Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވަން ޔާރާ އޭ 11

shooty Level 310 Stories100 Comments
October 8, 2016 6 Mins Read
54 Comments

ލޯބިވަން ޔާރާ އޭ 11

“ޑޭން ބައްޕަ އުޅެނީ ޑޭން އަށް ކަމެއް ކުރަން” ޔޫލީ ޖަވާބު ދިނެވެ.

“ވަޓް؟؟” ދާއިން ހައިރާން ކަމާއި އެކު އަހައިލިއެވެ.

“އާނ. ނޭނގެ ކޮން ކަހަލަ ކަމެއް ކަމެއް. ބައްޕަ އެކަން ރާވަން ގުޅި މީހާގެ ނަމްބަރު އޮބެއް. ޕްލީޒް ޑޫ ސަމްތިންގް.” ޔޫލީ ރޮވިފައި އިނދެ ބުންޏެވެ. ދާއިން އާނއެކޭ ބުނެ ނަމްބަރު ފޮނުވުމަށް ބުނަމުން ފޯން ބޭއްވީ ހާސް ވެފައި ހުރެ އެވެ.

ހެނދުނުގެ ވަގުތެވެ. އީތަން ތައްޔާރު ވަމުން ދިޔައީ އޮފީހަށް ދާށެވެ. ޑައިނިންގް ރޫމްގައި މިޝެލް އުޅޭ އަޑު އިވި އިވި ހުއްޓެވެ. ޓައީ އަޅައިލުމަށް ފަހު ކޯޓް އަތުގައި އަޅުވައިލަމުން އީތަން ދިޔައީ މިޝެލް ކުރާ ކަމެއް ބަލައިލުމަށެވެ.

އޭޕްރޯން އަޅައިގެން ހުރި އިރުވެސް މިޝެލްގެ މުޅިގައިގައި ވަނީ ފުށެވެ. ރޮށި ފިހެން ނޭނގުނަސް މިޝެލް ދިޔައީ އޭނާ އަށް ކުރެވެން އޮތްހައި މަސައްކަތެއް ކުރަމުންނެވެ. އެކިބައްޓަން ތަކަށް ދަމާފައިވާ ރޮށިތައް ތަށީގައި އަޅުވާފައި ވާ އިރު އުނދުން މައްޗަށް ލާފައި އޮތް ރޮށިން އަނދާ ވަސް ދުވަމުން ދިޔައެވެ. އެއާއި އެކު ތެޅިގެންފައި އެ ރޮށި ނަގަން މިޝެލް އުޅެގަތް ގޮތް ފެނިފައި އީތަން އަށް ހީގަނެވުނީ އިންތިހާ އަށް ބާރަށެވެ. ރޮށި ނަގަ ނަގާ ހުރި މިޝެލް ސިހިގެން ދިޔައީ އީތަން ގެ ބާރު ހުނުމުގެ އަޑުން ނެވެ. ސިހުނުވަރުން މިޝެލް ގެ އަތް ދޮން ވެފައިވާ ތަވާގައި ޖެހުމާއި އެކު ނަގައިގަތް ދިލައިން މިޝެލް ގެ ލޮލުން ފެން އައެވެ. އަތުގައި އަތް އަޅައިލަމުން މިޝެލް އަވަސް އަވަހަށް އުނދުން ނިވާލުމަށް ފަހު ދުވެފައި ގޮސް ސިންކް ގެ އިސްކޫރު ދޫކޮށްލިއެވެ.

“އޯހް މައި ބޭއިބީ ވައިފް ތިހާ ނާޒުކު ކުދިން ތިކަހަލަ މަސައްކަތް ނުކުރަން ވީ ނު. އެހެންޏާ ފަހެ، ހޫނު އެއްޗަކާ އަތް ލައިފިއްޔާ އަތް ފިއްސާލާ. ތޫނު އެއްޗަކާ ކުޅެފިއްޔާ އެތަނަކުން އެބަ ލޭ ގެނޭ. އަތުން ފައިން މަސައްކަތެއް ކުރަން ނޭނގުނަސް ތިމާ މީހާގެ މޮޅުކަން ދެއްކޭތޯ ބަލާތި” އީތަން މިޝެލް އާއި ދިމާއަށް ހިނގައިގަންނަމުން ވާހަކަ ދެއްކީ މަލާމާތުގެ ރާގެއްގައެވެ.

މިޝެލް ގާތަށް ރުޅި އަންނަ ގޮތް ވިއެވެ. ރޮށި ވެސް ފިހަން މި ޖެހުނީ މި ފިރިހެނާ އަށް ރޮށި ކަމުދާ ވާހަކަ ރޭގަ ބުނެފަ އޮތީމައެވެ. ރަނގަޅަކަށް ވެސް ކަމެއް ކޮށްދެވޭކަށް ނެތެވެ. އީތަން ދިޔަ ގޮތަށް ގޮސް މިޝެލް ގެ އަތުގައި ފިހިފަ އިން ތަންކޮޅު ބަލައިލިއެވެ. ކުޑަކުޑަ ރޮނގެއްހެނަ ރަތްކުލައިގައި އެތަން އިނުމުން އީތަން އަދި އިތުރަށް މިޝެލް ރުޅިއަރުވައިލަން ބޭނުން ވިއެވެ.

“ދެން ކުޑަ ކުޑަ ތަންކޮޅެއް ވިއްޔަ މާ ބޭބީ ވެގެން ތި އުޅެނީ. އެނީވޭ އަހަރެން ނަކަށް ތިކުއްޖާގެ ބޭބީކަން ބަލަން ހުރެވޭކަށް ނެތް. މިހާރު އެއޮށް ގަޑި ޖެހެނީ. އެހައި އަވަހަށް ކޮންމެ ހެން މި ނުކުތީވެސް ވަރަށް ބޮޑު ޕްރޮޖެކްޓެއްގެ މީޓިންގް އޮތީމަ. ވިޝް މީ ލަކް މައި ލަވް” އީތަން ރުޅި އައިސް ބުމަ ގޮށް ޖަހައިގެން ހުރި މިޝެލް ގެ ކޮލުގައި ހިފާ  ރަތް ކޮށްލަމުން ފުރަގަސް ދިން ތަނާ މޭޒުމަތީގައި ހުރި ހިކި ފުށް އެތި ނެަގުމާއި އެކު އީތަން ގެ ގަޔަށް ޖަހައިފި އެވެ.

“ވަޓް ދަ ހެލް؟” އީތަން ރުޅިއައިސް ރަތް ވެފައި ހުރެ ދެބުމަ ގޮށް ޖަހައިލަމުން ހަޅޭއް ލަވައިގަތެވެ. އެއާއި އެކު ހީގަންނަމުން މިޝެލް ދުއްވައިގަތީ ސިޑިއާ ދިމާލަށެވެ. އީތަން ވެސް ބަލާކަށް ނުހުރެ ދުއްވައިގަތީ މިޝެލް އަތު ކުރާށެވެ. އަންހެން ކުއްޖަކާ ބަލާފައި މިޝެލް ފުދޭ ވަރަކަށް ހަލުތްވެވެ. ހަލުވި ކަމާއި އެކު ހަރުފަތްތައް ހުރަސް ކޮށްލަމުން މިޝެލް އީތަން އާއި މިޝެލް ގެ ކޮޓަރި އަށް ވަނެވެ. އީތަން ގެ އަތުގައި ނުޖެހޭން ވެގެން ފާހާނާ އަށް ވަދެ ދޮރު ތަޅުލާން އުޅެނިކޮށް އެ ހިމަ އުނަގަނޑުގައި އީތަން ގެ ބާރުގަދަ އަތުން ވަށައިލިއެވެ. އެއާއި އެކު މިޝެލް ގެ އެތަން މިތާ އީތަން ހީކިލި ކޮށްޓަން ފެށިއެވެ. މިޝެލް ހޭތަން ފެނުމުންް އީތަން ގާތަށް ވެސް ހިނިއައެވެ. މި އަންހެން ކުދިން ހާދަ ބަލިކަށްޓެވެ.

“ޕްލީޒް އީތަން ލީވް މީ” މިޝެލް ހެމުން އީތަން ގެ އަތުތެރޭން ސަލާމަތް ވާން މަސައްކަތް ކުރަނިކޮށް ދެމީހުން ގޮސް ޖެހުނީ ފެން އަޅާ ފުރާފައި ހުރި ޖަކޫޒީ ތެރެއަށެވެ. މިޝެލް ގެ ލުއި ލުއި ހަށިގަނޑު އީތަން ގެ ގައިމަތީގައި އޮތް އިރު އީތަން އަށް ކުރުވީ މުޅިން ތަފާތު އިހްސާސް ތަކެކެވެ.

“އައި އެމް ސޮރީ އީތަން. ބަޓް ޔޫ ޑިޒާވް އިޓް” މިޝެލް މަޑުމަޑުން ބުނެލަމުން ތެދުވަން މަސައްކަތް ކުރުމުން އެކަން ހުއްޓުވީ އީތަން އެވެ.

“އަހަރެން ނަށް އެ ޕްރޮޖެކްޓް ނުލިބުނިއްޔާ ހަނދާން ކުރާތި، އައި ވިލް ޕަނިޝް ޔޫ” އީތަން ގެ ލޮލުން އެ ދިނީ އިންޒާރެކޭ ބުނާ ފަދައެވެ.

“އަހަރެން މިހިރީ ތި ޕަނިޝްމެންޓުގެ އިންތިޒާރުގަ.” މިޝެލް ވެސް ދެރަ ނުވާންވެގެން ބުންޏެވެ.

ދާއިން އެ ނަމްބަރަށް ގުޅީ އޮފީހަށް ގޮއްސައެވެ. ޒެނިލް އާއި ދެމީހުން ތިބެގެން އެ ނަމްބަރަށް ގުޅި އެވެ.

“ހެލޯ ކޮން ޅަ… އެއް؟” އެ މީހާ ވާހަކަ ދެއްކި އިރު އަނގައިގައި ވަރު ހުރި ހެނެއް ވެސް ހިއެއް ނުވެއެވެ.

“ތީ ކާކު؟ ކޮން ނަމެއް ކިޔަނީ؟” ޒެނިލް ވާހަކަ ދެއްކިއެވެ.

“މަށަށް ގުޅައިގެން ތި ހުރި އާލާތަށް މަގޭ ނަން ނޭގެންޏާ މަށަށް ނުގުޅާނީ އިނގޭ.” އެމީހާ ރުޅިއައިސްގެން ހުރެ ވާހަކަ ދެއްކިއެވެ.

“މަމިގުޅައިލީ ކައެގެ އަތުން އެއްޗެއް ގަންނަން ލިބޭތޯ.” ޒެނިލް ގެ ޖުމްލަ އާއި އެކު ދާއިން ތި ކިޔަނީ ކޯއްޗެއްހޭ ވައި އަޑަކުން އަހައިލިއެވެ. އެއާއި އެކު ޒެނިލް ދާއިން އަށް އަތުގެ އިޝާރާތުން މަޑުން އިނުމަށް ބުންޏެވެ.

“ކައެ ތީ މަގޭ ކަސްޓަމަރެއް ދޯ. އޯކޭ ސޮރީ. މިވަގުތަށް ހުރީ ހުސް ހިކި އެއްޗިސް” އެމީހާ ދާއިން މެންަގެ ހަގީގަތް ނޭނގި ހުރެ އަމިއްލަ އަށް ބޭޒާރު ވަމުން ދިޔައެވެ. ދާއިން ގެ ލޯ ބޮޑުވެގެން ދިޔައީ ޔޫލީ ގެ ބައްޕަ އޭނާ ބައްދަން އުޅުނީ މަސްތުވާތަކެތީގައި ކަން އިނގުމުން ނެވެ. ނޫނެކެވެ. އެހެން ވިޔަކަ ނުދޭނަމެވެ.

“އޯކޭ ހިއްކަސް ދިޔަލަސް. ދާންވީ ތަނާ ވަގުތާ ބުނޭ” ދާއިން މަޑުން ނީނދެވިގެން ވާހަކަ ދެއްކިއެވެ.

އެމީހާ ހަދަން ފަށާފައި ހުރި އިމާރާތެއް ގެ ވާހަކަ ބުނަމުން އަންނަން ވީ ވަގުތު ވެސް ބުނެ ފޯން ކަނޑައިލިއެވެ. ދާއިން ހަމަޖެހިލުމުގެ ނޭވާ އެއް ލަމުން ޒެނިލްގެ އަތުގައި ޖަހައިލަމުން ޝުކުރު އަދާކުރިއެވެ.

“އެހެން ވީ މަ ދާއިން އަށް ސަލާމަތް ވެވެން އޮތީ ތިމީހުން ބަސްޓް ކޮށްލައިގެން ނު” ޒެނިލް ބުންޏެވެ. ދާއިން ބޯ ޖަހައިލަމުން ގުޅީ ޕޮްލިހަށެވެ.

ދާއިން ގެ ކޯލެއްގެ އިންތިޒާރުގައި ހުރި ޔޫލީ ގެ ތުންފަތަށް ހިނިތުން ވުމެއް ވެރިވީ މެންދުރު ކާލައިގެން އައިސް ކޮޓަރިއަށް ވަނުމާއި އެކު ދާއިން ގުޅަން ފެށުމުން ނެވެ.

“ހެލޯ ޑޭން. ހުރިހައި ކަމެއް ރަނގަޅުތަ؟” ޔޫލީ ފޯން ނެގުމާއި އެކު ސުވާލު ކޮށްލިއެވެ.

“ޔާ. އޯލް ތޭންކްސް ޓު ޔޫ.” ދާއިން ހީލަމުން ޖަވާބު ދިނެވެ.

“ކީއްވެ ޔޫލް؟ އެމީހާގެ ނަމްބަރު އަސްލު ހޯދީ މަންމައޭ. ޑެޭޑް އަކަށް ނޭނގޭނެ. މަންމަ އަހަރެން ޑޭން ދެކެ ލޯބި ވާ ވަރު އިނގުނީމަ ކޮށްދިން ކަމެއް އެއީ” ޔޫލީ ސޫޒަން ގެ ރަނގަޅު ވާހަކަ ދާއިން އަށް ކިޔައިދިނެވެ. ނަމަވެސް އޭނާގެ ބައްޕަ ޔޫލީ އެހެން މީހަކާ އިންނަން ބޭނުން ވާ ވާހަކަ ޔޫލީ ސިއްރު ކުރީ ދާއިން އަށް ނުތަނަވަސް ކަމެއް ދޭން ބޭނުން ނުވާތީއެވެ.

“ޔޫލީ އަށް އިނގޭ ތަ އެ މީހާ އެއީ ޑްރަގް ޑީލަރެއް. ނަސީބެއް ޒެނިލް ހެލްޕް ވިކަން. ޒެނިލް އަށް ވަރަށް މީހުން އަތުއަޅުވަން އިނގޭނެ” ދާއިން ހިނިގަނޑެއް ޖަހައިލިއެވެ.

“ހެހެ. ޑޭން. މިރޭ މިގެއަށް ޑިނާއަށް އަންނަން ދައުވަތު ދީފިއްޔާ އަންނާނަން ތަ؟” ޔޫލީ އަހައިލިއެވެ.

“ޔޫލް ބައްޕަ އެހައި ރުޅިއަންނަ އިރު ކިހިނެއްތަ ދާނީ؟” ދާއިން ސުވާލު ކޮށްލިއެވެ.

“މީ މަންމަ އާއި ބައްޕަ ދިން ދައުވަތެއް. ބައްޕަ ހީކުރީ ކަންނޭނގެ ބައްޕަގެ މަޅީގަ ޖެހިގެން ޑޭން އަކަށް ނާދެވޭނެ އޭ. އެކަމު ޕްލީޒް އަންނައްޗޭ. ބައްޕަގެ މޫނު މައްޗަށް އަރާ ކުލަވަރު ބަލައިލަން ވަރަށް ބޭނުން” ޔޫލީ ގެ އަޑުގައި އެހެން ބުނި އިރު ކޮންމެވެސް ވަރެއްގެ ހިތާމަވެރި ކަމެއް ހުއްޓެވެ.

“އޯކޭ އައި ވިލް ބީ ދެއާ. އިންޝާﷲ” ދާއިން ޔޫލީ ގެ ހިތްހަމަ ޖައްސައިދޭން ބޭނުން ވާތީ އެންމެ ފަހުން އެއްބަސްވިއެވެ.

މިޝެލް ބޭރަށް ނުކުމެލީ ފޫހި ވާ ވަރުން ނެވެ. ފޯނު ނެތީމަ ނެހާ އަށް ވެސް ގުޅެން ނެތުމުން އެންމެ ފަހުން ބޭރުތެރެއަށް ނުކުމެލީ ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބޭތޯ އެވެ. މަގުމަތީގައި ހަވީރު ފިންޏަށް ނުކުމެގެން އުޅޭ މީހުން ތައްވެސް މަގުތައް ފުރާލާފައި ވަނީ ހިނގަންވެސް އުނދަގޫ ވާ ވަރަށެވެ. ރީތި އަންހެން ހެދުން ތަކެއް ވިއްކަން ހުރި ފިހާރައެއް ފެނުމުން މިޝެލް އެތަނަށް ވަންނަން ބޭނުން ވިއެވެެ.ް އީތަން ވިއްކަން ދީފައި ހުރި ލާރި ހިފައިގެން އާދެވުން ކަން ނަސީބެކޭ މިޝެލް ގެ ހިތަށް އެރިއެވެ. ރަތްކުލައިގެ ކަކުލާއި ހަމައަށް އަންނަ ހެދުން މިޝެލް ގެ ލޮލުގައި އަޅައިގަތެވެ. ހާދަ ރީއްޗެވެ. ހިމަ ހިމަ އަތްކޮޅެއް އިން އިރު މޭ މަތީގައި ވަނީ ލޭޒް ލާފައެވެ. މި ހެދުން ލައިފިއްޔާ އީތަން އަށް ވަރަށް ރީތި ވާނެ ކަންނޭނގެ އެވެ. އެ ހިޔާލާއި އެކު މިޝެލް ގެ ތުންފަތަށް ހިނިތުން ވުމެއް ވެރިވެގެން ދިޔައެވެ. ކިތަންމެ ދުރުން އުޅެން އީތަން މަސައްކަތް ކުރިޔަސް މިފަދަ ހެދުމެއް ލުމުން ލޮލުގައި އަޅައި ގަންނާނެ އޭ މިޝެލްގެ ހިތަށް އެރިއެވެ. އެއާއި އެކު މިޝެލް އެ ހެދުން ހިފައިގެން ކައުންޓަރު ކައިރިއަށް ގޮސް އަގު ދައްކާފައި ނުކުންނަން އުޅެނުކޮށް ފެނުން މަންޒަރަކުން އެ ހިތުގައި ހީވީ މީހަކު ހިފައި ލުއްސައިލަން އުޅުން ހެނެވެ. އީތަން އެ ހުރީ ފުރަތަމަ ވަޒީފާ އަށް ދިޔަ ދުވަހު އޭނާގެ އުނގުގައި އިނދެގެން ‘ކިސް’ ކުރި އަންހެން ކުއްޖާ އާއި އެކު އެ ފިހާރަ ތެރޭ އެވެ.

ހަމަ އެވަގުތު އީތަން މިޝެލް ފެންނާނޭހެން އެނބުރިލިއެވެ. ފާޑަކަށް ހުއްޓުން އަރާފައި ހުރި މިޝެލް ފެނި އީތަން ގެ އަނގަ ސަކަރާތް ވިއެވެ. މިޝެލް އަށް އަތް މުއްކަވައި ލެވުނީ އެ އަންހެން ކުއްޖާ އަށްޓި މަހެއްހެން އީތަން ގެ ގައިގައި ގޮސް ހިފައިގަތުމުންނެވެ. ހާދަހާވާ ލަދު ކުޑަ އެވެ. އަތުގައި އޮތް ކޮތަޅު ދޫކޮށްލަމުން މިޝެލް އެ ފިހާރައިން ނުކުތް މަންޒަރު ފެނުމުން އީތަން އަށް ރުޅި އާދެވުނީ އޭނާ އާއި އެކު އުޅުން އަންހެން ކުއްޖާ ދެކެއެވެ.

“ޕްލީޒް އާނާ. ތަންކޮޅެއް ދުރުގަ ހުރެބަލަ. މަ އާނާ ގޮވައިގެން މިތަނަށް އައީ އާނާގެ ދޮންބެ ގެ ރައްޓެއްސަކަށް ވާތީ. ސޯ ޕްލީޒް” އީތަން އާނާ ދުރު ކޮށްލަމުން ވާހަކަ ދެއްކި އެވެ.

“އީތަން އަށް މިހާރު ތިހުންނަނީ ކީއް ވެފަ ތަ؟ ލަންކާ އަށް ގޮއްސަ ބިޓެއް ނެގީ ދޯ” އާނާ ހިތްހަމަ ނުޖެހިފައި އަހައިލިއެވެ.

“މަ ކޮންމެ މީހަކާ ރައްޓެހި ވިޔަސް އާނާ އާ ކޮން ކަމެއް ތަ؟ އިރެއްގަ ތީ މަގޭ ގާލް ފްރެންޑަކަސް މިހާރު އަހަރެން އާނާ ބޭނުމެއް ނޫން. ޔޫ ބިޓްރެއިޑް މީ. ތި ގަންނަ އެއްޗެއް ގަނެގެން ދާން ހިނގާ. މަށަށް ލަސް ވޭ އެބަ.” އީތަން ރުޅި އައި ނަމަވެސް ވާހަކަ ދެއްކީ މަޑުން ނެވެ.

” ދެން އެ ދުވަހު އޮފީހުގަ ވީ ކަންތަކޯ؟” އާނާ އަނެއްކާވެސް ހަމަ އެ ރާގުގައި ވާހަކަ ދެއްކިއެވެ.

” މަތިންބައިން އައިސް މަގޭގައިގަ ތަތްވެ ގަތީމަ ވާނީ އެހެން. އެކަމު މީގެ ފަހުން އަހަރެން އާނާ އަށް އެފަދަ ނަޒަރަކުން ބަލައިވެސް ނުލާނަން. އިވިއްޖެތަ؟ މަމި ދަނީ އަހަރެން ކުރަން ބައިވަރު ކަންތައް އެބަހުރި” އީތަން ބުމަ ގޮށް ޖަހައިލަމުން ހިނގައިގަތެވެ. އާނާ އީތަން އަށް ގޮވަ ގޮވައި އޮއްވައި އީތަން ނުކުމެގެން ދިޔައީ މިޝެލް ޓައިސްތައް މައްޗަށް ދޫކޮށްލި ކޮތަޅު ވެސް ހިފައިގެން ނެވެ.

ދުރުގައި އޮތް ކާރަށް އީތަން ގޮސް އެރި އިރު އެ ހިތަށް ވަނީ އާދަޔާ ހިލާފު ހާސް ކަމެއް ވެރިވެފައެވެ. މިޝެލް އަށް އެ ފެނުން މަންޒަރަކީ އީތަން މިޝެލް އަށް ކިތަންމެ ކަންތަކެއް ދެއްކިޔަސް ދައްކަން ބޭނުން ވާ ޒާތު މަންޒަރެއް ނޫނެވެ. އީތަން ކާރު ދުއްވައިލީ ގެއަށް ދާށެވެ. އެ ފެނުން މަންޒަރު ގެ ހަޤީގަތް ކޮންމެހެން ވެސް މިޝެލް އަށް ކިޔައިދޭން އީތަން ބޭނުން ވެއެވެ. މިޝެލް ދެކެ ލޯބިވާ ކަން ހާމަ ނުކުރިޔަސް އީތަން ގެ ހިތުގެ ހާލު ދެނެވޮޑިގެން ވާނީ ހެއްދެވި ފަރާތެވެ.

ގެއަށް ދެވުމާއި އެކު ކާރުން ނުކުމެ އީތަން ދުއްވައިގަތީ ގޭތެރެއަށެވެ. އެތެރެއަށް ވަންއިރު މީހެއްގެ ހިލަމެއް ނެތުމުން އީތަން ހަލުވިކަމާއި އެކު ސިޑި ކަޑައްތުކޮށްލަމުން މައްޗަށް އެރީ މިޝެލް އަށް ގޮވަމުން ނެވެ. ނަމަވެސް ޖަވާބެއް ނައެެވެ. އީތަން ކޮޓަރި ހުޅުވައިލި އިރު ކޮޓަރީގައި ވެސް މިޝެލް ގެ އެއްވެސް ހިލަމެއް ނެތެވެ. އީތަން ބޮލުގައި ހިފަހައްޓައިލަމުން ވިސްނާލިއެވެ. ޔަގީނެވެ. މިޝެލް ދާނީ ނެހާ އެހެން ނޫނީ މިޝެލް މެން ގެއަށެވެ. އީތަން މާ ގިނަ އިރަކު މަޑު ކުރާކަށް ނަހަދައެވެ. އަވަހަށް ކޮޓަރިން ނުކުތީ މިޝެލް ހޯދަން ދާށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shooty

Level 310 Stories100 Comments

I like writing stories and reading comments ? I also love reading every kind of stories...

Other Articles

Previous

މިހިތުގެ ފަސާނާ

Next

ނުހައްޤު ލޯބި (20 ވަނަ ބައި)

Next
October 8, 2016

ނުހައްޤު ލޯބި (20 ވަނަ ބައި)

Previews
October 8, 2016

މިހިތުގެ ފަސާނާ

54 Comments!

  1. Rsy says:
    October 8, 2016 at 5:20 pm

    Adi nukiyan…..
    Ekamu advance kon VVV reethi…….

    1. Rsy says:
      October 8, 2016 at 5:21 pm

      Mi first…ya

  2. Anonymous says:
    October 8, 2016 at 5:22 pm

    Reethi..

  3. Meekail says:
    October 8, 2016 at 5:23 pm

    Alhey Den oi bai kobaa. kiya kiyaa indha flustop thi jehee viyya nuves engi. thank you.

  4. Ainy says:
    October 8, 2016 at 5:26 pm

    Alhe thihaa lahun upp kuraairu thankolheh dhigu kn upp kohbaa …v v v rythi mi stry

  5. shooty says:
    October 8, 2016 at 5:29 pm

    thankyou everyone for waiting tis part. kueukoh genes dheveythy varah bodah sorry but next part dhigu nukoh nunereynan. I promise insha allah.please leave your idea abt this part
    love shooty 🙂

  6. Afy says:
    October 8, 2016 at 5:29 pm

    Alhey aneh part up kolladhee dhen hithakah ketheh nuvaane nukiyaeh ehaa avahah mihih beygaraaru vehjje pls pls pls pls pls

  7. Aishaaaa says:
    October 8, 2016 at 5:29 pm

    Thnx shootyy ❤haadha inthixaareh kurifahunney mi kiyaalevuny.. Vvv reeethi mi part ves.

  8. aika says:
    October 8, 2016 at 5:30 pm

    Haadha kurey. … Thankolheh dhigu koh genesdhybala. V kiyaa hithun mihury. V reethi mi vaahaka

  9. Anonymous says:
    October 8, 2016 at 5:43 pm

    ♥️♥️♥️♥️♥️?

  10. Anonymous says:
    October 8, 2016 at 5:44 pm

    ♥️♥️♥️♥️♥️? Wow

  11. Thoo says:
    October 8, 2016 at 5:56 pm

    Nice

  12. Shinaa says:
    October 8, 2016 at 6:01 pm

    V reethi snooty.. Dhn kn irakun next part up kuraany?? Vyhaaves avahakah beynun.. Plx

  13. Me says:
    October 8, 2016 at 6:38 pm

    Dhn dhaany dhuwaheh dhuwahakah upload kuraaleh las vamun… vaahaka ah beynun vaa varah support libunyma abadhu ves miulhey liyuntherin hadhaa goi mee…. v foohi vey

    1. amee says:
      October 8, 2016 at 7:12 pm

      Knmme meeheii ehn neii nuvaane.. Ehn meehunaa deyterey visnaalaafa comment kuranyya kurey… Tihn comment kuran beynumihyya nukuraany…

    2. Me says:
      October 8, 2016 at 9:13 pm

      Ehn meehunaa dhetheret visnaafa mikurany vaki writer akaa dhimaalah ehchehkey bunyma tha egeny dhn ves thibeny insaanun kan…

    3. Ellie says:
      October 8, 2016 at 10:20 pm

      Writers are not robots. They have a life other than writing 24/7. Konme dhuvahaku update eh nuvaane dho. Kameh dhimaavegen update kuran bunaa dhuvahah nuveves dhaane, baeh part thah vaguthu nethigen dhigu koh nuliyevey faharuves annaane. We, as readers, should understand this. Instead of complaining we should appreciate the work and enjoy it. Spread love guys, not hate. ✌

    4. Me says:
      October 8, 2016 at 11:35 pm

      Varah reehcheh nu…. eheney mi kiyany komme comment eh gai ves… baeh liyuntherinah veethy thibunaahen kameh dhimaavegen noony kuru koh liyevige. Miulhey readers kuraa comment ga v love spread kohfa onany… dont be biased readers be fair to everyone. Thibuni bas thah apply kureveyny vaki fenvareh ga liyuntherinah ekani tha?

    5. Ellie says:
      October 8, 2016 at 11:52 pm

      Huriha liyuntherinnah ves. I understand what you’re saying, Me. No hard feelings. Sorry if I offended you 🙂

  14. mishel says:
    October 8, 2016 at 6:41 pm

    Awesome can’t wait next part plx tonight up kodhevynetha it’s really nice

  15. Saadha Abdhulatheef says:
    October 8, 2016 at 6:48 pm

    Varah reethi mivaahaka

  16. yaani says:
    October 8, 2016 at 6:49 pm

    V v v salhi

  17. Sha says:
    October 8, 2016 at 7:01 pm

    Haadha kurey ekam vara nice story reethi kamun comment nukohama neendhevunee..?plx thankolhe dhiguko geness dheebaaa..

  18. xenn says:
    October 8, 2016 at 7:03 pm

    Dhn haaadha kurey…..

  19. Aish says:
    October 8, 2016 at 7:04 pm

    huh! Miharu eba ulhe ennu mishel hodhan. Story vvv reethi. But too short

  20. shamy says:
    October 8, 2016 at 7:11 pm

    plz eethange aa mishalge weddinge ufaa hoodhaa bai thafseelukoh genebala,,,varah rome koh,,,,plx plz

    1. Me says:
      October 8, 2016 at 9:16 pm

      Hus ekakey eki nan namuga comment kohfa mihunany

  21. eema says:
    October 8, 2016 at 7:13 pm

    shooty…..mishal aa eethan kaivenyge gulhun hingaa bai thafseelukoh genebala…..plx…..varah majaa vaanehen hyvany…..

    1. Me says:
      October 8, 2016 at 9:15 pm

      Huri nubai kan

    2. xenn says:
      October 9, 2016 at 10:00 am

      Hehehe

  22. Amee says:
    October 8, 2016 at 7:15 pm

    Awesome… Eagerly waitting for next part.. ???

  23. D@h@@ says:
    October 8, 2016 at 7:24 pm

    Vv rythii..

  24. Arethi says:
    October 8, 2016 at 7:55 pm

    Wow..vvvv reethi

  25. ully says:
    October 8, 2016 at 8:00 pm

    Wooow… Soooo touching.. dhen vaanee kihinei baaa…. Alhe sweetheart waiting for next pa..????

  26. sonaalee says:
    October 8, 2016 at 8:19 pm

    Mi vaahaka v v reethi..mishel n eethan ge baa enme kiyaa hihvanee…v v loabi ..edhemeehunge baa ginain genesdhehchey. .

  27. aasha says:
    October 8, 2016 at 8:28 pm

    Haadha kurey v v v v nice

  28. XieEen says:
    October 8, 2016 at 8:52 pm

    Mii mihaaru emme inthixaaru kurewey waahaka akii… nice story… luv yu shoOty….

  29. niha says:
    October 8, 2016 at 9:08 pm

    VVV lobi mibaivas………
    So cut and lovely stry…………
    Welldone Shooty….

  30. liu says:
    October 8, 2016 at 9:17 pm

    VVVV nice….

  31. Asha says:
    October 8, 2016 at 9:27 pm

    Story is v nice. You are amazing flower this is one of my fav story in this site. next part avas kohladhechey

  32. Anonymous says:
    October 8, 2016 at 10:26 pm

    @Asha mee flower ge story e noon this is Shooty ge story e

  33. Azuna says:
    October 8, 2016 at 10:44 pm

    WOW VVV Reethi❤
    PLS Avah nxt part up kohla dhybala?
    Welldone Shooty

  34. Riu says:
    October 8, 2016 at 11:45 pm

    Good job. mihaaru sifakurun eba ragalhuvey. ? keep it up. faadu kiyumaki hama kuri erumeh

  35. Khajja says:
    October 9, 2016 at 12:20 am

    Wow shooty amaazing asluves v v v rythi vaahaka kiyamundhaavarakah vaahakaige therey ulheveyhen hyvany masha allah v obi n thanks waiti nxt

  36. thooo says:
    October 9, 2016 at 1:16 am

    Alhe mee haadha dhigukoh vaahaka liya kujjekey dw…

  37. xenn says:
    October 9, 2016 at 9:48 am

    Shoooty avahah up kohbaaaa

  38. Sweety grl says:
    October 9, 2016 at 10:39 am

    Kobaa next part.shooty ava haa up koh dhee bala.plx.???

  39. shif says:
    October 9, 2016 at 12:44 pm

    Just love this story…❤❤ keep it up shooty.. ?
    waiting for the next part

  40. EeeKoO says:
    October 9, 2016 at 1:15 pm

    Shoots cant wait avx khdhyba please

  41. Anonymous says:
    October 9, 2016 at 1:34 pm

    Awesome ????

  42. Sheeby says:
    October 9, 2016 at 1:35 pm

    Awesome??? i love this stry

  43. hai says:
    October 9, 2016 at 2:20 pm

    oh my godd .. shooty nxt prt koh irakun?? .. eagrlyy waitinggg

  44. Fat says:
    October 9, 2016 at 2:42 pm

    Waiting waiting? up kolaba pls

  45. Shaa says:
    October 9, 2016 at 3:14 pm

    wowowowowow ???

Comments are closed.

Next Episodeލޯބިވަން ޔާރާ އޭ 12←


All Right Reserved!