ލޯބިވަން ޔާރާ އޭ 6
ލޯބިވަން ޔާރާ އޭ 6
އީތަން ވަރަށް ފަރުވާ ތެރި ކަމާއި އެކު ސިލަވަލެބް ފުޅިން އެތިކޮޅެއް ނަގައިގެން މިޝެލް ގެ އަތުގައި ހާކަމުން ދިޔަ އިރު މިޝެލް އަށް އިހުސާސް ވަމުން ދިޔައީ ފޮނި ކަމެކެވެ.
” ގޮސް އިށީނދެގެން އިނދޭ! އަހަރެން އަމިއްލަ އަށް ކޮފީ ހަދާފާނަން.” އީތަން މިފަހަރު ވާހަކަ ދެއްކީ ތަންކޮޅެއް މައިތިރި ކޮށެވެ. މިޝެލް ބަސްއަހާ ކުޑަ ކުއްޖެއް ހެން އަވަހަށް ގޮސް މިޝެލް ގެ މޭޒު ކައިރީ ހުރި ގޮނޑީގައި އިށީނެވެ. ސިއްރު ސިއްރުން އީތަން ކޮފީ ހަދާ ތަން މިޝެލް ބަލަން އިން އިރު އީތަން ގެ ތުންފަތުގައިވާ ހިނިތުން ވުން ފެނި މިޝެލް އަށް ވެސް ހީލެވުނެވެ.
“މާ ރުޅިގަދަ މީހަކަށް ހެދިގެން އުޅޭ އިރު ނުވެސް ގުޅޭ. މިހާރު ކިހައި ރީތި” މިޝެލް ހިތާ ހިތުން ކިޔައިލިއެވެ. އީތަން ކޮފީ ހިފައިގެން އައި އިރު އަތުގައި ދެ މަގު ހުއްޓެވެ. އެއީ ކޮން ދެ މަގެއް ބާއޭ މިޝެލް ގެ ހިތައް އެރި ކަމެއް ނޭނގެ އެވެ. އީތަން އެއް މަގު ގެނެސް މިޝެލް އަށް ދިއްކޮށްލިއެވެ. މިޝެލް ފާޑަކަށް ބަލަން އިނުމުނަ އީތަން އަނގަ އަށް ގޮތެއް ހަދައިލަމުން މަގު މޭޒު މަތީ ބެހެއްޓި އެވެ.
” ތިޔަކަށް މަށެއް ޒަހަރެއް ނާޅަން. އެހެން ނޫނަސް ޕޮއިޒަން ކޮށްލައިގެން މަރާލީމަ ތި އިނޮސެންޓް ކުއްޖާ އާ މެރީ އެއްވެސް ނުކުރެވޭނެއެއްނު ދޯ.” އީތަން އެހެން ބުނެފައި ދަމުން ދިޔައީ އެއް ލޯ ވެސް މަރާލާފައެވެ. އެއީ ސިކުނޑި ރަނގަޅު މީހެއް ބާއޭ މިޝެލް ގެ ހިތައް އެރިއެވެ. ބައެއްފަހަރު ތަންކޮޅެއް ރަނގަޅަށް ކަމެއް ކޮށްލެވިއްޖެއްޔާ އަނެއް ބައި ފަހަރު ކޮންމެސް މޮޔަ އެއްޗެއް އެބަ ކިޔައެވެ.
މިޝެލް ކުރަން ހުރި ހުރިހައި މަސައްކަތެއް ނިމުމުން ގެއަށް ދާން ރެޑީ ވާން ހުއްޓައި ހަނދާން ވީ ދާއިން އީތަން އާއި ބައްދަލު ކުރަން ބުނި ކަމެވެ. އެހެންކަމުން އީތަން ގެ މޭޒު ކައިރިއަށް މިޝެލް ގޮސް ހުއްޓުނެވެ. މިޝެލް އެއްޗެކޭ ބުނުމުގެ ކުރިން އީތަން ވާހަކަ ދެއްކި އެވެ.
” ކީކޭ ފިއާންސޭ؟” މިޝެލް ކުޑަކޮށް ރުޅި އައިނަމަވެސް އެކަމެއް ނާންގައެވެ.
” އަޅުގަނޑު ދޮންބެ އާ ވާހަކަ ދައްކައިފިން. މެރީ ކުރަން ބޭނުމިއްޔާ ޖެހޭނީ ދޮންބެ އާ މީޓް ކުރަން. މިރޭ ނަމަވެސް ކޮންމެސް ތާކުން މީޓް ކުރަންވީ ނު؟” މިޝެލްގެ ޖުމްލައިން އީތަން ގާތަށް ކުޑަކޮށް ހިނި އައެވެ.
” ދޮންބެ އޭ؟؟ ތީ ހާދަ ފިނޑި ކުއްޖެކޭ ދޯ؟ މީހުން ކައިވެނި ކުރަން ވަލީ ހޯދަނީ ބައްޕަ ކައިރިން ނޭ ބުނާތީ އިވޭ.” އީތަން ގެ އަޑުގައިވަނީ މަލާމާތެވެ.
” އެއީ ބައްޕަ ދުނިޔޭގަ ތިބޭ މީހުން. މައި ފާދާ އިޒް ޑެޑް!” މިޝެލް ކިތަންމެ ދެރަ ވިޔަސް ހިނިތުންވެލިއެވެ.
“އޯހް. ސޮރީ އޮ..އޮކޭ ތިބުނާ ދޮންބެ އެއް ކައިރީ ބުނޭ މިރޭ 8 ޖަހާ އިރު ސީހައުސް ރެސްޓޯރެންްޮ ކައިރިއަށް އަންނަން. އެންޑް މިޝެލް ވެސް އަންނާތި!” އީތަން އަވަސް އަވަހަށް ބުނެލިއެވެ. މިޝެލް ބޯ ޖަހައިލަމުން ހިނގައިގަތީ އަވަހަށް ގެއަށް ދާށެވެ.
ޔޫލީ އާއި ކައިލީ ހެދުން ވިއްކާ އެކި އެކި ފިހާރަތަކަށް ވަންނަމުން ދިޔައީ ކައިލީ ބަނޑުބޮޑު ވާން ފެށި ފަހުން ހެދުން ތައް ބާރުވެގެން އާ ހެދުން ގަންނާށެވެ. ހަމަ އެއާއި އެކު ޔޫލީވެސް މާދަމާ ވަޒީފާ އަށް ނުކުންނަން ވާއިރަށް ބައެއް އެއްޗިސް ގަނެލައި ހަދާލާށެވެ. ދެ ޒުވާނުން ހިނގަމުން ދަނިކޮށް މާ ރީތި ފިރިހެން އެއްޗިހި ހުރި ފިހާރައެއް ފެނުމުން ކައިލީ ކޮންމެހެން ވެސް ވަންނަން ބޭނުންވިއެވެ. ކިޔަން ފަށައިފި އެއްޗެއް ކައިލީ ހުއްޓައިނުލާނެ ކަން އިނގޭތީ ޔޫލީ އެންމެ ފަހުން ގޮތް ދޫކުރި އެވެ. ދެ މީހުން އެއްޗިހިތައް ބަލަމުން އެއަށް ފާޑު ކިޔަމުން ދިޔައެވެ.
ހަމަ އެ ވަގުތު ދާއިން ވެސް އެ ފިހާރަ އަށް ވަނީ މާ ރީތި ޓީޝާޓް ތަކެއް ފެނުމުން ޓީޝާޓެއް ގަންނާށެވެ. ދާއިން މާ ވަރަކަށް ގެއްލިފައި ހުރެގެން ދަނިކޮށް އެތާ ހުރި އަންހެން ކުއްޖެއް ގައިގައި ލައިގަތެވެ.
ޔޫލީ ސިހިގެން ދިޔަ ވަރުން އަތުގައި އޮތް ވޮލެޓް ދޫވީ މީހަކު އައިސް ގައިގައި އަޅައިގަތުމުން ނެވެ.
“އޯހް ސޮރީ.” ވެއްޓިފައި އޮތް ވޮލެޓް ނަގަން ގުދުވަމުން ދާއިން ބުނެލިއެވެ.
“އިޓްސް… އޯ މައި ގޯޑް!! ޑޭން!!” ޔޫލީ ހައިރާން ވި ވަރުން ‘ސޮރީ’ ގެ ޖަވާބު ވެސް ފުރިހަމަ ނުކުރެވުނެވެ.
“ޔޫލް!” ދާއިން ވެސް ހައިރާން ކަމާއި އެކު ބުނެލި އެވެ. ހުއްޓުން އަރާފައި ތިބި ދެމީހުން ނަށް ހޭވެރިކަން ވީ ކައިލީ އައިސް ކަރު ކެހި ުލުމުން ނެވެ. ދާއިން އަވަސް އަވަހަށް ޔޫލީ އަތަށް ވޮލެޓް ލައިދިނެވެ.
” ވަރަށް ބޮޑަށް ސޮރީ” ދާއިން ކުޑަކޮށް ހިނިތުން ވެލަމުން އަވަހަށް ބެލީ އެތަނުން ދެވޭތޯ އެވެ. ޔޫލީ ވެސް ފާޑަކަށް ހުރީ ދާއިން ހެދިގޮތުން ދެރަވެފައެވެ. ހަމަް ހަގީގަތުގައި ވެސްެ ދާއިން އޭނާ ދެކެން ވެސް ބޭނުން ނުވަނީތާ އެވެ.
“ހޭއި ވަޓްސް ރޯންގް؟” ޔޫލީ އަދިވެސް އެތާ މާ މަޑުން ހުރުމުން ކައިލީ އަހައިލިއެވެ.
“ހެހެ. ނަތިންގް. ލެޓްސް ގޯ.” ޔޫލީ އަވަހަށް މޫޑު ރަނގަޅު ކޮށްލަމުން ކައިލީ އާއި އެކު ހިނގައި ގަތެވެ.
ދާއިން ގެއަށް އައި އިރު މިޝެލް ވެސް ގޭގައި އުޅެ އެވެ. މިޝެލް އަށް ދާއިން ފެނުމާއި އެކު ދާއިން ގާތަށް ދިޔައެވެ.
” ދޮންބޭ. މިރޭ އަށެއް ޖަހާ އިރު ސީހައުސް ރެސްޓޯރެންޓް ކައިރިއަށް ދާން އީތަން ބުނީ” މާއިރާ އަދި ގެއަށް ނާންނާތީ މިޝެލް އެވާހަކަ ބުނާކަށް ޖެހިލުމެއް ނުވިުއެވެ. ދާއިން ކިތަންމެ ބޮލުގައި ރިއްސިޔަސް ބޯ ޖަހައިލީ މިޝެލް ގެ އުފަލަށް ވިސްނާފަ އެވެ.
އަށެއް ޖަެހަން 15 މިނެޓަށް ވާން ވާއިރަށް މިޝެލް ހުރީ ރެޑީ ވެގެން ނެވެ. އަތް ދިގު ރަތްް ކުލައިގެ ޓީޝާޓަކާއި އައިސް ބްލޫ ސްކިނީ ޖީންސް ގައި ވެސް އާދަޔާ ހިލާފަށް މިޝެލް ރީއްޗެވެ. ބުޅި އިސްތަށިގަނޑު މިނިވަން ކޮށްލާފައި އޮތް އިރު އުނަގަނޑާ ހަމަ އަށް ނާރަނީ ކިރިޔާ އެވެ. ތުންފަތުގައި ވެސް ރަތް ކުލަ ހުރުމުން އެ ހެދުމުގައި މިޝެލް އިތުރަށް ރީތި ކަމަށް ދައްކަ އެވެ. މިޝެލް ކޮޓަރިން ނުކުތް އިރު މާއިރާ ސިޓިން ރޫމް ގައި އިން ތަން ފެނި ޖެހިލުން ވިއެވެ. މަންމަ އަށް ދޮގު ހެދުން މިޝެލް އަށް ކިތަންމެ އުނދަގުލަސް ސުވާލުކޮށްފި ނަމަ މި ވީ ގޮތުން ޖެހޭނީ ދޮގު ހަދާށެވެ.
” ދަރިފުޅު މިގަޑީގަ ބޭރަށް ދަނީ ތަ؟” މިޝެލް އަކީ ރޭގަނޑު ބޭރަށް ގޮސް ހަދާ ކުއްޖެއް ނޫން ކަމުން މާއިރާ ސުވާލު ކުރީ ކުޑަކޮށް ހައިރާން ވެފައި އިނދެއެވެ. ދޭނެ ޖަވާބެއް ނޭނގިފައި ހުއްޓައި ނަސީބަކުން ދާއިން އެތަނަށް އައެވެ.
“މިޝް ރެޑީ ދޯ. މަންމާ މިދަނީ މިޝް ގޮވައިގެން ޑިނާ އަކަށް އިނގޭ” ދާއިން މުޅިއަކުން ހެދީ ދޮގެއް ނޫނެވެ.
“މިރޭ މާ ހާއްސައީ ތަ އަނެއްކާ؟” މާއިރާ އަނެއްކާ ވެސް ސުވާލު ކޮށްލި އެވެ.
“ނޫން. މަންމަ އެއްޗެއް ބޭނުން ތަ؟” ދާއިން އަހައިލިއެވެ.
“ނޫނޭ. ދަރިފުޅު މެން ދޭ. މަންމަ އަށް އެ ތަން ތަނުގަ ހުންނަ އެއްޗިސް އެހާ ކަމަކު ނުދޭ” މާއިރާ އޭނާގެ ދެކުދިން ނަށް ހިނިތުން ވެލިއެވެ. ދާއިން އާއި މިޝެލް ނުކުމެގެން ދިޔަ ތަން ބަލަން އުފާވެފައި މާއިރާ އިނެވެ. މުހަންމަދު ދުނިޔޭގަ ހުރި ނަމަ އެވެ. އޭރުން އެ އުފާވެރިކަން ދެ ގުނަ އިތުރު ވާނެ އޭ މާއިރާގެ ހިތަށް އެރިއެވެ. އާއިލާ މީހުން ވެސް އޭނާ ދޫކޮށްލީ މުހަންމަދަކީ ޔޫރަޕް ހިސާބުގަނޑު ގެ މީހަކަށް ވީތީ އެވެ. ކިހައި ބޭ އިންސާފު ދުނިޔެ އެއް ހެއްޔެވެ.
މިޝެލް އާއި ދާއިން ސީހައުސް ކައިރިއަށް ދިޔަ އިރު އީތަން އޭނާގެ ކާރުގެ ބޮނެޓް މައްޗަށް ލެނގި ލައިގެން ހުރީ ބޭރު މޮޑެލް އެއް ފަދައިން ނެވެ. ތަންކޮޅެއް ދުރުން ވެސް ދާއިން އަށް އީތަން އަކީ ދަންނަ މޫނަކާއި ވައްތަރުވި އެވެ.
“އެއީ ހަމަ އަސްލު ވެސް މިޝް ގެ ބޯއީފްރެންޑް ތަ؟” ދާއިން ޔަގީން ކޮށްލަން އެހި އެވެ. އީތަން ގެ އޮފީހަށް ދާއިން ބައެއް މީޓިން ތަކަށް ގޮސް ހަދާފައި ވާތީ އީތަން އަކީ ކާކު ކަން ދާއިން އަށް އިނގެއެވެ. މިޝެލް ހަމަ އެކަނި ބޯ ޖަހައިލުމަކުން ފުއްދާލިއެވެ.
ދާއިން ފެނިފައި އީތަން ވެސް ހައިރާން ވިއެވެ. އޭނާ އުންމީދު ކޮށްގެން ހުރީ ދާއިން ފަދަ ޒުވާނަކަށް ނޫނެވެ. އީތަން އަތް އުފުލައިލަމުން ‘ހައި’ ޖަހައިލިއެވެ.
“ފައިނަލީ ނައިސް ޓު މީޓް ޔޫ.” ދާއިން އީތަން އަށް ހިނިތުން ވެލަމުން ސަލާމް ކޮށްލިއެވެ. އީތަން ވެސް ބަދަލުގައި ސަލާމް ކޮށްލަމުން ހިނިތުން ވެލިއެވެ.
“ހިނގާ ދޯ އެތެރެ އަށް.” އީތަން މިޝެލް ގެ މޫނަށް ފުން ނަޒަރަކުން ބަލައިލުމުން މިޝެލް އިސް ޖަހައިލިއެވެ.
އެތެރެ އަށް ވަދެގެން ދިޔަ އިރު ރެސްޓޯރެންޓުގައި އިތުރު ބައެއް ނެތީތީ މިޝެލް ގެ ހިތުގައި ސުވާލު އުފެދުނެވެ. ނަމަވެސް އެހެން އަހާލަން ނުކެރުނީ އަނެއްކާ ވެސް އީތަން އޭނާ އަށް ޖޯކެއް ޖަހައިފާނެތީ އެވެ. އެންމެ ހިތް ފަސޭހަ މޭޒުގައި އިށީނުމަށް އީތަން އިޝާރަތް ކޮށްލިއެވެ.
” މިޝެލް އަސްލު މިތަނަށް އައި ސަބަބު މިޝެލް ގެ ދޮންބެ ގާތު ބުނެފަ ދޯ އޮތީ؟” އީތަން ވާހަކަ ފެށިއެވެ. ދާއިން ބޯޖަހައިލަމުން ހިނިތުންވެލިއެވެ.
“އަޅުގަނޑު ބޭނުމީ ކައިވެނި ކުރަން” އީތަން އެއްވެސް ޖެހިލުމެއް ނެތި ބުނެލިއެވެ.
“އަސްލު މިޝް ގެ ބޯއީފްރެންޑަކަށް އީތަން ހުންނެވީމަ އަޅުގަނޑު ކުޑަކޮށް ހައިރާންވި” ދާއިން އީތަން ގެ ފެންވަރު އިނގޭތީ ވާހަކަ ދެއްކީ އަދަބުވެރިކޮށެވެ.
“ޕްލީޒް. އެހާ ފޯމަލް ކޮށް ވާހަކަ ދެއްކީމަ އަޅުގަނޑު އެހައި ކޮންފަޓަބަލް އެއް ނޫން. އެހެން ނޫނަސް މިޝެލް ގެ ދޮންބެ ވީ މަ އަޅުގަނޑު ބޭނުމީ ތަންކޮޅެއް ގާތް ކޮށް ވާހަކަ ދައްކަން” އީތަން ދާއިން އަށް އޭނާ ގެ ރަނގަޅު ކަންް ދައްކަމުން ދިޔަ ވަރުން މިޝެލް އިނީ ހައިރާން ވެފައެވެ. މިޝެލް އޭނީ ރަނގަޅު މަޅިއެއްގައި ބެދިފައެވެ.
ދާއިން އަށް އީތަން ވަރަށް ކަމުދިޔައެވެ. މިޝެލްގެ ދިރިއުޅުން މިފަދަ ޒުވާނަކާ ހަވާލު ކުރާކަށް ދާއިން ޖެހިލުމެއް ނުވެއެވެ.
“އަޅުގަނޑު ބޭނުމީ ލަންކާ އަށް ގޮސް މެރީ ކުރަން. އެހެން ނޫނީ މީޑިޔާ ހީވާނީ އަޅުގަނޑު ކާލަފާނެހެން.” އީތަން ގެ ޖުމްލަ އާއި އެކު ދާއިން ހީލިއެވެ. ހަގީގަތަކީ އީތަން އެ ކައިވެނި އޭނާގެ އާއިލާ އަށް އަންގަން ބޭނުން ނުވާކަމެވެ.
“އެކަމު އީތަން ގެ ފެމިލީ އަށް އަންގަން ވާނެ އެއްނު؟” އީތަން އެ ސުވާލަށް ދޭނެ ޖަވާބަކަށް މިޝެލް ވެސް ޝައުގުވެރި ވި އެވެ.
“އަސްލު ފެމިލީ އުޅެނީ މެލޭގަ. މެރީ ކުރާ ވާހަކަ ބުނީމަ ބުނީ އޯކޭ އޭ. މިކޮޅަށް އަންނަން އެހާ ފަސޭހައެއް ނުވާނެ އޭ. އެހެން ވީމަ އަޅުގަނޑު ނިންމީ މެރީ ކޮށްފަ އެކޮޅަށް ޖައްސައިލަން” އެ ސުވާލު ކުރިމަތިވާނެކަން މާ ކުރިން ވެސް އިނގޭތީ އީތަން އައީ ތައްޔާރު ވެގެން ނެވެ. އީތަން ކީ ހުރިހައި އެއްޗެއް ދާއިން ގަބޫލުކުރިއެވެ. އެންމެފަހުން ކައިވެންޏަށް ތިން ދުވަސް ފަހުން ލަންކާ އަށް ދާ ގޮތަށް ނިންމި އެވެ. ހަގީގަތް އަންގަން ކިތަންމެ ބޭނުން ވިޔަސް މިޝެލް ހިމޭނުން އިނީ އޭނާގެ ސަބަބުން ދާއިން އަށް އުނދަގޫ ތަކަކާ ކުރިމަތިލާނަް ޖެހިދާނެތީއެވެ. އީތަން ދައްކަން ބޭނުން ހުރިހައި ވާހަކައެއް ނިމުމުން ކައި ނިމިގެން އީތަން އެދުނީ މިޝެލް ގެއަށް ލައިދޭން އޭނާ ދާށެވެ. ދާއިން މައްސަލައެއް ނެތް ކަމަށް ބުނެފައި އަވަހަށް އައުމަށް އެދެމުން ދިޔައީ އީތަން އަށް އިތުބާރު ކޮށްފަ އެވެ.
“ސޯ މިސް މިޝެލް. ކިހިނެތް ވަނީ؟ މޮޅު ދޯ؟” ދާއިން ހަމަ ދިއުމާއި އެކު އޭނާގެ އަސްލު ކުލަވަރު އީތަން ދައްކައިލިއެވެ.
“އަހަރެން އެއްޗެކޭ ނުބުނެ ހުރީ އަހަރެން ގެ ސަބަބުން ދޮންބެ އަށް އިތުރު ބުރައެއް ޖައްސަން ބޭނުން ނުވާތީ. ތިކަހަލަ ބޮޑާ މީހަކާ އެހެން ނޫނީ ވައިވެސް އެޅި ނުލާނަން.” މިޝެލް ދަތްތައް ބިންދައިގެން ދާ ވަރަށް ދަތްކުނޑި ވިކައިގަތެވެ. ކުއްލިއަކަށް އީތަން ގެނައި ހަރަކާތަކުން މިޝެލް ހުރީ އީތަން އާ ކާރާއި ދެމެދު ފިތިފައެވެ.
“ބަޓް ޔޫ ޑިޑް ސްވީޓީ. ” އީތަން ވައި އަޑަކުން އެހެން ބުނެލުމަށް ފަހު މިޝެލްގެ މޫނާއި އީތަންގެ މޫނު ގާތް ކޮށްލިއެވެ.
“ޔުއަ ލިޕްސް ލުކް ގުޑް” އީތަން ގެ ވާހަކަ ހުރި ގޮތުން މިޝެލް ގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.
“ކޮން ކަމެއް އަހަރެންގެ ފަރާތުން ބޭނުން ވެގެން ތި އުޅެނީ؟” މިޝެލް ގެ އަޑު ވެސް ތުރުތުރު އަޅައެވެ.
“އެކަން އިނގޭނެ. އަދި މެރީ ކުރެވެންދެން މަޑު ކޮށްލާ” އީތަން ކުއްލިއަކަށް މިޝެލް ދޫކޮށްލަމުން ބުންޏެވެ.ނަމަވެސް މިޝެލް ވެސް ހުރީ ދޫ ކުރާފަދަ ގޮތަކަށް ނޫނެވެ.
“އަހަރެންގެ މުޅި ދިރިއުޅުން ތިކަހަލަ މީހަކާ ހަވާލު ކުރާ އިރު އެވަރު އިނގުން މުހިންމު ވީމަ މި އެހީ” މިޝެލް ހުރީ ރުޅިއައިސްގެން ގޮސް ރޮވެން ކައިރިވެފައެވެ.
“އެހެން ދޯ. އެކަމު މަށަކަށް އެއްވެސް މުހިންމެއް ނޫނޭ ތި ކުއްޖާ ގަނޑު ކައިރީ މަ ކުރަން އުޅޭ ހުރިހައި ކަމެއްގެ ރީޒަން ބުނުން.” އީތަންގެ މޫނުމަތި ނޮޅައިލަން އެހާ ބޭނުންވި ވަގުތެއް މިޝެލް އަކަށް ނާދެ އެވެ. ނަމަވެސް އެކަމެއްވެސް ކުރެވޭކަށް ނެތެވެ. ބޮޑާ ކަމުގެ އިންތިހާ އެވެ. އަމިއްލަ އެދުން ބޮޑު ވާން ވެސް ވަކި ވަރެއް އޮންނަން ޖެހޭނެ އެވެ.
“ގޯ ޓު ހެލް!!” މިޝެލް ހަޅޭއް ލަވައިގަތެވެ. އެއާއި އެކު އީތަން ގެ ރުޅި ގަދަވީ ކަންނޭނގެ އެވެ. މިޝެލް ގެ އަތު މުލައްދަނޑީގައި ހިފީ ތަދު ވާ ވަރަށެވެ. ކާރުގެ ދޮރު ހުޅުވުމަށް ފަހު އީތަން މިޝެލް ކާރު ތެރެ އަށް ގުޅަ ކޮށްލިއެވެ. އަދި އީތަން ވެސް ޑްރައިވަރު ސީޓުގައި އިށީނެވެ. މިޝެލް ވެސް ރުޅި ގަދަވުމުން ބަލި ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. ކުއްލިއަކަށް އީތަންގެ ކޮނޑުމަތީ މިޝެލް ދަތް އެޅީ އެތަން ކަނޑައިގެން ދާހާ ބާރަށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
41 Comments!
Comments are closed.



hey everyone. here is another part.. hope you guys will enjoy. please leave a comment. your support is very important to me as a writer. love you all.
Hahahahahahhahahahaha mi part vvvvvvvv majaaa avahah up kohdhehcheyy.. Kiyaahithun kehmadhuvefa..
hehe thank you hiyyharu :p. iraadha kurevviyya maadhan up kohllaanan.
V reethi mee mihaaru mi sate ga mihaaru enme inthizaaru kurevey vaahaka .
V reethi mee mihaaru mi sate ga mihaaru enme inthizaaru kurevey vaahaka .
hehe thank you hiyyharu :p. iraadha kurevviyya maadhan up kohllaanan.
hehe thank you hiyyharu :p. iraadha kurevviyya maadhan up kohllaanan.
V reethi mee mihaaru mi sate ga mihaaru enme inthizaaru kurevey vaahaka .
?❤❤❤?
V reethi mee mihaaru mi sate ga mihaaru enme inthizaaru kurevey vaahaka .
V reethi mee mihaaru mi sate ga mihaaru enme inthizaaru kurevey vaahaka .
V reethi mee mihaaru mi sate ga mihaaru enme inthizaaru kurevey vaahaka .
Alhey haadha ryhchey mi story.. ??
Shooty i luv u but hadha kurey v loabi mi partves
Vvv nice…waiting
thanks everyone and konme dhuvahaku up kuraathy ehaa dhigukoh nugenesdheveny. me 10 page, try kuraanan dhigu kuran 🙂
Mihaaru emme kiyaa hiyvvaa vaahaka mee… Very beautiful?
Shooty mi vaahaka vvvvv reethi heenukuran mihaa teethi vaanekamakah asluves hama vvv reethi ingey
V v v v nice…next part kiyaa hitun nuvx hurevey…..this is the best story i ever read….luv u shooty
thankyou huriha kudhinnah ves. I love you too guys.. ummmmah.. :-*
Kyve eha kuri..vv kiyahithun huhta…:-(
Shooty thie wattpad stories kiyaa kujey tha?
Because varah vahtharu
Can’t wait plx thankolhen avas knladhee kiyaa hithun hureveneeky nun
VVVV reethi……
vvvvv lobi mibaivas…….
Waiting……….
Ahahaa… Mi part ves varah touching… Love so much dear.
Wowww v v salhi ❤❤
Deyn ah angabah eii majuboorun kuruvi kameh kan..poor mishel
Mi story v habeys hama???? i love it?????
thankyou everyone. and hooooo alhugandu wattpad stories kiyan:-)
Varah thafaathu vaahakaeh.good work keep it up
Shooty haveeru anei bai up koh dhy ba….plx
Cant wait till tomorrow….story is awesome…plx plx
will try ingey mona:-)
Yes shooty evening ga next part up kohdheyti egey………wanna be read badly…….
Waitn shooty….
Niceeee… awahah aneii bai up kondheebaa….
Hahaha v nice stry eh kyp it up n nxt prt avahah up kolladhy pls
Wattpad in hama translate kohlaafa…ehen vma avasves vaanethaa
???????
wattpad in story kiyas eyge maana aky e story thah copy kuraane ekey noon. me ah ehen heeviyas shooty comp ga story ehves ehcheh nubalaa type kura than fennaane shootyge frnda and family ah. konme kujjaku ehen bunyas me shootyge amilla story eh. and ceo type hiyaaru kury wattpad in. thats only my wattpad idea. thankyou for your support guys. I will complete this story insha allah. please help me to.
Good one mishal
The story is great shooty !!!