Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަހަރެންގެ ކުށް (ދެވަނަބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
October 19, 2016 5 Mins Read
13 Comments

“މަންމާ ކައިން ގެ ނަންބަރު ލިބިދާނެތަ؟” އަހަރެން ޖެހިލުންވިޔަސް ކުރަން މިއުޅޭ މަސައްކަތް ކުރުމަށް ކައިން ގެ ނަންބަރު ބޭނުންވާތީ ބުނެލީމެވެ. އަހަރެންގެ ނަސީބު ރަނގަޅު ކަމުން އެއްވެސް ސުވާލެއްކުރުމެއްނެތި މަންމަ ވަގުތުން ނަންބަރު ދިނެވެ.މިހިސާބުން މަސައްކަތް ފެށުނީއޭ ހިތަށް އެރުމާއެކު އަހަރެންގެ ގާތަށް ހިނިއައެވެ.

އަހަރެންގެ ޕްލޭން ކާމިޔާބުކުރުމަށް ކުރަންޖެހޭހުރިހާކަމެއް ރާވާ އެރޭވުން ފޮތެއްގައި ‘މިޝަން’ މިހެން ޖަހާލުމަށްފަހު ކައިންގެ ނަންބަރު ފޯނަށް އެޑްކޮށްލީމެވެ. އަދި އަހަރެންގެ އަމިއްލަ ނަމާ، ފޮޓޯ ވައިބާއިން ފޮހެލީމެވެ. ނުދަންނަ މީހަކަށް އަހަރެންމީ ކާކުކަން ނޭންގޭ ގޮތަށްށެވެ.އެއަށް ފަހު ކައިންއަށް ވައިބާރ ކުރަންފެށީމެވެ. ނަސީބު ރަނގަޅުކަމުން އަވަސްކަމާއެކު ޖަވާބުލިބެންފެށިއެވެ.

އަހަރެން: ހެއި 🙂

ކައިން: ކާކު؟ ކިހިނެއް ނަންބަރު ލިބުނީ؟

އަހަރެން: ހޯދީމަ ލިބޭނެ. ބޭނުންވާނީ ހިތްވަރެއް.

ކައިން: ކޮބާ ބޭނުމަކީ؟ ކޯޗެއްބޭނުންވެގެން ތިއުޅެނީ؟

އަހަރެން: ފްރެންޑްޝިޕް.

ކައިން: ވިސްނާނަން.

ކިތަންމެ ކުރުކޮށް އެރޭގެ ވާހަކަ ދިޔަކަމުގައިވިޔަސް އެވަރުން އަހަރެންގެ ހިތް ފުރުނެވެ. އަހަރެން ބޭނުންވީ ކާކުކަން ނޭންގޭގޮތަށް ކައިންއާ އެކުވެރިވެލާށެވެ. އޭރުން މަސައްކަތް ފަސޭހަ ވެގެންދާނެތީއެވެ. ދުވަސްތަށް ފާއިތުވަމުން ދިޔަވަރަކަށް އަހަންނާ ކައިންގެ އެކުވެރިކަން ދިޔައީގާތްވަމުންނެވެ. ނަމަވެސް ކައިންއަށް އަހަންނަކީ ޒެރެން އެއް ނޫނެވެ. މީ ޒައިނާ އެވެ. އަހަރެންނަކީ ދޮގު ހަދާހިތްވާ މީހެއްނޫން ނަމަވެސް ކައިން ކައިރީދޮގު ހެދީ އަހަރެންގެ ޕްލޭންކާމިޔާބު ކުރާށެވެ. ރީއަށް ރީގެ ލޯބިވާ ކައިން ހޯދަދޭށެވެ.

ދެހަފްތާނިމި ހުކުރުދުވަހުގެ ފަތިހުގެފިނި ވައިރޯޅިތަށް ކޮޓަރިއަށް ވަންނަންފެށީވެސް އަހަރެން ހޭލާ އޮއްވައެވެ. ނަމާދުކޮށްލައިގެން ބޭރަށް ނިކުމެލީ އާދައިގެމަތިން މަންމަ އާ ވާހަކަ ދައްކާލާށެވެ. އެހެންދުވަސްތަކާ ޙީލާފަށް މިއަދު މަންމަ ހުރީ އަހަންނަށްވުރެ ކުރިން ނިކުމެ ބެލްކަނީގެއެވެ.”ހެއި..ހާދަ އަވަހަކަށް؟ޒެރެންވެސް މިއައީ ނަމާދުކޮށްލައިން މަންމަ ހޯދަން..އިނގޭތަ ވަރަށް ކޫލް ކަމެއްކުރަން މިއުޅެނީ”މަންމަ އަށް ވާހަކަ ދައްކާނެ ފުރުސަތެއްނުދީ އަހަރެން މިހާރުކުރަމުން އަންނަ މަސައްކަތް މަންމައާ ހިއްސާކުރީމެވެ. މޫނުމަތިން ހައިރާންކަން ފެނިގެން ދިޔަޔަސް މަންމަ ހުރީ ވަރަށް ހަމަޖެހިލައިންނެވެ. އެހެންކަމުން އަހަންނަށްވެސް ޤަބޫލްކުރެވުނީ މިކުރާ ކަންތައް މިކުރެވެނީ ރަނގަޅަށް ކަމަށެވެ.

އެދުވަހު މެންދުރު އަހަރެން ކައިންއާ އަނެއްކާވެސް ވާހަކަ ދައްކާލީމެވެ. ކައިންދެކެ ވަރަށް ލޯބިވާ އަންހެން ކުއްޖަކު އެބަހުރިކަމަށް ބުނުމުން ކައިން އަހަންނަށް ވަގުތުން ގުޅިއެވެ. ނަމަވެސް ފޯނު ކަނޑާލުމަށްފަހު ފަހުން އެކުއްޖާ ދައްކާނެކަމަށް ބުނުމުން ކައިން ކުޑަކޮށް ހަމަޖެހުނެވެ. ނަމަވެސް އެދުވަހުގެ ބާކީބައި އަހަރެން ހޭދަކުރަންޖެހުނީ ވަރަށް ހާލުގައެވެ. އޮންލައިން ވާއިރަށް އެއީ ކާކުތޯ ކުޑަކުއްޖެއްފަދައިން ކައިން އަހަމުން ދިޔައެވެ. އެންމެފަހުން އަހަރެން ވަރުގަދަ މެސެޖެއް ލިޔެލީމެވެ.”ކައިން. ކައިން ދެކެ އެކުއްޖާ ވަރަށް ލޯބިވޭ އޭނަގެ ހުވަފެނުންވެސް ކައިން ފެންނަ ވަރުން ނުވެސްނިދޭ. އޭނަގެ މުޅީ ސިނކުޑީގަ އެނބުރެނީ ތިސޫރަ. ތިނަން. އެއީ ލަދުރަކި މަޑުމައިތިރި، ލޫޅާފަތި، ބުރުސޫރަ ރީތި، ކައިން އާ އެންމެ އެކަށީގެންވާ ގާރލް.ދެން މިވަރުން ފުއްދާލައިން ނިދާ. ގުޑް ނައިޓް” އަހަރެންނަށް ރީ ސިފަކޮށްދެވުނީ ވަރަށް ފިލްމީކޮށެވެ. ނަމަވެސް އެ ފޮނުވާލީމެވެ. އަހަރެން އެކަނި މާ އެކަނި އިނދެ ހީހީ އިނީ ކައިން ރިޕްލައިކުރޭތޯ ބަލާށެވެ. ނަމަވެސް ސީން އެރުވުމަށް ފަހު ރިޕްލައިއެއްނައުމުންވެސް އަހަރެން ހަމަ ހެއީ އެވެ. ހީހީ އިންދާ ރީޝާ ގުޅާލުމުން އެއަށްވުރެ ބޮޑަށް ހެވުނެވެ.

“ޕިސްޕިސްޕިސް. ހެޔޮނުވާނެ އަންހެނާ ކޮންތާކު ތިއުޅެނީ. ހަބަރެއް ވަނީކީ ނޫނ، ދިމާވަނީކީ ނޫން. ކަލޭ ބިޓެއްނެގިކަންވެސް އަންގާލީމަ ދޯއިނގޭނީ!!!”ފޯނުނަގާކަންފަތުގައި ޖަހާލުމާއެކު ކަންފަތް ފަޅައިގެން ނުދިޔައީކިރިޔާއެވެ. ވަރުގަދަ ބާރު އަޑެކެވެ. މަޑުމަޑުން ވެސް ބުނެވޭނޫންހެއްޔެވެ. ވަގުތުން މިރޭ ކައިން ކައިރީ ބުނެވުން ވާހަކަ ހަނދާންވިއެވެ. ޕަކަޕަކަ ލާފައި އަހަންނަށް ހެވުނެވެ. އަނެކާވެސް ކަންފަތުގެ ތޫރިފެޅޭ ވަރަށް ރީ ވާހަކަ ދެއްކިއެވެ.”އޭ…އަދިވެސް ހެނީތަ؟ މިހާރު ދެން އަހަރުން ބޭނުން ނުވާނެދޯ..އެކަމަކު އަންގާލިނަމަ މަށެއް ނުގުޅީމުސް! އަހަރެން ޒެރެން ދޫކޮށްލާފަ ގޮއްސިއްޔާ ހަމަ ތިހެން ހޭނީތަ؟…ހުރެ ހީހީ..ބާއްވަނީ!!!!!!!!”ރީ ފޯނު ބޭއްވިއިރުވެސް ހިނިގަނޑު ކޮންޓްރޯލް ނުވެއެވެ. އެރޭ ނިދަންއޮތް އިރުވެސް އިރު އިރު ކޮޅާ ހެވެއެވެ.

ހޮނިހިރު ދުވަހަކީ އާއްމުކޮށް އޮފީސް އޮންނަ ދުވަހެކެވެ. އެހެންކަމުން ތެދުވެ ފެންވަރާލައިގެން އޮފީހަށްދާން ތައްޔާރުވެލީމެވެ. ލޯގަނޑު  ކުރިމަތީ ހުރެ ރަނގަޅަށް ބަލާލީ ރީތިތޯއެވެ. ރަސްމީދުވަހެއް ނޫންކަމުން އަހަރެން ލީ މަޑުފެހި ކުލައިގެ ހަވީރީ ހެދުމެކެވެ. އަތްކެނޑި ހެދުމުގެ މަތިން ހުދު ލޭސް ޖަކެޓެއްލައިން އަވަހަށް ނިކުތީ ގަޑިޖެހެން ބޭނުންނުވާތީ އެވެ. ހުދު ހީލް އަށް އަރާލުމަށް ފަހު އަވަސް އަވަހަށް އޮފީހަށް ދިޔައީމެވެ. އަހަރެން ހައިރާންވެ އަންތަރީސްވީ ކައިން އޮފީސް ކުރިމަތިން ފެނުމުންނެވެ. ފެންނަކަމަށް ނުހަދާ އަވަސް އަވަހަށް އަހަރެން ގޮސް ވަނީމެވެ. އާއްމުކޮށް ހޮނިހިރު ދުވަހަކީ މާ ބުރަ ދުވަހެއްނޫން ކަމުން މިއަދުވެސް ދޭއް ޖެހިއިރު ނިމިއްޖެއެވެ. އަމީނީ މަގުންގޮސް ބާރގާ ޕޮއިންޓާ ހިސާބުން އަނެއްކާ މިއަދުވެސް ކައިން ފަހަތުން އަންނަން ފަށައިފިއެވެ. ނަމަވެސް މިއަދު އޭނާއާ ވާހަކަ ދައްކާލަން ނިންމީމެވެ. “ހެއި ކައިން. ކައިން އަހަންނަށް ފާރަލަނީތަ؟ މިހެން މިއެހީ މިއަދު ހެނދުނުވެސް ދެކުނިން. އެކަމް ހިޔެއްނުކުރަން ނިމެންދެން އިންނާނެކަމަކަށް.”އަހަރެން ބޭނުންވީ ކައިން ރަކި ކޮށްލާށެވެ. ދެން ޅިއަންބެއަށް ވާންއުޅޭއިރު މިކަހަލަ ސަމާސާ ކޮށްލިޔަސް މައްސަލައަކަށް ނުވާނެތާއެވެ.”ފާރަ ލަނީކީނޫން ފާރަލެވެނީ. ދެން މިހާރު ޒެރް އަށްއިނގުނީމަ ކޮންމެހެން ދޮގު ހަދާނެކަމެއްނެއްތާ..ޒެރް ކިޔަސް އޯކޭ ދޯ؟” ކައިންގެ އެޖަވާބުން އަހަރެން ސިހިގެން ދިޔަނަމަވެސް އެކަން މޫނުމަތިން ނުދައްކާ ހިނގުން އަވަސްކޮށްލީމެވެ. ނަސީބަކުން ވަކިހިސާބަކުން ކައިން ވެސް ފޯނެއްއައުމުން އަނެއްކޮޅަށްދާން ހިނގައިގަތެވެ.

އެރޭ ނިދަން އޮތްއިރުވެސް ކައިންބުނި ވާހަކަ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. ރީ ބުނިހެން އަނެއްކާ ކައިން އަހަރެންދެކެ ލޯބި ވަނީ ހެއްޔެވެ؟ ނޫނެކެވެ. ލޯބިވާނަމަ އެގޮތަކަށް އެހެނެއްނުބުނާނެ ނޫންހެއްޔެވެ. ތަފާތު ސުވާލުތައް ސިކުނޑި ހާސް ކުރަމުން ދިޔައެވެ. އެއްމެފަހުން އަހަރެންގެ ޕްލޭން ބަދަލްކޮށްލަން ނިންމީމެވެ. އަދިހަމަ އެވަގުތު އޮންލައިން ވުމަށްފަހު މެސެޖެއްލިޔެލީމެވެ.”ކައިން. އަހަންނަށް މާފުކުރޭ. އަސްލު ކައިން ދެކެ ލޯބިވެގެން އުޅުނީ އިތުރު އެހެން ކުއްޖެއްނޫން އަހަރެން. މިވާހަކަ ބުނަން ފަސްޖެހެވުނީ. އެކަމު ދެން އިތުރަށް ފޮރުވާކަށް ބޭނުމެއްނޫން. އަހަރެން ކައިން ދެކެ ވަރަށް ލޯބިވޭ…ވަރަށް ވަރަށް ބޮޑަށް. އިރާދުކުރެއްވިއްޔާ އަހަރެން ވަރަށް އަވަހަށް ކައިންއާ ބައްދަލު ކުރާނަން. ހަމަޔަޤީނުން ވެސް އަހަރެންގެ މިމޫނަކީ ކައިން ނުދަންނަ މޫނެއް ނޫން. އަހަރެން މިހާރު އަހަރެންގެ އެންމެގާތް އެކުވެރިޔާ އާވެސް މިވާހަކަ ހިއްސާ ކޮށްފިން. އެވެސް ކައިން ނުދަންނަ މޫނަކަށް ނުވާނެ. އޭނަގެވެސް އެދުމުގެ މަތިން އަސްލު އަހަރެން ކައިން ގާތު ތެދު މިހާމަ ކުރަނީ…އަދި އަހަރެން ކައިންއަށް ދޮގު ހަދަން ބޭނުންނު ވާތީއާއި، އަހަރެން ހަމައަސްލުވެސް ކައިންދެކެ ވަރަށްބޮޑަށް ލޯބިވާތީ. ޕްލީޒް…ރުޅި ނާންނާތި..ވެގެންވަންޏާ މާފު ކޮށްދީ. މިއަންނަ ހުކުރު ދުވަހު ހަވީރު ހަތަރެއްޖަހާއިރު ތިންރުއްޕާކު ކައިރިޔަށް އައުން އެދެން…..އިންތިޒާރު ކުރާނަން.”

މެސެޖު ލިޔުމަށްފަހު ދެތިން ފަހަރު ކިޔާލިމެވެ. ރީއަށް ވެގެން ލޯބި ހުށަހެޅުމަށް ފަހު އެންމެފަހުން ބައްދަލުކުރަންވެސް އެދުނީ މިކަންތައް އިތުރަށް ދިގު ދަންމައިފިނަމަ އެދެވޭ ނަތީޖާއެއް ނުފެނި އޮޅުންބޮޅުން ގަނޑެއްގެތެރޭ ތާށިވާންޖެހިދާނެތީއެވެ. ރަނގަޅަށް އަދިވެސް އެއްފަހަރު ކިޔާލުމަށް ފަހު ‘ސެންޑް’ ފިތަށް ފިތާލީމެވެ. އަދި ރީއަށްވެސް ހުކުރު ދުވަހު ހަވީރު ބައްދަލު ކޮށްލަން ތިންރުއްޕާކަށް ދާންވާނޫން ހޭ ކިޔާ ގަޑިއަކަށް ތިންގަޑީބައި ކިޔުމަށް ފަހު މެސެޖެއް ފޮނުވާލީމެވެ. އެރޭ ނިދުންއިރު މެންދަމުން އަލިވެ ދޭއްޖަހާ ބޮޑުވާނެކަން ޔަޤީނެވެ.

އާދީއްތަ ދުވަހު އޮފީހަށް ދިޔައިރު އެންމެންތަށް އުޅެނީ އޮފީސްތެރެ ރީތިކޮށެވެ. އަހަރެން ވެސް މަސައްކަތުގައި ބައިވެރިވަމުން އަހަރެމެން ގެ ސެކްޝަންގައި މަސައްކަތް ކުރާ ލަޔާ ކާރިއަށްޖެހިލުމަށްފަހު މީކޮންކަމެއްތޯ އަހާލީމެވެ.” ނޭންގޭތަ؟ އަހަރުމެން ސެކްޝަންގެ މެނޭޖާރގެ ދަރި ޖޮއިން ކުރަނީ އަހަރެމެންނާ…ކޫލް އެއްނު؟!!!..އެހާ މޮޅަށް ކިޔަވާފަވެސް މިތަނަށް އެވަނީ.މަ ނަމަ ފިސާރި ބޮށުމުސާރަލިބޭ މަތީ މަޤާމަކަށް ކުރިމަތި ލާނީ.” ލަޔާގެ ވާހަކަތަކުން ހިނިއައި ނަމަވެސް ލަޔާ ވެސް އެބުނީ ތެދެއްނޫންހެއްޔެވެ؟

ނުވައެއްޖެހީރު ހުރިހާ މަސައްކަތެއް ކޮށް ނިމިއްޖެއެވެ. ކުޑަވަރެއްގެ ސައެއް ތައްޔާރު ކޮށްފައިވާއިރު އަހަރެމެންގެ މުޅި ޑިޕާރޓްމެންޓް ޒީނަތްތެރި ކޮށްފައިވަނީ ވަރަށް އާފައިގެ އެހެނަސް ވަރަށް ފުރިހަމަޔަށެވެ. ޑިޕާރޓްމެންޓް އެންމެނަށް ސައިގައިބިވެރި ވުމަށް ދައުވަތު އަރުވާފައިވެއެވެ. އެންމެންގެ މަސައްކަތަށް ކުޑަވަރެއްގެ ބަދަލެއް ގެނަސްފައިވާއިރު އަހަރެންގެ މަސަކަތްމުޅިންވަނީ ބަދަލު ކޮށްލާފައެވެ. މިއަދުގެ ފަހުން އަހަންނަކީ ވިޒާންގެ ޕާރސަނަލް އެސިސްޓަންޓެވެ.

ހަތާނުނިމިގެން އުޅެނިކޮށް މިއޮއްޖެހުނީދެން ކިހާބޮޑު ކަމެއްހެއްޔެވެ؟ ރީއަށް ރީފެ ލޯބި ހޯދައިނުދެވި އުޅެނިކޮށް އަނެއްކާ މިޖެހުނީ އަލަށްދިމާވާ ނުވެސްދަންނަ މީހެއްގެ ހުރިހާ ކަމެއް ބަލައިދޭށެވެ. މިހާރުވެސް މިހަފްތާ ނުނިމިގެން އުޅެނިކޮށް މިއޮއްޖެހުނު މަސައްކަތަކުން ރުޅިވެސް އައެވެ. ކިހާވަރަކުން ކަންކަން ދާނެބާވައޭހިތަށް އެރިއެވެ. ނަމަވެސް ވަޒީފައިގައި ގޮތްކިޔާނީ މަތީފަރާތުންކަމަށް ވާތީ ބުނިގޮތެއްހަދާލައިން މަޑުން ހުރީއެވެ. ވައިބާރ އިން އޮންއިން ވެލީ އަދި ވިޒާން އަންނާނީ ފަސްމިނެޓު ފަހުންކަމަށް އޮފީހުން އެނގީމައެވެ. އޭރު ރީގެ މެސެޖަކާ ކައިންގެ މެސެޖެއް އިނެވެ. ފުރަތަމަ އަހަރެން ބަލާލީ ރީ ގެ މެސެގެވެ. އޭގައިވަނީ ހުކުރު ދުވަހަށް އިންތިޒާރު ކުރާ ވާހަކައެވެ. އުފާވިލެއް ބޮޑުކަމުން އަތްޖަހާ ލެވުނެވެ. އޮފީސް ކަންވެސް ހަނދާންވީ މާފަހުންނެވެ.ވަށއިގެން މީހަކު ފެންނަން ނެތުމުން ހިތަހަމަ ޖެހުނެވެ. ދެންހުޅުވާލީ ކައިންގެ މެސެޖެވެ. އޭގައިވަނީ އޭނާވެސް އެދުވަހަށް އިނތިޒާރު ކުރާވާހަކައެވެ. އުފަލުން ޔެސް އޭކިޔާ ހަޅޭއްލަވައިގަތް ވަގުތަކީ ވިޒާން އަހަރެންގެ ކުރިމައްޗަށް އެރި ވަގުތެވެ. ދެލޯ ތަންމިނަށްހުޅުވައިގެން ހުރެ ބީރައްޓެހި ގޮތަކަށްބަލަން ހުރުމުން އަހަރެން ލަދުން އިސްޖަހާލީމެވެ.”ބައްޕަ ބުނީ މިތާ އަހަރެންގެ ޕީއޭ ހުންނާނެއޭ. އާޔޫ ޒެރެން؟؟!!!” އެޖާދުވީ އަޑުން އެސުވާލްކޮށްލުމުން ބަސްހުއްޓިފައި އަހަންނަށް ހުރެވުނީ އެވެ.  އަދި ސިއްރު ސިއްރުން އެފިރިހެން ވަންތަ ހަށިގަނޑަށް ބަލާލީމެވެ. ބައިމަތި ފުޅާ އެހަށިގަނޑާ އޭނާގެ ދިގު އިސްކޮޅު ވަރަށް ގުޅެއެވެ. ހަމުގެ ކުލަ އަލި، އެފުރިހަމަ ޒުވާނާޔާ އެނާ ލައިފައިވާ ކަޅުގަމީސް ވަރަށް ގުޅެއެވެ.އަނެއްކާވެސް އަހަރެން ސިއްސުވާލީ އެޖާދުވީ އަޑެވެ.”ހެއި….”ލޯ ކުރިމަތީ ގައި އޭނާގެ އަތް ހިންގާލުމުން އިސްއުފުލާ ބަލާލީމެވެ. އެވަގުތު ހިތުގެ ހިނގުން ކުރިޔަށްވުރެ އަވަސް ވިކަން ފާހަގަ ކުރެވުނެވެ. ކަޅުކަންގަދަ އެކަޅިޔަށް ބަލަން ނުކެރިގެން އަހަރެން އިސްޖަހާލުމަށްފަހު ވާހަކަ ދެއްކީމެވެ.

“ސޮރީ …ޔާ އެންޑް އައި އެމް ޒެރެން، ޔުއަރ ޕީއޭ. ވިޝްޔޫއަ ވެރީ ގުޑް މޯނިން. ޓީ އިޒް ރެޑީ އަޕް ސްޓެއާޒް..ޕްލީޒް ކަމް. އެވްރީވަންސް ވެއިޓިންގް.” “އޯމައިގޯޑް ތިހާ ފޯމަލް ނުވެބަލަ. އަހަންނަކީ ދެން މާ އުމުރުންވެސް ބޮޑުމީހެއްނޫނޭ. އައިއެމް 20 . އެހެން ނޫނަސް އަހަރެން އާވެފް ފްރެންޑެއް ނެތީމައޭ އަސަލު ޕީއޭއެއް ހަމަޖައްސާށޭ ބުނީވެސް.” ލިފްޓަށް އެރުމާއެކު ވިޒާން ބުނެލިއެވެ. އަހަރެން ކިޔައިފައި ވާހަކަދެއްކުމުން ކުޑަވަރެއްގެ ހައިރާންކަމެއް ލިބުނު ނަމަވެސް ރައްދުގައި ހިތުންވެލީމެވެ. ދާދި ގާތުގައި ވިޒާން ހުރުމުން  އަހަރެންގެ ހިތްބާރުބާރަށް ތެޅެމުން ދިޔައެވެ. އެހެންކަމުން އިސްޖަހާލައިގެން މަޑުކޮށްލައިގެން ހުރީ އެންމެން ތިބިހިސާބަށް ދެވެންދެނެވެ. ހަމައެވަގުތު ހިތަށްއެރިޔެވެ. މިހަފްތާ ދާނީ ކިހިނެއްބާވައެވެ؟

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

ކާމިޔާބު އަންހެނާ 3

Next

ކާމިޔާބު އަންހެނާ 04

Next
October 20, 2016

ކާމިޔާބު އަންހެނާ 04

Previews
October 19, 2016

ކާމިޔާބު އަންހެނާ 3

13 Comments!

  1. Same says:
    October 19, 2016 at 8:04 pm

    Main page in vaahakaige nan nufennaathy v undhagoovey..

    1. Different says:
      October 19, 2016 at 8:35 pm

      Assuvx dhw

  2. aika says:
    October 20, 2016 at 2:04 am

    V udhagooo

  3. Khajja says:
    October 20, 2016 at 2:07 am

    Yes v ehenkahalagothenhen hyvany asluves v undhagoo n stry v rythi v obi

  4. Munchkin ? says:
    October 20, 2016 at 10:36 am

    Hey?
    Varah rythi mi part vx?
    Upload soon☺
    Waiting waiting?

  5. imagination says:
    October 20, 2016 at 4:41 pm

    Thankxx allll ❤❤❤ yeah some problems were there…hope all is well noww..n as long as i get ur lovely comments i will write..btw..dhen innani one last part where hurihaakameh bust vefa nimey part hehehe…in sha allah Sunday..❤❤❤❤❤

  6. mush says:
    October 20, 2016 at 7:24 pm

    varah reethi

    1. imagination says:
      October 20, 2016 at 9:10 pm

      thank u mush <3

  7. Shaaii says:
    October 24, 2016 at 3:30 pm

    kobaatha myge 3 vana bai… haaadha laheyyyyyy

    1. imagination says:
      October 24, 2016 at 8:08 pm

      sorry shaiii….test v ma aslu miulheni ekam insha allah maadhan up kohdheynan once again vvvvv bodah sorry
      vegen vanyaa mirey ves up kohdheynan

  8. Shaaii says:
    October 25, 2016 at 3:19 pm

    hmm.. Ehenyaa kiyeveythoa balaa ihah.. ekan baahvaafa

    1. imagination says:
      October 25, 2016 at 6:33 pm

      thankx shaii <3 i m trying my best…miadhu test ga liyun story test nimuni ma upp kohlaanan ingey hehehe <3

  9. aishooooo........ says:
    November 23, 2016 at 10:02 am

    Varah salhi hama obi…..
    Waiting for next part………

Comments are closed.

Next Episodeއަހަރެންގެ ކުށް (ތިންވަނަ ބައި)←


All Right Reserved!