Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވަން ޔާރާ އޭ 12

shooty Level 310 Stories100 Comments
October 9, 2016 10 Mins Read
79 Comments

ލޯބިވަން ޔާރާ އޭ 12

ގެއަށް ދެވުމާއި އެކު ކާރުން ނުކުމެ އީތަން ދުއްވައިގަތީ ގޭތެރެއަށެވެ. އެތެރެއަށް ވަންއިރު މީހެއްގެ ހިލަމެއް ނެތުމުން އީތަން ހަލުވިކަމާއި އެކު ސިޑި ކަޑައްތުކޮށްލަމުން މައްޗަށް އެރީ މިޝެލް އަށް ގޮވަމުން ނެވެ. ނަމަވެސް ޖަވާބެއް ނައެެވެ. އީތަން ކޮޓަރި ހުޅުވައިލި އިރު ކޮޓަރީގައި ވެސް މިޝެލް ގެ އެއްވެސް ހިލަމެއް ނެތެވެ. އީތަން ބޮލުގައި ހިފަހައްޓައިލަމުން ވިސްނާލިއެވެ. ޔަގީނެވެ. މިޝެލް ދާނީ ނެހާ އެހެން ނޫނީ މިޝެލް މެން ގެއަށެވެ. އީތަން މާ ގިނަ އިރަކު މަޑު ކުރާކަށް ނަހަދައެވެ. އަވަހަށް ކޮޓަރިން ނުކުތީ މިޝެލް ހޯދަން ދާށެވެ.

ކާރަށް އަރާ ސްޓާޓް ކޮށްލަމުން އީތަން ފުލް ސްޕީޑް ގައި ދުއްވައިލީ މިޝެލް މެން ގެއަށް ދިއުމަށްޓަކައެވެ. ދިހަވަރަކަށް މިނިޓު ދުއްވުމަށް ފަހުގައި އީތަން އަށް އޭނާގެ މަންޒިލަށް ދެވުނެވެ. އަވަސްއަވަހަށް ކާރުން ނުކުމެގެން ގޮސް ފުރަތަމަ ބެލް ޖަހައިލެވުނީ ވެސް ނުބައި އެޕާޓްމެންޓެއްެގެ ދޮރުގަެއެވެ. ދޮރު ހުޅުވައިލި މުސްކުޅިޔާ ކައިރިން މާފަށް އެދެމުން އީތަން އަވަސް އަވަހަށް ގޮސް މިޝެލް މެންގެ އެޕާޓްމެންޓްގެ ދޮރު ގެ ބެލް ޖަހައިލިއެވެ. އެވަގުތު ގޭގައި އުޅެނީ ހަމަ އެކަނިި ދާއިން ކަމުން ދާއިން ދޮރު ހުޅުވިއެވެ. ދޮރުމަތީ ހުރި އީތަން ފެނި ދާއިން ހިނިތުން ވެލިއެވެ.

“އީތަން. އެކަނިތަ ތި އައީ؟ ކޮބާ މިޝް؟” ދާއިން އީތަން ގެ ގައިގައި ބައްދާލަމުން އަހައިލިއެވެ. އެގޭގައި މިޝެލް ނެތް ކަން އެ ޖުމްލައިން އީތަން އަށް އިނގުނެވެ. ނަމަވެސް ހާސް ކަން ފޮރުވަމުން ދާއިން އަށް ހިނިތުން ވެލިއެވެ.

“އިއްޔެ އަދި މާލެ އާދެވުނީ. އޮފީހުން ގެއަށް ދަމުން ހިތައް އެރީ މިގެއަށް ވަދެލާނީ އޭ. އަދި މިޝް ގެ މަންމަ އާ ވެސް މީޓް ނުވާތީ.” އީތަން ވާހަކައެއް ހަދައިލިއެވެ.

“ދެން އެކަމު މިޝް ގެ މަންމަ ނުކިޔަ އީތަން ވެސް މަންމަ ކިޔަން ވާނީ އިނގޭ. އޭރުން މަންމަ އުފާ ވާނީ. މަންމަ އަދި ނާދޭ ސްކޫލުން ގެއަކަށް. ސެވަން ހާއިރު އަންނާނެ. މަޑުކޮށްލަން ވީނު.” ދާއިން އީތަން ކޮޅަށް ހުންނަން ފެށުމުން ގޮނޑި އެއް ކައިރި ކޮށްދެމުން ބުންޏެވެ.

“ނޫނޭ. ވަރަށް އަވަހަށް ދާން ޖެހޭ އެބަ. މިޝް ވެސް އެކަނި ގޭގަ ހުންނާނީ. އެހެން ދުވަހަކުން މިޝް ގޮވައިގެން އަންނާނަން. މަންމަ އަށް ވަރަށް ސަލާމް ބުނާތި!” އީތަން ދާއިން އާ ސަލާމް ކޮށްލަމުން ދާން ހިނގައިގަތެވެ. އެ އަންހެން ކުއްޖާ އެ ދިޔައީ ކޮންތާކަށް ބާއެވެ.

އީތަން ކާރަށް އަރާފައި ދުއްވައިލީ މާޔޫސް ކަމާއި އެކު އެވެ. ނެހާ މެން ގެއަށް ދާން ވެސް އީތަން އަކަށް ނޭނގެ އެވެ.

“ޑޭމް އިޓް. އިޓްސް އޯލް ދެޓް ކްރީޕީ އާނާސް ފޯލްޓް” އީތަންއަށް އާނާ ގެ ނަން ހިތައް އެރުމާއި އެކު ދެބުމަ ގޮށް ޖަހައިލެވުނެވެ. ކާރު ދުއްވަން އިންދާ ފޯން ރިންގް ވާން ފެށުމުން އީތަން ކާރު މަޑުކޮށްލާ ފޯން ނަގައި ބަލައިލިއިރު ގުޅަނީ މަންމަ އެވެ. އެގެއަށް ނުދާތާ ހަތަރު ވަރަކަށް ދުވަސް ވިޔަސް ސޫޒަން އީތަން ގެ ހާލު ރަނގަޅު ތޯ ބަލަން ގުޅާނެ އެވެ.

“ހެލޯ މަމް” އީތަން މޫޑު ބަދަލު ކޮށްލަމުން މަންމަ އާއި ވާހަކަ ދެއްކީ އުފާ ވެލާފައެވެ.

“ދަރިފުޅު ރަނގަޅުތަ؟. މިހާރު މިގެއަށް އައިސް ނުލާ. ޔޫލީ ވެސް އައިތާ އަދި ގިނަ ދުވަހެއް ނުވޭ ވިއްޔަ. ތިހެން ހަދަންޏާ ޔޫލީ ކިހައި ދެރަވާނެ.” ސޫޒަން ގެ އަޑުގައިވާ ހިތްހަމަ ނުޖެހުން އީތަން އަށް ފާހަގަ ވުމުން ފުން ނޭވާއެއް ލަމުން ވާހަކަ ދެއްކިއެވެ.

“ސޮރީ މަންމާ. އޮފީސް ދަތުރަކު ލަންކާ އަށް ގޮއްސަ އައިސް މިއުޅެނީ. އިއްޔެ އާދެވުނީ. އަދި ނުދެވިފައެއް ނެތެއްނު.” އީތަން އޭނާގެ އުޒުރު ހާމަ ކުރުމުން ސޫޒަން އިތުރަކަށް ދެބަސް ވާކަށް ނޫޅުނެވެ.

“އެކަމު ދަރިފުޅު މިރޭ އައިސްލަން އެބަ ޖެހޭ. ޔޫލީ ބޯއީ ފްރެންޑް ޑިނާ އަށް އަންނާތީ އީތަން ވެސް އަންނަން ޖެހޭނެ ވާހަކަ ބުނަން މަންމަ މި ގުޅީ” ސޫޒަން ގެ ޖުމްލައިން އީތަން ހައިރާން ވީ ވަކި ވަރެއް ބަލާފައެއް ނޫނެވެ.

“ޔޫލީ ގެ ބޯއީ ފްރެންޑޭ؟ އަޅެ އަޅުގަނޑު ގާތު ޔޫލީ ނުވެސް ބުނޭ. ހުރެބަލަ ނިކަށް.” އީތަން ހައިރާންކަން މަތީ އިނދެ ވާހަކަ ދެއްކުމުން ސޫޒަން ހީލި އަޑު އިވުނެވެ.

“އޯކޭ މަމް. އަޅުގަނޑު ސީދާ ޓައިމް އަށް ދާނަން. ބާއި. ޓޭކް ކެއާ” އީތަން ފޯން ޖެހިގެން އިން ސީޓުގައި ބާއްވަމުން ކާރު ދުއްވާލީ ގެއަށް ދާށެވެ. ގެއަށް ދިޔަ އިރު ވެސް މިޝެލް ގެ ހިލަމެއް ވެސް ނެތެވެ.  އީތަން ބޮލުގައި ހިފައްޓައިލަމުން ސޯފާ އަށް ވެއްޓިގަތީ ވެފައިހުރި މާޔޫސް ކަމެއްގެ ބޮޑު ކަމުންނެވެ.

“އޯހް ވައިލްޑް ލޭޑީ.. އައި އެމް މިސިންގް ޔޫ ސޯ މަޗް” އީތަން ލޯ މަރައިލުމާއި އެކު ސިފަ ވެގެން ދިޔައީ ކައިވެނި ކުރި ރޭ ދެމީހުން ގެ ދޭތެރޭގައި ހިނގި ލޯބީ ގެ ކުޑަ ކުޑަ ވަގުތުކޮޅު މަތިންނެވެ. އެ އާއި އެކު އެ ތުންފަތުގައި ލުއި ލުއި ހިނިތުންވުމެއް ކުޅެލިއެވެ.

އަލްހާން ސިޓިންގް ރޫމް ގައި އިނީ އަށެއްގެ ޙަބަރު ބަލާށެވެ. އަލްހާން އަށް ކޮޅަށް ތެދުވެވުނީ އޭނާ ދާއިން އަށް ލަނޑު ދޭން ހަވާލުކުރި އާލިމް މަސްތުވާ ތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި ޙަބަރު ލިބުމުންނެވެ. އަނެއްކާ ވެސް ނާކާމިޔާބު ވީ އެެވެ. އަދި ސަމާލުވެގެން އުޅެން ބުނުމުން އެ ފިރިހެނާގެ މޮޔަކަމުން އެ ބެދުނީ އެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ. ދާއިން މިރޭ އަންނާނެ ވާހަކަ ސޫޒަން ބުނުމުން ވެސް  އަލްހާން އެއްޗެކޭ ނުބުނެ ހުރީ ދާއިން ހައްޔަރު ކުރާނޭ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އޮތުމުން ނެވެ. އަލްހާން ނިތްކުރީގައި އަތް ކާއްތާލަ ކާއްތާލަ އިންދާ ޔޫލީ އައި ތަން ފެނުމުން އިސްދަށަށް ޖަހައިލީ ވާހަކަ ނުދައްކާން ހުވާ ކޮށްގެން އިން މީހެއް ފަދައިން ނެވެ.

“ޑޭޑް. އިރުކޮޅަކުން ދާއިން އަންނާނެ. ޕްލީޒް ބީ ނައިސް ޓު ހިމް. ދާއިން އަކީ ގޯސް ކުއްޖެއް ނޫން. އަޅުގަނޑު އުންމީދު ކުރަން ބައްޕަ ނިންމާ ނިންމުން ރަނގަޅުވާނެ ކަމަށް” ޔޫލީ އަލްހާން އަނގައިން ނުބުނެ އިނުމުން އިރުކޮޅަކު ހުރެލާފަ ހިނގައިގަތީ ދާއިން އަންނަން ވާއިރަށް ބޭރުގައި ހުންނާށެވެ.

ދާއިން ގެ ސައިކަލު މަޑުކޮށްލުމާއި އެކު ޔޫލީ ހިނިތުންވެލިއެވެ. ދާއިން އޮފިޝިއަލް ކޮށް ހުރުމުން ވަކިން ރީތި ކަމަށް ދައްކައެވެ. މެރޫން ކުލައިގެ ގަމީހާއި އެކު ހުދާއި ކަޅުގެ ޓައީ އެއް އަޅައިގެން ހުރި އިރު އަތުކުރި ވަނީ ވަކި ހަމައަކަށް އޮޅައިލެވިފައެވެ. ކަޅު ފަޓުލޫނާއި އެކު ކަޅު ބޫޓަކަށް އަރައިގެން ހުރި އިރު ވަރަށް ވެސް ފިރިހެން ވަންތަ އެވެ.

“ޔޫ ލުކް ހޭންޑް ސަމް.” ދާއިން ހިނިތުން ވެލަމުން ދެޖީބަށް އަތް ޖަހައިލަމުން ބޯ އަރިކޮށްލައިގެން ހުރެ ޔޫލީ އަށްބަލައިލިއެވެ.

“އަހަންނަށް ވުރެ ޔޫލް މާ ފުރިހަމަ.” އީތަން ގެ ޖުމްލައަށް ހިނިތުން ވެލަމުން ޔޫލީ ދާއިންގެ އަތުގައި ހިފައިގެން ގޭތެރެ އަށް ވަނެވެ. ނަސީބަކުން އޭރު ސިޓިންގް ރޫމްަ ގައި އަލްހާން އެއް ނެތެވެ.

“މިތާ ސޯފާގައި އިށީނދޭ. އެބަ އަންނަން މަންމަ މެން ގޮވައިގެން” ޔޫުލީގެ ބަހަށް ކިޔަމަން ވަމުން ދާއިން ސޯފާ ގައި އިށީން އިރު އެ ގޭގެ އެކި ދިމާލަށް ބެލެމުން ދިޔައެެވެ. މުއްސަނދިކަން ނޫން ކަމެއް ނުފެނެއެވެ. އަގު ބޮޑު ބްރޭންޑް ތަކުގެ އެއްޗިއްސެވެ. ސޯފާ ސެޓަކަސް ޓީވީ އަކަސް ޗާންދަލިޔާ އަކަސް ވެހެވެ. ހަގީގަތުގައި ވެސް ދާއިން އާއި ޔޫލީ އެކަށީގެން ނުވޭ ކަންނޭނގެ އޭ ދާއިން ގެ ހިތަށް އެރިއެވެ. ނޫނެކެވެ. ލޯތްބަކީ ވަކި ގިންތި އަކަށް ވާކަމެއް ނޫނެވެ. އެހެން ނޫނަސް ޔޫލީ އެ އާއިލާގެ މުއްސަނދި ކަމުގެ ވާހަކަ ދައްކައިގެން ދާއިން ގާތު އެއްވެސް އެއްޗެއް ކިޔާފަކާ އެއް ނެތެވެ. އެއީ ޔޫލީ އަށް ވެސް މުއްސަނދިކަން އެހައި މުހިންމު ނުވީމަތާ އެވެ. އިރުކޮޅަކުން ޔޫލީ އާއި އެކު މެދު އުމުރު ގެ އަންހެނަކާއި ހަމަ އެހާކަށްހާވަރު ފިރިހެނެއް އަންނަތަން ފެނުނެވެ. ދާއިން ހިނިތުން ވެލަމުން ތެދުވީ އިހްތިރާމް ކުރުމުގެ ގޮތުން ނެވެ. ދާއިން ސަލާމް ކޮށްލުމަށް އަތްދިއްކޮށްލުމުން ސޫޒަން ހިނިތުން ވެލަމުން ސަލާމް ކޮށްލި ނަމަވެސް އަލްހާން ދާއިން އަށް ބަލައިވެސް ނުލާ އިށީނީ އެވެ. ފިރިމީހާގެ ކިބައިގައި މީގެ ކުރިން ނުހުންނަ ބޮޑާ ކަމުގެ ސިފަ ފެނުމުން ސޫޒަން އިންތިހާ އަށް ދެރަވިއެވެ. އަލްހާން އަކީ ފަޤީރުންނަށް ވެސް ވަރަށް ގިނަްއިން އެހީ ވާ މީހެކެވެ. ނަމަވެސް މިހާރު މި ފެންނަނީ އޭގެ ދިމާ އިދިކޮޅެވެ.

“ދާއިން ދޯ ކިޔަނީ؟ ކޮބާ ފެމިލީ؟” ސޫޒަން ހިޔާލުތައް އެއްފަރާތް ކޮށްލަމުން ހިނިތުން ވެފައި އަހައިލިއެވެ.

ދާއިން ވެސް ސޫޒަންގެ މޫނަށް ބަލައިލަމުން ހިނިތުން ވެލަމުން ވާހަކަ ދައްކަން ފެއްޓިއެވެ.

“މަންމަ އެބަ އުޅޭ ގޭގަ. ކޮއްކޮ މިހާރު މެރީ ކޮށްގެން އުޅެނީ ފިރިމީހާގެ ގޭގަ.” ދާއިން އަލްހާން ގެ ސަބަބުން ހާސް ވެފައި އިނަސް އެކަން ނުދައްކައި ވޭތޯ ބެލިއެވެ.

“ބައްޕަ ކޮބާ؟” ސޫޒަން ގެ ސުވާލުން ދާއިން ހިތާމަވެރި ގޮތަކަށް ހިނިތުން ވެލިއެވެ.

“މީގެ ހަތް އަހަރު ކުރިން ނިޔާ ވެއްޖެ” އީތަން ގެ ޖަވާބުން ސޫޒަން ހިތްވަރު ދިނުމުގެ ގޮތުން ދާއިން ގެ ބުރަކަށީގައި ފިރުމައިލިއެވެ.

“ޔޫލީ ބައްޕަ އާ ދާއިން ގޮވައިގެން ކާ ގެއަށް ދޭ އިނގޭ. މަންމައެބަ ދަން އިރުކޮޅަކުން.” ސޫޒަންގެ ޖުމްލަ އަށް ބޯ ޖަހައިލަމުން ޔޫލީ ތެދުވީ ދާއިން އާއި އަލްހާން އަށް ވެސް އަންނަން ބުނަމުންނެވެ. އަލްހާން ނުގޮސް އިންނަން ފެށުމުން ސޫޒަން އާދޭހުގެ ނަޒަރަކާއި އެކު އަލްހާން އަށް ބަލައިލި އެވެ. އެއާއި އެކު އަލްހާން ހިނގައިގަތީ ސޫޒަން އޭނަ އާއި ދެބަސް ވާން ބޭނުން ނުވާތީއެވެ. އަލްހާން ގޮސް އޮބައިލުމުން ސޫޒަން އަވަސް ވެ ގަތީ އީތަން އަށް ގުޅުމަށެވެ.

ސޯފާގައި ޖައްސައިލުމާއި އެކު އީތަން އަށް ނިދުން އިރެއްވެސް ނޭނގެ އެވެ. ސިއްސައިގެން ގޮސް ހޭލެވުނީ ފޯން ރިންަގް ވާ ތަން ފެނުމުން ނެވެ. ގުޅަނީ މަންމަ ކަން އިނގުމުން އީތަން އަވަސް އަވަހަށް ފޯނު ނަގަމުން މާފަށް އެދުނެވެ.

“ސޮރީ އޯ. އެކަމު ދަރިފުޅު ކައިރީ މަންމަ ބުނިން ދޯ އަންނަން. ދެންވެސް އަވަހަށް އާދެބަ” ސޫޒަން ގެ އަޑުން އޭނާ އީތަން ގެންދަން ބޭނުން ވެފައި ހުރި ވަރު ހާމަ ވިއެވެ.

“އަޅެ މޮމް. އަޅުގަނޑު ވެސް ދާހިތްވޭ ވަރަށް ޔޫލީ ގެ ބޯއީފްރެންޑާ ބައްދަލު ކޮށްލަން. އެކަމު ވަރަށް ބޮޑަށް ބޮލުގަ ރިއްސާ އެބަ. ޕްލީޒް އެހެން ދުވަހަކުން އަޅުގަނޑު ދާނަން އައި އެމް ސޮރީ” އީތަން ދެރަ ވެލާފައި ބުންޏެވެ.

“ދަރިފުޅު ބަލި ވާހަކަ ކުރިން ބުނި ނަމަ. ހޫމް ދެން މައްސަލައެއް ނެތް. ޑޮކްޓަރަށް ދައްކާތި އިނގޭ. ދެން ބާއްވަނީ” އީތަން ބަލިކަން އިނގުމުން ސޫޒަން ވެސް އިތުރަށް ގަދަހަދާކަށް ބޭނުމެއް ނުވިއެވެ. ސޫޒަން ފޯން ބޭއްވުމާއި އެކު އީތަން އަނެއްކާވެސް މުޅި ގެ ހޯދީ މިޝެލް އައިތޯ ބަލާށެވެ.

“އަދިވެސް ނާދޭ. ވަރަށް ބޮޑަށް ރުޅި އައީ ކަންނޭނގެ. ދެން މިރޭ ނައިއްސިއްޔާ ޖެހޭނީ މާދަން ކޮންމެވެސް ގޮތަކުން ނެހާ މެން ގެއަށް ދާން.” އީތަން ހިތާހިތުން ކިޔައިލިއެވެ.

ކެއުން ކުރިއަށްދިޔަ އިރު އެކި ވާހަކަ ދައްކަމުން ދިޔައީ ސޫޒަން އެވެ. ބައްޕަ އަނގައިން ނުބުނެ އިންނާތީ ޔޫލީ އަކަށް ވެސް ވާހަކަ ދައްކާކަށް ނުކެރުނެވެ. އިރުކޮޅެއް ފަހުން އަލްހާން އިސް އުފުލައިލަމުން ދާއިން ގެ މޫނަށް ފަރުވާތެރި ކަމާއި އެކު ބަލައިލިއެވެ.

“ދާއިން ވަޒީފާ އަދާ ކުރަނީ ކޮން ތާކު ތަ؟” އަލްހާން ސުވާލު ކޮށްލުމުން ސޫޒަން އާއި ޔޫލީ އަލްހާން ގެ މޫނަށް ބަލައިލީ ހައިރާން ވެފައި ތިބެއެވެ.

“އަޅުގަނޑު ވަޒީފާ އަދާ ކުރަނީ ޕްރައިވެޓް އޮފީހެއްގަ” ދާއިން ހިނިތުން ވެލަމުން ޖަވާބު ދިނެވެ.

“މުސާރަ އަކީ ކިހައި ވަރެއް؟” އަލްހާންގެ ޖުމްލަ އާއި އެކު ޔޫލީ އަށް ބައްޕާ އޭ ކިޔައި ގޮވައިލެވުނީ އަލްހާން އިން ފަހަނަ އަޅައިގެން ގޮސްދާނެހެން ހީވާތީ އެވެ. ނަމަވެސް ދާއިން ޔޫލީ ގެ އަތުގައި ހިފައިލަމުން ހިނިތުންވެލަމުން ލޮލުން އިޝާރާތް ކޮށްލީ ކަންބޮޑު ނުވުމަށެވެ.

“އަޅުގަނޑަށް ހުރިުހައި އެލެވެންސް ތައް އެއްކޮށް ލައިގެން ވިހިހާހާއި ތޭވީސް ހާހާއި ދެމެދު ލިބޭ” ދާއިން ގެ ޖަވާބުން އަލްހާން ތުންފަތަށް މަލާމާތުގެ ހިނިތުން ވުމެއް ވެރިވިއެވެ.

“ތިއަށް ވުރެ ގިނައިން ޔޫލީ އަށް ވެސް މުސާރަ ލިބޭ” އަލްހާން ގެ ޖުމްލައިން ޔޫލީ އަކަށް މަޑަކުން ނީނދެވުނެވެ.

“ޕްލީޒް ޑޭޑް. އަޅުގަނޑު ދާއިން ދެކެ ލޯބިވީ ދާއިން އަށް މުސާރަ ލިބޭ ވަރު ބަލާފަކާއެއްް ނޫނޭ. އެހެން ވީމަ ބައްޕަ އަށް ވެސް ތިގޮތަށް ދާއިން ދެރަވާ ހެން ވާހަކަ ދެއްކެވުމުގެ ހައްގެއް ނޯންނާނެ.” ޔޫލީ ވާހަކަ ދެއްކި އިރު އެތައް ޖަޒުބާތެއް އެކުވުމުގެ ސަބަބުން އެ ރީތި ލޮލުގައި ކަރުނަ ވިދަވިދާ ހުއްޓެވެ. ދާއިން އާއި ސޫޒަން އިސްޖަހައިގެން ތިބީ އެވެ. ހަގީގަތުގައި ޔޫލީ ގެ ބައްޕަ އެގޮތަށް ވާހަކަ ދެއްކުމުން ދާއިން އިނީ އިންތިހާއަށް ދެރަވެ ލަދުގެންފައެވެ.

“އަހަރުމެން ލޯބިން އެއްކަމެއް ވެސް އުނި ނުކޮށް ކިޔަވައިދީް ބަލާ ބޮޑުކުރީމަ ތީ ދޯ އަގު އަދާ ކުރަން އިނގުނު ގޮތަކީ” އަލްހާން ގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ. ދާއިން އިނީ އެތަނުން ދާން ބޭނުން ވެފައެވެ.

“އަލްހާން ޕްލީޒް. ޔޫލީ އުފަލުގަ ހުންނާނީ ދާއިން އާއި އެކު.” ސޫޒަން ކެތް ނުވެގެން ވާހަކަ ދައްކަންފެށިއެވެ.

“މުސާރަ އަށް ބައި ރުފިޔާ ލިބޭ މީހެއް ޔޫލީ އަށް އަޅާލާނީ ކިހިނެތްތަ؟” ސޫޒަން ދާއިން ގެ ދިފާއުގައި ވާހަކަ ދެއްކުމުން އަލްހާން އިތުރަށް ރުޅި ގަދަވިއެވެ.

“ބައްޕަ އަށް އެހެން ހީވިޔަސް ދާއިން އާ ދޭތެރޭ ފުުރިހަމަ އިތުބާރު އަޅުގަނޑަށް އޮބެއް. ކޮންމެ ހާލަކައިގެން ވެސް އަޅުގަނޑު ބޭނުމީ ދާއިން. ބައްޕަ އަޅުގަނޑަށް ކިޔަވައިދޭން ކުރިު ހަރަދު އަޅުގަނޑު އަނބުރާ އަދާ ކޮށްފާނަން” ޔޫލީ އިން ތަނުން ތެދުވީ ހިތަށް ކޮށްފައިވާ އަސަރަކުން ނެވެ.

“ތި ކިޔޭ އެއްޗެއް އެބަ އިނގޭތަ؟ އަހަރެން ގެ ގަބޫލުގަ ދުވަހަކުވެސް ޔޫލީ އަކަށް މި ފިރިހެނަކާ ނީނދެވޭނެ” އަލްހާން ވެސް ކޮޅަށް ތެދުވީ ރުޅި އައިއްސައެވެ.

“ބައްޕަ ނުގަބޫލަސް އަޅުގަނޑު ދާއިން ދޫކޮށެއް ނުލާނަން. އެއްފަހަރު އަޅުގަނޑަށް ދާއިން ގެއްލުން އިތުރަކަށް އެފަދަ ހިތްދަތި ކަމެއް ތަހައްމަލެއް ނުކުރެވޭނެ.” ޔޫލީ ގެ ޖުމްލަ އާއި އެކު ސޫޒަން ދަރިފުޅަށް ބަލައިލީ ހަމްދަރުދީގެ ނަޒަރަކުން ނެވެ. ދާއިން އިސްޖެހި ގޮތަށް އިނީ އެވެ. އެ ހިތަށް ކުރަމުންދާ އަސަރަކުން ދެންމެ ދެންމެ ރޮވިދާނެހެން ހީވިއެވެ. މުއްސަނދިންގެ ދަރިން ދެކެ ލޯބި ނުވާންވީ ސަބަބަކީ މީ އެވެ. މަހަކު ލައްކަ އެއް އަތަށް ނާރަންޏާ އެމީހުނަކަށް ކަމަކުނުދާނެއެވެ.

” އަހަރެން ގެ ނުގަބޫލުގަ ތި ކައިވެނި ކޮށްފިއްޔާ ޔޫލީ ޖެހޭނީ މިގެއިން ނުކުންނަން. ވަލީވެސް ދޭނަަން. އެކަމު އެހާހިސާބުން މަށަކީ ޔޫލީގެ ބައްޕަކަމަށް ނުދެކޭތި!” އަލްހާން ފަހުބަސް އިވައިލަމުން ނުކުމެގެން ދިޔައީ ދާއިން އަށް ނަފުރަތުގެ ބެލުމަކުން ބަލައިލުމަށް ފަހު އެވެ. އަލްހާން ނުކުތުމާއި އެކު ދާއިން ތެދުވެ ޔޫލީ އަށް ބަލައިލި އެވެ.

“ހޭއި.ޑޯންޓް ކްރައި. ހުރިުހައި ކަމެއް ވެސް ރަނގަޅުވާނެ. އެކަމް ޔޫލް ގެ ޑޭޑް ޑޭން އަށް އެހައި ހޭޓް ކުރަންޏާ ކިހިނެއް މެރީ ކުރާނީ؟” ދާއިން ޔޫލީގެ ކަރުނަތައް ފޮހެދެމުން ވާހަކަ ދެއްކި އިރު ސޫޒަން އަށް ވެސް ހުރީ ރޮވިފައެވެ.

“އައި ޑޯންޓް ކެއާ. އަހަރެން ބޭނުމީ ވީހާ ވެސް އަވަހަކަށް މެރީ ކުރަން. ޕްލީޒް ޑޭން. އަހަރެންގެ ބައްޕަ ނުގަބޫލަސް އަހަރެން ދާއިން ބޭނުން” ޔޫލީ ރޮމުން ދާއިން ގެ މޭގައި މޫނު ފޮރުވައިލުމުން ދާއިން އަށް ބަލައިލެވުނީ ސޫޒަން އަށެވެ. ސޫޒަން މަޑު މަޑުން ގޮސް ދާއިން ގެ އަތުތެރޭ ހުރި ޔޫލީ ގެ ބޮލުގައި ފިރުމައިލި އެވެ.

“ދަރިފުޅު ބޭނުމިއްޔާ މެރީ ކުުުުުުުުރިިުޔަސް މަންމަގެ މައްސަލަ އެއް ނެތް. ކޮންމެ މީހަކީ ބައްޕަ ވަރުގެ މުއްސަންޖަކަށް ނުވިޔަސް ދިރިއުޅުން ކާމިޔާބު ވާނީ ލޯތްބާއި އަޅައިލުން ވެސް އޮވެގެން. މަންމަ އަށް ޔަގީން ދާއިން ދަރިފުޅަށް ދެރަ ގޮތެއް ނަހަދާނެ ކަން” ސޫޒަން ދާއިން އަށް ހިތާމަވެރި ހިނިތުން ވުމެއް ހަދިޔާ ކޮށްލަމުން ހިނގައިގަތީ އަލްހާން ކޮބައިތޯ ބަލައިލާށެވެ.

ހެނދުނުގެ ވަގުތެވެ. މިޝެލް ނެހާ އާއި އޭނާގެ ދައްތަ އާއި ދައްތަގެ ފިރިމީހާ އުޅޭ އެޕާޓްމެންޓް ގައި އިނީ ސައިބޯށެވެ. ފެނުނު މަންޒަރުން ހިތަށް ކުރި އަސަރެއްގެ ބޮޑު ކަމުން މިޝެލް ކާރަކަށް އަރައިގެން އައީ ނެހާ ގާތަށެވެ. ނަސީބަކުން ނެހާގެ ދައްތަ އާއި ފިރިމީހާ ޑޮކްޓަރަށް ދައްކަން ލަންކާއަށް ގޮސް އުޅޭތީ މިޝެލް އަށް އެގޭގައި ހުރެވޭ ގޮތްވީއެވެ. ނެހާ ސުވާލު ކޮށް ކޮށް ވެސް ވީ ގޮތެއް މިޝެލް ނުބުންޏެވެ.

“މިޝް ދެން އެކަމު މިހާރު ތި ސައިތަށި ކައިރީ އިންނަތާ ގަޑިއިރެއް ވީ ވިއްޔަ. މަށަށް ހީވަނީ ް މިޝް އަށް އެންމެ ސުކުންތު ކޮޅެއް ވެސް އީތަން އާ ދުރުގަ ހުންނަން ވީމަ ހަމަ ކެތް ނުވަނީހެން” ނެހާ މެޝިނަށް އެއްޗިހި އަޅަން އައި އިރު ވެސް މިޝެލް ސައި ތަށީގައި އަތްނުލައި އިނުމުން ދިމާ ކޮށްލިއެވެ.

“ދެން މި ނެހާ ވެސް ދޯ. އަހަރެން ނަށް ހުރެވޭނެތީ ދޯ ރޭގަ އައި ގޮތަށް މި ގޭގަ މި އިނީ. އެ އީތަން އަހަރެން ދެކެ ލޯބިވަންޏާ ހޯދަން އައިހެއްނު” މިޝެލް ތުން ދަމައިލަމުން ވާހަކަ ދެއްކި ގޮތުން ނެހާ އަށް ހެވުނެވެ.

“ދެން އެކަމު އެވަރުގެ ކޮން ކަމެއް އީތަން ކޮށްގެން ތަ ތިހާވަރެއް ތި އަރުވާލަނީ؟ މަށަކީ ބެސްޓް ފްރެންޑޯ އެކަމު މަގޭ ކައިރީ ވީ ގޮތެއް ބުނީކީ ނޫން. އައި ގޮތަށް އައިސް ރޯން ފެށީމަ މަ ހީކުރީ ހަމަ އަސްލު ވެސް ވަރި ކުރީ ކަމަށް.” ނެހާ މެޝިނު ޖައްސައިލަމުން ގޮސް މިޝެލްގެ ކައިރީ އިށީނދެ ޝަކުވާ ކޮށްލިއެވެ.

“ސޮރީ ނެހާ. އެކަމު އީތަން އަށް ވާ ވަރެއް ބަލައިލަން އަހަރެން ހަމަ އައީ. އަހަރެން އައި ސަބަބު އީތަން އަށް އިނގޭނެ. ސޯ އެހައިހިސާބުން އެ ނިމުނީ ނު. ދެން އެވާހަކަ ނުދައްކަބަލަ. އަހަރެން ނެހާ މަތިން ހަނދާން ވެގެން މިގެއަށް ހަމަ އައިސްލީ އޭ.” މިޝެލް ނެހާގެ އަތުގައ ހިފައިފިއްތައިލަމުން ބުންޏެވެ. ނެހާ މިޝެލް އަށް ހިނިތުންވެލަމުން އަވަހަށް ސައިބޯން ބުންޏެވެ.

ހެނދުނު ހޭލެވުން އިރު ވެސް މިޝެލް ނާންނާތީ އީތަން ކަންބޮޑު ވިއެވެ. އަނެއްކާ މިޝެލް އަށް ކަމެއް ވީ ބާއެވެ. އެފަދަ ހިޔާލުތަކުން އީތަން ގެ ހިތައް އުނދަގޫ ކުރަން ފެށިއެވެ. ނަމަވެސް އޮފީހަށް ދިއުން އީތަން އަށް ވަރަށް މުހުންމެވެ. އެހެން ކަމުން އޮފީހުން އައިސް މިޝެލް ހޯދަން ދިއުމަށް ނިންމަމުން އީތަން ތައްޔާރު ވާން ފެށިއެވެ.

ދާއިން ހެނދުނު ހޭލި އިރު ހުރީ ބޮލުގަ ރިއްސާ ގޮތްވެފައެވެ. އަލްހާން ދާއިން ދެކެ އެހައި ރުޅި އަންނަން ވީ ސަބަބެއް ދާއިން ވިސްނާ ވިސްނާ ވެސް ހަމަ އެއް ގޮތަކަށް ވެސް ނޭނގުނެވެ. ޔޫލީ އޭނަ އާ ކައިވެނި ކުރަން ހުރިކަމަށް ވަންޏާ ދާއިން ގެ މައްސަލައެއް ނެތެވެ. ނަމަވެސް މާއިރާގެ ހިޔާލެއް ހޯދައިލުން އީތަން އަށް މުހިންމު ކަމުން ތަންމަތީގައި ނޯވެ ކޮޓަރިން ނުކުތީ މާއިރާ ޑިއުޓީ އަށް ދިއުމުގެ ކުރިން އެވާހަކަ ދެއްކުމަށެވެ. ދާއިން ނިދާ ހޭލިގޮތަށް އައިސް ކުރިމަތީގައި އިށީނުމުން މާއިރާ ހައިރާން ވިއެވެ.

“ދަރިފުޅު ކީއްވެ ތިހެން ތިހިރީ؟ އޮފީހަށް ދާ ގަޑި ޖެހެނީނު” މާއިރާ ދާއިން ގެ މޫނަށް ފަރުވާތެރި ކަމާއިއެކު ބަލައިލިއެވެ.

“މިއަދު އަޅުގަނޑުގެ އޮފް ދުވަހެއްނު މަންމާ. އަސްލު އަޅުގަނޑު މި އައީ މަންމަ ގާތު ވާހަކަ އެއް ދައްކަން ވެގެން” ދާއިން އިސްޖަހައިގެން އިނީ ދުވަހަކުވެސް އަދި މާއިރާ ގާތު އެފަދަ ކަމެއްގެ ވާހަކަ ދާއިން ދައްކާފައި ނުވާތީ އެ ވާހަކަ ބުނާނޭ ގޮތަކާއި މެދު ވިސްނާށެވެ. މާއިރާ ކޮށަން އިން ފިޔާ އެތި ބަހައްޓަމުން ދާއިން ގެ ވާހަކަ އަށް ސަމާލުކަންދިނެވެ.

“މަންމާ އަޅުގަނޑު މި އުޅެނީ މެރީ ކުރަން” ދާއިން ބޭކާރު ވާހަކަ ތަކެއް ނުދައްކާ ސީދާ ބުނަން ބޭނުންވާ ވާހަކަ އިއްވައިލިއެވެ. ދާއިން ގެ ޖުމްލަ އާއި އެކު މާއިރާގެ ތުންފަތަށް ހިނިތުން ވުމެއް ވެރިވިއެވެ.

“މިހާރު ވެސް ތިކަން ކުރަން ލަސް ވެއްޖެ. މިޝް ވެސް މެރީ ކުރީ ވިއްޔަ ދަރިފުޅު ތިހެން ހުއްޓަ. ކޮންކުއްޖަކާ ތަ ދަރިފުޅު އިންނަން ތި އުޅެނީ؟ މަންމަ އަށް ވެސް ދައްކާލަބަލަ” މާއިރާ އެހެން ބުނެލި އިރު އެ އަޑުގައި ލާނެއް ކަމެއް ހުއްޓެވެ. ދާއިން ހިނިތުން ވެލަމުން އަތުގައި އޮތް ފޯނުން ޔޫލީ ގެ ފޮޓޯ އެއް ދައްކައިލަމުން ޔޫލީގެ ވާހަކަ ތައް ކިޔައިދޭން ފެށިއެވެ.

“ވަރަށް ރީތި. ވަރަށް ހިތްހެޔޮ ވައްތަރު ޖަހާ. އަދި ޑޮކްޓަރެކޭ ބުނީމަ މަންމަ ހަމަ އަޖައިބު ވެއްޖެ.” މާއިރާ ޔޫލީ އަށް ތައުރީފު ކޮށްލިއެވެ.

“އެކަމަކު ޔޫލީ ގެ ބައްޕަ ގަބޫލެއް ނޫން މަންމާ” ދާއިން ގެ ޖުމްލަ އާއި އެކު މާއިރާގެ ހިނިތުން ވުން ފަނޑުވެގެން ދިޔައެވެ. ދާއިން ރޭގެ ހާދިސާ މާއިރާއަށް ކިޔައިދިނީ މަންމަގެ ހެޔޮ ބަހެއް ބޭނުން ވެފައި އިން ވަރުންނެވެ.

“މަންމަ ތީގަ ކީކޭ ބުނާނީ؟ ޔޫލީ ދަރިފުޅުދެކެ ލޯބިވަންޏާ އަދި ކިތަންމެ ނުރުހުނަސް އޭނާ ގެ ބައްޕަ ވަލީ ދޭން ހުރިއްޔާ ކައިވެނި އަވަސް ކުރޭ. ނޫނީ މާ ދެރަގޮތެއް ވެދާނެ. ދާއިން ގެ ކޮންމެ ނިންމުމެއް މަންމަ އުފަލާއިއެކު ގަބޫލު ކުރާނަން” މާއިރާ ދާއިން ގެ ބޮލުގައި ފިރުމައިލަމުން ހިނިތުން ވެލިއެވެ.

މިޝެލް އިރު އޮއްސެން ކައިރި ވުމުން ޓެކްސީ އެއްގައި ގެއަށް ދިޔައީ ނެހާ ގެ އެދުމުގެ މަތިން ނެވެ. ފިރިމީހާ އަށް ކިޔަމަން ވާނެކަން ނެހާ މިޝެލް އަށް ވިސްނައިދިނީ ލޯބިވާ އެކުވެރިއެއްގެ ހައިސިއްޔަތުން ނެވެ. ގޭތެރެއަށް ވަންނަން ހުންނަ ބިއްލޫރި ފުޅާ ދޮރު ހުރީ ތަޅުލާފައި ކަމުން މިޝެލް އަތުގައި އޮތް އަންހެން ވޮލެޓް ހުޅުވައިލަމުން އޭގެތެރެއިން ތަޅުދަނޑިއެއް ނެގިއެވެ. ދޮރުހުޅުވައިލި އިރު ގޭތެރޭގައި ވަނީ ހަމަ ހިމޭން ކަމެވެ. މިޝެލް އެތެރެ އަށް ވަދެ ދޮރު ލައްޕައިލަމުން ކޮޓަރިއަށް ދިޔައީ ފެން ވަރާ ތާޒާވެލާށެވެ.

ފެަން ވަރަން މާގަނޑު ދޮށުގައި ހުރި އިރު ކުރިން ދުވަހު ފާހާނާތެރޭ އީތަން އާއި އެކީ ޖެހުން ސަކަރާތް ހިތައް އަރާފައި ބޭ އިހްތިޔާރުގައި ހިނިތުން ވެވުނެވެ. ހިތްހަމަ ޖެހޭ ވަރުވުމުން މިޝެލް ގައި ހިއްކަމުން ކޮޓަރި އަށް ނުކުތީ އީތަން ހުންނާނެ ކަމަކަށް ނޫނެވެ. ކުރިމަތީ އައިސް ހުއްޓުނު އީތަން ފެނިފައި މިޝެލް އަށް ހަޅޭއް ލަވައިގަނެވުނީ އަތުގައި އޮތް ހުދު ތުވާލިން ގައި ނިވާ ކުރަން މަސައްކަތް ކުރަމުން ނެވެ. އީތަން މިޝެލް އާއި ގާތަށް ޖެހެން ފެށުމުން މިޝެލް ހާސް ވީ އީތަން ހުރީ ރުޅިއައިސްފައި ކަމަށް ހީކޮށެވެ. އީތަން ކައިރިވާ ވަރަކަށް މިޝެލް ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ތަތް ވީ ފާރުގައެވެ.

“އީތަން ލެޓް މީ..” މިޝެލްގެ ޖުމްލަ ފުރިހަމަ ނުވަނީސް އީތަން މިޝެލް ގެ ތުންފަތުގައި ބޮސްދޭންފެށީ ކަރުހިއްކައިގެންފައިވާ މީހެއް ފަދައިން ނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shooty

Level 310 Stories100 Comments

I like writing stories and reading comments ? I also love reading every kind of stories...

Other Articles

Previous

މިހިތުގެ ފަސާނާ 2

Next

ނޭނގޭހެ ހާދަ ލޯބިވޭ 25

Next
October 9, 2016

ނޭނގޭހެ ހާދަ ލޯބިވޭ 25

Previews
October 9, 2016

މިހިތުގެ ފަސާނާ 2

79 Comments!

  1. shooty says:
    October 9, 2016 at 3:32 pm

    hey guys here is 12th part.. hope you guys will enjoy.. and mi part my 20 pages. hope everyone will be happy to read. please keep supporting. next part will upload asap. I love you all..
    love shooty 😉

  2. gutty says:
    October 9, 2016 at 3:34 pm

    Acheedi…dhen mee kohcheh

    1. me says:
      October 9, 2016 at 3:52 pm

      hadihyaa dhn nukyma vynu …

    2. hate u says:
      October 9, 2016 at 3:59 pm

      ??? hadhiyya nukiyaanee.. Kaaku tha bunee kiyaashey.. Amihlayah vaahaka liyegn kiyan v nun dhn…

    3. hate u says:
      October 9, 2016 at 3:59 pm

      ??? hadhiyya nukiyaanee.. Kaaku tha bunee kiyaashey.. Amihlayah vaahaka liyegn kiyan v nun dhn…

    4. nyna says:
      October 9, 2016 at 4:17 pm

      Mee vaahakaeh noontha gutty?

    5. Fan? says:
      October 9, 2016 at 4:23 pm

      Kithey varakah hadi a kiyakiyaafa ulhunas ukiyaeh nuthibeyne… Hama new part eh up vaa irah kiyaane.. Evaru baekey hadi a mikiyany…

    6. Hooooo. says:
      October 9, 2016 at 6:25 pm

      Haskell ey kiyaafa enemy kurin thi kiyanie oh.

    7. Moya gutty says:
      October 9, 2016 at 6:53 pm

      Gutty kaley galhi tha! Kiyavan thoche fonuvan v.. Mi vaahaka eh viyya.. Moya.. Story is nice

    8. Luyoona says:
      October 9, 2016 at 7:37 pm

      gutty ,mi vaahaka vv ryhti thi meehaa gandu mi vaa haka nukiyaa hadiyyaa thi meehayah
      anyways shooty plxgutty ehen bunikamugai viyas story is awsome and story liyun hutttaa nulaathi plx

    9. Luyoona says:
      October 9, 2016 at 7:37 pm

      gutty ,mi vaahaka vv ryhti thi meehaa gandu mi vaa haka nukiyaa hadiyyaa thi meehayah
      anyways shooty plx gutty ehen bunikamugai viyas story is awsome and story liyun hutttaa nulaathi plx

  3. naanu says:
    October 9, 2016 at 3:37 pm

    Main charactor ge ehves problem eh nuhurey dhow..hus ehen meehunah dhimaavaa haadhisa….

    1. shooty says:
      October 9, 2016 at 3:48 pm

      2 couples ae story ge lead ey naanu. adhi keikohlla ingey.. adhi v bodu bomb eh obeytheyy.. just wait for some time.. thank u for reading.

  4. Sweety grl says:
    October 9, 2016 at 3:37 pm

    Nice.next part kon irakun up kuraanee.v reethi me story

  5. Thoo says:
    October 9, 2016 at 3:38 pm

    Wow..enme nice thankolhah ti ninmaaly…waiting 4 de next part.v v v v salhi

  6. ninaa says:
    October 9, 2016 at 3:40 pm

    V reethi .enme kiyaa hivaa hisaabun nimunee . Waiting 4 the next part

  7. Shaa says:
    October 9, 2016 at 3:42 pm

    Vvvvv rythi.. Avahah next part up koh dhehcheyy

  8. Shaa says:
    October 9, 2016 at 3:43 pm

    wowowo.. me first tha ?? varah reethi .. shooty vareh neii hama ???

  9. Affey says:
    October 9, 2016 at 3:44 pm

    Wowwww ????bt thankolheh kuru dhw

  10. Shaa says:
    October 9, 2016 at 3:46 pm

    snooty next part avas kohdhehchey.. love ya ????

  11. Anonymous says:
    October 9, 2016 at 3:47 pm

    Stroy v v furihama shooty…
    Thanks mihaa dhigu koh genes dhiny ma….
    Next part mirey upkoh dhyfiya readers v happy vaane…
    plx wish i can read next part tonight….curious….

  12. Rsy says:
    October 9, 2016 at 3:53 pm

    VVV reethi…
    Waiting……

  13. Aish says:
    October 9, 2016 at 3:54 pm

    Alhe konirakun next part. Luv dis story

  14. Mali says:
    October 9, 2016 at 3:59 pm

    Wow I love this story ..waiting for next part …..

  15. naanu hawwa says:
    October 9, 2016 at 4:01 pm

    @shooty
    shooty thy liyuntheri akah vyma engen jeheyne fau kiyun thah balaigannan. mi site ga myhun hama jessumah ves comment kurey. writers ge hyyvaru gelluvaalan. e iy rythi story eh fenijjehyya. writer akah engen jeheyne ehn ulhey muhun ves thibeyne kan.eheney kiyaafa vaahaka ah eyge asaru kuraakah nujeheyne. mii varah ves rythi vaahaka eh ekamaku midhiya 2 thin dhuvahu nerun part thah ehaa ehaa eh noon. hyvany shooty ehcheh liyan jeheythy liyelaafa oi ehcheh hen. you are way mor capbl than dht. just ignore those who wants to put you down and rise up with those who wants to take you up. hope you understand.
    love naanu hawwa

    1. shooty says:
      October 9, 2016 at 4:12 pm

      sorrrryyy naanu hawwa.. I will try my best ingeyy.. 🙂

  16. Eesh says:
    October 9, 2016 at 4:03 pm

    v nice…i luv this story..nxt part avahah up kohdhnchy plxxxxx

  17. Niyer says:
    October 9, 2016 at 4:04 pm

    Eathan geah kaan nais kihineh Dhaainge Bappa 7 aharu kurin maruvefa vaa vahaka bunan engeny??? Vahaka eh liyefa upload kuraa iru double check eh viyas jahaabala emmen ves. Heyo nuvaane aadheys mikuranee.

    1. shooty says:
      October 9, 2016 at 4:13 pm

      niyer alhugandu recheck kurin. ekm nufeni in thankolheh ae. but thanks for telling the miatake hehe

  18. Aishaa says:
    October 9, 2016 at 4:05 pm

    Shooty is the best n I luv this story…. please avahah eethan aa yoolee aa gulhuvabala. Waiting waiting…

  19. niha says:
    October 9, 2016 at 4:15 pm

    VVVV lobi mi stry….
    Konirakutha next part….

  20. EeeKoO says:
    October 9, 2016 at 4:18 pm

    Nyc…nxt prt knirkn

  21. lussi says:
    October 9, 2016 at 4:19 pm

    Wow… vvvv obi….
    Miharu mega friends invas mi Stry reethi vahaka dakani…..
    Totally supperb Shooty…..

  22. Sheeby says:
    October 9, 2016 at 4:22 pm

    Salhi ??? dhn next part kon irakun

    1. shooty says:
      October 9, 2016 at 4:27 pm

      next part maadhan havyru iraadha kurewiyyaa sheeby

  23. Shain says:
    October 9, 2016 at 4:28 pm

    Wow..varah reethi mibaives… Thank you Shooty…Next part ves avahah up kohdhehchey

  24. zoaya says:
    October 9, 2016 at 4:30 pm

    hehhehe hadiyya nukiyabala… kaakutha buni moyawaasheyyy… mi storyy kiyaa hithun nuvex nidheyyy..lol

  25. Lol says:
    October 9, 2016 at 4:31 pm

    Aishaaaaaaaaa!!!!!!!!Yulee and eethan aky sister,brother, so kihineh e dhekudhin gulhuvaaneee……. Hehehehe adhi once more vsahaka kiyaalan feney thikujaaaaa hehehehe

  26. Lammo says:
    October 9, 2016 at 4:39 pm

    Vaahaka hama varah reethi……hadiyya nukiumah naseyhaitheri van….
    .

  27. mish says:
    October 9, 2016 at 4:42 pm

    shooty , i luv this story a lot , plx plx , michelle n eathan ge bai ginain genes dhyba , pulxxx

  28. D@h@@ says:
    October 9, 2016 at 5:12 pm

    V v v inthizaaru kohffin…vvv rythi..i luv it…waiting waiting..

  29. rish says:
    October 9, 2016 at 5:46 pm

    v awsm… i like the story

  30. me says:
    October 9, 2016 at 6:05 pm

    me vvv inthizaaru kurevey vaahakaeh…………. avahah next part up kohdheeba vvvvvvv salhi mipart ves waiting for the next part.

  31. XieEen says:
    October 9, 2016 at 6:24 pm

    Warah obi… next part awahah up kohdhybaaa….

  32. Unknown says:
    October 9, 2016 at 6:26 pm

    Ur the best writer. V habeys mi baaves.

  33. Chooo says:
    October 9, 2016 at 6:38 pm

    ❤️❤️❤️❤️❤️❤️

  34. Aishaaaa says:
    October 9, 2016 at 6:42 pm

    Shoooty❤❤ finaly vaahaka kiyaalevijje. V habeys mi partves. .thnx❤❤❤.. J vaa kudhin kudhin gina dhw. . Alhaanulaa shooty. .aey ves saport kurumeh kamah balaa?.. waiting next part ah…

  35. vishaa says:
    October 9, 2016 at 6:45 pm

    vara reeethi…

  36. Love says:
    October 9, 2016 at 6:55 pm

    vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv nice.. Thank u shooty

  37. xilaa says:
    October 9, 2016 at 7:05 pm

    Waiting for the next part. Story vrh habeys

  38. xilaa says:
    October 9, 2016 at 7:05 pm

    Waiting for the next part. Story vrh habeys

  39. gutty says:
    October 9, 2016 at 7:07 pm

    Mi shooty aa flower ge vaahaka thah haadha haaey hadi

    1. manje says:
      October 9, 2016 at 7:19 pm

      gutty kaley j veedhw .. kaleyah mifenvarah vaahaka nuliveyne..piss… nodu varu thee gutty owla..kn gutteh kaley gaiga hunnaany….ladhun boa halaak

  40. manje says:
    October 9, 2016 at 7:23 pm

    gutty kaley thiyaa ulheni fenwaru olhigen .
    pakaaas.. ?

  41. cham says:
    October 9, 2016 at 7:35 pm

    Mi story hama obi….. Next part kiyaa hithun Lola ninjeh vex naadhey….. He he he he…..cham hitha araa vaahakah hadhi meehun kiyanee keekuran baa eh…

  42. Luyoona says:
    October 9, 2016 at 7:41 pm

    ginain mishel aai eethan ge vaaha genes dheythi nxt part ga
    waiting 4 nxt part

  43. Fatima says:
    October 9, 2016 at 7:50 pm

    Alhey mirey pls wow wow love it ?

  44. Afy says:
    October 9, 2016 at 7:59 pm

    Heyonuvaane shooty aneh part mirey up kolladheebala dhuvahaku kameh kohdhenyaa mirey aneh part up kolladhee shooty pls pls pls pls pls pls pls dhefaiga hifaa aadheys koffa mibunee hamaekanimirey

    1. Ariana? says:
      October 9, 2016 at 9:33 pm

      Edhwgeh shooty mirey afy buni bunumakah up kohdheefiyyaa dhn salaamatheh nuwaane?????

  45. Glitzy says:
    October 9, 2016 at 7:59 pm

    Mi story vareh neh hama super ?
    Gutty kaley aslahves j vany dhw ???

  46. ully says:
    October 9, 2016 at 8:05 pm

    Woww…. So romantic…. Love you chooty….
    Keep it up…. You are the best ..

  47. zoo xoo says:
    October 9, 2016 at 8:33 pm

    Commenteh nukoh ulhey name hithaa huttas nuhureveyne…vaahaka hadi Aa nukiyaa thibey…shooty vaahaka v salhi…comment nukurias free vaa irah kiyan vaahaka…

  48. Blu says:
    October 9, 2016 at 8:40 pm

    Owsome.. Waiting for the next part?

  49. Anonymous says:
    October 9, 2016 at 9:24 pm

    Fantastic ?????❤️❤️❤️❤️❤️♥️♥️♥️????

  50. Khajja says:
    October 9, 2016 at 9:53 pm

    Vvv rythi e 2 myhunge gulhun rangalhuvany dhw mihaaru e n dhen thibi 2 kudhingeves weding hamajassaa waiting nxt part

  51. Butterfly grl says:
    October 9, 2016 at 10:05 pm

    Wow… v nyc stryeh mi..abadhu beleny up vaatho.. shooty u ar the best n keep it up?

  52. Roohy says:
    October 10, 2016 at 12:14 am

    V V VVV salhi vaahaka thi gandhaagoi akamaku misalge vedinga ufaa dhen maa avas ayrun ahaamajaa ah nuvaa ne. huri kamah vas akamuga vagu thuga muhinmu vaanee mihaaru esfiya in games dhey anme hinhama jahy anme likevaa 1 van vaahak thee mivaahakaage hurihaa rahathahves himanythee. Mihaaru dhethin faharukijje. Mivaahaka mihaafurihamaee eethan aai mishelga majaabain adhi eethanga shakhshihya thaa eethan aavarah gulhy shooty vthanks??????????????????????????????????????????????????

  53. Faanthu says:
    October 10, 2016 at 12:31 am

    Speechless ????

  54. roohy says:
    October 10, 2016 at 12:45 am

    weddinge ufaa hoodhaa bai gene bala shooty plx plz plc

  55. Noor says:
    October 10, 2016 at 2:01 am

    WOw vnice mi story eethange by ginain genasdheebaa. eethan ah lyfa fotw aa eethunge shakhsiyyathaa v guly. mahsala thah nimi anme furihama gothuga mishelah ufaadhineema v furihama vaane.den paat soon pls pls pls pls???????

  56. Dark Princess says:
    October 10, 2016 at 8:15 am

    vrh vrh vrh reethiii….next part ah intixaaru mi kuranyy… 😀 😀

  57. ?Shue? says:
    October 10, 2016 at 9:18 am

    Wow… V v v reeethi mi part ves… Shooty is the best…. Waiting for the next part…

  58. princess says:
    October 10, 2016 at 9:47 am

    Vrh salhi…… kiyaa hithun nukuyanyaa rythikameves neygeynyy …. dhw shooty

  59. Laal says:
    October 10, 2016 at 10:11 am

    waiting avaskohlaba

  60. uji says:
    October 10, 2016 at 11:38 am

    dhivehi bahuge gavaidhuga ‘fakaa’ kiyaa baheh oveyba…. engifakaa nei… rangalhu gothaky engifaeh nei. bunefakaa nei.. rangalhu gothakee bunefaeh nei… be careful next time… good luck…

  61. FAT says:
    October 10, 2016 at 2:13 pm

    WOW WOW CANT WAIT PLS UP KOLABA

  62. aisha says:
    October 10, 2016 at 3:46 pm

    wowww..v v v rythi…next part kon dhuvahakun genes dheyny…v v v v salhi vaahaka eh…

  63. Anonymous says:
    October 10, 2016 at 4:11 pm

    Shooty thibuni bomb akee eethan hedhi dhogu falhaa araa vaahaka dhoa… dhaain e marry kuran ulhenee ethange sis aa viyya.. family ulhenee meleyga ey kiyaa dhogu hadhaafa amilla family ah ves neygi

  64. shaya says:
    October 10, 2016 at 5:49 pm

    Kobaatha next part… V v inthixaaru kurevey…nw reygandu vanee

Comments are closed.

Next Episodeލޯބިވަން ޔާރާ އޭ 13←


All Right Reserved!