Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެފިނިމެންދަން 20

Shine Level 6100 Stories10 Stories100 Comments100 Login
November 4, 2016 8 Mins Read
24 Comments

ފަތިސްނަމާދުގެ ބަންގިޔާއެކީ އަނިލް ހޭލިއެވެ. ނަމާދުކޮށްގެން އައިސް ސިޓިންރޫމުގައި ކޮފީއެއް ހިފައިގެން ޖައްސާލިއެވެ. އިރުކޮޅެއްފަހުން މާމައާއި ކާފަ ދަނޑަށް ހިނގައްޖެއެވެ. ނަރުގިސްވެސް ސައިހެދުމަށްފަހު ދަނޑަށްދިޔައެވެ. އަނިލް ކޮޓަރިއަށްވަދެ ބަލާލިއިރު ނީލާމެންގެ ދެމައިން އަދިވެސް ތިބީ ނިދާފައެވެ. އަނިލް ނީލާގެ ފޯނުހިފައިގެން މަޑުމަޑުން ނުކުތެވެ. އިންތިޒާރުގެ ވަގުތުތަކަކަށްފަހު ނީލާގެ ފޯނު ވައިބުރޭޓްވާން ފެށިއެވެ. އަނިލް ބަލާލިއިރު އެއްކަލަ މީހާގެ މެސެޖެކެވެ.

” އަހަރެން މިހުރީ އައިސް…..ކިހިނެއް ހަދަންވީ؟” އަނިލް މެސެޖް ކިޔާލުމަށްފަހު ޖަވާބު ލިޔެލިއެވެ.

” ޖޯލީގަ މަޑުކޮށްލާ….މައެބަދާން…” ޖަވާބު ފޮނުވުމަށްފަހު މަޑުމަޑުން ގޮސް އަނިލް ދޮރުހުޅުވާލިއެވެ. އަނިލް ނުކުތްއިރު ޒުވާންފިރިހެނަކު ޖޯލީގައިއިނެވެ. އޭނާއިނީ އިސްދަށަށް ޖަހައިގެން ފޯނުގެ ސްކުރީނަށް ނަޒަރު ހުއްޓާލައިގެންނެވެ. އަނިލް މަޑުމަޑުން އެމީހާގެ ގާތަށް ގޮސް ހުއްޓުމުން އޭނާ އިސްއުފުލާ ބަލާލިއެވެ. އަނިލް ފެނުމާއެކު ސިހިފައި އޭނާ ޖޯލިން ތެދުވިއެވެ. ހީވީ އޭނާއަށް ބިރެއް ފެނުނުހެންނެވެ. އަނިލް އެޒުވާނާއަށް ރަނގަޅަށް ބަލާލިއެވެ. އެއީ މީގެކުރިން އޭނާ ދުށް މީހެއް ނޫނެވެ. އޭނާގެ ދިގު ތުނބުޅިއާއި އަޅާފައިހުރި ހެދުމުގެ ސަބަބުން އެއީ ސުންނަތަށް ލޯބިކުރާ ޒުވާނެއްކަން ދޭހަވެއެވެ. މިއީ އަނެއްކާ ކާކުބާއެވެ؟

” ހޫމް….މިހާރު މިތިބީ ބައްދަލުވެފަ….ލެޓްސް ޓޯލްކް….ކޮންވާހަކައެއް އަހަރެންގެ އަންހެނުންގާތު ބުނެނުދެވިގެން ތިއުޅެނީ؟…” އަނިލް ސީދާ މައުލޫއިން އެޒުވާނާއާ ސުވާލުކޮށްލިއެވެ.

” އަނިލް….އަހަރެން ބޭނުމީ ނީލާއާ ވާހަކަ ދައްކަން…” އެޒުވާނާ ޖެހިލުންވެހުރެ ބުންޏެވެ.

“އޯހް….ކަލެއަށް އަހަރެންމީ ކާކުކަންވެސް އެނގޭދޯ….އެކަމު ތީކާކުކަމެއްވެސް މަށަކަށް އެނގެނިއްޔެއްނޫން….މަކިހިނެއް ކާކުކަމެއް ނޭގޭމީހަކު މަގޭ އަންހެނުން ބައްދަލުކުރުމުގެ ހުއްދަދޭނީ؟….ކޮންގޮތަކުން ކަލެއަށް ނީލާ އެނގެނީ؟..” އަނިލް ސުވާލުކުރީ ނުރުހުމާއެކުގައެވެ.

” އޯކޭ…އަނިލް ބޭނުމިއްޔާ ހުރިހާ ވާހަކައެއްވެސް އަހަރެން އަނިލްއަށް ކިޔާދީފާނަން….އެކަމު ހިޔެއްނުވޭ  އަހަރެން މިކިޔާދޭ ވާހަކަތައް އަޑުއަހަން އަނިލްއަށް ފަސޭހަވާނެހެނެއް….އެކަމުވެސް އަހަރެން ކިޔާދޭނަން.” އަޒުވާނާ ހުރީ އެވާހަކަ ބުނަން ޖެހިލުން ވެފަހެން އަނިލްއަށް ހީވިއެވެ.

” ތިބުނަން އުޅެނީ ކޮންމެ ވާހަކައެއް ވިޔަސް އަހަރެން މިހުރީ އަޑުއަހަން ތައްޔާރަށް….ދެން ބުނެބަލަ ތީކާކުތަ؟…ނީލާއާ ކަލެއާ އޮތީ ކޮންގުޅުމެއް؟” އަނިލް ނުރުހުންވެފައި ސުވާލުކޮށްލިއެވެ.

‘”އަނިލް ހަމަޖެހިބަލަ….އަހަރެން ބުނެދޭނަން…ހިނގާ މިތާއިށީނދެ ހަމަޖެހިގެން ތިބެ ވާހަކަދައްކަން” ޖޯލީގައި އިށީއްނަމުން އެޒުވާނާ ބުނެލިއެވެ. އަނިލްވެސް ޖެހިގެންހުރި ޖޯލީގައި އިށީނދެ ހަމަޖެހިލިއެވެ.

” އަހަރެންނަކީ ނައީޝް…ނީލާގެ ރަށްޓެއްސެއް….ހަޤީޤގަތުގަ އަހަރެންނަކީ އިޝާންގެ ރައްޓެއްސެއް….މިއަހަރު ކުރީކޮޅު އަހަރެން މިރަށުގަ އުޅުނިން….އޭރު އަހަރެންނަށްވަނީ ވަރަށް ވިޔާނުދާ ކަމެއް ކުރެވިފަ….އެކަމުގެ ވޭނުގަ އަދިވެސް މިއުޅެނީ…” ނައީޝް އޭނާގެ ވާހަކަ ކިޔައިދޭން ފެށިއެވެ. އަނިލް ޝައުޤުވެރިކަމާއެކު އެވާހަކަތައް އަޑުއަހަމުން ދިޔައެވެ. ނައީޝް ކިޔައިދެމުން ދިޔަ ހަޤީޤަތް އަޑުއަހަމުން ދިޔައިރު އަނިލްގެ ސިކުނޑީގައި ތަފާތު މަންޒަރުތައް ސިފަވަމުންދިޔައެވެ. އަނިލްމެންގެ ކައިވެނިޕާޓީ ބޭއްވިދުވަހު އިޝާންއަށް އައި ބަދަލުގެ އަސްލުވެސް އަނިލްއަށް ވިސްނެމުންދިޔައެވެ. އޭގެފަހުން ގޭތެރެއިން އަނިލްއަށް ފެނުނު ތަފާތު މަންޒަރުތަކުންވެސް އިޝާންއާއި ނީލާއާމެދުގައި ގުޅުމެއް އޮތްކަމުގެ އިހުސާސް ކުރެވެމުންދިޔައެވެ. އިޝާން ނީލާއަށް އަޅާލާވަރާއި ނީލާއާމެދު އަމަލުތައް ބަހައްޓާގޮތުގެ އަސްލަކީ ކޮބައިކަންވެސް އަނިލްއަށް އެނގި ވިސްނިއްޖެއެވެ. އެހެންމީހެއްގެ މަޅީގައި ބެދިފައި ތިބި ދެލޯބިވެރިންގެ ހާލަތު އަނިލްއަށް ރަނގަޅަށްވެސް ތަސައްވަރު ކުރެވުނެވެ. އަނިލްއަށް ކުރިންވެސް ހީކުރެވުނުފަދައިން އިޝާންއަކީ ވިޔާނުދާ ގޯސްމީހެއް ނޫންކަން މިހާރު އޭނާއަށް ޔަގީން ކުރެވިއްޖެއެވެ. ނީލާގެ އިތްފަތްތެރިގަތް ފޭރިގަތްމީހާއަށް އަނިލް ހިތާހިތުން ނަފްރަތުކުރަމުން އައިނަމަވެސް ހަގީގަތް އެނގުމުން އެކުރި ނަފްރަތު ވަގުތުން ފިލާ ހިނގައްޖެއެވެ. އަދި އިޝާންގެ ފަރާތުން އެފަދަކަމެއް ހިނގާދިޔައީ ހާލަތު އެގޮތަށް މެދުވެރިވުމުންކަން އަނިލްއަށްވެސް ގަބޫލުކުރެވުނެވެ.

” އަނިލް….އަނިލްގެ ހިތަށް އަރާފާނެ މިހުރިހާ ދުވަސްވީއިރު މިހަގީގަތް ހާމަނުކޮށް އަހަރެން މިހުރީ ކީއްވެބާއޭ….ހަގީގަތުގަ ނީލާގެ ގާތުން މާފަށް އެދެންބޭނުންވެފަ ހުންނަތާ ކިތަންމެ ދުވަހެއް….މާލޭން ޝާންއާ ދިމާވެގެން ޝާންގެ ކިބައިންވެސް މާފަށް އެދުނިން…ދެން އަހަރެން ހީކޮށްގެން ހުރީ ޝާން ނީލާއަށް ހަގީގަތް ކިޔާދީ، ދެމީހުން އަލުން ގުޅުނީ ކަމަށް…އެކަމަކު އިހަކަށް ދުވަހު ޒިހާން ގުޅާފަ ކިޔާދިނީމަ މިއެނގުނީ ކަންތައް ގޮސް އޮތް ހިސާބު….ޒިހާން ބުނީމަ އަހަރެންނަށް އެނގުނީ ނީލާއާމެދު ކަންތައްވީގޮތާއި އިޝާން އުޅުނުހާލު….އަނިލްމެން ކައިވެނިކުރިތަނާހެން އިޝާންއަށް އެނގުނީ ނީލާ ބަނޑުބޮޑުކަން…..ނީލާ އަނިލްއާ ކައިވެނިކުރީ މަޖުބޫރުވެގެންކަން….ހަގީގަތުގަ ނީލާވެސް ލޯބިވަނީ ޝާންދެކެ….އަހަރެން ނީލާގެ ހިތަށް ޝާންއާމެދު ގޯސްޚިޔާލުތައް ވެއްދީ…އެހެންނޫންނަމަ އެދެމީހުން ގުޅުނީސް….އެދެމީހުނާ އެއްގޭގަ އުޅުނުއިރުވެސް އަނިލްއަކަށް ނޭގުނުތަ އެދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާކަމެއް…..” ނައީސް ހިނދުކޮޅަކަށް އޭނާގެ ވާހަކަ މެދުކަނޑާލާފައި އަނިލްގެ މޫނަށް ބަލާލިއެވެ. އަނިލް އިނީ ހިމޭންވެފައެވެ.

” އަދި އަނިލްއަށް ނޭނގޭ ވާހަކައެއް އަހަރެން ބުނެދީފާނަން….ޝާން މިރަށަށް އައީ އޭނާގެ މަންމަހޯދަން….އެނގޭތަ އެކާކުކަން….އެއީ އަނިލްގެ މަންމަ….ހަގީގަތުގަ އަނިލް މިހާރު ތިއުޅެނީ ޝާންގެ ދިރިއުޅުން….އަނިލް ތިހުރި މަޤާމުގަ އަސްލު ހުންނަން ޖެހޭނީ ޝާން…އަނިލްއަށް ނޭގިނަމަވެސް ޝާންގެ ހުރިހާ ހައްޤެއް ތިވަނީ ނިގުޅައިގަނެވިފަ…އެކަމަކު ޝާން ކިހާ ކެތްގަދަ….ހުރިހާ ހަޤީޤަތެއް އެނގިހުރެ އެހުންނަނީ އަނިލްގެ އަތްމައްޗަށް އޭނަގެ ހުރިހާ އުފާތަކެއް ދޫކޮށްލާއިގެން….މަންމައާއި އާއިލާ އަދި ނުވިތާކަށް އޭނާ އިންތިހާއަށް ލޯބިވާ ލޯބިވެރިޔާއާ ދަރިފުޅުވެސް އަނިލްއަށް ހިބަކޮށްގެން އެހުންނަނީ…..އަދި މިހާރު އޭނާ ނިންމާފައޮތީ އޭނަގެ ހަޤީޤަތް އެގޮތުގަ ސިއްރުކޮށްގެންހުރެ މިރަށުންދާން….މުޅިއުމުރަށް….އެނގޭތަ ކީއްވެގެންކަން….އަނިލްއަށްޓަކާ….އަނިލްވެދިން އިހުސާންތެރިކަމަށްޓަކާ….އަނިލްއަށް ނޭގުނަސް އަނިލްދެކެވެސް އިޝާން ލޯބިވަނީ އުފަންބޭބެއަކުދެކެ ވާފަދައިން…އަނިލްއަށް ގަދަރާއި އިހުތިރާމްކުރާވަރުން ވަގުތުން މިގެއިން ނުކުތީވެސް…..އެކަމު އަހަރެން ހައިރާންވީ އަނިލްއަށް އެވަރު ނުވިސްނުނީމަ….ޝާންއަކީ ހިތްތިރި އޯގާތެރިއެއް….އެހެންނޫންނަމަ އަހަރެންކަހަލަ މީހަކަށް އޭނާ މާފެއް ނުކުރީސް…އަހަރެން މިރަށަށް މިއައީ ހަމައެކަނި ހަޤީޤަތް ނީލާއަށް ކިޔާދީ ނީލާގެ ފަރާތުން މާފަށް އެދެންވެގެން….އިޝާން އަކަށްވެސް ނޭނގޭނެ އަހަރެން މިރަށަށް އައިކަމެއް….އަނިލް…ޕްލީޒް..އިޝާން ހުއްޓުވާ!…ކުޑައިރުއްސުރެ އިޝާންއަކީ އެކަނިވެރިއެއް….މުއްސަނދި ދިރިއުޅުމެއް އުޅުނަސް ހަޤީޤަތުގަ އެއީ ލޯބިން މަހުރޫމުވެފައިވާ ނިކަމެއްޗެއް….އަނިލްގާތު އަހަރެން އާދޭސްކުރަން އިޝާން އޭނާގެ މަންމަޔާ ވަކިނުކުރޭ!…އޭނާގެ ދަރިފުޅާ ވަކިނުކުރޭ!….” ނައީޝް އަނިލްއަތުގައި ހިފައި އާދޭސްކުރަމުންދިޔައިރު އަނިލްގެ ދެލޯފެންކަލިވަމުން ދިޔައީ ހިތަށްކުރި އަސަރުންނެވެ.

ނައީޝް ހީކުރީ އޭނާއަކީ ހިތެއް ނެތްމީހެއް ކަމަށް ހެއްޔެވެ؟ އޭނާވެސް މަންމަދެކެ އިންތިހާއަށް ލޯބިވެއެވެ. ނީލާއާއި ކުޑަދަރިފުޅު ދެކެވެސް ލޯބިވެއެވެ. އެމީހުނާ ނުލައި އޭނާ ދިރިއުޅޭނީ ކޮންފަދައަކުން ހެއްޔެވެ؟ އޭނާ ގަސްތުގައި އެއްވެސް މީހަކަށް ދެރައެއް ނުދެއެވެ. އެއްވެސް މީހެއްގެ ހައްޤަކަށް އަރައެއް ނުގަނެއެވެ. ނީލާދެކެވެސް އޭނާވީ އިޝާންވީފަދަ ހަޤީޤީ ތެދުވެރި ލޯތްބެވެ. ނީލާގެ ފަރާތުން އެފަދަލޯތްބަކަށް އަބަދުވެސް އިންތިޒާރު ކުރެވެއެވެ. އިޝާންއާމެދުވެސް އޭނާގެ ހިތުގައި ނަފްރަތެއް ނުވަތަ ރުޅިވެރިކަމެއްވެސް ނެތެވެ. ނަމަވެސް ހިތުގެ ޣީރަތްތެރިކަމުން އިޝާންއާމެދު އެގޮތަށް ކަންތައް ކުރެވުނީއެވެ. އޭނާގެ އަމިއްލަ ހައްޤަކަށް އިޝާން އަރައިގަންނަނީ ކަމުގައި ހީކުރެވުނީއެވެ. ނަމަވެސް ހަޤީޤަތުގައި އިޝާންގެ ހައްޤަކަށް އަރައިގަނެވުނީ އޭނާއަށެވެ. ނޭނގުމެއްގެ ތެރޭގައެވެ. ދެންހަދާނީ ކިހިނެއް ހެއްޔެވެ؟

“ނައީޝް..ވަރަށްބޮޑަށް ޝުކުރިއްޔާ އަހަރެންނަށް ތިހުރިހާ ވާހަކައެއް ކިޔާދިނީތީ….އަހަރެންނަށް އަދިކިރިޔާ ހަގީގަތް މިއެނގުނީ…އަހަރެން ބޭނުން ވިސްނާލަން ވަގުތުކޮޅެއް….ޕްލީޒް..މިވަގުތު އެއްވެސް ގޮތެއް ނިންމާކަން އަހަރެންނަކަށް ނޭގޭނެ…އަހަރެންގެ ސިކުނޑިއަކު ނެތް އިތުރަށް ވިސްނާނެހައި ބާރެއް….” އަނިލް ބޮލުގައި ދެއަތުން ހިފަހައްޓާލަމުން ދެލޯމަރާލިއިރު އޭނާގެ އެސްފިޔަތަކުގެ ތެރެއިން ފުރޭނިގެން އައި ކަރުނަތިކި ނައީޝްއަށް ފެނި އޭނާގެ ހިތަށްވެސް އަސަރުކުރިއެވެ. މިވަގުތު އަނިލްގެ ހިތަށް ކުރާނެ އަސަރު ނައީޝްއަށްވެސް ތަސައްވަރު ކޮށްލެވުނެވެ.

” އޯކޭ އަނިލް…އަހަރެން ދެން މިދަނީ….އެކަމު ނީލާއަށް ހަގީގަތް އެނގުން ވަރަށް މުހިއްމު….އަހަރެން ހީކުރަން އަނިލް ކޮންމެވެސް ގޮތަކުން ނީލާއަށް ހަގީގަތް ކިޔާދޭނެކަމަށް” ނައީޝް ޖޯލިން ތެދުވެ ދާން ހިނގައިގަތްއިރުވެސް އަނިލް އެއޮތްގޮތަށް ދެލޯމަރައިގެން އޮތެވެ. އެވަގުތު އެދިމާލު ކުޑަދޮރުގައި ލެނގިލައިގެން ސިޓިންރޫމްތެރޭގައިހުރި ނީލާގެ ލޮލުންވެސް ކަރުނަ އޮހޮރެމުން ދިޔައީ ބޭއިޚްތިޔާރުގައެވެ. އިއްތިފާގުން އަނިލްއާއި ނައީޝްއާ ދެމެދު ދެކެވުނު ހުރިހާ ވާހަކައެއް އޭނައަށް އަޑުއިވުނީއެވެ. އަދި އޭނާއަށް މިހާތަނަށް ޖަވާބު ލިބިފައިނުވާ ހުރިހާ ސުވާލެއްގެ ޖަވާބުވެސް ލިބިއްޖެއެވެ.

އޭނާ ކޮޓަރިން ނުކުތީ ކޮޓަރީގައިހުރި ފެންފުޅި ހުސްވެގެން ފެންފުޅިއެއްބަލައެވެ. ނަމަވެސް ބޭރުން އަނިލްމެން ދައްކަމުންދިޔަ ވާހަކައަށް އޭނައަށް ސަމާލުވެވުނީ އިޝާންގެ ނަން އަޑުއިވުނުހެން ހީވެގެންނެވެ. ނީލާ އެނބުރިކޮޓަރިއަށް ގޮސް އެނދުގައި އިށީނދެ ވިސްނަމުންދިޔައެވެ. މިވަގުތު އޭނާވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއެއްވެސް އޭނާއަކަށް ނޭނގުނެވެ. މިހުރިހާ ދުވަހު އޭނާގެ ހިތަށް ތަދުކުރަމުން ދިޔަ ސުވާލުތަކުގެ ޖަވާބު މިއަދު އޭނާއަށް ލިބިއްޖެއެވެ. އޭނާއެކޭ އެއްފަދައިން އިޝާންވެސް އޭނާދެކެ އިންތިހާއަށް ލޯބިވާކަން އެނގިއްޖެއެވެ. އަރޫނާދެކެ އިޝާން ލޯބިވާކަމުގައި އޭނާއަށް ކުރެވުނީ ކުށްހީއެއްކަންވެސް ޔަގީން ވެއްޖެއެވެ. އަދި އޭނަގެ ބަނޑުން އުފަންކުރެވުނު ދަރިއަކީ އޭނާ އެންމެ ހިތްއެދޭ އިންސާނާގެ ދަރިއެއްކަން ވެސް ހާމަވެއްޖެއެވެ. އިޝާންއާ އޭނާއާ ދެމެދު ގުޅުމެއް އޮތްކަމުގެ އިހުސާސް މިހުރިހާ ދުވަހު އޭނާއަށް ކުރެވުމުގެ އަސްލަކީ މިއީތާއެވެ. މިފެންނަނީ އަނެއްކާ ހުވަފެނެއް ނޫންބާއޭވެސް ނީލާގެ ހިތަށް އެރިއެވެ. ހަމަ ކުއްލިއަކަށް ހުރިހާކަމެއް އެނގުމުން އަދިވެސް އޭނާއަށް ހުރީ މިއީ ހަގީގަތެއްކަން ގަބޫލުކުރަން ދަތިވެފައެވެ.

” އެކަމަކު ޝާންއަށް ތިގޮތަށް ކެތްކުރެވިއްޖެދޯ….މިހުރިހާ ދުވަހު އަހަރެންގެ ކުރިމަތީ އުޅުނުއިރުވެސް ކުޑަމިނުން ލޯބިވާ ވާހަކަވެސް ނުބުނި….ޝާން ހީކުރީ އަހަރެން ޝާންއަށް މާފްނުކުރާނެކަމަށްތަ؟….އަހަރެންދެކެ ލޯބިވާ ވާހަކަ ނުބުނިއިރު މަންމައަކީ މަންމަކަންވެސް ސިއްރުކޮށްގެން ތިހުރީ….އަޅެ ޝާން ތިހާ ކެތްތެރިވާން ދަސްކުރީ ކިހިނެއް….ޝާން ތީ އިންސާނެއް ނޫންތަ؟..ޝާންގެ އޮންނަނީ ހިތެއްވެސް ނޫންތަ؟..” ނީލާ ހިތާހިތާ އިޝާންއަށް ޝަކުވާކުރަމުން ދިޔައެވެ. މިހުރިހާ ދުވަހު އިޝާން ކެތްކޮށްގެން ހުރީތީ ރަގަނޅަށްވެސް ނީލާ ހައިރާން ވެއްޖެއެވެ. އިންސާނަކަށް ކެތްކުރެވޭނީ އެވަރަކަށެވެ. ނަމަވެސް ނައީޝްގެ ވާހަކަތަކުން އިޝާން މިރަށް ދޫކޮށްދާން ނިންމާފައިވާކަން އެނގުމުން ނީލާ ދެރަވިއެވެ. އިޝާން ހުއްޓުވަން އޭނާ ބޭނުމެވެ. ނަމަވެސް އޭނާ ކުރާނީ ކީއްހެއްޔެވެ؟ އޭނާ މިހުރީ އިޝާން ހުއްޓުވޭފަދަ މަގާމެއްގައި ހެއްޔެވެ؟ އޭނާއަކީ އަނިލްގެ އަނބިމީހާއެވެ. ހަގީގަތް ކޮންމެ ގޮތަކަށް އޮތަސް ދުނިޔެ ދެކޭނީ އެގޮތަށެވެ. އެހެން ނޫނަސް އަނިލްގެ އިހުސާންތެރިކަމުގައި ކޮޅުފައިން ޖަހާފައި އިޝާންއަށްޓަކައި އަނިލް ދޫކޮށްލަން އޭނައަށް ކެރިދާނެ ހެއްޔެވެ؟ މިވަގުތު އަނިލް ދެރަވާނެ ވަރުވެސް އޭނާއަށް އިހުސާސް ކުރެވެއެވެ. ދެންހަދާނީ ކިހިނެއް ހެއްޔެވެ؟ ވިސްނާ ވިސްނާވެސް ދެންހަދާނެ ގޮތެއް ނީލާގެ ސިކުނޑިއަކަށް ނައެވެ.

އެނދުގައި ވިސްނަން އިނދެފައި ބަލާލެވުނު ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ސައިޑް ކަބަޑުމަތީ އޮތް ފޮތުގެ ތެރެއިން އެއްކަން ބޭރަށް ނުކުމެފައިވާ ފޮޓޯގަނޑެއްގައެވެ. ނީލާ މަޑުމަޑުން އެފޮޓޯގަނޑު ނަގާ ބަލާލިއެވެ. އެވަގުތު އޭނާ ހައިރާންވީ އެފޮޓޯގައި އިން ތުއްތު ކުއްޖާ އޭނާގެ ދަރިފުޅާ ވައްތަރުކަމުން ނެވެ. ފޮޓޯގަނޑަށް ރަގަނޅަށް ބަލާލުމުން އޭގައި އެތިބީ ކޮންބައެއްކަން ނީލާއަށް އެނގުނެވެ. އަދި އިޝާންގެ މައުސޫމު މޫނަށް ބަލަންއިނދެ ބޭއިޚްތިޔާރުގައި ހިނިތުން ވެލެވުނެވެ. އެތައްއިރެއްވާންދެން ޖޯލީގައި ވިސްނަން އޮތުމަށްފަހު އަނިލް އެނބުރި ކޮޓަރިއަށް އައެވެ. އަނިލް ދޮރުހުޅުވާލުމާއެކު ސިހިފައި ނީލާ ފޮޓޯގަނޑު ފޮތުގެ ތެރެއަށް ލާންއުޅުނެވެ. ނަމަވެސް އޭނާގެ އަތުން ދޫވެގެން ފޮޓޯ  ވެއްޓިއްޖެއެވެ. ނީލާ ކަންބޮޑުވެފައި އަނިލްއަށް ބަލަން އިންދައި އަނިލް އައިސް ފޮޓޯގަނޑުނެގިއެވެ. ނީލާއަށް އެފޮޓޯ ފެނުނުކަން ޔަގީންވުމުން އަނިލް ކަންބޮޑުވީ ނަމަވެސް ހަމަޖެހޭގޮތް ދައްކަމުން ހިނިތުން ވެލިއެވެ.

” ނީލާއަށް އެނގޭތަ މީކާކުގެ ފޮޓޯއެއްކަމެއް؟…” ފޮޓޯގަނޑު ހިފައިގެން އައިސް ނީލާގާތުގައި އިށީއްނަމުން އަނިލް ސުވާލުކޮށްލިއެވެ. ނަމަވެސް ނީލާ ޖަވާބެއް ނުދީ އަނިލްއަށް ބަލަހައްޓައިގެން އިނީއެވެ.

” މިއީ މަންމަގެ އަސްލު ދަރިފުޅުގެ ފޮޓޯއެއް….އެނގޭތަ ކާކުކަން….މިއީ އިޝާން…އިޝާންއަކީ މަންމަގެ އަސްލުދަރި….އެކަމަކު މަންމަގެ ލޯބިމިލިބެނީ އަހަރެންނަށް….ހަގީގަތުގަ އަހަރެން މިއުޅެނީ އިޝާންގެ ދިރިއުޅުން….އަހަންނަށް އެއްވެސް ހައްޤެއްނެތް ދިރިއުޅުމެއް މިއުޅެވެނީ….އަހަރެންގެ އާއިލާއަކީ ހަގީގަތުގަ އިޝާންގެ އާއިލާ….އަހަރެންގެ އަނބިމީހާ އަކީވެސް ހަގީގަތުގަ އިޝާންގެ ލޯބިވެރިޔާ….އަހަރެންގެ ދަރިފުޅަކީވެސް ހަގީގަތުގަ އިޝާންގެ ދަރިފުޅު…..ދެން އަހަންނަށް މިދިއުޅުމުގަ އޮތީ ކޮންހައްޤެއް….ނީލާބުނެބަލަ!…..އަހަންނަށް އެބައޮތްތަ ހައްޤެއް…އެބައޮތްތަ؟…” ނީލާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަންނަމުން އަނިލް ވާހަކަދެއްކީ މޮޔައަކު ފަދައިންނެވެ. އަނިލްގެ ހަރަކާތްތައް ހުރިގޮތުން ނީލާއިނީ ބިރުގަނެ ދެރަވެސް ވެފައެވެ. މަޑުމަޑުން ނީލާއަށް ރޮވެންފެށިއެވެ. ނީލާގެ ލޮލުން ކަރުނަ އަންނަތަން ފެނުމުން އަނިލް ނީލާގެ ގައިން ދޫކޮށްލުމަށްފަހު އުއްޑުން އެނދުމައްޗަށް ވެއްޓިގަތެވެ. ނީލާ ބަލާލިއިރު އަނިލްއޮތީ ދެލޯމަރައިގެންނެވެ. ނަމަވެސް ލޮލުގެތެރޭގައި އުފެދެމުން އަންނަ ކަރުނަތައް އެސްފިޔަތައް ފޫއަޅުވާލާފައި ސައިލެއްފަދައިން ލޮލުގެ ދެފަރާތުން ފައިބަމުން ދިޔައެވެ. އެމަންޒަރު ފެނިފައި ނީލާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ނީލާމަޑުމަޑުން އަނިލްގެ ގާތުގައި އޮށޯވެ، އަނިލްގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެދޭންފެށިއެވެ. މިނޫނީ ދުވަހަކުވެސް ނީލާގެފަރާތުން އަނިލްއަށް މިފަދަ ގާތްކަމެއް ލިބިފައެއް ނުވެއެވެ. ނީލާގެ އެހަރަކާތުން އަނިލްއަށް އިތުރަށް އަސަރުކުރިއެވެ. އަނިލް ކުއްލިއަކަށް ނީލާގެ ގައިގާ އޮޅުލައިގެންފައި ރޯންފެށިއެވެ. މިފަހަރު ނީލާވެސް އަނިލްއާ ދުރަށްދާކަށް ނޫޅެއެވެ. އަނިލް ހިތްފުރެއްދެން ރޯލުމަށްފަހު ތެދުވެ ފާޚާނާއަށް ވަދެ މޫނުދޮވެލިއެވެ. އަދި އަނެއްކާވެސް އައިސް ނީލާގެ ގާތުގައި އިށީނެވެ. އަނިލް ބޭނުންވީ ނީލާއަށް އިޝާންގެ ހަގީގަތް ކިޔާދޭށެވެ. އެހެންކަމުން ވަރަށް ހިތަވަރުކޮށްފައި ނައީޝް ކިޔައިދިން ވާހަކަ ކިޔައިދޭން ފެށިއެވެ.

” އަނިލް….އަހަރެންނަށް އެނގިއްޖެ….ދެންމެ ނައީޝްއާ ދެމީހުން ދެއްކި ވާހަކަ އަހަރެންނަށް އަޑުއިވުނު….” ވަރަށް ހިތްވަރުކޮށްފައި ނީލާ އޭނާއަށް އެކަން އެނގުނުކަން އަނިލްއަށް އެންގިއެވެ. އަނިލް ނީލާގެ މޫނަށް ބަލަން ބަހެއްނުބުނެ އިރުކޮޅެއްވާންދެން އިނެވެ.

“އެހެންތަ؟…އެހެންވިއްޔާ ބުނެބަލަ….ނީލާ އިޝާންދެކެ ލޯބިވޭތަ؟…” އަނިލް ނީލާގެ މޫނަށް ބަލަންއިނދެ ކޮއްލިސުވާލުން ނީލާ ސިހޭގޮތްވިއެވެ. އަނިލް ދެރަވާނެވަރު ހިތަށް އަރާފައި އެސުވާލުގެ ޖަވާބުދޭން އޭނާ ޖެހިލުންވިއެވެ. އެހެންކަމުން ބަހެއްނުބުނެ އޭނާ އިސްޖަހާލިއެވެ. ނީލާގެ މިހަރަކާތުން އަނިލްއަށް ނީލާގެ ޖަވާބު ދެނެގަނެވުނެވެ. ނީލާވެސް އިޝާންދެކެ ލޯބިވާ ވާހަކަ ނައީޝް ބުނިނަމަވެސް އަނިލް ބޭނުންވީ ނީލާގެ ފަރާތުން އެކަން ސާބިތުކުރާށެވެ. އަނިލް ހިތިގޮތަކަށް ހިނިތުންވެލީ އޭނާގެ ނަސީބު އޭނާއަށް ކެހިދިނުމުންނެވެ. އޭނާއަށް ކުރިން ހީކުރެވުނީ ނީލާވެސް އޭނާދެކެ ކޮންމެވެސް ދުވަހަކުން ލޯބިވާނެ ކަމުގައެވެ. ނީލާއަށް ދިމާވި ކަންތައް ހަނދާން ނައްތާލާފައި ނީލާގެ ދަރިފުޅާއެކު އުފާވެރި ދިރިއުޅުމެއް އޭނާއަށް އުޅެވޭނެކަމުގައެވެ. ނަމަވެސް އޭނާ ހީވެސް ނުކޮށް ހުއްޓައި ހަމަކުއްލިއަކަށް މިހާމަވީ އޭނާގެ ހިތްކުދިކުދިވާފަދަ ހަގީގަތެކެވެ. އެންމެ ހަގީގަތެއް ނޫނެވެ. އެތައް ހަގީގަތެއް އެއްފަހަރާއެވެ.

އަނިލް މަޑުމަޑުން ތެދުވެގެން ގޮސް ކޮޓަރިން ނުކުތެވެ. އަނިލް ނުކުމެގެން ދިޔަ ދޮރާދިމާއަށް ބަލަން ނީލާއަށް އިނދެވުނީ ފެންކަޅިވެފައެވެ. އަނިލް ދެރަވާނެ ވަރު އޭނާއަށް އިހުސާސް ކުރެވެއެވެ. ނަމަވެސް އޭނާލޯބިވަނީ އިޝާންދެކެވެ. އެހަޤީގަތް ބަދަލެއް ނުވާނެއެވެ. ދެން އަދި އަމުދުންވެސް ނުވާނެއެވެ.

*********

އިޝާންއަށް ލޯހުޅުވާލެވުނީ ކޮންމެވެސް މީހަކު ބޭރުދޮރުގައި ތަޅާއަޑު އިވިގެންނެވެ. މިހާ ހެނދުނާ ދޮރުގަތަޅަނީ ކާކުބާއޭ އިޝާންގެ ހިތަށްއެރިއެވެ. ޒިހާންމެން އައިފަހުން އެއްރޭވެސް ދޮރާށި ތަޅުލާކަށް ހަނދާނެއް ނުވެއެވެ. އެހެންކަމުން ކޮންމެމީހަކަށްވެސް ގޭގެމައިދޮރާ ހަމައަށް ވަދެވިދާނެއެވެ. އިޝާން ކަންނެތްކަމާއެކު ތެދުވެގެން ގޮސް ދޮރުހުޅުވާލިއެވެ. އެއާއެކު އޭނާ ހައިރާންވެގެން ދެލޯބޮޑުވިއެވެ.

“ބައްޕާ!؟” ހައިރާންވެފައި އިޝާންއަށް ބުނެވުނެވެ.

“ސަޕްރައިޒް” އިމާދުގެ ފުރަގަހުން ނުކުމެ އިޝާންގެ ކުރިމައްޗަށް ފުންމައިގަންނަމުން އަހްނަފް ހަޅޭއްލަވައިގަތެވެ. އިޝާން ދިޔައީ ސިއްސައިގެންނެވެ.

” އޯހް…ނަފްވެސް އައީތަ؟” އަހުނަފްގެ ގައިގާ އިޝާން އޮޅުލައިގަތެވެ.

“ދަރިފުޅު ކިހިނެއްތަ؟” އެތެރެއަށްވަދެ ސޯފާގައި އިށީއްނަމުން އިމާދު އަހާލިއެވެ.

” އަހަރެން ހަމަ ރަނގަޅު….ބައްޕަ ކިހިނެއްތަ؟…ކޮބާތަ ކޮއްކޮ…ކޮއްކޮ ނުގެންނަންތަ؟..” އިޝިކާމަތިން ހަނދާންވެގެން އިޝާން އަހާލިއެވެ.

” އާނ….ކޮއްކޮ ވަރަށް އަންނަހިތުން ހުރީ….އެކަމު މާމަ ކޮއްކޮ އަޔަކަނުދިން….އެހެންވެ މާމަގާތުގަ ކޮއްކޮ ބަހައްޓާފަ މިއައީ….ބޮޑުދައިތައާއި މާމައާ ވަރަށް ސަލާމްބުނި….ކޮބާތަ އަހުސަން…އަދިވެސް ނުތެދުވަނީތަ؟…” އަހުސަން ފެންނަން ނެތުމުން އިމާދު އަހާލިއެވެ. އޭރު އަހުނަފް ދުވެފައިގޮސް އަހުސަންމެން ނިދާފައިތިބި ކޮޓަރިއަށް ވަދެއްޖެއެވެ.

” އާނ އަދި ނުހޭލާ…..ދެން އެކަމު ހިޔެއްނުވޭ ނިދޭނެހެނެއް..” އަހުނަފް ކޮޓަރިއަށް ވަތްމަންޒަރު ފެނިފައި އިޝާން ބުނެލިއެވެ.

” ބައްޕާއުޅޭ ކޮފީއެއްބޯން…އަހަރެން ކޮފީއެއް ހަދާދޭނަން..” އިޝާން ހަލުވިކަމާއެކު ގޮސް ފެންހޫނުކުރުމަށްފަހު ދެކޮފީ ގިރާލިއެވެ.

“ބައްޕަ ކިހިނެއްވީ ކުއްލިއަކަށް ތިއައީ….ކިހިނެއް އަހަރެން އުޅެނީ މިގޭގަކަން އެނގުނީ…” ކޮފީތަށި ހިފައިގެން އައިސް އިމާދު އަތަށް ދެމުން އިޝާން ސުވާލުކޮށްލިއެވެ.

” ދަރިފުޅު ހާދަ ކަންބޮޑުވީ ބައްޕައައީމަ….ބައްޕަ ހަމަ ހިތަށްއެރީ މިރަށަށް އަންނަން….. މިގެހޯދީ ޖެޓީކައިރިން ދިމާވި ކުއްޖަކުގާތު އަހައިގެން….އަހުސަންގެ ފަރާތުން އަހުނަފްއަށް އޮތީ މިގޭގެނަން އެނގިފަ…އެހެންވެ މީހެއްކައިރީ އަހައިގެންވެސް ހޯދަން އެނގުނީ…..ބައްޕަކުރިން ހީކުރީ ޒިހާންމެން މިގޭގަ އުޅުނަސް ދަރިފުޅުއުޅޭނީ ކާފަގޭގަ ކަމަށް…….ދަރިފުޅު ނުވެސް ބުނަމެއްނު މިގެޔަށް ބަދަލުވި ވާހަކައެއް……..ދެން މިގެޔަށް އެއްކޮށް ބަދަލުވީތަ؟…..އަނެއްކާ ކަމެއް ގޯސްވީތަ؟” އިޝާންގެ މޫނަށް ބަލާލާފައި އިމާދު ސީރިއަސްކަމާއެކު ބުންޏެވެ.

“ނޫނޭ….ހަމަ ހުރިހާކަމެއްވެސް އޯކޭ….” ހަގީގަތް ހާމަކުރާކަށް އިޝާން ބޭނުމެއް ނުވިއެވެ.

” ދެން އެހެންވިއްޔާ ބައްޕަ އައީމަ ހިތްހަމަ ނުޖެހުނީތަ؟…..ބައްޕަ ސަޕްރައިޒެއް ދިނީމަވެސް އުފާވިހެނެއް ހިޔެއްނުވޭ..” އިޝާންގެ މޫނަށް ފުންކޮށް ބަލާލަމުން އިމާދު ބުންޏެވެ. އިޝާން އޮޅުވާލަން އުޅުނުނަމަވެސް އޭނާގެ މޫނުމަތީގައިވާ މޫޔޫސީކަން އިމާދު ވަރަށް ރަނގަޅަށް ދެނެގަތެވެ.

“ނޫނޭ ބައްޕާ….އަހަރެން އުފާނުވަނީކީ ނޫން…އެކަމު ކަންބޮޑުވަނީ މިރަށުމީހުންނަށް ބައްޕަފެނުނީމަ ހިތްހަމަނުޖެހިގެން އެއްޗެއްވެސް ބުނެފާނެތީ…މަންމައަށް އެގޮތަށް ދިމާވީމަ ބައްޕަދެކެ އެންމެންވެސް ރުޅިއަންނާނެއްނު..” އިޝާން އޭނާގެ ކަންބޮޑުވުން ފާޅުކުރިއެވެ.

“ދަރިފުޅު ހީކުރީ މިރަށު އެންމެނަށް ބައްޕަ ފެނުނީމަ އެނގޭނެ ކަމަށްތަ؟….ނޭގޭނެ…މަންމަގެ އާއިލާމީހުނަށް އެކަނި އެނގޭނީ…ބައްޕަ މިރަށަށް މިއައީ އަދި ދެވަނަ ފަހަރު….ފުރަތަމަ އައީ މީގެ ތޭވީހަކަށް އަހަރުކުރިން….އޭރުދަރިފުޅުވެސް ދުނިޔެއަކު ނޫޅޭނެ….ދެން ކިހިނެއް މީހަކަށް ބައްޕަ ފެނުނީމަ ވަކިކުރަން އެނގޭނީ….އެހެން ނޫނަސް މީހަކު އެއްޗެއް ބުނެދާނެތީ މިހާރު ބައްޕަ ޖެހިލުމެއްނުވޭ…..ބައްޕަ މިހާރު އެންމެބޮޑަށް ބޭނުންވަނީ މަންމައާއި މަންމަގެ އާއިލާގެފަރާތުން މާފަށް އެދެން…އެމީހުންގެ މާފު ލިބުނު ދުވަހަކުން ބައްޕަގެ ހިތަށް ހަމަޖެހުމެއް ލިބޭނީ…” އިމާދު ވާހަކަދައްކަމުން ދިޔައިރު އެއަޑުގައި ހިތާމައިގެ އަސަރު އެކުލެވިގެން ވެއެވެ. ބައްޕަ އެ އެދޭ އެދުން ފުރިހަމަވުމަށް އިޝާންވެސް އެދެއެވެ. ނަމަވެސް އެއީ ވެދާނެކަމެއްކަމުގައި އޭނާގެ ހިތެއް ނުބުނެއެވެ.

” ބައްޕަ ތި ގަސްތުކުރަނީ މަންމައާ ބައްދަލުކުރަންތަ؟….ބައްޕައަށް އެނގޭތަ މަންމަގެ ހާލު؟….މަންމައަށް މިހާރު ބައްޕަތީ ކާކުކަން ވަކިކުރާކަށްވެސް ނޭނގޭނެ…ދެން ބައްޕަތީ ކާކުކަން ބުނެދޭން ބައްޕަ ހަދާނީ ކިހިނެއް؟…..ބައްޕަގެ މާޒީ ކިޔާދޭނީތަ؟….މަންމަގެ ސިކުނޑިއަކު ނުހުންނާނެ އެހުރިހާ އެއްޗެއް ވިސްނޭހާބާރެއް….އެމާޒީ އެނގިއްޖެނަމަ މަންމަގެ ހާލަތު މިހާރަށްވުރެވެސް ގޯސްވެދާނެ….އެހެންވެ މިހުރިހާ ދުވަހު އަހަރެންވެސް ކެތްކޮށްގެން މިހުންނަނީ…..އަހަރެން ބޭނުމެއްނޫން މަންމައަށް އިތުރު ގެއްލުމެއްވާކަށް….އަދި އަމުދުން ބައްޕަގެ ފަރާތުން އިތުރު ތަކުލީފެއް ނުދިނުމަކީ އަހަރެންގެ ވަރަށްބޮޑު އެދުމެއް…” އިޝާން ވާހަކަދެއްކީ ހަގީގަތަށެވެ. އިޝާންގެ ވާހަކަތައް އިމާދުއަށްވެސް ގަބޫލު ކުރެވުނެވެ. ދަރިފުޅުބުނި އެއްޗަކުން އިމާދުގެ ހިތަށް ތަދުވީނަމަވެސް އެއީ އެކަން ވާނެގޮތެވެ. އެއްވެސް ދަރިޔަކު އޭނަގެ މަންމައަށް ތަކްލީފެއް ލިބޭކަށް ނޭދޭނެއެވެ. ނަމަވެސް އިމްޝާގެ ކިބައިން މާފަށް އެދުމުން ނޫނީ އެހިތަށް ހަމަޖެހުމެއް ލިބޭކަށް ނެތެވެ.

ކުޑައިރުކޮޅެއްފަހުން އަހުސަންއާއި ޒިހާންވެސް ހޭލައިފިއެވެ. ހުރިހާ އެންމެން ފެންވަރާ ތާޒާވެލައިގެން ދިޔައީ ހެނދުނުގެ ނާސްތާކުރަން ރެސްޓޯރެންޓަށެވެ. ސައިބޮއެ ނިމުމުން އިމާދު ބޭނުންވީ ރަށުތެރެ ބަލާލުމަށެވެ. ރަށުގައި އަލަށް ބިނާކުރެވުނު އަވަށްތައް ބަލާލަން އިމާދު ބޭނުންވިއެވެ. އެހެންކަމުން ދެންތިބިމީހުންވެސް އިޝާންއާއި އިމާދުގެ ފަހަތުން ރަށުތެރޭގައި ބުރުޖަހާލަން ދިޔައެވެ. ބައްޕައާއެކު ހިނގަން ވުމުން އިޝާންހުރީ ކަންބޮޑުވެފައެވެ. ނޭނގިހުއްޓާވެސް ބައްޕަ ދަންނަމީހަކާ ދިމާވެދާނެތީއެވެ.

ހެނދުނު ހެނދުނާ ގެއިން ނުކުމެގެން ދިޔަގޮތަށް އަނިލް އިނީ އުތުރުފަރާތު ތުނޑީކޮޅުގައެވެ. އޮފީހަށްދާކަށްވެސް މިއަދު އޭނާ ހަނދާނެއް ނެތެވެ. އަނިލް އެކަނިމާއެކަނި އިނދެގެން އޭނާ ދިރިއުޅުމާމެދު ވިސްނަމުން ދިޔައެވެ. ކުއްލިއަކަށް އޭނާގެ ދިރިއުޅުމަށް މިއައި ތޫފާނުން އޭނާ މުސްތަގުބަލަށްޓަކައި ދެކެމުންދިޔަ އުފާވެރި ހުވަފެންތައް އިސާހިތަކު ވިއްސިވިހާލިވެގެން ހިނގައްޖެއެވެ. ނީލާއާއެކު ފާގަތި ދިރިއުޅުމެއް އުޅުމަށްޓަކައި އޭނާވެސް ކިހާފޮނި އުއްމީދުތަކެއް ކުރި ހެއްޔެވެ؟ އެކުގައި އުޅެން ކިހާފޮނި ހުވަފެންތަކެއް ދުށް ހެއްޔެވެ؟ ނަމަވެސް އެހުރިހާކަމެއް މިއަދުމިވީ ބިލާހަކަށެވެ. އޭނާގެ ފަރާތުން ނީލާއަށް ދިން އޯގާތެރިކަމާއި ލޯބީގައި އެއްވެސް ހަމަ ބާރެއް ނެތީ ހެއްޔެވެ؟ މިހުރިހާ ދުވަސްވީއިރުވެސް ނީލާގެ ހިތުގައި އޭނައަށްޓަކައި ކުޑަނަމަވެސް ލޯތްބެއް ނުއުފެދުނީ ހެއްޔެވެ؟ އާއެކެވެ. ނީލާ އަބަދުވެސް ލޯބިވީ އިޝާންދެކެވެ. މިހާރު އަދި މާބޮޑަށް އިޝާންދެކެ ލޯވިވާނެއެވެ. އޭނާއަކީ ނީލާގެ ހަޔާތަށް ވަގުތީގޮތުން އައި ބައިވެރިއެކެވެ. މުސާފިރެކެވެ. މިހާރު އޭނާގެ ވަގުތު ހަމަވީއެވެ. ދެން އޭނާއަށް އޮތީ އުއްމީދުގެ ތަންމަތިބޮނޑި ބަނދެގެން ނީލާގެ ހަޔާތުން ނުކުތުމެވެ. ނީލާއާވަކިން އޭނާއަށް ދިރިއުޅެވުނު ނަމަވެސް ވިހި އަހަރުވަންދެން ލޯބިން އެކީއުޅުނު މަންމައާ ވަކިވާނީ ކިހިނެއް ހެއްޔެވެ؟ ހަމަގައިމުވެސް އިޝާންވެސް އޭނާގެ މަންމަ އޭނާއާއެކު ގެންދަން ބޭނުންވާނެއެވެ. މަންމައާވަކީން ދިރިއުޅެން ބޭނުންވާނީ ކޮންދަރިއެއް ހެއްޔެވެ؟ އެކަމަކު އިޝާން އޭނާގެ ހަގީގަތް ފޮރުވައިގެން ހުރެ މާލެދާން ނިންމީ ހެއްޔެވެ؟ އިޝާން ހަގީގަތުގައިވެސް އޭނާއާމެދު ވިސްނާ ހެއްޔެވެ؟ އިޝާން އޭނާގެ ހަގީގަތް ހާމަނުކޮށް މާލެދާން ނިންމީ ހަމައެކަނި އޭނައަށްޓަކައި ހެއްޔެވެ؟ އެއްވެސް އިންސާނަކު ހަމައެހާ ހިތްތިރިވެދާނެ ހެއްޔެވެ؟ ނައީޝް އެބުނީ ހަމަ ތެދެއް ހެއްޔެވެ؟ އިޝާން އޭނާއަށްޓަކައި އެފަދަ ބޮޑު ޤުރުބާރީއެއް ވެދާނެ ހެއްޔެވެ؟ އަނިލްގެ ހިތުގައި އުފެދެމުންދިޔަ ސުވާލުތަކަށް ފުރިހަމަ ޖަވާބެއް ލިބޭނެގޮތެއް އަނިލްއަކަށް ނުވިސްނުނެވެ. ކޮންމެގޮތެއްވިޔަސް އޭނާއަށް މިވަނީ ގޮތެއް ނިންމަން މަޖުބޫރުވެފައެވެ. ފުންވިސްނުމެއްގެ ތެރޭގައި އިން އަނިލްއަށް ހޭވެރިކަންވީ ދަމަކަށް އިރުއަރައި ބޮލަށް ހޫނުވާން ފެށުމުންނެވެ. އަނިލް މަޑުމަޑުން ވެލިގަނޑުމަތިން ތެދުވެ ގެޔާދިމާއަށް މިސްރާބުޖެހިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shine

Level 6100 Stories10 Stories100 Comments100 Login

ވާހަކަ ލިޔާހިތްވާ އަދި ކޮމެންޓްސް ކިޔާހިތްވާ މީހަކީމެވެ.

Other Articles

Previous

އެ ލޯބި އަސްލު ހައްޤޭ (4 ވަނަ ބައި)

Next

ތާޝަ (ދިހަވަނަ ބައި)

Next
November 4, 2016

ތާޝަ (ދިހަވަނަ ބައި)

Previews
November 4, 2016

އެ ލޯބި އަސްލު ހައްޤޭ (4 ވަނަ ބައި)

24 Comments!

  1. Adam says:
    November 4, 2016 at 7:16 pm

    Varah salhi hama habeys

  2. Axee says:
    November 4, 2016 at 7:18 pm

    Wow …??? v salhi….

  3. riffu says:
    November 4, 2016 at 7:20 pm

    Shine vareh nethey buneveynee ? ma sha allah v molhu vaahaka liyuntheri eh shine thee ❤ keep it up love ..
    Next part varah kiyaahithun meeny avahah up kohdhehchey ??

  4. Elsaa says:
    November 4, 2016 at 7:25 pm

    Wow.. Varah reethi.. ❤❤

  5. Aisa says:
    November 4, 2016 at 7:27 pm

    Thank you shine story v reethi ma sha allah

  6. Aisa says:
    November 4, 2016 at 7:29 pm

    Dhen innaanee last part dho

  7. Mai says:
    November 4, 2016 at 7:29 pm

    V nice… Keep it up!!

  8. Navya says:
    November 4, 2016 at 7:46 pm

    Vvv reethi mibaives ❤

  9. Mariyam says:
    November 4, 2016 at 8:01 pm

    Wow it is very nice keep it up. When the next part will be coming me and my family is waiting for the next part.

  10. Mariyam says:
    November 4, 2016 at 8:01 pm

    Wow it is very nice keep it up. When the next part will be coming me and my family is waiting for the next part. ❤️❤️❤️

  11. Shai says:
    November 4, 2016 at 8:05 pm

    V salhi

  12. Adhoo says:
    November 4, 2016 at 8:31 pm

    Soooo nice ??? avahah up kurahchey dhen oii part.. cant wait

  13. lai says:
    November 4, 2016 at 8:43 pm

    Thanks shine

  14. Inee says:
    November 4, 2016 at 8:48 pm

    Mi part ves varah furihama

  15. Shahina says:
    November 4, 2016 at 9:01 pm

    Speech less masha allah .keep it up shine.waiting.

  16. Thaany says:
    November 4, 2016 at 10:41 pm

    Wow wow haadha reehchey v furihama ngey..

  17. Shaf says:
    November 5, 2016 at 12:09 am

    Alhe shine kmme dhuvahaku 2 parts genesdheynama..kiyaa hithun nidhi vx naadhey…ma sha allah grt work dear..waiting…….

  18. Khajja says:
    November 5, 2016 at 12:58 am

    Masha allah v rythi v furihama dhen inaany last part dhw v kiyaahithun indha e nimuny vaahaka thereyga mi ulhe vuny nxt prt kon irakun…..

  19. Appy says:
    November 5, 2016 at 3:14 pm

    Bunaane ehcheh neynge …..hehe ekam vaahaka v rythi …..

  20. Anonymous says:
    November 5, 2016 at 4:44 pm

    shine kobaa vaahak up vaaleh haadha lahey.. bt thanks knme duvahaku up vaathy plx next part avhah genas dheebala

  21. selfy says:
    November 5, 2016 at 5:53 pm

    next part avas kohdheeba, v gina faharu chk vez kohfin up vithoa, kiyaa hithun nuves hurevey…haadha reeche mi story.

  22. xenn says:
    November 5, 2016 at 7:05 pm

    Shine kobaaa tha nxt part…haadha inthixaarekey thi kuruvany…

  23. Wasy says:
    November 5, 2016 at 9:10 pm

    Shaine alhe mirey ge part kon irakun up kohlanee. Haadha kiyaa hithunney miulhenee mihaaru hama kehmadhuvefa mi innanee up kohlaane vaguthakah

  24. Hope says:
    November 5, 2016 at 9:19 pm

    Kobaa tha story?? Shine plx plx plx. Upkohba

Comments are closed.

Next Episodeއެފިނިމެންދަން 21←


All Right Reserved!