Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ލީމިންހޯ 1

Shine Level 6100 Stories10 Stories100 Comments100 Login
October 25, 2016 5 Mins Read
25 Comments

ފިލްމުބެލުމާއި ސީރީޒް ބެލުމަކީ އަހަރެންގެ ހުސްވަގުތު ފުރާލުމަށް އެންމެ ކުރާހިތްވާ ކަންތަކެވެ. ހުސްވަގުތު ނުލިބިއްޖެއްޔާ ވަގުތު ހޯދައިގެންވެސް އެކަންތައް ކުރެވޭތޯ  އަހަރެން ބަލަމެވެ. އެހާވެސް ބޮޑަށް އަހަރެންހުރީ އެކަމަށް ދެވިހިފާފައެވެ. ހިންދީ ސީރީޒުން ފެށިގެން އިނގިރޭސި، ކޮރެއާ، ޖަޕާން، ޓައިވާން ނުވިތާކަށް ޗައިނާ ސީރީޒްތައްވެސް އަހަރެން ބަލަމެވެ. ޚާއްސަކޮށް ކޮރެއާ ސީރީޒްތައް އަހަރެންނަށް ވަރަށްކަމުދެއެވެ. އެސީރީޒްތަކުގައި އުޅޭކުދިންގެ ރީތިކަމުންނެވެ. ޚާއްސަކޮށް ލީމިންހޯއެވެ. އެއީ ކޮރެއާ ތަރިންގެ ތެރެއިން އަހަރެންނަށް އެންމެ ކަމުދާތަރިއެވެ. ސަހަރޯއެވެ. އޭނަގެ އެހުންނަ ފިރިހެންވަންތަކަމެއްތާއެވެ. އަންހެންކުދިންނާ ދިމާބަލާލާ ކަތިނަޒަރުން ހިތްތަށް ޒަޚަމްކޮށްލާނެއެވެ. އެހެރަ ރީތިހިނިތުންވުންވެސް ބަލާފޫހިނުވާނެއެވެ. ހަމަގައިމުވެސް އަހަރެން ކިތަންމެ އިރެއްވާންދެންވެސް އެހިނިތުންވުމަށް ބަލަން ހުންނަމެވެ. އެހިނގާލާ ހިތްގައިމުގޮތަކުންވެސް އަހަރެން އާޝޯޚުވެއެވެ. އޭނަގެ ނެތީ ކޮންރީތި ސިފައެއް ހެއްޔެވެ؟ ވެމްޕަޔަރ ޑައިރީގައި އުޅޭ “ޑޭމަން” ވެސް އަހަރެންނަށް ވަރަށް ރީއްޗެކެވެ. އެކަމަކު ލީމިންހޯފަދައިން އޭނާއަށްވެސް އަހަރެންގެ ހިތަކާ ނުކުޅެވުނެއެވެ. އެހާނަލަކަމެއް ލިބިފައިހުރި ފިރިހެނެއް އަހަރެން ނުދެކެމެވެ.

ކޮންމެއަކަސް ލީމިންހޯގެ ޖާދޫގައި އަހަރެން ހަމަރަނގަޅަށްވެސް ޖެހިއްޖެއެވެ. އޭނާގެ ސީރީޒެއް އަލަށްނުކުމެއްޖެއްނަމަ، އެނުބަލާ ލޮލޮށް ނިދިވެސް ނާދެއެވެ. އަދި އެއްފަހަރު ބަލައިގެން ހިތްހަމައެއް ނުޖެހެއެވެ. ތަކުރާރުކޮށް އެތައްފަހަރަކު ބަލަމެވެ. ލީމިންހޯގެ “ރޮމޭންޓިކް” މަންޒަރުތައް ބަލަމުން ދާއިރު، ގައިން ހީބިހި ނަގައެވެ. އެކީގައި ހުންނަ އަންހެން ކުއްޖާއަކީ އަހަރެންނަމައޭވެސް ހިތަށް އަރައެވެ. އެއަންހެން ކުދިންގެ ނަސީބާމެދު އަހަރެންގެ ހިތުގައި ހަސަދަވެރިކަން އުފެދެއެވެ. އަހަރެންނަށް އެފަދަ ފުރުސަތެއް ނުލިބޭތީއެވެ. ހަމަލޮލުން ލީމިންހޯ ފެނުމުގެ ނަސީބުވެސް އަހަރެންނަކަށް ލިބިފައެއް ނުވެއެވެ. ރުޅިގަދަވެއެވެ. ރޮވެންވެސް ރޮވެއެވެ. ލީމިންހޯގެ ފޮޓޯތަށް ފޯނާއި ލެޕްޓޮޕްގެ ސްކްރީން ފުރާލީމެވެ. ނިދުމުގެ ކުރިން އެތައް ފަހަރަކު އެފޮޓޯތަކަށް ބަލަމެވެ. ހެނދުނު ހޭލައިގެންވެސް ފުރަތަމަ ކުރާކަމަކީ އެޔެވެ. މިއީ އަހަރެންގެ ހާލެވެ. އަހަރެންނަށް ހަމަރަނގަޅަށްވެސް މިވަނީ ލީމިންހޯ ދެކެ ލޯބިވެވިފައެވެ. އެކަމަކު އަހަރެންގެ ބަދުނަސީބުކަމުން އެލޯބިލިބޭކަށްވެސް ނެތެވެ . ނުވިތާކަށް އަހަރެންމީ ދުނިޔޭގައި އުޅޭމީހެއްކަންވެސް އޭނާ ނުދަންނާނެއެވެ.

އެއްދުވަހު އޮފީހުގައި އިންދައި ލިބުނު ޚަބަރަކީ އަށާރަ އަހަރުގެ އަންހެން ކުއްޖަކު އާއިލާއާ ފިލައިގެން ލޯބިވެރިޔާ ހޯދަން ކަނޑުހުރަސްކޮށް އެހެން ރަށަކަށް ދިޔަ ޚަބަރެވެ. އަހަރެން ހިތަށްއެރިއެވެ. މިއަންހެން ކުއްޖާއަކީ ހާދަހާހިތްވަރުގަދަ ކުއްޖެކެވެ.  ލޯބިހާސިލްކުރަން ކަނޑުހުރަސްކޮށް ލޯބިވެރިޔާއާ ބައްދަލުކުރަން ދެވޭނީ ހާދަހިތްވަރެއް ހުރެގެންތާއެވެ. އެވެސް އަދި އާއިލާއާ ފިލައިގެންނެވެ. ތެދުވެރިލޯތްބަކީ އެއީތާއެވެ. އަހަރެން މިވަނީ ލޯބި ހެއްޔެވެ؟ ލޯބިވެޔޭ ކިޔަކިޔާ ފޮޓޯބަލަންހުރީމަ ލޯބިހާސިލްވޭ ހެއްޔެވެ؟ ކޮންމެމީހަކަށްވެސް ލޯބިވުމުގެ ހައްޤުއޮވެޔޭ ބުނާތީ އަހަމެވެ. އެހެންކަމަށްވާނަ ލޯބިހޯދަން މަސައްކަތްކުރުމުގެ ހައްޤުވެސް އޮންނާނެތާއެވެ. ލޯބި،ހާސިލްވާނީވެސް އެލޯބި ހޯދަން އުޅޭމީހަކަށްތާއެވެ. އަހަރެން ހިތަށް އެރިއެވެ. އަހަރެންނަށް ލީމިންހޯ ނުލިބުނަސް އޭނާދެކެ ލޯބިވާކަން ހާމަކުރުމުގެ ހައްޤު އެބައޮތް ނޫން ހެއްޔެވެ؟ އޭނާއާ ބައްދަލުކޮށް އެރީތިމޫނު ދުށުމުގެ ހައްޤުލިބިގެންވޭ ނޫންހެއްޔެވެ؟ އަހަރެންނަށް މޮޅުޚިޔާލެއް އައެވެ. އަހަރެން ކޮރެއާއަށް ދާނީއެވެ. އޭރުން އަހަރެންނަށް ލީމިންހޯ ފެންނާނާނެއެވެ. އަހަރެންގެ ހިތުގެ ހާލަތު ބަޔާންކޮށްދެވިދާނެއެވެ. ހިތަށްއައި މޮޅުޚިޔާލުން ވީއުފަލުން އިންގޮނޑިން ކޮޅަށްވެސް ތެދުވެވިއްޖެއެވެ.

އޮފީހުން ޗުއްޓީނެގުމަށްފަހު ކޮރެއާއަށް ދިއުމަށްޓަކައި އަހަރެން ތައްޔާރުވަމުން ދިޔައީމެވެ. މަންމައާއި ބައްޕައަށް ސިއްރުންނެވެ. ނޫނެކެވެ. އެމީހުނަށްވެސް އަހަރެން ތަނަކަށްދާން އުޅޭކަން އެނގޭނެއެވެ. ދަނީކޮން ކޮންޤައުމަކަށްކަން އަހަރެން ނުބުނަމެވެ. އަހަރެންނަކީ އޭޝިއާ ފެންވަރުގައި ގުނާލެވޭ އެތްލީޓަކަށްވުމުން ވަރަށްގިނަ ޤަގުމުތަކަށް ދިއުމުގެ ފުރުސަތުވަނީ ލިބިފައެވެ. ވަރަށްގިނަ ވަނަތައްވެސް ހާސިލްކުރީމެވެ. އެފަދަ ދަތުރުތަކުގައިވެސް އަހަރެން ގޮސްއުޅެނީ އެކަން އިންތިޒާމުކުރާ މީހުންނާއެކުގައެވެ. ރަށްޓެހިންނާއެކު މަޖާކޮށްލަން އިންޑިއާ އާއި ލަންކާއަށް ގޮސް އުޅުމަކީވެސް އާއްމު ކަމެކެވެ. ނަމަވެސް މިފަދަ މަޤުސަދެއްގައި ބޭރުޤައުމަކަށްދާ މީފުރަތަމަ ފަހަރެވެ. އަދި އަމުދުން ކޮރެއާއަށް ދާމީ ފުރަތަމަ ފަހަރެވެ. އެހެންކަމުން ކޮންމެވެސް ވަރަކަށް ހިތްނުތަނަވަސްވެސް ވެއެވެ.

އަހަރެން ނުބުނަނީސް ބައްޕަ އަހަރެންނަށް ޑޮލަރުވެސް ހޯދައިދިނެވެ. މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅަށްވީތީ އަހަރެންބޭނުން ކޮންމެކަމެއްވެސް ކޮށްދޭން އެމީހުންތިބެނީ ތައްޔާރަށެވެ. އަހަރެންގެ އާއިލާއަކީ ތަނަވަސް ފުދުންތެރި އާއިލާއަކަށް ވީނަމަވެސް އަހަރެން ވަޒީފާ އަދާކުރަނީ އަހަރެންގެ އަމިއްލަ ހިތްހަމަޖެހުމަށެވެ. އަހަރެންގެ އަމިއްލަ ބޭނުންތަކަށް ޚަރަދުކުރާނެ ފައިސާވެސް އަހަރެންނަށް ލިބެއެވެ. އަހަރެން ބޭނުންވާވަރަށް ޑޮލަރު ހޯދުމަށްފަހު ދަތުރުގެ ސާމާނުތައް އެއްކުރީމެވެ. ބޭރުގައުމަކަށް ދާއިރު އަހަރެން އެންމެބޮޑު ކަމަކަށްވަނީ ކެމުމުގެ ކަންތަކެވެ. އެހެންކަމުން އަހަރެން ކާނެ އެއްޗެހިވެސް ގަނެ ހަމަކުރީމެވެ.

އަހަރެން ދަބަސްހިފައިގެން ގެއިން ނުކުމެ ނުކުމެ ހުއްޓައި އަހަރެންދަނީ ކޮންތަނަކަށްތޯ ބައްޕަ ސުވާލުކުރިއެވެ. އަހަރެން ޖެހިލުންވިއެވެ. ހަޤީޤަތަށް ބުނެފިއްޔާ އެމީހުން ކުރާސުވާލު ގިނަވާނެއެވެ. އަހަރެންބުނީ ލަންކާއަށް ދަނީކަމުގައެވެ. ދަތެއްގައި ރިއްސާތީ ލަންކާއަށް ދާންބޭނުންކަމުގައި އަހަރެން އޮންނާނީ ކުރިންވެސް ބުނެފައެވެ. އެވަރުކުޑަ ކަމަކަށްވެސް އަހަރެންދަނީ ލަންކާއަށް ނޫނީ އިންޑިއާއަށެވެ. އެހެންކަމުން އެމީހުން ހީކުރީވެސް އަހަރެންމިދަނީ ލަންކާއަށް ކަމުގައެވެ. ދޮގުހަދަން ޖެހުނީތީ ދެރަވެސްވިއެވެ. ނަމަވެސް މިވަގުތު މިނޫންގޮތެއް ނެތެވެ. އަހަރެން ހުޅުލޭ ވައިގެބަނދަރަށް ދިޔައީ އެކަނިމާއެކަންޏެވެ. އަހަރެން ފުރުވަން ބައްޕައަންނަން އުޅުމުން އަހަރެން އެކަން މަނާކުރީމެވެ. ލަންކާއަށް ގޮސް ގުޅާށޭބުނެފައި ބައްޕަ ހިތްހަމަ ޖައްސާލިއެވެ. އަހަރެން ފުރަން ހަމަޖެހިފައި އޮތީ ރޭގަނޑު އަށެއްގެ ފުލައިޓުންނެވެ.

ބޯޓަށް އެރުމަށްފަހު ނަޒަރުހިންގާލީމެވެ. އަހަރެންފިޔަވައި އަދި ދެތިން ދިވެއްސަކު ބޯޓުގައި ތިއްބެވެ. ނަމަވެސް ދެންތިބީ ހުސްކޮރެއާމީހުންނެވެ. އެއީ އަހަރެންނަށް ހީވާގޮތެވެ. އެމީހުން ތިބޭގޮތުން އެއީ ކޮރެއާކަމެއް ނުވަތަ ޖަޕާނުމީހުން ކަމެއްވެސް އަހަރެން ނަކަށް ނޭނގެއެވެ. ނަމަވެސް ކޮރެއާއަށްދާ ބޯޓަކަށް އަރާނީ ކޮރެއާމީހުންތާއެވެ. ހަތަރުގަޑިއިރުގެ ދަތުރަކަށްފަހު އަހަރެންހުރީ ސައުތުކޮރެއާގެ  އިންޗެއޮން އިންޓަރނޭޝަނަލް އެއާރޕޯރޓްގައެވެ. ޓެކްސީއަކަށް އަރައިގެން، އެއާރޕޯޓާއި މާދުރުނޫން ހިސާބެއްގައިވާ ޕާރކްވުޑް ހޮޓެލަށް ދިޔައީމެވެ. އައުމުގެކުރިން އިންޓަރނެޓް މެދުވެރިކޮށް ހޮޓެލްއިން ރޫމެއް  އަހަރެންވަނީ ބުކް ކޮށްފައެވެ.  އަހަރެންގެ ބަރުދަބަސްތައް ހިފައިގެން ރިޝެޕްޝަނަށް ގޮސް ކޮޓަރީގެ ތަޅުދަނޑިހޯދުމާއެކު އަހަރެންނަށް އެހީވާނެ މީހަކު އައެވެ. އެމީހާގެ އެހީގައި ހުރިހާ ސާމާނެއް ކޮޓަރިއަށް ވެއްދީމެވެ. ވަރުބަލިވެފައިހުރިވަރުން އަހަވަށް ފެންވަރާލައިގެން އެނދުގައި ޖައްސާލީމެވެ. އިސާހިތަކު އަހަރެންނަށް ނިދިއްޖެއެވެ.

ހެނދުނު ހޭލެވުމާއެކު ކަންނެތްކަމާއެކު ލޯހުޅުވާލީމެވެ. އަހަރެންނަށް ހީވީ ހުވަފެނެއްގައި އުޅެވުނުހެންނެވެ. މިއޮތީ މާލޭގައި އަމިއްލަ ކޮޓަރީގައި ނޫންކަންވެސް އެނގުނީ އިރުކޮޅެއްފަހުންނެވެ. ހިނިތުންވެލަމުން ތެދުވެ ފާޚާނާއަށް ވަދެ ފެންވަރާލީމެވެ. ހެނދުނުގެ ނާސްތާއާމެދު ވިސްނާލެވުނީވެސް އިރުކޮޅެއްފަހުންނެވެ. މިތަނުން ހެނދުނުގެ ނާސްތާއަށް އޯޑަރ ކުރާކަށް އަހަރެންގެ ހިތެއް ނޭދުނެވެ. އެމީހުން ހަދާފައި ހުންނާނީ ކޮންފާޑެއްގެ ކާއެއްޗެއްކަމެއްވެސް ނޭނގޭ ވިއްޔާއެވެ. އެމީހުންނަކީ ހަލާލެއް ހަރާމެއް ދަންނަބައެއް ނޫން ވިއްޔާއެވެ. ކޮންމެފަދަ އެއްޗެއްވެސް އެމީހުން ކައިފާނެއެވެ. އެހެންކަމުން އަހަރެން ކެއުމަށްގެނައި ސާމާނުތަކުން ލުއިކާނާގެ ދެތިން ވައްތަރެއް ނަގައި ހެނދުނުގެ ނާސްތާކުރީމެވެ.

އަތްދަބަހާއި ކެމެރާކޮނޑުގައި އަޅުވާލައިގެން އަހަރެން ތިރިޔަށްދިޔައީމެވެ. ރިޝެޕްޝަނަށް ގޮސް ތަޅުދަނޑި ހަވާލުކޮށްލުމަށްފަހު ހޮޓަލުން ނުކުތީމެވެ. އެތާތިބި ދެއަންހެންކުދީން އަހަރެން ފެނިގެން ބަލަންތިބިގޮތުން އަހަރެންގާތަށް ހިނިވެސް އައެވެ. އެމީހުން އެވަރަކަށް އެބެލީ އަހަރެން ޝޯލް އަޅާފައި ހުރީމަކަމަށް ވެދާނެވެ. މުސްލިމުންދެކެ މިމީހުން ހާދަބިރެއް ގަނެއޭވެސް އަހަރެންގެ ހިތަށްއެރިއެވެ. ސެއޯލްގެ ކާރޫބާރޫބޮޑު މަގުތަކުގައި ހިނގާފައިދިޔައިރު އަހަރެންގެ ލޯހުއްޓެމުން ދިޔައީ ވަށައިގެންވީ ރީތި އުސްއިމާރާތް ތަކަށެވެ. އެއިމާރާތްތަކަށް ބަލާލަމުން ފަރުމާކުރުންތެރިންގެ މޮޅުކަމާއި ހުނަރުވެރިކަމަށް ހިތާހިތުން ތައުރީފު ކުރެވުނެވެ. އަހަރެމެންގެ މާލޭގައިވެސް އުސްއިމާރާތްތައް މަދެއްނޫނެވެ. އެކަމަކު އެއިމާރާތްތައް ބޮޑަށް ސިފަވަނީ ސިމެންތީގެ ބްލޮކްސްތަކެއްގެ ގޮތުގައެވެ. މިފަދަ ފުރިހަމަކަމެއް ނުވެއެވެ. ތަފާތު ދިމަދިމާއަށް ލޯހިންގަމުން ފޮޓޯނަގަމުން ދިޔައިރު، އާގަމަވެފައި އަހަރެންނަށް ބަލަމުން ދިޔަމީހުންވެސް މަދެއްނޫނެވެ. އެމީހުން އެހާވަރަކަށް އެބަލަނީ އަހަރެންނަކީ މުސްލިމު ކުއްޖެއް ވީމަ ހެއްޔެވެ؟ ނޫނީ އަހަރެން އެމީހުންހާ ދޮންނޫން ވީމަ ހެއްޔެވެ؟ ނޫންނަމަ އަހަރެންގެ ލޯ ބޮޑުވީމަ ހެއްޔެވެ؟ އަހަރެން ހުރީ އަވި އައިނުވެސް އަޅައިގެންނެވެ. ދެން އެމީހުނަށް އަހަރެންގެ ލޮލެއްވެސް ނުފެންނާނެތާއެވެ. ދެންމިމީހުން މިހާވަރަކުން މިބަލަނީ ކޯއްޗެއްބާއެވެ.

އަހަރެން ދެފަރާތަކަށް ބޯހޫރާލުމަށްފަހު ކުރިއަށް ހިނގައިގަތީމެވެ. ދެވޭވަކިމަންޒިލެއް ނޭނގޭހާލުގައެވެ. ހިނގަމުން ހިނގަމުން ގޮސް މަގުހުރަސްކުރި ވަގުތު ކޮންމެވެސް މީހަކު އަހަރެންގެ ގައިގާލައިގަތެވެ. އަހަރެން ސޮރީއޭ ބުނީމެވެ. އެމީހަކު އެނބުރިލާފައި އަހަރެންނަށް ބަލާލިގޮތުން އަހަރެން ސިހިގެންދިޔައެވެ. އެލޮލުގައިވީ ނުރުހުމުގެ އަސަރު އޭނާއަޅާފައިހުރި ކަޅުއައިނުގެ ތެރޭންވެސް ފާޅުވިއެވެ. އެއީ އިސްކޮޅުންބޮޑު ހަށިގަނޑުން ބިޔަ ބަލާލަން ރީތި ޒުވާނެކެވެ. ލީމިންހޯފަދަ ފަންއިސްތަށިގަނޑެއް އޭނާއަށް ލިބިފައިވެއެވެ. އެކަމަކު އެހެރެ ބޮޑާކަމެއްތާއެވެ. އަހަރެން ސޮރީބުނީމަވެސް އެފޮނި އިންސާނާ ބަލާލީ ރުޅިވެރިކަމާއެކުއެވެ. އަހަރެން ބިރުގަންނުވަން ތޯއްޗެކެވެ. އަހަރެން އޭނާދެކެ ބިރުގަންނަންވީ ކީއްކުރަން ހެއްޔެވެ. އަހަރެން އޭނާގެ ގައިގާ ގަސްތުގައި ޖެހިގަތީކީ ނޫއްވިއްޔާއެވެ. އައިރުޅިން ކުއްލިއެއްޖަހާފައި އަހަރެން ހިނގައިގަތީމެވެ. ކުރިޔަށް ނުބަލާހުރެ ހިނގައިގަތްލެއް ބާރުކަމުން އަހަރެންޖެހުނީ ކުރިމަތީހުރި ހޮޅިދަނޑީގައެވެ. އެވަގުތު ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ވީތަދުން އަޑެއްލައްވާލާފައި ނިތްކުރީގައި އަތްކާއްތާލެވުނެވެ. އައިރުޅިން ބޭއިޚްތިޔާރުގައި ފަހަތްބަލާލެވުނެވެ. އެޒުވާނަ ފާޑަކަށް ބަލަންހުރެފައި އަހަރެންނަށް މަލާމާތްކޮށްލާފަދަ ގޮތަކަށް އެއްމިޔަކަމުން ހީލިއެވެ. އަދި ހަލުވި ފިޔަވަޅުތަކެއްގައި ގޮސް މަގުގެ އަނެއްފަރާތުގައި އޮތް ކާރަށް އަރައި ސްޓާޓްކޮށްލިއެވެ. އަހަރެންގެ ރުޅި އިންތިހާއަށް ގަދަވިއެވެ. ހޮޅިދަނޑީގައި ފައިންޖެހިޖެހީނުން ހޮޅިދަނޑިއަށް ގުޑުންއަރައިގެން ދިޔައެވެ. އެމަގުން ހިނގާފައިދިޔަމީހުންވެސް ހުއްޓިފައި ބަލަންތިއްބެވެ.

އަހަރެން އަވަސް އަވަހަށް ގޮސް ކައިރި ފިހާރައަކަށްވަދެ ފިނިފެން ފުޅިއެއްގަނެގެން ނިތްކުރީގައި ދުޅަވެފައިހުރިތަން ބޮނޑިތާން ކުރަން ފެށީމެވެ. އޭރުވެސް އެތެރެ އެތެރޭން އަހަރެންގެ ރުޅިގަނދަވަމުން ދިޔައީ އެޒުވާނާ ހީލި މަންޒަރުފެނިފައެވެ. ނުލަފާމީހާގަނޑެކެވެ. މިއީ އޭނާގެ ފޮނިކަމުން ވީކަމެކެވެ. ދެން އަހަރެންގެ ކުރިމައްޗަށް އަރައިފިއްޔާ ހަދާގޮތް ދައްކާލާނަމެވެ. ހިތާހިތުން އެޒުވާއަށް އެއްޗެހިކިޔަމުން ކުރިޔަށް ދިޔައީމެވެ. ހިނގާ ހިނގާ ވަރުބަލިވުމުން މަގުގެ އެއްފަރާތެއްގައި އޮތް ޕާކެއްގެ ތެރެއަށްވަދެ ގޮނޑިއެއްގައި އިށީނީމެވެ. ބަނޑުހައިވެފައި ހުރުމުން ދަބަސްތެރެއިން ޗިޕްސްބޮނޑިއެއް ނަގައި ކާންފެށީމެވެ. އެހެން އިނދެ ޕާކްތެރޭގެ ރީތިމަންޒަރުތައް ފޮޓޯނެގީމެނެވެ. ކުއްލިއަކަށް އެއްޗެއް ހަނދާންވެގެން ފޭސްބުކުން ލޮގިން ވީމެވެ. އަވަސް އަވަހަށް ލީމިންހޯގެ އޮފިޝަލުން ޕޭޖަށްވަދެ ފަހުގެ އަޕްޑޭޓްތައް ބަލާލީމެވެ. ލީމިންހޯ މިހާރު ކުޅެމުންދާ އާޑްރާމާގެ ފޮޓޯތައް އަޕްލޯޑްކޮށްފައި ހުއްޓެވެ. އަދިމިހާރު ހުރީ ޖެޖޫގައި ޝޫޓިންއެއްގައި ކަމަންވެސް ލިޔެފައޮތެވެ. އަހަރެން ވަގުތުން ޖެޖޫއަށްދާން ނިންމީމެވެ. ކިތަންމެ ބޮޑު ޚަރަދެއްކޮށްގެން ވެސް ލީމިންހޯއާ އަހަރެން ބައްދަލުކުރާނަމެވެ. ހޮޓެލަށް އައި މަގުމަތީގައި ކުޑަވަރެއްގެ ރެސްޓޯރެންޓަކަށް ވަނީމެވެ. މޭޒުކަރީ އިށީނުމާއެކު ވެއިޓަރ މެނޫއާއި ފެންފުޅިއެއް ގެނެސްދިނެވެ. އަހަރެން އެތަނަށް ވަނީއްސުރެ އެތާތިބިމީހުން ފާޑަކަށް ބަލަމުން ދިޔައެވެ. އަހަރެންނަށް އެކަން ފާހަގަވީނަމަވެސް އަޅާނުލައި މެނޫނަގައި ބަލަން ފެށީމެވެ. ނަމަވެސް ކައިރީގައިހުރި މޭޒުގައި ތިބިމީހުން މާވަރަކަށް ބަލާތީ އަހަރެންނަށް ވެސް ބޭއިޚްތިޔާރުގައި ބަލާލެވުނެވެ. އަހަރެން ބަލާލުމުން އެމީހުން ފާޑަކަށް ތިބެފައި ގަދަކަމުން ހީލިއެވެ. އަހަރެންވެސް މަސްނޫއީ ހިނިތުންވުމެއް ދިނީމެވެ. ކުއްލިއަކަށް އެމީހުންގެ ކާންތިބި އެއްޗެއްސަށް އަހަރެންގެ ލޯހުއްޓުނީ މާވަރަކަށް ދަތްލައިގެން ދަމަދަމާފައި ކާތީއެވެ. ރަނގަޅަށް ބަލާލުމުން އަހަރެންނަށް އެއީ ކޯއްޗެއްކަން އެނގުނެވެ. ވަގުތުން އަހަރެންގެ މޭވެސް ނުބައިކޮށްފިއެވެ. އެމީހުންކާންތިބީ ކުކުޅުގެ ފައިތިލަ ތަކެކެވެ. ހަވާދުލައި ފުރިފައި ހުރި އިނގިލިތަކުގައި ދަތްއަޅައިގެން ދަމަނީއެވެ. ފަކުރުގަތްވަރުން އިތުރަށް އެތާމަޑުކުރާކަށްވެސް ނުކެރުނެވެ. މެނޫ މޭޒުމަތީ ބާއްވާފައި ވައިސޫރިއްހެން އެތަނުން ނުކުތީމެވެ. އަހަރެން ނުކުތްގޮތުން އެމީހުން ހައިރާންވެފައި ބަލަން ތިއްބެވެ. ކިތަންމެ ބަނޑުހައިވިޔަސް ދުވަހަކުވެސް ދެން ރެސްޓޯރެންޓަކަށް ނުވަންނާނަމޭ ހިތަށްއެރިއެވެ.

ހޮޓެލަށް އައިސް  ހަމައެދުވަހު ޖެޖޫއިން ކޮޓަރިއެއް ބުކް ކުރީމެވެ. އަދި އަންހެން ޓުއާގައިޑެއްވެސް ހަމަޖެއްސީމެވެ. ނަމަވެސް ސެއޯލްއިން ބުކްކުރި ކޮޓަރިވެސް ދުލެއް ނުކުރަމެވެ. އެނބުރި ސެއޯލްއަށް އަންނަން ބޭނުންވާތީއެވެ. ވަރަށް އުފަލުން ހުރެ ޖެހިގެން އައިދުވަހު ޖެޖޫއަށް އަހަރެން ދިޔައީމެވެ. ޖެޖޫ އައިލަންޑް ކިޔާތީ އަހަރެން ހީކުރީ އެއީ ކުޑަކުޑަ ރަށެއްކަމުގައެވެ. އެކަމަކު އެއީ ބޮޑު ޕްރޮވިންސްއެކެވެ. ދެކުނު ކޮރެއާގެ ޓޫރިޒަމްގެ މައިމަރުކަޒެވެ. މާލޭގެ ހައެއްކަމާލެއަށްވުރެއް އެތަން ބޮޑުވާނެކަން ގައިމެވެ. މިއޮއްބޮޑުތަނުން ލީމިންހޯ ހޯދާނީވެސް ކިހިނެއްބާއޭ އަހަރެންގެ ހިތަށްއެރިއެވެ.

ޓުއާގައިޑްގެ އެހީގައި ހޮޓަލަށް ގޮސް ރަނގަޅަށް ހަމަޖެހިލީމެވެ.  ކާއެއްޗެހީގެ މެނޫއަށް ބަލާލުމަށްފަހު އަހަރެން އޯޑަރކުރީ ބިސްގަނޑަކާއި ބްރެޑެކެވެ. ދެން އިތުރަށް ކެއީ މޭވާއެވެ. އެވަރުން ހިތްހަމަޖެހޭވަރުވިއެވެ. ހެނދުނުގެ ސަޔަށްފަހު ފެންވަރާ ތައްޔާރުވެގެން ޓުއާގައިޑާއެކު ތަންތަން ބަލާލަން ދިޔައީމެވެ. ޓުއާގައިޑް ރަށަށް ކިތަންމެ ފަރިތަނަމަވެސް އިނގިރޭސިއަށް ނުފަރިތަކަމުން ކުޑަކޮށް އުނދަގޫވިއެވެ. ޖަޕާނުބަހާއި ޗައިނާބަސް އޭނާ ރަނގަޅަށް ދަނެއެވެ. ކޮށީ އިނގިރޭސި ބަހަށެވެ. ދުރުދުރުން ވާހަކަ ދައްކަމުން ގޮސް ލީމިންހޯގެ ވާހަކަ އެހީމެވެ. އޭނާ ދަންނަންތޯ އެހީމެވެ. އޭނާބުނީ ލީމިންހޯ ނުދަންނާނީ ކާކުހޭއެވެ. އަދި ވަރަށް ހެވިލާފައި ލީމިންހޯ މިރަށުން ދުށީމޭވެސް ބުންޏެވެ. އަހަރެންގެ ހިތްތެޅިލިއެވެ. އަދި އަވަސް އަވަހަށް ލީމިންހޯ އުޅޭތަން ދެއްކުމަށް އެދުނީމެވެ. އޭނާއަކަށް ލީމިންހޯ އުޅޭ  ސަރަހައްދު އެނގޭކަމަކަށް ނުވިއެވެ. އަހަރެން ވަރަށް ދެރަވިއެވެ. މިހާ ޚަރަދުކޮށްގެން އައީމަވެސް ލީމިންހޯ ނުދެކިދާންވީ ހެއްޔެވެ؟ ނޫނެކެވެ. ކޮންމެގޮތެއް ހަދާފަވެސް މިފަހަރު ލީމިންހޯއާ ބައްދަލުކުރާނަމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shine

Level 6100 Stories10 Stories100 Comments100 Login

ވާހަކަ ލިޔާހިތްވާ އަދި ކޮމެންޓްސް ކިޔާހިތްވާ މީހަކީމެވެ.

Other Articles

Previous

ނޭނގޭހެ ހާދަ ލޯބިވޭ 29

Next

ލޯބިން ލޯބިވާއޭ… (1)

Next
October 25, 2016

ލޯބިން ލޯބިވާއޭ… (1)

Previews
October 25, 2016

ނޭނގޭހެ ހާދަ ލޯބިވޭ 29

25 Comments!

  1. Shine says:
    October 25, 2016 at 2:31 pm

    މިއީވެސް ކުރިން މިސައިޓްގައި ގެނެސްދިން ވާހަކައެއް…އަދިވެސް އެއްފަހަރު ކިޔާލަން ބޭނުންވެގެން ކިޔަުންތެރިން އެދޭތީ ދެވަނަ ފަހަރަށްވެސް ގެނެސްދެނީ……ހީކުރަން އަލަށް މިވާހަކަ ކިޔާކުދިންނަށްވެސް ވަރަށް ………ކަމުދާނެކަމަށް

  2. Navya says:
    October 25, 2016 at 2:40 pm

    Mi v reethi vaahaka eh? navy kyn mivaahaka

  3. MEESHA says:
    October 25, 2016 at 2:57 pm

    i read this…. its an awsom stry…. didi you write this??? if u wrote this… just have to say AMAZING… 🙂

  4. Anonymous says:
    October 25, 2016 at 3:02 pm

    U are amazing superb ?

  5. Shaan says:
    October 25, 2016 at 4:13 pm

    Mi story aky mi site in aharen ky ahme furathama vaahaka.
    Varah varah reethi mi story. Varah kiyaalaa hihyey dhevana faharah ves.
    I love this story……..

    1. Lee min ho ge fan eh says:
      October 25, 2016 at 7:13 pm

      Kon writer ehge namuga tha mi story kurin iny. Or can u send the link please?

  6. Gems says:
    October 25, 2016 at 5:48 pm

    Kudhinney mee varah reethi vaahakaeh. Hurihaakudhin ves kiyaathi

  7. Suzy says:
    October 25, 2016 at 6:07 pm

    I love u Lee min ho

  8. yaana says:
    October 25, 2016 at 6:42 pm

    vvv reethi

  9. Lee min ho ge fan eh says:
    October 25, 2016 at 7:15 pm

    Mi story kurin iny kon writer eh ge namuga kan engey kujjeh bunedhyba. Or can someone send the link please?

    1. Shine says:
      October 25, 2016 at 7:19 pm

      hama shine post kuree kurinves…ekam mihaaru neennaane…ehenve alun post kuranee

  10. Aisa says:
    October 25, 2016 at 7:51 pm

    Wow v ufaavehje alun mivaahaka kiyaalan libuneema mee v reethi vaahakaeh

  11. Aisha says:
    October 25, 2016 at 7:53 pm

    Thank you soo much dear >3 . . .

  12. Shahy says:
    October 25, 2016 at 8:04 pm

    Shine koba efinimendhan e vaahaka avahah up kohbala

  13. Aaannnnnnnn says:
    October 25, 2016 at 8:54 pm

    Love u min ho oppa

  14. kkkk says:
    October 25, 2016 at 11:10 pm

    Lee min ho ah vure reethi kim soo hyun n song joong ki vx❤

  15. Saandy says:
    October 26, 2016 at 1:17 am

    ވަރަށް ވަރަށް ރީތި… ވާހަކަ އަވަހަށް އަޕްކޮށްލައްޗޭ… އެބަ ވަރަށް އިންތިޒާރު ކުރެވޭ

  16. Meera says:
    October 26, 2016 at 11:26 am

    Varah unique story eh v kiyaahithun mieeniee.. next part avahah up kohdhehchey

  17. harry says:
    November 16, 2016 at 8:49 pm

    too late to comment…but it’s a nice story…I loved it 🙂 <3

  18. naahi says:
    February 10, 2017 at 6:22 pm

    nice story shine

  19. Rooya says:
    March 8, 2017 at 1:16 pm

    Superb story
    Write more stories related to Korean.
    ????

  20. Kim TaeTae says:
    March 3, 2018 at 4:35 pm

    As a kpop fan i have to say that you have presented all the feelings of being a fangirl. I wish there are more kpop related stories in dhivehi

  21. korean fan says:
    July 13, 2018 at 7:50 pm

    OMG.. sometimes even i get these type of thoughts?. Love????this stry.

  22. Shy Shai says:
    October 13, 2018 at 8:35 am

    I love it. I am Leemin Ho fan.

  23. Lovely says:
    November 8, 2018 at 11:22 pm

    Im also a leemin Ho fan .. leemin Ho dheke laobivaa kujja kairyga bunan v i vess korea ah gengosdheyysheyyy ?? BTW feshun v reethi vaahaka ehkoh kiyaa ninmaalaafa aslu ehcheh bunan ingeyynyy …so hoping mi vaahaka reethi vaaneyyy kamah

Comments are closed.

Next Episodeލީމިންހޯ 2←


All Right Reserved!