ހަޔާތޭމީ
ފެނުނު މަންޒަރުން ތަލީގެ ކުޅުހިކުނު ކަހަލައެވެ. މާވަރަކައް ބަލާތީކަން ނޭންގެއެވެ. ކުނިކަހަން އިލޮށިފަތި ހިފައިގެން އޮތް ފިރިހެންސޮރު އިސްއުފުލާ ބަލާލިއެވެ. އެވަގުތު އެމޫނުމަތިން ފެންނަމުންދިޔަ ކުލަވަރުން އެސޮރު ލަދުންހުރިކަން ހާމަވެއެވެ. އަހަރެން ހިނިތުންވުމެއް އެޒުވާނާޔައް ރައްދުކޮއްލީމެވެ.”ކަލޯ އިޔާނޫ’ ފަހަތުން ހުސޭނުބޭގެ އަޑާއެކު އަހަރެން ސިހުނުކަމަކު ވަގުތުން މީހާހަމަޔަކައް އެޅިލީމެވެ. އަހަ’ އެކޮއިވެސް އެބަހުރިންދޯ! ކަލޯ އިޔާން އަދިވެސް ތިޔަތަންކޮޅު ކަހާނުނިމޭ” ނިކަންއަވަސްކޮއް ތިޔަކަން ނިންމާލަބަލަ. ކުނިބަރޯ އުކާލަންދާއިރު މިސޮރުމެން ގޮވައިގެންދާތި” މިކުދިން ‘ ފޫހިވިޔަނުދޭތި ބޭބެމިދަނީ މުދިންސޮރު ގެވަޅައްވަދެލަން! ހުސޭނުބެ ހީލުމައްފަހު ނިކުމެގެންދިޔައެވެ.
ޖޫސްބުއިތަށި ހިފައިގެންގޮސް ސަންޕަދައްތައަތައް ދިނުމައްފަހު ބަދިގެއިން ނިކުމެގެންގޮސް ޖޯލިފަތީގަ ޖައްސާލީމެވެ. އަހަރުމެންގެ މިދަތުރަކީ ސަރުކާރުގެ ފަރާތުން މިރަށުގެ ޒުވާނުންނައް ކައުންސިލިން ޕުރޮގުރާމުތަކެއް ހިންގުމުގެގޮތުން ކުރިދަތުރެކެވެ.”އެސްކިޔުޒް” ގޮނޑައް ދާނަންތަ ހުސޭނުބޭ ބުނުއްވި ތިމީހުން ގެންދާށޯ! އިޔާން މަޑުމައިތިރި ކަމާއެކުއަހާލިއެވެ. ހަމަދާންވީ އެކަމު ދެންހުރިސޮރު ވީތަނެއްނޭންގޭތީ މަޑުކޮއްލައިގެން މިޔޮތީ! އިޔާންގެ މޫނައްބަލާލަމުން އަހަރެން ބުނެލީމެވެ. އެސޮރު އެބަހުރި މިތާބޭރުގަ” އިނގިލިން ބޭރުދައްކާލުމުން އިޔާން ބުނެލިއެވެ. އޭހިނގާބަލަ މިސޮރާއެކީ ކުޑަކޮއް ބުރެއްއަޅާލަން” ބުރޯ މަށައްކިޔަނީ އަދުހަމް ދެންމީ އަދީލް،، އަހަރުމެން ކުޑަކޮއް ތައާރަފުވެލީމެވެ. އިޔާނުދޯޯ ކިޔަނީ އެސޮރައް ދޯއެއްލަމުން އަހަރެން އަހާލީމެވެ.
އެކިކަހަލަ ވާހަކައިގެން ކުރިޔައްދިޔައީމެވެ. އިޔާނުވެސް މަދުމަދުން އަހަރުމެންނާ ވާހަކަދައްކަމުން ދިޔައެވެ. “ފާތިމާ ފާތިމާ ސަންޕަގެ ފާތިމާ’ ކަނބުލޯ ކޮންތާކައް ތިޔަދަނީ! އޭބުރޯ ކައޭމެން މިރަނޑާއެކީނުދޭ! މީއޭގެގޮލަޔެއް ލަދެއްވެސް ނުގަނޭތަ. ބަލާބައެރަނޑާލި ޖަހާވައްތަރެއް” ކަންމަތީ ފިހާރަޔަކުން ނިކުމެގެންއައި ކުދިންތަކުގެތެރެއިން ކުއްޖެއް ބުނެލިއެވެ. އެޔާއެކު ދެންތިބި ކުދިންތައް ޕަކަޕަކަލާފަ ހޭންފެށިއެވެ. ކުނިބަރޯ އުކާލުމައްފަހު ގެޔާހަމަޔައް ދެވެންދެން މި ގުރޫޕު އަހަރުމެންގެ ފަހަތުންއަޔެވެ. ހެދުނުގެ ނާސްތާޔައްފަހު ފެންވަރާލުމައްފަހު އަރާމުކޮއްލަން ޖައްސާލީ މެންދުރުފަހު މީޓިންއޮތުމުން ކުޑަކޮއް އަރާމުކޮއްލުމަށެވެ. އެނދުގާ ޖައްސާލުމާއެކު ނިދިލޮލައް ސަވާރުވީ ހީކުރިވަރައްވުރެން އަވަހަށެވެ.
ހަވީރުގެ ހިތްގައިމުވަގުތެވެ. ބޭއްވުމައް ހަމަޖެހިފަވާ މީޓިންނައް ފުރިހަމަޔައް ތައްޔާރުވެލައިގެން ކޮޓަރިން ނިކުތްއިރު ހުސޭނުބެ އަހަރުމެންގެ އިންތިޒާރުގަ ހުއްޓެވެ. ކޮބާ ކުދިންނޭ އާދޭނިކަން ސައިފޮދެެއް ބޯލައިގެންދާން! ސަންޕަ ދައްތަމެން އެބަތިބި ތިޔަކުދިންގެ އިންތިޒާރުގަ’ ބަދިގެފަރާތައް ނިކުތްއިރު ހެދިކާތަކުގެވަހުން މުޅިތަން އޮތީއެއްވަސް ކޮއްލާފައެވެ. ކާގެޔައްވަދެ ގޮނޑިދަމާލާ ސަޔައްއިންސާފު ކުރަންފެށީމެވެ. ދުރުގައި ބަލަންހުރި އިޔާން އަހަރެންގެލޮލުގަ އަޅައިގަތީ އެވަގުތުގައެވެ. ކަޅިޖަހާނުލާ އަހަރުމެންނައް ބަލަހައްޓައިގެންހުރި އިޔާންގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމާ” ހިތްދަތިކަމެވެ. ސަޔައް އިންސާފުދެމުން އަހަރުމެން ހުސޭނުބެޔާއެކު ނިކުމެގެން ދިޔައިރުވެސް އިޔާން ބަލަހައްޓައިގެން އެހުރިގޮތައްހުއްޓެވެ. އަހަރެންނައް އަމިއްލަ ހަށިގަނޑައް ބަލާލެވުނީ ބޭއިގުތިޔާރުގައެވެ. އާއެކުވެ. އިޔާންއެހުރީ ވަރައްހިތުގަ ޖެހިފައެވެ. އަހަރެންލައިގެން މިހުރިގޮތައް ހެދުންއަޅަން އިޔާންވެސް ބޭނުންވާނެއެވެ. އަހަރެންކަހަލަ ޒިންމާދާރު މީހަކައްވުމައްވެސް އިޔާނު ބޭނުންވާނެއެވެ. އިޔާނަކީވެސް އަހަރުމެންކަހަލަ އިންސާނެކެވެ. އެހިތައްކުރާ އަސަރާ އަޅާވޭން ކިތަމެފޮރުވަން އުޅުނަސް އެމޫނުމަތިން ހާމަވެގެންދެއެވެ.
ހަވީރުފެށި ބައްދަލުވުންނިމިގެން ގެޔައްއާދެވުނީ އިޝާނަމާދައް ގޮވިފަހުންނެވެ. ފެންވަރާ ނަމާދުކޮއްލައިގެން ބަދިގެފަރާތައްނިކުމެ ރޭގަނޑުގެ ކެއުންނިމިގެން ކޮޓަރިޔައްދިޔައީ މާދަންފެށުމައް ހަމަޖެހިފަވާ ކުލާސްތަކުގާ ބޭނުންކުރުމައް ތަތްޔާރުކުރި ލިޔުންތަކާ ޑޮކިޔުމެންޓުރީތައް ޗެކުކޮއްލާ ނުނިމިހުރި މަސަތްކަތްތައް ނިންމާލުމަށެވެ. މަސަތްކަތް ނިންމާލުމައްފަހު ބޭރައްނިކުމެ ޖޯލީގާ ޖައްސާލީމެވެ. ދަންވަރު ވަގުތުކަމުން މުޅިތަނައް ފެތުރިފަވަނީ ހަމަހިމޭންކަމެވެ. ދޭތެރެޔަކުން ފަނިގޮވާލާ އަޑުނޫން އިތުރުއަޑެއް ނީވެއެވެ. ޖޯލީގަ އޮތުމައްފަހު މާބޮޑައް ފިނިބޮޑުވާން ފެށުމުންތެދުވެ ކޮޓަރިޔާ ދިމާލަން ހިގައިގަތީމެވެ. އެހެނަސް އިވެންފެށި އަޑާއެހެން އަހަރެންނައް ހުއްޓެން މަޖުބޫރުވީ ކަހަލައެވެ.
(ނުނިމޭ)
17 Comments!
Comments are closed.

Nice. ALL THE BEST..
Yaasha shukurihyaa
V reethi
Mivaahaka asluves v reethi vaahaka nimendhen kuriyahgendhaanekamah unmmeedhukuran
nyc story..waiting for da next part….keep it up..?
Xyan shukurihyaa
Next part varah avahah up kohdhey nan
Feshun vvv reethi. Nimendhen genesdheyne kamah ummeedhu kuran. Good luck
Hurihaa kiyun therinah
Shukurihya vaahaka nimindhen kuriyah gendhaanan inshaa Allah
Next part kon irakuntha
Pinkish
Miyadh noonee maadhan genes dheynan
linshaa allah
mi ee v ves reethi vaahakaeh firihenkujjehgehithuge hayaathaabeheygothuntha
nana
Thanks for comment
Next part up kuraneekoirakutha vvvvvvvvvvvvvvvv reeéeeeethiiiiii
Miyadhu noonee maadhan up kohdhey nan inshaa allah
Aandho heevanee firihenkujjehge dhiriulhumaabeheygothun hen
Rangalhah thi heevanee
Thanks for comment ?
Yaanu kobaa.. Vaahaka mihisaaabun nimuniya vess angaalabala…