Skip to content
އެސްފިޔަ

ދުލަކުން ހުވާ….

ބާރު ދުވެލީގައި ކަނޑުގެ ލޮނުގަނޑު ކަފަމުން މ.މަޑުއްވަރިއާ ދިމާލަށް މިސްރާބު ޖަހާފައިވާ ލޯންޗުގެ ފަސިންޖަރުންގެ ތެރޭގައި އަހަރެންވެސް އިނީމެވެ. ލޯންޗު ރަށާ ކައިރިވީވީހެން އަހަރެންގެ ހިތުގެ ތެޅުން ދިޔައީ އަވަސް ވަމުންނެވެ. އެހެން ނުވާނޭ ގޮތެއް ވެސް ނެތެވެ. ނުވައަހަރަށް ފަހު އަމިއްލަ ވަޒަނަށް އަނބުރާ އާދެވޭތީ އަހަރެންގެ ހިތް ދިޔައީ އުފަލުން ފޮޅެމުންނެވެ. ރަށަށް އާދެވުމާއެކު މަންމައާއި އާއިލާޔާ އެތަށް ދުވަހަކަށް ފަހު ބައްދަލުވުމުން އަހަރެންނަށް ކުރެވިގެން ދިޔައީ ތަފާތު އިހުސާސެކެވެ.

ގުރޭޑު10 ރަށުން ނިންމުމަށް ފަހު އަހަރެން މާލެ ދިޔައީ ހުރިހާ މާއްދާ އަކުންވެސް ފާސްވެފައި ވާތީ އިތުރަށް ކިޔެވުމުގެ ބޭނުމުގައެވެ.5 އަހަރުތެރޭގައި ޑިގްރީ ފެންވަރަށް ކިޔެވުމަށް ފަހު ތާޖުއްދީން ސުކޫލުގެދިވެހި ޓީޗަރެއްގެ ވަޒީފާގައި އަހަރެން ފާއިތުވި ހަތަރު އަހަރު ހޭދަ ކުރީމެވެ. މުޅި ސުކޫލުގެ ހުރިހާ ދަރިވަރުން ހެން އަހަންނަށް އިހުތިރާމު ކުރެއެވެ. ހުރިހާ ދަރިވަރުން ވެސް އިންތިހާޔަށް އަހަރެން ދެކެ ލޯބިވާކަން އަހަންނަށް އެކުދިންގެ ވާހަކަ ތަކުން އެނގެ އެވެ. އަހަރެން ވެސް އަހަރެންގެ ދަރިވަރުން ދެކެ އިންތިހާޔަށް ލޯބިވަމެވެ.

އެއްދުވަހެކެވެ. އަހަރެން ސުކޫލަށް ދިއުމުން އަހަންނަށް އިނގުނީ އަހަންނަށް ޕްރޮމޯޝަން ލިބުނު ކަމެވެ. ޑެޕިއުޓީ ޕްރިންސިޕަލް އެއްގެ ވަޒީފާ އަހަންނަށް ލިބުމުން އަހަރެންގެ ހިތް އުފަލުން ތެޅިގަތެވެ. އަދި އެންމެ ބޮޑަށް އުފާވީ އަހަރެން ވަޒީފާ އަދާކުރުމަށް ހަމަޖެހިފައި ވަނީ އަހަރެންގެ އަމިއްލަ ރަށް ކަމުގައިވާ މަޑުއްވަރީގައިކަން އެނގުމުންނެވެ. އަހަރެން ކިޔަވާދިން ދަރިވަރުން ދޫކޮށްލާފައި ދާންޖެހޭތީ ދެރަވިކަމުގައިވީ ނަމަވެސް ރަށުންވެސް އެފަދަ ބަސްއަހާ ރަނގަޅު ދަރިވަރުން ތަކެއް ފެންނާނެ ކަމުގެ އުންމީދުގައި އަހަރެން ރަށަށް އައީމެވެ.

ވަޒީފާއަށް ނުކުންނަންޖެހޭ ފުރަތަމަދުވަސްކަމުން އަހަރެން ވަރަށް ބޮޑަށް ތައްޔާރު ވެލީމެވެ. ކަޅުކުލައިގެ ކަކުލަށްވުރެ ތިރިއަށްދާ ވަރުގެ ގަމީހަކާއި ކަޅުކުލައިގެ ސްކިނީ ޖިންސެއްލައިގެން ލޯގަނޑު ކުރިމަތީގައި ފަރިބަލަން އަހަރެން ހުރީމެވެ. އުމުރުން 26 އަހަރު ވިއެއްކަމަކު ރީތިވުމަށް ހުންނަ ޝައުގުވެރިކަމަކަށް ބަދަލެއް ނާދެއެވެ.

“ނިހާ މެޑަމް! ދިސް އިސް ޔުރ ކެބިން.” ޕްރިންސިޕަލް ގެ އޮފީސް ހުޅުވާލުމަށްފަހު ދޮރާއި އެންމެ ކައިރީގައި ހުރި ކެބިން ދައްކާލަމުންު ސުކޫލުގައި މަސައްކަތް ކުރާ އިންޑިއާގެ މުއައްޒަފަކު ބުނެލިއެވެ. “ދެއަރ އިޒް ޕްރިންސިޕަލް ސާރޒް ކެބިން.” އަަހަރެން ގެ ކެބިންއާ ތަންކޮޅެއް ދުރުގައި ހުރި ކެބިންދައްކާލަމުން އޭނާ އެހެން ބުނެފައި ނިކުމެގެން ދިއުމުން އަހަރެން ފުރަތަމަ ދުވަހުގެ މަސައްކަތް ފެށުމަށްޓަކައި ތައްޔާރު ވެލީމެވެ.

އިރުކޮޅެއްފަހެވެ. ލެޕްޓޮޕަށް ގެއްލިފައި އިން އަހަރެން ސިހުނީ އޮފީހުގެ ދޮރުހުޅުވާލުމުންނެވެ. ސިހިފައި ދޮރާދިމާލަށް ބަލާލެވުނު ވަގުތު ފެނުނު މަންޒަރުން އަހަރެންގެ ނޭވާ ހުއްޓުނުހެން އަހަންނަށް ހީވިއެވެ.

އެހެން ނުވާންވީ ކީއްވެ ހެއްޔެވެ؟ ދޮރުމަތީގައި އެހުރީ ދެވަނަ އެހެން މީހެއް ނޫނެވެ. އަހަރެން މިދުނިޔެމަތީގައި ހަމައެކަނި ލޯބިވި އަދި އެމީހަކަށް ޓަކައި މިއަދާ ހަމަޔަށް ވެސް އިންތިޒާރު ކުރަމުންދާ ޒިދާން އެވެ. ނުވައަހަރު ފަހުން ފެނުނެއްކަމަކު އަހަންނަށް ޒިދާން އެއް ނޯޅޭނެ އެވެ. މިއަދުވެސް އަހަރެންގެ ހިތުގައި އެސޫރަ ކުރެހިފައި ވާތީއެވެ.

“ނިހާ!” އަހަންނަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ޒިދާން އަހަރެންގެ ނަމުން ގޮވާލި އެވެ. “މަރުހަބާ ނިހާ! އަހަރެން ވަރަށް އުފާ ވެއްޖެ އަނެއްކާވެސް އަހަރު ތަކެއްފަހުން ނިހާއާ ދިމާވީމަ.. އަހަރެން ހިޔެއް ނުކުރަން މިރަށު ސުކޫލުގެޑެޕިއުޓީ ޕްރިންސިޕަލަކަށް ދުރުވަނީ ނިހާ ކިޔާ ކުއްޖެކޭ ބުނީމަ އެއީ ތި ނިހާ ކަމަކަށް. ކޮންމެއަކަސް އަހަރެން ވަރަށް އުފާ ވެއްޖެ އިނގޭ..”

އަހަރެން އެއްޗެއް ބުނަން ވަގުތު ނުދީ ޒިދާން ހުއްޓުމެއްނެތި ވާހަކަ ދެއްކި އެވެ. މިހާ ދުވަހަށް ފަހު ޒިދާން ފެނުމުން އަހަރެން ނަށް ވީގޮތްވެސް ނޭނގުނެވެ.ދުލުން ބަހެއް ވެސް ނުބުނެވުނެވެ. ޒިދާން އެތަކެއ އިރަކު ވާހަކަ ދެއްކުމުން ވެސް އަހަރެން ނަށް ހަމައެކަނި ޒިދާން އަށް ދެވުނު ޖަވާބަކީ ހިނިތުންވުމެކެވެ. ޒިދާން އަހަންނާ ވާހަކަ ދައްކާލުމަށް ފަހު ބޭރަށް ނުކުތުމުން އަހަރެންގެ ލޮލުގައި ޖަމާވަމުން ދިޔަ ކަރުނަތަށް ހިފެހެއްޓުމެއްނެތި އޮހިގަތެވެ.

އެއީ އަހަރެން ގުރޭޑު 10 ގައި އުޅުނު އަހަރެވެ. އަހަންނަކީ ކިޔެވުމުގެ އިތުރަށް ކުޅިވަރު ތަކަށްވެސް ވަރަށް ބޮޑު ޝައުގުވެރިކަމެއް ބަހައްޓަާ ކުއްޖަކީމެވެ. އޭރު އަހަރެން އުޅެމުން ދިޔައީ ސުކުލުގެ ވޮލީ ޓީމުގެ ކެޕްޓަން ކަމުގެ މަގާމުގައެވެ. އެއީ އަހަރުމެން ފުރަތަމަ ފަހަރަށް އިންޓަރ ސުކޫލު ވޮލީ މުބާރާތުގައި ބައިވެރިވި އަހަރެވެ. ކަންދިމާކުރި ގޮތުން އަހަރުމެންގެ ޓީމަށް ކޯޗުކަން އެއަހަރު ކޮށްދިނީ ޒިދާން އެވެ.

އަހަންނަކީ ޓީމުގެ ކެޕްޓަންް ކަމުން ގިނަވަގުތު ޒިދާން އާއި އެކުގައި ހޭދަ ކުރަން ޖެހުނެވެ. ޒިދާން އަކީ އަހަންނަށްވުރެ 10 އަހަރު ބޮޑުު މީހެއްކަމުގައި ވީނަމަވެސް އެކުގައި ވަގުތު ހޭދަ ކުރެވުމާއެކު އަހަރުމެންގެ މެދުގައި ގާތް އެކުވެރިކަމެއް އުފަދުނެވެ. ޒިދާން އަކީ ރަށުގައި އެންމެމޮޅަށް ކިޔަވައިގެން ތިބިމީހުންގެ ތެރެއިން އެކަކުާ ކަމުގައި ވީނަމަވެސްް އޭނާގެ ކިބައިގައި ބޮޑާކަމެއްގެ އަސަރުވެސް ނުވެއެވެ. ޒިދާން ގެ ދިރިއުޅުމަކީ ‘ބިޒީ’ ދިރިއުޅުމެއްކަމުން އޭނާ އަށް ވަރަށް ގިނަ ކަންތައް ތަކާ ކުރިމަތިލާން ޖެހެ އެވެ. އޭނާ ހާސްވެ ކަންބޮޑުުވާ ކަމަކާ ދިމާވުމުން އެކަމއްގެ ވާހަކަ އަހަންނާ ހިއްސާ ކުރެއެވެ. އަހަރެންގެ ދިރިއުޅުމުގައި ކަމެއް ދިމާވިޔަސް އަހަރެން އެކަމެއް އޭނާއާ ހިއްސާ ކުރަމެވެ. މިގޮތުގައި ދެމަސް ދުވަސް ފާއިތުވެގެނ ދިޔައިރު އަހަންނާ ޒިދާން އާ ދެމެދުގައި ވަނީ ވަރަށްވެސް ގާތް އެކުވެރިކަމެއް އުފެދިފައެވެ.

ދެމަސް ދުވަހުގެ ތެރޭގައި މުބާރާތް ނިމިއްޖެ އެވެ. އެހެންކަމުން މިހާރު އަހަންނާ ޒިދާން އަކަށް ދިމަލެއް ނުވެވެ އެވެ. ނަމަވެސް ފޭސްބުކްގެ ޒަރީއާއިން އޭނާ ކުރިއެކޭ އެއްފަދައިން އަހަންނަށް ކަންކަން ހިއްސާ ކުރެއެވެ.

އެދުވަސްވަރު އަހަރެން ގެ ސިކުނޑިގައި އަބަދު ހިނގަ ހިނގައި ހުންނަނީ ޒިދާން ގެ ހިޔާލުތަކެވެ. ނިދާފައި އޮންނަ އިރު ހުވަފެނުން ވެސް ފެންނަނީ ޒިދާންގެ ސޫރައެވެ. އަބަދުވެސް ހަނދާން ވަނީ ޒިދާން މަތިން ނެވެ. އަހަންނަށް ނޭނގި ހުއްޓާ ޒިދާން ދެކެ ލޯބި ވެވިއްޖެ އެވެ.

އަހަންނަށް މި ކުރެވުނި ކޮން ފަދަ ކަމެއް ބާވައެވެ؟ އަހަންނަށް ޒިދާަން ދެކެ ލޯބިވެވިގެނެއް ނުވާނެއެވެ. ޒިދާން އަށް މިކަން އެނގިއްޖެ ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ޒިދާން ދެކެ ލޯބިވާކަން މީހަކަށްް އިނގިއްޖެ ނަމަ ވާނީ ކިހިނެއް ބައެވެ؟ މިފަދަ ހިޔާލު ތަކުން އަހަރެންގެ ސިކުނޑި ދިޔައީ ހާސް ކުރުވަމުންނެވެ.

މިގޮތުގައި ދުވަސްތަށް ފައިތުވަމުން ގޮސް އަހަރެންގެ ކިޔެވުނ ނިމިއްޖެ އެވެ. ނަމަވެސް އެންމެ ފަހަރަކު ވެސް އަހަރެންގެ ހިތުގައި ޒިދާން އަށްޓަކާ ވަނީ ލޯބިކަމެއްް ޒިދާން އަކަށް ނާންގަމެވެ. މިގޮތުގައި ދުވަސްތަށް ފާއިތުވަމުން ގޮސް އަހަރެން މާލެ ދާ ދުވަސްވެސް ޖެހިއްޖެ އެވެ. ދިޔުމުގެ ކުރިން އަހަރެން ގެ ހިތުގައިވާ ލޯބި ހާމަކުރަން އަހަރެން ބޭނުންވި އެވެ. ނަމަވެސް އަހަންނަކަށް އެ ހިތްވަރެއް ނުލިބުނެވެ. އެހެންކަމުން ޒިދާން މަތިން ހަނދާން ނައްތާލުމަށް ނިޔަތްގަނެގެން އަހަރެން މާލެ އައީމެވެ.

މާލެ އައެއްކަމަކު އަހަންނަކަށް ޒިދާންގެ މަތިން ހަނދާން ނައްތައެއް ނުލެވުނެވެ. މާލެ އައުމަށްފަހު ފޭސްބުކް ބެނުން ކުރުން ވެސް އަހަރެން ހުއްޓައިލީމެވެ. ޒިދާން ގެ ހިޔާލު ތަކާ ދުރަށްދެވޭ ތޯއެވެ. މާލެ އައުމަށް ފަހު އަހަރެން ރަށަށް ވެސް ނުދިޔައީ ޒިދާން ގެ ކުރިމައްޗަށް އަރަން އަހަރެން ބޭނުން ނުވާތީ އެވެ. ފޭސްބުކް ބޭނުން ކުރުން ހުއްޓާލުމުން ޒިދާން ގެ ހަބަރެއް އެއްވެސް ވަރަކަށްނުވެއެވެ. އަހަރެންނާ އޮތް އެކުވެރިކަމަކީ ޒިދާން އަށް މާ މުހިންމު އެއްޗެއް ނޫންކަން އަހަންނަށް އެނގުނީ މި ފާއިތުވި ނުވަ އަހަރުގައި ވެސް ޒިދާން އަހަރެން ގެ ހަބަރެއް ބަލާ ނުލީމައެވެ.

ކަން މިހެން ވެގެން ދިޔަކަމުގައި ވީނަމަވެސް ޒިދާން ގެ ހިޔާލު ތަކާ ދުރަކަށް އަހަންނަކަށް ނުދެވުނެވެ. އަހަންނާ އިންނަން ބޭނުންވެގެން އެތަކެއް ބަޔަކު އަހަރެން ކައިރިޔަށް އައެވެ. އެއްބަޔަކު އެކަމަށްޓަކާ އާދޭސް ކުރި އެވެ. އަހަރެންގެ މަންމައާއި އާއިލާގެ މީހުން ވެސް އަހަރެން ކައިވެނި ނުކޮށްގެން އަބަދުވެސް އެވާހަކަ ދައްކައެވެ. ނަމަވެސް އަހަރެން ކުރާނީ ކީއްހެއްޔެވެ؟އަހަރެންގެހިތުގައި ޒިދާން އަށްޓަކާ ލޯބި އޮތްހާ ހިނދަކު އަހަންނަކަށް އެހެންމީހަކާ އެކުގައި އުފާވެރި ދިރި އުޅުމެއް ނޫޅެވޭނެ އެވެ.

މާޒީގެ ހިޔާލު ތަކުގެ ތެރެއަށް ގެނބިފައި އިންދާ އަހަރެން ސިހުނީ އަނެއްކާަވެސް ޒިދާން އޮފީސް ތެރެއަށް އައިސް ވަނީމައެވެ. “ނިހާ! ކޮން ހިޔާލެއްގަ؟” އަހަރެންް އިނީ ހިޔާލަކަށް ގެއްލިފައިކަން އެނގުމުން ޒިދާން އަހަންނަ ސުވަލު ކުރިއެވެ. އަހަރެން ހިޔާލެއްގައެއް ނޫނޭ ބުނުމުގެ ގޮތުން ބޯހޫރާލީމެވެ. ”ނިހާ! ނިހާ އަހަރެން ދުރުކޮށްލިޔަސް އަހަރެންނަށް އިނގޭ ނިހާ ތިއިނީ ހިޔާލަކަށް ގެއްލިފަ ކަން. އަހަރެން ވަރަށް ދެރަވި ނިހާ އަހަރެން މަތިން އެހާ ފަސޭހައިން ހަނދާން ނައްތާލީމަ. އަހަރެން ހާދަ އުޅުނީމޭ ނިހާޔާ ދިމާވާނެ ގޮތެއް ހޯދަން.. އަހަރެން ހިއެއް ނުކުރަން ނިހާ އެހާ އަވަހަށް އަހަރެން ދުރުކޮށްލާނެކަމަކަށް” ޒިދާން އަހަރެންގެ ކުރިމަތީގައި ކުޑަކުއްޖެއް ފަދައިން އިސްޖަހައިގެން އިނދެ ޝަކުވާތަށް އަމުނާ ލިއެވެ.

”ސޮރީ ޒިދާން.. އަސްލު އަަހަރެން މާ ބިޒީކޮށް އުޅެން ޖެހުނީމަ ހަބަރެއް ނުވެވުނީ.. ދިމާވި ކަމަކާ ހެދި އަހަރެން ފޭސްބުކް ވެސް ދޫކޮށްލީ..” އަހަރެން ބިޒީ ކަމުގެ ބަހަނާ ދެއްކުމަށްފަހު ދޮގު ހެދީމެވެ.

އަހަރެން ޒިދާން ގެ ކުރިމަތީގައި ހަގީގަތް ހާމަ ކުރާނީ ކިހިނަކުން ހެއްޔެވެ؟ އަހަރެން ޒިދާން އަށް ހަބަރެއް ނުވީ ގަސްތުގައޭ ބުނަން އަހަންނަށް ކެރޭނީ ކިހިނަކުން ހެއްޔެވެ؟ އަހރެން ޒިދާން މަތިން ހަނދާން ނައްތައެއް ނުލަމޭ އަހަރެން ޒިދާން ކައިރީގައި ބުނަނީ ކޮން ދުލަކުން ހެއްޔެވެ؟

ނަސީބު ރަނގަޅު ކަމުން އަހަރެންގެ ބަހަނާ ޒިދާން ގަބޫލު ކުރިއެވެ.

“ނިހާ! ގަޑި ނިންމާލާފަ މިއަދު ދާން ވާނެ ކޮފީ އަކަށް! އަހަރެން ހުންނާނެ ނިހާޔާ ޝެއާރ ކުރަން ވެގެން ހުސްނުވާ ވަރަށް ވާަހަކަ ބަހައްޓާފަ.. ސޯ ބީ ރެޑީ!” ޒިދާން އެހެން ބުނެފައި ނިކުމެގެން ދިޔައެވެ.

އެދުވަހުގެ ހަވީރު ގަޑި އެވެ. ޒިދާން ބުނި ގަޑިއަށް އަހަރެން ރަށުގެ އެންމެ މަޝްހޫރު ކަމަށް ބުނާ ކެފޭއަށް ދިޔައީމެވެ. އިރުކޮޅަކުން ޒިދާން ވެސް އަތުވެއްޖެ އެވެ. ކެފޭ ތެރެއަށް ވަނުމަށް ފަހު އެބައަންނަމޭ ބުނެފައި ޒިދާން ބޭރަށް ނުކުތެވެ. “ނިހާ ބަލާބަލަ! މީ އަހަރެންގެ އަންހެނުން އައިޝާ! މީ އަހަރެންގެ ދަރިފުޅު ޒުހާ” ބޭރަށް ދިއުމަށް ފަހު ޒިދާން އެ އައީ އޭނާގެ އަންހެނުންނާއި ދަރިފުޅު ގޮވައި ގެންނެވެ. އެމަންޒަރު ފެނިފައި އަހަންނަކަށް ބުނާނެ އެއްޗެއް ނެނގުނެވެ. ޒިދާން އަށްޓަކައި ކުރެވުނީ ބޭކާރު އިންތިޒާރެއްކަން އެނގުމުން އަހަރެންގެ ދެލޮލުން ކަރުނަތަށް އޮހިގަތެވެ.

”ނިހާ ކީއްވެ ތި ރޮނީ؟” ޒިދާން ހައިރާން ވެފައި ބުނެލި އެވެ. މީ އުފާވެރި ކަމުގެ ކަރުނަ ކަމުގައި އަހަރެން ބުނެލީމެވެ.

ޒިދާންގެ އާއިލާ އާއެކު ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަހު އަހަރެން ގެއަށް އައީމެވެ. ގެއަށް ވަދެވުމާއެކު އަހަރެން އަހަރެންގެ ލޮލުގައި ހިފަހައްޓަައިގެން ހުރި ކަރުނަތަށް ބޭރު ކޮށްލެވުނެވެ. ވާނީ ވެސް އެހެންތާއެވެ. ފުރަތަމަ ލޯބި ކާމިޔާބު ނުވުމުން ކޮންމެ މީހަކަށް ވެސް ކުރެވޭނީ މިފަދަ އިހުސާސެކެވެ. ނުވަ އަހަރު ދުވަހު ކުރެވުނު އިންތިޒާރުގެ ނިމުން މިފަދަ ގޮތަކަށް އައުމުން އަހަރެންގެ ހިތް ކުދި ކުދި ވީއެވެ.

އަހަރެން ރޯން ވީ ކީއްވެ ހެއްޔެވެ؟ މި ހުރިހާ ދުވަހުވެސް ޒިދާންގެ ލޯބި ހިތުގައި ފޮރުވައިގެން އަހަރެން ކެތް ކުރީމު ނޫން ހެއްޔެވެ؟ އަހަރެން ނުރޯނަމެވެ. އަބަދަށްޓަކާ އެލޯބި އަހަރެންގެ ހިތުގެ ކަނަކަށް ލައި ފޮރުވާނަމެވެ. ދުވަހަކުވެސް އެހަނދާންތަށް އަލުން ނުކުރާން ވައުދުވަމުންނެވެ. އަބަދަށްޓަަކާ ޒިދާން ގެ އެންމެ ގާތް އެކުވެރިޔާގެ މަގާމުގައި އަހަރެން ހުންނާނަމެވެ. އަހަރެން ޒިދާން ދެކެ ވީ ހަގީގީ ލޯބީގެ ހައްގުގައެވެ. މީ އަހަރެންގެ ދުލުން ކުރާ ހުވައެކެވެ.

Comments (21)

  1. Luyoona

    intresting
    hope kuran mi vaahaka nimendhen gennaane kamsh
    me 1st dhw

    1. YaMmU
      Luyoona

      thank you..
      mee mivaahaka ekkoh..
      Insha Allah thigothah support libeyna adhi ithuru vaahaka fennaane

  2. mash

    V nice hama

  3. Ahmed hussein

    Yammu ekey eggothah vaahaka vx varah reethi ???

  4. YaMmU

    Thank you 🙂 <3 🙂

  5. ash

    Hey yammu are you from maduvvari

  6. ash

    Nd vaahaka salhi ingey

  7. Scarlet

    YaMmu mee hageegee haadhusa eh tha?
    I myn kujjakah dhimaavi kamehtha. Story vrh reethi.

  8. Eysh

    Gud job yammu.. This story is really beautiful.. ???

  9. I

    Wow wow v nice ingey hama superb ?????well done ???????

  10. YaMmU

    not a real one.. just imagination 🙂

  11. zeee

    Wow yammu very good try..☺
    mikahala vaahaka thah adhi fennaane kamah ummeedhu kuran..

    1. gayyoomu
      zeee

      Mashah vaahaka eh liye dhineema nooniyya ma nubunaanan yammu Ge faraathunneh vaahaka thakeh fennaane ekey..??

  12. shamma

    great imagination dear.. keep it up 🙂

  13. zaina

    i loved it very much..
    n the ending part was awesome 🙂

  14. Sir A

    Hmmm… Interesting.. Looking forward to see more of your fictions.

  15. nannu

    well done yammu…
    varah nalla ige thi stry..hope adhi miyahvure salhi stry eh nikunnaane kamah.. waiting,,, 🙂

  16. Hasna

    asslu vaahaka vvvvvv salhi ingey….. ekam zidhaan ehen hadhaakah nuvaane dwwwww……btw also i love it ingeyy…. keep it up n well done….. 🙂

  17. Nuaxa

    Wow keep it up yammu!! ?

  18. shyher

    Good job Yammu❤ Mi waahaka warah reethi❤❤

  19. Someone

    Kiyun therin vahaka narrate koh dhinyma vahaka liyedhenthw?

Comments are closed.