Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތާ ފުރާނައިގެ ދިރުމޭ (1)

Aaran Level 110 Stories
October 4, 2016 10 Mins Read
13 Comments

ވެހެމުން ދިޔަ ބޯވާރޭގެ ތެރޭގައި ދުވަމުން ދިޔަ އަންހެން ކުއްޖާ ހުރީ ތުރުތުރު އަޅައެވެ. އޭނާގެ އުނަގަނޑާއި ހަމައަށް އަރާ އިސްތަށިގަނޑު ދެމިފައިވާ ގޮތުން އިތުރު ދިހުމެއް ހުއްޓެވެ. އެބޯވާރޭތެރޭގައިވެސް އޭނާ ލޮލުގައިވާ ކަރުނަތައް ސާފުކޮށް ފެންނަން ހުއްޓެވެ.  ލޮލުކައިރީގައި ދުޅަވެފައިވާ ތަނުގައި އެބޮޑު ކެރިތައް ޖެހެމުން ދިޔައިރު އެކުއްޖާއަށް ތަދުގެ އިހުސާސްވެސް ނުކުރެވޭ ކަހަލައެވެ. އަނގައިގެ ކަން ކައިރިން ރަތްވެފައިވާތަނުންވެސް އޭރު ލޭ އާދެއެވެ. ލައިގެން ހުރި ހެނދުމުގެ މޭމަތިން ބޮޑު ބައެއް ހަލާކުވެ ފެންނަން އޮތްއިރުވެސް އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ. ހެނދުމުގެ އެއްފަރާތުން އިރާލާފައިވާބައި އޭގައި ނުވެސް ނެތެވެ. އެހެންކަމުން ފުރަގަހުންވެސް ގައި އޮތީ ފެންނާށެވެ.

“ރޫބީ…” ފަހަތުން އެ ރުޅިވެރި އަޑު ޖެހުމުން އެކުއްޖާ ބަލާލައިފިއެވެ. އަދި އޭނާގެ ދެފަޔަށް ލެވޭހައި ބާރެއްލާފައި ކުރިއަށް ވުރެ ބާރަށް ދުއްވައި ގަނެއްޖެއެވެ.

ފަހަތަށް ބަލަމުން ދުވަމުން ދިޔަ ރޫބީގެ ހިތް އޭރު ހީވަނީ މޭފަޅާފައި ނިކުމެދާނެ ހެންނެވެ. މިވީ ހުރިހާ އިރު ނުރޯން އަނގައިން ބަހެއްވެސް ނުބުނެ ހުރި ކުއްޖާގެ އެރުއިން ގިސްލެވުމަކަށް ބަދަލު ވެއްޖެއެވެ. ދުވަމުން އައިސް މަޖީދީ މަގަށް ނިކުމެ ވުނުއިރުގައިވެސް އޭނާއަށް ނޭނގެއެވެ. އޭރު ރޫބީއާއި ދިމާލަށް ބާރު ސްޕީޑުގައި ކާރެއް ދުއްވާފައި އަންނަކަންވެސް އޭނާއަށް ނޭނގެއެވެ. އެކާރު އައިސް  ރޫބީގެ ގައި ޖެހި އޭނާ ދިޔަރީ ބުރައި ގެންނެވެ. މާދުރަށް ބުރައިގެން ގޮސް އޭނާ ބޯޖެހުނީ ފޭމެންޓް މަތީގައެވެ. ރޫބީގެ ފަހަތުން ދުވަމުން އައި މީހާ އޭރު ހުއްޓުނީ އެހެން މީހުން އޭނާއާއި ކައިރިވާން ފެށުމުންނެވެ. ނަމަވެސް އޭނާ އެތަނުން  ފިލައިފިއެވެ. ރޫބީގެ ބޮލުން ފައިބަމުންދިޔަ ލޭތައް އޭރު ވާރެއާއު އެކުވެގެން މުޅި ހިސާނު ގަނޑު ރަތްކުލައިން ފުރާލައިފިއެވެ.

“ރަޔާ… ބަލަ ރަޔާލް…” ނިދިފައި އޮތް ރަޔާލަށް ހޭލެވުނީ އޭނާގެ މަންމަ ގޮވާއަޑަށެވެ. އަނެއްކަވެސް ހަމަ އެހުވަފެނެވެ. ދެލޯ ހުޅުވާލުމާއެކު ބޮލަށް އަރައިގެން ދިޔަ ތަދުން ރަޔާލް އިސްތަށިގަނޑުގައި ހިފާއި ތިރިއަށް ދަމާލައިފިއެވެ. މިހާރަކަށް އައިސް އޭނާއަށް ކޮންމެ ދެތިން ދުވަހުން އެ ހުވަފެން ފެނެއެވެ. އޭނާ އެމީހެއްގެ ފަހަތުން ފިލަން ދުވި ނަމަވެސް ރޫބީގެ ނަމުން ގޮވާތީ އޭނާ ވަރަށް ހައިރާން ވެއެވެ. ރޫބީއޭ ކިޔާ ކުއްޖެއް ދުވަހަކު ރަޔާލް ދަންނަނީ އެއްވެސް ނޫނެވެ.

“އަނެއްކާވެސް ހުވަފެނެއް ފެނުނީދޯ…” އާމިރާ ލޯތްބާއެކު އެހެން ބުނެލަމުން ރަޔާލްގެ ބޮލުގައި ފިރުމަލައިފިއެވެ. ކޮލެޖް ގަޑި ޖެހެނީ ކަމުގައި ބުނުމުން ރަޔާލް ރަޖާގަނޑު އެއްލާލާފައި ފާހާނައާއި ދިމާލަށް ދުއްވައި ގަނެއްޖެއެވެ. ހަވީރުގައި އޭނާ އޮށޯވެލީ ފޮތް ކިޔާށެވެ. ވިއްސާރަކޮށް އޮތުމުން ނިދުނު އިރެއްވެސް ނޭނގެއެވެ.

އެހެން ރޭތަކާއި ހިލާފަށް މިރޭގައި މުނި ދުނިޔެ ވަނީ ކަޅު ވިލާތަކުން ބައްދާލާއިފައެވެ. މަގުމަތިން ހިނގަމުން ދިޔަ އެންމެންގެވެސް ހިނގުމަށްވަނީ އަވަސްކަމެއް އަތުވެފައެވެ. ސޯސަންމަގު ހުރި ކޮލެޖަކުން ކުދިންތައް ނިކުންނަށް ފެށުމުން އެހިސާބުގަނޑު ހަނލަބޮލި ވެއްޖެއެވެ. ވާރޭ ތިކިތައްވެސް ވެހެންފެށި ހަމަ އެވަގުތުގައެވެ. ހީވަނި އެކުދިންތަކުގެ އިންތިޒާރުގައި ހުރި ހެންނެވެ. އެހެން ކުދިންނާއި ވަކިން ހިނގަމުން އައި  ރަޔާލް ގޯޅިއަކަށް އަޅައިލީ ވާރޭ ބޯކޮށް ވެހެން ފެށުމުންނެވެ. އަސްކަނި ދަށުގައި ހުރުމަށްފަހު ކައިރީގައި ހުރި ފާމަސީއަކަށްވަނީ ވާރޭގެ ތިކިތައް ގައި ޖެހެން ފެށުމުންނެވެ. ހީވަނީ ވަރަށް ލަދުން ހުރި ހެންނެވެ. ކުޑައިރުއްސުރެ ވާރޭދެކެ ބިރު ގަންނަ ކުއްޖާ އަދިވެސް އެބިރު ފިލާނުދެއެވެ. އިސްޖަހާލައިގެން ހުރުމަށްފަހު ކައުންޓަރ ކައިރިއަށްގޮސް މެންޓޮސްއެއް ގަނެފިއެވެ.

ރަޔާލް އެހެން އިންއިރުވެސް ދޭތެރެއަކުން އިސްތަށިގަނޑު ރަނގަޅު ކޮއްލައެވެ. އެހެން މީހުނާއި ތަފާތު ކަމެއް އޭނާގެ މިޒާޖުގައި ވެއެވެ. އެ ފަންފަން އިސްތަށިގަނޑު ކަނދުރާއަށްވުރެ ތިރިއަށް ކޮށާލާފައި ވާގޮތުން އުމުރަށްވުރެ ޅަގޮތެއް ހުރެއެވެ. އާދައިގެ އިސްކޮޅެއްހުރެފައި ލައިގެން ހުރީ ގަޔަށް ވަރަށް ދޫކޮއް ފަހާފައިވާ ގަމީސްފާޑުގެ އެއްޗެކެވެ. ތިރިން ހަމަ އެހާމެ ދޫ ހަރުވާޅެކެވެ. ހަންގަނޑު އެހާ އަލިނުވެފައި މީހާރު މިއުޅޭ ކުދިންހެން މޫނުގައި ފައުންޑޭޝަންވެސް ހާކާލާފައެއް ނުވެއެވެ. އިސް ޖަހާލައިގެން ހުރުމުން ލޮލުގެ އެސްފިޔަތައް ވަރަށް ދިގުކަން އިނގެއެވެ. ވާރޭ އެއްކޮށް ހުއްޓާލުމުން ރަޔާލް އެތަނުން ނިކުންނަން ހިނގައި ގަނެއްޖެއެވެ. ކެއްސަމުން އައިސް އަތުގައި އޮތް ޕާސް ވެއްޓުމުން އޭނާ ގުދުވީ އެނެގުމަށެވެ. ތެދުވި ތަނާހެން ދޮރުން ވަތް މީހާގެ ގައިޖެހިފައި އޭނާގެ އަތުން އަނެއްކާވެސް ޕާސް ވެއްޓިއްޖެއެވެ.

“އައްޗި… ބަލައިގެން އުޅެބަލަ..” ޖީބުން ރުމާލެއް ނަގަމުން އެ ފިރިހެންމީހާ އަތާއި ތަންތަން ފުހެލައިފިއެވެ. ހީވީ އޭނާގައި ނަޖިހެއް ޖެހުނުހެންނެވެ. ބިރުން ހުރި ކުއްޖާ އަވަހަށް އެތަނުން ނިކުމެގެން ދުއްވައި ގަތީއެވެ.

“މެޑަމް.. މެޑަމް…” ކައުންޓަރ ގައި އިން މީހާއަށް ތިރިން އައި.ޑީ ކާޑު ނެގިތަން ފެނުމުން ދެތިން ފަހަރަކު ދުވަމުން ދިޔަ ރަޔާލްއަށް ގޮވާލިއެވެ. ނަމަވެސް އޭނާ ފަހަތަށް އެނބުރި ބަލާވެސް ނުލައެވެ.

“ޔާން… ކަލޭ ހާދަ ލަސްވީ..” ދުރުގައި ހުރި ސަމާހު އައިސް ޔާސީން ގައި ޖަހާލަމުން ބުނެލައިފިއެވެ.

“ނޭނގެ ފާޑަކަށް ހުރި މީހެއްގައި ޖެހުނީ.. އަދި މިވެސް ބާއްވާފަ އެދިޔައީ” މޫނު ހަދާލަމުން ޔާސީން އެތަނުގައި އޮތް އައި.ޑީ ކާޑު ސަމާހުއަށް ދައްކަލައިފިއެވެ.

“ރަޔާލް ރިޔާޒް..” ސަމާހް އެހެން ބުނުމުން އެކާޑު ޖީބަށް ލާން ދިމާކޮއްލައިފިއެވެ. ނަމަވެސް ޔާސީން އެ ބޭއްވުމަށް ބުނެފައި އެތަނުން ދާން ހިނގައި ގަނެއްޖެއެވެ. ސަމާލު ބޭނުންވީ އެހިފައިގެން ދާށެވެ. އޭނާ ކުރު ނުކުރާނެ އިނގުމުން އެންމެ ފަހުން ޔާސީން އެކާޑު ނަގައި ޓިޝޫއަކުން ފުހެލާފައި ވޮލެޓަށްލީ އޭގެއަށް ބަލާވެސް ނުލައެވެ.

ރަޔާލް ދުވަމުން އައިސް ގެއަށްވަން ވަންއިރު ވާރޭ އަނެއްކާވެސް ވެހެން ފަށައިފިއެވެ. ކުޑަކޮށް ރަޔާލްގައި ތެމިފައިވުމުން އޭނާ ބިރުން ތުރުތުރު އަޅައެވެ. އެކަމާއި އެންމެ ދެރަވީ އާމިރާއެވެ. ދަރިފުޅު އެހެން ހުރިތަން ފެނުމުން އޭނާގެ ހިތުގައި އަބަދުވެސް ޖެހެއެވެ. އަދިވެސް އެކުއްޖާގެ ކިބައިން އެގޮތްތައް ކެނޑޭކަށް ނޫޅެއެވެ. އާމިރާ ރަޔާލް ބަލަންފެށީ ރަޔާލްގެ އުމުރުން 8 އަހަރުގައެވެ. ރަޔާލަކީ އޭނާގެ ދޮންދަރިއެކެވެ. އާމިރާއަށް އެންމެ ހަދު ދަރިފުޅު ރިފާއުއަށް 3 އަހަރުގައި ރިޔާޒް ވަނީ އެހެން މީހަކާއި އިނދެފައެވެ. އަންހެން ދަރިއެއް އޭނާއަށް ނުލިބުނީ ރަޔާލް އޭނާގެ ނަސީބުގައި އޮތީމަ ކަންނޭނގެއެވެ. ތުވާލި ގެނެސް ރަޔާލްގެ ބޮލުގައިވި ފެންތައް ހިއްކަމުން އާމިރާ ހުރެގެން އެއްޗެހި ކިޔައެވެ. ޝަބީންއާއި ރިފާއުވެސް ގެއަށް އައިސްވަނީ އެވަގުތުގައެވެ. މަންމަ ހުރެގެން ރަޔާލްއާއި ދިމާލަށް އެއްޗެހި ކިޔާތަން ފެނުމުން ދެމީހުން އައިސް އެތަނުގައި މަޑު ކޮއްލައިފިއެވެ.

“މަންމަގެ ރަންދަރިއަށް ކިހިނެއްވީ؟..” ޝަބީން އެހެން ބުނުމުން ރަޔާލް ދޮންބެއަށް ދެލޯ އަޅާލައިފިއެވެ. ޝާބީންއާއި ރިފާއުއަށްވަނީ އޭނާގެ މަންމަގެ ރީތިކަން ލިބިފައވެ. އެދޮންކަމާއި އެއްވަރަށް އެދެކުދިން އެހާމެ ފިރިހެން ވަންތައެވެ. ދެކުދިންވެސް ކޮއްކޮދެކެ ވަރަށް ލޯބިއެވެ. ނަމަވެސް ރަޔާލް ހުންނަނީ ވަރަށްވެސް ތަފާތު ކޮށެވެ. ރަޔާލަށް ލިބިފައިވާ ދިގު އެސްފިޔަތަކާއި މަޑު މަޑު މުށި ކުލައިގެ ކަޅިން އެލޮލުގައި ހާއްސަ ގޮތެއް ހުރެއެވެ.

“ދައްތަގެ ރަންދަރިއަށް ކިހިނެއްވީ؟؟”  ގެއަށް ވަދެގެން އައި މައުވާވެސް އެމީހުނާއި އެއްބައި ވެލައިގެން ފައްޓައިފިއެވެ. މައުވާއަކީ ރިޔާޒްގެ ބޭބެގެ ދަރިއެކެވެ.

“ރަޔާ މިހެން އުޅުން ހުއްޓާލާ ކޮން ދުވަހަކުހޭ މިކިޔަނީ..” އާމިރާ އަދިވެސް އިނީ ރަޔާލްގެ ބޮލުގައި ފެން ހިއްކާށެވެ.

“ދޮންތި  ހިނގާބަ.. އަޅުގަނޑު އެބައޮތް އެއްޗެއް އަހަން ވެފަ..” މައުވާގެ އަތުގައި ހިފާ ދަމާލަމުން ރަޔާލް އެތަނުން ހިނގައި ގަނެއްޖެއެވެ.

މައުވާ ކައިރީގައި ވާހަކަ ދައްކަން އިނުމަށްފަހު ރަޔާލް ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ހީވަނީ ޖަންގައްޔަކަށް ވަދެވުނު ހެންނެވެ. އެކި ދިމަދިމާލުން ފެންނަންހުރީ ފެހި ކުލައެވެ. މަޑު ފެހި ކުލައާއި ގަދަ ފެއްސެވެ. މުއްސަނދި ބައްޕައެއްގެ ދަރިއެއްކަން އެކޮޓަރިއަށް ވަނުމުން އިނގެއެވެ. ނަމަވެސް ބޭރު ތެރޭގައި އުޅޭއިރު އޭނާ ހުންނަ ގޮތުން ހީވާނީ މުޅިން އެހެން މީހެއް ހެންނެވެ.  ފެންވަރާލައިގެން އައިސް އެނދުގައި އޮށޯތުމުގެ ބަދަލުގައި ރަޔާލް ނިކުމެލީ ބެލްކަންޏަށެވެ. ލައިގެން ހުރި އަތްދިގު ޓީސާޓާއި އަދި ހަރުވާލުން އޭޏާހުރީ ފިނިވެފައިކަން އިނގެއެވެ. ތުނިކޮށް ވެހެމުންދިޔަ ވާރެއަށް ބަލަހައްޓައިގެން އިން ރަޔާލް ސިހުނީ ޖެހިގެން ހުރި ގޭގެ ކުރިމަތީގައި ހުއްޓުނު މީހާ ފެނުމުންނެވެ. ލޯ އުނގުޅާލުމަށްފަހު އަނެއްކާވެސް ޔަޤީންކޮއްލަން ރަޔާލް ބަލާލައިފިއެވެ. އެއީ ފާމަސީ ތެރެއިން ފެނުން މީހާއެވެ.

އޭނާ އަދިވެސް އެތާނގައި މަޑުކޮއްލައިގެން ހުރީއެވެ. މަޑު ނޫކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނެއްގައި ހުރިއިރު އެއީ ފިރިހެންވަންތަ ކަމުގެ މިސާލެކެވެ. އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައި ވާއިރު އެމޫނާއި ދެލޮލުގައިވަނީ ޖާދުވީ ގޮތެކެވެ. ތިރިއަށް ގޮސް އެމީހާ ކައިރީގައި ހުއްޓުނު މައުވާ ފެނުމުން ރަޔާލް ގޮނޑީގައި އިށީނދެލައިފިއެވެ. އެފަދަ ރީތި މީހުންނާއި ގުޅޭނީ އޭނަގެ ދޮންތި ކަހަލަ ކުދިންނެވެ. އެދެމީހުން އެތާނގައި އެތައް އިރަކު ވާހަކަ ދައްކަން ތިބެފައި މައުވާ ގެއަށް ވަދެއްޖެއެވެ. އޭރު ރަޔާލަށް އިނީ ގޮނޑީގައި ނިދިފައެވެ.

“ކާކު އޭނީ؟..” ޔާސީން ގެއަށް ވަންނަން ދިޔަ މައުވާއަށް ބެލްކަނީގެ އިން ރަޔާލް ދައްކާލަމުން އަހާލައިފިއެވެ.

“ކޮކީ… އަނެއްކާ އެތާނގަ އިނދެގެން ނިދީއޭ” އެހެން ބުނެފައި ދަނީ ކަމުގައި ބުނެ ގޭޓު ހުޅުވައިލައިގެން މައުވާ އެތެރެއަށް ހިނގައްޖެއެވެ.

ޔާސީން ބެލްކަނީގައި އިން ރަޔާލް ރީތިކޮށް ފެނޭތޯ ފައި އުފުލާފައި ބަލާލައިފިއެވެ. ބެކްކަންޏަށް އަޅިފައިވާ ފަޑުއަލިން ގޮނޑިގައި އިން ރަޔާލް ފެންނަ ގޮތެއް ނުވިއެވެ. ދެޖީބަށް އަތް ޖަހާލަމުން ޔާސީން ކުރިއަށް ހިނގައިގަތީ އޭނާއައި ކާރާއި ދިމާއަށެވެ. ނިދިފައި އިން ރަޔާލަށް ހޭލެވުނި އަނެއްކާވެސް ވާރޭ ތިކިތައް އޭނާގެ ގައި ޖެހެން ފެށުމުންނެވެ. ހީވީ ބިރުވެރި އެއްޗެއް ޖެހުނު ހެންނެވެ. ތެދުވެގެން ކޮޓަރިއަށްވަދެ ދޮރު ލައްޕާ ތަޅުލައިފިއެވެ. އެރޭގައި ރަޔާލް ނިދުނީ ވަރަށްވެސް އަރާމް ކޮށެވެ. ހެނދުނު ހެނދުނާ ހޭލައިގެން ބޭރަށް ނުނިކުންނަން އޭނާ އޮތީ ކޮޓަރީގައި ފިނި ހިފާފައި ވާތީއެވެ. އެހާވެސް އަރާމެވެ.

ޔާސީން މައުވާއާއިއެކު އައިސް ގެއަށްވަނީ ނުވައެއް ޖަހަން އުޅެނިކޮށެވެ. އޭރުވެސް ވާރޭ ވެހުން ހުއްޓާނުލައެވެ. އާމިރާއަށް ޔާސީން ފެނުމާއެކު ޒުހައިރާގެ ދަރިކަން އެނގިއްޖެއެވެ. ޔާސީންގެ އާއިލާ މެލޭޝިޔާއަށް ބަދަލުވީ ރަޔާލް އެގެއަށް ނުވެސް އަންނަނީހެވެ.

“ޔާނުތަ؟ ތީ ހަމަ ޔާސީންތަ؟” އާމިރާ ގޮސް ޔާސީންއަތަށް ކުޑަ ތުވާލި ކޮޅެއް ދިއްކޮއްލަމުން ބުނެލައިފިއެވެ.

“ދައްތާ ކޮބާ ކޮކީ” ގޭތެރެއިން ރަޔާލް ފެންނަން ނެތުމުން މައުވާ ހޯދަން ފަށައިފިއެވެ.

“ތި ކޮކީ އަށެވެސް 19 އަހަރު ވެއްޖޭ ދަރިފުޅާ… އަދިވެސް ނާދޭ ބޭރަށް..” އާމިރާ ބަދިގެއާއި ދިމާލަށް ދަމުން ތަންކޮޅެއް ބާރަށް ބުނެލައިފިއެވެ.

“މައު އަހަރެން ބޭނުން އިސްތަށިގަނޑު ރީތިކޮއްލަން..” ތުވާލި ކައިރީގައި ހުރި ގޮނޑިމަތީގައި ބާއްވާފައި ބުނެލައިފިއެވެ.

“ހޫމް ރީއްޗޭ… ދެވަނަ ބުރީގައި ހުންނާނެ އަހަރެންގެ ކޮޓަރި” މައްޗަށް އިނގިލި ދިއްކޮށްލަމުން މައުވާ ބުނެލައިފިއެވެ.

ޔާސީން ސިޑިން އަރައިގެން އެދިމާލަށް ހިނގައި ގަނެފިއެވެ. އެންމެ ގާތުން ހުރި ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަދެއްޖެއެވެ. ރަޖާ ދަށުގައި އޮތް ރަޔާލްއެއް ޔާސީނަކަށް ނުފެނެއެވެ. އެކޮޓަރި ފެހިކަމުން ލޮލަށް ވަރަށްވެސް ފަސޭހައެވެ. އަނެއްކޮޅުން ބެލްކަނީގައި ހައްދާލާފައިވާ އޯކިޑް ގަސްތައް ފެނުމުން ޔާސީންގެ މޫނަށް ހިނިތުން ވުމެއް ވެރިވެއްޖެއެވެ. އެހާ ވަރަށް ކޮޓަރީގެ ތެރެއަށް ނުބަލައި އޭނާ ވަދެގެން ދިޔައީ ފާހާނާއަށެވެ. ފާހާނާގެ އިސްކުރު ދޫކޮއްލަމުން މޫނު ދިވެލުމަށްފަހު ދެން އޭނާ އުޅުނީ އިސްތަށިގަނޑު ރީތި ކޮއްލެވޭތޯއެވެ. އެނދުގައި އޮތް  ރަޔާލްވެސް ފައި ކާތަމުން ކަހަލަ ގޮތަކަށް ހިނގާފައި އައިސް ފާހާނާއަށް ވަދެއްޖެއެވެ. މޫނު ދޮންނަ ތަށި ކައިރީގައި ހުރި މީހާ ފެނުމުން ރަޔާލް ގަތީ އަމަށަކު ބިރެއް ނޫނެވެ. ހަޅޭލަވައި ގަނެފައި އޭނާ އުޅުނީ ދުއްވައި ގަންނާށެވެ. ނަމަވެސް ފެންތަކުގެ ތެރޭގައި ފައި ޖެހިފައި އޭނާ އަރި އަޅާލައިފިއެވެ.

“ކެއަފުލް..” މޫނާއި އެހާ ކައިރިން އެ ފިރިހެން ވަންތަ އަޑު އިވުމުން ރަޔާލް ތެޅި ގަނެއްޖެއެވެ. ނަމަވެސް ޔާސީން ހުރީ އޭނާގެ އުނަގަނޑާއި ދިމާލުން ހިފަހައްޓާލައިފިއެވެ. ދެލޯ މަރައި ލައިގެން އިން ރަޔާލްގެ މޫނަށް ބަލާލުމުން އެއީ ފާމަސީ ތެރެއިން ފެނުނު އަންހެން ކުއްޖާކަން ޔާސީންއަށް އެނގިއްޖެއެވެ.

“ޔޫ.. އަހަރެންގެ ކަޔަށް ކިނބިހި އެޅި..” އެހެން ނުބުނެވިގެން އުޅެނިކޮށް މައުވާ އައިސް އެތަނަށް ވަދެއްޖެއެވެ.

“ކޮކީގެ އަޑު އިވިގެން ދޮންތި މިއައީ..” މައުވާގެ މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑު ވުމެވެ. ޔާސީން އަވަހަށް ރަޔާލްގެ ހަށިގަނޑުން ދޫކޮއްލައިފިއެވެ. މައުވާ އާއިއެކު ދާން ނިކުމެފައި  އޭނާގެ ވޮލެޓުން ރަޔާލްގެ އައި.ޑީ.ކާޑު ނަގާފައި އެތާހުރި މޭޒުމަތީގައި ބާއްވާލައިފިއެވެ.

“އޯކޭ ދޮންތީ..” އެހެން އިނދެފައި އާދައިގެ ރާގަކަށް ރަޔާލް ބުނެލައިފިއެވެ. ތަންކޮޅެއް ދުރުގައި ރަޔާލްގެ ހަރަކާތް ތަކަށް ބަލަހައްޓައިގެން ޔާސީން ހުރީ ސީރިއަސް ވެލާފައެވެ. އެއް ފަރާތަށް އެނބުރިގެން އިނުމުން އޭނާއަށް ރަޔާލްގެމޫނު ފެންނަ ގޮތެއ ނުވިއެވެ.

“މައުގެ އެކަހަލަ ކޮއްކޮއެއް ހުންނަ ކަމަކަށް ހިއެއް ނުކުރަން… ބަލާބަ ހުރި ފާޑު..” ޔާސީން އެހެން ބުނުމުން މައުވާގެ ފިޔަވަޅަށް މަޑުޖެހިލުމެއް އަތުވެއްޖެއެވެ.

“ޔާނު މެން ރީތި ފާހަގަ ކުރަނީ ދޮނާއި ކަޅުންކަން އަދި ކިރިޔާ މި އެނގުނީ.. އަދި ބުނަންތަ އެއީ އަހަރުމެންގެ ފުރާނަ… ރަޔާއާއި ދިމާލަށް ދެން ތިކަހަލަ އެއްޗެކޭ ބުނާއަޑު ނީވުނިއްޔާ އަހަންނަށް ރަނގަޅީ..” މައުވާ ހިތްހަމަ ނުޖެހިފައިވާވަރު އޭނާގެ އަޑުންވެސް އެނގެއެވެ.

“ސޮރީ.. މައުމެންގެ އެހެންމީހުން އެހާ ދޮންވެފަ އޭނާ އެހާ ދޮން ނުވީމަ ބުނެލެވުނީ.. ދެން އަނެއްކާ އެހެން ކުދިންނާ ހާދަ ތަފާތޭ” ޔާސީން ބުނަން އުޅެފައިވެސް މަޑުޖެހެލީ މައިވަ އަނެއްކާވެސް ބަލަލުމުންނެވެ.

“އޭނައަށް ކިޔަނީ ރަޔާލް.. އެންޑް ކޮކީ އެހެން ކުދިންނާ ތަފާތުވީ ސަބަބު ކޮންމެހެން ބަލާކަށް ނުޖެހޭ..” މިފަހަރު މައުވާ ރުޅި އަތުވެއްޖެއެވެ. ޔާސީން އެތައް ފަހަރަކު މާފަށް އެދުމުންވެސް އޭނާގެ މޫޑު ރަނގަޅު ވާގޮތެއް ނުވިއެވެ.

ޝަބީން ބޭރުގައި އުޅެ އުޅެފައި ގެއަށް އައިއިރު ޔާސީން ފެނުމުން ވަރަށް ހައިރާން ވިއެވެ. އެހާ ދުވަސް ވާންދެން ނުފެނި ހުރެފައި ފެނުމުން ސަކަރާތް ޖަހަން އެންމެން ތިބީ ދެވަނަ ބުރީގައި ހުސްޖާގައިވާ ސޯފާތަކުގައެވެ. އޭރު ވާރޭވެސް ހުއްޓަލައިފިއެވެ. އެތަނުން މަދީ ރަޔާލް އެކަންޏެވެ. ޝަބީން ދޭތެރެއަކުން ރަޔާލަށް ގޮވާލާފައި އައުމަށް ބުނެލާނެއެވެ. ޔާސީން ހުރީ އެކުއްޖާ ނާދޭތޯ ދުއާ ކޮއްލަ ކޮއްލައެވެ.

އެދުވަހަށްފަހު މަޑުމަޑުން ޔާސީން އެގެއަށް އައުން ގިނަވެއްޖެއެވެ. އޭނާ ރަޔާލް ފެނުނަސް ފެންނަ ކަމަށްވެސް ހަދާނުލައެވެ. ރަޔާލްވެސް އެވަރަކުން ޔާސީން ފެންނަ ކަމަކަށް ހަދައެއް ނުލައެވެ. އެންމެ ފުރަތަމަ ދުވަހުވެސް ޔާސީން އުޅުނީ ނަޖިހެއް ފެނިގެން އުޅުނުހެންނެވެ. ރަޔާލް އޭނާގެ ކައިރިން ލާފައި ދިޔަސް ރަޔާލް އެމީހުންހައި ދޮން ނުވުމުން  ބްރައުން ބެއަރ އޭ އެންމެންނަށް އަޑު ނީވޭވަރަށް ބުނެލާނެއެވެ. ރިފާއު އާއެކު ގޭގެ ސިޓިން ރޫމުގައި އިން ޔާސީން އިނީ މައުވާގެ އިންތިޒާރުގައެވެ. މައުވާއަކީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާކަމުން ހުރިހާ ވާހަކައެއްހެން އަބަދު ދައްކަނީ އޭނާއާއެވެ. ކޮލެޖްގައި ހެނދުނުން ފެށިގެން އުލުމަށްފަހު ރަޔާލްގެއަށް އައީ ރިފާއުމެން ސިޓިން ރޫމްގައި ސަކަރާތް ޖަހަން ތިއްބައެވެ. އިސްޖަހާލައިގެން އިން ރަޔާލަށް ޔާސީން ބަލާލީ ލޮލުގެ ކޮޅުންނެވެ. ގައިގަ ނުވެސް ޖެހޭވަރަށް ދޫކޮއްލާފައިވާ ގަމީސްފާޑުގެ އެއްޗެއް ލައިގެން ހުރި ރަޔާލް ހުރީ އޭނާގެ އިސްތަށިގަނޑު ފަހަތަށް ދޫކޮއްލާފައެވެ.

“ރަޔާ… އާދޭ ޗިޕްސް ކާން..” ދުރުގައި އިން ރިފާއު ތައްޓަށް އިޝާރާތް ކޮއްލަމުން ބުނެލައިފިއެވެ.

“ބަލަ…” ރަޔާލް ބަލާވެސް ނުލާ ދާން ފެށުމުން ރިފާއު އަނެއްކާވެސް ގޮވާލައިފިއެވެ. އެމީހުނާއި ދިމާލަށް ބަލައިވެސް ނުލާ ބޯހޫރާލުމަށްފަހު އޭނާ ސިޑިން އަރައިގެން ހިނގައްޖެއެވެ.

ޔާސީން އެގޭގައި ހުރެއްޖެނަމަ ރަޔާލް ނުވެސް ފެންނާނެއެވެ. އެކަން އެކަން ޔާސީނަށް ފާހަގަ ވާތާ  ދެތިން ހަފްތާ ވެދާނެއެވެ. މައުވާ ގެއަށް އައުން ލަސްވާނެ ކަމަށް ބުނުމުން ޔާސީން މިސްރާބު ޖެހީ ޓެރެހާއި ދިމާލަށެވެ. ގަދަޔަށް ވައި ޖެހެމުންދާތީވެ އެތަން މިވަގުތު ވާނީ އެންމެ ހިތްފަސޭހަ އެއްތަނަށެވެ. ޓެރެހުގައި ފައި ޖެހުމާއެކު އޭނާ ވަށައިގެން ނަޒަރު ހިންގަލައިފިއެވެ. ހިޔާކޮއްފައިވާ އެތަނުގެ ޕޮޓްތަކުގައި ގަސްތައް ހައްދާލާފައިވާ ގޮތުން ވަރަށް ހިތްގައިމެވެ.’. ތަންކޮޅެއް ދުރުގައި އޯކިޑް ގަހެއް ކައިރީގައި އިށީނދެގެން އިން ރަޔާލް ފެނުމުން ޔާސީން ވީ އަމަށަކު ފޫއްސެއް ނުނެވެ.

“އަޅެ ތަދުވޭތަ… ރަޔާ މިއައީ.. ލުކް ބަލަން މަލަންވެސް މިހިރީ” ރަޔާލް ވާހަކަ ދައްކަމުން ދިޔައީ އެ ގަހާއެވެ. އަތުގައިވާ މަލަން ގަހަށް ދައްކާލަމުން އޭނާ ހީލައިފިއެވެ. އެގަސްވަނީ ވަޔާއި ވަރަށް ބޮޑަށް ހަލާކު ވެފައެވެ. އޭނަގެ އަތުގައި އޮތް މަލަން ކޮޅުން ޕޮޓަށް ޖަހާ ފައިވާ ދަނޑިކޮޅާއެކު އެގަސް ތަތްކޮށް ލައިފިއެވެ.

ޔާސީން ކަކޫ ޖަހާލައިގެން އިން ރަޔާލަށް ފުންކޮށް ބަލާލައިފިއެވެ. އިސްތަށިގަނޑު ފަހަތަށް އައްސާލައިފާ ވާގޮތުން އޭނާގެ ކަރުމަތީގައިވާ ކަޅު ހޯލި ކޮޅުތައް ހުރީ ފެންނާށެވެ. އަންހެން ވަންތަ ކަމުން ފުރިގެންވި ކުއްޖެކެވެ. އަބަދު ކަޅު ވުމަކީ އަންހެން ކުދިން ހަޑިވާންވި ސަބަބެއް ނޫންކަން ޔާސީންއަށް ވިސްނުނުމީ ފުރަތަމަ ފަހަރެވެ. އެހެންނާއި ހުންނަ ގޮތާއި ހިލަފަށް ރަޔާލް ލައިގެން ހުރި ޓީޝާޓުކޮޅުގައި އޭނާ ފެންނަލެއް ވަރަށް ފުރިހަމައެވެ.

“އަޅެ ބޭސްވެސް ކާން ދޭންވީނު.. ” ފުރަގަހުން އެއަޑު އިވުމުން ރަޔާލް ސިހިފައި އަވަހަށް އެތަނުން ތެދުވެއްޖެއެވެ. ގައިގައި ޖެހިފައިވާ ހެނދުން ގަޔާއި ދުރުކޮއްލި ގޮތުން ހީވަނީ ޔާސީނަށް އޭނާގެ ހަށިގަނޑު ފެނުނު ހެންނެވެ.

“ކީއްވެ އަހަންނަށް ފިލަނީ؟؟” ދުރަށް ހިނގައިގަތް ރަޔާލްގެ އަތުގައި ހިފައިލަމުން ޔާސީން އަހާލައިފިއެވެ. ދެންވެސް ރަޔާލް ބަލައެއް ނުލިއެވެ. ރަޔާލް އަނގައިން ނުބުނި ތާގައި އިސްއުފުލާ ބަލާވެސް ނުލިއެވެ.

“އަހަރެން ލައިކެއް ނުވޭ ތިކަހަލަ ކުދިންނަކާއެއް.. އެހެން ވީމަ ތިހެން ނޫޅުނިއްޔާ ރަނގަޅުވާނީ..” ރަޔާލް އަނގައިން ނުބުނުމުން ޔާސީން އެއަތުން ދޫކޮއްލައިފިއެވެ. ރަޔާލްގެ ފަރާތުން ޔާސީނާއި މާ ގަޔާވާ ކަމެއް ނުދެއްކިއެވެ. އޭނާ އަނެއްކާވެސް ހިނގައިގަތީ ތިރިއަށް ދާށެވެ. މުނި އުމުރުގައިވެސް އަންހެން ކުއްޖަކު އޭނާއާއި ދުރަށްދިޔަ މީ ފުރަތަމަ ފަހަރެވެ.

“ލުކް.. ތިކަހަލަ…” އެރި ރުޅީގައި ޔާސީން ރަޔާލްގެ އަތުގައި ހިފައި އޭނާއާއި ދިމާލަށް ދަމާލައިފިއެވެ. އެފަދަ ކަމަކަށް އިންތިޒާރު ނުކޮށް އިން ރަޔާލްގެ ދެލޯ ބޮޑު ކޮއްލާފައި ޔާސީންއަށް ބަލާލައިފިއެވެ.  މީގެ ކުރިން ފެނިފައިނުވާ ދެލޯ ފެނުމާއެކު ބުނަން އުޅުނު ބަސްވެސް އަރު ތެރޭގައި ތާށި ވެއްޖެއެވެ. މުށި ކުލައިގެ އެކަޅި އެއީ އެމޫނައި އެންމެ ގުޅޭ ކުލައެވެ. ދަތްދޮޅީގެ ތިރީގައި އިން ކަޅު ތިލައިން އެ ވަށް މޫނު އިތުރަށް ގުޅެއެވެ. ޔާސީންގެ އަތުން ވީއްލި ގަނެގެން ރަޔާލް އެތެރެއަށް ދުއްވައިގަތީ ޔާސީންގެ އަމަލު ހުރި ގޮތުންނެވެ. ރަޔާލް ގޮސް ކޮޓަރިއަށް ވަންއިރުވެސް އޭނާގެ ހިތުގެ ތެޅުމަށް ބަދަލެއް ނާދެއެވެ.

ޒުހައިރާ ފަހިވާގެއަށް އައީ އޭނާގެ ކުޑަ ދުވަހުގެ ރަހުމަތްތެރިޔާއާއި ބައްދަލު ކޮއްލާށެވެ.  ތިންބުރިއަށް ނަގާފައިވާއިރު އެގޭގެ އެތެރެއަށް ވަންނަން އޮތް ބައިގައިވަނީ އެކި ކަހަލަ ބަގީޗާ ހައްދާލާފައެވެ. އެކި ދިމަދިމާލަށް ބަލަމުން ގޮސް ގޭގެ މަތީގައި ބެލްކަނީގައި ވާހަކަ ދައްކަން އިން މައުވާ ފެނުމުން ޒުހައިރާ ހީލައިފިއެވެ. މައުވާ ފެނުމުންވެސް އޭނައަށް އެއީ ކާކުކަން އެނގިއްޖެއެވެ. ކުޑައިރުގެ ރީތިކަން އެއަށްވުރެ ދެގުނައަށް މިހާރު އެބަހުއްޓެވެ. ރީތި ކަމުގެ ލާމަސީލު މިސާލެކެވެ.  ހިނިތުން ވެލައިގެން އިނުމަށްފަހު ޒުހައިރާ ގެއަށްވަދެ އާމިރާއަށް ގިވާލައިފިއެވެ.

“ރަޔާ… ހިނގާބަލަ ލަސްވަނީއޭ…” ސިޑިން ފައިބައިގެން އަންނަމުން މައުވާ ގޮވާލައިފިއެވެ.

“މައު..” މައުވާ ފެނުމުން ޒުހައިރާ ގޮވާލައިފިއެވެ. ނަމަވެސް މައުވާ އެވަރަކުން ނޫޅުނެވެ. އޭނާ ހުރީ ބޭރަށް ނުދެވިގެން ލަސްވފައެވެ.

“އާން ޒުހޭއްތަ… މިގަޑީ ވަރަށް ބިޒީ އިނގޭ…” ޒުހައުރާގެ ކޮނޑުގައި އަތް ޖައްސާލަމުން މައުވާ އެހެން ބުނެފައި ދުރަށް ހިނގައި ގަނެއްޖެއެވެ. ރަޔާލްވެސް ދުވަމުން ކަހަލަ ގޮތަކަށް ފައިބައިގެން އަންނަ ތަން ފެނިއްޖެއެވެ. މައުވާ ނިކުމެގެން ދިޔުމުން ރަޔާލްވެސް އަންނަނީ ކަމުގައި ބުނެ ވަނީ ބަދިގެއަށެވެ.

“އާހް… މިތާނގަ ކާކުތަ ވަޅި ބަހައްޓާފަ މިހުރީ އާމި..” ދުރުގައި ހުރި އާމިރާއަށް ގޮވާލަމުން ޒުހައިރާ ބުނެލައިފިއެވެ. ރަޔާލަށް ޒުހައިރާގެ އަތުން ލޭ އަންނަތަން ފެނުމުން ވަގުތުން އެއަތުގައި ހިފާލައިފިއެވެ.

“ދޮންތި ދަނީ އިނގޭ.. ކޮކީ އާދޭ ފަހުން..” މައުވާ އެހެން ބުނެލާފައި ވީކަމެއްވެސް ބަލާ ނުލައި ހިނގައްޖެއެވެ.

“ދައްތައަށް ތަދުވޭތަ؟؟ މަންމާ ގެނެބަލަ ކަބަޑުން މަލަމެއް..” ޒުހައިރާގެ މޫނަށް ބަލާލަމުން ރަޔާލް ހިތްފުރާ ހިނިތުން ވެލައިފިއެވެ. ޒުހައިރާ ފުންކޮށް ރަޔާލްގެ މުނަށް ބަލައިލައިފިއެވެ. އެތަނުގައި ބޭސްއަޅަން އިންއިރުވެސް ދޭތެރެއަކުން ފުމެ ލާނެއެވެ.

ބޭސްއަޅާފައި ބޭރަށް ދިޔައިރު މައުވާ ފެންނަން ނެތުމުން ރަޔާލް ދެރަވެއްޖެއެވެ. އޭނައާއި ހެދި އެންމެ ފަހުން ދޮންތިއަށް ލަސްވެގެން ދިޔައީއެވެ. ގޭޓުކައިރީގައި މައުވާއަށް ގުޅަން ހުއްޓައި އާމިރާއައިސް ޒުހައިރާއައިއެކު އެއްޗެއް ގަންނަ ދާށޭ ބުނުމުން ރަޔާލް ހާސްވެއްޖެއެވެ. އާމިރާއެއީ އޭނާގެ ކުޑަ ދުވަހުގެ ރަހުމަތްތެރިއެއް ކަމަށް ބުނެ އެތާނގައި މަޑުކޮށް ލުމަށް ބުނެފިއެވެ.

“ޒުހޭ.. އަހަރެންގެ ރަޔާއަށް ބަލައްޗޭ..” ޒުހައިރާއަތުގައި ހިފައި ފިތާލަމުން އާމިރާ ބުނެލައިފިއެވެ.

“ހޫމް.. ހާސްނުވެބަލަ..” ޒުހައިރާ އައިސް ރަޔާލްގެ އަތުގައި ހިފާލަމުން ކުރިއަށް ހިނގައި ގަނެއްޖެއެވެ. ކާކު ކަން ނޭނގުނު ކަމުގައި ވިއަސް އޭނާގެ މަންމައަށް އިތުބާރު ކޮއްފައި ރަޔާލް ހިނގައި ގަނެއްޖެއެވެ.

ފިހާރައިގެ ތެރޭގައި ފަހަރަކު އެއްޗެއް ގަންނަމުން ގޮސް ޒުހައިރާ ރަޔާލަށް ކަމުދާ އެއްޗެއް ނެގުމަށް ބުނެލައިފިއެވެ. ނަމަވެސް ބޯ ހޫރާލުމަށްފަހު ރަޔާލް ބަލާލީ ފޯނަށެވެ. އެތައް އިރެއް ވަންދެން ވާހަކަ ދެއްކި ފަހުންވެސް ރަޔާލްގެ ދުލުން ބަހެއް ބޭރުވާ ގޮތެއް ނުވިއެވެ. ޒުހައިރާއަކީ ނަފްސާނީ ބަލީގެ ޑޮކްޓަރަކަށް ވުމުން ރަޔާލްގެ މިޒާޖު ދެނެގަންނަން ވަރަށް މަސައްކަތް ކުރަން ފަށައިފިއެވެ. އޭނާ މެލޭޝިއާއަށް ބަދަލުވީވެސް ކިޔަވާށެވެ. އަދި ޔާސީން އެކޮޅުން ކިޔަވަން ބޭނުން ވުމުން އޭނާވެސް މަޑުކުރީއެވެ. ރަޔާލް ގޭގެ ތެރެއިން ފެނުނު ފަހުން އެމޫނުން ހިނދު ކޮޅަކަށްވެސް ޒުހައިރާގެ ނަޒަރު ވަތްކެއް ނުވެއެވެ. ފޯނަށް ބަލަން އިނދެފައި ރަޔާލް ބަލާލިއިރު ޒުހައިރާ އިނީ ސީދާ ރަޔާލްގެ ލޮލަށް ބަލާށެވެ.

“ރަޔާ ލެންސްވެސް ލައްވަންތަ؟” ލެންސް ނޫންކަން އެނގިހުރެ ޒުހައިރާ އަހާލައިފިއެވެ.

“ނޫން އެއީ އަޅުގަނޑު ލޯ ހުންނަ ކުލަ..” މަޑުމަޑުން ރަޔާލް ބުނެލައިފިއެވެ. އަދި ހިނިތުންވެލީ ޒުހައިރާ އައިސް ރަޔާލްގެ ބޮލުގައި ފިރުމާލުމުންނެވެ.

“މަންމަގެ ބެސްޓް ފޮރެންޑްތަ ދައްތަ ތީ..؟ މަންމަ ބުނި ދައްތަ ވަރަށް ރަނގަޅު ވާނޭ..” ގިނަ އިރުތަކެއް ވަންދެން ޒުހައިރާ ވާހަކަ ދެއްކުމަށްފަހު އެންމެ ފަހުން ރަޔާލްވެސް އަމިއްލައަށް ފެނިގެން ވާހަކަ ދައްކަން ފަށައިފިއެވެ. ޒުހައިރާވެސް އަމިއްލަ ދަރިއެއްހެން ރަޔާލާއި ސަކާރާތް ޖަހައި މަޖާ ކުރަން ފަށައިފިއެވެ. އެހެން މީހުނާއި ހިލާފަށް ރަޔާލަށް ޒުހައިރާއާއި ކުރިމަތިލައި ވާހަކަ ދައްކަން ފަސޭހައެވެ. އެހެން މީހަކު ނަމަ ރަޔާލަށް އެމީހަކަށް ބަލާލަންވެސް ނުކެރޭނެއެވެ. ދެތިން ގަޑިއިރު ފަހުން ޒުހައިރާ ރަޔާލް ގޮވައިގެން ދިޔައީ އޭނާގެ ގެއަށެވެ. ބޮޑު އެ އިމާރާތިގެ ކުރިމައްޗަށް އެރުމާއެކު ރަޔާލަށް އެތަން ދަންނަ ވައްތަރު ޖަހަން ފަށައިފިއެވެ. ޒުހައިރާ އެއީ އޭނާގެ ގެއޭ ބުނުމުން ރަޔާލް ހިނިތުން ވެލި ނަމަވެސް ހިތުގެ ވިންދުވެސް އަވަސްވާން ފެށީ އެހެނެއް ނޫނެވެ.

މައްޗަށް އަރައިގެން ދިޔަ ރަޔާގެ ނިއްކުރީގައި ހިއްލަން ފެށި ދާތިކި ތަކުން ޒުހައިރާ ސުވާލު ކޮއްލައިފިއެވެ. ނަމަވެސް ދޭބެ ޖަވާބެއް ދުލަކަށް ނައެވެ. ޖެހިގެން ދެވަނައަށް ހުރި ކޮޓަރިއަށް ބާކީ ހުރި ކޮތަޅުތައް ލާށޭ ބުނުމުން ގޮސް ރަޔާލް ވަދެއްޖެއެވެ. އެކޮޓަރިއަށްވަދެ މޭޒުމަތީގައި ކޮތަޅުތައް ބެހެއްޓުމަށްފަހު ރަޔާލް ހިންދެމި ލައިފިއެވެ. ފަހަތުން ދޮރު ޖެހުނު އަޑާއެކު ރަޔާލް ސިހިފައި ފަހަތަށް ބަލާލައިފިއެވެ. ކުރިން މިގެއާއި މިކޮޓަރި ފެނިފައިވާ ކަމުގެ އިހްސާސެއް ރަޔާލަށް ވަމުން ދިޔައެވެ. ވަށަވަށައިން ތަންނަށް ބަލަމުން ދިޔަ ރަޔާލްގެ ބޮލުގައި އޭރު ދިލަ ތަދެއްވެސް ދިޔައީ އުފެދެމުންނެވެ. ފާހާއިން ނުކުތް ޔާސީނަށް އޭނާގެ ކޮޓަރީގައި ރަޔާލް އެކި ތަންތަނަށް ބަލަން ހުރިތަން ފެނުމުން ލޯއުނގުޅާލުމަށްފަހު އަނެއްކާވެސް ބަލާލައިފިއެވެ. އޭނާގެ ކޮޓަރިއަށް މިއަންހެން ކުއްޖާ ވަނީ ކިހިނެއް ހެއްޔެވެ؟ ރަޔާލަށް ފަހަތުން ޔާސީން ގޮސް ދޮރު ލައްޕާލުމާއެކު އޭނާ ސިހިއްޖެއެވެ. ފަހަތުގައި ތުވާލި ކޮނޑުމަތީ ބާއްވާ ލައިގެން އިން ޔާސީން ފެނުމުން ރަޔާލް ބިރުން އިސްޖަހާލައިފިއެވެ.

” ކިހިނެއް މިތަނަށް ވަނީ…؟ މިގެ އިނގުނީ ކިހިނެއް..” ޔާސީން ތުވާލި އެނދު މައްޗަށް އެއްލާލުމަށްފަހު ޓީޝާޓެއް ބޮލަށް މަހަލައިފިއެވެ.

“އަހަންނަށް އިނގޭ ވާހަކަ ނުދައްކާނެކަން… އަހަރެންނާ ހަމަ އެހާ ލައިކް ވޭތަ؟” އިސްޖަހާލައިގެން އިން ރަޔާލާއި ކައިރިވަމުން ޔާސީން އަހާލައިފިއެވެ. ކުރިމަތިން ފެންނަމުން ދިޔަ ޔާސީނަށް ބަލާނެ ފުރުސަތެއް ރަޔާލަކަށް ނުވިއެވެ. ތިރިއަށް ބަލަންއިން ރަޔާލްގެ އަތް ތުރުތުރު އަޅަން ކީއްވެ ކަމެއް ހުދު އޭނާއަށްވެސް ނޭނގުނެވެ. ޔާސީންގެ އަތުގައި ހިފާލަން އަތް ދިއްކޮއްލި ތަނުން ކޮޓަރި ތެރެ އަނދިރި ވެއްޖެއެވެ.

“ރޫ…..ބީ…” ކަންފަތް ދަށުގައި މީހަކު ދަމާލައިފައި އެނަން ވައިއަޑުން ބުނުމުން ރަޔާލްގެ ކަނދުރާގައި ހުރި ހުރިހާ ހޯލިތަކެއް ކޮޅަށް ޖެހިއްޖެއެވެ. ވަށައިގެން ކޮޓަރި ތެރެ އޭނާ ބަލާލީ ޔާސީން ފެނޭތޯއެވެ.

“މަންމާ…” ދެކަންފަތުގައި އަތްއަޅާފައި ތޫލި އަޑަކުން ހަޅޭއް ލަވައިގަތް ރަޔާލް ފެނުމުން ޔާސީން މަޑުޖެހިލައިފިއެވެ. ރަޔާލް މޫނު ކައިރިއަށް އޭނާގެ އަތް ދެކޮޅަށް ގެންދިއުމުންވެސް އެއަތަށް ރަޔާލް ހަރަކާތެއް ނުކުރިއެވެ. ޔާސީނަށް ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން އެނގިއްޖެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aaran

Level 110 Stories

Other Articles

Previous

ސިއްރު 8

Next

ނުހައްޤު ލޯބި (19 ވަނަ ބައި)

Next
October 4, 2016

ނުހައްޤު ލޯބި (19 ވަނަ ބައި)

Previews
October 4, 2016

ސިއްރު 8

13 Comments!

  1. Amee says:
    October 4, 2016 at 6:22 am

    Nice vaahakaeh… Daily koh up kohdhehchey.. Its very interesting… Waiting for next episode… ???

  2. Aaf says:
    October 4, 2016 at 8:07 am

    Vv nice

  3. Neem says:
    October 4, 2016 at 8:54 am

    Vv reethi

  4. Khajja says:
    October 4, 2016 at 9:06 am

    Wow awsome v interesting waitin nxt part n keep it up

  5. shooty says:
    October 4, 2016 at 10:13 am

    lovely story aaran. keep going. 🙂

  6. mishka says:
    October 4, 2016 at 11:32 am

    AVAHAH UP KOHDHEHCHEY

  7. hazi says:
    October 4, 2016 at 11:53 am

    vvv reethi mi story..

  8. Meekail says:
    October 4, 2016 at 12:25 pm

    dhivehi Vaahka ” Zakham” nooni dhen Kiyaalan emme faseyha Feshun Reethi vi Vaahka mee. Ummeedhu kuran kuriya huri part tha ves mihaavrah reethi vaane kamah. Vara boda Shukuriyya mivaahaka liyaathee.

  9. girl :))) says:
    October 4, 2016 at 2:29 pm

    haadha reehchey…plx delay nukoh upp kohdhechey..all the beast n good luck <3 mee bdhuves emme kiyaa hihvaakahala stories <3 <3 <3 waitingg waiting

  10. ~minty~ says:
    October 4, 2016 at 5:44 pm

    Woow…alhe vrh reethi mi story…daily kn up kohdhehchey pleeeesssxxx…next part kiyaa hiyy vrnee….eagerly waiting ?

  11. Nadhoo says:
    October 5, 2016 at 6:25 pm

    Wow varh nice
    ❤❤❤??????

  12. maany says:
    October 6, 2016 at 8:18 pm

    V reethi…it is a brilliant story

  13. Missy says:
    February 18, 2017 at 7:36 pm

    Vrh reethi…

Comments are closed.

Next Episodeހިތާ ފުރާނައިގެ ދިރުމޭ (2)←


All Right Reserved!