Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ލޯބިވާއޭ ….. (7)

Aislin Level 110 Stories
November 9, 2016 5 Mins Read
16 Comments

ޝަންހާއީގައި ހިނގާދިޔަ ކަންތައްތަކަށްފަހު މިއަދު އެގޭގެ އެންމެން ހެނދުނުގެ ނާސްތާގައި ބައިވެރިވިއެވެ. ނަމަވެސް މުޅިތަނަށް ވެރިވެފައިވަނީ މަރުފަދަ ހިމޭންކަމެވެ. އެއްވެސް މީހަކު އަކަކު އަނެކަކާއި އަނގައިން ބުނުމެއްވެސް ނެތެވެ. އެހަމަހިމޭންކަން ފުރަތަމަ ފޫދުއްވާލި މީހަކީ އިވާންއެވެ. “މަންމާ. އަޅުގަނޑު މިވިސްނަނީ ސިންގަޕޯރއަށް ބަދަލުވާން. އެބްރާންޗްގެ މެނޭޖަރާއިވެސް ވާހަކަ ދައްކާލައިފިން. ބުނި އަންގާލާނަމޯ ހަމަޖެހުނީމަ. ހީވަނީ ވަރަށް އަވަހަށް ހަމަޖެހޭނެހެން.” އިވާން ދެއްކި ވާހަކައިގެ ސަބަބުން އެތާގައި ކުޑަވަރެއްގެ ބޮމެއް ގޮވިފަދައެވެ. “ކީއްވެތަ ދާންވީ؟ އެވެސް ހަމަކުއްލިއަކަށް” މޫމިނާ ލިބުނު ހައިރާންކަމުގައި ހުރެ ވާހަކަ ދެއްކިއެވެ. “މިތަނުގައި އަހަރެންގެ ބޭނުމެއްނެތީ. އަހަރެންގެ އަމިއްލަ މިނިވަންކަމެއްވެސް ނެތީ. އެއީ ސަބަބަކީ.” އިވާން ދެރަވެފައި ހުރެ ވާހަކަ ކުރިއަށް ގެންދިޔައެވެ. “ދަރިފުޅާ. ބައްޕަ އެގޮތަށް ކަންތއްކުރީ ދަރިފުޅުމެންނަށް ފާއިދާއަކަށް. އެކަހަލަ ރަށްފުށުގެ މީހުން ބޭނުންވާނީ އަހަރެމެން ކަހަލަ މުއްސަނދިންގެ ފާއިސާއާއި މުދާ. ބައްޕަގެ މިވިޔަފާރިވެސް ބަނގުރޫޓުކޮށްލަން ކިތައްފަހަރު އުޅެފި. ހަމަހުސް ރާއްޖެތެރޭ މީހުން.” ޢުބައިދުﷲ ވިސްނައިދޭފަދަ ގޮތަކަށް ވާހަކަ ދެއްކިއެވެ. ދެކެވިގެންދިޔަ ވާހަކައިގެ ޙަޤީޤަށް އެގޭ ހަމައެކަނި ފަރާތަކީވެސް އޭނާއެވެ.

“އަހަރެން ބޭނުމެއްނޫން ތިވާހަކަ ދައްކާކަށް. އަހަރެންގެ ނިންމުން ބަދަލެއްނުކުރެވޭނެ.” އިވާން އިސްޖަހާލައިގެން ހުރެ ވާހަކަ ދެއްކިއެވެ. އަޑުގައި ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުމާއި ރުޅިވެރިކަން އެކުލެވިފައިވެއެވެ. ޢުބައިދުﷲ ވިސްނުމަކަށް ގެއްލިފައި ހުރި އިރު އެހިޔާލުތަކުގައިވަނީ މީގެ އެތައް އަހަރެއް ކުރިއެވެ. އަރޫޝާ ފެނުމުން އެދުވަސްތައް މަތިން އޭނާ އިންތިހާއަށް ހަނދާންވިއެވެ. ރޭގައި ގޭތެރޭގައި ހިނގާދިޔަ ކަންތަކަށްފަހު އޭނާގެ އަމިއްލަ ނަފްސުގެ ހަމަޖެހުންވަނީ ގެއްލިފައެވެ. ސުފުރާގެ ހަމަހިމޭންކަން ގެއްލިގެން ދިޔައީ މޫމިނާގެ އަޑަށެވެ. ” ދަރިފުޅަށް ގޮތްނިންމަން އެގޭނީ. ހަމަގައިމުވެސް މާމަގެ މައްސަލައެއްނެތް. އެހެންނޫނަސް މިވަގުތު ދަރިފުޅަށް އެންމެ ރަނގަޅުގޮތް ކަންނޭގެތިއީ.” ” އިވާން. ވަގުތަކީ ހުރިހާ ބައްޔަކަށްވެސް ފަރުވާއެއް. އިންޝާﷲ ދަރިފުޅުގެ ހިތާމަތަކަށްވެސް ވަގުތަކީ ރަނގަޅު ފަރުވާއަކަށްވެގެންދާނެ. މަންމައަށް ފެންނަނީ ދުވަސްކޮޅަކަށް އެކޮޅަށް ބަދަލުވާން. ދަރިފުޅު ތިހުރީ ބޮޑުވެފަ. ކަންކަން އަމިއްލައަށް ނިންމުމުގެ އިޚްތިޔާރު ދަރިފުޅަށްވެސް އޮންނާނެ.” އަޒްލިފާ ވާހަކަ ދެއްކިއެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ. ޝަންހާއީގައި ހަމަނުޖެހުން ހިނގިތާ މިހާރު ހަފްތާއަކަށްވުރެ ގިނަދުވަސްވެގެން  ގޮސްފިއެވެ. އިވާން ސިންގަޕޫރަށް ފުރަން ތައްޔާރުވަމުންދާއިރު މުޅި ގޭތެރެއަށްވަނީ އަޖާއިބެއްފަދަ ހިމޭންކަމެއް ވެރިވެފައެވެ. އިވާންގެ ނިންމުމާމެދު އެކަކުވެސް އެއްޗެއް ބުނަން ބޭނުންނުވާފަދައެވެ. ނަމަވެސް އެންމެންގެ އެހިމޭންކަމުން އުނދަގޫވީ މީހަކީ އިމްޔާންއެވެ. އެހެންކަމުން އިމްޔާން އިވާންއާއި ވާހަކަ ދެއްކުމަށް ނިންމިއެވެ.

އިވާން ކޮޓަރީގައި އޮއްވާ ދޮރުގައި ޓަކިޖަހާލި އަޑުއިވުނެވެ. އިވާން މަޑުމަޑުންގޮސް ދޮރުހުޅުވާލިއިރު ކުރިމަތީގައި އިމްޔާން ހުރުމުން ވަންނަން ތަންދެއްކިއެވެ. “ކިހިނެއްވީ އިމީ؟” އިވާން އިމްޔާންއާއި ސުވާލުކުރިއެވެ. ” އަހަރެން ނާންނަން އިވާންގެ ތިނިންމުން ބަދަލުކުރުމަށް ވާހަކަތަކެއް ދައްކާކަށް. އެކަމަކު އަހަންނަށް ގޭތެރޭގައި މިއޮތް ހިމޭންކަމުން އުދަގޫވާތީ މިއައީ. އަހަންނަކަށްނޭގޭ އިވާންއާއި ބައްޕައާއި ދެމެދު ކޮންމައްސަލައެއްކަމެއް ޖެހުނީ. ބައްޕަ އެގޮތަށް ކަންތައްކުރުމުން އަހަރެންވެސް ވަރަށް ހިތުގައި ޖެހުނު. ރުޅިވެސް އައި. އެކަމަކު އަހަންނަށް ހީވަނީ މިކަމުގެ އަޑީގައި ކޮންމެވެސް ބޮޑު ކަންތައްގަނޑެއްވާހެން. އެހެންޏާ ބައްޕަވެސް މިހާރު ހުންނަވަނީ ނެގިމަޑުވެފައި.” އިމްޔާން އޭނާގެ ބޮލަށް އުދަގޫކުރަމުން ދިޔަ ވާހަކަތައް އިވާންއާއި ޙިއްސާކުރިއެވެ. “އަހަންނަކަށް ނޭގޭ ކީއްވެގެންކަމެއް. މުއްސަނދިން ޢާންމުގޮތެއްގައި އެމީހުންގެ ދަރިންގެ ހިތްހަލާކުކޮށްލާނީ އެމީހުންގެ ކުށްފޮރުވޭތޯ. ބައްޕައަށްވެސް އެކަހަލަ ކުށެއް ކުރެވިފައި އޮތީކަންނޭގޭ. އަހަރެން އިތުރަށް މިވާހަކަ ދައްކާކަށް ބޭނުމެއްނޫން” އިވާން ނުރުހިފައި ވާހަކަ ދެއްކިއެވެ.

މޯލްޑިވިއަންގެ ފްލައިޓް އައިސް ފުވައްމުލަކު އެއަރޕޯޓް ރަންވޭގައި ޖެއްސި ވަގުތުއްސުރެ ޢުބައިދުﷲގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. ގޭގެ އެންމެން ކައިރީ ވިޔަފާރިކަމެއްގައޭ ކަމަށްބުނެ އޭނާ ފުރައިގެން އައީ އޭނަގެ ހިތަށް ދަތިކުރަމުންދާކަމުގެ ޙަޤީޤަތް ހޯދުމަށެވެ. އެރަށުގެ އަހުލުވެރިއެއްކަމަށްވާ ޙަކީމަށް ގުޅައި ހުރިހާ ކަމެއް ހަމަޖެއްސީ ކަމުގެ ޙަޤީޤަތް ބަލައި ހޯދައިގެންނޫނީ މާލެ ނުދާން ޢަޒުމް ކަނޑައަޅައިގެންނެވެ. ޢުބައިދުﷲ މަޑުމަޑުން ނުކުމެގެން އައިއިރު އެއަރޕޯޓް ބޭރުގައި ޙަކީމް މަޑުކޮށްލައިގެން ހުއްޓެވެ. ސަލާން ގަލާންކޮށް އެކިވާހަކައިގައި ތިބެގެން ޢުބައިދުﷲ ހުރުމަށް ހަމަޖެހިފައިވާ ގެއަށް ދިއުމަށް ޙަކީމާއި ދެމީހުން ޓެކްސީއެއްގައި ދަތުރުފެށިއެވެ.

މައިރާ ޝަންހާއީގެ ބަހައްޓާފައިވާ ބެންޗެއްގައި އިށީނދެލައިގެން އިނެވެ. އޭނަގެ ޚިޔާލުގެ ވާފަށް ގުޅިފައިވަނީ އިމްޔާންއާއެވެ. އިމްޔާންއަކީ މައިރާގެ ފުރަތަމަ ލޯތްބެވެ. އަބަދުވެސް ދިރިއުޅުމަށް ގެންނަން ބޭނުންވާފަދަ ބައިވެރިއެކެވެ. ފާއިތުވެގެން ދިޔަ ދުވަސްތަކުގެ ތެރޭގައި އިމްޔާންއާއި މައިރާވަނީ ގާތް އެކުވެރިންނަށްވެފައެވެ. ދެމީހުން އެކުވެރިންގެ ހައިސިއްޔަތުން ވާހަކަ ދެއްކިނަމަވެސް ހިތުގައި އެކަކު އަނެކެއްގެ ނަން ލިޔެވިފައިވެއެވެ. މައިރާގެ ޚިޔާލީ ވާފަށް ކަނޑައިގެން ދިޔައީ މީހަކު އޭނައަށް ގޮވާލި އަޑުއިވުމުންނެވެ. މައިރާ ބަލާލިއިރު އިމްޔާން އޭނައާއި ޖެހިގެން ކަހަލަގޮތަކަށް ބެންޗްގައި އިށީންނަނީއެވެ.

ހަމަހިމޭންކަމުގައި ދެމީހުންވެސް ތިއްބެވެ. އެހަމަހިމޭންކަމުގެ ސަބަބުން އުދަގޫވީ މައިރާއަށެވެ. އެހެނީ، އިމްޔާންއަކީ ދުވަހަކުވެސް އެހާ ނެގިމަޑުވެފައި އިންނަ މީހެއްނޫނެވެ. “އިމްޔާން. ކިހިނެއްވެފަ؟” މައިރާ މަޑުމަޑުން ސުވާލުކޮށްލިއެވެ. އެވަގުތު އިމްޔާން ހުރީ މީހަކާއި ވާހަކަދައްކާލަން ބޭނުންވެފައިކަމުން އިމްޔާން މައިރާގެ ކުރިމަތީގައި ހިތުގެ އުދާސްތައް ބޭރުކޮށްލިއެވެ. “ނޭގެ. މައިރާ. ޖަސްޓް ގޭގައިވި ކަންތަކާހެދި ދެރަވަނީ. މަންމަވެސް މާމަވެސް ކަޓާފަ. އިވާންއަށް އެލިބުނީ ކިހާ ބޮޑު ދެރައެއް. ބައްޕަ އެހެން އެކަންތައް ކުރެއްވީ އެކުއްޖާއަކީ ފަޤީރު ކުއްޖަކަށްވެގެންނަމަ، ބައްޕަ ކަންކުރިގޮތް ވަރަށް ގޯސް. މައިންބަފައިންނަށް ދަރިންގެ އުފަލަށްވުރެ މުހިންމު ކަމެއް ނޯންނާނެ. ކީކޭ މައިރާ ބުނަނީ؟” “އިމްޔާން. އަހަންނަކީ މިގޭގައި މަސައްކަތްކުރަން އުޅޭ ކުއްޖެއް. މިގޭގެ ތިފަދަ ކަމަކާއި އެއްވެސް އެއްޗެކޭ ބުނުމުގެ ޙައްޤެއް އަހަންނަކަށް ނޯންނާނެ. ދެން ބުނެލަން އޮތީ ކޮންމެ މަޔަކާއި ބަފަޔަކުވެސް އެދޭނީ އެމީހެއްގެ ދަރިއަކަށް ރަނގަޅުގޮތް. އަހަރެންގެ ބައްޕަވީ ތަނެއް އަހަންނަކަށްނޭގޭ. އެހެންވެ މިޙާލަތު އަހަންނަށް މެދުވެރިވިނަމަ އަހަރެންގެ ބައްޕަ ކަންތައް ކުރައްވާނެގޮތެއް ނޭގޭ.” މައިރާ އިމްޔާންއަށް ބަލާލަމުން ވާހަކަ ދެއްކިއެވެ. މައިންބަފައިންގެ ވާހަކަ ދެއްކުމުން މައިރާ އޭނަގެ މަންމަ މަތިން ހަނދާންވުމުން ވަގުތުން އެރީތި ދެލޮލުން ކަރުނަ ހިލުނެވެ. އިތުރަށް ނުރޯން މަސައްކަތްކުރަމުން މަޑުމަޑުން އިމްޔާންއަށް ނޭގޭނެހެން ލޯކައިރި ފޮހެލިމަނަވެސް މައިރާގެ ކޮންމެ ޙަރަކާތަކަށް ޝައުގުވެރިކަމާއެކު ބަލަމުންދިޔަ އިމްޔާންއަށް މިމަންޒަރު ފެނުނެވެ.

ފުވައްމުލަކަކީ ދުނިޔޭގައިވާ އެންމެ ހިތްގައިމު އެއް މަންޒިލެވެ. މިރީތި މަންޒިލުން އެތައްބަޔަކު އުފަލާއި ހިތްހަމަޖެހުން ހޯދަމުން ދިޔަނަމަވެސް ޢުބައިދުﷲގެ ނަފްސަށް ކުޑަނަމަވެސް ހަމަޖެހުމެއް ނުލިބެއެވެ. ފުވައްމުލަކުގެ މަގުތަކުގައި ޢުބައިދުﷲ ހިނގަމުން ދިޔައެވެ. ފެންނަ ކޮންމެ މީހަކަށްވެސް އޭނައަކީ މިރަށުގެ މަގުތަކަށް ވަރަށް ފަރިތަ މީހެކޭ ބުނާހައި ރަށުތެރެއަށް ފަރިތައެވެ. ދިހަވަރަކަށް މިނިޓަށް ހިނގާލުމަށްފަހު ޢުބައިދުﷲ ވަދެގެން ދިޔައީ ފެހިކުލައިގެ ދޮރާއްޓެއްލާފައި ހުރި ގެއަކަށެވެ. ގޯތިތެރޭގައި މާބޮޑު ހުސްތަނެއް ނެތްނަމަވެސް ހިނގަން އޮންނަ މަގަށް ކަށިވެލިލާފައި މަގުގެ ދެފަރާތުގައި ތަފާތުކުލައިގެ މާއަޅާ ގަސްތަކާއި ވެޔޮތައް ހައްދާފައިވެއެވެ. އެގެއަށް ވަދެފައި ޢުބައިދުﷲގެ ފިޔަވަޅުތަކަށް މަޑުޖެހުމެއް ގެނެވުނީ މީގެ އެތައް އަހަރެއް ކުރިން ކަންތައް ކުރެވުނުގޮތް ހިތަށް އަރާފައެވެ. މަސްހުނި ޚިޔާލުތަކެއްގައި ހުއްޓާ އޭނާ ސިއްސައިގެން ދިޔައީ މީހަކު އޭނަގެ ނަމުން ގޮވާލުމުންނެވެ. “ޢުބައިދުﷲ، ޢުބައިދުﷲ. ކަލޭތަ؟” ޢުބައިދުﷲގެ ކައިރީގައި އިން އަންހެން މީހާ ޔަޤީންކޮށްލަން ބޭނުންވާފަދަގޮތަކަށް ދެފަހަރަކު ގޮވާލިއެވެ. “ސަމީ. އަހަރެން މިއައީ އަހަންނަށް ކުރެވުނު ކުށަށް މާފަށް އެދެންވެގެން. އަހަރެން އެދުވަހު ކަންތައްކުރީ ވަރަށް ގޯސްކޮށް.” ޢުބައިދުﷲއަށް އެއީ ސަމީނާކަން އެނގުމާއެކު ވާހަކަ ދެއްކިއެވެ. “މަޢާފޭ؟ އުބައިދުމެންފަދަ މަހުޖަނުން އަހަރެމެންކަހަލަ ދެރަ ނިކަމެތި ފަޤީރުން ކައިރިން މާފަށް އެދޭތަ؟ ތިކަހަލަ މީހުން ބޭނުންވާނީ އަހަރެމެންކަހަލަ ނިކަމެތިން ހާލުގައި ޖައްސާ އަހަރެމެންނަށް އަހަރެމެންގެ ފެންވަރު ހަނދާންކޮށް ދިނުމަށް. ޢުބައިދުﷲ އަހަރެންގެ ފަރާތުން ކިތަންމެ ވަރަކަށް މަޢާފަށް އެދުނު ނަމަވެސް މާފުކުރެވޭކަށްނެތް. އިއްޔެވީކަމެއް ފަދައިން އަދިވެސް އެލަކުނުތައް ތާޒާ.” ސަމީނާ ރުޅިއައިސްގެން ހިތުގައި އެތައް ދުވަސްތަކެއްވަންދެން ބޭރުނުކޮށްހުރި އުދާސްތައް ބޭރުކުރަން ފެށިއެވެ. ޢުބައިދުﷲ އެއްވެސް އެއްޗެކޭ ނުބުނެ ހުރީ އޭނައަށް ކުރެވުނު ކުށް އިޙްސާސް ކުރެވުމުންނެވެ.

ސަމީނާއަކީ މީގެ 23 އަހަރު ކުރިން ޢުބައިދުﷲ ފުވައްމުލަކަށް ވިޔަފާރި ދަތުރަކު  ދިމާވި އަންހެނެކެވެ. ރަށުގެ ނިސްބަތުން ބަލާއިރު ސަމީނާއަކީ އޭރުވެސް މިހާރުވެސް ރީތި މީހުންގެ ލިސްޓުގެ ކުރިން ޖާގަ ކަށަވަރުކުރާހާ ރީތި އަންހެނެކެވެ. އެރީތި ކަމުގެ އަވާގައި ޢުބައިދުﷲ ޖެހުނުއިރު، ޢުބައިދުﷲގެ މުއްސަނދިކަމާއި ފައިސާވެރިކަމުގެ މަޅީގައި ސަމީނާ ޖެހުނެވެ. ސަމީނާދެކެ ލޯބިވާކަމުގެ ދަޅަދައްކައިގެން ސަމީނާގެ މައިންބަފައިން ރުއްސައިގެން ޢުބައިދުﷲ ސަމީނާއާއި ކާވެނިކުރިއެވެ. ނަމަވެސް ޙަޤީޤަތަކީ އޭރުވެސް މިހާރުވެސް އޭނަ ސަމީނާދެކެ ލޯބިނުވާކަމެވެ. ހަމައެކަނި އެރީތިކަން މިލްކުކުރަން އޭނާ ބޭނުންވިކަމެވެ. ސަމީނާއާއި ކާވެނިކުރުމަށްފަހު ދެމަސްވީތަނާ ޢުބައިދުﷲ ފުރައިގެން ދިޔައީ ވަރަށް އަވަހަށް އަންނާނެކަމަށް ބުނެފައެވެ. ނަމަވެސް އޭގެ ދުވަސްތަކެއް ފަހުން ފޯނުން ގުޅައި ޢުބައިދުﷲ ސަމީނާ ވަރިކޮށްފަްައެވެ. އެދުވަހު ސަމީނާ ރޮއި އާދޭސްކޮށްފައި އޭނާ ވަރިނުކުރުމަށާއި އޭނާ ޢުބައިދުﷲގެ ދަރިއަކަށް ބަލިވެއިންކަމަށް ބުންޏެވެ. ނަމަވެސް ޢުބައިދުﷲ އެކަމާއި އަޅާނުލީ ސަމީނާ ފަދަ ފަޤީރު އަންހެނަކާއި އިނދެގެން ދަރިއެއް ލިބުނުކަން އެނގުމުން މީހުން އޭނައަށް މަލާމާތްކުރާނެކަން އެނގޭތީއެވެ.

“ކޮބާ އަހަރެމެންގެ ދަރިފުޅު؟” ޢުބައިދުﷲ ސަމީނާއަށް ބަލާލަމުން އެހިއެވެ. “ހާދަ ލަދެއްނެތޭ. މިއަދުތަ އެނގުނީ ދަރިއެއް ހުންނަކަންވެސް. އަހަރެން މީގެ އަހަރުތަކެއް ކުރިން ކަލާގެ ދަރިއަކަށް ބަލިވެ އިނދެ އެވާހަކަ ބުނުމުން ކަލޭ ބުނީ ތިނުވާނެޔޯ ތިމަންނަގެ ދަރިއަކަށް. އޭގެ ފަހުން އެކުއްޖާފުޅަށް ފަސްއަހަރުގައި ކަލެއަށް ދައްކަން ފޮޓޯއެއް ފޮނުވީމަ އެބަލާފަ ބުނީ ކީކޭ؟ ހަނދާން އެބަހުރިތަ؟ ހަނދާން ނެތިއްޔާ ހަނދާންވެސް ކޮށްދީފާނަން. ކަލޭބުނީ އަހަރެން ކަލެއަށް ލިބިފައިވާ މުއްސަނދިކަމަށް ވެރިވެގަންނަން ބޭނުންވާތީ ކަލޭގެ ބޮލުގައި އެހެން މީހެއްގެ ދަރިއެއް އަޅުވަން މަސައްކަތްކުރަނީއޭ. ތިމަންނައަށް ހީނުވެއޭ ތިމަންނަގެ ދަރިއެއް ހެނެއް. އެހެންވީމާ މިއަދުވެސް ނުވާނެ ޢުބައިދުﷲގެ ދަރިއަކަށް.” ސަމީނާ ރުޅިވެރިކަމާއެކު އެއްފައްޗަކަށް ހުރިހާ ވާހަކައެއް އަމުނާލިއެވެ. ސަމީނާ ވާހަކަ ދެއްކިގޮތުން ޢުބައިދުﷲ އަށް ހިސާބަކަށް ހައިރާންކަން ލިބުނެވެ. ސަބަބަކީ ކުރީގެ ސަމީނާ އަކީ މަޑުމައިތިރި ބަސްމަދުމީހަކަށްވެފައި މިއަދު ރުޅިއައިސްފައިހުރެގެން ދެއްކިވާހަކަތަކުންނެވެ.

އިރެއްގައި އެހިތުގައި ޢުބައިދުﷲ ގެ މައްޗަށް ލޯތްބާއި ޤަދަރު އޮތްނަމަވެސް މިހާރު އެހިތުގައިވަނީ އިންތިހާއަށް ރުޅިވެރިކަމާއި ނަފްރަތެވެ. “މިއަދު ޢުބައިދު އެދަރިފުޅު ހޯދަންއައި ބޭނުމެއް އަހަރެން ބަލާކަށް ބޭނުމެއްނޫން. އަހަރެން ރޫޝާ ތަރުބިއްޔަތުކޮށްފައިވަނީ އަހަރެން އަމިއްލައަށް. ތިކަހަލަ އެންމެ މީހެއްގެ ފައިބުޑަށް ވެއްޓި އާދޭސްކޮށްފައެއް ނޯންނާނެ. ޢުބައިދު އަހަރެން ވަރިކުރިއިރު އަހަރެން ރޫޝާއަށް ބަނޑުބޮޑު. އެދުވަހުއްސުރެ ރޫޝާއެއީ އަހަރެންގެ ދިރިއުޅުމުގެ މަޤްޞަދު. އުއްމީދު. އަހަރެންގެ އެދަރިފުޅަކީ އަހަރެންގެ ފަޚުރު. އަހަރެންގެ ޢުމުރުން މިވީ ދުވަސްތައް އަހަރެން ހޭދަކުރީ އެދަރިފުޅަކީ ރަނގަޅަށް ތަރުބިއްޔަތުވެފައިވާ ތަޢުލީމީ އަދި ޤައުމަށް ފައިދާހުރި ކުއްޖަކަށް ހެދުމަށް. އެކަމަށްޓަކައި އަހަރެންގެ މުޅި ޙަޔާތް އަހަރެން ވަޤުފުކޮށް ޤުރުބާންކޮށްލިން. އަލްޙަމްދުލިއްލާހި. ދުވަހަކުވެސް ރޫޝާގެ ފަރާތުން އަހަރެން އިސްޖަހާލަންޖެހޭ ފަދަ ކަމެއްވެފައެއްނެތް. ރޫޝާއަށް ޢުމުރުން މިހާދުވަސްވީއިރުވެސް ދުވަހަކުވެސް ބައްޕަ ނެތްކަން އިޙްސާސްވިޔަނުދެން. ތީ އޭނަގެ ބައްޕަކަން އަންގާކަށްވެސް ބޭނުމެއްނޫން. ތިފަދަ ރަޙުމެއްނެތް މީހެއް ކިހިނެއް އަހަރެން އަރޫޝާގެ ބައްޕަގެ ގޮތުގައި ދައްކާނީ.” ސަމީނާ ރޮމުން ވާހަކަ ދެއްކިއެވެ. ޢުބައިދުﷲވެސް ހުރީ ސަމީނާގެ ވާހަކަތައް އިވި ފެންކަޅިވެފައެވެ. ކުށްވެރިކަމުގެ އިޙްސާސްވަނީ ކޮޅަކަށް ހިރިނުލެވޭ ވަރަށް އޭނާ ވަށާލާފައެވެ. ސަމީނާއާއި ޢުބައިދުﷲގެ ވާހަކަ އިވުނު އިތުރު ފަރާތެއް އެމާޙައުލުގައިވާކަމުގެ ހިލަމެއް އެއިން މީހަކަށް ނުވެއެވެ. ލިބިފައިވާ ކުއްލި ސިހުމާއެކު އެހިތަށްވެސް ވަނީ އަސަރުކޮށްފައެވެ. ލޮލުގައިވަނީ ކަރުނައިގެ މުތީތަކެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aislin

Level 110 Stories

Other Articles

Previous

ވާލޯބި އެނގޭނަމަ… 11

Next

ހިތް ބޭނުމޭ…5

Next
November 9, 2016

ހިތް ބޭނުމޭ…5

Previews
November 9, 2016

ވާލޯބި އެނގޭނަމަ… 11

16 Comments!

  1. Aislin says:
    November 9, 2016 at 1:35 pm

    Dear All!
    Here is the 7 part of the story.
    Next part will be uploaded soon.
    Read and comment what you think

    1. yaasha says:
      November 9, 2016 at 1:48 pm

      Varah interesting axlu.. kn irakun next part up khla dheny..

    2. yaasha says:
      November 13, 2016 at 9:45 pm

      Aislin. Alhugandah bunedhy faanan tha vaahaka upload khlany kn dhuvahakun kan. Nw its been 3 days. I waited only for this story. Uploa khlaa dhuvas bune dhenukoh v ufaa vaane. Aslu hagee gathu ga v wait kurevey story ah. I just love this story. Keep it up.. please tell me.

  2. yaasha says:
    November 9, 2016 at 1:39 pm

    Me first. Very nice.☺☺ All the best.

    1. shelly says:
      November 9, 2016 at 1:42 pm

      sorry i didnt see your comment\

    2. Aislin says:
      November 9, 2016 at 7:47 pm

      Thank you so much yaasha

  3. shelly says:
    November 9, 2016 at 1:42 pm

    me first dhw ivan cant marry aroosha they are siblings salhi varah reethi hama habeys speechless

    1. Aislin says:
      November 9, 2016 at 7:48 pm

      Yeah shelly.
      Thank you so much dearie

  4. ފޫހި says:
    November 9, 2016 at 3:05 pm

    Ooohhh? ehbafaa dhekudhin dho arooshaa n ivaan aky. I think mairaa ves vaany konmes muhsanjehge dhariyakah aslu

    1. Aislin says:
      November 9, 2016 at 7:49 pm

      Balama dhen vaa gotheh

  5. he he he says:
    November 9, 2016 at 3:33 pm

    Story salhi.. ekam imyan aai maaira frnd vee goi thafseel kohlinama varah salhivees

    1. Aislin says:
      November 10, 2016 at 8:25 pm

      Adhi ebai annaane.

  6. ?? says:
    November 9, 2016 at 5:24 pm

    vv reethi Lasnukoh 8 vanabaigenesdhechey

  7. Anonymous says:
    November 9, 2016 at 5:34 pm

    VV REETHI MIBAIVES

  8. Khajja says:
    November 10, 2016 at 2:05 am

    V inteligent v rythi v hyvey ebbafaa 2 kudhinhen n aroo dhw 3 vanafaraathakah ethanuga ehury adu ahan ehenvejjenama efakyru haadha dheravaaneyey so sad stry v rythi v habeys masha allah waitin nxt prt

  9. Aislin says:
    November 14, 2016 at 6:15 pm

    Sorry lovlies
    I know it took really long. Was so busy with family wedding ehgga. I promise i ll upload tommorow and the part will be long.

Comments are closed.

Next Episodeލޯބިން ލޯބިވާއޭ… (8)←


All Right Reserved!