Skip to content
އެސްފިޔަ

އެ ހަނދާންތައް

އޮފީހުގައި އެއްވެސް މަސައްކަތެއް ނުކޮށް އަހަރެން ހުރީ ކުޑަދޮރުން ބޭރު ބަލާށެވެ. ބަދަރު މަތީގައި ހުރި އޮފީހަކަށް ވުމުން އަހަންނަށް ބޭރުން ފެންނަމުން ދިޔައީ ވަރަށް ފުރިހަމަ ގުދުރަތީ މަންޒަރެކެވެ. ނޫކުލައިން ޖަރީކުރެވިފައިވާ އެ އުޑާއި މޫދަށް ބަލަހައްޓައިގެން އަހަރެން ހުންނަތާ މިހާރު ކޮންއިރެއް ކަމެއްވެސް ނޭނގެއެވެ. އޮޔެ ގަދަ ކަމުން ކަނޑިންމައިގައި ހުރި ދޯނިފަހަރުތައް ދެފަރާތަށް ހެލިލަ ހެލިލަ އޮތް އިރު އަހަރެންގެ ހިޔާލުތައްވެސް އޯޔާގޮސް ހަޔާތުގެ އެންމެ އަނދިރި ދުވަސްތަކުގެ ތެރެއަށް ގެނބިގެން ހިނގައްޖެއެވެ.

އެއީ މީގެ 7 އަހަރު ކުރިއެވެ. އެއީ އަހަރެންގެ ސްކޫލް ދައުރުގެ އެންމެ ފަހު އަހަރެވެ. އަހަރެމެން ކިޔާގޮތުންނަމަ “ހައިސްކޫލް ސީނިޔަރ އިޔާ” އެވެ. ސްކޫލުގައި މާ ބާރު ހިންގާ “ޕޮޕިއުލަރ ގާލް” އަކަށް އަހަރެން ނުވިޔަސް އެހަރެންގެވެސް ގާތް ރައްޓެހިން ތިބެއެވެ. އަހަންނާއެއްކޮށް އިތުރު ތިން ކުދިން އުޅުނެވެ. ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންގެ ގޮރޫޕަކަށް ވުމުން ބައެއް މީހުން އަހަރެމެން ހާދަ “ގައްޑާ” އޭ ބުނަމުން ދިޔައިރު އަނެއްބައިމީހުން ބުނަމުން ދިޔައީ އަހަރެމެންނަކީ ބިޓުންގެ ގުރޫޕެއް ކަމަށެވެ. ނަމަވެސް ހަގީގަތަކީ އެހެންމީހުން އެހެން ކިޔަން ފެށިއިރު އަހަރެމެންގެ ތެރޭގައި އޮތީ ހަމައެކަނި ރަހުމަތްތެރި ކަމުގެ ގުޅުން ކަމެވެ. އެހެނަސް އެކަކު އަނެކަކުގެ ހިތު ތެރޭގައި އެފަދަ ޝުޢޫރުތައް ނެތޭ ނުބުނެވޭނެއެވެ.

އަހަރެންގެ ހިތުގެ ތެރޭގައިވެސް އޭރު ވަނީ އެކުވެރިއަކަށް ލޯބީގެ ކުލަބޮކި ދިއްލެން ފަށާފައެވެ. އެބޮކީގެ އަލިން ފާޅުވަމުން ދިޔައީ ރަން އަކުރުން ފަވާލެވިފައިވާ ފަޒީލްގެ ނަމެވެ. ބޮއްކުރާ ދޮށަށް ކެނބޭ އޮޑިއަކަށް ވާން ބޭނުން ނުވާތީ އަހަރެން ފަޒީލްއަށް ހިތް އެދުނަސް އެކަމެއް ފަޒީލްއަށް ނާންގަމެވެ. ލޯބި ހިތުގައި ރައްކާކޮށްގެން އަހަރެން ފަޒީލްއަށް އިންތިޒާރު ކުރަމުން ދިޔައީމެވެ. މާގިނަ ދުވަހެއް ނުވެ ފަޒީލްގެ ކިބައިން އަހަންނަށް އިޝާރާތްތައް ލިބެން ފަށައިފިއެވެ. އެއްވެސް ކަމެއް ނުވަނީސް ހާދަ ރީއްޗޭވެސް ބުނެފާނެއެވެ. އަހަރެންގެ ފޯނަށް މެސްޖު ކުރަންވެސް ފަށައިފިއެވެ. އެންމެ ފަހުން ދެ ޅެންބައިތުން ފަޒީލް އަހަރެން ދެކެ ވާލޯބި ބަޔާން ކޮށްދިނެވެ.

ފެނިލުމަށް އަބަދުމެ އެދެނީ ތިޔަ ސޫރައޭ

އިވުމަށް އަބަދުމެ އެދެނީ ތިޔަ މިޔުޒިކީ އަޑޭ

ހިތް އަބަދުމެ އެދެނީ ތިޔަ ލޯތްބަށޭ

ހިތް އަބަދުމެ އެދެނީ ލިއުރާ އަށޭ

ކުލާހުގައި އަހަރެންގެ ފަހަތުގައި ހުރެފައި ފަޒީލް ދިން ގަނޑުގި ލިޔެފައި ހުރި ބައިތުތައް ކިޔާލުމާއެކު އަހަރެންނަށް ހީވީ ގައިން ހީބިހި ނަގައިގެބން ދިޔަ ހެންނެވެ. ފަޒީލްއަށް ބަލާލުމުން ފަޒީލްދިން ހިނިތުންވުމާއެކު އަހަރެން ލަދުންގޮސް މުޅި މޫނު ރަތްވިއެވެ

އަހަރެމެންގެ ލޯބީގެ ބަހާރު މޫސުން ފެށިގެން ދިޔައެވެ. އެންމެ ފަހު އިމްތިހާން ދުވަސްކޮޅު ކަމުގައި ވިޔަސް ދިގު ފޯން ކޯލްތަކުގައި އަހަރެމެން ރޭނގަޑު ހޭދަ ކުރަމުންދިޔައީމެވެ. އެކަކު އަނެކަކަށް ލޯބީގެ ލަވަޔާއި ޅެންބައިތު ކިޔައިދެމުން ދިޔައީމެވެ. ޅެންބައިތު ކިޔައިދިނުމަކީ ފަޒީލް ވަރަށް ކުރާހިތްވާ ކަމެކެވެ. ބަހާރު މޫސުން އިތުރަށް ފުރިހަމަވުމަށް މަގުފަހިވެގެން ދިޔައީ އަހަރެންގެ މައިންބަފައިން ކޮއްކޮ ޑަކްޓަރަށް ދައްކަން އިންޑިޔާއަށް ދާން ޖެހުމުންނެވެ. ގޭގައި އިތުރު މީހަކު ނެތުމުން އަހަންނަށް ފުރިހަމަ މިނިވަންކަން ލިބުނެވެ. ފަޒީލްއާއެކު ބޭރަށް ދިޔުން އާންމު ކަމަކަށް ވިއެވެ. ބޭރަށް ނުދެވުނު ރެއެއް ވިއްޔާ ފަޒީލް އަހަންނާ ބައްދަލުކުރަން ގެއަށްވެސް އަންނާނެއެވެ. އެހެން ގެއަށް އައިސް ބައްދަލުކޮށް އުޅުމުގެ ތެރޭގައި ފަޒީލް އަހަރެންގެ މޫނާއި ފަޒީލްގެ މޫނު ކައިރިކުރުމަށް ފަހު އަހަރެންގެ ތުންފަތުގައި ބޮސްދިނެވެ. އަހަރެން ވަގުތުން ދުރަށް ޖެހިލީމެވެ. އަދި ނޫނެކޭ ބުނާގޮތަށް ބޯތަޅުވާލީމެވެ. “ލިއު އަހަރެންދެކެ ލޯބި ވަންޏާ ކޮބާ މިކަމުގަ އޮތް މައްސަލަ އަކީ؟ ލޯބި ވަންޏާ އަހަންނަށް މި އުފާވެސް ދޭނެ. ލިއު އަހަރެން ދެކެ ލޯބި ނުވަނީ” ފަޒީލް ހިތުގަޖެހިފައިވާ ރާގަކަށް ބުނެލިއެވެ. އަހަރެން ފަޒީލް ދެކެ ލޯބިވަމެވެ. އެކަން ސާބިތު ކޮށްދިނުމަށް ކޮންމެ ކަމެއް ކުރުމަށްވެސް އަހަރެން ހުރީ ތައްޔާރަށްވެ.

އެ ހާދިސާ ހިނގިތާ މަހެއް ފާއިތުވެގެން ދިޔައިރު މަންމަމެންވެސް އެނބުރި މާލެ އައިސްފިއެވެ. އަހަރެމެންގެ ސްކޫލްވެސް ނިމިއްޖެއެވެ. ސްކޫލް ނިމުމުން ފަޒީލް ބަދަލުވާން ފަށައިފިއެވެ. ފޯންކޯލްތައް މަދުވިއެވެ. ޅެންބައިތު ކިޔައިދިނުން ހުއްޓިއްޖެއެވެ. އަހަންނާ ބައްދަލުކުރާހިތުން ފަޒީލެއް ނޫޅެއެވެ. ފަޒީލަށް ބަދަލުތައް އަންނަމުން ދިޔައިރު އަހަރެންގެ ހަށިގަނޑަށްވެސް ދިޔައީ ބަދަލުތަކެއް އަންނަމުންނެވެ. މިބަދަލުތައް ފާހަގަވުމުން އަހަރެން ހާސްވާންފެށިއެވެ. ދެން ކުރަންވީ ކަމެއްވެސް އަހަންނަށް ނުވިސްނުނެވެ. ފަޒީލަށް ގުޅާ ގުޅާ މިހާރު އަހަރެންގެ އިނގިލިތައްވެސް ވަރުބަލި ވެއްޖެއެވެ. އެންމެ ފަހުން އަހަރެންނާ އެއްކޮށް ދެން އުޅުނު އަންހެން ކުއްޖާކަމަށްވާ އީޝަލްއަށް ގުޅާލީމެވެ. އީޝަލްވެސް ފޯނެއް ނުނަގައެވެ. އުމުރަށްވެސް ރައްޓެހިންގޮތުގައި ވާނަމޭ ކިޔާފަ ދެއްކި ހުރިހާ ވާހަކައެއް ސްކޫލް ނިމުމުން ސްކޫލް ޔުނިފޯމް އުކާލާ ފަދައިން އުކާލަނީހޭ ކިޔާ ކުދިކިޔާލުމަށްފަހު ދެން އަހަރެންނާއެއްކޮށް އުޅުނު ފިރިހެން ކުއްޖާ ކަމަށްވާ ޝިނާހު އަށް ގުޅާލީމެވެ. ފުރަތަމަ ރިންގާއެކު ޝިނާހު ފޯނު ނަގައިފިއެވެ.

” އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން.. އަހަންނާ ބައްދަލުކޮށްލެވިދާމެތަ؟” އަހަރެންގެ އެދުމަށް ވަގުތުން ޝިނާހު އަހަރެންގެ ގެ ކައިރި އަށް އައިސްފިއެވެ. އަހަރެން ޝިނާހުއާއެކު ފުރަތަމަ ދިޔައީ ގެ ކައިރި ބީޗަށެވެ. އަދި ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. ޝިނާހުގެ ފޯނުން ފަޒީލް އަށް ވެސް ގުޅީމެވެ. ފަޒީލް ފޮނު ނެގުމުން ހަމައެކަނި އަހަރެން ގުޅީމަ ނުނަގަނީކަން އަހަންނަށް ވިސްނުނެވެ. ފޮނު ނެގުމަށްފަހު އަހަންނަށް އަނގައިން އެންމެ ލަފުޒެއްވެސް ބޭރުނުކުރެވުނެވެ. އެންމެ ފަހުން ޝިނާހުއަށް ޖެހުނީ ފަޒީލް ކައިރި އެވާހަކަ ބުނާށެވެ. އެއާއެކު ފަޒީލް ދިން ޖަވާބުން އަހަރެންގެ ހިތް ހުއްޓުނު ކަހަލަ އެވެ. “އޭނަ ބަނޑުބޮޑޭ؟ މަގޭ ދަރިއަކަށް؟ ނުވާނެ. މަ އޭނައާއެއްކޮށް ތިކަހަލ ކަމެއް ނުވެސް ކުރަން”.

އޭގެ ދެމަސް ފަހެވެ. އަހަރެންގެ ބަނޑަށް ތިން މަސް ފުރިއްޖެއެވެ. ގޭގެ މީހުން އަހަރެން ފަލަވަނީ ކަމަށް ހީކުރިޔަސް މާލެ ތެރޭގައި އެކި އެކި ވާހަކަ ފެތުރެން ފެށިއެވެ. މިކަމުގައި އަހަންނަށް އެހީތެރިވެދެނީ ޝިނާހު އެކަންޏެވެ. ސިއްރުން ޝިނާހު އަހަރެން ޑަކްޓަރަށް ދައްކަންވެސް ގެންދެއެވެ. އަހަރެންގެ ބަނޑުގައި ވަނީ ފަޒީލްގެ ދަރިއެއް ނޫންކަމަށް އޭނަ ބުނި ދުވަހުގެ ފަހުން އަހަރެން ފަޒީލް އާ ވާހަކަވެސް ނުދައްކަމެވެ. ޝިނާހުގެ އޯގާތެރިކަމުން އަހަރެންގެ އިޚުތިޔާރާ ނުލާ އަހަރެންގެ ހިތް ބަދަލުވާން ފެށިއެވެ. ފަޒީލް ފަތިން ފޫހިވެ ޝިނާހުއަށް ހިތުގައި ޝުޢޫރުތަކެއް އުފެދެން ފަށައިފިއެވެ.

(ނުނިމޭ)

Comments (14)

  1. changed

    disgusting

  2. Hassu

    Salhi ..keep it up

  3. Sanko

    Interesting

  4. Hushma

    Aa style eh ebahuri.. thankolheh zamaanee style eh.. waiting for the next part

  5. Rai

    Varah salhi.. waiting for the next part ..

  6. Khajja

    Rythi but v kuru dhw ekam ves waitin 4 next part next part dhigukollachchey

  7. liu

    omg you used my name!! This is my my first comment ever on esfiya.
    is this going to be a long long story or just 2 3 episodes?

  8. Eenoooo

    V reethi. Interesting. Waiting for nxt part. Dhen faharakun dhigu kohlachey.

  9. Curious

    Wonder whats going to happen next.
    You have the talent keep up the good work 🙂 waiting for the next part hope we ll get to read it soon

  10. me

    Next part kon dhuvahakutha up kuranii

    1. Haikal
      me

      Miadhu kollaanan 🙂

  11. Your#1fan

    Haikooo..i am eagerly waiting for the next part.. When will it be uploaded..

    1. Haikal
      Your#1fan

      Thank you. Will upload today 🙂

  12. Haikal

    Thank you all. This is my first story and hope you all like it.

Comments are closed.