Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ލިންކު ރޯޑު

Rozy Level 210 Stories
October 14, 2016 5 Mins Read
3 Comments

މުސައްނިފާ ރޯޒީ ޝަރީފް

13/10/2016

ލިންކުރޯޑަކީ އައްޑުގެ ވަށައިގެން ލެވިފައިވާ ތާރަ މަގެވެ. މަޝްހޫރުގޮތުންނަމަ ލިންކުރޯޑެވެ. އެމަގު ހެދުނުފަހުން ކިތަންމެ މަރެއްގެ އަސްލަކީ އެމަގު ކަމުގައިވަނީވެފައެވެ. އެހެނަސް އެއީ ރަށަށް އަރާ ބީރައްޓެހިންނާ އާންމުން ފިނިކުރަންށާ މަޖާ ކުރަން ރޭސްޖަހަން އޮންނަ މަގު ކަމުގައިވަނީ ވެނިމިފައެވެ. ވަކިހިސާބަކުންފެށިގެން އެމަގުންދާނަމަ ހެލްމެޓްއަޅަން ޖެހެއެވެ އެހެނަސް ބައެއްމީހުން މިކަންވެސް ކުރަނީސިފައިންނަށްދައްކާ ކަމެއްގެ ގޮތުގައިއެވެ. ސޭފްޓީއަކަށް ވިސްނާފައެއްނޫނެވެ. ގިނަފަހަރު މީހުން ނިޔާވަނީ އެކްސިޑެންޓުގައި ވެއްޓި ބޯފަޅައިގެންދިޔުމުގެ ސަބަބުންނެވެ. ހެލްމެޓް އެޅުމުން ބޮލަށްލިބޭ ގެއްލުން ކުޑަކަމަށް އޮންނަނީ އަންގާފައެވެ. އެހެނަސް މިކަން ވިސްނާ މީހުން އައްޑޫގައި ވަރަށް މަދެވެ. ގިނަ ދުއްވާ އެއްޗިހީގެ ސަބަބުން މަގުމަތީގެ ޗާޓް ގެއްލިފައިވާ ކަހަލައެވެ. އެކިމީހުން ސައިކަލާއި ކާރު ދުއްވަނީ ހިތަށް އެރާ ބާރު މިނެއްގައެވެ. ދުރުންދާ އަންހެންކުދިންނަށް ތުއި ދެއްކުމަށެވެ. މާލެއަށް ނުވާތީ މާގިނަ ވަންވޭއެއްނެތީމާ ހިތު ހުރިގޮތަށް ދުއްވަނީއެވެ. ވިއްސާރައިގެ ކުލަވަރު ދައްކާލަފަވެއެވެ ނަގާފައި އޮތް ކަޅުކުލަގަދަ ވިލާގަނޑު އޮތުމުން ހީވަނީ ދެންމެ ދެންމެ ވާރޭގެ ތޫފާންނެއްް އޮއްސާލާފާނެހެންނެވެ.އެންމެން މާބާރަށް މިދުއްވަނީ އެމީހެއްގެ މަންޒިލަށް އަވަހަށް ދެވޭތޯއެވެ. އެެހެނަސް އެއީ ނުރައްކަލެއްގެ ސިގުނަލް ދޯއެވެ.

ގެޔާ ހަމަޔަށް ދެވޭނެ އެއްވެސް ޔަގީންކަމެއްނެތި ސީމާ އައްޑޫ ހައިސުކޫލުންގެޔަށްދާން ނިކުތެވެ. އެއްވެސް ޓެކްސީއެއް އަތް ހުރާހޫރާ މަޑެއްނުުކުރިއެވެ. އެންމެ މީހަކު އިނަސް ކޮންމެ ޓެކްސީއެއްދަނީ ފުލް އޭ ބުނަމުންނެވެ.

މިވަރަށް މަގުމަތި ހަލަބޮލިވި އަނެއް ސަބަބަކީ ސުކޫލުން ކުދިން ނިމިގެން ނިކުތްގަޑިވީމައެވެ. ޝަރަފުއްދީނު ސުކޫލް އާއި އައްޑޫ ހައިސުކޫލް ހުންނަނީ އެއްމަގެއްގަވީމާ ގިނަ ވެހިކަލް ތަކެއް ސުކޫލުން ކުދިން ބަލާ އައިސްފަ ތިބއެވެ. އެވަގުތު ހިނގުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަސީބަކުން ވިޝަންޓެކްސީގެ ކާރެއް މަޑުދުވެއްޔެގަ އައިސް އަހަރެން ކާރިޔަށް ހުއްޓާލިއެވެ. އަހަރެން ގެޔަށްދިޔައީ އެކާރުގައެވެ. އާއެކެވެ ތިހިވީ ހަމަ ރަނގަޅަށެވެ. އަހަރެންނަކީ ސީމާ އެވެ. މިވާހަކަ މިލިޔަނީ ހަމަ އަހަރެން އަތުންނެވެ.

އަހަރެންގެ މާމަ ބޭނުންވީ އާއިލީގެޔަކަށް ދާންށެވެ.މާމަގެ އަތުގައި ހިފައިގެން ބޮޑުމަގުގެ އެއްފަޅިން އަނެއްފަޅިޔަށް ހުރަސް ކުރަމުން ދިޔައީމެވެ.މުސްކުޅި މާމަ ގެ އަތުގައި ހިފައިގެން މަގު ހުރަސް ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. މާމަޔަށް ހިނގެނީ ވަރަށް މަޑުންނެވެ. ކުޑަކުއްޖަކު އަލަށް ހިނގާންފަށާއިރު އިރު ހުންނަ މަޑު ހިގުން މާމަގެ ހިނގުމުގައި މިހާރު ވެއެވެ.

ބާރު ދުވެލީގައި އައި ދެސައިކަލް ފެނުނެވެ. އެސައިކަލް ދުއްވަންތިބީ މިހާރުގެ އެންމެ ހަލަބޮލު ކުދިންނެވެ. ހަޅޭއްލަވަމުން އަޑުގަދަ ކުރަމުން އައިކުދިންނެވެ. ކުއްލިއަކަށް ފެނުނީ މާދުރަށް މާމަ ވިއްސައިގެން ދިޔަތަނެވެ. އެހެންސައިކަލްތަކާ ކާރުތަކުގެ ސައިލާބެއް އައިފަދައެވެ. ކޮންމެ ވެހިކަލެއްވެސް މަޑުޖައްސާލަން މަސައްކަތް ކުރާތަން ފެނުނެވެ. އެކަމަކު ކޮންމެ ވެހިކަލަކާއެކު އަޑުފަތްގަޑާއި މަގުމަތީ ތަރުތީބު އޮޅި މީހުންގެ ބައި ބޯވާތަންފެނެއެވެ. ކަމަކާ ނުލާ ވިކީއްތޯ ބަލަން އައި މީހުން ގިނައެވެ. އިސާހިތަކު މަގުމަތީގައި އޮތީ ލޭގެ ކޯރަކުން ފުރިބާރުވެފައެވެ. ހޭލަ މޭލައަށް މީހުންތައް ދުވެފައިއައިސް އަހަރެމެން ވަށާލިއެވެ. އަހަރެންނަށް ތަންތަން ފެންނަން ފެށީ ވަރަށް ފުސްކޮށެވެ.މާމަގެ އަތުގައިވާ އަހަރެންގެ ދަބަސް އޮތީ ކޮންތާކު ކަމެއް ނޭގެއެވެ.އައިޑީ ކާރޑު ފަހަރެއްގަ އޭގަ ވެދާނެއެވެ. އެކަމަކު ޔަގީނެއް ނޫނެވެ. އޭތި ނެތީއްޔާ މީހުންނަށް އަހަރެމެން މީ ކޮންބައެއް ކަމެއްވެސް ނޭނގޭނެއެވެ. އަބަދުވެސް އައިކާޑު ހިފައިގެން މަގަށް ނިކުންނަންވީއެހެންވެއެވެ. މަގާވީ ފަރާތުގެ އޮތް އަހަރެންގެ އަތުންވެސް ހޯސްލާފަ ލޭފައިބަމުން ދިޔަކަން އަހަރެންނަށް އެނގެއެވެ. އަހަރެންނަށް ވާތަދައްވުރެ މާމަގެ މަތިން އަހަރެން ވިސްނަމުން ދިޔައީމެވެ. އެންބިޔުލަންސުގެ ސައިރަން އަޑާއެކު އެހީގެ އަތްތަކެއް އަހަރެމެން ނަގާ އެންބިޔުލަންސަށް ލިއެވެ.ސ. ރީޖަނަލް ހޮސްޕިޓަލްގެ ޕޯޓިކޯއަށް އާދެވުނީ ކިތައް މިނެޓުން ކަމެއްް އަހަރެންނަށް ނޭނގުނެވެ. ގައިމުވެސް މާގިނަ އިރެއް ނުވެއެވެ. އެޓެންްޑުންގެ މަސައްކަތް ހަލުވެފައި ހީވާގިއެވެ. އެހާ އޯގާތެރިއެވެ. އައްޑޫ މީހުންނަކީ އެކަހަލަ ބައެކެވެ. މީހަކަށް ކަމެއް ދިމާވެގެން ގޮއްސިޔާ ދެން ނުލާހިކު އޯގާތެރި ކޮށް ކަންތަށް ކޮށްދޭނެއެވެ. އެނދަށް ލުމާއެކު އެމެޖެންސީ ބަޔަށް ގެނައެވެ. ނަރުހުން ދުވެ ދުވެފަ އަހަރެމެންނަށް ފަރުވާ ދެމުން ގެންދިޔައެވެ. ނުލާހިކު ލޯބިންނެވެ. ޑޮކްޓަރުންގެ ހަރަކާތްހުރިގޮތުން ކަންތަށް މާސީރިޔަސް ކަން އެނގުނެވެ. ހިނދުކޮޅަކުން ފެނުނީ ބައްޕަ އައިސް އިމަޖެންސީ ދޮރުންއެތެރެއަށްވަދެ ވާހަކަ ދައްކަން ފެށިތަނެވެ، މަގުމަތީން ފެނުނު މީހުންގެ ފަރާތުން ޚަބަރު ލިބިގެން ބޭބެޔާއި މަންމަވެސް ހޮސްޕިޓަލަށް އައެވެ. މާމަ ސިފްޓު ކުރީ އައިސީޔޫއަށެވެ. ސައިކަލް ދުއްވި ދެކުދިންވެސް ވެއްދީ އައިސީޔޫ އަށެވެ. މީހުން ރޯއަޑާއި ވާހަކަ ދައްކާ އަޑުން އިމަޖެންސީ ވޯޑުހަލަނބޮލި ވެފައިވެއެވެ.މާމަގެ ބޮލުން ފަޅައިގެންދިޔަތަނުން ލޭމަނާނުވިއެވެ. ނޭފަތުންވެސް ހޯސްލާފަ ލޭއަންނަމުން ދިޔައެވެ. އެންމެފަހުން ބައްޕަގެ ހުއްދަޔާއެކު މާމަވެއްދީ ސިޓީ ސުކޭންރޫމަށެވެ. ސިޓީ ސުކޭންއިން އެނގުނީ ސިކުނޑީގެ ލޭހޮޅިތައް ފަޅައިގެންދިޔުމުގެ ސަބަބުން ލޭމަނާވާނީ އޮޕަރޭޝަން ކޮށްގެން ކަމެވެ. ވީއެންމެ އަވަސް ފުރުސަތެއްގަ މާމަ މާލެގެންދަންޖެހެއެވެ. ބައްޕަ ބަލާލީ ކުކުރާލަ ކުކުރާލަ އޮތް އަހަރެންނަށެވެ.ބައްޕަ ބޭބެޔާއަރާހަމަކޮށްފަ ވާހަކަ ދައްކަންފެށިއެވެެ.”ފައިސާގެ ކަންތައް ހަމަޖައްސާ. އަހަރެމެންނަކީ އަތުގަ ނަގުދު ފައިސާ ގެންގުޅޭ މީހުންނެއްނޫން.މިއީ އަހަރެމެންގެ އުނިކަން އެހީއެއް ދޭނެފަދަ މީހަކާ ދިމާލަށް ދާންވީ، މިހާރުވެސް. ޑޮކްޓަރުގެ ލިޔުން އޮތީއްޔާ ހަމަ ސަރުކާރުންވެސް އެހީވެދެއްވާނެ”

މުސްކުޅިވެގެން، ބައްޕަގެ ވަޒީފާ ގެއްލުނު ފަހުން އަހަރެމެންގެ މުޅިއާއިލާގެ ކަންތައް ބަލަހަށްޓަނީ ބޭބެގެ އެކަނި ހިތްވަރާ މަސައްކަތުންނެވެ. އެއްޗެއް ފައިސާފޮއްޗެއް ދިއްކޮށްލާނޭ އާއިލާ މީހަކު ނުވެއެވެ. އެމީހުންގެ އަތުގައިވެސް ނުހުންނަނީއެވެ. އެމީހުންގެ އެއްވެސް ހަބަރެއް ނުވާތާ މިއީ މަދު ދުވަހެއް ނޫނެވެ. އަހަރެންވެސް ސުކޫލް ނިމުނު ގޮތަށް ހުންނަނީ ގޭގައެވެ. ވަޒީފާ ނެތިފައެވެ.

މަންމަ ހީވަނީ ރޮއި ރޮއި ހަލާކުވެދާނެ ހެންނެވެ. އެއްފަހަރު އަހަރެންކާރިޔަށް އަނެއްފަހަރު ހަބަރު ހުސްވެފައިވާ މާމަ ކާރިޔަށް ދުވެ ދުވެ ހުއްޓެވެ.ރަސްމީ ހުރިހާލިޔެކިޔުން ހިފައިގެން ހުރިހާ ގެޔަކަށް ބޭބެ ދިޔައެވެ.އަހަރެމެންނަށްޓަކައި މިއަދު އަހަރެންގެ ލޮބުވެތި ބޭބެ ސަލާންޖަހަނީއެވެ. ކޮންމެ ގެޔަކަށް ގޮސްލާފަ ބޭބެ އަންނަނީ ހޮސްޕިޓަލަށް އަހަރެންކާރިޔަށެވެ. ރޮއިރޮއިފަ ދިމާވި މާޔޫސީގެ ވާހަކަ ހިއްސާ ކުރެއެވެ. އެއްވެސް އެހީއެއް ނުލިބުނު ވާހަކައެވެ. އަހަރެންގެ ހާލަތު ކުޑަކޮށް ރަނގަޅުވިއެވެ. ބޭބެ މާމަކާރިޔަށް މާލެދިޔައެވެ. އަހަރެން ރަށުގަ މަޑުކުރީއެވެ. ބޭބެ އެހީ ހޯދަން ގެންގުޅުނު ފޮތް އަހަރެންނަށް  ފެނުނެވެ. ހޮސްޕިޓަލުން ގެއަށް އައިދުވަހު އެވެ. އެފޮތުގައިވާ ފުރަތަމަ ގެއަށް އަހަރެން ދިޔައީމެވެ

އެއީ ހައިބަތު ބޮޑު ގެއެކެވެ. ރަންކުލައިގެ ގޭޓް ކާރީ ސެކިޔުރިޓީއެއް ޔުނިފޯމްގެ ތާއްޔާ ޖެހި ޖެހި އިނެވެ. ފިިޒާއެކެއް ދޭއް ކިޔާގޮސް އޭނާގެ ފިހާރަތަށް ރަށުގެ ބޮޑު އެއްމަގު ހުސްކޮށް ހުރެއެވެ. ހަމަ އެހެންމެ އޭނާގެ މިގެޔަކީ ވެސް ރަށު މީހުންގެ މެދުގައި ވަރަށް މަޝްހޫރު ގެޔެކެވެ. އެގޭގެ މުޅި ފާރުވަނީ ރަންކުލައިގެ މާބުލް އިން ޒީނަތްތެރި ކޮށްފައެވެ. ރަންކުލައިގެ  ދަޅައަޅާވަރުން ލޮލަށް ނުކުޅަދާނައެވެ. އަހަރެން ދޮރުމަތީ ހުރެފަ ކަރުކެހިލީމެވެ. ސެކިޔުރިޓީ މީހާ އަހަރެންގެ ފައިންފެށިގެން ބޮލާހަމަޔަށް ބެލުމަށްފަހު އަހަރެން އެތެރެޔަށް ވަންނަން ހުއްދަ ނުދިނެވެ. އެއީ އަހަރެން ލާފަ ހުރި ހެދުމުން ކަމަށް ވެދާނެއެވެ. އޭނާ ފަހުން އަންނާށޭ ބުނީމާ އަހަރެން ގޮސް އިށީނީ އެގޭގެ ކުރިމަތީ ހުރި މިސްކިތުގެ ދާރަމަތީ ގައެވެ، އެހެން އިށީދެގެންއިންދާ ތަފާތު ފެންވަރުގެ މީހުން އެގެޔަށް ވަދެފަ ނިކުންނާތީ ފެނެއެވެ.އަހަރެން މާޔޫސް ނުވަމެވެ. އެންމެފަހުން ސެކިޔުރިޓީ މީހާ އަހަރެން އެތެރެއަށް ވަންނަން ގޮވިއެވެ. އެއިރު އަހަރެން އެތާއިންނަތާވެސް ހަގަޑިއިރުވީއެވެ.ﷲއަށް ޝުކުރު އަދާކުރުމަށްފަހު އަހަރެން އޭނާ އިށީންނަންހުއްދަ ދިން ތަނުގަ އިށީނީމެވެ. އެކަހަަލަ ހައިބަތު ހުރި ސިޓިންރޫމެއް މިއީ އަހަރެންގެ ހަޔާތުންވެސް ފެނުނު ފުރަތަމަ ފަހަރެވެ. މިވެނި އެއްޗެއްމަދޭ ބުނާނެ އެއްވެސް އެއްޗެއް އެތަނުގަ ނެތްކަހަލައެވެ. އަހަރެން އިނީ އެތަނަށް ވަދެވުނު މޮޔަ ހީވެފައެވެ. އަހަރެން ސިއްސައިގެން ދިޔައީ ބޭބެގެ ފޯންކޯލުގެ އަޑުންނެވެ. ފޯނު ސައިލެންޓަށް ލުމަށްފަހު ދަބަސް ތެރެޔަށް ލީމެވެ. އަހަރެން އެތާ އިންނަތާވެސް ދެގަޑިއިރު ވީއެވެ. އަހަރެން ސެކިޔުރިޓީ މީހާ ކާރީ ޝަކުވާ ކުރީމެވެ. މާޔޫސް ހާލުގައެވެ. އެމީހާ އެތަނުގަ ހުރި ދޮރުގައި ޓަކިޖަހާލިއެވެ. ކުއްލިޔަކަށް ހައިބަތު ބޮޑު އިސްކޮޅުންދިގު ރޫފަ ރަނގަޅު މީހަކު ބޯދިއްކޮށްލިއެވެ.

“އިރުއިރުކޮޅާ އައިސް މަށަށް ކޮންއުނދަގުލެއް ކަލޭ ތިކުރަނީ”

އޭނާގެ ގެ ކިތަންމެ ރީއްޗަކަސް އޭނާގެ ބަހުރުވަ ރީއްޗެއްނޫނެވެ. އޭނާ ހަޅޭއްލަވައިގަތުމާއެކު ސެކިޔުރިޓީ އަހަރެން ދައްކާލިއެވެ. ވަރަށް ގިނަ އިރުވަންދެން އިންތިޒާރު ކުރި ވާހަކަ ބުންޏެވެ.

“ބޮސް މިއީ ވަރަށް ނިކަމެތި ކުއްޖެއް އިރުތަކެއްވެއްޖެ ބޮސް އާއި ބައްދަލު ކޮށްލަންއައިސް ހުންނަނީ ހެދުނުއްސުރެ”

“މަބުނެގެންތަ އޭނާއައީ، މަށަކީ ނިކަމެތިންގެ ކަލާންގެތަ؟ކޮންމެ މީހަކު ހުސްއަތާ މަގޭކާރިޔަށް އަންނަނީ، ބަލަ މިއީ މަވެސް ދާއޮހޮރުވައިގެން މަސައްކަތްކޮށްގެން ހޯދި ލާރިންނޭ މަ މިއަދު މިއުޅެނީ މީހަކު ދިން ޒައްރެއްގެ މިންވަރުވެސް މަށަކަށް ނޯންނާނެ، އެކަމަކު މަވީ ބިންމަތީ ކަކޫ ޖަހާފަ މިމީހުންނަށް މިފައިސާ ބަހަން. މަހުސްވީމާ މިމީހުންމަށަށް ދޭނެބާ؟”

ހިލްމީގެ ރުޅިވެރިބަސްތަކުން ފޫއެޅިގެން ދިޔައީ ހަމައެކަނި އަހަރެންގެ ހިތެއް ނޫނެވެ. މާޔޫސްކަމުން ފުރިގެންވާ ބެލުމަކުން އަހަރެން އޭނާއާއި ދިމާލަށް ބަލާލީމެވެ. އަދިވެސް އަހަރެންގެ ބޮލުގައި އަޅާފައިވާ ބެންޑޭޖް ހުންނާނެއެވެ. އޭނާއަށް ހަމަ ރަނގަޅަށް ފެންނާނެއެވެ.

“ބުނޭ މިގޭދޮށުން ދާށޭ މަގޭއަތަކުނެތް މީނަޔަށް ދޭނެ އެއްޗެއް ސަރުކާރުން ލާރި ހޯދާށޭ ބުނޭ”

އޭނާގެ އެވިހަގަދަ ބަސްތަކުން އަހަރެންގެ ހިތުގައި އޭނާއާމެދު މިއޮތްހާދުވަހު ލިޔެވިފައިވާ ޤަދަރު ހީނަރު ވެގެންދިޔައެވެ. ބުނާނެ ކިތަންމެ އެއްޗެއް ހިތަށް އެރިއެވެ.އެހެނަސް ދުލާހަމަޔަށް ގެންނަހާ އަހަރެން ކުޅަދާނައެއްނޫނެވެ. އެންމެ ފަހުވަގުތު އަހަރެން އަތުގައޮތް ސިޓީ އޭނާއާއި ދިމާލަށް ދިއްކޮށްލީމެވެ އަދި މޫނުބުރުގާ ކަޝްފު ކޮށްލީމެވެ. އެވަގުތު ކުރިމަތިން ފެނުނު ޅަބާޅަ ޒުވާން ކުއްޖާއަށް އެއްޗިހިގޮވުނީތީ އޭނާ ދެރަވީ ކަމުގައި އަހަރެން ހީކުރީމެވެ.

“މިކީއްކުރާއެއްޗެއް ސެކިޔުރިޓީ ކަލޭ ދޭ އޭނާ ބަހަށްޓާފަ. މިކަންތައް މިރޭ އެކަނިވެސް ކޮށްލެވިދާނެ އާދޭ އެތެރެއަށް ސޮރީ ހަޅޭއްލެވުނީތީ”

އޭނާގެ ވަހުޝީ ކަން އަހަރެންނަށް ވިސްނުނެވެ. އަހަރެން އައީ ސަލާން ޖަހާށެވެ. އެއްގޮތަކަށްވެސް ހަށިގަނޑުން ވިޔަފާރި ކުރާކަށް ނޫނެވެ.

“އަޅުގަނޑު ގެ މާމަ އޮތީ އައިޖީ އެމް އެޗްގަ ޕުލީސް ހެލްޕެއް…….” ކަރުނަޔާއެކު އަހަރެންގެ އަޑުބެދުނެވެ. އޭނާ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަހަރެންނާ ދިމާލަށް އަޅަމުން އައެވެ. އަހަރެންނަށް ހަނދާނަށް އައީ ފިރުއައުނު ހާޖިރުގެފާނާ ދިމާލަށް ދިޔަ ދުވަހުގެ ހަދާނެވެ. މުހައްމަދު ރަސޫލުﷲ ބަލާއިރު އަބަދު އެބައި އާދޭމެއެވެ. އެހެންވެ އެކަންތަށް އޮންނަނީ ހިތުގަ ބިންވަޅު ނެގިފައެވެ.

“ނޫނޭ، އަހަރެން ތިގޮތަށް އެއްޗެއް ބޭނުމެއްނޫން، ސަލާޖެހުމަކީ ހިތްދަތި ކަމެއް، ހިލްމީ ދޭން ބޭނުން ނޫންއެއްޗެއް ގަދަކަމަކުން ބޭނުމެއް ނޫން، ކަލެއަށް މުއްސަނދިކަން ދެއްވި ކަލާންގެ އަހަރެން އިމްތިހާނު ކުރުމަށްޓަކައި މިދުވަސްވެސް އަހަރެންނަށް ދެއްކެވީ، އަހަރެންނަކީ ނިކަމެތި ދެރަމީހެއް އެކަމަކު އިއްފަތްތެރި އަންހެނެއް ﷲ އަށް ބިރުވެތި ވަންޏާ އަހަރެންނާ ދުރުގަ ހުރޭ”

ސިޓީ އަނެއްކާވެސް ދަބަހަށް ލާ މޫނުބުރުގާ ރަނގަޅު ކުރަމުން އަހަރެން އެގެއިން ނިކުތީ ރޮމުންނެވެ. މޫނު ބުރުގާ ހުރުމުން އެއްވެސް މީހަކަށް އަހަރެން ރޯތަނެއް ނުފެންނާނެއެވެ. މިއީވެސް ނަސީބެކޭ އަހަރެން ހިތަށް އެރިއެވެ.

އޭރު ބޭބެ އަހަރެންނަށް އެތައްފަހަރަކު ގުޅާފަ އޮތެވެ. އަހަރެން ވަގުތުން ގުޅީމެވެ. ބޭބެގެ ކަންބޮޑުވެފައިވާ ކަރުނަވީއަޑު އިވިފަ އަހަރެންގެ ހިތްތެޅެންފެށިއެވެ. އަހަރެމެން ދެބެންވަނީ އެކަކު އަނެކަކަށްޓަކައި ތަފާތު ހަރުފަތްތައް ގިރާކޮށްފަ އެތައް ޤުރުބާނީއެއްވެފައެވެ. އެހެންވެ އަހަރެންގެ ފޯނު އޮފްވީމާ ބޭބެޔަށް އުނދަގޫވާނެއެވެ. ކޮންމެ ކަމެއް ބޭބެ އަހަރެންނާ ހިއްސާކުރާނެއެވެ. ދެދުނިޔޭގަވެސް މަންމަ ފިޔަވާ އަހަރެންނަށް އެންމެ މުހިންމު މީހަކީ ބޭބެ އެވެ. ކުރުގޮތަކަށް ހިލްމީ ކަންތަށް ކުރިގޮތް އަހަރެންބޭބެޔަށް ރޮމުން ކިޔާދިނީމެވެ.

“ހިތްވަރު ކުރޭ” ބޭބެގެ އަޑު އައީ މާދުރުންނެވެ. މާމަގެ ހާލަތަށްވުރެ ހިލްމީގެ ބަސްތަކުގެ ވިހަކަން ގަދަހެން އަހަރެންށް ހީވިއެވެ.

“ސީމާގެ ބަދަލުގައި އަހަންނަށް ދެވުނުނަމަ އެއްފަހަރުން އޭނާގެ އަނގަ ބަންދު ކުރީމުސް” ބޭބެ ބުނެލިއެވެ.

މާބޮޑު ފަރުވާއެއްނުލިބި އުޅެނިކޮށް މާމަ ނިޔާވީއެވެ. ވަރަށް ހިތްދަތިވިއެވެ.ހިލްމީގެ ރަހުމެއްނެތް ބަސްތައް ހީވަނީ އަހަރެންގެ ކަންފަތުގައި ގުގުމާހެންނެވެ. ހިތުގެ އަޑިން އޭނަޔަށް އެތައްް ބަދު ދުޢާތައް ކުރެވުނެވެ. މާމަޔާ އެކު އެކްސިޑެންޓުވި ސައިކަލް ދުއްވަންއިންކުއްޖާވެސް ނިޔާވީއެވެ. މާމަނިޔާވި ހަބަރު އިވުމާއެކު މަންމަ ހާރޓް އެޓޭކެއްޖެހި މަންމަވެސް ނިޔާވީއެވެ. މަންމަގެ ހަށިގަނޑުގައި ހިފައިގެން އަހަރެންނަށް ރޮވުނު ވަރެއް ބުނެދޭކަށް ނޭނގެއެވެ. ބޭބެ އައިސް އަހަރެން މަންމަގެ ހަށިގަޑާއި ވަކި ކުރިއެވެ. މަންމަޔަކީ ހިތުގެ ބަލިމީހެއްކަން އެނގި މަންމަކާރީމާމަ ނިޔާވި ވާހަކަ ނުބުނެ ހުއްޓާ ގެޔަށް އައިމީހަކު މަންމަ ކާރީ އެވާހަކަ ބުނުމުން މަންމަ ބަލިވެ ހޮސްޕިޓަލަށް ގެންދިޔަތަނާ މަންމަ ނިޔާވީއެވެ. މުޅިގޭތެރެ ހީވަނީ ފަޅުކިއްލާއެއްހެންނެވެ. ގޭގެ ތަފާތު ދިމަދިމާގައި ބޭބެޔާ އަަހަރެންނާ ބައްޕަ ރޯލަ ރޯލާ ތިބެމެވެ.

މަންމަ އާއި މާމަ ނެތުމުގެ ފަޅުކަން މުޅިގެޔަށް ވަނީ ވެރިވެފައެވެ.މަންމަ އާއި މާމަ އަކީ މުޅިގޭގެ ދިރުމެވެ. ގޭގެ ނޫރެވެ. އަހަރެމެންގޭގެ ނޫރު ނިވުނީއެވެ. މިހާރު ހަމައެކަނި ހުރީ ބޭބެއެވެ. ބައްޕަ މާލެދިޔަގޮތަށް ރަށަށް އަންނާކަށް ބޭނުމެއްނޫނެވެ. ހިތްދަތި ވާތީއެވެ. އެެންމެ ފަހުން ބައްޕަ އުތުރު ރަށަކުން މީހަކު ހޯދައިގެން އިނދެގެން ދިޔައީ ރަށަށް އަލްވަދާއު ކިޔާފައެވެ. ދުވަހަކުވެސް ނައަންނަ ގޮަތަށެވެ. ގޭގައި އެކަނި ވެރިވީ އަހަރެންނާ އަހަރެންގެ ބޭބެ އެެވެ

މެންދުރު އަހަރެން ޓީ.ވީ ހުޅުވާލީ ޙަބަރު ބަލާށެވެ. އެވަގުތު އައިޙަބަރުން އަހަރެންނަށް ހިނިތުންވެވުނެވެ. އައްޑޫގެ ބޮޑު ވިޔަފާރި ވެރިޔާގެ ހިލްމީގެ ގުދަނުގައި އަލިފާންހިފީއެވެ އޭނާގެ އެންމެ ބޮޑު ފިހާރަ ބުޓިކްގެ ހުރިހާ މުދާ ހަލާކުވެ ދިޔައީއެވެ. ގުދަން ހުންނަނީ ބުޓިކް ޖެހިގެން ކަމަށް ވުމުން ގުދަނުގައިހިނގި އަލިފާނުގެ އަސަރު ބުޓިކަށް ކުރާނެނޫންތޯއެވެ. ފަށް ފަށްކޮށް ޓީ.ވީ އެމްއިން އެފޮޓޯތައް ދައްކަމުންދިޔައެވެ. ފޫހި ކަމެއް ނެތި އަހަރެން އެނިޔުސް ބެލީމެވެ. އައްޑޫ ލައިވް ގައާއި އައްޑޫ އޮންލައިން ނޫހުގަ އެވާހަކަ މާދިގު ކޮށް ލިޔެފަ ހުއްޓެވެ. ފޮޓޯ އާއި އެކުގައެވެ. މިއަދު މީހަކަށް އޭނާއަށް ކޮށްދެވޭނެ ކަމެއްނެތެވެ.

ފައިސާ ދެއްވަނީވެސް ﷲ އެވެ. އެފައިސާ ގެންދަީވެސް ﷲ އެވެ. މިކަމުން ތިބި މީހުން އިބުރަތް ހާސިލް  ކުރަންޖެހޭނެެއެވެ.އިބުރަތް ހާސިލް  ކުރަންޖެހޭނެެއެވެ.އުފާނުވިޔަސް އަހަރެން ހިނިތުން ވެލީމެވެ.

މިއީ 8 ޖޫން 2015 އައްޑޫ އޮންލައިން ނޫހުގަ އަޅުގަނޑު ލިޔުނު ވާހަކައެއް ބައެއް ކުދިންގެ އެދުމަށް މި ސައިޓްގަ ހިމަނާލީ 🙂

ނިމުނީ

Share Article

Follow Me Written By

Rozy

Level 210 Stories

“A SIMPLE ACT OF CARING CREATES AN ENDLESS RIPPLE” Rozy

Other Articles

Previous

މިހިތުގެ ފަސާނާ 6

Next

ހިތާ ފުރާނައިެ ދިރުމޭ (5)

Next
October 14, 2016

ހިތާ ފުރާނައިެ ދިރުމޭ (5)

Previews
October 14, 2016

މިހިތުގެ ފަސާނާ 6

3 Comments!

  1. shaai says:
    October 14, 2016 at 5:28 am

    maasha allah. v iburaitheri vaahakaeh.
    gina ginain milahala vaahaka upload kohdheeba.

  2. Maasha says:
    October 17, 2016 at 10:42 pm

    Aslu vx addu myhun v thui dhehkeyne.. emyhun haa foni baeh mi raajjeyga ney..

    1. Rozy says:
      October 18, 2016 at 12:22 am

      Maasha Addu mihuna nubehi madun hure 🙂 still Biledhoo mihun ha foni nuvane Addu mihun ingey Moosa karin aha okey

Comments are closed.



All Right Reserved!