Skip to content
އެސްފިޔަ

އިންތިޒާރެއްގެ ނިމުން (2)

އަތިރިމައްޗަށް ފުދޭވަރަކަށް ގިނަ މީހުން އެއްވެޖެއެވެ. އެންމެންގެވެސް މޫނުމަތިން ފެންނަނީ ސުވާލުމާކު ތަކެކެވެ. ރަށުގެ ބޭރު ފަޅުގައި މާލެ ދަތުރުކުރާ ބޯޓު އަޅާފައިއޮތްތަން ފެނެއެވެ. އެއްވެފައިވާ މީހުންތައް ފޮޅަމުން އެއްފަރާތް ކުރަމުން ސަކީނާ ދިޔައިރު އެންމެންގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. އޭނާގެ ހަރަކާތްތަކަށެވެ. އޭނާގެ އިޙްސާސްތަކަށެވެ. ކޮންމެއަކަސް މިއީ ވަރަށް ޝައުގުވެރި ކުރުވަނިވި މަންޒަރެކެވެ. ވަހީދާއި ސަކީނާގެ ކަޅިއާއި ކަޅިހަމަވި ވަގުތު ގައިން ހީބިހި ނުނަގާ މީހެއް އެތާގައި ނުހުންނާނެކަން ކަށަވަރެވެ. ބައެއް މީހުންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާޅުވެއެވެ.

”އަހަރުމެން މަހަށް ނުކުމެ އުޅެނިކޮށް ވަރުގަދަ ކޮޅިގަޑެއްގައި ޖެހުނީ. ދެން އަހަރުމެން ދަތުރުކުރި އޮޑި ބެހެމުން ދިޔަ މިސްރާބެއް ނޭގޭ. ވަށައިގެން މާސިންގާ ކަނޑު ނޫން އެއްޗެއް ނުފެނޭ. ކަޑުމަތީގައި ދެދުވަސް ހޭދަކުރީ ރޯމަސް ކައިގެން. ތިންވަނައަށް ވީދުވަހު އިރުއޮއްސެން ކައިރިވީ ވަގުތު ދުރުން ބޮޑު އާގު ބޯޓެއް އަންނާތީ ފެނުނު. ބޯޓު އަހަރުމެން ތިބި އޮޑިއާއި ހަމަޔަށް އާދެވުނުއިރު އިރުއޮއްސި އަދިރިވެއްޖެ. ދެން އޭގެއިން ކުޑަ ޑިންގީއެއްގައި ފޭބި ކަޅު ދިގު ހަތަރު ފަސް މީހެއް އަހަންނާއި، އަހަންނާއި އެކު އޮޑީގައި ތިބި ތިން މީހުން ހިފަހައްޓައި އަތުގައި ޗޭނު އެޅުވީ. އަދި އަހަރުމެން ދަތުރުކުރި އޮޑި ބަލައި އޭގައި އެމީހުންނަށް ބޭނުން ހިފޭނެ އެއްޗެއް ނުތުމުން އޮޑި އޮޔާއިދާން ދޫކޮށް، އަހަރުމެން ތިން މީހުން ބޯޓަށް އެރުވީ. އަހަރުމެން ބޯޓަށް އެރުވުމާއިއެކެ ފަލަކޮށްހުރި މީހެއް، އެއީ ބޯޓުގެ ކައްޕި، އަހަރުމެން ކައިރިއަށް އައިސް ސުވާލުކުރަން ފެށި. ނަމަވެސް އަހަރުމެން ދަންނަ ބަހަކުން ނޫން. އެހެންކަމުން ޖަވާބުގައި ބުނާނެ އެއްޗެއް ނޭގިފައި އަހަރުމެން ތިބީ. އޭނާ އެކަމާއި ރުޅިގަދަވެ އަތުގައި އޮތް އަސައެއް ކަހަލަ އެއްޗަކުން ހަމުން ލޭފާޅުވާވަރަށް ތެޅީ. ދެން ބޯޓުގެ ވަތުކިބައިގައި ހުރި ކޮއްޓެއް ކަހަލަ ތަނެއް ތެރެއަށް ވައްދައި ތަޅުލި. ޖެހިގެން އައިދުވަހު ހަމަ ކިރިޔާ ހައިކަން ފިލާވަރަށް ފިހުނުމަހާއި ދެން ފުށުން ހަދާފިއިހުރި ޒާތެއްގެ ރޮއްޓެއް ކާން ލިބުނު. ކައި އަވަދިވުމުން އަހަރުމެންނަށް ޖެއްސީ މުޅިބޯތުތެރެ ސާފުކުރަން. އެމީހުން އަހަރުމެން ގެންގުޅުނީ އަޅުންހެން. ހިތްހަމަޖެހޭ ވަރަށް މަސައަކަތް ނުކުރެވިއްޖެނަމަ ހަންކެޑޭވަރަށް ތަޅާނެ. ބޯޓުގައި ތިބި މީހުންނަށް ބަލާފަ އަހަރުމެންނަށް އިގުނެ އެއީ އެފްރިކާ ބައްރުގެ ގައުމެއްގެ ބައެއްކަން.”

ހަރަކާތް ހުއްޓިފައި އިން ސަކީނާގެ ހުރިހާ ހިއްސުތަކެއްގެ ސަމާލުކަން ވަޙީދަށް ހުއްޓިފައިވެއެވެ. ވަޙީދުގެ ވާހަކަތައް އަޑުއަހަމުން ދިޔައިރު، ވަހީދުގެ ހަށިގަޑަށް އައިސްފައިވާ ބަދަލުތަށް ސަކީނާއަށް ފާހަގަކުރެވުނެވެ. ވަޙީދުގެ ކަޅުކުލަ ގަދަ އިސްތަށިގަޑު ނުރަވެ، ބޮލުގެ މެދުން އިސްތަށި ފޭބުމުގެ އަސަރު ފެނެއެވެ. މޫނުގެ ހަން ކުރަކިވެ، ލޮލުގެ ފުސްކަން ބޮޑެވެ. ވިހިއަހަރުން އިންސާނާގެ ސިފަ ހާދަ ބޮޑަށް ބަދަލުކޮށްލައެވެ.

”އެމީހުންގެ އަޅުވެތިކަމުގެ ދަށުގައި ނައިޖީރިއާގެ ހަޑޫދަޑެއްގައި އަހަރުމެން މަސައްކަތްކުރިން. އެމީހުންގެ ފަރާތުން އަހަރުމެންނަށް އެތަށް އަނިޔާތަކެއް ލިބުނު. ހިތްހަމަޖެހޭވަރަށް މަސައްކަތް ނުކުރަންޔާ ޗާބޫކުން ބުރަކަށިން ހަންކެޑޭ ވަރަށް ތަޅާނެ. އެގޮތަށް އެއްދުވަހަކު ކުރި އަނިޔާތަކެއްގެ ތެރޭގައި އަހަރުމެންނާއިއެކު ބެހުނު ހަމީދު ނިޔާވީ. އެގޮތަށް އަށާރަ އަހަރު އުޅުމަށްފަހު އަހަރުމެން މަސައްކަތްކުރި އަވަށަށް އައި ސެމިއުލް ކިޔާ އެމެރިކާގެ ވޮލަންޓިއަރެއް އަހަރުމެންގެ ދަޑުބިންތައް ބަލަން. އެއީ ވަރަށް ހިތްހެޔޮ މީހެއް. އޭނާއަށް އަހަރެން ކިޔައިދިނީ އަހަރުމެނަށް ލިބެމުންދާ އަނިޔާގެ ވާހަކަ. އަހަރުމެންނަށް އެގައުމަށް ދެވުނުގޮތާ ހުރީހާ އެއްޗެއް. ދެން އޭނާ އަހަންނާއި ރަޝީދުއާއި ފުރުގާނު އަހަރުމެން އަޅުވެތިކުރި މީހުން އަތުން ގަނެގެން އެމެރިކާއަށް ގެންދިޔައީ. އެކަމަކު ޝަރުތެއްގެ މަތިން. އެއީ އޭނަ ހަދާ ޑޮކިއުމެންޓްރީއެއްގައި އަހަރުމެންގެ ވާހަކަ ގެނެސްދިނުމުގެ މަތިން. އެ ޑޮކިއުމެންޓްރީގެ މަސައަކަތް ނިމުމާއެކު އަހަރެން ރާއްޖެމިއައީ.”

ރަށުގެ ރައްޔިތުންނާއި ސަލާން ގަލާންކޮށް ވަޙީދުގެ ވާހަކަތައް ހިއްސާކުރަމަށްފަހު ގެއަށް އާދެވުނުއިރު މެންދުރަށް ގޮވަން ކައިރިވެއްޖެއެވެ. ސަކީނާގެ އަތުގައިހިފައި ބާރުކޮށްގެން ދިޔައިރު އެއީ ވިހިއަހަރު ފަހުން ދިމާވި ދެމީހުންހެން ހީވެސްނުވެއެވެ.

*****************

ސަކީނާގެ ބަސް ހުއްޓުނެވެ. ޖަވާބުގައި ބުނާނެ އެއްޗެއް ނޭގިފައި ވަޙީދުގެ ދެލޮލަށް ބަލަހައްޓައިގެން އިދެވުނެވެ.

“އެމެރިކާއަށޭ؟ މިނިވަންވެގެން ރާއްޖެ އާދެވުނުތާ މިވީ ދެދުވަސް. އަނެއްކާ ތިބަޔެއްގެ އަޅުވެތިކަމުގެ ދަށަށްދާނީ. ވަޙީދު ތިހުރީ ހަމަހޭގަތަ. ނޫނީ އަހަންނާއި ސަމާސާ ކުރަނީތަ…”

”ނޫން ސަކީނާ. އަހަރެން މިގޮތަށް ނިންމީ ވަރަށް ވިސްނާފަ. އަހަރެން ބޭނުންވަނީ ސަކީނާވެސް ގޮވައިގެންދާން. އެހެންނޫނަސް މިތަނުގައި މަސްބާނައިގެން ނޫން ގޮތަކަށް ލާރިއެއްވެސް ނުލިބޭނެ. އެހާދިސާއަށްފަހު ކަޑުމައްޗަށް ނުކުންނަން އަހަރެން ވަރަށް ޖެހިލުންވޭ. އެމެރިކާގައި ރީތިގެއެއްގައި ރަގަޅު އާމްދަނީއެއް ހޯދައިގެން އުފަލުގައި އަހަރުމެނަށް އުޅެވޭނެ. އެތަނަށް ދެވުމުން ރާއްޖެމަތިން އެއްކޮށް ހަދާން ނެތޭނެ” ވަޙީދު ކިޔައިދިނެވެ. ނަމަވެސް ސަކީނާއަކަށް ވަޙީދުގެ ވާހަކަތައް ނަގައިނުގަނެވެއެވެ. ރާއްޖެދޫކޮށް ދިޔުމަކީ އޭނާ ދުވަހަކު ހިތަށް އަރުވައިގެންވެސް ހުރިކަމެއް ނޫނެވެ.

”އަހަރެންގެ މައިން ބަފައިން ތިބީމިތަނުގައި. ކުރިންވެސް އަހަރުމެން ނުލާހިކު އުފަލުގައި އުޅުނީނު. އަމިއްލަ ވަޠަން ދޫކޮށްދާން އަހަންނަށް ލާހިކެއްނޫން” ދެބަސްވަމުން ސަކީނާ ބުނުލިއެވެ.

”ރާއްޖެއަށްވެސް އާދެވޭނެއޭ. އަހަރުމެންގެ މައިންބަފައިން ކައިރިއަށް. އެކޮޅުގައި އަހަރުމެން މަސައްކަތްކޮށްގެން ލިބޭ ލާރި މައިންބަފައިންނަށްވެސް ފޮނުވޭނެނު. ”

އެތައް އިރެއް ވަންދެން ދެބަސްވުމަށްފަހު އެންމެފަހުން ވަޙީދާއިއެކު އެމެރިކާއަށްދާން ސަކީނާ އެއްބަސްވިއެވެ. އެކަމަކު ޢޭނާގެ ހިތް އެކަމަށް ރުހިގެނެއްނޫނެވެ. އެހެން ގައުމަކަށް ދާހިޔާލު އަޔަސް އޭނާގެ މޭފިނިވެއެވެ. ނަމަވެސް ވަޙީދު ބޭނުންވާ ގޮތަށް ރުހުން އެއީ އަންބެއްގެ ހައިސިއްޔަތުން ކުރުން ލާޒިމްކަމެއް ކަމަށް ދެކިގެން އެއްބަސްވީއެވެ. އެހެންނޫނަސް ވަޙީދު އެކަނިދާން ދޫކޮށްލުން އެއީ އޭނާއަށް ކުރެވޭނެ ކަމެއްނޫނެނެވެ. އެންމެ ސިކުންތަކަށްވިޔަސް ލޯކުރިމަތިން ވަޙީދު ގެއްލިގެންދާކަށް ސަކީނާ ނޭދެއެވެ. ވިހިއަހަރު ވަންދެން ވަޙީދަށް އިންތިޒާރުކުރިގޮތަށް ހަޔާތުގައި ދިމާވާ ކިތަންމެ ބޮޑުކަމަކާއި ކުރިމަތިލުމުގެ ހިތްވަރު ސަކީނާގެ ގައިގައިއެބަހުއްޓެވެ. ވަޙީދަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއް ވުމަށްވެސް އޭނާ ތައަޔާރެވެ.

Comments (4)

  1. Anonymous

    Hamdhaanu mivaahaka ehkon ninmaafatha mihaaru thi up kuran fedhee.. mee ehmefahun genesdhin baiyaai gehigen 3 aharufas dhw

    1. hamdhaanu
      Anonymous

      no hama ebaige continuation. 3 aharu faheh noon. 🙂

  2. ??

    Reethi vaahakaeh

  3. naasi

    Kyve nuhaqquloabi pic mi iny

Comments are closed.