Skip to content
އެސްފިޔަ

ހަޔާތޭމީ

ފަތިހުގެހިތްގައިމު ވަގުތެވެ. ލޯންޗުބާރު ސުޕީޑުގަ ލޮނުގަނޑު ކަފަމުން ހަލުވިދުވެލީގަ މަންޒިލައް ދަތުރުކުރަމުން ދިޔައެވެ. ޖައްވުގެތެރޭ ހިފާފައިވާ ތެތްފިނިކަން މަޑުމަޑުން ކެނޑި އަރާމު ހޫނަކައްބަދަލު ވަމުންދިޔައީ ހީވެސްނުކުރާހާ ފުރިހަމަޔަށެވެ.

ރޭގަނޑުގެ އަދިރިޔައް އިރުގެއަލި ގަދަވެގަނެ ދުނިޔެމައްޗައް އަލިކޮއްލީ ގުދުރަތުގެ ފުރިހަމަކަން މީސްތަކުންނައް ދައްކަމުންނެވެ. ލޯންޗުގެ ހުޅުވާފަވާ ރޭޑީޔޯއިން އިވެމުންދިޔަ ލަވައިން މިމަންޒަރައް އިތުރުފުރިހަމަ ކަމެއް ގެނެސްދެމުންދިޔައެވެ. ވިންދުއެމާ ކަނޑުތެރޭ’ އަލިރަތްމުތްހެންދިރޭ މީމަގޭ އުފަންބިމޭ ދީބުދިވެހިމީ”

ލޯންޗު ކުޅުދުއްފުށީ ބަދަރައް ލެފުމާއެކު ފަސިންޖަރުން ރަށައް ފައިބާން ފަށާފިއެވެ. އޭ ބަލަގަ އަދުހަމް ކަލޭ ނުފައިބަނީތަ” ފޯނައް ބަލަހައްޓައިގެން އެޔާ ކުޅެމުންދިޔަ އަދުހަމް ކޮނޑުގަ ޖަހާލަމުން ރާއިދު ދެކޮނޑު އަރުވާލިއެވެ. ގެންގުޅޭ ދަބަސް ކޮނޑުގަ އަޅުވާލަމުން ލޯންޗުންފައިބާ ހަށިގަނޑު ދަމާލީ ވެފައުހުރި ވަރުބަލި ކަމެއްގެ ސަބަބުންނެވެ. އަތިރިމަތީ އެއްވެފަތިބި މީހުންގެތެރެޔައް ކަޅިއުކާލީ އެމީހުންނައް މެހުމާނުދާރީ އަދާކުރަން މީހަކު ހުންނަވާނޭ މާލޭކޮޅު އޮފީހުން ބުނެފަ އޮތީމައެވެ. ފޯނުނަގާ ނަންބަރަކައް ގުޅާލުމާއެކުހެން ފަހަތުންމީހަކު ބޭބެމިހުރީޔޭ ގޮވާލަމުން ސަލާމް ކޮއްލިއެވެ. “ކުދިންނޭ މާފުކުރޭ ބޭބެޔައް’ ވަރައްއިރު ވެއްޖެދޯ” މިތާތިބޭތާ ދެންވެސް ހިންގާ އަވަހައް ގެވަޅައްދަމާ’ ބައްލަވާ ތީތޯ ހިސޭނުބެޔަކީ” ކުދިންނޭ ތެދައް ތިޔާބުނީ’ އަސްލު ހުސޭނުބެ ކިޔާހާ މުސްކުޅިއެއްވެސް ނޫނޭ ބޭބެޔެއް މިރަށުކުދިންނައް ނިކަންރީތި ނަމެކޯއެއީ ހުސޭނުބެ ހެވިލާފަ ބުނެލި ބަހުން އަހަރުމެން ކައިރިޔައް ހިނިއައިކަމުގަވިޔަސް އެތެރެޔައް ހިންދާލީއެވެ. އެކިއެކި ވާހަކާގެތިބެ ހުސޭނުބޭގެ ގެޔާ ހަމަޔައް އާދެވިއްޖެއެވެ.

ކުދިންނޭ މިޔާއީ ބޭބެގެ ގެވަޅު އަވަހައްވަދޭ އެތެރެޔައް’ މިތާއިށިންނަގަ ކުދުންނޭ ބޭބެ އެބައަންނަން އެތެރެޔައް ޖެހިލާފަ’ ސަންޕާ ސަންޕާ ނިކަން އަވަހައް ބިއްދައްފަޅިތައް އާދެބަ! މިތިބީ އެކުދިން ކޮބައިތަ ގިރި ޖޫސްޖަގު ކުދިންނޭ މީ ސަންޕަ ދައިތިޔަ! ހުސޭނުބޭގެ އަންހެނުން ނިކަންމީރުވާނެ ސަންޕަ ދައްތަހަދާ ޖޫސް! ހުސޭނުބޭގެ މިހުންނަ ސަކަމިޒާޖުގެ ގޮތުން އަހަރުމެންތިބީ ވަރައް ހިންހަމަ ޖެހިފައެވެ. ވާހަކާގަ މިހެންތިއްބާ އަހަރެންގެފޯނައް ކޯލެއް އައުމުން ގޭގެބިއްދައް ފަޅިޔައް އަހަރެން ނިކުތުމާއެކު ފެނުނު މަންޒަރުން ތަލީގެ ކުޅުހިކިގެން ދިޔައެވެ. ވާނީވެސް މިހެންތާއެވެ.

(ނުނިމޭ)

Comments (4)

  1. Saandy

    ފެށުން ރީތި… އެކަމު ވަރަށް ގިނަ ލިޔުމުގެ ކުށް ފާހަގަކުރެވުނު… މިސާލަކަށް ޑައިލޮގުތަކުގައި ޖުމްލަ ނިންމާއިރު ފުލްސްޓޮޕް ޖަހާފަ ނެތްކަން ފާހަގަކުރެވުނު ވަރަށް ގިނަ ތަނުގައި… ދެން ސުކުނުގެ މައްސަލަވެސް… ށ ސުކުނުގެ ބަދަލުގައި އ ސުކުން ހުރީ ބޭނުންކުރެވިފައި… ދެންހުރި ބައިތަކުގައި މިކަންތައްތައް ރަނގަޅުކޮށްލަނިކޮށް ވަރަށް ބަރާބަރުވާނެ… ދެވަނަ ބައި އަވަސްކޮށްލައްޗޭ… ހީވޭ ވަރަށް ރީތިވާނެހެން މިވާހަކަ

  2. Saandy

    ދެވަނަ ބައި މިއަށްވުރެ ދިގުކޮށްލަދެއްޗޭ… އެހާ ކުރުވަންޏާ ކިޔުންތެރިން ފޫހިވާނެ ވާހަކަ ކިތަންމެ ރީއްޗަސް 🙂

  3. Anonymous

    Vaahaka v reethi liyefa up kurumugekureega kiyaalaathi ekamaku maabodhahveskuru mi part

  4. alma..

    varah reethi..next part konirakutha?

Comments are closed.