ލޯބިވަން ޔާރާ އޭ 7
ލޯބިވަން ޔާރާ އޭ 7
ކާރުގެ ދޮރު ހުޅުވުމަށް ފަހު އީތަން މިޝެލް ކާރު ތެރެ އަށް ގުޅަ ކޮށްލިއެވެ. އަދި އީތަން ވެސް ޑްރައިވަރު ސީޓުގައި އިށީނެވެ. މިޝެލް ވެސް ރުޅި ގަދަވުމުން ބަލި ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. ކުއްލިއަކަށް އީތަންގެ ކޮނޑުމަތީ މިޝެލް ދަތް އެޅީ އެތަން ކަނޑައިގެން ދާހާ ބާރަށެވެ. ފިރިހެނަކަސް އެކަހަލަ ކަމެއް ކޮށްލުމުން އީތަން އަށްވެސް ތަދު ވިއެވެ.
“އައުޗް. ޔޫ ވައިލްޑް ލޭޑީ” އީތަން މިޝެލް ދުރުކޮށްލީ ގަދަކަމުން ނެވެ.
“އައި..ހޭޓް ޔޫ އީތަން. އައި ޖަސްޓް ހޭޓް ޔޫ!!” މިޝެލް ރޮވިފައި އިނދެ އަކުރުތަކަށް ބާރު ލާފައި ބުންޏެވެ.
“ދެން ހޭޓް މީ. އައި ޑޯންޓް ކެއާ” އީތަންގެ ޖުމްލައިން މިޝެލް އަށް އިތުރަށް ރޮވުން ނޫން ކަމެއް ނުވިއެވެ. އީތަން ކާރު ދުއްވައިލީ ފުދޭ ވަރަކަށް ބާރަށެވެ. މިޝެލް ރުޅި އެރުވެން އޮތް ކޮންމެ ކަމެއް އޭނާ ކުރާނެ ފަދައެވެ.
ޔޫލީ އޭނާގެ މެކްބުކް ހިފައިގެން އިނީ ދާއިން ގެ ފޮޓޯތައް ބަލާށެވެ. ދޭތެރެ އަކުން އެ ތުންފަތުގައި ހިނިތުންވުމެއް ކުޅެލައެވެ. އެ ފޮޓޯ ތަކަކީ ޔޫލީ ގެ ހަށިގަނޑުގެ އެއް ބައެވެ.
1 އަހަރު ކުރި
ޔޫލީ އަށް ހޭލެވުނީ ދާއިން ކެއްސަން ފެށުމުންނެވެ. އަދިވެސް ރޯގާ މުޅިން ނުފިލާތީ ކަންނޭނގެއެވެ. ނިދާފައި އޮތް އިރު ވަކިން ރީތިހެން ޔޫލީ އަށް ހީވިއެވެ. ދާއިން ވަކިވެއްޖެއްޔާ ވާނެ ގޮތް އަންދާޒާ ކޮށްލަން ވެސް ޔޫލީ އަށް ދައްޗެވެ. ޔޫލީ އޭނާގެ އަތް މަޑު މަޑުން ހިއްލައިލުމަށްފަހު ދާއިންގެ ތުންފަތުގައި އިނގިލި ތަކުން ފިރުމައިލިއެވެ. އަދި އެވަރަކުން ޔޫލީގެ ހިތެއް ނުފުރުނެވެ. އެ މޫނުގައި ބޮސް ދޭން ބޭނުން ވިއެވެ. އެއާއި އެކު ޔޫލީ މަޑު މަޑުން ގުދުވެލުމަށް ފަހު ދާއިންގެ ތުންފަތުގައި މަޑުމަޑުން ބޮސް ދިނެވެ. އެއަށް ފަހު ހިނިތުންވެލަމުން ޔޫލީ ތެދުވެގެން ބަދިގެއަށް ދިޔައީ ދާއިން އަށް ކޮފީ ހަދައިދޭށެވެ. މަޑު މަޑުން އެލީ ގޯޑްލިން ގެ ‘ލަވް މީ ލައިކް ޔޫ ޑޫ’ ލަވަ ކިޔަމުން ޔޫލީ ކޮފީހެދުމުގައި އުޅުނު އިރު ދާއިން ބަލަން ހުރިކަމެއް ނޭނގެއެވެ.
“ޔޫ ލުކް ޑޭމް ސެކްސީ” ޔޫލީ ސިހުނު ވަރުން މަޑު ހަޅޭކެއް ވެސް އެ ތުންފަތް ފޫ އަޅުވައިލައިފައި ނުކުތެވެ.
“ޑޭން. ބިރުން ގޮސް ހަލާކު ނުވީ ކިރިޔާއޭ.” ޔޫލީ ލޯ ބޮޑު ކޮށްގެން ހުރި ގޮތުން ދާއިން ގާތަށް ހިނި އައެވެ.
“އަދި އަލަށް މި މީހަކަށް ކޮފީ ހަދައިދިނީ. މީރު ވާނެކަމަށް ހީކުރަން.” ޔޫލީ ދާއިން އަށް ކޮފީ ތަށި ދިއްކޮށްލަމުން ބުންޏެވެ. ކައިރީގައި ހުރި ގޮނޑިއެއް ގައި ދާއިން އިށީނުމުން ޔޫލީ ވެސް އުޅުނީ ގޮނޑިއެއްގައި އިށީންނާށެވެ. ނަމަވެސް އެކަމަށް ހުރަސް އެޅީ ދާއިން އެވެ.
“އާދެބަ މިކޮޅަށް” ދާއިން ޔޫލީގެ އަތުގައި ހިފާ ދަމާލުމާއިއެކު ދާއިން ގެ އުނގުގައި އައިސް ޖެހުނީ ފަސޭހަކަމާއި އެކީއެވެ. އެއާއިއެކު ހީގަންނަމުން ޔޫލީ ދާއިންގެ ކަރުގައި ދެ އަތުން ވަށާލިއެވެ. ދެމީހުންގެ މޫނު ކިރިޔާ ޖެހޭ ނުޖެހޭ ހިސާބުގައި ހުރި އިރު ދާއިންގެ ހޫނު ނޭވާތައް މޫނަށް އެޅެން ފެށުމުން ޔޫލީ އަށް ލޯ މަރައިލެވުނެވެ. އަތުގައި ހުރި ކޮފީ ތަށި ކައިރީ ހުރި މޭޒުގައި ބަހައްޓަމުން ދާއިން ޔޫލީ ގެ ދައުވަތު ގަބޫލު ކުރިއެވެ. ހިނދުކޮޅަކަށް ދެމިގެން ދިޔަ ވަގުތުކޮޅަށް ނިމުމެއް އައީ އެޕާޓްމެންަޓް ގެ ބެލް ރިންގް ވާން ފެށުމުން ނެވެ. ޔޫލީ ހަމަޖެހިލަމުން ތެދުވެގެން ގޮސް އެއީ ކާކު ތޯ ބަލައިލިއެވެ. ދޮރުމަތީގައި ހުރީ ޔޫލީގެ ބައްޕަ މުސާރަ ދީގެން ޔޫލީގެ ކަންކަން ކޮށްދީ ޔޫލީ އުޅޭ ނޫޅޭ ގޮތް ބަލަން ބަހައްޓާފަ ހުންނަ ޑޭވިޑް އެވެ. ޔޫލީ ކަންބޮޑު ވީ ދާއިން އިނީމަ ޑޭވިޑް ކޮށްފާނެ ސުވާލަކާއި މެދުއެވެ. އެހެންކަމުން ޑޭވިޑް އައި ބޭނުމެއް އޮޅުންަ ފިލުވިއެވެ. ޔޫލީގެ ހާސް ކަން އިތުރުވެގެން ދިޔައީ ދާއިން އައިސް ވާހަކަ ދެއްކުމުންނެވެ. ޔޫލީ ތުންފަތުގައި ދަތް އަޅާލީ ޑޭވިޑް އަށް ދާއިން ފެނުމުން ނެވެ.
“މީ ކާކު؟” ޑޭވިޑް އިނގިރޭސިން އަހައިލިއެވެ.
“ރައްޓެއްސެއް. ޑޭވިޑް، މިއަދު ޝޮޕިން ނުކުރިޔަސް އޯކޭ. އައިވިލް ގޯ” ޔޫލީ އުޅުނީ އަވަހަށް ޑޭވިޑް ފޮނުވައިލާށެވެ. ޑޭވިޑް ފާޑަކަށް ދާއިން އަށް ބަލައިލާފަ ގޮއްސިއެވެ.
ޑޭވިޑް ޔޫލީގެ އެޕާޓްމެންޓުން ނުކުތުމާއިއެކު އަވަސްވެގަތީ އަލްހާން އަށް ގުޅުމަށެވެ. ފޯން ނަގައި ނަމްބަރަށް ޑައިލް ކޮށްގެން މާ ގިނަ އިރަކު ހުންނާކަށް ނުޖެހުނެވެ.
“ސާރ.ޔޫލީ ގެ އެޕާޓްމެންޓްގައި ފިރިހެން ކުއްޖެއް އެބަ އުޅޭ. ރާއްޖެ ކުއްޖެއް ހެން ހީވަނީ.” ޑޭވިޑް އަލްހާންގެ ސްޕައި އެއްފަދައެވެ.
“ރައްޓެހި ކުއްޖެއް ކަންނޭނގެ. އެހިން ތަ؟” އަލްހާން ވެސް އިނގިރޭސިން ސުވާލު ކޮށްލިއެވެ.
“ފުރަތަމަ އުޅުނީ އަޅުގަނޑު ނުވައްދާން. އެ ފިރިހެން ކުއްޖާ އަށް އެކަން ނޭނގޭތީ ކަންނޭނގެ އައީ. އައިމަ ބުނީ ރައްޓެއްސެކޯ. އެކަމު ޔޫލީ ދުވަހަކުވެސް އަޅުގަނޑު ނުވައްދާކަށްނޫޅޭ” ޑޭވިޑްގެ ވާހަކައިން އަލްހާން ހާސްވިއެވެ. ކޮންމެ ކޮންމެ މީހަކާ އޭނާގެ ދަރިފުޅު ރައްޓެހި ވާކަށް އޭނާ ބޭނުމެއް ނޫނެވެ.
“އެ ފިރިހެން ކުއްޖާގެ ހުރިހާ މައުލޫމާތެއް ހޯދާ! އަދި ގުޅޭނެ ނަމްބަރު ވެސް. ހަމަ މިއަދު. ލަސްވެއްޖެއްޔާ ޔޫ އާ ފަޔާޑް!” އަލްހާން އަމުރު ކުރިއެވެ. ޑޭވިޑް އަމުރަށް ކިޔަމަން ވަމުން ފޯން ކަނޑައިލި އެވެ. އެއާއި އެކު ދާއިން ނުކުންނަންދެން ޑޭވިޑް އޭނާގެ ކާރު ތަންކޮޅެއް ދުރުގައި ޕާކް ކޮށްގެން އޮތީ ދާއިން އަށް ފާރަލުމުގެ ނިޔަތުގައެވެ. ގާތް ގަނޑަކަށް ގަޑިއެއްގެ އިރުފަހުން ދާއިން ނުކުތެވެ. އެއާއި އެކު ޑޭވިޑްވެސް އޭނާގެ މަސައްކަތް ފެށިއެވެ.
މުޅި ދުވަހު އުޅެގެން ދާއިންގެ ހުރިހައި މައުލޫމާތެއް ހެން ޑޭވިޑް ހޯދިއެވެ. އަދި އަލްހާން އަށް ދާއިން ގެ ފޯން ނަމްބަރާއި އިނގުނު ހުރިހައި މައުލޫމާތެއް ކިޔައިދިނެވެ. ޑޭވިޑް ގެ މަސައްކަތައް ތައުރީފުކޮށް އަލްހާން ޑޭވިޑްގެ މުސާރަވެސް ބޮޑުކޮށްދިނެވެ.
މަސައްކަތުން އަވަދިވެގެން ދާއިން ގޮސް އޭނާގެ އެޕާޓްމެންޓަށް ވަނެވެ. ނިދާލުމަށްޓަކައި އޮށޯވެލިތަނާ ފޯން ރިންގް ވާން ފެށި ތަނުން ޔޫލީ ކަމަށްް ހީކޮށް ފޯންގެ ސްކްރީނަށް ވެސް ބަލައި ނުލައި ވާހަކަ ދައްކަންފެށިއެވެ.
“ޔެސް މައި ޔޫލީ ޑާލިން” ދާއިން ވަރަށް ލޯބިން ވާހަކަ ދެއްކިއެވެ.
“ޔޫލީ ސަލާމަތުން ބަހައްޓަން ބޭނުމިއްޔާ މީގެ ފަހުން ޔޫލީ އާ ވައިވެސް ނޭޅޭތި!” ރުޅިވެރި އަޑެކެވެ.
“ތީ ކާކު؟” ދާއިން އަވަސް އަވަހަށް އަހައިލިއެވެ.
“ނުޖެހެ މީ ކާކުކަމެއް ބުނާކަށް. އެކަމު ކަލޭގެ ފެންވަރެއް ނޫން ޔޫލީ އަކީ. ކަލޭ ޔޫލީ ދެކެ ލޯބި ވަންޏާ މިހާރުން ފެށިގެން ޔޫލީއާ ގުޅުން ކަނޑައިލާ! ތިކަން ކުރިއަށް ގެންދާ ނަމަ ޔޫލީ ވެސް ކަލޭގެ އާއިލާވެސް ސަލާމަތެއް ނުވާނެ.” ވަރުގަދަ އިންޒާރަކަށް ފަހު އެ މީހަކު ފޯން ކަނޑައިލުމުން ދާއިން އެ ނަމްބަރު ހޯދަން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އަންނައުން ނަމްބަރެއް ކަމުން އެކަން ކާމިޔާބެއް ނުވިުއެވެ. އެކަމާއި މެދު ދާއިން ވަރަކަށް ވިސްނިއެވެ. އެއީ ކޮންމެ މީހަކަސް ގޮތްނޭނގޭ މީހެކެވެ. ޔޫލީ ގެ ދުވަސް ދުއްވާލާނަމޭ ބުންޏަސް އެކަން އެމީހަކަށް ކުރަން ކެރޭނެ ހެއްޔެވެ. ކެރިދާނެ އެވެ. މިޒަމާނަކީ އެފަދަ ކުއްތައް ގިނަ ޒަމާނެކެވެ. އެހެން ވީމަ އެވަރުގެ ‘ރިސްކެއް’ ނަގައިގެން ޔޫލީ އަށް ކަމެއް ވެއްޖެ ނަމަ ދާއިން އަކަށް ދުވަހަކުވެސް އަމިއްލަ ނަފްސަކަށް މާފެއް ނުކުރެވޭނެ އެވެ. އެންމެ ފަހުން ދާއިން ނިންމީ ޔޫލީ އާ ގުޅުން ކަނޑައިލުމަށެވެ.
ޔޫލީ ދާއިން އަށް ވަރަށް ގުޅިއެވެ. ދެމީހުން ގެ ބައްދަލުވުން ތައް ހިނގި ހުރިހައި ތަނަކަށް ދެވުން ވަރުގެ އަދަދު ދެނެވޮޑިގެން ވާނީ ހެއްދެވިފަރާތެވެ. ދާއިން އުޅޭ އެޕާޓްމެންޓް ނޭނގޭތީ ވީ ކީއްތޯ ބަލަން ވެސް ދާކަށް ނޭނނގުނެވެ.އެކަމުގެ ހިތާމައިގަ އެތައް ދުވަހަކު ޔޫލީ ވެސް ދާއިން ވެސް އުޅުނެވެ. ދާއިން އަށް އޭނާގެ ހިތުގައި ވާ ލޯބި ކަފުން ކުރަން މަޖުބޫރު ވީ އެވެ. ހަމަ އެފަދައިން ޔޫލީ ދާއިން އަށް ނަފުރަތު ކުރަން ވަރަށް މަސައްކަތް ކުރިއެވެ. އެހެނަސް އެކަން ކާމިޔާބެއް ނުވިއެވެ. އެ ހިތް ބުނަނީ އޭނާ އަށް އަދި ދާއިން ލިބޭނެ ކަމަށެވެ.
*****************
މިއަދަކީ އޮފީސް ބަންދު ދުވަހެއް ކަމުން މިޝެލް ހޭލީ ތަންކޮޅެއް ފަހުން ނެވެ. އީތަންގެ ސަބަބުން މިހާރު އަބަދު ބޮލެއްގައިވެސް ރިހެއެވެ. މިޝެލް އަށް ވަރަށް މީރު ކާއެއްޗެއްގެ ވަސް ދުވާހެން ހީވިއެވެ. ޔަގީން ކޮށްލުމަށް އިތުރަށް ނޭފަތް ދަމައިލިއެވެ.
“ހޫމް ވެނީލާ ކޭކް” މިޝެލް ގެ މޫޑު ވަގުތުން ރަނގަޅު ވި ފަދައެވެ. ނިދާ އެއްޗިހި ވެސް ބަދަލު ނުކޮށް ކާގެ އަށް މިޝެލް ނުކުތް އިރު ނެހާ ވެސް މާއިރާ އާއި އެކު އުޅެއެވެ.
” މީ ކޮން ކަމެއްތޯ މަންމާ؟ ނެހާ؟” މިޝެލް އަހައިލުމުން ވެސް އެކަކުވެސް އަނގަ އަކުން ނުބުންޏެވެ. ނެހާ ވެސް މިޝެލް އަށް ތުން އަނބުރައިލަމުން ‘ވިޕްޑް’ ކްރީމް އެތި ގަށަން ފެށިއެވެ.
“މަގޭ ދެކެ ރުޅި އައިއްސަތަ ނެހާ؟” މިޝެލް ފާޑަކަށް ހުރެފައި އަހައިލިއެވެ.
“ނޫނޭ. ކީއްވެ ރުޅި އަންނަންވީ؟” ނެހާ އަޅައިލުން ކުޑަ ގޮތަކަށް ބުނި އިރު މާއިރާގެ ތުންފަތުގައި ދުވެލި ހިނިތުންވުން މިޝެލް އަކަށް ސިއްރެއް ނުވިއެވެ.
“އޯހް. ރުޅި އައި ނަމަ އަހަރެން އެންމެ ކާހިތްވާ ކޭކް ތި ހަދަނީ އޯ؟” ޔޫލީ އަށް ނެހާ އާއި މާއިރާ ސަމާސާ ކުރަނީ ކަން ޔަގީން ވި އެވެ. އެންމެ ފަހުން މާއިރާ ވާހަކަ ދައްކަން ފެށި އެވެ.
“މަންމަގެ ދަރިފުޅު އެހާ އަވަހަށް ބޮޑު ވީމަ. އެކަމުގެ އުފަލުގަ ހަދައިދޭ ކޭކެއް މީ” މާއިރާ މިޝެލްގެ މޫނުގައި ފިރުމައިލީ ލޯބިން ފުރިގެން ވީ ފަދަ ގޮތަކަށެވެ. މިޝެލް އަށް ވީ ގޮތް ރޭކާ ލީ ދެނެވެ. އީތަންގެ ކަންތައް މަންމަ މެނަށް އިނގުނީ އެވެ.
“ކިހިނެތް އިނގުނީ؟” މިޝެލް ލޯ ކުޑަ ކޮށްލަމުން އަހައިލިއެވެ.
“މިޝް ނުބުންޏަސް މިޝް ގެ ބްރޯ އެހެރީނު.” ނެހާ މިޝެލްގެ ކޮނޑަށް އަތް ވައްޓައިލިއެވެ. މިޝެލް އިރުކޮޅަކު މަޑުން ހުރެފައި ކުއްލި އަކަށް ރޮއި ގަންނަމުން މާއިރާގެ ގައިގައި ބައްދައިގަތެވެ. މިޝެލް ދެރަވި ހަގީގީ ސަބަބު ނޭނގިފައި ހުރި މާއިރާ ހީލަމުން މިޝެލް ގެ ބުރަކަށީގައި ފިރުމައިލަމުން ނުރޯން ބުންޏެވެ.
ޔޫލީ އަކީ ކަރުން މަތީގެ ހާއްސަ ޑޮކްޓަރެކެވެ. ވަޒީފާގެ ފުރަތަމަ ދުވަސް ކަމުން ޔޫލީ ކުޑަކޮށް ހާސްވިޔަސް މިހާރު އެ ހާސްކަން ފިލައިފި އެވެ. އޭ.ޑީ.ކޭ ގެ ސްޓާފުން ވަރަށް އެކުވެރިއެވެ. ފުރަތަމަ ދިހަ ޕޭޝެންޓުން ބެލުމަށް ފަހު ޔޫލީ ބްރޭކް ގަޑި އަށް ކައިރީ ހުރި ރެސްޓޯރެންޓަކަށް ވަނީ ފިނި އެއްޗެއް ބޯލުމުގެ މަޤުސަދުގައެވެ. ގިިނަމީހުން ތަކެއް ތިބިި އިރު ވެސް ޔޫލީ ގެ ލޮލުގައި ތަންކޮޅެއް ދުރުގައި އިން ދާއިން އަޅައިގަތީ ފަސޭހަ ކަމާއި އެކީ އެވެ. ދެ ހިތް ގުޅިލައި މެހިފައި ވާތީ ނޫން ކަމެއް ވެސް ނޭނގެއެވެ. ޔޫލީ ޖެހިލުން ވެފައި ހުރެވެސް ދާއިން ގެ ފަހތުން އަޅައިފައި އިށީނީ ދާއިން އިން މޭޒުގައެވެ.
“ޔޫލީ!! މިތާ ކީއް ކުރަނީ؟” ދާއިން ހައިރާން ކަމާއި އެކު ވެސް އަހައިލީ ވައި އަޑުން ނެވެ.
“ހީވަނީ ޑެސްޓިނީ ވެސް މިފަހަރު ބުރަ ވީ އަހަރެންގެ ކޮޅަށް ހެން.” ޔޫލީގެ ތުންފަތުގައި ވަނީ މައުނަވީ ހިނިތުން ވުމެކެވެ. ވީނުވީ އެއް ނޭނގި ދާއިން ގެއްލުމުން ވެސް ޔޫލީ ދާއިން ކުއްވެރި ނުކުރާ ފަދައެވެ.
“އަހަރެން މިތަނުން ދާނީ ޖަވާބު ލިބުނީމަ. ނޫނީ މިރޭ އަހަންނާ ބައްދަލު ކުރަން އެއްބަސް ވީމަ.” ޔޫލީ ގެ އަޑުގައި ވަނީ ގޮތް ދޫ ނުކުރުމެވެ.
“ޕްލީޒް ޔޫލީ. މިކަމުން ހަމަ ގެއްލުން ވާނީ ވެސް ޔޫލީ އަށް!” ދާއިން އިއްވާލިއެވެ.
“މި ބުނީނު ނޫނީ މިތާގަ ދާއިން ކުރިމަތީ ދެފައިގަ ހިފާ އާދޭސް ކުރަން ފަށާފާނަން. އަހަރެން ނަށް ކެރޭނެ!” ޔޫލީ ދާއިން އަށް މަޖުބޫރު ކުރަމުން ދިޔައެވެ.
|”ފައިން..ފައިން. ކޮން ތާކަށްތަ ދާންވީ؟” ދާއިން ކުޑަކޮށް ނުރުހުފައި އިނދެ ބުނެލިއެވެ.
“މިރޭ 8 ގަ.ބީޗް ކައިރީ އިންނަ ޑައިންމޯ އަށް. އައިވިލް ވެއިޓް. އެންޑް ޔެސް، ޕްރޮމިސް ބްރޭކް ކޮށްފިއްޔާ އައި ވިލް ކިލް ޔޫ!” ޔޫލީ ކާމިޔާބުގެ ހިނިތުން ވުމަކާއި އެކު ތެދުވެގެން އެހެން މޭޒަކަށް ދިޔައީ ދާއިން ގެ ހިތް ރުއްސާށެވެ.
އީތަން ގެ އަތުގައި ނޫހެއް އޮތެވެ. އެ މޫނުމަތިން ފާޅު ވަނީ ރުޅިވެރިކަމެވެ. ނޫހުގައި ޖަހާފައިވަނީ އައިސްކޯން އެކްސިޑެންޓް ވީ ދުވަހު ކޮންމެވެސް މީހަކު ނަގާފައިވާ ފޮޓޯ އެކެވެ. ‘އަންހެން ކުދިންނާާ ދިމާލަށް އެއްޗިހި ކިޔާ ފިރިހެނުން ނަކީ ވަރަށް ފިނޑިބައެކެވެ.’ އެހެން ޖަހާފައިވާ އާޓިކަލް އެއް ގެ ފޮޓޮއަކަށް އީތަން ގެ އެ ދުވަހުގެ ފޮޓޯ އެރީ މިޝެލް ގެ ސަބަބުންނެވެ. އެ ފޮޓޯ ޖެހި މީހާވެސް އީތަން އަށް ނުހޯދުމުން މިޝެލް ގެ ކިބައިން ބަދަލު ހިފައިލުމުން ނޫނީ އެ ހިތައް ހަމަ ޖެހުމެއް ނުލިބޭނެ އެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
49 Comments!
Comments are closed.



hey guys here is another part. shooty story avahah up kuriyas me copied story eh noon. please believe me. me copied story eh noon kan ingey kithanme kudhinneh ulheyne. ceo eh ulhunas eyge maana aky story copy kury ekey noon. that is my only idea from wattpad. but the whole story is all my own idea. thidhey support ah varah bodah thanks. I love you all. iraadhakureviyya story complete kuraanan.
Woooow vvvvvv reeti mibaives…..
reethi..☺
Vvv happy vejje miadhu story up kuryma. Me 1st dhoww.
Nice
Wow nice
me first dhw shooty….
adhi kiyuntherin kuraa comment thavves rose kiyaa ulhen baeh kiyun therinnan heevaakahala shooty eii copy kuraa meehehkamah eii kiyuntherinnah heevaa heevumeh alhugandu me shootyge close frendeh ehenve shootyge hageegay emme rangalhah engeynii rose ah ehen v ma dhevana faharah thikahala comment nukurahche ingey…..vvvv reethi mi part ves
Salhi v thanx avahah up kndheythi
Thanks Shooty.. Thihaa avahah vaahaka upkuraathy vara ufaavey…keep it up…and vara reethi mi story…kehtheri kameh nethi vaahaka ah inthizaaru kuran..
Wow.. nice i love thissss story….
thankyou choopy shain rish rose laal zeee shaa aik.. I love your support.
Shooty… Haadha reehchey mi vaahaka… Keep up your hard work.. Your are a great writer… ???
Nice
V v v v salhi shooty..keep going..baeh kuddin jealous vany shooty masahkatah..dnt feel bad……prove that u can do this one…we trust u shooty nd we will be wid u always….ur different from other writer…..u r keep touchng wid us…nd do what we told…..so keep going shooty….next part ah vx inthixaaru kuran…luv u………
Wow wow wow hama wow ey buneveyny.. v rythi.. vv furihama.. love dis story
Vvv reethi vaahaka ❤
Kn irakun next part shooty..v v curious….alhe aneh baa mirey kiyaalan libeynama …ehaa vx vaahaka interesting…
i hv been reading this story frm de v beginning n u keep me dragging with ur talent…n wat i like u most is u upload it as soon as u finish…keep going n win de hearts.of every reader…dnt letdown ur talent for dew negative comments cux i blv u shud answer dem not by rplyn but with ur talent of writing…✌✌✌
kon irakun nxt part stry is the bst
story nice. but maa boda europe style ah gosfa.
Vvvvv reethi. Bt ehthanun ebain olhifa. Mishel ge mom n nehaa cake alhaa part in inee yooly jehifa. Dhn story ge pic change nukohba plx
Wow wow v nice ???????????????kudakon kuru v maa ???????????????????avahah up kohlahchay shooty thikuraa bura mashahkathah sukurihyaa ?????
Very well done..❤️️ Hooo mie wattpad ge varah gina stories kiyaa meehey. But I never read migothah vaa story ey. Yeah it’s true the idea is from wattpad that does not mean the story is copied.
Plus shooty you are doing a good job. And hoooo unmeed kuran mie story migothah numey deyakah update kuraaney kamah.
Best of luck.
Waiting for an update tomorrow. ❤️????????
I’m a wattpad writer as well as a reader. And wattpadians love stories with arrogant ceos, and there are like a ton of stories about billionaire playboys on that site.
Just because this story has a character like that doesnt mean its copied. I find it very refreshing to find a dhivehi story with an arrogant ceo because it’s unique. And Shooty is doing such a good job and updating extremely fast so let’s just appreciate and support her work. 🙂
Shooty shuha vvv reethi mi story…Masha Allah. ..waiting 4 the next part ?
thank you so much. rose, hoooo , ellie and all this story fans for believing in me. ehen meeheh ge work iraadha kureviyya copy kohggen mi site ga shootyge faraathakun nufennaane. I promise. love you all again thanks alot for appreciating my work.
Wow…..v rythi
Thank u so much shooty…
Story hama habeys…..luv u…thanks ….
Ajaibennu kiriyaa kamevvaa irah mishel fakyrah hurihaavareh eethan aee hama findi aky dhw anyway vvv salhi stry keiytherikan kolhun laan fashaifi mi stry kiyaahithun keep it up n waitin nxt part thikuraa hiyvarah hama saabas SHOOTY
Wow story is amazing ????
ok then but kuree thankolhe longko genesdheebala next part inge i will wait for that and this is realy vvvvvvvvv.nce and interesting story keep it ud
VVVV lobi……….
Wow…. vvv reethi mi part vs…… u r the best shooty
Wow.. story is very nice.. mishel and eethan ge bai gina kohla dheeba shootty.. edhekudhin v gulhey?
VVV reethi
Wow v nice mi story dhaa goi. Knme part akah comment nukuriyas hurihaa baeh vx kiyan. Adhivx hama buneveynee v v v v salhi ey story….. v unmeedhu kohgen huree shooty ge story eh kiyaalan libeyne kamah mi site in. Keep going shooty…… gud luck ?????
Wow wow wow!!!! ???? v kiyaa hithun mihiry kon irakun next part?????
Eoooow…v Nice…. Waiting for next part…
Shooty darling. .. alhaa nulaa j vaa kudhin ulhey ne.. hama aisha ge vaahaka goana ga vx my wattpad love ga vaa hen site akah stry liyefa comment kohfa pvt chat kurey.. adhi eyga ulhey anhen kuhjaa rain ah biru ganey replacement girlfriend ga ulhey anhen kuhja gothah?
dear readers.. tomorrow faharegga up nukurewidhaane. I will be really busy. but kuda kuda vaguthukolheh libunas up kohdheynan. please understand ingey. I LOVE you all..
coppy eh mi
ccoppyyyyy just shut up if u dont knw anything.j nuveba..shooty u are such a great writer.love it
Vvv reeethi…. Can’t wait for next part….
Great work shooty.. V reethi vaahaka kuriah dhaagoii.. Best of luck frm me always ❤❤❤
Waiting?
Waiting?
VVV reethi….
Waiting….
I love Y Shooty….
Superb…
Wow v nice waiting for the next
Shooty ur best..??