Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތަށް ލޯބިދޭށޭ… 1

Ishu Level 1
October 12, 2016 2 Mins Read
26 Comments

“ރިޝްމީ..ރިޝް” ހިޔާލަކަށް ގެއްލިފައި އިން ރިޝްމީ ސިހުނީ ދޮރުގައި މީހަކު ޓަކި ތެޅުމުންނެވެ. އަވަސް އަވަހަށް އަތުގެ ނުފުށުން ލޯ ފުހެލުމަށްފަހު ދޮރު ހުޅުވާލިއެވެ.

 

“ސާބަހޭ ކަމަނާފުޅަށް..އަބަދުވެސް ކޮޓަރިކޮޅުގަ ދޯ..ފޫއްސެއް ވެސް ނުވޭތަ..؟ ކޮޓަރިތެރެއަށް ވަންނަމުން ރިޝްމީގެ އެންމެ ގާތް އެކުވެރިޔާ ސާރާ އަހާލިއެވެ. ކޮޓަރިއަށް ނަޒަރު ހިންގާލުމަށްފަހު ސާރާ ވަރަށް ރަނގަޅަށް ރިޝްމީއަށް ބަލާލިއެވެ.

“މިއަދުވެސް ރުއީ ދޯ އަނެއްކާ..؟ އެކަމަކު ރިޝް..ކީއްވެތަ އަބަދު އެކަމާ ތިވިސްނަނީ..ޕްލީޒް މޫވް އޮން ކޮށްބަލަ..” ސާރާ ހުރީ ހިތްހަމަ ނުޖެހިފައެވެ. އެންމެ ގާތް އެކުވެރިޔާ ހިތާމަކޮށް ރޮއެ ހެދުމަކީ އެއްގޮތަކަށްވެސް ސާރާ ހިތްހަމަޖެހޭ ކަމެއް ނޫނެވެ.

 

“ސާރާ ތިހެން ބުނާއިރުވެސް އެނގޭ ދޯ މަށަށް އެކަމެއް ނުވާނެކަން..މަވެސް ހާދަ ޓްރައި ކުރަމޭ މޫވް އޮން ކުރެވޭތޯ..އިޓް އިޒް ނޮޓް ދެޓް އީޒީ ސާރާ” ރިޝްމީ އަށް ރޮވޭގޮތްވިއެވެ.

ރިޝްމީ ގަބޫލުކުރާ ގޮތުގައި މިއަދު އޭނާއަކީ ބޭކާރުވެފައިވާ އަންހެން ކުއްޖެކެވެ. ލޯބިން މަޙްރޫމްވެފައިވާ އިންސާނެކެވެ. ހަގީގަތުގައިވެސް ރިޝްމީގެ ހިތް ވަނީ ކުދި ކުދި ވެފައެވެ. ހިތާމަކޮށްކޮށް އެފަކީރުގެ މޭ ވަނީ ފާރުވެފައެވެ. ރޮއެ ރައެ އެދެލޯ ވަނީ ރަތްވެފައެވެ.

 

“ރިޝްމީ..ޕްލީޒް.. އަހަރެން ވަރަށް ދެރަވޭ ރިޝް އަބަދު ތިގޮތަށް ރޯތީ..ތަންކޮޅެއް ސްޓްރޯންގް ވެބަލަ.. ހިނގާބަލަ މަށާއެކީގަ ރަސްފަންނަށް ހިނގާލަން ދާން.. އޭރުން ކޮންމެވެސް ވަރެއްގެ ލުޔެއް ތިހިތަށް ލިބިދާނެ..ދޭ ފްރެޝް ވެލަން.. އިނގޭ..” ސާރާ ބޭނުންވީ ރިޝްމީ ގޮވައިގެން ހިނގާލަން ދާށެވެ. ރިޝްމީ ދާނެކަމުގެ ޔަގީން ކަމެއް ނެތެވެ. ނަމަވެސް ސާރާ އެހާ ލޯބިން ބުނީމަ ރިޝްމީއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ.

 

އަރާމު ނިންޖަކުން ނިދާލާފައި އޮތް އަޒާންއަށް ހޭލެވުނީ ފޯނު ރިންގްވުމުންނެވެ. ކަންނެތް ގޮތަކަށް މޯޅިއަށް ދެމިލިއެވެ. ލޯ އުނގުޅަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.

“އޭ ބްރޯ..ކޮންތާކު…އާދެބަލަ މާބްލް ހޮޓެލްއަށް ކޮފީއަކަށް.. ރިއްޕެ ވެސް އެބައިނޭ..” އެކޮޅުން ވާހަކަ ދެއްކީ ނާޝިދުއެވެ. ނާޝިދަކީ އަޒާންއާ އެއް އޮފީހެއްގައި މަސައްކަތްކުރާ މީހެކެވެ. ރިފާއުއަކީ ނާޝިދުއާ ދެބެންގެ ދެދަރި ކުއްޖެކެވެ. މި ތިން މީހުންނަކީ ވަރަށް އެއްކޮށް އުޅޭ ގާތް ތިންމީހުންނެވެ.

 

“ދެންމެއޭ ހޭލެވުނީ..މިދަނީ ރެޑީ ވެލައިގެން..10 މިނެޓްސް އިނގޭ މޭން..އޯކޭ..” އަޒާން ފޯނު ކަނޑާލުމަށްފަހު އެނދުން ތެދުވިއެވެ.

 

ރިޝްމީ އާއި ސާރާ މަޑުކޮށްލައިގެން ތިބީ ރަސްފަންނުގައި ހުންނަ ހަޓެއްގައެވެ. އެތާނގައި ތިބި ދެތިން ފިރިހެން ކުއްޖެއްގެ ނަޒަރު ގޮސް ހުއްޓިފައިވަނީ ރިޝްމީ އަށެވެ. ވިލު ނޫކުލައިގެ އަތްދިގު މީހެއްގައި ރިޝްމީ ފެންނަލެއް ނުހަނު ރީއްޗެވެ. އެއްވެސް މޭކަޕަކާނުލައި ހުރި އިރުވެސް ފިރިހެން ކުދިންގެ ހިތްތައް ކަތިލާ ވަރުވެއެވެ. ކޮނޑާ ހަމައަށް އަރާ އެފަންފަން އިސްތަށިކޮޅު ވަނީ ވޫލުކޮޅަކުން އައްސާލެވިފައެވެ.

 

އޭރު އެތާނގައި ދުވެ ސަކަރާތްޖަހާ ކުޑަކުދިންގެ އަދަދު މަދެއް ނޫނެވެ. މާހައުލަށް ވެރިވެފައިވަނީ ހަލަބޮލިކަމެވެ. ސާރާ ހުރީ ކުޑަކުދިން އުޅޭ ގޮތް ފެނި މަޖާވެފައެވެ. ބައެއް ކުދިން ގައިގައި ވެލި އުނގުޅަމުންދާއިރު އެހެން ކުދިން މަޖާވެފައި ފީކޮއެ ކުޅެނީއެވެ. ދޭތެރެއަކުން އެކުދިންނަށް ބަލާލާފައި ރިޝްމީވެސް ހީލައެވެ.

 

“ރިޝް..ހާދަ މަޑުންނޭ ތިހުންނަނީ..ކިހެއްނެވީ..ގެއަށް ދާންވީތަ..؟ ރިޝްމީ މާގަޔާވެފައި ހުރިހެން ހީނުވާތީ ސާރާ ސުވާލުކޮށްލިއެވެ.

“ކަމެއް ނުވޭ..މީހުން މާވަރަކަށް ބަލާތީ އުނދަގޫވެފަ..” ރިޝްމީ ހުރީ ގެއަށް ދާން ބޭނުންވެފައިކަން އޭނަގެ ވާހަކައިން އެނގެއެވެ.

“ކޮންމެ ތާކަށް ދިޔަސް މީހުން ބަލާނެ..އަމުދުން ރިޝްމެން ކަހަލަ ރީތި ކުދިންނަށް..ތީ ހަމަ ރީތި ހުސްކޮށްގެން ހުރި ޕަރީއެއް” ސާރާ ސަމާސާކޮށްލިއެވެ. ނަމަވެސް ރިޝްމީ އަކަށް އެސަމާސާ ކަމަކު ނުދިޔައެވެ.

“އަހަރެންގެ ރީތި ކަމަކީ އަހަރެންގެ ބަދު ނަސީބު..ރީއްޗަކީ އެއްވެސް އެއްޗެއް ނޫން..” ރިޝްމީ ހިތްހަމަނުޖެހިފައި ހުރުމުން ސާރާ ދެރަވިއެވެ.

“އެއީ އެހެން ބުނި އެއްޗެއް ނޫން..ހިނގާ ގެއަށް ދާން..ރިޝްގެ މާމަ ހުންނާނެ ލަސްވެފަ ދޯ..” ސާރާ ހިނގައިގަންނަމުން ބުނެލިއެވެ.

 

ކޮފީ ނިންމާލުމަށްފަހު މާބްލް ހޮޓްލް ކައިރީ މަޑުކޮށްލައިގެން ހުރި އަޒާން އެއްލި ކަޅިއަކުން ފެނުނު މަންޒަރުން ދެލޯ ބޮޑުވިއެވެ. މިއީ ހަމަ ހަގީގަތެއްބާއޭ ހިތާހިތާ ކިޔާލެވުނެވެ. އެހާ ދުވަސްފަހުން ފެނުމުން ގަބޫލުކުރަންވެސް ދަތިވިއެވެ. އެއީ ހަމަ އެ އަންހެންކުއްޖާއެވެ. އެއް އިރެއްގައި އަޒާންގެ ހަޔާތަށް އައި އަންހެންކުއްޖާއެވެ. އެދުވަހެކޭ އެއްގޮތަށް މިއަދުވެސް އެރީތި ކަމަކަށް ބަދަލެއް ނާދެއެވެ.

 

“އޭއި..ކިހިނެއްވެފަ ތިހުރީ..ކޯއްޗެއް ފެނިގެން އަނގަ ތަންމިނަށް ހުޅުވައިގެން..ފަތްމިންޏެއް ފެނުނީތަ..؟” ރިފާއު ލާނެއްގޮތަކަށް މަލާމަތްކޮށްލިއެވެ. ނާޝިދުވެސް މަގަށް ނަޒަރު ހިންގާލިއެވެ. ފެނުނު މަންޒަރުން އޭނަގެވެސް ދެލޯ ބޮޑުވިއެވެ.

“އަނގަވެސް ހުޅުވޭނެ..ސޮނިވެސް ވެއްޓޭނެ..ލޮލުގެ ކަޅިވެސް ވެއްޓޭނެ.. ރިއްޕެ ކަލެއަކަށް ނުފެނޭތަ އަޒާން އެއްއިރެއްގަ ގެންގުޅުނު ވަތުކިބައެއް..” ނާޝިދު މިހެން ބުނުމުން ރިފާއުވެސް އެކި އެކި ދިމާއަށް ކަޅި އުކައިގަތެވެ.

 

Share Article

Follow Me Written By

Ishu

Level 1

Other Articles

Previous

މިހިތުގެ ފަސާނާ 5

Next

ލޯބިވަން ޔާރާ އޭ 15

Next
October 12, 2016

ލޯބިވަން ޔާރާ އޭ 15

Previews
October 12, 2016

މިހިތުގެ ފަސާނާ 5

26 Comments!

  1. Faathee says:
    October 12, 2016 at 10:18 pm

    Reethi vaane hen heevanee. Ummeedhu kuran baraabarah up kuraane kama

    1. Ishu says:
      October 14, 2016 at 3:23 pm

      Thankyou Faathee 🙂
      Vaahaka nimendhen genesdheynan.. In Sha Allah

  2. naaj says:
    October 12, 2016 at 10:25 pm

    maa kury.. vr salhi1

    1. Ishu says:
      October 14, 2016 at 3:24 pm

      Thankyou Naaj.. 🙂
      Next part will be little bit longer than this part..

  3. secrets says:
    October 12, 2016 at 10:27 pm

    Wow… feshun vara salhi

    1. Ishu says:
      October 14, 2016 at 3:24 pm

      Thankyou 🙂

  4. Zaa says:
    October 12, 2016 at 11:07 pm

    V shalhi but haadha kurey vaahaka

    1. Ishu says:
      October 14, 2016 at 3:25 pm

      Thankyou Zaa.. 🙂
      Dhen genesdhey part dhigukohlaanan..

  5. Aishoo says:
    October 13, 2016 at 11:13 am

    Haadha kurey.. Bt v salhi vaane hen heevany

    1. Ishu says:
      October 14, 2016 at 3:26 pm

      Thankyou 🙂
      Keep reading.. 😀

  6. maryy says:
    October 13, 2016 at 12:42 pm

    feshun v salhi

    1. Ishu says:
      October 14, 2016 at 3:26 pm

      Thankyou Maryy 🙂

  7. Shaa says:
    October 13, 2016 at 4:15 pm

    hehe varah salhi feshun.. up kohdhehchey ingey nimendhn.. ?

    1. Ishu says:
      October 14, 2016 at 3:27 pm

      Thankyou Shaa.. 🙂
      Yeah In Sha Allah

  8. Ndmsjsnfn says:
    October 13, 2016 at 7:28 pm

    Alhey.. Masha Allah haadha reechey?? unmeedhu kuran gavaidhun up koh dheyne kamah? AND up kuraa dhuvas thah liyuan therinnah angaalaafa beyvvumakee alhuganduge vrh bodu edhumeh?

    1. Ishu says:
      October 14, 2016 at 3:29 pm

      Thankyou so much 🙂 🙂
      Upload kohdheyne dhuvasthakeh ehen bunaakah neyngeyne. but gina dhuvas nukoh upload kohdheynan In Sha Allah..

  9. Khajja says:
    October 13, 2016 at 7:33 pm

    Feshun v rythi hope kuran nimendhen stry up koh dheyne kamahn miavvuredhigukolladheyne kamah keep it up

    1. Ishu says:
      October 14, 2016 at 3:31 pm

      Thankyou 🙂
      Yeah nimedhen genesdheynan ingey.. In Sha Allah
      Keep reading 😀

  10. shaai says:
    October 13, 2016 at 7:40 pm

    haadha kurey……?????
    but v kihyaahihve eba. avahah upload kuraanan dhw

    1. Ishu says:
      October 14, 2016 at 3:32 pm

      Thankyou 🙂
      kiyaalaa hithun hureethy mirey upload kohladhevey tho try kuraanan.. 🙂

  11. ageeiu says:
    October 14, 2016 at 12:37 am

    Nice but thankolheh koru

    1. Ishu says:
      October 14, 2016 at 3:33 pm

      Thankyou 🙂

  12. rish says:
    October 14, 2016 at 3:19 pm

    reethi feshumei.. kuri ah oi parts vex reethi vaane kamah hope kuran…

    1. Ishu says:
      October 14, 2016 at 3:33 pm

      Thankyou Rish.. 🙂

  13. cindrella says:
    October 24, 2016 at 10:17 pm

    Next part up vaani kon irakun. V reethi vaane hen heevey

  14. Sham says:
    September 12, 2019 at 10:31 am

    Thanks for using rishmyname… Varah Reethi feshun

Comments are closed.



All Right Reserved!