Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަހަރެންގެ ކުށް (ފަހުބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
October 31, 2016 4 Mins Read
21 Comments

މުޅިތަން އަދިރި ވެފައިވީއިރު އަހަރެން އަދިވެސް އޮތީ ލޯމަރައިގެންނެވެ. ލަސްލަހުންލޯ ހުޅުވާ ބަލާލިއިރު އަހަރެން އޮތީ ވިޒާންގެ ގައިމަތީގައެވެ. އަހަރެން ކުޅެން ގެންގުޅުނު އުއްބައްތި ވެއްޓިފައި އޮތްއިރު އޭގެން ވިޒާންގެ މޫނަށް އަލިއެޅިފައިވަނީ ނުހަނު ހިތްގައިމުކޮށެވެ. ގަނޑުތަށް އެކިތަންތަނަށް ވިއްސައިގެން ގޮސްފައިވީއިރު ވަރަށް ‘ރޮމައިންޓިކް’ އެވެ. ވިޒާންވެސް އަހަރެންގެ މޫނަށް ބަލަންއޮތްއިރު އަހަރެން އެ ލޮލުގެ ތެރެއަށް ގެނބެމުންދާ ކަމުގެ އިހުސާސް ކުރެވެސް ފެށިއެވެ.

އެވަގުތު އަހަރެން އަހަރެންގެ ނަފްސު ކޮންޓްރޯލް ކުރީމެވެ. އަދި ފުންމައިގެން ތެދުވީމެވެ. ދާދި އެކުގައި ވިޒާންވެސް ތެދުވިއެވެ. ދެމީހުންވެސް ޖެހިލުންވެފައިތިއްބާ ކަރަންޓު އައެވެ. ނަސީބެކޭ ހިތަށް އެރިއެވެ. ގަނޑުތަށް ނަގަންވެގެން ދާން އުޅުން ވަގުތު ރޯކޮށްފައިވާ އުއްބައްތި މަތިން  ހަނދާންވެގެން އެނަގަން ގުދުވެލިވަގުތު ބޯޖެހުނީ އަހަރެންގެ ފައި ބުޑުގައި އޮތް ގަނޑެއް ނަގަންވެގެން ގުދުވެއޮތް ވިޒާންގެ ބޮލުގައެވެ. އުއްބައްތީގެ އަލީގައި އަހަރެމެން ދެމީހުން އެކަކު އަނެކަކަށް ބަލަންތިބީ އެވެ. މަޑުމަޑުން ވިޒާން ގުދުވާންފެށިއެވެ. އަހަރެންހާސްވެގެން ލޯމަރާލީމެވެ. އަޑެއްއިވުމުން ލޯހުޅުވާލިއިރު ވިޒާންއުއްބައްތި ނިއްވާލީއެވެ. އަދި އަހަރެންނާ ދިމާލަށް ލާނަތްފާޑަކަށް ބަލަމުން ތެދުވިއެވެ. އެރޭ އަހަރެމެން އިތުރުއެއްވެސް ވާހަކައެއް ނުދައްކަމެވެ. ނަމަވެސް އެރޭވެސް އަހަރެން ގެއަށް ލާދިނީ ވިޒާންއެވެ. ސައިކަލުގައި ހިފަހައްޓާލައިން އިނީ ވިޒާންގެ ގައިގައި ހިފަހައްޓަން ބޭނުން ނުވާތީއެވެ. ނަމަވެސް ކުއްލިކުއްލިއަށް ބުރެކިޖައްސަމުން ދިޔުމުގެ ސަބަބުން ގިނަފަހަރު އިންނަން ޖެހެނީ ވިޒާންގެ ގައިގައި ބާރަށް ހިފަހައްޓާލައިގެނެވެ. އަހަންނަށް ނޭންގުނީ އެއީ ވިޒާން ގަސްތުގައި ކުރަމުން ދިޔަކަމެއް ކަމެވެ.

ނިދަންއޮތް އިރުވެސް ވިޒާންގެ ގައިމަތީގައި އޮވެވުނު މަންޒަރު ސިފަވަނީއެވެ. އެކަނިއޮތްއިރުވެސް އަހަރެން އޮތީ ލަދުން ހަލާކުވެފައެވެ. އެރޭ ނިދުނީވެސް ވިޒާންގެ ފޮޓޮޔަކަށް ބަލަން އޮއްވައެވެ.

އިރުއަރާތަން ބަލާލަން އަހަރެން މިއަދު ދިޔައީ ބީޗަށެވެ. މިއަދަކީ އަހަރެންގެ ހަޔާތުގެ ބޮޑު ދުވަހަކަށް ވާނެތާއޭ އަހަރެން ހިތަށްއެރިއެވެ. އެހެންނޫނަސް މިއަދު އަދި ވިޒާން ބުނަން އެއުޅެނީ ކީކޭ ކަމެއްވެސް ނޭންގެއެވެ. އެކަމާވެސް ވިސްނާ ވިސްނާ މިހާރު އަހަރެންގެ ބޯފަޅައިގެން ދާންކާރިވެއްޖެއެވެ. އެކަނިމާ އެކަނި މިފަދަ ގަޑިއެއްގައި މިތަނުގައި އަހަރެން ހުރުމުން މީހުން ބަލާވަރުން އެންމެފަހުން ގެއަށްދާން ހިނގައިގަތީމެވެ.

ފިކުރު ބޮޑުވެފައި މަންމަ ހުރީ އަހަރެންވީ ތަނެއްނޭންގިގެނެވެ. ދޮރުން ނުވަދެވެނީސް ބައްދާލިއެވެ.”ޒެރެން..މީގެ ފަހުން ބޭރަށް ދަމުން ބުނާތި..ހާދަ ބިރެއްގަތޭ!!..” މަންމަ އަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ.އަހަރެންވެސް މާފަށް އެދުނީމެވެ. ނަމަވެސް ކޮންމެސް ދުވަހަކުން އަހަރެންވެސް ހަމަ ވަކިވެގެން ގޮސްފާނޫންހޭ ބުނެވުނީ ބޭއިހުތިޔާރުގައެވެ.

“ކީކޭ!!!..މީގެ ފަހުންތިކަހަލަ ވާކަ ނުދައްކާތި!” ފުރަތަމަ ފަހަރަށް މަންމަ އަހަރެންނާ ދިމާލަށް ބާރަށް އެއްޗެކޭބުނެލިއެވެ. އަހަރެން ވަރަށް ދެރަވިއެވެ.”ސޮރީ..ދެން އެހެން ނުބުނާނަން” އަހަރެން ދެރަވެފައި ހުރުމުން މަންމަވެސް ދެރަވިއެވެ.އަދި އަނެއްކާވެސް ބައަދާލިއެވެ. މުޅި ހަފްތާވެސް އަހަރެން ރީއަށް ނުގުޅާހުރީ ހަމަގަސްތުގައެވެ. ނަމަވެސް މިއަދު ދާން ހަނދާން ކޮށްލަދިނީމެވެ. މެސެޖެއްގެ ޒަރިއްޔާއިންނެވެ. ދާނެކަމަށް ބުނެ ރީވެސް ރިޕްލައި ކުރިއެވެ.

ރަތްކުލައިގެ ހެދުމެއްލައިގެން ހުދުހީލް އަކަށް އަރައިން ލޯގަނޑު ކުރިމަތީ އަހަރެން ހުއްޓިލީ މިއަދު ވިޒާންއާ ބައްދަލްކުރަން ޖެހޭތީއެވެ. ހިތްހަމަ ޖެހޭ ވަރަށް ރީތިވެވުމުން ނިކުތީމެވެ. އޭރު ރީވެސް ކައިންވެސް ހުއްޓެވެ. ގަޑިބަލާލެވުނީ ދެނެވެ. ހަތަރު ގަޑި ބައިވަނީއެވެ. މޫނަށް ވައްތަރެއްޖައްސާ ލަމުން އަހަރެން ކުރިއަށް ދާން ހިނގައިގަތީމެވެ.”ތި މީހުން އައީ ދޯ މިހާރު..އަހަ” ބުނަން އުޅުނު އެތި ހުއްޓުނީ ރީގެ އަތުން ބާރު އެތިފަހަރެއް އަހަރެން ގެ ކޮލަށް އެރުމުންނެވެ.”ކަލޭ ތިހާ ނުބައި ވެދާނެކަމަކަށް އަހަރެން ހިޔެއްނުކުރަން!!! އަހަރެން ކައިން ދެކެލޯބިވާ ވާހަކަ ބުނުމުންވެސް އޭނަޔަށް ލޯބިވެޔޭ ކިޔާ މެސެޖުކުރީ!!!!ހުންނަ ނުލަފާކަން….އަދި އަހަރެންކައިރީ ބުނީމޯވެސް ބުންޏޭ! ކީއްވެތަ އެއްފަހަރުވެސް ނުބުނީ ކައިން ދެކެ ލޯބިވާ ވާހަކަ…މިއަދު އަހަންނާ ކައިން ދިމާނުވި ނަމަ އެކައްޗެއްވެސް ނޭންގުނީސް…ތީ މަކަރުވެރިޔެއް!! ނުބުނަންތަ އަހަންނަށް ކައިން ހޯދަދޭނަމެކޭ؟؟؟!!..ކީއްވެހޭ ދޮގު ހެދީ!!!”

އަހަރެންގެ ލޮލުން އެވަގުތު ކަރުން އޮހިގަތީ އެތާމީހުން ތިބިތޯބަލާފައެއްނޫނެވެ. ގޮވަގޮވާ އޮއްވާ ރީ މިއަދު އެދިޔައީ އަހަރެންދެކެ ރުޅިއައިސްގެނެވެ. މަކަރުވެރިޔަކަށް ގޮވަމުންނެވެ.” ކަލޭ މިހާރު ކޮން ޑްރާމާއެއް ތިކުޅެނީ!! އެފަކީރަށް އެހެން ހެދީރު އެކައްޗެއްވެސް ހިތަށް ނޭރިތަ؟ އަހަރެންގެ އަތުގަ މާކުރިން ވެސް ޒެރެންގެ ނަންބަރު އިން އެކަމް މާ ސިއްރު ސިއްރުން އުޅުނީމަ އަހަރެންވެސް އަޅާނުލީ.. ޒެރެން އެރޭ އަހަރެންދެކެ ލޯބިވާ ވާހަކަ ބުނުމުން އަހަރެން ވަރަށް އުފާވި..ނަމަވެސް މިއަދު މިތަނުން ރީ ފެނުމުން އަހަރެން އޭނަކައިރީ އެވާހަކަތަށް ކިޔާ ދިނުމުން އޭނަ ބުނީ ނޭންގެޔޯ، އެކަމު ރީ ވަރަށް ކުރިންވެސް އަހަރެން ދެކެ ލޯބިވީމޯ!!!! އަދި ޒެރެން އަށްވެސް އެވާހަކަ އިނގޭނެޔޯ..އަހަރެން ހަމަ އަޖައިބުވެއްޖެ..އަމިއްލަ އެދުމައިން ތިހިރީ ފޯވެފަ! ތިކަހަލަ މީހެއްދެކެ ލޯބި ވެވުނީ ތީ ލަދުގަނޭ!!!!!!!”

އަހަންނާ ދިމާލަށް ކިޔާނެ އެއްޗެއް ކިޔުމަށްފަހު ކައިންވެސް އެތަނުން ދުރަށްދާން ހިނގައިގަތެވެ. އަހަރެން ގެ ލޮލުން އޭރުވެސް ހުއްޓުމެއްނެތި ކަރުނަ އާދެއެވެ. އަހަރެންގެ ލޮލުގައި ދުރުގައި ހުރިހާ މަންޒަރެއްބަލަން ހުރި ވިޒާން އަޅައިގަތީ މާފަހުންނެވެ. އަހަރެންނަށް މޫނު އަނެއް ފަރާތަށް އަނބުރާ ލެވުނެވެ.އެވަގުތު ވިޒާން ގޮވާލިއެވެ.” ޒެރެން….އައިސޯ އިޓް…ދެން ހުއްޓާލާ! ހިނގާ ބުނަން އަސްލުވީގޮތް…ހިނގާ ކާރަށް…އެންމެން އެބަ ބަލާ”ހުރެވުނު ތަން ރޭކާލީ މާ ފަހުންނެވެ. އަވަސް އަވަހަށް ވިޒާން އާ އެކު އޭނާގެ ކާރަށް އެރީމެވެ.ކާރަށް އެރުމާއެކު ބަޑި ފަޅައިގެން ދިޔައެވެ. ވިޒާންވެސް އަހަރެންގެ ގައިގާ ބައްދާލައިގެން ހިތްފުރެންދެން ރޯން ވަގުތު ދުނެވެ. އެތަނަވަސް މޭމަތީ ބޯ އަޅައިލައިގެން އަހަރެންނަށް ރޯންއޮވެވުނީ ކިހާ އިރަކު ކަމެއްވެސް ނޭންގެއެވެ.

އަހަރެންނަށް ރުއިން ހުއްޓާލެވުނީ ވަރަށް ވަރުންނެވެ. ވިޒާންވެސް އަހަރެންގެ ބޮލުގައި ފިރުމާލަ ފިރުމާލާ އިނީއެވެ.”ވިޒާން…އަހަ..އަހަރެން ދެން ކިހިނެތް ހަދާނީ..ކޮންމެ ގޮތެއް ވިޔަސް އަހަރެން ބޭނުން ރީ އާ ކައިން ގުޅެން..އެކަމު އައި ޑޯންޓް ހޭވް ޓައިމް…”‘ ކުރެހިފައިވާ އަޑަކުން އަހަންނަށް ބުނެވުނެވެ.”ކީއްވެ ވަގުތު ނެތީ!؟” ވިޒާން ކުރި ސުވާލުން ދެންމެ އަހަންނަށް ބުނެވުނީ ކީކޭކަން ވިސްނުނެވެ.”ޒެރެން…އިނގޭ މީ އެންމެ ރަނގަޅު ވަގު ނޫންކަންވެސް…އެކަމު އަހަރެން ޒެރެން ދެކެ ވަރަށް ލޯބިވޭ..އައި ވޯންޓު ހެލްޕް ޔޫ..އަދި އެއްވާހަކަ. ޒެރެން ތި ސިއްރު ކުރާ ޒެރެންގެ ބަލީގެ ވާހަކަވެސް އަހަންނަށް އިނގޭ” އަހަރެންނަށް ސިހި ފައި ތެދުވެވުނެވެ. “ހައު؟؟؟” ވިޒާން ކަންތައް ވީ ގޮތް ކިޔާ ދިނެވެ. މިދިޔަ ހަފްތާ ހޯމަ ދުވަހު އަހަރެން ހޮސްޕިޓަލުން ފެނުމުން ވިޒާންވެސް އަހަރެން ފަހަތު އަޅުވާލީއެވެ. އަދި އަހަރެންގެ ބޮލުގައި ޓިއުމަރެއް އިންކަމާ މާ ގިނަދުވަހު ދެން ދުނިޔޭ ގައި ނުހުންނާ ނޭ ކަން ރިޕޯޓުތައް ބެލުމުން އިނގުނީއެވެ.

“އަހަރެންވެސް ވިޒާން ދެކެ ލޯބިވޭ….އެކަމު މި ލޮއެއްބަކީ ލިބެން އޮތް އެއްޗެއް ނޫން…އަހަންނަށް މާފް ކުރޭ” އެހިސާބަށް ބުނެވުނު ތަނާ ބޮލުގައި ރިއްސާލިއެވެ. ދެން ވީ ގޮތެއްނޭންގެއެވެ.

ލޯހުޅުވާލަމުން ކައިރީ ގައި ނިދާފައި އޮތް މަންމަ އަށް ބަލާ ލީމެވެ. ހޮސްޕިޓަލުގައި އޮންނަތާ މިހާރު އެއްމަސްވީއެވެ.  މިހާރު ޑޮކްޓަރުންވެސް އުއްމީދު ކަނޑާލައިފިއެވެ. މިދުނިޔެ ދޫކުށް ދާންޖެހޭނީ މާދަމާ ނޫންކަމެއްވެސް ނޭންގެއެވެ. އެންމެ ދަރަވަނީ ރީ އަހަރެންނާ ގުޅުން ކަނޑާލުމުންނެވެ. އަހަރެންގެ ބަލިހާލަތު ރީ އަށް ނޭންގުމަށް އެންމެން ލައްވާ އަހަރެން ވައުދު ކުރުވީމެވެ.އެހެންކަމުން މިއިން އެއްވެސް ކަމެއް އޭނާ އަކަށް ނޭންގޭނެ އެވެ. ދޮރު ހުޅުވުނު އަޑަށް ބަލާލިއިރު މާތަކެއް ހިފައިގެން ވިޒާން އަންނަނީއެވެ. އަހަރެން އަތުގެ އިޝާރާތުން އަޑުމަޑުކުރަން އެންގީ މަންމަ އޮތުމުންނެވެ. ލަސްފިޔަވަޅު ތަކެއްގައި ވިޒާން އައިސް އަހަރެންގެ ނިއްކުރީގައި ބޮސްދިނެވެ. އަހަންނަށް ލޯމަރާލެވުނެވެ. އެވަގުތުވެސް އިހުސާސް ވީ އަހަރެން ނުކުރާ އެކަމަކުވެސް އަހަރެންގެ ކުށެވެ.

*******************

ޒެރެން ދައްތަގެ ޑައިރީ ކިޔާ ނިމުން އިރު އަހަރެންނަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ޒެރެންދައްތަ މަންމަ އާ ބައްޕަގުޅުވުމަށް ނުހަނު ގިނަ މަސައްކަތް ކުރިއެވެ. ނަމަވެސް އަމިއްލަ ކުށް ކަމަށް ގަބޫލު ކޮށްގެންހުރެ މިދުނިޔެއާ އަލްވަދާއުކީ އެންމެން ރޮއްވާފައެވެ. ވިޒާންބޭބެ ވެސް އެކަނި ކޮށްލާފައެވެ. ތި ހީވީ ރަނަގަޅަށެވެ. އަހަންނަކީ ޒެރެންދައްތަގެ ބެސްޓްފްރެންޑް ރީ އާ ކައިންގެ 15 އަހަރުގެ ޒެރެންއެވެ. ޒެރެން ބިންތި ކައިން އެވެ. ޒެރެންދައްތަ މި ދުނިޔެ އާ އަލްވަދާއު ކިޔުމުން ވިޒާންބެ މި ޑައިރީ ގެނަސް ދިނީ އަހަރެންގެ މަންމައާ ބައްޕަގެ އަތަށެވެ. ހަގީގަތް ހާމަވީ އެދުވަހުއެވެ. އަދި މަންމަ މެން ޒެރެންދައްތަގެ ހަނދާނުގައި އަހަރެންނަށް އެނަންކީއެވެ. އެދުވަހު މަންމަމެންވެސް ވަރަށް ރޯނެކަން ޔަގީނެވެ. ނުކުރާ ކުށެއްގެ ޒިންމާނެގީ މަންމަ މެނަށްޓަކައެވެ. އަހަރެންނަށް މިޑައިރީ ކިޔާލަންދިނީ ވިޒާންބެއެވެ. ވިޒާންބެ ވެސް މިހާރު ދިރިއުޅެނީ އަހަރެމެންނާ އެކު މިގޭގައެވެ. އަހަރެންވެސް ވިޒާންބެ ދެކެ ބައްޕަ ފަދައިން ލޯބިވަމެވެ.

“ޒެރެން….” ދާދި ގާތުން އިވުނީ ވިޒާންބެގެ އަޑެވެ.”ނިމުނީ ؟” އަހަރެން ބޯޖަހާލީ ކަރުނަތަށް ފުހެލަމުންނެވެ.”އިނގޭތަ..އަދިވެސް އައި ލަވްހާ ސޯމަޗް..އެއީ ޒެރެންގެ ކުށެއްނޫން..އެކަމް…ގުދުރަތުގެ ނިޔާ..” ވިޒާންބެއަށް ހަމަ ރަގަޅަށް ވެސް ރޮވިއްޖެއެވެ. އަހަރެން ވިޒާންބެ ގައިގާ ބައްދާލީމެވެ.

ނިމުނީ

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

ލޯބިން ލޯބިވާއޭ…. (3)

Next

އައިޝާ 5

Next
October 31, 2016

އައިޝާ 5

Previews
October 30, 2016

ލޯބިން ލޯބިވާއޭ…. (3)

21 Comments!

  1. Aishoo says:
    October 31, 2016 at 2:22 pm

    Rangalhu dhn

    1. imagination says:
      October 31, 2016 at 3:09 pm

      hehe..thanks exam medhuthere vyma ik expectations ah reach nukurikann…m sorry 🙁 in sha allah exam nimunima aa vaahaka eh genas dheynan..miah vure reethi koh <3 🙂

  2. ? says:
    October 31, 2016 at 2:42 pm

    Nice!!

    1. imagination says:
      October 31, 2016 at 3:10 pm

      thankx 🙂

  3. imagination says:
    October 31, 2016 at 3:12 pm

    miothi fahubai..ingey expectations ah reach nukurikan..m really soor.. kiyavamun aslu v undhagoovi liyan ves ekam as a reader, ik kiyaa story upp nukurima vaagoi.. iraadhu kurehvihyaa varah avahah imagination ge miahvure reethi ehen dhaairaaehge story eh fenigen dhaane thank u all..furathama story aa balaafa m glad all of u liked it. n thank u huri kuhthah rangalhu kohdhinyma..ily guyss <3 <3 <#

    1. imagination says:
      October 31, 2016 at 3:13 pm

      sorry*

  4. Love girl says:
    October 31, 2016 at 5:05 pm

    Loved this story ????? looking forward for a new story from u ❤❤

    1. imagination says:
      October 31, 2016 at 6:30 pm

      thank u soo much love girl <3…yes.. in sha allah thriller story eh kiyaalan libeyne 🙂

  5. LiaaGeFan says:
    October 31, 2016 at 6:10 pm

    Very niccee

    1. imagination says:
      October 31, 2016 at 6:30 pm

      thank u soo mucchh <3

  6. yaania says:
    October 31, 2016 at 6:41 pm

    Very nice.☺

    1. imagination says:
      October 31, 2016 at 7:10 pm

      thanks yaani <3

  7. Bumble Bee says:
    October 31, 2016 at 11:50 pm

    Woah ??
    Varah Reethi ?

    1. imagination says:
      November 1, 2016 at 11:33 am

      thank u bumble bee <3

  8. shelly says:
    November 1, 2016 at 3:00 pm

    i didnt undrestsnd how vizaan came a brother

    1. imagination says:
      November 1, 2016 at 4:43 pm

      vizaanbe kiyani because ree and kain aa vizaan aa close vefa kudakuhjjaku bodethimeehunna muhaathabu kuraairu beybe kiya usoolun vizaan ah ves e girl vizaanbe kiyani..

    2. imagination says:
      November 1, 2016 at 4:45 pm

      girl ge point of view in balaairu vizaan is a close friend of her parents.. ehen vima beybe asalu kiyani..not because they r related ..hope u liiked the story shelly…

  9. shelly says:
    November 5, 2016 at 11:28 am

    thanks i really liked it hpoe you right a another story like this

    1. imagination says:
      November 5, 2016 at 6:07 pm

      sure..<3 as long as i have ur support, ill write…:)..hope to see ur comments shelly

  10. Brainless says:
    January 6, 2017 at 11:46 am

    Wow..
    Vvvv salhi..
    Adhi miadhu mi kiyaalee mi vaahaka..
    Hama rovijje..
    Vvvv lwbi story ehh..

  11. Cher says:
    February 16, 2017 at 1:46 pm

    Adhi alah story eh kiyaafa cher ah rovuny…salhi twist eh..

Comments are closed.



All Right Reserved!