ދަށު ލޫކަށް ކެތްކުރެވިދާނެ ހެއްޔެވެ؟ ބަލަބަލާހުއްޓާ ލޫކް ކުރިމަތީގައި އައިސް ހުއްޓުނީ އެހިތުގެ ދިރުމެވެ. ލޫކަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. އަލްޔާ އިސްއުފުލާ ލޫކަށް ބަލާވެސް ނުލައެވެ.

“ލައި ދާންވީނުން ލޫކަށް ރޫމް ދައްކަން”  އަލްޔާގެ އަތުގައި ހިފާލަމުން ޝައިމް ބުންޏެވެ. އެމަންޒަރުން ވެސް ލޫކަށް އުނދަގުވިއެވެ. ނަމަވެސް މޫނުމަތި ހަމައަކަށް އަޅުވާލާ ނޫންކަމަށް ހެދުނެވެ. އަލްޔާ ފަހަތުން ސިޑިން އަރައިގެން ދިޔައިރު ވެސް ލޫކް އަލްޔާ އަށް ބަލާވެސް ނުލައެވެ. ފޯނާއި ކުޅެމުން ގޮސް އިސްއުފުލާލީ ވެސް ކޮޓަރިއަށް ވަދެވުމުންނެވެ. އަލްޔާ އެކޮޓަރިން ބޭރަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ފަސްއެނބުރި ބަލާލީ ލޫކް ކޮޓަރީ ދޮރުލައްޕާ ލޮކް ކޮށްލި އަޑު އިވުމުންނެވެ.

އެރަށު ފަސްގަނޑުގައި ފައިޖެހުނު ފަހުން އިސްއުފުލާ ލޫކް އަލްޔާ އަށް ބަލާވެސްނުލާކަން އަލްޔާ އަށް ފާހަގަކުރެވުމުން ހިތުގައި ރިއްސާލިއެވެ. ލޫކް ހާދަ ބަދަލުވެއްޖެއެވެ. އަލްޔާ ދެރަވީ ލޫކް އަލްޔާ މަތިން ހަނދާންނައްތާލި ގޮތަށް އަލްޔާ އަށް ލޫކް މަތިން އަދި އަދަށް ވެސް ހަނދާންނައްތާ ނުލެވޭތީއެވެ. އަލްޔާ ކުރާ ކޮންމެ ނަމާދެއްގެ ފަހަތުގައި ލޫކް ގެ ހަނދާންތަކާއި ދުރަށް ދެވޭތޯ ދުޢާ ކުރެއެވެ.

“މަންމާ! އަޅުގަނޑު ބޭނުމީ ދާން. މިތާ ލައި އާއި އެއްފުރާޅެއްގެ ދަށުގައި އަޅުގަނޑު ކިހިނެއް؟”  އެނދުގައި ކުޑަމަނިކެ އަށް ގުޅައިގެން އޮތް ލޫކަށް ރޮވިއްޖެއެވެ.  “ދަރިފުޅާ ކެތްކުރޭ މަންމަ ދެއްކި ވާހަކަތައް ދިން ނަޞޭހަތްތައް އެއީ ބޭކާރު އެއްޗެއް ކަމުގައި ނަހަދާތި. އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނާޅާތި. ތިހިސާބަށް ދަރިފުޅު ދިޔައީ ވެސް ވަރަށް ހިތްވަރުންނެއްނު. ދިރިއުޅުމުގައި ބައެއްފަހަރު ކުރިއަށް ދާން ނަގާ ފިޔަވަޅު ފަހަތަށް އަޅަންޖެހޭ ފަހަރުވެސް އަންނާނެ. އެއްގޮތަކަށް ވެސް އެއީ ބަލިކަށި ކަމެއް ކަމުގައި ދެކިގެން ނުވާނެ. ދަރިފުޅަށް އެނގޭތަ؟ ދުނި ބާރަށްފޮނުވާލަން ދުނިޖަހާމީހާ ވެސް ކުރިއަށް ނަގާ ފިޔަވަޅު ފުރަތަމަ އަޅަނީ ފަހަތަށް. އެއީ އޭނާގެ ބަލިކަށި ކަމަކުން ނޫން”  އަނެއްކާ ވެސް ކުޑަމަނިކެގެ ނަޞޭޙަތުގެ ބާރުގައި ލޫކް ކޮޅަށް ތެދުވިއެވެ. އަލްޔާގެ ލޯބި ލޫކް ބަލިކަށިކޮށްލާފައި ވިޔަސް މަންމަގެ ދުލުގައި ބާރުގަދަކަން ލޫކް ސާބިތު ކޮށްދޭނެއެވެ. ކަމެއް ވާނީ ހިތްވަރެއް ހުރެގެންކަން ލޫކަށް ވެސް އެނގެއެވެ.

އޭރު ކޮޓަރިއަށް ވަން ލޫކްގެ އެއްވެސް ހަބަރެއް ނުވާތީ އަލްޔާ ކަންބޮޑުވިއެވެ. ކޮޓަރިން ބޭރަށް ނިކުމެވޭ ކޮންމެ ފަހަރަކު ލޫކް ގެ ކޮޓަރިއާއި ދިމާލަށް ބަލާލެވެއެވެ. އެކޮޓަރިން އެއްވެސް އަޑެއް އިވޭތޯ ކޮޓަރި ދޮރުމަތިން ބުރު އެޅުނު އަދަދެއް ވެސް ނޭނގެއެވެ. އެއީ އަލްޔާ ބޭނުން ގޮތް ނޫން ކަމުގައި ވިޔަސް ބައެއް ފަހަރު ހިތް މަޖުބޫރު ކުރާ ކަންތައް ކޮންޓްރޯލް ކުރުމުގެ ބާރު އިންސާނާ ލިބިގެނެއް ނުވެއެވެ.

 

“ލައި! ލައި! ކޮޓަރިން ނިކުތް ޝައިމް އަލްޔާ އަށް ގޮވަމުން މިސްރާބު ޖެހީ ބަދިގެ ފަރާތަށެވެ.  “ސައި ހެދުނީތަ. ކޮބާ ލޫކް؟ ގޮވަންވީ ދޯ. ފޯނު ނަންބަރެއް ވެސް ނެތޭ މަގޭ އަތުގައި. ލައި އަތުގައި އެބައޮތްތަ ލޫކް ގެ ނަންބަރ”  ޝައިމް ބުނި އެއްޗަކުން އަލްޔާ އަށް ތެޅިގަނެވުނެވެ.

“އަހަރެ…އަހަރެން…”  އަލްޔާ ބުނަން ބޭނުންވި އެއްޗެއް ނުވެސް ބުނެވުނެވެ.  “އޯކޭ…ނެތް ދޯ. ކީއްވެ މިއަދު އެއްޗެއް ބުނާއިރަށް ލައި މާބޮޑަށް ސިހެނީ. ބަލީތަ؟”  އަލްޔާގެ ނިތްކުރީގައި އަތް ޖައްސާލަމުން ޝައިމް އަހާލިއެވެ. އަލްޔާ އަވަސް އަވަހަށް ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެ ހީލިއެވެ.

“ދޮންތަ އަންނާނަން ލޫކަށް ގޮވާލާފައި. ދޮންތަ ދަންނަމޭ އޭނަ. ދޮންތަ ރައްޓެހި ތަފްހާ ދަންނަމެއްނު. އޭނާގެ ބޯއީފްރެންޑް ލޫކް އެއީ” ޝެނާ މޭޒާއި ގޮނޑި ކައިރިކޮށްލަމުން މޭޒު މަތީގައި ހެދިކާ ހުރި ތަށިތައް ތަރުތީބު ކޮށްލިއެވެ.

“އެހެންތަ ދޮންތަ ދޭ އެހެންވިއްޔާ”  ޝައިމް ގޮނޑީގައި އިށީންނަމުން ބުންޏެވެ. އަލްޔާ ޝައިމް އަށް ފުރަގަސް ދެމުން އުނދުން ކައިރީގައި ހުއްޓުނެވެ. އެހެން އުޅެން ހަދައިގެން ޝައިމް އަށް އެއްވެސް ކަމެއްގައި ޝައްކެއް ވެދާނެތީ ކަންބޮޑުވިއެވެ. އަލްޔާ އަކީ ނުދަންނަ މީހަކަށް ހަދައިގެން ލޫކަށް އުޅެވޭ އިރު ވަކި އެހެން އަލްޔާ އަށް ނޫޅެވެންވީ ކީއްވެބާއޭ ހިތަށް އެރިއެވެ. އަމިއްލަ މޭގައި ފިރުމާލަމުން އަލްޔާ މޫނުމަތި ހަމައަކަށް އަޅުވާލިއެވެ. ޝައިމް އާއި ވީ ދިމާލަށް އެނބުރުނު އިރު ލޫކް ޝެނާ އާއި އެކު ހީލަމުން ގޮނޑި ދަމާލާފައި އިށިންނަނީއެވެ.

“ލައި އާދޭ. އެންމެން އެކީގައި ނިންމާލަން. ޝައިމް ގޮވާލުމުން އަލްޔާ އަށް ދުރުގައި ވަކިން ހުންނާކަށް ނުކެރުނެވެ. މަޑުމަޑުން ހިނގާލާފައި އައިސް ޝައިމް ކައިރީގައި އިށީނެވެ.

“ބޮއްތި މެންގޭ ހެދިކާ ދޯ މީ”  ޝައިމް އަލްޔާ އަށް ބަލާލަމުން އަހާލިއެވެ. އަލްޔާ ހީލާފައި ބޯ ޖަހާލަމުން ވަށްކަޅިން ލޫކަށް ބަލާލިއެވެ. ލޫކް ހަމަޖެހިލާފައި ސައި ބޮމުން ދިޔައިރު ބައެއް ފަހަރު ޝައިމް ދައްކަމުންދިޔަ ވާހަކަތަކުގައި ބައިވެރިވެ ހެމުން  ދިޔައެވެ.

 

ރޭގަނޑުގެ ކެއުން އެންމެން އެކީގައި ނިންމާލުމަށްފަހު ޕޮލިސް ސްޓޭޝަންގައި އުޅޭ ބައެއް ރައްޓެހިންނާއެކު ބޭރަށް ދާން ލޫކަށް ލިބުނު ދައުވަތު އެއީ ބޯ ހަމަޖައްސާލަން އަލްޔާ އާއި ދުރުވެލަން ލިބުނު ރަނުގެ ފުރުސަތަކަށް ވިއެވެ. ލޫކް ވަރަށް ހިތްވަރުކޮށްގެން ހުއްޓަސް އޭނާގެ ކުރިމައްޗަށް އަލްޔާ އަރާ ކޮންމެ ފަހަރަކު އެހިތަށް ވަމުންދާ ގޮތް ދެނެވޮޑިގެންވަނީ އެންމެ ފަރާތެކެވެ.

އެހެން ދުވަހެކެވެ. ހަވީރު ފިނިޖެހުމުން އައި ވަގުތުު ގޯތީގައި ހުރި ބޮޑު އަނބުގަހު ދަށުގައި ހަވީރު ސައި ހަދާފައި ހުއްޓެވެ. ލޫކް ގެ ފޯނަށް ޝައިމް ގުޅުމުން އައިސް ގޮނޑީގައި އިނީ މަޖާ މޫޑެއްގައެވެ. ޝެނާ އާއި އަލްޔާ އައިސް ޖައްސާލުމާއެކު ސައި ފެށިއްޖެއެވެ. ޝައިމް އާއި ދިމާލަށް ޝެނާ އިންއިރު އަލްޔާ އިނީ ލޫކާއި ދިމާލުގައެވެ.

“ލޫކް ކުރިން އުޅުނިން ދޯ. މިބުނީ މީގެ ހަވަރަކަށް މަސް ކުރިން”  ޝައިމް ލޫކް ކުރެން އަހާލިއެވެ.

“އާނ. އެއީ ޕޮލިސް ސްޓޭޝަނުން ހިންގި ޓްރެއިނިންގ ޕްރްގްރާމެއްގައި”  ލޫކް ގުޅައެއް އަނގައަށް ލަމުން ވާހަކަދެއްކިއެވެ.

“އެހެންވިއްޔާ ލައި އާއި ދިމާވެފައި ހުންނާނީ. ލައި ދެކެން ދޯ.  ބޮއްތި ތި ތަނަށް ކޮންމެ ގަޑިއަކު ކާން ގެންދަނީ. ލައި ވެސް ދާނެ ބައެއް ފަހަރު ދޯ ލައި”  ޝައިމް މިބުނި އެއްޗަކުން އަލްޔާ ގެ މޫޑް ހަރާބިވިއެވެ.  ލޫކަށް ވެސް ވީ އެވަރެވެ. ނަމަވެސް މޫނުމަތިން އެކަން ފޮރުވާލަމުން ހީލިއެވެ.  “ދެން ފެނިފަތާ ދޯ ހުންނާނީ”  ލޫކް ގެ މި ފަރުވާކުޑަ ޖަވާބުން އަލްޔާ އަށް ލޫކަށް ބަލާލެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Other Articles

Previous

ޤުރުބާން ވުމީ މިހިތުގެ އުފާ 38 ވަނަ ބައި

Next

ރިޔާޝާ (22ވަނަ ބައި)

Next
November 13, 2016

ރިޔާޝާ (22ވަނަ ބައި)

Previews
November 12, 2016

ޤުރުބާން ވުމީ މިހިތުގެ އުފާ 38 ވަނަ ބައި

20 Comments!

  1. Ushaali says:
    November 13, 2016 at 3:36 am

    huriha kudhin. assalam alaikum….. miothy part 13.. enjoy 🙂 🙂 huriha kudhinnah ves kamudhaane kamah heekuran….. love you ol. 🙂

  2. Saandy says:
    November 13, 2016 at 3:52 am

    ވަރަށް ވަރަށް ރީތި… ހާދަ އެހެން ކަހަލަ ކަމެކޭ ތިކުރީ… ވަރަށް ހިތަށް ތަދުވާ ކަމެއް… 14ވަނަ ބަޔަށް އެބަ ވަރަށް އިންތިޒާރު ކުރެވޭ… 14ވަނަ ބައި އަވަސްކޮށްލައްޗޭ

  3. joy says:
    November 13, 2016 at 6:02 am

    one of the best story

  4. fathun says:
    November 13, 2016 at 7:17 am

    ވވވވވވ.ހިތަށް ތަދުވާ. ހެހެހެ. ހިތަށް އަރާ ސްޓޯރީއެއްކަމަކު މިވަރު ވަނީ ކީއްވެބާއޭ

  5. shai says:
    November 13, 2016 at 8:22 am

    Ushaa rovihje…

  6. Azu says:
    November 13, 2016 at 8:27 am

    Kiyuntheringe hithah sifa vaa varah vaahaka genesdhevifa vaathee ehen evanee….roa iru roven.ves roveynu…ma sha allah…e hama vaahaka liyaaaleh molhu veema vaa goiy….magey hithah ves haadha thadhu vehjey…heyonuvaanu ehen hadhan
    .shaim ge hageegaiyy falha aruvabala avahah….love the story….???

  7. Axee says:
    November 13, 2016 at 8:44 am

    Varah gut huhna myhakah hedhigen mi looook vex ebolheyhnu……alhe ushaali pls konirakuntha dhen lai r loook gulhuvany……..two episode varu dhookohlaafa dhen kiyaany…..part 16up kuryma ehkoh kiyaalaany 14 n 15n 16.eyrah rokahves nujeheyne.mi ushaa kudhin rohvany hama.lol….varah salhi mi beyves..☺☺

  8. Dh@h@ says:
    November 13, 2016 at 8:45 am

    V v habeys…bt dhn shaimge siru haama kohlaafa alyaa n look gulhuvaabaa..plxxx..hama rovenyyy..

  9. Xeo says:
    November 13, 2016 at 8:59 am

    Haadha dheraey dho.. ekam varah rythi..

  10. Dhondhooni says:
    November 13, 2016 at 10:52 am

    Haadha dheraey dhw???? ekamu v v reethi?look ah thihin nuhadhaa look and alya gulhuvaathi ingey eyrun story v reethivaane..? shaim baalees thaka kanneyo thah dhurunukuranis shaim ge kanthah falhaa aruvadheebala plx?

  11. Inee says:
    November 13, 2016 at 11:01 am

    Varah reythi

  12. New girl says:
    November 13, 2016 at 12:14 pm

    V v v v rythi..??????? alhe look ah ehen nahadhaba ushaali….haadha dhera eh veye…lai n look gulhuvaba E shaim gandu ge big seacret haamakohlaafa….plz.????? poor look…so sad

  13. fathun says:
    November 13, 2016 at 12:25 pm

    e dhemyhun ekani kolaafa shaim dheybala. e dhemyhun ge thankolhe genesdhybala

  14. Nau says:
    November 13, 2016 at 1:27 pm

    Plx dhen shaim ge hageegai bust kohlabo…. Shaim aslu loabi nuvaathi Lai ah oluvaalaani ….. Plx plx Lai Nd luk gulavabo… E dhekudhin thivarah nuthaluvaa … Dhen shaim ah ehn knme gotheh hadhaani plx …

  15. Girl says:
    November 13, 2016 at 6:47 pm

    Mi story kiyaafa hama roveny ey.. Plx dhn look n alya gulhuvabala.. Plxx

  16. Navya says:
    November 13, 2016 at 7:00 pm

    Ushaa alhe mivaahaka liyunu iru hithuga eh nujeheytha☺ mibai kiyaa nimunu iru navy hithugaa v jehijje?? vvvvv reethi mibaives?? next part ah vvv inthixaaru kuran… avas kohdhehchey

  17. Khajja says:
    November 13, 2016 at 7:38 pm

    Alhey haadha hiyydhathi konney midhany look hiyvaru kollaa inthizaaruge vaguthu dhiguvivarakah fahumeyvaa fonivaane n insha allah look ah allah kaamiyaab dhevvaane mi shaimge kanthavves mihaaru dhen falhaa aranvejje ennu dhw anyway stry v v v interesting v v rythi

  18. hayyu says:
    November 13, 2016 at 8:26 pm

    keep up the good work thithaa <3

  19. Ushaali says:
    November 14, 2016 at 5:14 pm

    kudhin kudhin dheranuvebala….. commnt kuri kudhinnah varah bodah thanyou… adhi comment nukoh vahaka kiyaali kudhinnah ves varah bodah thankyou…. 🙂 🙂 🙂

    1. zoe says:
      December 29, 2018 at 12:10 am

      like me ……………….hehehehe :):)

Comments are closed.

Next Episodeވާލޯބި އެނގޭނަމަ… 14←


All Right Reserved!