Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ބޭނުމޭ….1

shooty Level 310 Stories100 Comments
November 5, 2016 7 Mins Read
52 Comments

ހިތް ބޭނުމޭ..1

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި މާރިއާ ހުރީ 22 އަހަރުގެ ދަރިފުޅު ޒެއިން ގެ އިންތިޒާރުގައެވެ. ޒެއިން ލޮލަށް ނުފެންނަތާ މިވީ 5 އަހަރު މާާރިއާ އަށް ހީވީ ފަސް ގަރުނުހެންނެވެ. ފިރިމީހާގެ ކުއްލި މަރަށް ފަހު މާރިއާ އިތުރަށް އެކަނިވެރިވީ ޒެއިން ކިޔަވަން އިނގިރޭސިވިލާތަށް ދިއުމުން ނެވެ. ފިރިމީހާ ހިންގަމުން ދިޔަ ބޮޑު ވިޔަފާރި ހިންގާނެހާ ތަޖުުރިބާ ޒެއިންގެ ނުހުންނާނެތީ މާރިއާއަށް ވަގުތީ ގޮތުން ވިޔަފާރި ހާވާލު ކުރަން ޖެހުނީ ޒެއިން އަށް ވުރެ 1 އަހަރު ބޮޑު އަންހެން ދަރިފުޅުގެ ފިރިމީހާ ޒައުލް އާއެވެ. ޒައުލްގެ އެހީތެރިކަމާއިއެކު ވިޔަފާރި ކުރިއަރައިގެން ދިޔަނަމަވެސް މާރިއާ ބޭނުން ވަނީ ލޯބިވާ ފިރިމީހާ ދޫކޮށްފައި ދިޔަ ވިޔަފާރީގެ އިސް މީހަކަށް ޒެއިން ހެދުމަށެވެ. އަދި އެ ހުވަފެން ހަގީގަތަކަށް ހަދަން ދެން މާ ގިނަ ދުވަހެއް ނެތް ކަން ހިތަށް އެރުމުން މާރިއާގެ ހިތް އުފަލުން ނަށައިގަނެއެވެ. ފޮށި ދަމަމުން ރޭބަން އަވި އައިނަކުން ލޯ ނިވާ ކޮށްލައިގެން ޒެއިން އަންްނަތަން ފެނުމުން މާރިއާގެ ތުންފަތަށް ހިނިތުން ވުމެއް ވެރިވިއެވެ. މިވީ ފަސް އަހަރު ތެރޭގައި ދަރިފުޅުގެ ހަށިގަނޑަށް ވެސް ބޮޑެތި ބަދަލު ތަކެއް އައިސްފައިވާ ކަން މާރިއާ އަށް ފާހަގަވިއެވެ. ބައިމަތި ފުޅާވެފައި އެ އަތުމުލައްދަނޑި ވަރުގަދަވެފައި އެވަނީ ޖިމަށް ގޮސް ކުރާ ކަސްރަތުން ކަން ގައިމެވެ. ހަފޫޓުގެ އިސްކޮޅަކީ ފިރިމީހާ ސަލީމްގެ ފަރާތުން ވާރުތަވެފައި ހުރި ސިފައެއްކަން ގައިމެވެ. ހަންގަނޑު ގެ ދޮންކަމުން އެ ކަޅު ވެފައި ބޯ ފަން އިސްތަށިގަނޑު ޒެއިންގެ ފިރިހެން ވަންތަކަން އިތުރު ކޮށްދެއެވެ.

“ހޭއިި މޮމް. ކޮބާތަ ޒައުލް އާ ދޮންތަ؟” ޒެއިން މާރިއާގެ ގައިގާ ކުޑަކޮށް ބައްދާލިއެވެ. މަންމަގެ ލޮލުން ކަރުނަ ހިލިފައިވާތަން ފެނި ޒެއިންގެ ތުންފަތަށް ހިނިތުންވުމެއްވެރިވިއެވެ.

“އޯހް. ޕްލީޒް މިތާނގަ ރޯން ނުފަށައްޗޭ.” ޒެއިން ދެއަތަށް ބޯ ހޫރައިލަމުން މާރިއާގެ މޫނުގައި ދެއަތުން ހިފައްޓައިލީ ލޯބިންނެވެ.

“ތީ ހަމަ މަންމަގެ ޒެއިން ދޯ. މަންމަ ހީކުރީ އެކޮޅުގަ އުޅެފަ އައިމަ ތި ޑްރާމާ ގޮތް ގަނޑު ކެނޑިފަކަމަށް ހުންނާނީ” މާރިއާ ކަރުނަ ތައް ހިންދާލަމުން ޒެއިންއާ އެކީ ހިނގައިގަތީ އަވަހަށް މާލެ ދާން ލޯންޗުކައިރިއަށް ދިއުމަށެވެ.

ވޭތުވެގެންދިޔަ ފަސް އަހަރުތެރޭ މާލޭގެ ހާލަތު އިތުރަށް ގޯސްވެފައިވާތަން ފެނި ޒެއިން އިނީ ބޮލުގައި ރިއްސާފައެވެ. މީހުނަށް ވުރެ ދުއްވާ އެއްޗިހި ގިނައެވެ. ރާއްޖެ މީހުނަށް ވުރެ ގިނައީ ބިދޭސީންނެވެ. “މަންމާ، މަންމަ އަށް މާލޭގަ އުޅެން ފަސޭހަތަ؟ ލުކް އެޓް ދިސް ޕްލޭސް. ހިނގާލާނެ ތަންކޮޅެއް ނެތް.” ޒެއިން މާރިއާ އަށް ބަލައިލަމުން ވާހަކަ ދެއްކިއިރު އެ އަޑުގައި ވަނީ ފޫހިކަމެވެ. މާރިއާ ހިނިތުން ވެލަމުން ދެފަރާތަށް ބޯ ހޫރުވައިލިއެވެ. ހެންވޭރު ރޯޒްޕާކުގެ ފުޅާ ގޭޓް ތެރެއިން ކާރު ވަދެގެން ދިޔަ އިރު ޒެއިން ގެ ތުންފަތަށް ހިނިތުން ވުމެއް ވެރިވެފައި ވިއެެވެ. ޒެއިންގެ ދޮންތަ އީވާ އާއި ފިރިމީހާ ޒައުލް ކާޕެޓް ވިނައިން ފޮރުވާލެވިފައިވާ ގޯތީގެ ހުސް ބައިގާ ހިނިތުން ވެލައިގެން ތިބީ ޒެއިން އަށް މަރުހަބާ ކިޔަންނެވެ. ޒައުލް އަކީ އިސްކޮޅުން ދިގުވެފައި ރީތި ފިރިހެނެކެވެ. ހަމުގެ ކުލަ މެދުމިންވަރަކަށް ހުންނަ އިރު ފަން އިސްތަށިކޮޅު އޮންނަނީ ރީތި ސްޓައިލް އަކަށް ކޮށާފައެވެ. އީވާ އާ ނުހަނު ގުޅޭ މީހެކެވެ. އީވާ އަކީ އިސްކޮޅުން ކުރު ވެފައި ހިކި ކޮށް ދޮން ކޮށް ހުންނަ ކުއްޖެކެވެ. ރާޅުބާނީ އިސްތަށިގަނޑު ކޮނޑާ ހަމައަށް އަރާ އިރު ހެދުން އެޅުމުގެ ސްޓައިލް ވެސް ނުހަނު ގުޅެއެވެ. ދޫ ގަމީސް މަތިކޮޅަކާއި ލެގިންސް އެއް ގައި އީވާ ފެންނަނި ވަރަށް ސާދާ ކޮށެވެ. ކާރު ހުއްޓާލުމާއިއެކު ޒެއިން އަވަސް އަވަހަށް ކާރުން ފައިބަމުން ދުވެލާފައި ގޮސް އީވާ ގެ ގައިގައި ބައްދާލަމުން ޒައުލްގެ ގައިގައި ވެސް ބައްދާލީ ހިނިތުން ވެލަމުން ނެވެ. އެމަންޒަރު ބަލަން ހިނިތުން ވެލައިގެން މާރިއާ ހުއްޓެވެ.

“ލުކް އެޓް ޔޫ. މިހާރު ޒެއިން ފެނިފަ އަންހެންކުއްޖަކަށް ވިއްޔާ ގޮތެއް ނުވެ އެއް ނުދާނެ އިނގޭ” ޒައުލް ސަމާސާ ރާގަކަށް ބުނެލަމުން އީވާގެ ކޮނޑަށް އަތް ވައްޓައިލިއެވެ.

“ދެން މިތާ ނުތިބެ ހިނގާބަލަ އެތެރެއަށް. ދަރިފުޅު އަންނާތީ ހާއްސަ ސައެއް ތައްޔާރު ކޮށްފަ ހުންނާނީ.” މާރިއާ ގެ ބަހަށް އެންމެން ގޭތެރެ އަށް ވަނެވެ. އެ ގެއަކީ ހަ ބުރީގެ އިމާރާތެކެވެ. ޒަމާނީ ފެންވަރަށް ތައްޔާރު ކޮށްފައި ހުރި ގޭގެ ތިރީބައިގަ މާރިއާ އުޅޭ އިރު ދެވަނަބައިގައި އުޅެނީ އީވާ އާއި ޒައުލް އެވެ. ޒެއިން އޭނާ ބެނުން ވަނީ އެންމެ މަތީ ބުރި ކަމަށް ބުނުމުން މާރިއާ މަތީބުރި ތައްޔާރު ކުރީ ޒެއިން އެދުން ގޮތަށެވެ. ކޮންމެ ބައެއްގައި ކައްކައިގެން ކެވެން ހުއްޓަސް މާރިއާގެ އެދުމަށް ހުރިހާ ކުދިން ވެސް ކެއުން ކުރިއަށް ގެންދަނީ އޭނާ އާއި އެކު ތިރީ ބައިގައެވެ.

ސައި މޭޒުމަތީގައި ނެތް ވައްތަރެއް ނެތެވެ. އެގޭގައި ކެއްކުމަށް ވަކިން ހާއްސަކޮށް މީހަކު ބަހައްޓާފައި ވެސް ހުންނަނީ ޒެއިންގެ އެދުމަށެވެ. މަންމަ މުސްކުޅި ވީ ދުވަހު މަންމަ އަށް އެއް ކަމެއް ވެސް ބުރަ ނުކުރާން ޒެއިން ވަރަށް ވިސްނައެވެ. ހެދިކާގެ ހުރިހައި ވައްތަރެއް ހެން ހުރި އިރު ފޮނި އެއްޗިހި ވެސް ދެ ވައްތަރަކުން ހުއްޓެވެ.

“ހޫމް.. މި އެއްޗިހި ލޮލަށް ފެނުނީމަ ވެސް ބަނޑު ފުރިއްޖެ” ޒެއިން ލޯ މަރައިލަމުން މަޑުމަޑުން ނޭފަތް އެތެރެ އަށް ދަމައިލިއެވެ.

“ތީ ހަމަ ދަރިފުޅަށް ހާއްސަކޮށް ހަދާފަ ހުރި އެއްޗިއްސޭ. އަވަހަށް ފަށާބަލަ.” މާރިއާ ދަތްތައް ފެންނަވަރަށް ހިނިތުންވެގެން ހުރެ ޒެއިން އަށް ބުންޏެވެ.

“ތެދެއް ޒެން. ކައިކައިގެން ފަލަ ވޭ. އޭރުން ދުވަސްކޮޅަކުން ހީވާނީ މާކުންބެހެން.” އީވާ ހީގަންނަމުން ޒެއިން އާ ދިމާކޮށްލިއެވެ.

“ދެން ދޮންތަ ދައްކާ ވާހަކަ ދޯ. އަހަރެން ގަވައިދުން ޖިމަށް ދާއިރު ފަލަ ވާނެތަ. ދޯ މަމް” ޒެއިން މާރިއާ އަށް އެއް ލޯ މަރައިލިއެވެ. ބޯހޫރައިލަމުން މާއިރާ ސައިތަށީގައި ތުން ޖަހާފައި ބެހެއްޓިއިރު ކުއްލިއަކަށް ކަމެއް ހަނދާންވީ ފަދައެވެ.

“ދަރިފުޅު ހަނދާން ހުރޭ ތަ ޒަހީން އަންކަލް އާ ޖަބީން އާންޓީގެ އަންހެން ދަރިފުޅު ލިލިއަން މަތިން؟” މާރިއާ ކުއްލިއަކަށް ބުނެލި ޖުމްލައިން އީވާ ކޮށި އެރިއެވެ. އެހައި އަވަހަށް މަންމަ އެ ވާހަކަ ދެއްކުމުން އީވާގެ އަނގަ ސަކަރާތްވި ފަދައެވެ. ޒައުލް އީވާގެ ބުރަކަށީގައި ފިރިމަމުން ރަނގަޅުތޯ އަހައިލިއެވެ.

“ލިލިއަން މަތިން ހަނދާން ހުރޭ. ކިހިނެތްވީ.” އީވާ އަށް ވީ ގޮތް ފެނި ފާޑަކަށް އިނދެ ޒެއިން ސުވާލުކޮށްލިއެވެ.

“މަންމަ ބޭނުން ދަރިފުޅު ގޮވައިގެން މާދަމާ ހެނދުނު އެގެއަށް ދާން. އަދި އެއް މަސް ފަހަކުން ނު ޒެއިން އޮފީހަށް ނުކުންނަން ފަށާނީ.” މާރިއާ އީވާގެ މޫނަށް ބަލައިލަމުން ޒެއިން އަށް ބުނެލި ޖުމްލައިން އީވާ އިސްދަށަށް ޖަހައިލިއެވެ.

“މޮމް ބޭނުން ގޮތެއް. އަޅުގަނޑުގެ މައްސަލަ އެއް ނެތް. ޒައުލް އަށް މައްސަލަ އަކަށް ނުވަންޏާ” ޒެއިން ޒައުލްގެ މޫނަށް ބަލައިލަމުން ކޮނޑު އަރުވައިލިއެވެ.

“އަޅުގަނޑަށް އޯކޭ.” ޒެއިން އެއްބަސް ވުމުން މާރިއާ އުފަލުން ހިނިތުންވެލިއެވެ.

ސައި ބޮއި ނިމިގެން ޒެއިން އޭނާގެ ބައިގެ ތަޅުދަނޑި ހިފައިގެން ގޮސް ދޮރު ހުޅުވައިލިއެވެ. ޒެއިން އެންމެ ބޭނުންވާ ގޮތަށް ޑިޒައިން ކޮށްފައި ހުރިތަންފެނި އެ ތުންފަތަށް ހިތްހަމަ ޖެހުމުގެ ހިނިތުންވުމެއްވެރިވިއެވެ. އަޅިއާއި ކަޅުން ފަރުނީޗަރުތައް ހުރި އިރު ފާރުތައް ޕެއިންޓް ކޮށްފައިވަނީ އަޅިކުލައިންނެވެ. މާސްޓާބެޑްރޫމްގައިވެސް ހަމަ ވަނީ އެ ޑިޒައިން ތަކެވެ. ކިންގްސައިޒް އެނދާއި ޑްރެސިން ޓޭބަަލް ގައިވެސް ވަނީ ކަޅު ކުލަ އާއި އަޅި ކުލައެވެ. އެނދުކައިރީ ބިއްލޫރި ސައިޑް ޓޭބަލް އެއް ހުރި އިރު އެ ބޮޑު ކޮޓަރީގެ އެއްބިތް ފުރޭވަރުގެ އަލަމާރި ވެސް ޒެއިން އަށް ވަރަށް ކަމުދިޔައެވެ. އެނދާއި ދިމާލުން މަތީގައި ޒެއިންގެ ބޮޑު ފޮޓޯ ލޯގަނޑެއް ބެހެއްޓިފައި ހުއްޓެވެ. ހަމަޖެހުމުގެ ނޭވާއެއް ލަމުން ޒެއިން އެނދު މައްޗަށް އުއްޑުން ވެއްޓިގަތް އިރު އެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ.

ހެނދުނުގެ ވަގުތެވެ. ޒެއިން ކަސްރަތު ކުރުމަށް ފަހު ފެން ވަރާލައިގެން ސައިބޯން ނުކުތް އިރު އީވާ އާއި ޒައުލް އަދި މާރިއާ ވެސް މޭޒު ދޮށުގައި އޭނާގެ އިންތިޒާރުގައި ތިއްބެވެ. ޒެއިން ލައިގެން ހުރި އޮފިޝިއަލް އެއްޗިހި ފެނިފައި އީވާ އަކަށް ސުވާލު ނުކޮށެއް ނީނދެވުނެވެ.

“ޒެން އަދި މަންތެއް ފަހުން އޮފީހަށް ނުކުންނަ އިރު ހާދަ އޮފިޝިއަލް ކޮށް ތި ހުރީ.” ޒެއިން އީވާ އަށް ބަލައިލަމުން ބުމަ އަރުވައިލީ ފޮނި ގޮތަކަށެވެ. މާރިއާ އޭނާގެ ފިރިހެން ދަރިފުޅުގެ ރީތި ކަން ފެނިފައި އިނީ ފޮނިވެފައެވެ.

“ސިސް ހަނދާން ނެތުނީ ދޯ. މިއުޅެނީ ޒަހީން އަންކަލްމެން ގެއަށް ދާންވެގެން. ފުރަތަމަ ފެނިލުމުން ވެސް ކޮންމެ މީހެއްގެ ލޮލުގަވެސް އަޅައިގަންނާނެ އެއްނު މިގޮތަށް ހުރީމަ” ޒެއިން އޮރެންޖް ޖޫސް ތަށީގައި ތުންޖަހަމުން ވާހަކަ ދެއްކި އިރު އެ އަޑުގައި ވަނީ ޖޯޝެވެ. މަންމަގެ ރޭވުން އީވާ އަށް ކިތަންމެ ރަނގަޅަށް އިނގުނަސް އެކަމާ ދެކޮޅަށް ދެއްކޭނެ ވާހަކަ އެއް ވެސް ނެތެވެ. ޒެއިން އަށް ދެރައެއް ނުލިބޭ ކަމަށް ވަންޏާ އޭނާ ހުންނާނީ އުފަލުންނެވެ.

“މޮމް. ޒައުލްވެސް އެ އުޅެނީ އޮފީހަށް ދާން. އަޅުގަނޑުވެސް ބޭނުން މޮމް މެނާ އެކު ޒަހީން އަންކަލް މެން ގެއަށް ދާން. ލިލީ އާ ދިމާ ނުވާތާ ވެސް ވަރަށް ދުވަސް ވެއްޖެ. އަދި ރާއްޖެ އައި ފަހުން އެ ކުއްޖާ އަކާ ދިމައެއް ނުވޭ” އީވާ ގެ ޖުމްލަ އަށް މާރިއާ ދެކޮޅު ހަދަން ކިތަންމެ ބޭނުން ވިޔަސް އެކަން އެހެން ކޮށްފި ނަމަ ޒެއިންގެ ސުވާލު ކުރިމަތި ވާނޭ ކަން އިނގޭތީ މާރިއާ ހިތާއި ދެކޮޅަށް އެއްބަސް ވެލިއެވެ.

ކާރު ދުއްވަން އީވާ އިނީ ޒެއިން އަށް އެހާ ރަނގަޅަށް މަގުތައް ނޭނގެއޭ ބުނުމުންނެވެ. އެކަމާ މަޖާވެގެން އީވާ ދިމާ ކޮށްލާފައި ވެސް އެންމެ ފަހުން ޑްރައިވަރު ސީޓުގައި އިށީނީ އެވެ. މާފަންނު ޕާލްހައުސް ގެ ގޭޓު ތެރެއިން ކާރު ވަދެގެން ދިޔަ އިރު ްމާރިއާގެ ތުންފަތުގައި ވީ އުފާވެރި ހިނިތުން ވުމެކެވެ. ޒަހީން އަކީ ސަލީމްގެ އެންމެ ގާތް ރަހުމަތްތެރިޔާއެވެ. އެހެން ކަމުން މާރިއާ އާއި ވެސް ނުހަނު ގާތް ގުޅުމެއް ޒަހީންގެ ދެމަފިރިންގެ އޮވެއެވެ. ސަލީމްގެ މަރަށް ފަހުގައި ވެސް އެގުޅުން އެގޮތުގައި ދެމި އޮތެވެ. ނަމަވެސް އެއީ މަރުވުމުގެ ކުރިން ސަލީމް ކުރި ވަޞިއްޔަތެއްގެ ސަބަބުން ނާއި އެކަމަށް މާރިއާ އާއި ސަލީމްގެ ދެމަފިރިން ބޭނުން ވެފައި ތިބިލެއް ބޮޑު ކަމުންނެވެ. ހުދާއި ފިޔާތޮށި ކުލައިން ކުލަ ލާފައިވާ ހަތަރު ބުރީގެ އިމާރާތް ނުހަނު ރީއްޗެވެ. ގޯތީގައި އޮތް ހުސް ޖާގައިގާ އެކި ވައްތަރުގެ މާ ގަސްތައް ހައްދާފައިވާ އިރު އެންމެ ހިތްގައިމީ ބިޔަ އޮފި އެލޭގަހެވެ. އެ ގަހުގެ ސަބަބުން އެ ގޭގެ ވިއު ވަރަށްވެސް ޗާލެވެ. މާރިއާ ކާރުން ފޭބީ ދަތްތައް ފެންނަ ވަރަށް ހީގަނެގެން ހުރެއެވެ. ގެއަށް ވަންނަ ފުޅާ ދޮރު ކައިރީ ޒަހީނާއި ޖަބީން ވެސް ތިބީ ހަމަ އެހާ ވަރަށް ހިނިތުން ވެގެން ނެވެ. ކާރުން ފޭބި ޒެއިން ފެނިފައި ޖަބީން އަނގަމަތީ އަތް އަޅައިލަމުން ލޯ ބޮޑު ކޮށްލީ ޒެއިން އަށް އައިސްފައިވާ ބަދަލު ފެނިފައެެވެ.

“އޯ މައި ގޯޑް މާރީ. މީ ހަމަ ޒެން ތަ؟ އަހަރުމެން ނަށް ކުރިން ފެންނަ ޒެން އަކާ ހަމަ އެއްވެސް ވައްތަރެއް ނޫން.” ޖަބީން ގެ ޖުމްލައިން މާރިިއާ ހިނިތުންވެލިއެވެ. ޒެއިން ލަދުން ހުރެފައި ވެސް ގޮސް ޒަހީންގެ ގައިގައި ބައްދާލަމުން ޖަބީން އާ ސަލާމް ކޮށްލިއެވެ.

“ލިލީ އަށް ވެސް ޒެން ވަކިކުރަން އިނގޭނެ ހެން ހިއެއްނުވެ” ޖަބީން އެތެރެ އަށް ވަންނަން ދައުވަތު ދެމުން ވާހަކަ ދެއްކީ ސަމާސާ ރާގެއްގައެވެ.

“އެ ފަލަ ފެޓް ގެ ވާހަކަ ތަ އެ ދައްކަނީ؟” ޒެއިން އެތެރެ އަށް ވަންނަން އައި އީވާގެ ކަންފަތް ބުޑުގައި ސިއްރު ސިއްރުން އަހައިލިއެވެ.

“ސާބަސް. ޝަޓް އަޕް” އީވާ ޒެއިންގެ އުނަގަނޑުގައި ވިކައި ގަންނަމުން ވާހަކަ ދެއްކީ ވައި އަޑަކުންނެވެ.

މާރިއާ އާއި ޒަހީންމެން ދައްކަން ތިބި ވާހަކަ އިން ޒެއިން އިނީ އިންތިހާ އަށް ފޫހިވެފައެވެ. އަބަދު ދައްކާނީ ކޮންމެސް ސިޔާސީ ވާހަކަ އެކެވެ. ފޫހިވާ ވަރުން ޒެއިން ވޮޝްރޫމް އަށް ދިއުމުގެ ބަހަނާގައި އެތަނުން ތެދުވެގެން ގޮސް އެރީ ދެވަނަ ބަޔަށެވެ.

އެތާނގައި ވަކިން ވޮޝް ރޫމެއް އިންނާނެ ކަމުގައި ޖަބީން ބުނުމުން ޒެއިން އެކި ދިމަ ދިމާ ބަލަމުން ދިޔައިރު އޭނާ ހުރި ދިމާކުރިމަތިން ރޮކް ލަވައެއްގެ އަޑު އިވޭހެން ހީވުމުން ކުރިމަތީ ލައްޕާފައި ހުރި ދޮރުގައި ކަންފަތް ޖަހައިލިއެވެ. އަޑު އަންނަނީ އެ ކޮޓަރިން ކަން ޔަގީން ވުމުން ޒެއިން ތަޅުގައި ހިފައި އަނބުރައިލި އިރު ފެނިގެން ދިޔަ މަންޒަރަކުން ޒެއިން އަށް ބަލަން ހުރެވުނީ އެވެ. ކަޅު ކުލައިގެ އަތްކެނޑި ގަޔަށް ބާރު ޓޮޕާއި ކަކުލާ ހަމައަށް އަންނަ ވަރުގެ ބާރު ކަޅު ޓައިޓްގައި ހުރެގެން ‘ޒުމްބާ’ ނެށުން ނަށަމުން ދިޔަް ކުއްޖާ އަކީ އަންހެންވަންތަ ކަން ހުސް ކޮށްލައިގެން ހުރި އަންހެން ކުއްޖެކޭ ޒެއިންގެ ހިތަށް އެރިއެވެ. ކަޅުކުލައިގެ ފަން އިސްތަށިގަނޑު ބޭންޑަކުން މޫނަށް ނުފައިބާނޭހެން ހައްޔަރު ކޮށްލާފައި ވާ އިރު ދާހިއްލުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް އެ އިސްތަށިގަނޑު ވަނީ ތެތް ކޮށެވެ. އެ ކޮޓަރިއެކޭ ޖިމެކޭ ތަފާތެއް ނެތެވެ. މުޅިން ވެސް ހުރީ ކަސްރަތު ކުރަން ހާއްސަ ސާމާނު ތަކެވެ. ކުއްލި އަކަށް ހަދާލެވުނު ގޮތަކުން އެ ކުއްޖާ ވެއްޓެން ދިޔަ މަންޒަރު ފެނި ޒެއިން ގެ ހަވަނަ ހިއްސު މަސައްކަތް ކޮށްގަތީ ނުހަނު އަވަހަށެވެ. ދުވެލާފައި ގޮސް އެ ލުއި ހަށިގަނޑުގައި ހިފައްޓާލި އިރު އެ ބޯ އެސްފިޔަތަކުން ފުރިފައިވި ލޯ މަރާލައިގެން އޮތް ގޮތުން އެ ކުއްޖާ ބިރުން ހުރި ކަން ޒެއިން އަށް އިހުސާސް ވިއެވެ. އެ ހިތުގެ ތެޅުމުގެ އަޑު ސާފުކޮށް އިވިއިވި ހުއްޓެވެ.

ވެއްޓެން ދަނިކޮށް ބާރުގަދަ އަތަކުން ލިލިއަން ގެ ހަށިގަނޑުގައި ހިފެއްޓުމުން އެއީ ކާކު ތޯ ބަލައިލަން އަވަސް އަވަހަށް ލޯ ހުޅުވައިލިއެވެ. ނުދަންނަ ފިރިހެނެއް ލިލިއަންގެ ގައިގައި ހިފައްޓާލައިގެން ހުރިތަން ފެނިފައި އޭނާ އަށް ތެޅިގަންނަމުން އެ އަތުތެރެއިން ނުކުމެވުން ގޮތްވެސް ނޭނގެއެވެ.

“ހޫ ދަ ހެލް އާ ޔޫ؟؟.. މިތަނަށް ވަންނަން ހުއްދަ ދިނީ ކާކު؟” ލިލިއަން ރުޅިވެރިކަމާއި އެކު އަހައިލިއެވެ.

“ހުއްދަ ދޯ. މިގޭ ބޮޑު މީހާ ހުއްދަދިނީ. އަސްލު މިތަނަކަށް ނޫން އައީކީ. ތި ކުއްޖާ މާ ސަޅި ކޮށް ނަށަން ހުރީމަ ބަލައިލަން މަޑު ކޮށްލިތަނާ ވެއްޓެން ދިޔައިމަ ހިތަށް އެރީ ސަލާމަތް ކޮށްދޭނަމޭ” ލިލިއަން ރުޅި އައިކަން އިނގުމުން ޒެއިން އިތުރަށް ސަމާސާ ކޮށްލިއެވެ.

“ކޮން ތި ކުއްޖާ އެކޭ ކިޔާކަށް. ހަމަ މިހާރު މިތަނުން ނުކުމޭ. އެހެން ނޫނީ..” ލިލިއަން ޒެއިން އާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން އިންޒާރު ދޭން އުޅުމާއި އެކު ޒެއިން ގެނައި ކުއްލި ހަރަކާތަކުން ލިލިއަން އަށް ހުރެވުނީ ޒެއިންގެ އަތުތެރޭ އެވެ.

“އެހެން ނޫނީ ކީއް ކުރާނީ؟ ހަޅޭއް ލަވައިގެން މީހުން އެއް ކުރާނީ ތަ؟” ޒެއިން ނުލަފާ ގޮތަކަށް ހީގަނެގެން ހުރި އިރު ލިލިއަން ގެ މޫނު ވަނީ ރުޅިއައިސްގެން ގޮސް ރަތް ވެފައެވެ.

“ތިހާ ރީތި ކުއްޖެއް ތިވަރަށް ރުޅި އަންނަންޏާ ވަރަށް އަވަހަށް މުސްކުޅި ވެދާނެ” ޒެއިން ލިލިއަން ދޫކޮށްލަމުން ހަށަންބަނދެލިއެވެ. އަދި ް ލިލިއަންގެ ފައިން ފެށިގެން ބޮލާ ހަމައަށް ބަލައިލިއެވެ.

“ބައި ދަ ވޭ. އައިމް ޒެއިން” ޒެއިން ގެ ނަން އިނގުމުން ލިލިއަންގެ އަނގަ ސަކަރާތް ވި ކަހަލައެވެ.

“މާރިއާ އާންޓީ..” ލިލިއަން މަޑު މަޑު ވާހަކަ ދެއްކި ނަމަވެސް ޒެއިން އަށް އަޑު އިވުނެވެ.

“ހޫމް. މާރިއާ އާންޓީގެ ސަން.” ޒެއިން ފާޑަކަށް ހީގަނެގެން ހުރުމުން ލިލިއަން އިތުރަށް ލަދު ގަތެވެ.

“ސޮރީ.. އަސްލު ތީ ޒެއިން ކަމެއް ނޭނގެ. ވަރަށް ބޮޑަށް ސޮރީ. އައި އެމް ލިލިއަން. ލިލީ” ލިލިއަން ތުންފަތުގައި ދަތް އަޅައިލަމުން ޒެއިން އަށް އަތް ދިއްކޮށްލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shooty

Level 310 Stories100 Comments

I like writing stories and reading comments ? I also love reading every kind of stories...

Other Articles

Previous

ރިޔާޝާ (17ވަނަ ބައި)

Next

އިންތިހާއަށް އާދޭސް 14…

Next
November 5, 2016

އިންތިހާއަށް އާދޭސް 14…

Previews
November 5, 2016

ރިޔާޝާ (17ވަނަ ބައި)

52 Comments!

  1. shooty says:
    November 5, 2016 at 10:41 am

    Hey guys 😀 here is my new story after a long break… Kury vaahaka ah kiyuntherin dhin fadha support eh mi story ah ves dheyne kamah hykuran.. Love you all and kiyaalaafa comment kollahchey kudhin 😉

  2. Navya says:
    November 5, 2016 at 10:52 am

    Alhey shootyyy ❤ v salhi mibaives. .

  3. Luyuna says:
    November 5, 2016 at 10:56 am

    vv reethi

  4. shaai says:
    November 5, 2016 at 10:56 am

    wow… nice vaanehen hiyve. kon dhuvas thakehga upload kureveny

    1. shooty says:
      November 5, 2016 at 10:59 am

      Upload iraadha kureviyya hukuru noon konme dhuvahaku kohdheveytho v try kuraanan. Emergency eh dhimaa nuvaa kamah vanya.. Thanks all.. 🙂

  5. shelly says:
    November 5, 2016 at 10:58 am

    varah reethi salhi

  6. kayashandy says:
    November 5, 2016 at 11:00 am

    nice work shooty…☺

    1. shooty says:
      November 6, 2016 at 9:05 am

      Thanks kayashandy 🙂

  7. xenn says:
    November 5, 2016 at 11:01 am

    Yey…shooty is back….Rythi…nxt part kn irakun..daily koh up kuraanan dhw

    1. shooty says:
      November 6, 2016 at 9:19 am

      Thanks zenn.. 🙂

  8. firaa says:
    November 5, 2016 at 11:02 am

    kihaa dhuvaheh shooty ge vaahaka akah wait kuraathaa.. v salhi mi vaahaka.. avahah up kohdhehchey..

    1. shooty says:
      November 6, 2016 at 9:20 am

      Oh thanks firaa.. Next part hama iraadha kureviyya v avahah up kohllaanan.

  9. Xaan says:
    November 5, 2016 at 11:04 am

    Furathama vaahakagothah v salhivaanehen heevany<3

    1. shooty says:
      November 6, 2016 at 9:32 am

      🙂

  10. ?? says:
    November 5, 2016 at 11:33 am

    V reethi

  11. zaa says:
    November 5, 2016 at 11:42 am

    mihen vahakaa liyaani…kiyaalan fasheyha sifa kurun obi…higaimu…vrh

    1. shooty says:
      November 6, 2016 at 9:21 am

      Thanks zaa… V ufaa vejje ?

  12. maya says:
    November 5, 2016 at 12:03 pm

    oh yes yes finally varah reethi mashallah i like your style shooty

    1. shooty says:
      November 6, 2016 at 9:18 am

      Thanks maya 🙂

  13. Looooooop says:
    November 5, 2016 at 12:03 pm

    V reethi igey shootyyyy.keep it up

    1. shooty says:
      November 6, 2016 at 9:31 am

      Thanks loooooooop

  14. Aish says:
    November 5, 2016 at 12:14 pm

    Vvvvvvvvvv salhi ingey plx next part avahah genes dhehchey shoooooty

    1. shooty says:
      November 6, 2016 at 9:30 am

      Thanks aish:-)

  15. hmm says:
    November 5, 2016 at 12:26 pm

    haadha ufaaveri story ekey dhw..everything is going perfectly..

    1. shooty says:
      November 6, 2016 at 9:22 am

      thanks hmm 🙂

  16. joy says:
    November 5, 2016 at 12:37 pm

    vvvvvvvv reethi ?????????

  17. Ellie says:
    November 5, 2016 at 12:48 pm

    Awesome, have been waiting for a story from you. Good luck shooty ❤

    1. shooty says:
      November 6, 2016 at 9:16 am

      Thanks ellie.. Thihaa dhuruga huregen ves dhivehi stories kiyaalaathy v happy 😉

  18. Chum chum girl says:
    November 5, 2016 at 2:03 pm

    OMG??log TIME no see akah fahu we got our shooty back? Story Hama habeys??Unmeedh kuran daily koh up koh dheyne kamah❤️??

    1. shooty says:
      November 6, 2016 at 9:17 am

      And yeyyy.. I got my readers ?????

  19. Anjee says:
    November 5, 2016 at 2:43 pm

    Pic ga ebain 2 girls in koba ethanuh lily aky…..story v cute…keep it up

    1. shooty says:
      November 5, 2016 at 3:24 pm

      Lilian is aky peach dress ga huri kujja 🙂

  20. Anonymous says:
    November 5, 2016 at 2:47 pm

    Kobaaaa flower ?

  21. Sheeby says:
    November 5, 2016 at 2:47 pm

    Nice story ???????????… Next part kiyaalaa hithun mi hiry… Avahah up kurahchey???

    1. shooty says:
      November 6, 2016 at 9:15 am

      Thanks sheeby

  22. Annan says:
    November 5, 2016 at 4:55 pm

    Varah varah reethi thanx shooy

    1. shooty says:
      November 6, 2016 at 9:14 am

      Awwn thanks annan :-*

  23. Shahittey says:
    November 5, 2016 at 5:32 pm

    V v v reethi mivaahaaka ves. Shuhakko aky vaahaka liyumuga kuri araigen dhaane kujjeh gothugaa minvaru kurah vaashe. Aameen. Shuhakko ah adhah vure fehi maadhama akah edhen

    1. shooty says:
      November 6, 2016 at 9:13 am

      Thanks bro 😀

  24. Dhondhooni says:
    November 5, 2016 at 5:34 pm

    Shooty ge story thah v v reethi<3 v inthizaarukurevey shooty ge story eh nukunnaane dhuvahakah.. thanx shooty<3 ummeedhu kuran daily koh up kohdheynekamah<3 <3 <3

    1. shooty says:
      November 6, 2016 at 9:13 am

      V happy vey mihaaru shootyge ves fans thibeythy 🙂 iraadha kureviyya I will not disappoint my readers 🙂

  25. Val says:
    November 5, 2016 at 7:22 pm

    Story salhi.. Ekm pic ga thibi girls ma salhi shooty ge aneh story ga.. <3

    1. shooty says:
      November 6, 2016 at 9:11 am

      Hehehe.. Thanks val.. Now 1 girl eyny change koffa. Aslu e girl ah visna visnaa ves rythi kujjeh hama nufenuny 😀

  26. Shaai says:
    November 5, 2016 at 8:09 pm

    V lowbi vaahaka ehh konnmy duvahakuves nikumy tha mi story ge bsi thahhh ey rahhh fhww kiyaa hi vaanee

    1. shooty says:
      November 6, 2016 at 9:10 am

      Thanks shaai thiha loabi commenteh kohllyma?

  27. Appy says:
    November 5, 2016 at 8:39 pm

    V v rythi alhe knme dhuvahaku vx up kohdhehchey

    1. shooty says:
      November 6, 2016 at 9:08 am

      Iraadha kureviyya kohdheynan ingey appy 🙂

  28. me says:
    November 5, 2016 at 10:30 pm

    pic ga huri boy aa story ga describe kohfa huri kuhjaa aa v nugulhey…. bt da story is really nyce….

    1. shooty says:
      November 6, 2016 at 9:08 am

      Me aslu shooty ah ves v hyvi ehen. Ehen veema mihaaru lily and zeim ge pic eyny change kohgga.but other girl ae hama shooty beynunvaa kujja 🙂

  29. Saandy says:
    November 6, 2016 at 7:42 am

    ވަރަށް ރީތި

    1. shooty says:
      November 6, 2016 at 9:06 am

      Thanks saandy. Varah ufa venne vaahaka kiyaalaathy 😀

  30. ully says:
    November 8, 2016 at 2:14 pm

    Nice story…. always you are the best..?????

Comments are closed.

Next Episodeހިތް ބޭނުމޭ ..2←


All Right Reserved!