އެފިނިމެންދަން 19
ދުވަހަކީ ހޮނިހިރު ދުވަސްކަމަށް ވުމުން އިޝާން ފަތިހު ހޭލާފައިވެސް ނަމާދުކޮށްގެން އަނެއްކާވެސް ނިދީއެވެ. ދަމަކަށް އިރުއެރިފަހުން އަހުސަންއަށް ހޭލެވުނެވެ. އިޝާންއާއި ޒިހާންއޮތީ އަދިވެސް ގަދަނިދީގައެވެ. އަހުސަން ތެދުވެގެން ގޮސް ފާޚާނާއަށް ވަދެ ފެންވަރާ ތާޒާވެލިއެވެ. ފެންވަރައިގެން ނުކުމެ ސޯޓެއްލައިގެން ލޯގަނޑުކުރިމަތީގައި ހުރެ، ތުވާލިން ބޯހިއްކަމުން ދަނިކޮށް ކުއްލިއަކަށް ބޭރުދޮރުގައި މީހަކު ޓަކިދޭ އަޑުއިވިއްޖެއެވެ. އަހުސަން ހުސްގަޔާހުރެ ބޯހިއްކަމުން ގޮސް ދޮރުހުޅުވާލިއެވެ. ދޮރުހުޅުވާލުމާއެކު ބޮލާދިމާއަށް ފަޅައިގެންދިޔައީ ފުއްޕާހަމެކެވެ. އެއާއެކު އޭގެތެރެއިން އޭނާގެ ބޮލަށް ފައިބައިގަތީ ކުދިކުދި ކުލަ ކަރުދާސްކޮޅުތަކެކެވެ. ލިބުނު ހައިރާންކަމުން ހަރަކާތެއްވެސް ގެންނަންނޭނގިފައި ހުއްޓައި އޭނާގެ ކަންފަތުގައި ޖެހުނީ މިއުޒިކެއް ފަދަ ރީތި އަންހެން އަޑެކެވެ.
” ހެޕީ ބާރތްޑޭ ޓޫ ޔޫ..ހެޕީ ބާ…..” އަރޫނާ ލަވަކިޔަ ކިޔާހުރެފައި ހުއްޓާލީ ކުރިމަތީހުރި ޒުވާނާގެ މޫނުފެނުމުން އެއީ އިޝާން ނޫންކަން އެނގުމުންނެވެ. ނަމަވެސް އިޝާންއާ އެޒުވާނާއާ ކިތަންމެހައިވެސް ވައްތަރެވެ. އެފަދަ ދިގުއިސްކޮޅަކާއި ފުރިހަމަ ފިރިހެންވަންތަ ހަށިގަނޑެކެވެ. އިސްތަށިގަނޑުވެސް އިޝާންގެ އިސްތަށިގަނޑެކޭ އެއްފަދައިން ފަނެވެ. މޫނުގައިވެސް އެއްގޮތްކަމެއް ހުއްޓެވެ. ތަފާތީ ހަމައެކަނި ހަމުގެ ކުލައެވެ. ނަމަވެސް މިޒުވާނާއަށްވުރެ އިޝާންގެ ހަމުގެކުލަ އައްޔެވެ. އެނޫން މާބޮޑު ތަފާތެއް ނެތެވެ. އަރޫނާ ހައިރާންވެގެން އަހުސަންއަށް ބަލަންހުރިއިރު އަހުސަންވެސް ހުރީ އަރޫނާފެނި ހައިރާންވެފައެވެ.
“ސޮރީ…އަހަރެން ހީކުރީ..”
” ޝާންކަމަށް ދޯ؟” އަރޫނާގެ ޖުމްލަ އަހުސަން ފުރިހަމަކޮށްދިނެވެ. އަރޫނާ ލަދުންހުރެ ބޯޖަހާލިއެވެ.
” ހައި…އައި އެމް އަހުސަން…ޔޫ ކޭން ކޯލްމީ ސަން…އެންޑް ހޫ އާރ ޔޫ؟” އަހުސަން ހިނިތުންވެލަމުން އަމިއްލައަށް ތައާރަފްވެލިއެވެ. އަދި އަރޫނާގެ ތައާރަފަކަށް އަހާލިއެވެ.
” އަހަރެންނަށް ކިޔަނީ އަރޫނާ…..ފްރެންޑްސް ކިޔަނީ އަރޫ..” އަރޫނާ ހިނިތުންވެލަމުން ޖަވާބުދިނެވެ.
” ނައިސް ޓު މީޓް ޔޫ އަރޫ….” ކުއްލިއަކަށް އަރޫނާގެ އަތުގައި ހިފާލަމުން އަހުސަން ބުންޏެވެ. އަރޫނާ އަވަސް އަވަހަށް އަތްދަމައިގަންނަމުން ފަހަތަށް ޖެހިލިއެވެ.
” ސޮރީ!” އަރޫނާ ހިތްހަމަ ނުޖެހުނުހެން ހީވުމުން އަހުސަން ރަކިވާގޮތްވިއެވެ. އަރޫނާ ސިއްރު ސިއްރުން އަހުސަން އަށް ބަލާލިއެވެ. އިޝާން ނޫނެއްކަމަކު މިއީވެސް ރީތި ޒުވާނެކެވެ. ހަމަ އެފަދަ ހިތްހެޔޮކަމެކެވެ. ދެމީހުން ހިމޭންވެފައި ތިއްބައި ފަހަތުން އިޝާން އައިސް އަހުސަންގެ ކޮނޑުގައި ޖަހާލުމުން ސިހިފައި ފަހަތް ބަލާލިއެވެ.
“ހައި..މޯރނިންގް އަރޫ…ހާދަ ހެނދުނަކާ ކޮންވަޑާމެއް؟..” އަރޫނާ ފެނުމާއެކު ކުޑަކޮށް ހައިރާންވެފައި އިޝާން އަހާލިއެވެ.
” އަރޫ އައީ ޝާންއަށް ބާރތްޑޭ ވިޝްކުރަން….އެކަމް އެނަސީބު މިލިބުނީ މަށަށް ބަލާބަލަ! މަގޭބޯ…އުހުނ…އަލުން މިޖެހުނީ ފެންވަރާކަށްނު….” އަހުސަން އޭނާގެ ފަންއިސްތަށިގަނޑު ދެފަރާތަށް ހޫރާލުމާއެކު ކުދިކދު ކަރުދާސްކޮޅުތައް ދިމަދިމާއަށް ބުރައިގެން ދިޔައެވެ. އެމަންޒަރުފެނިފައި އިޝާންއާއި އަރޫނާގެ ގާތަށްވެސް ހިނިއައެވެ.
” ހެޕީ ބާރތްޑޭ އިޝާން..” އަރޫނާ އޭނާގެ އަތުގައިހުރި ކުޑަފޮށިގަނޑެއް އިޝާންއަށް ދިއްކޮށްލަމުން އުފަންދުވަހުގެ ތަހުނިޔާ ކިއެވެ.
” ވާއު….ގިފްޓެއްތަ؟” އިޝާންއަށްވުރެކުރިން އަހުސަން އެފޮށީގައި ހިފިއެވެ.
” ނޫން…ތީ ކޭކެއް….ބީކެއާރފުލް….ތިހަލާކުވެދާނެ..” އަހުސަން އަވަސް އަރުވާލާފައި ފޮށިހުޅުވާލަން އުޅުމުން އަރޫނާ ކަންބޮޑުވެފައި ބުންޏެވެ. އަރޫނާ ރޭގައި ފޭސްބުކަށް ވަނުމާއެކު މިއަދުމީ އިޝާންގެ އުފަންދުވަސްކަން އެނގުނެވެ. އެހެންކަމުން ހެނދުނު ހެނދުނާ އޭނާ ކޭކެއް އަޅައިގެން އެންމެނާ ސިއްރުން އެގެއަށް އައީ އިޝާންއާއެކު އުފަންދުވަސް ފާހަގަ ކުރާށެވެ. ނަމަވެސް ކަންތައް މިދިމާވީ މުޅިން އިދިކޮޅަށެވެ.
” ވާއު….ދިސް އިޒް ރިއަލީ ނައިސް…ތޭންކްސް އަރޫ ޑާރލިންގް….ލަވް އިޓް” އިޝާން އަރޫނާގެ ނޭފަތުގައި ހިފާލަމުން ހިނިތުންވެލިއެވެ. އެވަގުތު އަރޫނާގެ ހިތް އުފަލުން ނަށައިގަތެވެ. އިޝާން އޭނާގެ ހަދިޔާ ގަބޫލުކުރީތީ އޭނާ އިންތިހާޔަށް އުފާވިއެވެ. އިޝާންގެ އެދުމުގެމަތިން އަރޫނާވެސް އިޝާންގެ ކޭކުފެޅުމުގައި ބައިވެރިވިއެވެ. އިޝާން އަރޫނާގެ އަތުގައި ހިފައިގެން ކޭކް ފަޅަނިކޮށް ޒިހާންވެސް ހޭލައިގެން ހުސް ބޮކްސާއާއެކު ސިޓިންރޫމަށް ނުކުތެވެ. ލޯއުނގުޅަމުން ނުކުތް ޒިހާންއަށް އަރޫނާ ފެނުނީ އިރުކޮޅެއްފަހުންނެވެ. ގަތްލަދުން ނަގޫޖެހިތާ ބޯޖަހާފައި ޒިހާން ދުވެފިލައިފިއެވެ. ޒިހާން ފެނުމުން ލަދުގަތްނަމަވެސް، ޒިހާންއަށް ވީގޮތް ފެނިފައި އަރޫނާއަށް ހެވުނެވެ. އަހުސަންއާއި އިޝާންވެސް ބިނދިބިނދިފައި ހެނީއެވެ. ޒިހާން ކޮޓަރިއަށް ވަތްގޮތަށް އެތައް އިރެއްވީއިރުވެސް ނުނުކުތެވެ. ކޭކުފަޅައި ނިމިގެން އަރޫނާ ދިޔައިރުވެސް ޒިހާންހުރީ ނުކުންނަން ނުކެރިފައެވެ.
” އަރޫ އެއީ ޝާންގެ ގާރލްފްރެންޑް ދޯ..” އަރޫނާ ދިޔުމާއެކު އަހުސަން އަހާލިއެވެ.
“ނޫން….ޝީ އިޒް ޖަސްޓް އަ ފްރެންޑް..” އިޝާން އަވަސް އަވަހަށް އަހުސަންއަށް ޖަވާބުދިނެވެ.
” އެހެންތަ؟…އެހެންވިއްޔާ މަސެޓްކުރަންވީދޯ….މަށަށް ވަރަށް ސަޅި ވެއްޖެ އަރޫ..” އަހުސަން މަޖާވެލާފައި ބުންޏެވެ.
” ސަން…ސަމާސާއަކަށްވެސް އަރޫއާ ނުބެހޭތި….އެއީ ތިހީކުރާކަހަލަ ކުއްޖެއްނޫން….އެއީ ވަރަށް ރަނގަޅު ކުއްޖެއް..” އިޝާން ސީރިއަސްވެލާފައި އަހުސަންއަށް އިންޒާރެއް ދިނެވެ.
” ކަމޯން….ޝާން ހީކުރީ މަމީ ވަރަށް ގޯސް މީހެއްކަމަށްތަ؟….މަށަށް އަސްލުވެސް އަރޫ ވަރަށް ކަމުގޮސްފި….މަބޭނުން އަރޫގެ މައުލޫމާތު…..އެގޮތަށް ސާދާކޮށް ތިބޭކުދިން މަށަށް ކަމުދަނީ….އެކަހަލަ ކުދިންނަށް އެނގޭނެ ފިރިންނަށް ވަފާތެރިވާން….” ވަރަށް ސީރިއަސް ވެލާފައި އަހުސަން ދައްކަންފެށި ވާހަކައިން އިޝާންގެ ގާތަށް ހިނިއައެވެ.
“އައްދެ…ހާދަވަރެއް ތިކޮއްލީ….ހަމަ އެހާކަމުދިޔައީތަ؟….ލަވް އެޓް ފަސްޓް ސައިޓްތަ؟” އިޝާން މަޖާވެލާފައި އަހުސަންއާ ދިމާކޮށްލިއެވެ. ދެމީހުން ހީހީފައި އެތައްއިރަކު އަންހެންކުދިންނާ ބެހޭގޮތުން ވާހަކަ ދެއްކިއެވެ. އިރުކޮޅަކުން ޒިހާންވެސް އައިސް އެމީހުންގެ ވާހަކައިގައި ބައިވެރިވިއެވެ.
******************************
ހަފްތާއެއް ފަހުން ނީލާ ހޮސްފިޓަލުން ގެޔަށް ދޫކޮށްލިއެވެ. ނަމަވެސް އަނިލް ބޭނުންވީ އަދި އިތުރު އެއް ހަފްތާ މާލޭގައި މަޑުކޮށްލާށެވެ. އެހެންކަމުން ރަށަށް އާދެވުނީ ނީލާ ވިހެއިތާ ތިންވަނަ ހަފްތާގައެވެ. ދަރިފުޅު ފެނުމާއެކު ކާފައާއި މާމަ އުފަލުން ފޮޅުނެވެ. އަނިލް މަންމަގެ އުނގަށް ދަރިފުޅު ލުމުން ބަލަހައްޓައިގެން އެތަށް އިރަކު އިނެވެ. އެތުއްތު މޫނު ފެނުމުން ކޮންމެވެސް ހަނދާން ތަކެއް އޭނާގެ ހިތަށް އަންނަނީއެވެ. ކުރިންވެސް އޭނާ އެދަރިފުޅު އުރި ހަނދާނެއް ވަނީއެވެ. ނަމަވެސް އެދަރިފުޅު އެފެނުނީ އަދި އަލަށްކަންވެސް އޭނާއަށް އެނގެއެވެ. ނަމަވެސް މިދަރިފުޅު ދަންނަ ވައްތަރުޖަހަނީ ކީއްވެގެން ކަމެއް ވިސްނާ ވިސްނާވެސް އޭނާއަކަށް ނޭގުނެވެ. ދަރިފުޅު އުރައިގެން ގިނައިރު އިންނަން ފެށުމުން އޭނާ ހާސްވާ ގޮތްވިއެވެ. މިކަން އަނިލްއަށް އެނގުމުން އަނިލް އަވަސް އަވަހަށް ދަރިފުޅު ނީލާގެ އަތަށްދީފައި މަންމަ ގޮވައިގެން ކޮޓަރިއަށް ދިޔައެވެ.
އިޝާންއަށް ނީލާ ދަރިފުޅު ގޮވައިގެން އައި ޚަބަރު ލިބުމުން ދަރިފުޅު ދެކިލާހިތުން ކެތްވަނީކީ ނޫނެވެ. ބްރޭކްގަޑީގައި ސައިބޯން ދިއުމުގެ ބަދަލުގައި އިޝާން ދިޔައީ އަނިލްމެންގެ ގެޔަށެވެ. ތެޅިތެޅި އޮތް ހިތަކާއެކު އިޝާން ގޭތެރެއަށް ވަދެގެން ދިޔައިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަނިލްގެ ކޮޓަރިން މާމަމެން ވާހަކަ ދައްކާ އަޑު އިވިއިވި ހުއްޓެވެ. އިޝާން ދޮރުގައި ޓަކިދިނުމުން މާމަ ދޮރުހުޅުވިއެވެ. ނަސީބަކުން މާމަ އާއި ނީލާ ފިޔަވައި އިތުރުމީހަކު ކޮޓަރިއަކު ނެތެވެ.
” އަސްތާ! ދަރިފުޅާ…ކޮއްކޮ ބަލާލަންތަ ތިއައީ؟..އަވަހަށް އާދޭ….މާމަ މިއިންނަނީ ފާޚާނާއަކަށްވެސް ދާންނުކެރިފަ މިތާ މީހަކު ނެތީމަ…އަނިލްއާ ކާފަދިޔައީ ކުރުނބާ އަޅާށޭ ކިޔާފަ..މާމަ އަންނަންދެން މިތާމަޑުކޮށްލާ އިނގޭ!..” މާމަ ވާހަކަ ދެއްކިގޮތުން އިޝާންގެ ގާތަށް ހިނިއައެވެ. ކޮޓަރިއަށް ވަދެފައި އިޝާންއަށް ފުރަތަމަ ނަޒަރު ހުއްޓާލެވުނީ ނީލާގެ މޫނަށެވެ. ނީލާގެ މޫނު ކުރިއަށްވުރެވެސް ވަށްވެފައި ރީތިހެން ހީވެއެވެ. އިޝާން ބަލާލުމުން ނީލާ ހީލިއިރު އޭނާ އިނީ ލަދުންނެވެ. ކަކުލާ ހަމައަށް އަންނަ ކުރު ހެދުމެއްލައި އާދައިގެ ބުރުގާއެއް އަޅައިގެން އިޝާންގެ ކުރިމަތީ އިންނަން ޖެހުމުންނެވެ. އިޝާން އައިސް އެނދު ކައިރީ ހުރިގޮނޑީގައި އިށީދެ ނީލާގެ މަގަތުގައި އޮތް ތުއްތު ތުއްތު ދަރިފުޅުގެ މޫނަށް ބަލާލިއެވެ.
“ވާއު…ހާދަލޯތްބޭ….މީހަމަ އަހަރެންގެ ދަރިއެއްތަ؟….އަހަރެން ހަމަ ރަނގަޅަށްވެސް ބައްޕައަކަށްވީދޯ….ބައްޕަ ވަރަށް ލޯބިވޭ ދޫނިދެކެ….އެކަމަކު ބައްޕައަށް މާފުކުރޭ!…ކިތަންމެ ލޯބިވިޔަސް ދަރިފުޅަށް ގޮވާލެވޭކަށްވެސް ބައްޕައަކަށް ނެތް….ބައްޕަ ކިހާ ބަދުނަސީމު….މަންމައަށް މަންމާއޭ ގޮވާލުމުގެ ހައްޤެއް ނެތް….ދަރިފުޅަށް ދަރިފުޅާއޭ ގޮވާލުމުގެ ހައްޤެއްވެސް ނެތް…” އިޝާންގެ ހިތަށް އަރާފައިބަމުން ދިޔަ ޝުއޫރުތަކުގެ ސަބަބުން އިސާހިތަކު އޭނާގެ ލޯ ފެންކަޅި ވެއްޖެއެވެ. ބޯ ގުދުކޮށްލައި ތުއްތު ދަރިފުޅުގެ މޫނުގައި ބޮސްދިނުމާއެކު އޭނާގެ ލޮލުގައިހުރި ކަރުނަތައް ކޯތާފަތް މައްޗަށް އޮހިގަތީ ބޭއިޚްތިޔާރުގައެވެ. އަވަސް އަވަހަށް އިޝާން ލޯފުހެލި ނަމަވެސް ނީލާއަށް އެމަންޒަރު ރީތިކޮށް ފެނުނެވެ. ނީލާ އިޝާންގެ މޫނަށް ބަލަން އިންދައި އިޝާން އިސްއުފުލައި ނީލާއާ ހަތަރުކަޅި ހަމަކޮށްލިއެވެ.
” ކިހިނެއްތަ ނީލް؟….ނީލްގެ ދަރިފުޅުވެސް ނީލްހާ ލޯބި….ހިތަށްއަރާ އަނިލް ހާދަ ނަސީބު ރަނގަޅޭ….” އިޝާން ހިނިތުންވެ. އިޝާންގެ މޫނަށް ބަލަން އިނދެ ނީލާ ހިނތުންވީއިރު އޭނާގެ ހިތަށް ތަފާތު ޚިޔާލުތައް ވެރިވަމުން ދިޔައެވެ. އެދަރިފުޅަށް ބަލަން އިނދެގެން އިޝާން ވާހަކަ ދައްކަމުން ދިޔައިރު،އޭނާގެ އަޑުގައިހުރި ހިތާމައިގެ އަސަރު ކިތަންމެ ރަނގަޅަކަސްވެސް ނީލާއަށް ފާހަގަ ކުރެވުނެވެ. ނަމަވެސް އިޝާންއަށް އެފަދަ އަސަރެއް ކުރަންވީ ކީއްވެބާއޭ ނީލާގެ ހިތަށް އެރިއެވެ.
“ނީލް…ކާކާތަ ބޭބީ ވައްތަރީ؟…..މަންމައާތަ ނޫނީ ބައްޕައާތަ؟” ދަރިފުޅު ވައްތަރީ އިޝާންއާކަން އެނގިހުރެވެސް އިޝާން ނީލާއާ ސުވާލުކޮށްލިއެވެ. އިޝާން ކުރި ސުވާލުން ނީލާގެ މޫނުގެ ކުލަ ފަނޑުވެގެން ދިޔައެވެ. އެމޫނުގައިހުރި އުފާވެރިކަންވެސް ވަގުތުން ފިލާ ހިނގައްޖެއެވެ. އެސުވާލަށް އޭނާ ދޭނީ ކޮންޖަވާބެއް ހެއްޔެވެ؟ ދަރިފުޅުގެ ބައްޕައަކީ ކާކުކަން ޚުދު އޭނާއަށްވެސް ނޭނގޭއިރު އެދަރިފުޅު ވައްތަރީ ކާކާކަން ބުނެދޭން އެނގޭނީ ކިހިނެއް ހެއްޔެވެ؟ އިޝާންވެސް އެސުވާލު ކުރަންވީ މިވަގުތު ހެއްޔެވެ؟ ނީލާގެ ހިތް ޝަކުވާއިން ފުރުނެވެ.
” ހަމަގައިމުވެސް ނީލްއަށްވުރެ ބޮޑަށް ބޭބީ ވައްތަރީ މަށާ…” އިޝާން ކުއްލިއަކަށް ބުނެލި ޖުމްލައިން ނީލާ ސިހުނެވެ. އަވަގުތު ނީލާގެ ހިތަށް އެރި އެއްޗެއްގެ ސަބަބުން ދެލޯބޮޑުކޮށްފައި އިޝާންގެ މޫނަށް ބަލަން އިނދެވުނީ ބިރެއްފެނިގެން ބަލާފަދައިންނެވެ.
“އައްދެ…އެހެންބުނީމަ ހާދަބިރުވެރިގޮތަކަށް ތިބަލާލީ….އަހަރެން މިބުނީ ބޭބީއަކީވެސް ބޯއީއަކަށްވެފަ މަވެސް މީ ބޯއީއެއްވީމަ ވައްތަރުވާނެނޫންހޭ….ނީލްއަކީ ގާރލްއެއްނު…އެހެންވީމަ ބޭބީ ނީލްއަކާ ވައްތަރެއް ނުވާނެއްނު….ހެ ހެ ހެ ގެޓްވެއްޖެތަ؟….”ހިނިގަނޑެއް ޖަހާލާމުން އިޝާން އޭނަބުނި ޖުމްލައިގެ މާނަ އޮޅުވާލިއެވެ. އިޝާންކުރީ ސަމާސާއެއްކަން އެނގުނު ނަމަވެސް ނީލާ އަދިވެސް އިޝާން ބުނި އެއްޗަކާ މެދު ވިސްނެނީއެވެ.
” މާމާ ކިތައްދުވަސްވީމަތަ ބޭބީއަށް ނަންކިޔަނީ؟…އަދިވެސް ނަންކިޔާވަރު ނުވަނީތަ؟” މާމައައިސް ވަނުމާއެކީ އިޝާން އަވަހަށް މައުލޫ ބަދަލުކޮށްލީ އަނެއްކާވެސް އޭނާގެ ދުލުން އެފަދަ އިތުރުބަހެއް ބޭރުވެދާނެތީ ބިރުންނެވެ.
” އަދިވެސް އަނިލްއަށް އެކުއްޖާއަށް ކިޔާނެ ނަމެއް ނުހޯދުނު ވިއްޔަ….ދަރިފުޅު ހޯދަދޭންވީނު ރީތިނަމެއް….” އިޝާންއަށް ބަލާލަމުން މާމަ ބުންޏެވެ.
” އޯކޭ…ތީއެއްވެސް ކަމެއްނޫން މިހާރުވެސް ނަމެއް ބުނެދީފާނަން…..ކިހިނެއްވާނީ އިއާން…އަނިލްއާވެސް ގުޅެއެއްނު….މަށާވެސް ގުޅޭނެ އޭރުން ދޯނީލް..” ނީލާއަށް ބަލާލަމުން އިޝާން ބުނެލިނަން ނީލާއަށްވެސް ރީތިވިއެވެ. ނީލާ ހިނިތުންވި ނަމަވެސް މިއަދު އިޝާން އުޅޭގޮތުން އޭނާގެ ހިތަށް ތަފާތު ޚިޔާލުތައް ވެރިވަނީއެވެ.
” ނަމެއްހަމަ ބުންޏަކަސް މިހާރަކު ނުކިޔޭނެ…ތިނަމުގެ މާނަވެސް ހޯދަން ޖެހޭނެ…” މާމަ އަނެއްކާވެސް ބުންޏެވެ.
” މާނަވެސް އެނގެއޭ…އެކަމު އިނގިރޭސި މާނަ މަށަށް އެނގެނީ….މާނައަކީ ގިފްޓް ފްރޮމް ގޯޑް….ދެން ދިވެހިމާނަ އަހާލާ ނީލާގާތު އިނގޭ މާމާ….އަހަރެން ދެންދަނީމި….އަދި އަންނާނަން ފަހުން..” އިޝާން ތެދުވެގެން ދަމުން ނީލާއަށް ބަލާލާފައި ހިނިތުންވެލިއެވެ. މާމައިނީ އިޝާންބުނި ނަމާމެދު ވިސްނާށެވެ.
” ދަރިފުޅާ ކީކޭތަ އިޝާން އެބުނީ…ކޮބާތަ އެބުނި ނަމުގެ މާނައަކީ…” އިޝާން ދިއުމުން މާމަ އަހާލިއެވެ. ނީލާ ހިނތުންވެލާފައި މާމައަށް އިޝާންބުނި އެއްޗެއްގެ މާނަ ބުނެދިނެވެ. ނީލާއަށް އިޝާން ބުނިނަން ވަރަށް ކަމުދިޔައެވެ. ދަރިފުޅަށް އެނަން ކިޔުމަށް އޭނާ ހިތާހިތުން ނިންމިއެވެ. ނަމަވެސް އިޝާން އޭނަގެ ނަމާ ގުޅޭ ނަމެއް ބުނީ ކީއްވެބާއޭ ނީލާގެ ހިތަށްއެރިއެވެ. މިއަދު އިޝާން ވާހަކަ ދެއްކިގޮތުން ނީލާއަށް އިޝާންއާމެދު ނުބައި ޝައްކެއްވެސް ކުރެވުނެވެ.
އިޝާން އެގެއިން ނުކުމެ ފޯނުބަލާލިއިރު ހައެއްކަ ފަހަރަށް ޒިހާން ގުޅާފައި އޮތެވެ. އޭނާ ސައިބޯން ނައިސް ލަސްވެގެންނެވެ. އިޝާން ޒިހާންއަށް ގުޅާލުމަށްފަހު ގެޔާދިމާއަށް މިސްރާބުޖެހިއެވެ. ސައިބޯން އިންއިރުވެސް އޭނާއަށް ވިސްނެމުންދަނީ ދަރިފުޅާމެދުގައެވެ. އެދަރިފުޅު ކިހާލޯބި ހެއްޔެވެ؟ އެދަރިފުޅުގެ ސިފަވެސް އޭނާއާ ވައްތަރެވެ. އެދަރިފުޅާ ވަކިން އުމުރަށް އޭނައަށް އުޅެވިދާނެ ހެއްޔެވެ؟ ނޫނެކެވެ. އޭނާގެ ހިތުގައި އެދަރިފުޅަށްޓަކައި އިންތިހާއަށް ލޯބި އުފެދިއްޖެއެވެ. ނަމަވެސް އޭނާ އެލޯބިދޭނީ ކިހިނެއް ހެއްޔެވެ؟ ދުނިޔޭގެ ނަޒަރުގައި އެއީ އަނިލްގެ ދަރިއެކެވެ. އެދަރިފުޅުގެ ނަމުގެ ފަހަތަށް އަންނާނީ އަނިލްގެ ނަމެވެ. އެދަރިފުޅުގެ މައްޗަށް އޭނާއަށް އޮތީ ކޮން ހައްޤެއް ހެއްޔެވެ؟ އެއީ އޭނާގެ ދަރިއެއްކަމުގައި ބުނެފިނަމަ ދުނިޔެއަށް ބަދުނާމުވުން ނޫންކަމެއް ނުވާނެއެވެ. މުޖުތަމައުގައި އޭނާއާއި ނީލާގެ އަގުވެއްޓުން ފިޔަވައި އިތުރުކަމެއް ނުވާނެއެވެ. އެންމެ ބުއްދިވެރިގޮތަކީ އޭނާ އެނބުރި މާލެގޮސް ކުރިންވެސް އުޅުނު ދިރިއުޅުން އުޅުމެވެ. މިރަށާއި މިރަށުގައި ހޭދަވި ދުވަސްތައް ހަނދާން ނައްތާލުމެވެ. ނީލާއާއި އަނިލްގެ ދިރިއުޅުމުން އަބަދުގެ އަބަދަށް ދުރަށްދިއުމެވެ. އަނިލްއާއެކު ދުވަސްތައް ހޭދަވީވަރަކަށް ނީލާއަށްވެސް އަނިލްދެކެ ލޯބިވެވިދާނެއެވެ. އޭރުން ނީލާއަށްވެސް އޭނަގެ މަތިން ހަނދާން ނައްތާލައި އުފާވެރި ދިރިއުޅުމެއް އުޅެވިދާނެއެވެ. މިކަމުގައި މިއަށްވުރެ މޮޅުގޮތެއް ނެތެވެ.
“ޝާން….ކިހިނެއްވަފެ ތިއިނީ؟….އަނެއްކާ ބަލީތަ؟.” ފުންވިސްނުމަކަށް ގެއްލިފައި އިން އިޝާން ސިހުނީ ޒިހާންގެ އަޑުންނެވެ.
” ނޫން…މަހަމަ އޯކޭ…..އޭތް ސަން ބުނީމެއްނު…ނަފް އަންނަ ވާހަކަ….ކޮބާ އަދިވެސް ޚަބަރެއް ނުވެއެއްނު….ދެން ނާންނަނީތަ؟…” އިޝާން ކުއްލިއަކަށް މައުލޫބަދަލުކޮށްލިއެވެ. އޭނާ ބޭނުންވީ ސިކުނޑީގައި އެނބުރެމުންދާ ޚިޔާލުތަކާ ދުރަށް ދިއުމަށެވެ.
” އާނ….މަމިހުރީ އެވާހަކަ ބުނަން ހަނދާންނެތިފައޭ…..ނަފް މިއަދު ގުޅާފަބުނީ ހިޔެއްނުވެޔޭ އެހާ އަވަހަކަށް އާދެވޭނެ ހެނެއް…..އެކަމް ބްރޭކް ނިމެންވާއިރަށް އާދެވޭތޯ ބަލާނަމޭ…”
” އެހެންތަ؟…..ކޮންއިރަކުންތަ ބޮރޭކް ނިމެނީ….” އިޝާން އަހާލިއެވެ.
” މާރޗްގަ ދެން ސެމް ފަށާނީ…..އަދި ވަރަށް ދުވަސް އެބައޮތެއްނު….ޝާންވެސް މިފަހަރު އަހަރެމެންނާއެކު ދާންވީނު…..އޭރުން ދެންފަށާ ސެމްގަ ޔުނިވާރސިޓީއަށް ޖޮއިން ކުރެވޭނެއްނު….” އަހުސަން ލަފާދިނެވެ.
” ހޫމް މަވެސް އެބަ ވިސްނަމޭ ތިކަމާ…..ދެން މިހާރު މިރަށުގަވެސް އުޅޭހިތެއްނުވޭ….އެހެންވީމަ ސަންމެން ދާއިރުން ދާނަން….އޯކޭ.” އިޝާން އޭނާ ބޭނުންވާގޮތް ހާމަކުރިއެވެ. ޒިހާން ބަހެއް ނުބުނެ އަހުސަންއާއި އިޝާންގެ ވާހަކަ އަޑުއަހަން އިންއިރު ، އިޝާންގެ ނިންމުމާމެދު އޭނާ އިނީ ހިތްހަމަ ނުޖެހިފައެވެ. އިޝާން އެންމެފަހުން އޭނާގެ ހުރިހާ އުފާތައް އަނިލްގެ އަތްމައްޗަށް ދޫކޮށްދާން ނިންމީތާއެވެ. އިޝާން ކޮންމެ ގޮތަކަށް ނިންމިޔަށް އެކަން އެގޮތަށް ވިޔަކަ އޭނާ ނުދޭނެއެވެ. ކޮންމެ ގޮތެއް ހަދާފަވެސް އިޝާންގެ ހައްޤުތައް އިޝާންއަށް ހޯދަދޭން އޭނާ މަސައްކަތް ކުރާނެއެވެ.
*******************
ރޭގަނޑުގެ ވަގުތެވެ. ކުޑަދަރިފުޅު ނިންދަވަން ނީލާއޮތީ ކޮޓަރީގައެވެ. ކުއްލިއަކަށް ނީލާ ސިހުނީ އޭނާގެ ފޯނަށް މެސެޖެއް އައުމުންނެވެ. އޭނާގެ ފޯނަށް ނުދަންނަ ނަމްބަރަކުން މެސެޖްކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެމީހަކު ބޭނުންވަނީ ނީލާއާ އެކަހެރިކޮށް ބައްދަލުކޮށް ވާހަކައެއް ދައްކަން ކަމުގައި ބުންޏެވެ. އެއީ ކާކުތޯ ނީލާ އެހުމުން ބުނީ ދިމާވީމާ އެނގޭނެ ކަމުގައެވެ. އަދި އޭނާ ދައްކަން އެއުޅޭ ވާހަކައަކީ ނީލާގެ ހަޔާތާ ގުޅިފައިވާ ވަރަށްބޮޑު ސިއްރެއްގެ ވާހަކަ ކަމުގައި ބުންޏެވެ. އެނުދަންނަ މީހާގެ މެސެޖްތަކުން ނީލާގެ ހިތްބިރުގަންނަ ގޮތްވިއެވެ. އޭނާގެ ހަޔާތުގެ އެންމެބޮޑު ސިއްރަކީ އެދަރިފުޅެވެ. އަނިލް ފިޔަވައި އެސިއްރު އެނގޭނެ އިތުރު މީހަކު ނުހުންނާނެއެވެ. އެއީ އަނެއްކާ ކާކުބާއެވެ؟ އަނެއްކާ އެއީ ދަރިފުޅުގެ ބައްޕަ ހެއްޔެވެ؟
” ނޫން..ނޫން…އެހެންމީހަކަށް އެކަމެއް ނޭނގޭނެ….” ނީލާއަށް ހިތާހިތާ ކިޔާލެވުނެވެ. ނަމަވެސް އެމީހެއްގެ މެސެޖްތައް ތަކުރާރުކޮށް ނީލާއަށް ލިބެމުން ދިޔައެވެ. ނަމަވެސް ނީލާ އެއަކަށް ރައްދެއް ނުދެއެވެ.
ނީލާ ދަރިފުޅު ނިންދަވަން އުޅޭތީ އަނިލް އިނީ ސިޓިންރޫމަށް ނުކުމެ ޓީވީ ހުޅުވައިގެންނެވެ. ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިންނަމަވެސް އަނިލްއަށް ވިސްނެމުންދިޔައީ އިޝާންއާ މެދުގައެވެ. މަސްދުވަހުގެ ޗުއްޓީއަށްފަހު އަނިލް ސުކޫލަށް ނުކުތުމާއެކު އޭނާގެ އަތަށް އެރީ އިޝާން ވަޒީފާއިން ވަކިވާން އެދިފައިވާ ސިޓީއެކެވެ. އިޝާން ވަޒީފާއިން ވަކިވާ ސަބަބެއްކަމުގައި ބުނެފައިވަނީ އިތުރަށް ކިޔަވަން ރާއްޖޭން ބޭރަށްދިއުމެވެ. ހަމަ ކުއްލިއަކަށް އިޝާން އެގޮތަށް ނިންމުމުން އަނިލް ހައިރާންވިއެވެ. އަދި ދެރަވެސްވިއެވެ. ކުއްލިއަކަށް އިޝާން ވަޒީފާ ދޫކޮށްލަން ވިސްނީ ކީއްވެބާއެވެ؟ އިޝާންއަކީ ސުކޫލަށް ނުލާހިކު ބޭނުންތެރި މީހެކެވެ. އިޝާން ގޮސްފިނަމަ ވަރަށްބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިދާނެއެވެ. އިޝާންގެ އެނިންމުމާ އޭނާދެރަވި ނަމަވެސް އިޝާން ހުއްޓުވަން އޭނާއަށް ކުރެވޭނީ ކީއްހެއްޔެވެ؟ ކުރިން އެދެމުދުގައި އޮތް ގާތްގުޅުމެއްވެސް މިހާރަކު ނެތެވެ. އެހެންކަމުން އަމިއްލައަށް އެފަދަ ވާހަކައެއް ދައްކާކަށްވެސް އޭނާއަކަށް ނުކެރޭނެއެވެ. ފުންވިސްނުމަކަށް ގެއްލިފައި އިން އަނިލް ސިހުނީ ދުވެފައި އައިސް އޭނަގެ ގާތަށް ހުއްޓުނު ނަރުގިސްގެ ސަބަބުންނެވެ.
” ކިހިނެއްވީ؟….ކަމެއް ގޯސްވީތަ؟” ނަރުގިސް އައިސް ހުއްޓިފައި އަނިލްއަށް ބަލާލިގޮތުން އަނިލް ސުވާލުކޮށްލިއެވެ.
” ގަޑި…ގަޑި ވެއްޓުނީ…” އޭނަގެ އަތުކުރިއަށް އިޝާރާތްކުރަމުން ވަރަށް ލަސްލަހުން ނަރުގިސް ޖަވާބުދިނެވެ.
” ކީކޭ….ގަޑިވެއްޓުނީއޭ….ކޮންތާކަށް..” ނަރުގިސް ބުނި އެއްޗެއް އޮޅުން ފިލުވަން އަނިލް އަނެއްކާވެސް ސުވާލުކޮށްލިއެވެ. ނަރުގިސް އިޝާރާތްކުރީ ކޮޓަރިއަށެވެ. އަދި އަނިލް ގާތުން އެދުނީ އޭނާގެ ގަޑި ނަގައިދިނުމަށެވެ. އަނިލް ނަރުގިސްއާއެކު އެކޮޓަރިއަށް ދިއުމުން، އޭނާ އިޝާރާތްކުރީ އެނދާއި ފާރާއިދެމެދަށެވެ. ނަރުގިސްގެ އެހީއާއެކު އަނިލް އެނދު ދުރުކޮށްލިއެވެ. ނަރުގިސް ކުނިކަހާ ފިހިގަނޑު ހިފައިގެން އައިސް އެތާހުރި އެއްޗެހިތައް ބޭރަށް ނެރުނު ވަގުތު ނަރުގިސްގެ ގަޑިއާއެކު އިޝާންގެ ނޯޓްފޮތްވެސް ނުކުތެވެ. ނަރުގިސް ފޮތް ނަގައި ދެފަރާތް ރީތިކޮށް ފުހެލުމަށްފަހު ސައިޑް ކަބަޑްމަތީ ބޭއްވިއެވެ.
” ތީކާކު ފޮތެއް؟…” ފޮތް ފެނުމާއެކީ އަނިލް ސުވާލުކުރިއެވެ.
” އިޝާން..” ނަރުގިސް ޖަވާބުދިނެވެ. އަދި ފޮތްނަގައި އަނިލް އަށް ދިއްކޮށްލަމުން އިޝާންއާ ހަވާލުކޮށްދިނުމަށް އެދުނެވެ. އަނިލް ފޮތް ހިފައިގެން އައިސް އަނެއްކާވެސް ސިޓިންރޫމު ސޯފާގައި އިށީނެވެ. ސޯފާމަތީ ފޮތް ބޭއްވުމަށްފަހު އަނެއްކާވެސް އަނިލް ޓީވީއަށް ނަޒަރު ހުއްޓާލިއެވެ. ޓީވީބަލަން އިރުކޮޅަކު އިނުމަށްފަހު، ނިދިއަންނަ ގޮތްވުމުން އަނިލް ޓީވީ ނިވާލާފައި ކޮޓަރިއަށް ދާން ތެދުވި ވަގުތު އަތުންޖެހިފައި އިޝާންގެ ނޯޓްފޮތް ވެއްޓިއްޖެއެވެ. ފޮތުގެ ތެރެއިން ވެއްޓުނު ފޮޓޯގަނޑެއް ތަންކޮޅެއް ދުރައް ވިއްސައިގެން ދިޔައެވެ. އަނިލް ގުދުވެ ފޮތްނަގައި، ތަންކޮޅެއް ދުރުގައި ބަންޑުން އޮތް ފޮޓޯގަނޑުނެގިއެވެ. މާބޮޑު ޝައުޤުވެރިކަމެއްނެތި އަނިލް އެފޮޓޯއަށް ބަލާލިއެވެ. އެވަގުތު އޭނާ ހައިރާންވީ އެފޮޓޯގައި އިން އަންހެންމީހާ ފެނިފައެވެ. ކިތަންމެ ޒުވާންކޮށް ހުރިނަމަވެސް އެފޮޓޯގައި އެއިނީ އޭނާގެ މަންމަކަން އެނގުނެވެ. ނަމަވެސް މަންމަގެ އުނގުގައި އިން ތުއްތު ކުއްޖާއަކީ ކާކުކަމެއް ނޭނގުނު ނަމަވެސް އެމޫނުގައި ދަންނަ ވައްތަރެއް ޖަހައެވެ. ހަމަގައިމުވެސް އެވާނީ މަންމަގެ އަސްލު ދަރިފުޅަށެވެ. އަނިލް ސޯފާގައި އިށީނދެ ފޮޓޯއަށް ރަނގަޅަށް ބަލާލިއެވެ. މަންމަގެ ޒުވާންއިރުގެ ފޮޓޯއެއް މިނޫނީ އޭނާ ނުދެކެއެވެ. މަންމަގެ ޒުވާންއިރުގެ އެއްވެސް ހަނދާނެއް މަންމައަތުގައި މިހާރަކު ނެތެވެ. އަނިލް އެންމެ ބޮޑަށް ހައިރާންވީ އިޝާންގެ ފޮތުން އެފޮޓޯ ވެއްޓުމުންނެވެ. އިޝާންއަށް މަންމަގެ ފޮޓޯއެއް ލިބެންވީ ކީއްވެގެން ހެއްޔެވެ؟ ގޭގެ އެއްވެސް ތަނެއްގައި ފޮރުވިފައިވެސް މަންމަގެ އެދުވަސްވަރުގެ ފޮޓޯއެއް ނޯންނާނެކަން އޭނާއަށް ހަމަޔަގީނެވެ. ވީއިރު އިޝާންއަށް އެފޮޓޯ ލިބުނީ ކޮންތާކުން ބާއެވެ.
އަނިލް އަވަސް އަވަހަށް އިޝާންގެ ނޯޓްފޮތުގެ ގަނޑުތައް އުކާލީ އެފަދަ ދެވަނަ ފޮޓޯއެއް ފެނޭތޯއެވެ. އޭނާއަށް އިތުރު ފޮޓޯއެއް ނުފެނުނެވެ. ނަމަވެސް އޭނާގެ ނަޒަރު ހުއްޓުނީ ފޮތުގައިވާ ލިޔުންކޮޅަކަށެވެ.
” މަންމާއެވެ…އަހަރެން މަންމަދެކެ ވަރަށް ލޯބިވެއެވެ…ކުޑައިރު މަންމަ އަހަރެންނާ ވަކިވީ މަޖުބޫރުވެގެންނެވެ….އަހަރެން ބޮޑުވީ މަންމައަކީ ކޮބައިކަން ނުވެސް އެނގިހުރެއެވެ…..އެކަމަކު އަހަރެންގެ މަންމައަކީ ކާކުކަން އެނގުނުހައި އަވަހަކަށް އަހަރެން މަންމަހޯދަން އައީމެވެ…..އަހަރެން މިރަށަށް އައި ހަމައެކަނި މަޤުސަދަކީ މަންމަ ހޯދުމެވެ…އެތައްދުވަހަކަށްފަހު އަހަރެންނަށް މަންމައާއި ބައްދަލުވެވި ކުޑަ ދުވަސްކޮޅަކަށް މަންމަގެ ލޯބިވެސް ލިބިއްޖެއެވެ…..އެކަމަކުވެސް އަނެއްކާވެސް މިޖެހުނީ ވަކިވާށެވެ…..މަންމާއެވެ…އަހަރެން ކިހާ ބަދުނަސީބު ހެއްޔެވެ؟…މަންމައަށް މަންމާއޭ ގޮވާނުލެވެނީސް ވަކިވާން ޖެހުނީއެވެ….އެކަމަކުވެސް އަހަރެން ކެތްކުރާނަމެވެ…..އަދި ކޮންމެވެސް ދުވަހަކުން އަހަރެން މަންމައަށް ގޮވާލާނަމެވެ….އެދުވަހަކުން މަންމަ އަނިލްއަށްވުރެ ބޮޑަށް އަހަރެންދެކެ ލޯބިވާނަންދޯއެވެ…..އަނިލްއަކީ ވަރަށް ރަނގަޅުމީހެކޭ ބުނީމުނޫން ހެއްޔެވެ؟ އެކަމަކު ބަލާބަލާށެވެ!….މަންމައާއި އަހަރެން ވަކިވާން މަޖުބޫރުކުރީ އަނިލްއެވެ….އަނިލް އަހަރެންދެކެ ރުޅިއަންނަނީ ކީއްވެގެންކަން މަންމައަށް އެނގޭ ހެއްޔެވެ؟ އެއީ އަހަރެން ނީލްއާ ވާހަކަ ދައްކާތީއެވެ…އަނިލް ކިތަންމެ ރުޅިއަޔަސް އަހަރެންނަށް ނީލްއާ……..” ލިޔުމުގެ މިހިސާބަށް ކިޔުމަށްފަހު އަނިލްއަށް ހުއްޓާލަން މަޖުބޫރުވީ ދެން އޮތްބައި ކިޔަން ނޭނގުމުންނެވެ. ކޮންމެވެސް ގޮތަކުން ފެނުގެ އަސަރުކޮށްގެން ލިޔުމުގެ ފަހަތުބައިވަނީ ކިޔަން ނޭނގޭވަރަށް ފެވިފައެވެ. އަނިލް އެތައް ފަހަރަކު އެލިޔުންކޮޅު ކިޔާލިއެވެ. އިޝާންއާމެދު އޭނާއަށް މިއެނގުނު ހަޤީޤަތަކީ ދުވަހަކުވެސް އޭނާ ޚިޔާލަށްވެސް އައިކަމެއް ނޫނެވެ. އިޝާންއަކީ މަންމަގެ އަސްލު ދަރިހެއްޔެވެ؟ އިޝާން މިރަށަށް އައީ އޭނާގެ މަންމަ ހޯދަން ހެއްޔެވެ؟ މިހުރިހާ ދުވަހު މަންމަގެ ކުރިމަތީ އިޝާން އެއުޅުނީ އޭނާގެ ހިތުގެ ހާލަތު ސިއްރުކޮށްގެން ބީރައްޓެއްސެއް ފަދައިންނެވެ. އިޝާން ހަމައެހާ ކެތްގަދަ ހެއްޔެވެ؟ މާމައާއި ކާފަ އިޝާންދެކެ އެހާ ލޯބިވާއިރުވެސް ހަމަ އެންމެ ފަހަރަކުވެސް އެއީ އެދެމީހުންގެ ދަރިއެކޭ ނުބުނެ އިޝާންއަށް ހުރެވިއްޖެއެވެ. އެއީ ކޮންކަހަލަ ހިތްވަރުގަދަ ޒުވާނެއް ހެއްޔެވެ؟ އިޝާންގެ ކެތްތެރިކަމުން އަނިލް މުޅީން ހައިރާން ވެއްޖެއެވެ. އަދި ހިތާއިހިތުން އިޝާންއަށް ތައުރީފު ކުރެވުނެވެ. ނޭނގި ނަމަވެސް އޭނާއަށް މިވަނީ ވަރަށްބޮޑު ކުށެއް ކުރެވިފައެވެ. މަންމައާއި ދަރިފުޅު ވަކިކުރެވިފައެވެ.
އަނިލް ސޯފާގައި އިށީނދެ ދެލޯމަރާލިއިރު އޭނާގެ ސިކުނޑު ސުމަކަށްދާން ކައިރި ވެއްޖެއެވެ. އިޝާން އޭނާގެ ދިރިއުޅުން މިރަށަށް ބަދަލުކޮށް، މިގެޔަށް ބަދަލުވީވެސް އޭނާގެ މަންމައަށްޓަކައި ކަމެއް އަނިލްއަށް އެނގޭނީ ކިހިނަކުން ހެއްޔެވެ؟ މިހުރިހާ ދުވަހު އަނިލް ހީކުރީ އިޝާން އެއުޅެނީ ހަމައެކަނި ނީލާއަށް ހިތްކިޔައިގެން ކަމުގައެވެ. މަންމައާއި އިޝާންއާ އެއްވެސް ގުޅުމެއް އޮވެދާނެއެކޭ އޭނާ ހީކޮށްފައެއް ނުވެއެވެ. އަނިލް އަދިވެސް އެއްފަހަރު އެލިޔުން ކިޔާލިއެވެ.އެންމެފަހު ޖުމްލައިގައި އިޝާން ބުނަން އުޅެފައިވަނީ ކީކޭކަމެއް އަނިލްއަކަށް ނުވިސްނުނެވެ. އެޖުމްލައިން އަނިލްއަށް ދޭހަވީ އަދިވެސް އިޝާންގެ ނޭނގޭ ފަރާތެއް ވާކަމެވެ.
އަނިލް އެތައްއިރަކު ސޯފާގައި ވިސްނަން އިނުމަށްފަހު ފޮތް ހިފައިގެން ކޮޓަރިއަށް ވަނެވެ. އޭރު ނީލާއާއި ދަރިފުޅަށްވެސް އޮތީ ނިދިފައެވެ. އަނިލް އެދަރިފުޅުގެ މޫނަށް ފުންކޮށް ބަލާލިއެވެ. އަދި އިޝާންގެ ކުޑައިރުގެ ފޮޓޯނގައި ބަލާލިއެވެ. އަނިލްއަށް ސިހުމެއްލިބުނީ އިޝާންގެ ކުޑައިރުގެ ފޮޓޯއާއި ނީލާގެ ދަރިފުޅާ ވައްތަރުކަމުންނެވެ.
” އޭގެ މާނައަކީ….ނީލާއާ ގުޅުން ހިންގީ އިޝާންއޭތަ؟….އެދަރިފުޅަކީ އިޝާންގެ ދަރިއެކޭތަ؟….އެކަމަކު އިޝާން ހަމަ ފަންޑިތަ ހަދާފާނެތަ؟….ގަބޫލެއް ނުކުރެވޭ” އަނިލް ހިތާ ހިތާ ވިސްނަމުން ދިޔައެވެ. ކުރިން އަނިލް ބޭނުންވީ އިޝާންގެ ބޮލުގައި އެތުހުމަތު އަޅުވާށެވެ. ނަމަވެސް އެގޮތަށް އެކަން ވާކަށް މިހާރު އޭނާގެ ހިތެއް ނޭދެއެވެ. އަނިލް ހިތުގައި ކުރިންސުރެ އުފެދިފައިވާ ޝައްކުގެ ސިލްސިލާއަށް ބޮޅެއް އިތުރުވީ އެފޮޓޯ ފެނުމުންނެވެ. އެއީ އިޝާންގެ ދަރިއެއް ނޫންނަމަ އެދަރިފުޅު އިޝާންއާ ވައްތަރުވާންވީ ކީއްވެގެން ހެއްޔެވެ؟ އެތުއްތު މޫނަށް ބަލަން އިންދާ އަނިލް ސިހުނީ ސައިޑް ކަބަޑުމަތީ އޮތް ނީލާގެ ފޯނުވައިބްރޭޓްވުމުންނެވެ. އަނިލް ފޯނުނަގައި ބަލާލީއެވެ. ފޯނަށް މެސެޖެއް އައީއެވެ. އަނިލް ފޯނުނަގައި ނީލާގެ މޫނަށް ބަލާލުމަށްފަހު މެސެޖު ހުޅުވާލިއެވެ.
” ނީލާ ޕްލީޒް..ހަމަ އެންމެ ފަހަރަކު އަހަރެންނާ ބައްދަލުކޮށްބަލަ…ނީލާއަށް ނޭނގޭ ވަރަށްބޮޑު ހަގީގަތެއް އަހަރެން ބުނެދޭން ބޭނުން…..މިވާހަކަ ބުނެނުދެވޭހައި ދުވަހަކު ފުރިހަމަ ނިންޖެއް އަހަރެންނަކަށް ނުލިބޭނެ….އަހަރެންނަކީ ވަރަށްބޮޑު ކުށްވެރިއެއް…ނީލާގެ ކިބައިން މާފަށް އެދެންޖެހޭމީހެއް….ޕްލީޒް ހަމަ އެންމެ ފަހަރަކު އަހަރެންނާ ބައްދަލުވާން އެއްބަސްވޭ….” މެސެޖު ކިޔާލުމުން އަނިލްގެ ހިތުގައި އަނެއްކާވެސް ހިނގާލީ އިޝާންގެ ޚިޔާލެވެ. އެއީ އިޝާން ހެއްޔެވެ؟ އެކަމަކު އެއީ އިޝާންގެ ނަމްބަރު ނޫނެވެ. އެހެންނޫނަސް އިޝާން މެސެޖް ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ބޭނުންގަޑިއަކު އޭނާއަށް މިގެޔަށް އާދެވޭނެ ނޫން ހެއްޔެވެ؟ ނީލާ އެކަނި ހުންނަ ކިތަންމެ ގަޑިއެއް އިޝާންއަށް ދިމާވާނެއެވެ. އިޝާން ބޭނުން ކޮންމެ ވަގުތަކުވެސް ހަޤީޤަތް ކިޔައިދޭންވީ ނޫން ހެއްޔެވެ؟ އަނެއްކާ ނީލާގެ ދަރިފުޅުގެ ބައްޕައަކީ އިޝާން ނޫން އިތުރު މީހަކު ހެއްޔެވެ؟ ނީލާގެ ގާތުން މާފަށް އެދޭވަރުގެ މީހަކަށް ހުންނާނީ ނީލާއަށް އެއަނިޔާދިން މީހާ ނޫން ހެއްޔެވެ؟ އަނިލްގެ ހިތުގައި ޚިޔާލުތައް ފުނިޖެހެމުންދިޔައެވެ. އަނިލް ވިސްނާލިއެވެ. އެއީ ކޮންމެ މީހަކުވިޔަސް ބެލިދާނެ އޮތީ އެންމެ ގޮތެކެވެ. އަނިލް އެމީހާގެ މެސެޖަށް ޖަވާބެއް ލިޔެލިއެވެ.
” އެންމެ ރަނގަޅު…އަހަރެންވެސް ބޭނުން ބައްދަލުކުރަން…..އެކަމު އަހަރެންނަށް ގެއިން ބޭރަކަށް ނުދެވޭނެ….އެހެންވީމަ އަހަރެންގެ ފިރިމީހާ ނޫޅޭގަޑިއެއްގަ މިގެޔަށް އާދޭ….” އަނިލް މެސެޖެ ފޮނުވާލުމަށްފަހު ޖަވާބެއްގެ އިންތިޒާރުގައި އިންދާ ވަރަށް އަވަހަށް ޖަވާބު އަތުވެއްޖެއެވެ.
” އޯކޭ…ކޮންއިރަކުން ދާންވީ؟…” ޖަވާބު ކިޔާލުމަށްފަހު އަނެއްކާވެސް އަނިލް މެސެޖު ލިޔެލިއެވެ.
” މާދަމާ ހެނދުނު ހަތެއް ޖަހާއިރު އާދޭ….އަހަރެން އިންތިޒާރު ކުރާނަން…”
” އޯކޭ….އަހަރެން ދާނަން” އެކޮޅުން ޖަވާބުއައެވެ. އަނިލް ހިނިތުން ވެލުމަށްފަހު މެސެޖް ހިސްޓްރީ ފުހެލިއެވެ. އަނިލް ނިދަން އޮށޯތީ މާދަމާއަށް އިންތިޒާރު ކުރަމުންނެވެ. ހަމަގައިމުވެސް އެމީހަކު މާދަމާ އަންނާނެއެވެ. ހެނދުނުގެ އެގުތަކީ ގޭތެރެ އެންމެ ހަމަހިމޭން ވަގުތެވެ. މާމައާއި ކާފަދާނީ ދަނޑަށެވެ. ނީލާއާއި ދަރިފުޅުތިބޭނީ ނިދާފައެވެ. އެހެންވީމާ އެފުރުސަތުގެ ބޭނުން އޭނާއަށް ހަމަރަނގަޅަށްވެސް ހިފޭނެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
31 Comments!
Comments are closed.





meeega innany kithah part ?
ehen bunaakah neygey…ekam dhen nimumakaa gaaiy vejje…kurin upkurin part thakah vure 3guna dhigukoh mihaaru mi upkuranee….
V reethi
Thanks mihaadigukon up kohdheyti…v nice story
ވަރަށް ރީތި… އެންމެ ފަހުން ފޮނުވި މެސެޖް ކިޔާލީމަ ހީވަނީ އިޝާންގެ މެސެޖެއްހެން… ދެން ކުރިއަށް އޮތްބައި ކިޔާލީމަ އެނގޭނީ… 20ވަނަ ބައި އަވަހަށް އަޕްކޮށްލައްޗޭ
Naees ge messageh e.
Heevanee ishaan hen annaany e gadyga…. eyrun anil ah vaane……!
Yageen naeesh e msg kurany. Ekm naeesh ah vure kurin ishan ah kanneyge aadheveynee and anil rulhi aisgen ulhenikon naeesh aisda hageegaiy kiyaidheynee. Zihaan bunegen kanneyge naeesh annaanee
vv reethi
Shine mi Vahaka nimuneema Dhn kon Vahaka eh up kuraane Vv salhi shine ge story tha waiting……
Varah reethi
V vv rythi mi part vx dhn part kiyaahithun keh vanykynooon ….ahsan furathama Ai iru vx hyvi ey aru aa alhaigannaane ey .hehe
Wow… Mi story haadhahaa reehchey.. Maadhamaa vandhen kihineh inthizaaru kuraanii?? ❤❤?
Please up koh deeba next part pls pls pls meray nuves nedayne me vaahaka mathin handaan vaa varun
cant wait….dhen othy last dho..
woww.. vaahak haadha reechey.. ehaa avahah vaahaka nunimachey.. plx shine up kohdheebala avahah.. v reethi mi vaahaka.. shine hama best.. kiyaa hithun indha nimeny 🙁
Adhi mirey 20 vana part ves up kohdhyba varah kiyaahithun mihiry kehmadhuvefa
Alhe shaine dhuvaaluvess up kohdheyn v nun. Story haadha reechey.
V v reethi hiyy thelheny hama waane gotheh neygeythyve…
v nice
Vvv reethi mi part ves….avahah up kohladheebala next part☺
V reethi mibaives ❤
Maadhama hedhunu up kohdhyba
Haadha reehchey..avahan up kohdheeba..
V reeti
V nice. Plx up soon soon Plx Plx.
Shine pls pls pls pls pls pls 20th vana episod miadhu upkohladheveynetha?pleeeeeeeeeeeeeeeeeease……hama kiyaahithun nyndhevigen miulheny…please shine pls….
Thankolheh avahah up kohdheebala.. alhe haadha reehchey mi vaahaka
shine kobaatha vaahaka?? adi vx up nukurey… plx up kohdhee avahah..
Vaah salhi story
Mireyge Avas gadi eh ga up kohdheche