Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ވާލޯބި އެނގޭނަމަ… 12

Ushaali Level 810 Stories100 Comments100 Stories500 Comments
November 11, 2016 9 Mins Read
17 Comments

“ލައިއޭ.. ކާކު އެއީ؟ އޭނަ ކީއްކުރީ…”  ލޫކްްގެ ޖުމްލައިން ކުޑަމަނިކެ އަށް އޭނާގެެ ދަރިފުޅު އެރޮނީ ކުޑަކުޑަ ކަމެއް ވެގެންނޫންކަން އެނގުނެވެ.  “މަންމާ! އެއީ ކާކުކަން މަންމަ އަށް އެނގޭނެ. އެވަގުތު ކުޑަމަނިކެ ނިތްކުރީގައި ސުވާލުމާކެއް ޖެހިގެން ދިޔައެވެ. ކުޑަކޮށް ވިސްނާލިއެވެ. އެއީ ކާކުހެއްޔެވެ؟ އަންހެންކުއްޖެއް ހެއްޔެވެ؟ ނުވަތަ ފިރިހެން ކުއްޖެއް ހެއްޔެވެ؟ އެއީ ކޮންމެ މީހަކަށް ވިޔަސް ކުޑަމަނިކެ އެމީހަކަށް މާފެއް ނުކުރާނެއެވެ. އޭނާގެ ދަރިފުޅު އެވަރަށް ހިތުގައިޖެއްސި މީހަކަށް ހިތާހިތުން އަޑުލަމުން ދިޔައެވެ.

 

 

އަޅުގަނޑު ދިޔައީ ލައި ކައިރިއަށް އެލޯތްބަށް ސަލާން ޖަހަން. މަންމާ! އަޅުގަނޑު އެލޯބީގައި ކޮޅުންފައިން ޖެހީތީ މިއަދު އެކަމުގެ ހުރި ވޭން އިހުސާސް ކުރެވެމުން މިދަނީ”  ލޫކްގެ ވާހަކައިން ކުޑަމަނިކެ ތުންފަތުގައި ދަތްއަޅާލިއެވެ. އެ އަންހެންކުއްޖާދެކެ އޭނާގެ ދަރިފުޅު އެހާ ލޯބިވާއިރު ވެސް މައިންބަފައިންނަށްޓަކައި އެކޮށްދިނީ މިޒަމާނުގެ ފިރިހެން ދަރިއަކު ކުރާނެވަރުގެ ކަމެއް ނޫނެވެ.

“ދަރިފުޅު ހުއްޓާލަބަލަ. ވީގޮތް މަންމަ އަށް ކިޔާދީބަލަ”  ލޯތްބާއެކު ލޫކްގެ ކަރުނަތައް ފޮހެލަދެމުން ކުޑަމަނިކެ ބުންޏެވެ.  “މަންމާ މިކްހާ އާއި ވަރި ސާބިތު ކުރި ދުވަހު އަޅުގަނޑު އެރަށަށް ފުރައިގެން ދިޔައީ ލައި ކައިރިއަށް. އެކަމަކު މަންމާ އަޅުގަނޑަށް ދެވުނީ ލަހުން. އަޅުގަނޑުގެ ލައި އަޅުގަނޑު ދެލޯ ކުރިމަތީގައި އެހެންމީހެއްގެ އަންބަކަށް ވެގެން އެދިޔައީ. ލައި އަޅުގަނޑަށް މާފެއް ނުކުރި”  ލޫކަށް އަދިވެސް ގިސްލެވެނީއެވެ. ކުޑަމަނިކެ އޭނާގެ ދަރިފުޅަށް ވީގޮތުން ދެރަވެ ކަރު އެލުވާިއެވެ.

“ހިތްވަރުކުރޭ ދަރިފުޅާ”  ލޫކްގެ ބޮލުގައި ފިރުމަމުން ކުޑަމަނިކެ ބުންޏެވެ.

“މަންމާ އަޅުގަނޑު މިކްހާ އާއި އިންރޭ ލައި އަޅުގަނޑު ކައިރީގައި އާދޭސްކުރި. ފުރަތަމަ ފަހަރަށް ލޯބިވާ ވާހަކަބުނީ ވެސް އެރޭޭ. މަންމާ! އަޅުގަނޑު އެކަމަށް ފާޅުގައި އިންކާރުކުރީ. އަޅުގަނޑު ބުނީ އެއްވެސް އިރެއްގައި ލޯތްބެއް ނުވަމޭ”  ލޫކް ކުޑަމަނިކެގެ އުނގުގައި ދެވަނަ ފަހަރަށް ބޯއަޅާ ވާހަކަ ދައްކަމުން ދިޔައެވެ.

“ދަރިފުޅާ ބުނެބަލަ. ލައި އެއީ ކާކު؟ މަންމަ ކިހިނެއް ދަންނަނީ”  ކުޑަމަނިކެ ސުވާލު ކުރިއެވެ. “މަންމާ! އެއީ އަލްޔާ. މިގޭގައި ހުއްޓެއްނު. އަޅުގަނޑު އިން ދުވަހު އަނބުރައިގަތީ ލައި އަށް އެމަންޒަރު ފެނުނީމަ. އެދުވަހު އޭނަ މިރަށަށް އައީ އަޅުގަނޑު ކައިރީގައި ލޯބިވާ ވާހަކަބުނަން. އެކަމަކު ބަލާބާ ވީ ގޮތް”  ކުޑަމަނިކެ ދެލޯ ބޮޑުވެ އަނގަ ވެސް ހުޅުވުނެވެ. އެންމެ ފުރަތަމަ ނަޒަރުންވެސް އަލްޔާ ފެނި ކަމުދިޔަ ސަބަބު އަދި ކިރިޔާ ކުޑަމަނިކެ އަށް ވިސްނުނީއެވެ. އެންމެ ފުރަތަމަ ފެނިލުމުން ވެސް އަލްޔާ ވަނީ ކުޑަމަނިކެގެ ހިތުން ޖާގައެއް ހޯދާފައެވެ. އިތުރަށް އެންމެ ބަހެއް ވެސް ބުނާނެ ހިތްވަރެއް ކުޑަމަނިކެ އަށް ނުލިބުނެވެ. އެހެނީ ކުޑަމަނިކެ ގެ އަތުން އަލްޔާ ފަދަ މާތް އަހްލާގެއްގެ ކުއްޖެއް ބީވެ ދިޔުމުން އެހިތުގައި ވަނީ ވަރަށް ބޮޑަށް ޖެހިފައެވެ.

 

ފަތިހު ފަސްގަޑި ބައިވީއިރު އަލްޔާ އަށް ހޭލެވުނީ ފޯން އެލާރމްވާ އަޑަށެވެ. މޯޅިއަކަށް ދެމިލަމުން ލޯކުޑަކޮށްލާފައި ފޯނު ނަގާ އެލާރމް އޮފް ކޮށްލުމަށްފަހު ބެޑް ލައިޓްގެ އަލި ގަދަކޮށްލީ ލޮލުގައި ހިފާފާއި ހުރި ނިދި ފިލުވާލުމަށެވެ. ސޯފާގައި ޝައިމް ފެންނަން ނެތުމުން ކޮބާތޯ ދެކޮޅު ބަލާލިއެވެ. ނަމަވެސް އާދައިގެ މަތިން ޝައިމް ވާނީ މިސްކިތުގައި ކަމަށް އަލްޔާ އަށް ވިސްނުނެވެ. ވަގުތު ފާއިތުވުމުގެ ކުރިން ނަމާދުކޮށްލުމަށްޓަައި ފާހާނާ އަށް ވަދެ ނިކުމެ ފޫހިކަމާއެކު ބަނޑުގައި އަތް އަޅާލިއެވެ.

އިސާހިތަކު ހޮޑުލަވާގޮތް ވެސް ވާން ފެށިއެވެ. އުނަގަނޑުގައި ރިއްސަން ވެސް ފެށީ އެވަގުތުއެވެ. ޕީރިއަޑް ކަންތައް ލައްވާލި ކަމުގައި ވިޔަސް ބަނޑުގައި ރިއްސުމަކީ ވަރަށް މަދުން އަލްޔާ އަށް ކުރިމަތިވާ ކަމެކެވެ. ތިން މަހުން ދެމަހުން ބަނޑުގައި ރިއްސަންޏާ މޭނުބައިކޮށް ހޮޑުލަވާ ގޮތް ވުމަކީ ވެސް އަލްޔާ މުޅިން އެނދުމަތި ކޮށްލާ ކަމެކެވެ.

އެނދުގައި އޮތް އަލްޔާ ފެނި ކޮޓަރިއަށް ވަދެގެން އައި ޝެނާ ހައިރާންވިިއެވެ. އަލްޔާ އަކީ ވަރަށް އެނދުގައި އޮންނަ ކުއްޖެއް ނޫންކަމުން ކަމެއްވެއްޖެ ކަން ޝެނާ އަށް އެނގުނެވެ. މޫނުމަތިން ވެސް ބަލި ފާޑު ޖަހައެވެ. ގަޑިން ހައެއް ޖަހާ ބޮޑުވި ފަހުން ޝެނާ އެކޮޓަރިއަށް ވަނީ އެހެންރޭރޭ ކޮފީ ބޯން ނިކުންނަ އަލްޔާގެ ހަބަރެއް ނުވުމުންނެވެ. ސިޓިންގްރޫމުގައި ކަސްރަތު ކުރަން ހުރި ޝައިމް ފެނުމުން އަލްޔާ އަށް ހޭނުލެވުނީ ކަމަށް ހީކޮށްފައެވެ.

“ލައި.. ކިހިނެއްވެފަ ތިއޮތީ.. ބަލީތަ” ކަންބޮޑުވުމާއެކު ޝެނާ ސުވާލުކުރިއެވެ. ބާލީހެއް އުނަގަނޑާއި ކައިރިކޮށްލައިގެން އޮތް އަލްޔާ އެހާލުގައި ވެސް ޝެނާ އަށް ދިނީ ހިނިތުންވުމެކެވެ.

“ދޮންތަ އަށް އެނގިއްޖެ. ބޭހެއް ކާންވީނުން”  އަލްޔާ ކައިރީގައި އިށީންނަމުން ޝެނާ ބުންޏެވެ. ވަގުތުން އަލްޔާ ދެކޮޅު ހެދިއެވެ. އެވަގުތު އެއީ ޒޫނީ އުރާލައިގެން ހުރި ޝައިމް އެތެރެއަށް ވަތް ވަގުތެވެ.

“ކިހިނެއްވީ ލައި އަށް ކަމެއް ވީތަ”  އޮށޯވެގެން އޮތް އަލްޔާ ކައިރީގައި އިން ޝެނާ ބޭހުގެ ވާހަކަދެއްކި އަޑު ޝައިމް އަށް އިވުމުން އަހާލިއެވެ.  “ނޫން. މާބޮޑުކަމެއް ނޫން އެއީ. ލައި ރެސްޓްކޮށްލާ. މިއަދު ދޮންތަ އެކަނި ސައި ހަދާލާނަން. އެކަމު ވާނެ ތިރިއަށް ސައިބޯން އަންނަން”  އަލްޔާގެ މޫނުގައި ފިރުމާލަމުން ޝެނާ ދިޔައީ ޝައިމް އަތުގައި އިން ކުޑަކުޑަ ޒޫނީ ވެސް ގޮވައިގެންނެވެ.

އަލްޔާ ކައިރީގައި އިން ޝައިމް ވީ ކަމަކާއި ބެހޭ ގޮޮތުން ސުވާލުކުރުމުން އަލްޔާ އެކަނި ބުނެލީ ބަނޑުގައި ރިއްސާ ކަމަށެވެ. ނަމަވެސް ފަހުން ޝައިމްގެ ސުވާލުތައް އިތުރުވާން ފެށުމުން ވީގޮތް ތަފްސީލުކޮށް ކިޔާދިނުމުން ޝައިމްގެ ސުވާލުތަކަށް ހުއްޓުމެއް އައެވެ. ނަމަވެސް ދެން ޝައިމް ކޮށްލި ސުވާލުން ވެސް އަލްޔާ ފަސްޖެހުނެވެ.

“އެކަމު ތިކަމަށް ކޮންމެސް ހައްލެއް ވާނެ އޮންނަން. ކީކޭ ޑޮކްޓަރުން ބުނީ”  ޝައިމް އަލްޔާގެ ބަނޑުގައި ފިރުމާލިއެވެ.  “ބުނީ މީހަކާއި އިނީމަ ރަނގަޅުވާނޭ”  ނުބުނަން ހުރެފައި ވެސް އަލްޔާ ހާމަކުރީ ހަގީގަތެވެ.  “މިއޮތީ މީހަކާއި ވެސް އިނދެވިފައި. އެކަމަކު… ތިބައްޔަށް ޝިފާއެއް ﷲ ގެ ރަހްމަތުން ލިބޭނެ. އެކަމަކު އެއީ ލައިގެ ހިތް އެދުނު ދުވަހަކުން”

އަލްޔާގެ ބޮލުގައި އަތް ހާކާލާ ނިތުގައި ބޮސްދިނުމަށްފަހު ދަމުން އެބުނި އެއްޗަކާއި މެދު އަލްޔާ ވިސްނާލިއެވެ. ތެދެކެވެ. ޝައިމް އަށް އަދިވެސް ފިރިއެއްގެ މަގާމު އަލްޔާ ނުދޭއެވެ. ލޫކްގެ ހަނދާންތައް އަލްޔާގެ ހިތުން އިންޗިއެއް ވެސް ފިލާ ނުދޭއެވެ. ނަމަވެސް ކޮންމެސް ދުވަހަކުން ޝައިމް އަށް އަންބެއްގެ ލޯބި ދިނުން އެއީ އަލްޔާ ކުރާ އުއްމީދެކެވެ.

 

ދެދުވަސް ވީއިރު އަލްޔާގެ ބަނޑުގެ ރިހުމަށް ވަނީ ލުޔެއް ލިބިފައެވެ. ޖުނާލް ޑޮކްޓަރަށް ދެއްކުމަށްޓަކައި މާލޭ ދާން އުޅޭތީ މިޔާނާ އާއި ޢަބްދުއްޝަކޫރު އަލްޔާ އާއި ބައްދަލުކުރުމަށްފަހު އެގެއިން ނިކުތީ ދާދި ދެންމެގައެވެ. އެގޭ ގޯތި ތެރޭގައި ހުރި ބޮޑު އަނބު ގަހުގައި އެލުވާފައި ހުރި ޖޯލީގައި އޮތް އަލްޔާ އޮތީ މިޔާނާ ދެއްކި ވާހަތަކާއި މެދު ވިސްނާށެވެ. ވަގުތަކީ ހެނދުނުގެ ވަގުތެއް ކަމުން ޝައިމް ވީ ޝެނާ އާއި އެކު ޒޫނީ ކިރަން މަރުކަޒަށް ގޮހެވެ. މިޔާނާ އެދުނު ގޮތަށް އަލްޔާ އަށް ކަންތައް ކުރެވިދާނެ ހެއްޔެވެ؟ އަމިއްލަ ފިރިމީހާ ކައިރީގައި ހުންނަ އިރު ވެސް އެހެން ފިރިހެނެއްގެ ނަން ހިތުގައި މިވަނީ ކީއްވެހެއްޔެވެ؟

“ހެޔޮނުވާނެ ލޫކް. ތިއުޅެނީ އަހަރެން ދިރިއުޅުނަ ނުދޭންތަ. ކީއްވެތަ ތި ހަނދާންތައް ހިތުން ފިލާ ނުދަނީ. އައި ހޭޓް ޔޫ”  އަލްޔާ އަމިއްލަ ޒަމީރާއި ވާހަކަދައްކަމުން ދާއިރު ލޯކުރިމަތިން ސިފަވަނީ އަލްޔާގެ ހިތް ކަތިލި ލޫކްގެ ހިތްގައިމު ހިނިތުންވުމެވެ.

 

ހަފްތާ ބަންދަށް ވުމާއެކު އަލްޔާ އަވަދިނެތި ގޭތެރެ ފޮޅާ ސާފުކުރުމުގައި އުޅޭއެވެ. މެންދުރަށް ފްރައިޑްރައިސް ހަދަން ތައްޔާރުކޮށް ޝެނާ ބަދިގެ ތެރޭގައި ހަރަކާތްތެރިވާއިރު ޒޫނީ ކުޑަ އެނދުގައި ނިދާފައި އޮތެވެ. ޝައިމް އަނބުގަހަށް ދަނޑިއެއް ބާނައިގެން ދޮންވެފައި ހުރި ބައެއް އަނބުތައް ބިންނަން އުޅޭއެވެ. ޝެނާ އަށް އަތްމަތި އަވަސްކޮށް ދިނުމަށްޓަކައި ޗިލީ ޗިކަން ހެދީ އަލްޔާ އެވެ. ޗިލީ ޗިކަން އަކީ ޝައިމް ވަރަށް ގަޔާވާ ކެއުމެއް ކަމުގައި ޝެނާ ވަނީ އަލްޔާ ކައިރީގައި ބުނެފައެވެ. އެހެންކަމުން މިއަދު މީ ފުރަތަމަ ފަހަރަށް އަލްޔާ އަތުން ރޯފިލުވާފައި ޝައިމް އަށް ދޭ ފުރަތަމަ ކެއުމެވެ. މޭޒު މަތީގައި ތެއްލާފައި ހުރި ޕާޕަރު ތަށިން ފޮށްޗެއް ނަގާ އަނގައަށް ލަމުން އަލްޔާ ޓީވީ ކުރިމަތީގައި ހުއްޓި ފޮޅަން ފެށިއެވެ.

ހިމޭންކަމާއެކު ފޮޅަމުން ދިޔަ އަލްޔާގެ ސަމާލުކަން ދަމައިގަތީ ޓީވީރެކް ނިވަލުގައި ބަންޑުން ބާއްވާލާފައި އޮތް ފޮޓޯ ފްރޭމެވެ. އެ ނަގައިގެން އެއަށް ބަލަން ހުއްޓާ ކައިރީގައި އައިސް ހުއްޓުނީ ޝައިމް އެވެ. އަލްޔާގެ އަތުގައި އޮތް ފްރޭމް ފެނި ޝައިމްގެ ފައިދަށުން ބިންގަނޑު ދަމައިގަތްހެންނެވެ.

“މީ ހާދަ ލޯބި ދެކުދިންނޭ. ބޯއީ ޝެމް އާއި ވަރަށް ވައްތަރު. މީ ކޮންކުދިންނެއް”  ބަލަބަލާހުއްޓާ ޝައިމް ގެ ނިތްމަތިން ދާހިއްލަން ފަށައިފިިއެވެ. ކުރިއަށް މިއޮތް މިނިޓްގައި އަލްޔާ ޝައިމްގެ އަތުން ބީވެގެން ދާން އުޅޭހެން ހީވެއްޖެއެވެ.

“ޝެމް! އާރ ޔޫ އޯލްރައިޓް”  ޝައިމް އަށް ވީ ގޮތް ފެނި އަލްޔާ ހައިރާންވިއެވެ. ޝައިމް އަވަސް އަވަހަށް ބޯޖަހާލިއެވެ. ބަހެއް ނުބުނެ އަނބުތައް އަޅާފައި ހުރި ބާލިދީ ހިފައިގެން ބަދިގެއަށް ދެމިގަތެވެ.

“ދޮންތާ! މިފޮޓޯގައި މީ ކޮންބައެއް؟”  ޝައިމް ހީކުރީ އަލްޔާއަށް ޖަވާބެއް ނުދީ އައުމުން އަލްޔާ ދެން ސުވާލު ނުކުރާނެ ކަމަށެވެ. ނަމަވެސް ވީ އެހެނެއްނޫނެވެ.

އަތަށް އަންގި މަހައިގެން މިރުސް ކޮށަން ހުރި ޝެނާ ހީލަމުން އަލްޔާ ކައިރިއަށް ޖެހިލާ ފޮޓޯ އަށް ބަލާލިއެވެ. ޝެނާ އަށް ވެސް ވީ ޝައިމް އަށް ވީވަރެވެ. ޝައިމްގެ ނަޒަރާއި ޝެނާގެ ނަޒަރު ބައްދަލުވެ ލޮލާއި ލޮލުން އެތައް ވާހަކައެއް ދެއްކުމަށްފަހު ކުރިއަށް ޖެހިލީ ޝެނާއެވެ.

“ތީ.. ތީ ޒައިނީ އާއި ޒާން. މިގޭ ދެކުދިން. މާލޭގައި އުޅެނީ. މާމަ ކައިރީގައި”  މޫނު މަތިން ހާސްކަން ނުދައްކާވޭތޯ ޝެނާ ވާހަކަދައްކަމުން ދިޔައިރު މަސައްކަތްކުރިއެވެ.  “އޯވް… އެކަމު މިބޯއީ ޝެމް އާއި ވަރަށް ވައްތަރު. ހީވަނީ ހަމަ ޝެމް ގެ އަމިއްލަ ދަރިއެއްހެން. ވަރަށް ވަރަށް ވައްތަރު” ފްރިޖް ކައިރީައި ހުރި ފެންބޯން ހުރި ޝައިމް ކޮށިއަރާގަތީ އެވަގުތުއެވެ. ޝެނާ އަވަސް އަވަހަށް ގޮސް ޝައިމްގެ ބުރަކަށީގައި ކުޑަކޮށް ތަޅާލިއެވެ. އަލްޔާ ވެސް ފޮޓޯ ހިފައިގެން ގޮސް އޮތްތާ ބާއްވާލިއެވެ.

“ދޮންތަމެންގެ މަންމަ އާއި ބައްޕަ ކީއްވެތަ އަބަދު މާލޭގަ އުޅެނީ. ޝެމް ގެ ވެޑިންއަށް ވެސް ނާދޭ”  މޭޒު ކައިރީގައި ގޮނޑިއެއް ދަމާލާފައި އިށީންނަމުން އަލްޔާ ޝެނާ އާއި ވާހަކަ އަޅުވާލިއެވެ.

“ހޫމް… މިދުވަސްކޮޅު މަންމަ އާއި ބައްޕަ އުޅެނީ ރުޅި ހަދައިގެން. އެކަމަކު ވަރަށް ރަނގަޅުވާނެ. އަދި އަންނާނެ މިރަށަށް”  ޝެނާ ބުންޏެވެ. އެނޫން ޖަވާބެއް ދޭކަށް ޝެނާ އަށް ނޭނގުނެވެ. ތެދަށް ކިޔާދީފިއްޔާ އަލްޔާގެ ފަރާތުން ދެން އަމާޒުވާނެ ސުވާލުތައް މާގިނަ ވާނެއެވެ.

 

“އެހެންވީމާ މިފަހަރު އަޅުގަނޑު އެއްބަސް މަންމަ ހިކިއްޖެ ކަމަށް”  ހަވީރު ސައިބޯން އިނދެ ސަޖޫލް ޝަރީފާ އަށް ތައުރީފްކޮށްލިއެވެ. އޭރުވެސް ޝަރީފާ އިނީ ހިޔާލަކަށް ގެއްލިފައެވެ.  “މަންމާ! އަޅުގަނޑަށް ވަރަށް މީރުކޮށް ބިރިޔާނީ ހަދަން ދަސްކޮށްދީބަލަ. ޕޮލިސް ކުދިންނަށް މަންމަ ކޮންމެ ހުކުރެއްގައި ތި ކައްކަދެނީނު. އެގޮތަށް”  ހުއްޓާނުލާ ސަޖޫލް ވާހަކަދައްކަމުން ދިޔައިރު ވެސް ޝަރީފާ އަނގައިން ހަމަ އެއްވެސް އެއްޗެއް ނުބުނެއެވެ. ސަޖޫލަށް މިކަން ފާހަގަވުމާއެކު ކަންބޮޑުވެ މަންމަ ގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ.

“މަންމާ! ކީއްވެ އެއްޗެއް ނުބުނެ ތީނީ. ބަލީތަ”  ޝަރީފާގެ ކޮނޑުގައި ހިފާ ކުޑަކޮށް ތަޅުވާލަމުން ސަޖޫލް ސުވާލު ކުރިއެވެ. އެވަގުތު އެއީ ވަޑާން ފޮށި ހިފައިގެން އާދަނު ވެސް ކާގޭ ދޮރުމައްޗަށް އެރި ވަގުތެވެ.

“ޝަރީފާ! އިބްރާހީމް ގުޅާލާފައި ކުޑަ މަސައްކަތެއް ކޮށްލަދޭން އަންނަން ބުނެގެން މިދަނީ އެގޭދޮށަށް”  އާދަނުގެ ބަހަށް ވެސް ޝަރީފާ ބަލާނުލިއެވެ.  “ބައްޕާ އަޅެ މަންމަ އަށް ކޮންމެސް ކަމެއްވެއްޖެ. ކުރިން އަނގަތަޅާ މަންމަ މީނީ މަންމަންވެފަ”  ސަޖޫލް އޭނާގެ ބައްޕަ އަށް ބަލާލަމުން ބުންޏެވެ.

“ޝަރީފާ! ކިހިނެއްވެފަ ތީނީ”  ޝަރީފާގެ ބުރަކަށީގައި އަތްހިންގާލަމުން އާދަނު ވާހަކަދައްކަން ފެށުމާއެކު  އާދަނުގެ ޓީޝާޓުގައި ހިފާ ޝަރީފާ ރޮއެގަތެވެ. ސަޖޫލަށް ވެސް ދިޔައީ ސިހުން ލިބިގެންނެވެ. އާދަނު އަތުން ވަޑާންފޮށި ދޫވެ ޝަރީފާގެ ގައިގާ ހިފަހައްޓާލިއެވެ.  “ކިހިނެއްވީ އަނެއްކާ؟ ބަ…ބަތޫލް ރަނގަޅުތަ” އާދަނު އަހާލިއެވެ.  އާދަނުގެ އެންމެ ފުރަތަމަ ވިސްނުމަށް އައީ ބަތޫލެވެ. ސަޖޫލް ވެސް ހުރީ ވާނުވާ ނޭނގިފައެވެ. އޭރުވެސް ޝަރީފާ އަޑުން އަޑު ނަގާ ރޮނީއެވެ. އާދަނާއި ސަޖޫލް އެކަކު އަނެކަކަށް ބަލާލީ ކަންބޮޑުވެފައެވެ.

“އަޅެ އެކުއްޖާ މަރުވީއޭ”  ޝަރީފާގެ އަޑު އިވުމާއެކު އާދަނަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ.  “ކީކޭ؟ އެކަމަކު ކޮންއިރަކު. އަހަރެން ދެންމެ އަހަރެންގެ ދަރިފުޅާ ވާހަކަދެއްކިން. ދެންމެ ވެސް އެގެއިން ގުޅި. ތިކަހަލަ ވާހަކައެއް ނުބުނޭ. ޝަރީފާ ކީކޭ ތިކިޔަނީ.”  އާދަނުގެ މޫނު މަތިން ފެންނަނީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ.

“އަޅެ މަންމާ! ބާތު މަރެއް ނުވާނެ….ނޫން….ބުނޭ ތީ ދޮގެކޭ”  ސަޖޫލަށް ޝަރީފާގެ ހެދުމުގައި ހިފައިގަނެފައި ރޮއެގަނެވުނެވެ.  “ސާބަސް ދަރިފުޅާ ބާތު އެއް ނޫން މަރުވީ”  އަނެއްކާ ވެސް ޝަރީފާ ވާހަކަދެއްކިއެވެ. އާދަނާއި ސަޖޫލަށް ހަމަޖެހިލެވުނީ އެއަށްފަހުއެވެ.

“ޝަރީފާ! މިތާ އިށީނދެބަލަ. މޫނު ފޮހެލާ. ހޫނ… ދެންކިޔާދީބަލަ ވެގެން ތިއުޅޭ ކަމެއް. ކާކުގެ ކުއްޖެއް މަރުވީ. މިރަށުންތަ؟”  ގޮނޑީގައި ޝަރީފާ ބައިންދަމުން ދެފަރާތުން ސަޖޫލް އާއި އާދަނު އިށީނެވެ.

“ތަންނު އުޅުނީ އެމަންޖެ މަރާލަން. އުޅެނިކޮށް ތަންނު ކާރު އެކްސިޑެންޓްވީ. ތަންނުގެ ބަނޑުގައި އޮތް ކުއްޖާ މަރުވީ. އެކުޑަކުއްޖާގެ އޮތީ ކޮން ކުށެއް”  ރޮމުންދިޔަ ޝަރީފާ އާދަނުގެ ކޮނޑުގައި ބޯއަޅައިގެން އޮވެ ވާހަކަދައްކާ ނިމުމާއެކު ސަޖޫލް ދެފަރާތުން ބޮލުގައި އަތް އަޅާ ދެފަރާތަށް ބޯ ތަޅުވާލިއެވެ. އެވަގުތު އެތަނުން ތެދުވެގެން ދާން ހިނގައިގަންނަން އުޅުނު ވަގުތު ހިޔާލު ބަދަލުކޮށްލީ އާދަނު ވާހަކަދައްކަން ފެށުމުންނެވެ.

“ދަރިފުޅާ ސަޖޫލް! އެއީ ކޮންގެއެއްގެ ކުދިބައެއްތަ؟ މިރަށުގައި ހިނގި ކަމެއްތަ”  ވާނުވާ ނޭނގި އާދަނު ސަޖޫލް ކުރެން އެހިއެވެ. ޝަރީފާދެކެ ރުޅިއައިއްސާ ހުރި ސަޖޫލް އަށް ހެވުނީ އާދަނު އެހި އެއްޗަކުންނެވެ.

“ބައްޕާ އެއީ އަޅުގަނޑުމެންނާއި ބެހޭ ބައެއް ނޫން. އެއީ އިންޑިއާ ގައި އުޅޭ މަންމަގެ އާއިލާ މީހުން”  ވީގޮތް އާދަނަށް އެނގުމުން އައި ރުޅީގައި އެއްޗެއް ނުބުނެވުުނެވެ. އައި ރުޅިއަށް ވުރެ ބޮޑަށް އާދަނަށް ހިނި އަންނަ ގޮތް ވުމުން ވަޑާންފޮށި ހިފައިގެން ބަހެއް ނުކިޔާ ދިޔައީއެވެ.

“އެކަމަކު މަންމާ! މަންމަ ތީ ކޮންކަހަލަ މީހެއް. އަޅުގަނޑާއި ބައްޕަ ކިރިޔާއެއްނު ހާރޓްއެޓޭކެއް ނުޖެހުނީ. ބަލަ މަންމާ އެއީ ހަގީގަތެއް ނޫނޭ. އެއީ އެމީހުން ޑްރާމާ ކުޅެފައޭ”  ސަޖޫލް ޝަރީފާ ކައިރިއަށް ޖެހިލާ އަތުގައި ހިފާލުމުން ޝަރީފާ ދެލޮލުން އައި ކަރުނަތައް ފޮހެލިއެވެ. ޝަރީފާ ސަޖޫލަށް ބަލާލިއެވެ. އޭރުވެސް ޝަރީފާ އަށް އިނީ ރޮވފައެވެ.

 

އަލްޔާ އާއި ޝައިމްގެ ކައިވެންޏަށް ހަ މަސް ވެގެން ދިޔައިރު ވެސް އަލްޔާގެ ފަރާތުން ޝައިމް އަށް ކުރިއެރުމެއް ނުލިބޭއެވެ. ނަމަވެސް ޝައިމްގެ ހިތުގައި އަދިވެސް ‘އިންތިޒާރު’ މިނަން ކިޔާ ލަފްޒަށް އޮތް ލޯތްބެއްގެ ބޮޑުކަމުން މަޑުކޮށްގެން ހުރީ ފޫހިކަމެއް ނެތިއެވެ. އަލްޔާ ނިދާފައި އޮންނަ ވަގުތުތަކުގައި އެމޫނަށް ހިތްފުރޭވަރަށް ބަލަން ހުންނައިރު ގާތްވާން ހިތަށް އެރި ނަމަވެސް ކެތްތެރިވަނީ އަލްޔާ އަށް އޮޅުވާލަން ބޭނުންނުވާތީއެވެ. މިހާރުވެސް ޝައިމްގެ ފޮރުވާފައިވާ ސިއްރު އެއީ އެންމެ ބޮޑު ބޮލުގެ ރިހުމަށް ވަނީ ވެފައެވެ. ނަމަވެސް ކުރިއާއި ހިލާފަށް އެދެމެދުގައިވާ އެކުވެރިކަން ވަނީ ވަރަށް ބޮޑުތަން މޫލާފައެވެ.

ލޯބިން ސަމާސާ ކޮށްލުމާއި ޝައިމްގެ ލޯބިވެތި ބަސްތަކުން އަލްޔާ އަށް އުނދަގުވިޔަސް މޫނުމަތިން އެކަންތައް ފޮރުވަނީ ޝައިމް އަކީ އަލްޔާގެ ފިރިމީހާ އޭ ހިތަށް އެރުމުންނެވެ. ލޫކްގެ ހަނދާންތަކުގައި ދިރިހުންނާކަށް އަލްޔާ ބޭނުމެއްނޫނެވެ. ޝައިމް އަށް އޭނާގެ ހައްގުތައް އަދާކޮށްދެން އަލްޔާ މިހާރު ވެސް ވަރަށް މަސައްކަތްކުރޭއެވެ. ޝައިމް ކައިރިވާ ވަގުތު ތަކުގައި ލޫކްގެ މޫނު ފެންނަ ކޮންމެފަހަރަކު ޝައިމް ގެ ހިތް މާޔޫސްކޮށްލެވޭތީ އަލްޔާ ދެރަވޭއެވެ. ނަމަވެސް ފާޅުގައި އަލްޔާ ވަނީ ޝައިމްގެ ފަރާތުން ވަގުތު ބޭނުންވާ ކަމުގައި ބުނެފައެވެ. ޝައިމް ދެކެ ލޯބިވެވުނު ދުވަހަކުން އެކަން ހާމަކުރާނެ ކަމަށް ބުނުމުން އުފަލުން އަލްޔާގެ މޫނުގައި ޝައިމް ފިރުމާލިއެވެ.

ކުޑަމަނިކެ ގެ އެތައް ނަޞޭހަތަކަށް ފަހު ލޫކް ވަނީ އަލުން ދިރިއުޅެން ފަށާފައެވެ. ބަރާބަރަށް އޮފީހަށް ދިޔުމާއި ގޭތެރޭގެ ކަންތަކުގައި އާއިލާ މެންބަރުންނަށް އެހީވުމާއި އަދި ކުޅިވަރުތަކުގައި ލޫކް ގެ ނަން އަނެއްކާވެސް އެންމެ ކުރީގައި އޮންނަން ފަށައިފިއެވެ. ފާއިތުވެ މިދިޔަ ހަމަސް ދުވަހުގައި ފުރާނަ ހުއްޓަސް ދުނިޔޭގައި އުޅެފައިވަނީ ލޫކްގެ ރޫހެވެ. އަލްޔާގެ ވަކިވުމުގެ ސަބަބުން ލޫކްގެ މުޅި ދިރިއުޅުން ވަނީ އެކޮޅުކޮޅުން ޖެހިފައެވެ. ލޫކަށް އަންނަމުންދާ ބަދަލުތަކާއި މެދު ހަސަންފުތު ކަންބޮޑުވާން ފެށުމުން ކުޑަމަނިކެ ވަނީ ގޭ ހުރިހާ މީހުންނަށް ލޫކާއި ބެހޭ ހުރިހާ ވާހަކަތަކެއް ކިޔާދީފައެވެ. ލޫކަށްޓަކައި ގޭ ހުރިހާ މީހުން ހަމްދަރުދީ ވިއެވެ. ހުރިހާ މީހުން ވެސް ދުއާ ކުރަނީ އަލްޔާ އެގޭ ކުއްޖެއްގެ ގޮތުގައި އެގޭގައި ފައިތިިލަ ސާބިތު ކުރާނެ ދުވަހަކަށެވެ.

އޮފީހުގައި މަސައްކަތުގައި ކިތަންމެ އަވަދިނެތި އުޅެން ޖެހުނަސް ލޫކްގެ ހިތުން ފަޅި ސިކުންތަކަށް ވެސް އަލްޔާގެ ނަން ފޮހެވިގެން ނުދޭއެވެ. ދުވަހަކަށް ވުރެ ދުވަހެއް ދަނީ ލޯބި އިތުރުވަމުންނެވެ. ނަމަވެސް ލޫކް ކެތްކުރާނެއެވެ. ކިތަންމެ ލޯބިވި ކަމުގައި ވިޔަސް އަލްޔާގެ ދިރިއުޅުން ލޫކް ގެ ސަބަބުން ހަލާކުވާކަށް ބޭނުމެއްނޫނެވެ. ތަގުދީރުގައި ހުރިއްޔާ ލޫކް މަރުގަންނަވާނީ އެހަޔާތަށް އަންބެއްގެ ގޮތުގައި އަލްޔާ އައިސް އަދި ލޯބީގެ އެތައް ހަނދާންތަކެއް ދީފައެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއެވެ. އަޑިގަނޑުގައި ހުންނައިރު އުސްގަނޑު ނުފެނިދާނެއެވެ. އެހެނަސް އުސްގަނޑަށް އެރުނީމައި ވަރަށް ފަސޭހައިން އަޑިގަނޑު ފެންނާނެއެވެ. ލޫކް ބޭނުންވަނީ ކެތްތެރިކަމާއެކު ކުރިއަށްދާށެވެ. މިއީ ކުޑަމަނިކެ ލޫކަށް ވިސްނާދިންގޮތެވެ. މިވަގުތު ލޫކަށް ލިބިފައިވާ އެންމެ ބޮޑު ހިތްވަރަކީ ލޯބިވާ މަންމައެވެ.

 

ހޮސްޕިޓަލުން ސަޖޫލަށް ނަރުހެއްގެ ވަޒީފާ ލިބިގެން ދިއުން އެއީ އާއިލާ އަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމުގައި ވިއެވެ. ޝަރީފާ އާއި އާދަނު އުފަލުން ހުރިހާ ދަތްތައް ފެންނަ ވަރަށް ހީލައިގެން ހުއްޓެވެ. ރޭގަނޑުގެ ކެއުމަށް މުޅި އާއިލާ ރަށުގައި ހުންނަ އެންމެ ބޮޑު ރެސްޓޯރަންޓަށް ދިޔައީ އެކަމާއި އުފާ ފާޅުކުރުމަށެވެ. އެކުގައި ޝައިމް އާއި އަލްޔާ ވެސް ބައިވެރިވިއެވެ. ހުރިހާ މީހުން ސަޖޫލް އަށް މަރުހަބާ ކިއިއެވެ. ސެމިސްޓާ ބްރޭކަށް އައިސް ހުރި ބަތޫލް ވެސް ދޮންތަ އަށް ލިބުނު އާ ވަޒީފާ އާއި ދޭތެރޭ ނުލާހިކު ހިތްހަމަޖެހުނެވެ. ދެން އޮތީ ބަތޫލް އެވެ. އިރާދަކުރެއްވިއްޔާ ދެން މިއާއިލާ އަށް އުފަންވާނީ  ޑޮކްޓަރެކެވެ. މިއީ ބަތޫލްގެ ހިތުގެ އެދުމެވެ. ކާއެއްޗިއްސަށް އޯޑަރ ކުރުމަށްފަހު އެވީ ވަގުތުތަކުގައި އެންމެ ގިނަ އަނގަ ތެޅީ ޝަރީފާއެވެ.

“މި މީހުން ވަރަށް ޖޭ ވާނެ އަހަރެން މިހާ ބޮޑަށް ހިކިފައި ހުރީމަ. ބަލާބާ މި ސަޖޫލް ވެސް”  ޝަރީފާ ސަޖޫލަށް އިނގިލި ދިއްކޮށްލަމުން ބުންޏެވެ.  “އާނ މިހާރު ބޮއްތި ވަރަށް ހިކި. ހަމަ އަސްލުވެސް. ކިތަށް ކިލޯ މިހާރު”  އަލްޔާ ފެންތަށިން ކޯވަރެއް ބޯލަމުން ބުންޏެވެ.  “ސަތޭކަ ފަނަރަ”  ފަހްރުވެރިކަމާއެކު ޝަރީފާ ބުންޏެވެ.

“މީގެ ހަތްމަސް ކުރިން ސަތޭކަ ސަތާރަ. މިދެން މީހަކު ހިކުނީއޭ ކިޔާނެތަ”  ސަޖޫލް ގަސްދުގައި ޝަރީފާ ރުޅިއަރުވާލިއެވެ. “ކޮބާ. މަބުނީމެއްނު. އެކޮއި އަށް ފެނެއެއްނު. ދުވަސްކޮޅަކުން މީ ސަޖޫލްގެ މަންމަ އޭ ވެސް ނުބުނާވަރުވާނެ”  ޝަރީފާ މޭގައި އަތްޖަހާލާފައި ބުންޏެވެ.

“އެދޮގެއް ބޮއްތީ. ތިގޮތަށް ހިތްވަރުކުރަންޏާ އަދި ކާމިޔާބުވާނެ. ބޮޑެތި ކަންތައްވާނީ ބުރަ މަސައްކަތުން. ބޮއްތި އަހަރެމެން މިހުރި ސައިޒަށް އަދި އަންނާނެ ތިގޮތަށް ހިތްވަރު ކުރަންޏާ. އިންތިޒާރުގެ ނިމުމަކީ ފޮނި އެއްޗެއް”  އަލްޔާ ވާހަކަދައްކާ ނިމުމާއެކު ކައިރީގައި ފޯނުން ޓްވީޓަރ ޗެކް ކުރަމުން ދިޔަ ޝައިމް އަލްޔާ އަށް ބަލާލިއެވެ.

“އަސްލުވެސްތަ. އިންތިޒާރުގެ ނިމުން ހަމަ އެހާ ފޮނިވާނެތަ”  އަލްޔާ ގެ ކަންފަތާއި ކައިރިވެލަމުން ޝައިމް ބުނި އެއްޗަކުން ރަކިގޮތަކަށް ހީލާފައި  ޝައިމް އަށް ބަލާލިއެވެ. އަލްޔާގެ ލޮލާއި ޝައިމްގެ ލޯ އަމާޒުވުމާއެކު ޝައިމް އަށް އެދެލޮލުން ބުނެދިނީ ކޯއްޗެއްކަމެއް ނޭނގުނެވެ. އެކައްޗެއް އެނގުނެވެ. އެދެލޮލުގެ ކަނޑު ކިތަންމެ ފުންވިކަމުގައި ވިޔަސް އަލްޔާ އާއި އެކު ސަލާމަތުގެ އައްސޭރިއަށް އާދެވޭނެ ކަމެވެ. އަދިވެސް އިންތިޒާރުކުރާށޭ އަލްޔާ ބުނި ކަހަލައެވެ.

ކެއުމުގައި ހުރިހާ މީހުން ވަގުތު ހޭދަކުރަމުން ދިޔައީ މަޖާ ވާހަކަތަކުގައެވެ. ޝަރީފާގެ ވާހަކަތައް ހުރި ގޮތުން ޝެނާ އިނީ ހީހީ ބިނދޭވަރުވެފައެވެ. ކައި ނިމިގެން ހުރިހާ މީހުން ރެސްޓޯރަންޓް ބޭރުގައި މަޑުކޮށްލައިގެން ތިބީ މަގުމަތި އަނދިރިވާނޭ ކިޔާ ސަޖޫލް ބޮޑާހާކަން ފެށުމުންނެވެ. ޝައިމް ޝެނާ ގޮވައިގެން ސައިކަލުގައި ގެއަށް ދިޔައީ ޒޫނީ ހޭލައިގެން ފަހީމާ ގުޅުމުންނެވެ.

“މަންމާ! ހިއެއްނުވޭ ޓެކްސީ އެއް ލިބޭނެހެނެއް. ހިނގާ ޕިކަޕެއް މަޑުކުރަމާ. ދޯ ލައިއްތާ. މަންމަ އަރާނީ ކުރިއަށް. އަޅުގަނޑުމެން ތިބޭނީ ފަހަތުގައި” ބަތޫލް ފޯނުން ގަޑިއަށް ބަލާލަމުން ހިޔާލެއް ދިނެވެ.

“އައްޗީޑި. މިރަށުގައި އޮންނަނީ އެންމެ ޕިކަޕުގަނޑެއް. އެވެސް ދުއްވަނީ ރަޝާދު ފިހާރައިގާ އުޅޭ ބޮންދު. އޭނައާއި ކައިރިވެއްޖިއްޔާ މަގޭ އަނަގއިން ނިކުންނާނީ ހުސް ހޮޑު. އޭނަ ހީވަނީ މުޅި ގައިގަ ކުނި ގަރުދިޔަ ހާކައިގެން އުޅޭހެން. ސަޖޫލް އަރާ ކުރިއަށް……ޗުކި. މަށެއް ނާރާނަން ފަހަތަކަށް ވެސް. ފަހަތުގައި ހުއްޓާ މަވެއްޓިއްޖިއްޔާ ތިއެންމެން މަ ނަގާ ބޯކޮޅު ތިރިއަށް ވެސް ބަހައްޓަފާނެ. އެހެންވީމާ މިރޭ ގެއަށްދާނީ ހިނގާފައި. ދެން ތިބުނާހާ އަނދިރިއެއް ވެސް ނުވާނެ މަގުތަކެއް” ސަޖޫލް އާއި އަލްޔާގެ އަތުގައި ހިފާ ދަމަމުން ޝަރީފާ ކުރިއަށް ހިނގައިގަތެވެ. ފަހަތުން ހެވިފައި ހުރެ ބަތޫލް ވެސް ހިނގައިގަތެވެ.

“ލޫކް ސަރ….މިރަށުގަ” ފަހަތުގައި ހުރި ބަތޫލްގެ އަޑު ކަންފަތުގައި ޖެހުމާއެކު އަލްޔާ ގަނޑުވި ކަހަލައެވެ. ލޫކް އަނެއްކާ އައީ ހެެއްޔެވެ؟ ފަހަތަށް ބަލާލާކަށް ވެސް އަލްޔާ އަށް ނުކެރުނެވެ. މިދަނޑިވަޅުގައި އަލްޔާ އަށް ލޫކް ފެނިއްޖިއްޔާ އަނެއްކާ ހިތްވަރުއެލޭ ގޮތް ވެދާނެއެވެ. ސަޖޫލް އަލްޔާގެ އަތްތިލައަށް ފިތާލުމާއެކު އަލްޔާ ހިތްވަރުކޮށްފައި ފަހަތަށް އެނބުރުނެވެ. އެއާއެކު ދެލޯ ފުރިގެން އައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ތާޝާ (13ވަނަ ބައި)

Next

ހިތުގެ އުދާސް

Next
November 11, 2016

ހިތުގެ އުދާސް

Previews
November 11, 2016

ތާޝާ (13ވަނަ ބައި)

17 Comments!

  1. Ushaali says:
    November 11, 2016 at 3:45 am

    huriha kudhin… miothy 12 vana bai. aslu ulhuny hukuru dhuvahu haveeru up kuran kamah. ekamaku duty ga maa bodah nidhi annan feshumun hithah ery mi bai liyelaany ey. dhn liyevunyma miothy up kollaafa. huriha kudhin ves ufaa vaane kamah heekuran. adhi mi bai kamudhaane kamah ves heekuran. 13 vana bai ves maybe maadhama rey hama migadyga genesdhevidhaane…. 🙂 🙂

  2. Jee says:
    November 11, 2016 at 4:00 am

    Love it.. ?? plx upload it fast… Very curious to read next part…?

    1. Aaya says:
      November 11, 2016 at 4:19 am

      Las nukoh loook alya aagulhuvaba.

    2. Ushaali says:
      November 11, 2016 at 4:49 am

      thankyou 🙂

    3. Ushaali says:
      November 11, 2016 at 4:50 am

      thankyou Jee 🙂

  3. shai says:
    November 11, 2016 at 6:51 am

    Yeyyy am first ….vaahaka varah reethi…next part avahah up kohdhyba…ushaa ge vaahakatah arah reethi…keep it up dear…

  4. Leem says:
    November 11, 2016 at 7:27 am

    V v reethi ingey…. Gud work… Ushaali

  5. Ninni says:
    November 11, 2016 at 8:08 am

    Look n alyaa gulhuvabr plxxxx

  6. Azu says:
    November 11, 2016 at 8:12 am

    Hahahaha….shareefahtha haadha hikkaalaifiey dhw….ekam vehtuneema nagaafa bahattaane kolheh ves neyngeyo????alhe alya shaim ah ainbehge vaajibu adhaa nukuranees hageegaiyy falhaa aruvaalabala…pls…plss….look roathee vv dhera vey….lai n look gulhuvaabala avhh….look n lai aa ekee azu ves roanee???????

  7. inee says:
    November 11, 2016 at 9:00 am

    Haadha reethi vaahakaeh mee waiting for next part

  8. ކުލްސުމް says:
    November 11, 2016 at 9:33 am

    Dhen shaim have ehai Alya ah engibala. V foohivey e shaim handy dheke. Alya & luck gulhuva Bala please please please please please

  9. Maus says:
    November 11, 2016 at 9:35 am

    Dhen shaim ge kanthah Alya ah engibala. V foohivey e shaim dheke. Alya & luck gulhuva Bala please please please please please

  10. Zeeshaan Aishath says:
    November 11, 2016 at 2:41 pm

    Ushaali vareh neh

  11. Appy says:
    November 11, 2016 at 3:03 pm

    Hihi v majaa. N v v rythi

  12. M Shahina Ahmed says:
    November 11, 2016 at 6:49 pm

    Wow

  13. sonaalee says:
    November 11, 2016 at 7:23 pm

    Loook n alyaa gulhuvaba pls pls pls pls pls pls..konmes shaim ge meehakah alyaa na hadhahey..alyaa ge hashigadigaa enme furathama beehilaa meehakah look hadhahchey..pls pls

  14. Ar says:
    November 12, 2016 at 7:44 pm

    When is next parttt?????

Comments are closed.

Next Episodeވާލޯބި އެނގޭނަމަ… 13←


All Right Reserved!