Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިހިތުގެ ފަސާނާ 22

ShaiShy Level 410 Stories100 Comments500 Comments
November 10, 2016 4 Mins Read
15 Comments

“އިނަފް! ޔޫ ކާންޓް މެރީ ހިމް ކޯޒް ހީ އިޒް މައި ސަން..އެން ޔޫ އާރ މައި ޑޯޓަރ.. ޑޭމް އިޓް!” މައިކްލްގެ އަޑު މުޅި ގޭތެރޭގައި ގުގުމައިގެން ދިޔައީ ތަނބުތަކުވެސް ރެނދުލާހާ ބާރަށެވެ.
ހަމަ އެވަގުތު އެއްޗެއް ތެޅުނު އަޑުފަށްގަނޑު އިވުމާއެކު ހުރިހާ އެންމެންގެ ނަޒަރު އަމާޒުވީ ދޮރާދިމާއަށެވެ. ދޮރުމަތީގައި ހުރި މާރިޔާ އަށް އިވުނު ބަސްތަކުން ސިހުންލިބިފައިވިއެވެ. ޒީޝާ މާރިޔާ އާއި ދިމާއަށް ބަލާލީ ބިރެއް ފެނިގެން ކަހަލަ ގޮތަކަށެވެ. އިސްދަށަށް ޖަހައިލަމުން މާރިޔާ އެތަނުން ދިޔައީ ހަލުވި ފިޔަވަޅުތަކެއްގައެވެ. މައިކަލް ހިނގައިގައި ގަތީ ކޮޓަރިއާއި ދިމާއަށެވެ.
“އައި ޑޯންޓް ބިލީވް ޔޫ ޑޭޑް” ޒީޝާ ހަޅޭލަވާގަތެވެ. މުޅި މީހާ ތުރުތުރު އަޅަމުންދިޔައިރު ފުންކޮށް ނޭވަލަމުން ދިޔައީ ނަފްސު ހަމައަކަށް އެޅުވުމަށެވެ. ނަމަވެސް ޒީޝާ އަށް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. ކުއްލިއަކަށް ފާޅުވީ ހަޤީގަތް އޭނައަށް ހަޖަމު ކުރަން އުނދަގޫވިއެވެ.

“ތިއުޅެނީ ޒީ އަށް އާފް ލިބިދާނެތީވެ..ޑޭޑްވެސް ބޭނުންވަނީ މިކްޔާ އަށް އާފް ލިބޭކަށްނު ދޯ؟…އައި ހޭޓް ޔޫ ޑޭޑް..އައި ހޭޓް ޔޫ އޯލް..ހުރިހާ މީހުންވެގެން ތިއުޅެނީ ޒީ އަށް އޮޅުވާލަންވެގެން..ޒީ ތި ހުރިހާ އެންމެނަށް ނަފްރަތުކުރަން..ސްޕެޝިއަލީ ޔޫ ވިކެޑް ވުމަން..” މިކްޔާ އާއި ދިމާ އަށް ކަޅިއަޅައިގެން ހުރި ޒީޝާ ހީވަނީ ދެންމެ ދެންމެ މޮޔަ ވެދާނެހެންނެވެ.

އައުފް އަކީ އޭނާގެ ބޭބެއަށް ވެދާނެހެއްޔެވެ؟ ފުރަތަމަ ލޯތްބަކީ ހަނދާނުން ފިލައި ނުދާނޭ އެއްޗެކޭ ބައެއް މީހުން ބުނެ އުޅެއެވެ. ވީއިރު ޒީޝާއަށް އައުފްގެ ލޯބި ހަނދާން ނައްތާލާފައި ބޭބެއެއް ގޮތަށް ދެކެވޭނެ ހެއްޔެވެ؟ އެއީ ވާނެކަމެއް ނޫނެވެ. މުޅި ދުނިޔެ މަލާމަތް ކުރިޔަސް ޒީޝާއަށް އެވަނީ އަމިއްލަ ބޭބެ ދެކެ ދީވާނާއެއް ފަދައިން ލޯބިވެވިފައެވެ. މީ ކޮންފަދަ އިމްތިހާނެއް ހެއްޔެވެ؟ ކުރެވުނު ފާފަތަކާއި އުޅެވުނު ގޮތުގެ ނަތިޖާ ހެއްޔެވެ؟ އާޚިރަތް ދުވަސް މަތިން ހަނދާން ނައްތާލުމަށްފަހު ދުނިޔެވީ އުފަލާ މަޖާ ނެގުމުގެ ވޭންހެއްޔެވެ؟ ޒީޝާ އަކީ ނަމެއްގައި މުސްލިމެކެވެ. ހިތާ ރޫހު ވަނީ ފަރަންޖީންނަށް ހިބަކޮށްދެވިފައެވެ. އޭނާ އަށް އެލިބެނީ އެކަމުގެ ހައްޤު ޖަޒާހެއްޔެވެ؟ ޒީޝާގެ ސިކުނޑީގެ ނާރުތަކަށް ބާރުކުރަމުން ދިޔައީ އޭނަގެ ވިސްނުމަށްވެސް ނުކުޅަދާނަ ވާވަރަށެވެ.

މައިކަލް އަށް އޭނާގެ ކުށް މިއަދު އިހުސާސް ވެއްޖެއެވެ. މާޒީގައި ފަސް އަޅާ ފޮރުވި ނަމަވެސް ކޮންމެސް ދުވަހަކުން އެފަސްގަނޑު ކޮނެގެން ނަގަން ޖެހިދާނެއެވެ. މިއަދު މިއޮތީ އެދުވަސް އައިސް ޖެހިފައެވެ. އައުފަކީ އޭނައަށް ހެދުނު ގޯހެއްގެ ހިތި ނަތީޖާއެވެ. މައިކަލް އަބަދުވެސް ލޯބިވީ ޒީޝާގެ މަންމަ ދެކެއެވެ. އައުފް ދުނިޔެއަށް އުފަންވުމާއެކު މައިކަލް ވަނީ އޭނާ ބޭނުން ނުވާކަމަށް އައުފްގެ މަންމަ އަމީލިޔާ ކައިރީގައި ބުނެފައެވެ. އަމީލިޔާއަށް ލިބުނު ހިތާމައިގެ މައްޗަށް ރުޅިވެރިކަން އިސްވެ މައިކަލްއަށް ކުރަން ފެށި ނަފްރަތުގެ ދިލަ ހޫނުކަން އިހުސާސް ކޮށްދިނީ ކުށެއްނެތް އެ ތުއްތު ފުރާނައަށެވެ. އެންމެ ފަހުން އައުފް އެ ޖަލުން ސަލާމަތް ކޮށްގެން ގެނައީ މައިކަލްގެ މަންމަ ސަފޫރާއެވެ. ސަފޫރާ އައުފް ގޮވައިގެން މާލެ އައީ މައިކަލްގެ ފަރާތުން އެކުއްޖާފުޅަށް ލޯތްބެއް ނުލިބޭނެކަން އިނގޭތީވެއެވެ. ސަފޫރާ އޭނާގެ ފުރަތަމަ މާމަދަރިފުޅަށް ހިތް ފުރޭ ވަރަށް ލޯބިދިނެވެ. އަމީލިޔާގެ އަނިޔާ ހަނދާނުން ފިލާ ވަރަށް އައުފަށް ލޯބިދިން ދެވަނަ މީހަކީ ސޮފިއްޔާއެވެ. މަންމަ އާއި ބައްޕަ ފަރާތުން ނުލިބުނު ލޯތްބާ އަޅާލުން ލިބުނެވެ. އައުފް އޭނާ މަންމަ މަތިން ހަނދާންނެތި ސޮފިއްޔާ އަކީ މަންމަކަމަށް ޤަބޫލު ކުރީ ހިތުން ރުހުމުގައެވެ. ބައްޕައެއް ހުއްޓަސް އެލޯބިން މަހުރޫމު ކޮށްލީވެސް މައިކަލްގެ އެ ބޯހަރު މިޒާޖެވެ. ޒީޝާ އޭނާ ދޫކޮށްފައި ހިނގައިދާނެ ކަމުގެ ބިރަށް މައިކަލް އައުފްގެ ހަޤީގަތް ހާމަ ކުރަން ޖެހިލުންވީއެވެ. އަލަތު ލޯބީގެ ނީޝާން މައިކަލްގެ ހަޔާތާ ވަކިވުމަށް އޭނާގެ ހިތެއް ނުރުހެވުނެވެ. މައިކަލް ޒީޝާ ދެކެ އިންތިހާއަށް ލޯބިވެއެވެ. ޒީޝާ ބޮޑުވަމުން އައީ ވެސް ބޭނުންވި ހުރިހާ ކަމެއް ހާސިލް ކުރަމުންނެވެ. އޭރު މައިކަލް އަށް ނުވިސްނުނީ ދަރިންނަށްވެސް ލޯބި ދޭންޖެހޭ މިންގަނޑުތަކެއް އޮންނަން ޖެހޭނެކަމެވެ.

މިޝްޔާ އަށް ދެއަހަރުވީތަނާ ސޮފިއްޔާ އަށް ފާހަގަ ކުރެވުނީ ޒީޝާ އާއި އައުފްގެ ބަދަހިވަމުން އަންނަ ގުޅުމެވެ. އައުފަށް ފުރިހަމަ އިތުބާރު އޮތަސް ޒިޝާގެ މިޒާޖުން ސޮފިއްޔާ ބިރުގަންނަ ހިސާބަށް ކަންތައްތައް ދިޔައެވެ. މައިކަލް އާއި އެވާހަކަ ހިއްސާކުރުމުންވެސް ޒީޝާއަށް ހަޤީގަތް އެންގުން މުހިއްމު ނޫންކަމަށް ބުނެ އައުފްގެ އުމުރުން ފަނަރަ އަހަރު ޖަރުމަނަށް ކިޔަވަން ފޮނުވާލީ އެކަމަށް ހައްލެއް ލިބޭނީ އޭރުންކަމަށް ބުނަމުންނެވެ.

މިއަދުވެސް ޒިޝާގެ ހިތުގައި ރަސްކަން ކުރަމުން އެދަނީ އަލަތު ލޯތްބެވެ. މައިކަލް އަށް އޭރު ނުވިސްނުމުން މިއަދު އެކަމާ އޭނާ ހިތާމަ ކުރެއެވެ. ލޯބިވާ އަންހެން ދަރިފުޅަށް ލިބިފައިއެވަނީ އޭނާ ކުރި ކުށުގެ ޝަޒާއެވެ. އޭނާ އެދަރިފުޅުގެ ކިބައިން މާފަށް އެދެން ނުޖެހޭނެ ހެއްޔެވެ؟ މައިކަލް މިހާރު އެކަމާ ހިތާމަކޮށް މާފަށް އެދުނަސް އެއީ ނުވާކަމަކަށް ވާނެހެއްޔެވެ؟

މާޒީގެ ހިތި ހަނދާން އާވުމާއެކު މައިކަލް އަށް ވަރަށް އަސަރު ކޮށްފިއެވެ. ދުރުގައި ހުރި އައުފަށް ބަލާލިއިރު އެދެލޮގައި ވަނީ ޝަކުވާއެވެ. ވަގުތު ފާއިތުވީ ފަހުން ދެން ކަންކަން އިސްލާހު ކުރަން އުޅުނަސް އެކަމެއް ނުވާނެއެވެ. މައިންބަފައިންގެ މިފަދަ ކަންކަމުގެ ސަބަބުން އެތަކެއް ދިރިއުޅުމެއް ބަރުބާދުވެފައި އެބަހުއްޓެވެ. ނަސްލު އޮޅުވާލުމުގެ ހިތިކަން މިއަދު މައިކަލްގެ ދެލޯ ކުރިމަތިން ފެންނަން އެހުރީއެވެ. ދުވަހަކުވެސް އަމިއްލަ ނަފުސަށް މާފް ދެވޭނެކަމެއް ނޭނގެއެވެ. ދަރިންގެ ކުރިމަތީ މިއަދު އޭނާގެ އަގުވެއްޓިއްޖެއެވެ.

“ޒީ.. ސްވީޓްހާރޓް އައި އޭމް ސޮރީ..” މައިކަލްގެ ދެލޮލުގައި ކަރުނަ ވިދަމުން ދިޔައެވެ.
” ނޯ ޑޭޑް..އައި ކާންޓް ސްޓޮޕް ލަވިން ހިމް..ވައި ޑޭޑް؟..ވައި ޔޫ ޑިޑިންޓް ޓެލްމީ ދި ޓްރުތް؟..ދިޒް އިޒް އޯލް ޔުއަރ ފޯލްޓް..އައި ވިލް ނެވަރ ފޮރގިވް ޔޫ..” މައިކަލް ދިއްކޮށްލިއަތް ފޮޅުވާލަމުން ޒީޝާ މިސްރާބުޖެހީ ކޮޓަރިއާއި ދިމާއަށެވެ.

ސިޓިން ރޫމަށް އެވަގުތު ވެރިވި ހަމަހިމޭންކަމުން މިކްޔާ އަށް އުނދަގޫ ވަމުންދިޔައެވެ. ސޮފިއްޔާގާތު ދަނީ ކަމަށް ބުނެ މިކްޔާ ސިޑިން މައްޗައް އަރައިގެން ދިޔައެވެ. އައުފްވެސް އެތަނުން ދުރަށް ދާން ބޭނުންވެފައި ހުރުމުން ހިނގައިގަތީ ސިޑި އާއި ދިމާއަށެވެ.

**
މިކްޔާ ކޮޓަރީ ބެލްކަނީގައި ބަހުސް ކުރެވެމުން ދަނީ ދެންމެ ވީ ކަންތަކާ ބެހޭ ގޮތުންނެވެ. އައުފް މިކްޔާއަށް ވިސްނައިދެވޭތޯ ބަލަމުންދިޔައީ އޭނާގެ ކުށެއް ނެތް ކަމުގައިކަމެވެ. އެހެންނަމަވެސް މިކްޔާގެ ލޯމަށްޗަށް ސިފަވަމުން ދަނީ ޒީޝާ އާއި ދެމީހުން ނިދާފައި ތިބި މަންޒަރެވެ. އައުފް ކިތައްމެ ވަރަކަށް ބުންޏަސް މިކްޔާ އަށް ޤަބޫލު ނުކުރެވިގެން އެއުޅެނީ އެހެންވެގެންނެވެ.
“މިކްޔާ އަށް އަހަރެން ވިސްނައިދޭނެ އިތުރުގޮތެއް ނޭނގެ..މިބުނަނީނު އަހަރެން އެކަހަލަ ކަމެއް ނުކުރަމޭ..ދެން ކީއްވެ ޤަބޫލު ނުކުރަނީ؟ އައުފްގެ އަޑުގައިވަނީ އާދޭހެވެ.

“ދެން އެފޮޓޯއިން އެފެންނަނީ ކޯންޗެއް..؟ ” މިކްޔާ ވިސްނާލުމެއް ނެތި ބުނެލި ޖުމްލައިން އައުފަށް ހައިރާންކަން ލިބުނެވެ. މިކްޔާ ތިރީ ތުންފަތުގައި ދަތް އަޅާލީ ބުނެވުނު އެއްޗަކުންނެވެ.

ކޮން ފޮޓޯއެއް ؟..ކާކު ކީކޭ ކިޔައިގެން ތިއުޅެނީ؟..އެހެންނޫނަސް އަހަރެންގެ ލައިފްގަ ހިނގާ ކަންތަކާ މިކްޔާ ތިވަރަށް ކަންބޮޑު ވާންޖެހުނު ސަބަބެއް ނުވިސްނުނު..”

” އަހަރެންނަށް ނޭނގެ އަސްލު އެރޭ ވީ ކީއްކަމެއް..މާރިޔާއްތަ ގެނައީ ކޮފީތައްޓެއް ދެން……ޔެސް! ޔެސް! ނައު އައި ގޮޓް އިޓް..މަޑުކުރޭ އެބަ އަންނަން މާރިޔާއްތަ ގޮވައިގެން…ޝީ ކޭން އެކްސްޕްލެއިން އެވެރީތިންގ..” ކުއްލިއަކަށް ގޮނޑިންތެދުވެގެން އައުފް ދުއްވައިގަތީ ދޮރާ ދިމާއަށެވެ.

އައުފް ދިޔަ ދިމާއަށް ބަލަން އިން މިކްޔާގެ ސިކުނޑީގައި އެނބުރެމުންދަނީ ދެންމެގަ ދެއްކި ވާހަކަތަކެވެ. އޭނަ ޝަމާންދެކެ ލޯބިވާއިރު އައުފް އާއި މެދުވެސް ވިސްނެނީ ކީއްވެހެއްޔެވެ؟ އެބުނާހެން އައުފްގެ ދިރިއުޅުމުގައި ހިނގާ ކަންތަކަށް ފާޑުކިޔަން އޭނާ އެއީ ކާކުހެއްޔެވެ؟ އަނެއްކާ ދެމީހުން ދެކެ އެއްފަހަރާ ލޯބިވެވުނީ ހެއްޔެވެ؟ އެކަމަކު އެއީ ކިހިނެއްވާނެ ކަމެއް ހެއްޔެވެ؟ ލޯތްބަކީ އިހުސާސެކެވެ. ދެމީހުންނަށްޓަކައި އެއްފަހަރާ އެފަދަ އިހުސާސެއް ކުރެވިދާނެ ހެއްޔެވެ؟
ހިޔާލީ ދުނިޔެއެއްގައި އިން މިކްޔާ އަށް އަށް ހޭވެރިކަންވީ ކުރިމަތީގައި އޮތް ފޯނެއް ރިންގުވަމުންދާތީވެއެވެ. އައުފް އެދިޔައީ ފޯނު ބާއްވާފައެވެ. ދޮރާ ދިމާއަށް މިކްޔާ އަށް ބަލާލެވުނީ އައުފް އާދޭތޯއެވެ. އެތައް ފަހަރަކު ރިންގުވުމަށްފަހު އެފޯނު ކެނޑުނެވެ. އަނެއްކާވެސް އިރުކޮޅަކުން ރިންގު ވިއެވެ. މިކްޔާ އެފޯނަށް ބަލާލީ ގުޅަނީ ކާކުތޯ ބަލާލުމަށެވެ. “އިމްޕޯޓަންޓް” މިހެން ޖަހާފައި އިންތަން ފެނި މިކްޔާ އަށް ވިސްނާލެވުނެވެ. ވަރަށް މުހިއްމު ކަމަކު ގުޅާ މީހަކަށްވެސް ވެދާނެއެވެ. ދެޚިޔާލެއްގައި އިން މިކްޔާ އެންމެ ފަހުން އެކޯލަށް ޖަވާބުދިނެވެ.

“ހެލޯ” ދެމީހުންނަށް އެއްފަހަރާ ބުނެވުނެވެ. އެކޮޅުން އެއިވުނު އަޑަކީ މިކްޔާ އަށް އާ އަޑެއް ނޫނެވެ. އެއީ އޭނާ ދުވަހަކުވެސް ހަނދާނުން ފޮހެވިގެން ނުދާނޭ މީހެކެވެ.

” މިކް…ތީ ހަމަ މިކްތަ؟ ޕްލީޒް ވާހަކަ ދައްކަބަލަ..އައި އޭމް ސޮރީ އަބައުޓް ދެޓް ނައިޓް..މިކް..މިކް..” މިކްޔާ ކުއްލިއަކަށް ފޯނު ކަނޑާލީ އައުފް އަންނަތަންފެނިއެވެ. އަވަސް އަވަހާ ފޯނު މޭޒުމަތީގައި ބާއްވަމުން މިކްޔާ ސިއްރު ސިއްރުން ކަރުނަތައް ފޮހެލިއެވެ.

” މާރިޔާއްތަ ނިދާފަ އޮތީ… ދެން މާ….” އައުފްގެ ޖުމްލަ މެދުކެނޑުނީ ކުރިމަތީގައި އޮތް ފޯނު ރިންގުވަމުން ދިޔުމުންނެވެ.
“އިޓްސް ވޯރކް..ވިލް ޓޯކް ޓް ޔޫ ލޭޓަރ..” ފޯނު ނަގަމުން އައުފް އެހެން ބުނެލީ މިކްޔާ އާއި ދިމާއަށް ބަލާލަމުންނެވެ. ހަމަ އެކަނި ހިނތުންވުމަކުން މިކްޔާ ފުއްދާލީ ވާހަކަ ދައްކާނެ ވަރެއް އެދުލުގައި ނެތުމުންނެވެ. މިކްޔާގެ ހިތް އޮބިނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. ހިތާ ހިތުން ދުޢާ ކޮށްލެވުނީ އެކޯލަކީ ދެންމެ ގުޅިމީހާގެ ކޯލަކަށް ނުވުމަށެވެ. އެއްވެސް ކަމަކަށް އަދި އޭނާގެ ސިކުނޑި ތައްޔާރެއް ނުވެއެވެ. ކުއްލިއަކަށް ދިމާވި ކަންތަކުން މިކްޔާގެ ތަބީޢަތު ގޯސްވެ މީހާ ހާސްކުރުވައިފިއެވެ.

މިކްޔާ ކޮޓަރީގެ ދޮރާ ހަމަވުމަށްފަހު އައުފް ފަސްއެނބުރި މިކްޔާ އަށް ބަލާލީ ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުންނެވެ. އެކޮޅުން އިވުނު ބަސްތަކުން އައުފްގެ ނިތައް ރޫގިނަވެގެންދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ShaiShy

Level 410 Stories100 Comments500 Comments

Other Articles

Previous

ވަންހަނާ (2)

Next

ރިޔާޝާ (20ވަނަ ބައި)

Next
November 10, 2016

ރިޔާޝާ (20ވަނަ ބައި)

Previews
November 9, 2016

ވަންހަނާ (2)

15 Comments!

  1. kayashandy says:
    November 10, 2016 at 1:05 am

    i knw its kurukan…? sorry abt dat? usually i type de story at nyt, may b cux of dat m having pain in my eyes…n faadeige eicheives nagaafa inee left eye ga… cnt concentrate much on de story n typing too…???
    mistakes ves hunnaane..plx let me knw…next part insha allah dhigukohlaanan..thank you all for ur support ☺ keep waiting ✌

    1. Mar Sha Marsha says:
      November 10, 2016 at 1:29 am

      Oh.. get well soon kayashandy..

  2. Mar Sha Marsha says:
    November 10, 2016 at 1:28 am

    Vvv nice.. but mirey haadha kurey… waiting for 23.. alhe dhen kihinehtha vaany.. nw i want mikya n auf to b together.. adhives ehfaharu.. vvv rythi… inthizaaarinnnggggg

  3. Butterfly says:
    November 10, 2016 at 1:39 am

    Okay

  4. Butterfly says:
    November 10, 2016 at 1:40 am

    I understand get well soon

  5. Khajja says:
    November 10, 2016 at 1:40 am

    Yeah Im first dhw Rythi masha allah

    1. kayashandy says:
      November 10, 2016 at 1:42 am

      thanku khajja?

  6. Khajja says:
    November 10, 2016 at 1:43 am

    Shandy shafakallah

  7. Axee says:
    November 10, 2016 at 3:54 am

    Wow salhi mi partves….mikyaa libeyny kaakahbaa dho…hehe…waitin for next part get vel soon kayashandy☺.

  8. he he he says:
    November 10, 2016 at 4:58 am

    Reethi hama… ekam ayee auf dhariyakah viyyah sakarrah… zeesha aai john aai ves gulhun otheynun… just idea ingay . . Anyways hama salhi

  9. Aishu says:
    November 10, 2016 at 6:17 am

    Shamaan dho egulhy…. Maabodahves kuru mi part. Shafakillah saandy. Next part avas plz

  10. sonaalee says:
    November 10, 2016 at 7:16 am

    V reethi

  11. Anonymous says:
    November 10, 2016 at 7:27 am

    v reethi

  12. Azu says:
    November 10, 2016 at 11:30 am

    Get wel soon….shaandy…vaahaka hama v best

  13. samy says:
    November 11, 2016 at 4:58 pm

    NICE

Comments are closed.

Next Episodeމިހިތުގެ ފަސާނާ (ރިވެންޖް ކޮންޓިނިއުސް)←


All Right Reserved!