Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތި ލޯބި އެދިގެން.. ފަހުބައި

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
October 13, 2016 9 Mins Read
24 Comments

އައިދަން ދިޔަ ދިމާލަށް ބަލަން ހުރެފައި އައިމަން ފުންނޭވައެއްދޫކޮށްލިއެވެ.. “އައިމަން… އޭނާއަށް ވަގުތު ދީ.. ކޮބާ ޒީ؟ އޭނާއަށް އިނގޭތަ؟؟” ޝިފާން ބުނެލިއެވެ. ސަމީމަ އިސްޖަހާލިއެވެ. “ޝިފާން ޒީ އޭ މި މީހުން ގެނައީ ހެނދުނު… އަހަރެމެންނަށް ވިސްނައިވެސް ދިނީ ޒީ.. އެއީ ރަނގަޅު ކުއްޖެއް… ޖަވާހިރެއް ހަމަ.. އޭނާ އެންމެ ގާތްކޮށް އުޅުނު ދެމީހުންނާއި ދުރުވެވުނީމަ އުޅުނުގޮތް އިނގޭނު ޝިފާންއަށްވެސް އެކަމް މިއަދު ހަމަ އޭނާ އެމީހުން އެ ގެނެސްދިނީ.. އެކަމް މި ހުރިހާ ކަމެއްވާއިރު ޒީ… ޝިފާން ޒީޝަން ދިޔައީ ގެއަށް… ލީޝާ ގުޅާފަ ބުނި ޒީޝަން ދެން ނާންނާނޭ މިގެއަކަށް ބުންޏޭ… ވަރިވާ… ވަރިވާވާހަކަ ދެއްކީ…” ސަމީމާ ބުނެލިއެވެ. ޝިފާން ސިހުނެވެ. “އެކަމް…. ޒީޝަން ކުއްލިއަކަށް.. ސަމީމާއެއްނޫންތަ ބުނީ އެދެމީހުންގެ ގުޅުން ކުރިއަށްވުރެ ރަނގަޅޭ ދެން؟” ޝިފާން ބުނެލީ ޒީދަން ގޮވައިގެން ސޯފާގައި އިށިނދެލަމުންނެވެ.

“އާނ އެކޭ އެމީހުން ގުޅުން ވަރަށް ރަނގަޅުވި އެކަމް އެކަން އެކުރީ ޒީޝަން ކަމަކާއި ލައިގެންކަން ޔަޤީން…” ސަމީމާ އެހެން ބުނެލިއެވެ. ޒާރާއާއި އައިމަން އެކަކު އަނެކަކާއި ދިމާ ބަލައިލިއެވެ. “މަންމާ ދޮންތި އެދިޔައީ އަޅުގަނޑުމެން އައީމަތަ؟” ޒާރާ ބުނެލިއެވެ. “ނޫން ޒާރާ އެހެންނުބުނޭ.. އެހެންވެގެނެއްނޫން އެދިޔައީ…. ޒީޝަންއެއްނު ގެނައީވެސް ދޯ… ދެން އެވާހަކަ ނުދައްކާ… ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށް… ތަޤުދީރުގައި އޮތްކަމެއް ބަދަލެއްނުވާނެ އެމީހުން ގުޅެން ނެތިއްޔާ ނުގުޅޭނެ.. އެއީ އެކަކުވެސް އަމިއްލަ ނަފްސް ކުށްވެރި ކުރާ ވަރު ކަމެއްނޫން…”ސަމީމާ ބުނެލިއެވެ. އެންމެންވެސް އެކަމަށް އެއްބަސްވެލިއެވެ. “އައިދަންއަށް އިނގޭނެ؟” ޝިފާން އަހާލިއެވެ. “އިނގޭނެ ކަންނޭނގެ.. ވަރިވާ ވާހަކައެއްނު ދެއްކީ… އައިދަންވެސް އެކަމާއި އެއްބަސްކަންނޭނގެ… އެ ފަކީރު ދަމުންވެސް އެދިޔައީ ކޮށްދެވޭނެ އެންމެ ރަނގަޅުކަންތަށް ކޮށްދީފަ.. އެކަމް ޝިފާން އަދި ޖެހޭނެ އެމީހުންނާއި މަޝްވަރަކޮށްލާ ވިސްނައިދޭން..” ސަމީމާ ބުނެލިއެވެ.

…….

އައިދަން ކޮޓަރިއަށް ވަދެ ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. ޒީޝަން އެއް ނެތެވެ. އޭނާއަށް ތަފާތުކަމެއް އިހްސާސްވިއެވެ. އެންމެ ފުރަތަމަވެސް އައިދަން މަސައްކަތްކުރީ އޭނާގެ ރުޅިގަނޑު ކޮންޓްރޯލް ކޮށްލަންށެވެ. ފެންވަރާލަން އޭނާ ވަނުމާއި އެކުވެސް ކުރީ ތަފާތު އިހްސާސްއެކެވެ. އެއްޗެއް މަދުހެން ހީވިއެވެ. “ޑޭމް ޒީޝީ…. ތިކުރީ ވަރަށް ގޯސްކަމެއްކަން ހަނދާންބަހައްޓާތި…” އައިދަން ހިތާހިތުން ބުނެލިއެވެ.

ފެންވަރައިގެން އައިސް އަލަމާރި ހުޅުވާލީ އެއްޗެއް ގަޔަށް ލުމުގެ ބޭނުމުގައެވެ. ނަމަވެސް އޭނާގެ ދެލޯބޮޑުވިއެވެ. އަލަމާރީގައި ހުރީ އޭނާގެ އެއްޗެހި އެކަންޏެވެ. އެހެންޏާ އަލަމާރި ފުރިފައި ހުންނާނީ ޒީޝަންގެ އަންނައުނުންނެވެ. އައިދަންގެ ހިތުގެ ކަނަކުން އޭނާއަށް އެއްޗެއް އެންގިއެވެ. އައިދަން މުޅިއަލަމާރި ބަލައިލިއެވެ. އެއަށްފަހު ޓީސާޓަކާއި ސޯޓެއް ލުމަށްފަހު ކޮޓަރިން ނިކުމެލިއެވެ. “ދޮންބެ ދައްތާ ކޮބާ ޒީޝަން؟” ސިޓިންގްރޫމްގައި އިން ލުހާ ކައިރި އައިދަން އެހެން އަހާލީ ހާސްވެފައި ހުރެއެވެ. “އައިދަން އަކަށް ނޭނގޭތަ؟؟” ލުހާ ސޯފާއިން ތެދުވެލަމުން ބުނެލީ ސިހިފައެވެ. “ކޯޗެއް؟” އައިދަން އަށް ލިބުނީ އިތުރު ހައިރާންކަމެކެވެ.
“ޒީޝަން….ޒީޝަން ގޮއްސި އެގެއަށް…. ބުނީ ނުގެންނާށޭ… އޭނާ ވަރި… އައިދަން އަކަށް ހަމަ ނޭނގޭތަ؟” ލުހާ އަޑު ތުރު ތުރުލާންފެށިއެވެ. “ޑޭމް… ޑޭމް..” އައިދަން ނިތުގައި އަތްއަޅާލިއެވެ. އެއަށްފަހު އަނެއްކާވެސް ކޮޓަރިއާއި ދިމާލަށް ދިޔައެވެ. ލުހާ އައިދަން ދިޔަ ދިމާލަށް ބަލަންހުއްޓެވެ. “އެހެންވީމަ އައިދަންއަކަށް ނޭނގެ..! ޝިޓް… ޒީޝަން ކިހިނެއްތަ މިވީ…” ލުހާ ބުނެލީ ހާސްވެފައެވެ. އެއަށްފަހު ސަމީމާ ކައިރި އެވާހަކަ ބުނަން ދިޔައެވެ.

……

ޒީޝަން ކޮޓަރިންވެސް ނުނިކުމެ އެ އޮތްގޮތަށް އޮތެވެ. ލީޝާވެސް އޭނާއަކަށް ގޮވާކަށް ނުހަދައެވެ. އެއީ ބޮޑުވެފައި ހުރި ކުއްޖެކެވެ. އޭނާ ދިރިއުޅުމުގެ އެހާ ބޮޑެތި ނިންމުން ނިންމާއިރު ލީޝާ މެން މީހަކަށް ހަދައިވެސްނުލައޭ ހިތާހިތުން އޭނާ ބުނިއެވެ. ޝުހާދު އޮފީހުން އައުމާއި އެކު ލީޝާ އޭނާއާއި އެވާހަކަތަށް ހިއްސާކުރިއެވެ. ޝުހާދު ހުރީ އޭނަގެ ކާފަ ދަރިއާއި އޭނަގެ ދަރިފުޅު ބަލާލަން ކެތްމަދުވެފައެވެ. “އެކަމް ލީޝާ ޒީޝަން… އޭނަ އަށް ގޮވާބަލަ..” ޝުހާދު ބުނެލީ ސަމިމާމެން ގެއަށް ދާން ތައްޔާރުވާން ހުރެފައެވެ. “އުނހު އޭނާއަށް ގޮވާނެކަމެއް ނެތް ބާއްވާ…. ޝުހާދު އަވަސްކޮށް ރެޑި ވެލައިގެން ހިނގާ ދާން.. ސަމީއާއި ވެސް އެބަ ޖެހޭ އެދެމީހުންގެ ކަމާއި މަޝްވަރާކުރަން.. މިއިން މީހަކު ބުނަނީކީވެސް ނޫނޭ ކަމެއް ވާއިރަށް އޭރުންނު ހައްލެއް ނެރެވޭނީވެސް.. ޤަބޫލުކުރަން އެމީހުންގެ ދިރިއުޅުންކަން…. ބޭނުން ކަމެއް ނިންމޭނެކަން އެކަމް އަހަރެމެންނާއި މަޝްވަރާކުރުމަކުން ހަމަގައިމުވެސް ކަމެއްނުވާނެ ދޯ.. އަހަރެމެން ހަމަގައިމުވެސް ގޯސް ނަސޭހަތެއް ނުދޭނަން…” ލީޝާ ބުނެލިއެވެ. ޝުހާދު އޭނާއާއި އެއްބަސްވެލައިފައި ރެޑީވެލައިގެން ގެއިން ނިކުތެވެ.

އެއާއި އެކު އެތެރެއަށް ވަންނަން އުޅުނު އައިދަން ފެނުނެވެ. “މަންމާ ކޮބާ ޒީޝަން؟” އައިދަން އަހާލިއެވެ. އަޑުގައިވަނީ ނުރުހުމެއްކަމަކު ބޮޑަށް ހީވަނީ ކަންބޮޑުވެފައި ހުރިހެންނެވެ. “ކޮޓަރީގައި ވީ .. ތަޅުލާފަ ހުރީ.. އައިދަން ވަދެބަލަ ގޮސް.. ދެން މިކަން ހައްލުކޮށްބަލަ.. ތިދެމީހުން ރަނގަޅަށް ވާހަކަ ދައްކައިގެން މައްސަލަ ހައްލުކޮށްބަލަ… މަންމައަކަށް ނޭނގެ ދެން ކުރާނެކަމެއް އެކަމް ވަރިވަންޏާ ވޭ… މިހާރު އިނގިއްޖެ މީ ކައިވެނި ކުރާހިތަކުން ކުރި ކައިވެންޏެއް ނޫންކަން….މަންމަމެން މިދަނީ ތިގެއަށް ދާންވެގެން… ޒީޝަން ހެނދުނު އައި ގޮތަށް ނުވެސް ނިކުމެ ނުވެސް ކައި އުޅެނީ… އައިދަން އޭނާ ނެރެފަ ކާންދޭތި މަންމަ މިހުރީ ހިތްހަމަނުޖެހިފަ އޭނާ ދެކެ އެގޮތަށް ކަންތަށްކުރީމަ… އައިދަން އަށް އޭނާ ބެލޭނީވެސް މިގަޑީގައި…” ލީޝާ ނަސޭހަތްތެރިވަމުން ބުނެލިއެވެ. އައިދަން ހުރި ފިޔަވަޅުމަތީ ހުއްޓާ ލީޝާ މެން ކާރަށް އެރިއެވެ.

“ވަރިއޭ.. ދޮންބެ ދައްތަވެސް ވަރިއޭ ބުނި… ޒީޝީ ނުބުނެ ކީއްވެތަ މިހެން ހަދަނީ.. ގޯޑް… ޒާރާ މެން… ޑޭމް..އެމީހުން.. އެމީހުން ވަންނަ ދުވަހަކީ ޒީޝަން ނެރޭނެ ދުވަސް… ޒީޝަން އެހެންވެ.. ޝިޓް…. ކަމޯން….”އައިދަން އެހެން ބުނެލުމަށްފަހު އެތެރެއަށް ވަދެލިއެވެ. އޭނާ ވަރަށްހާސްވިއެވެ. ކިތަންމެ ރުޅިއައިކަމުގައި ވިޔަސް ޒީޝަން އޭނާގެ އަތުން ބީވާކަށް އޭނާ ނޭދެއެވެ. އައިދަން ގޮސް ޒީޝަންގެ ކޮޓަރީގައި ޓަކިޖަހާލިއެވެ. އެއަށްފަހު ކަންފަތް ޖައްސާލިއެވެ. އެއްވެސް އަޑެއްނީވެއެވެ. އަނެއްކާވެސް އައިދަން ޓަކިޖަހާލިއެވެ. އެއަށްފަހު ޒީޝަންއަށް ގޮވާލިއެވެ. “ޒީޝަން!!!!”

އެނދުމަތީ އޮތް ޒީޝަން އަށް އެ އަޑު އިވުމާއި އެކު ބޯ ހިއްލާލެވުނެވެ. ދެލޯ ވަނީ ރަތްވެފައެވެ. ރޮއެ ރޮއެ އޭނާ އޮތީ ވަރުބަލިވެފައެވެ. މޫނުމަތީގައި ފަނޑު ރަތްކަމެއް ވާއިރު ނޭފަތް ތަންކޮޅެއްބޮޑަށް ރަތެވެ. ބޯ އޮތީ ހޭވިފައެވެ. ޒީޝަން ކަރުނަތަށް ފޮހެލިއެވެ. އެއަށްފަހު ދޮރާއި ދިމާލަށް އައިސް ހުއްޓެލިއެވެ. އޭނާގެ ގައިގާ ވަރެއްވެސް ނެތެވެ. އޭނާ ހުރީ އެނބުރުން އަރާފައެވެ.

“ޒީޝަން ޕްލީސް ދޮރުހުޅުވާބަ… މި ކައިވެނި ކުރީ ދެމީހުންނޭ.. އެހެންވީމަ ވަރިީގެ ވާހަކައެއްވެސް ދެކެވެން ޖެހޭނީ ދެމީހުންނަށް އެނގިގެނެއްނޫންތަ؟ ޒީޝަން މޮޔަތަ؟” އައިދަން ބުނެލިއެވެ. އޭނާ ހުރީ ވަރަށް ހާސްވެފައެވެ. ޒީޝަން އަށް އިތުރަށް ރޮވުނެވެ. އޭނާގެ ބޮލަށް އެނބުރުން އަރަންފެށިއެވެ. އެހެންކަމުން އޭނާ ނިތްކުރިމަތީ އަތްއަޅާލިއެވެ. ދެލޮލަށް ނުސާފްވާންފެށިއެވެ. “ނޯ… ނޯ…” ޒީޝަން އެހެން ކިޔަމުން ތަންކޮޅެއް ބާރަށް ހިނގައިފާ ފާހަނައަށް ވަދެ ދެތިން ފަހަރު މޫނު ދޮވެލިއެވެ. ލޯގަނޑުން އަމިއްލަ ސޫރަ ފެނުމާއި އެކު އޭނާވެސް އަމިއްލަ ހާލަތާއި މެދު ހަމްދަރުދީވެވުނެވެ. އަނެއްކާވެސް އައިދަން ގޮވަންފެށިއެވެ. ޒީޝަން ބޮލުގައި އަތް އަޅާލައިގެން ހުރެ ދޮރު ކައިރިއަށް އައިސް ހުއްޓިލިއެވެ. “ޒީޝީ މާ ގިނައިން ގޮވާކަށް ނުހަދާނަން.. ދޮރު ހަލާކުވެސް ކޮށްލެވޭނެ އިނގޭ…”އައިދަން ބުންޏެވެ. ޒީޝަން ދޮރުގެ ތަޅުގައި ހިފައިލިއެވެ. އޭނާ ބޮލަށް ބަރުވާންފެށިއެވެ. އިސްތަށިގަނޑުގައި ހިފަހައްޓާލަމުން އޭނާ ދޮރު ހުޅުވާލިއެވެ. އެއާއެކު ލޯ މެރެމުން ގޮސް އެކީ ފުސްވާންފެށިއެވެ.

އައިދަން އަށް ޒީޝަން ވެއްޓެން ދިޔަ މަންޒަރު ފެނި އެއްލިއަތުން ޒީޝަންގެ އަތުގައި ހިފަހައްޓާލާ އޭނާއާއި ދިމާލަށް ގެނައެވެ. ދެންމެ އެ ފެނުނު  މަންޒަރުން އޭނާގެ ހިތް ތެޅިވެސްގަތެވެ. އެއީ ޒީޝަން ނުކައި ހުރުމުންކަން އޭނާއަށް އިނގުނެވެ. އައިދަން ޒީޝަން އުރާލައިގެން ގެންގޮސް އެނދުމަތީ ބާއްވާލިއެވެ. އޭނާއަށް ޒީޝަންގެ މޫނަށް ބަލައިލެވުނީ އެވަގުތެވެ. އެއާއިއެކު އަމިއްލަ ނަފްސް ކުށްވެރިކުރެވުނެވެ. އޭނާ ގެ ދެލޯ ކައިރި ވަނީ ދުޅަވެފައެވެ.. މޫނުގައިވާ ރަތްކަން އަދިވެސް ނުފިލައެވެ. އައިދަން ފާހަނައައިން ފެން ފޮދެއް ގެނެސް ޒީޝަންގެ މޫނަށް ބުރުވާލިއެވެ. ދެތިން ފަހަރު ތަކުރާރުކޮށްލުމާއި އެކު ޒީޝަން ލޯ ތަޅުވާލިއެވެ. އަދި ލޯ ހުޅުވާލިއެވެ. ފުސްކަމުގެ ތެރެއިން އޭނާއަށް ފެނުނީ އައިދަންގެ މުނެވެ. އެހެންކަމުން އޭނާ އަނެއްފަޅިއަށް އެނބުރިލިއެވެ. އައިދަން ޒީޝަންގެ ގައިގާ އޮޅުލައިގަތެވެ. “ޒީޝީ! މޮޔަތަ؟ އެހެން  ބުންޏޭ ކިޔާފަ ހީވޭތަ މިގުޅުން ކެނޑިދާނެހެން…. ޒީޝީ ޔޫ އަރ ޖަސްޓް ސޯ ސްޓުޕިޑް ކުޑަ ކުޑަ ކުއްޖަކަށް ވުރެ އެއްފަރާތޭ…” އައިދަން ބުނެލިއެވެ. ޒީޝަން އައިދަން އޭނާއާއި ދުރުކޮށްލިއެވެ.

“އިދީ އެއްނު ބުނީ ގެއިން ނިކުންނާނެ ދުވަހޭ އެއީ.. ދެން ކީއްވެ ތިއައީ… ދޭ އިދީ.. އިދީ ބުނިގޮތެއް ނުހަދަމެއްނު… ޕްލީސް އިދީ ގޯ… އިދީ އެއްނު ހަމަ ބުނީ ޒާރާމެން ވަންނާނެ ދުވަހަކީ ޒީ ނިކުންނަންޖެހޭނެ ދުވަހޭ ހަނދާން ބަހައްޓާށޭ… ހަނދާން އެބަހުއްޓޭ.. އިދީ ނުނެރެނިސް އެހެންވެ އޭ މިއައީ… ދެން އިދީ ދޭ… ޕްލީސް ޖަސްޓް ގޯ..” ޒީޝަން އެހެން ބުނެލީ އައިދަން ދުރަށް ކޮށްޕާލަމުންނެވެ. ޒީޝަންއަށް އަނެއްކާވެސް ރޮވުނެވެ. އައިދަން ގޮތް ދޫކުރާކަށް ބޭނުމެއްނުވިއެވެ. “ޒީޝީ… ޕްލީސް.” އައިދަން އަނެއްކާވެސް ޒީޝަންގެ ގައިގާ ބައްދާލަމުން ބުނެލިއެވެ. ޒީޝަން އޭނާ ކޮށްޕާލަން މަސައްކަތްކުރިއެއް ކަމަކު އައިދަން ހުރީ މާ ބާރަށް ހިފަހައްޓައިގެންނެވެ.

“އިދީ… އިދީ ނުދަންޏާ އައި ވިލް ކިލް މައި ސެލްފް..” ޒީޝަން ބުނެލުމުން އައިދަންއަށް ޒީޝަންގެ ހަށިގަނޑުން އަތް ނައްޓުވާލެވުނީ ހަމަކުއްލިއަކަށެވެ. އެއަށްފަހު އައިދަން ޒީޝަންއަށް ބަލައިލިއެވެ. “ބިފޯރ ދެޓް ޔޫ ހޭވް ޓު ކިލް މީ..” އައިދަން ބުނެލީ ޒީޝަންގެ މޫނާއި އޭނާގެ މޫނު ކައިރިކޮށްލަމުންނެވެ. ޒީޝަން އައިދަން ކޮށްޕާލުމާއި އެކު އައިދަން ވެއްޓުނީ އެނދުގެ ބިއްދޮށަށެވެ. ޒީޝަން ހަށިގަނޑުގެ ނެތްވަރު ލައިގެން ދުއްވައިގަތީ ބަދިގެއާއި ދިމާލަށެވެ. އެއަށްފަހު އެންމެ ތޫނު ވަޅި ނަގައިލިއެވެ. އައިދަންއަށް އެ ދިމާލަށް ދެވުނުއިރު ޒީޝަން ހުރީ ބަނޑާއި ދިމާލަށް ވަޅި ދިއްކޮށްލައިގެންނެވެ. “ޒީޝީ ތީ މޮޔައެއްތަ؟” އައިދަން ނުރުހުނެވެ. އެއަށްވުރެ ބޮޑަށް އޭރާ ބިރުގަތެވެ. އައިދަން ޒީޝަން އާއި ކައިރިވާން މަސައްކަތްކުރިއެވެ. “އިދީ ހަމަ އަސްލުވެސް މި ކޮށްޕާލާނަން..” ބަނޑާއި ވަޅި ގާތްކުރަމުން ޒީޝަން ބުނެލިއެވެ. ކޮންމެހެން އެކަން ކުރާކަށް ނޫނެވެ.  އައިދަން އޭނާގެ  ކުރިމަތިން ފޮނުވާލަން އޮތް ގޮތަކީ މީއޭ ހިތް ބުނަމުންދިޔައީތީއެވެ.
“ފައިން..” އައިދަން ދުރަށް ޖެހިލިއެވެ. ނަމަވެސް ޒީޝަން ހަމަޔަކަށް އަޅުވަން ރާވާލުމަށްފަހު އޭނާވެސް ވަޅި އަޅުވާފައި ހުރިތަނަށް ޖެހިލިއެވެ. އަދި ވަޅިއެއްނަގާލިއެވެ.

“ތިންކް އަބައުޓް އިޓް..” އައިދަން ބުނެލީ އޭނާގެ އަތުގައި ވަޅި ޖައްސަމުންނެވެ. އޭނާ ބޭނުންވީ ޒީޝަން ބިރުދައްކާލަންށެވެ. ޒީޝަން އަނެއްފަޅިއަކަށް ނަޒަރު ހިންގާލިއިރުވެސް ވަޅި ހުރީ ބަނޑާއި ދިމާލުގައެވެ. “ޒީޝީ… މި ބާރުކޮށްލީ…” އައިދަން އެހެން ބުނެލުމަށް ފަހު ވަޅި އަތުގައި ތަންކޮޅެއް ބޮޑަށް ބާރުކޮށް ޖައްސާލިއެވެ. ޒީޝަން ތެޅިގަތެވެ. ޒީޝަން އޭނާގެ އަތުގައި އޮތް ވަޅި އެއްލާލުމަށްފަހު ކޮޓަރިއާއި ދިމާލަށް ދިޔައެވެ. އައިދަން ފުން ނޭވައެއް ދޫކޮށްލުމަށްފަހު ޒީޝަން އެއްލާލި ވަޅިއާއި އޭނާ ނެގި ވަޅި އަޅުވާލުމަށްފަހު ކޮޓަރިއަށް ވަންނަން ދިޔައެވެ. އޭރު ޒީޝަން ދިޔައީ އޭނާގެ ކަބަޑުތެރެއިން އެއްޗެއް ހޯދަމުންނެވެ. އައިދަން އެތެރެއަށް ވަނުމުން އައިދަން އަށް ބަލައިލުމަށްފަހު ޒީޝަން އެ އެއްޗެއް ހޯދަންފެށިއެވެ.

ދޮރުލައްޕާލާ ތަޅުލުމަށްފަހު އައިދަން އައިސް ޒީޝަންގެ އަތުގައި ހިފައިފާ ފާރާއި ކައިރިކޮށްލާ ފިއްތާލިއެވެ. ޒީޝަން ގެ ކުރިމައްޗަށް ހުއްޓެމުން އޭނާ ޒީޝަންގެ ދެއަތުގައި ހިފަހައްޓާލިއެވެ. “ހަމަ ފޮނުވާލަންތަ ބޭނުމީ؟” އައިދަން އަހާލީ ވައި އަޑުންނެވެ. ޒީޝަންގެ ހޫނުނޭވާ އައިދަންގެ މެއަށް އެޅެމުން ދިޔައެވެ. އޭރު ޒީޝަން ދިޔައީ އަވަސްނޭވާތަކެއް ލަމުންނެވެ. އައިދަން ކައިރި ހުރެވުމުން އޭނާގެ ހިތް ދިޔައީ އޮބި ނޯންނަވަރަށް ތެޅެމުންނެވެ. ޒީޝަން އައިދަން އާއި ދިމާ ނުބަލަން އަނެއްފަޅިއަށް ބަލައިލިއެވެ. އައިދަން ޒީޝަންގެ ކޮލުގައި ތުންފަތް ޖައްސާލުމުން ޒީޝަން ލޯ މަރާލިއެވެ.

“ކޯޗެއް ތިހޯދަނީ؟ މަރުވާނެ އެއްޗެއްތަ؟” އައިދަން އަހާލީ ޒީޝަންގެ ކަންފަތާއި ކައިރިވެލަމުންނެވެ. ޒީޝަން ގެ ލޯލިތަށް ކޮޅަށް ޖެހުނުފަދައެވެ. އޭރުވެސް އޭނާ ލޯމަރައިގެން ހުރެ ދިޔައީ ހަށިފުރާނޭވާތަކެއް ލަމުންނެވެ. “އިދީ ޕްލީސް ދޭބަ.. ޕްލީސް..” ޒީޝަން އެ ހުރިގޮތަށް ހުރެ ބުނެލިއެވެ. “ހީވޭތަ ވައިފީ ނުލާ ގޮސްދާނެހެން….؟” އައިދަން ބުނެލިއެވެ. އެއާއިއެކު ޒީޝަން އައިދަންއަށް ބަލައިލިއެވެ. އަދި އިސްޖަހާލިއެވެ. “ޒީޝީ ވާހަކައެއް ބުނަންތަ؟” އައިދަން ބުނެލިއެވެ. ޒީޝަން އެއްޗެއް ނުބުނެހުއްޓެވެ. “އޯކޭ ޒީޝީ ކޮންމެއެއްޗެކޭ ހީކުރިޔަސް އޯރ މިހާރުވެސް އައިމަން ދެކެ ލޯބިވިޔަސް އައި ޑޯންޓް ކެއަރ ބަޓް އައި ވަނަ ސޭ… އައި .. ލަވް… ޔޫ… މީހަކު ދެކެ ދުވަހަކުވެސް ލޯބިނުވާހާވަރަށް ޒީޝީ ދެކެ ވެވިއްޖެ…” އައިދަން ބުނެލުމާއި އެކު ޒީޝަން އައިދަންގެ މޫނަށް ބަލައިލިއެވެ. އެ ބޮޑު ދެލޮލުގެ ވިދުން އިތުރުވިފަދައެވެ. ޒީޝަން ބަލަން ހުރިގޮތުން އައިދަން އަށް ކުރީ ތަފާތު އިހްސާސްއެކެވެ.

އައިދަން ބުނަން ބޭނުންވާ އެތި ބުނެލެވިއްޖެއެވެ. ޒީޝަން ދެން އައިދަން ފޮނުވާލިޔަސް ހެވެވެ. އެހެންކަމުން އައިދަން ޒީޝަންގެ އަތުން ދޫކޮށްލިއެވެ. ޒީޝަން އޭނާގެ ދެއަތަށް ބަލައިލާފައި ކައިރި ހުރި އައިދަންއަށް ބަލައިލިއެވެ. އެ ނަޒަރުން އޭނާ ލަދުގަތެވެ. އެހެންކަމުން އޭނާއަށް ހިނިތުންވެވުނެވެ. އައިދަން ޒީޝަންއާއި ދުރަށްޖެހިލިއެވެ. ޒީޝަން އައިދަންގެ އަތުގައި ހިފަހައްޓާލީ ކައިރިއަށް ގެންނަންށެވެ. އައިދަން ހައިރާންވެފައި ޒީޝަންއަށް ބަލައިލިއެވެ.

ޒީޝަން އައިދަންގެ ގައިގާ ބައްދައިގަތެވެ. “އައި ލަވް ޔޫ ޓު… އައި ލަވް ޔޫ ޓޫ އިދީ..” ޒީޝަން އަށް ބުނެލެވުނެވެ. އައިދަން އަށް އިރުކޮޅަކު އެހެން ހުރެވުނީ ހައިރާންވެފައެވެ. އެއަށްފަހު އޭނާ ޒީޝަންގެ އުނަގަނޑުގައި ހިފާ އުފުއްލާލަމުން ބައްދާލިއެވެ. ޒީޝަންގެ ހުނުމުގެ އަޑުއިވުނެވެ. އައިދަންވެސް ހޭންފެށިއެވެ. “މޮޔަ .. ބޮޑު މޮޔައެއް ތީ..” އައިދަން ބުނެލީ ޒީޝަން ތިރިކޮށްލާފައި ބޮލުގައި ޖަހާލަމުންނެވެ. “އެއީ؟؟” ޒީޝަން އަހާލިއެވެ.

“ކޮޒް ޔޫ ލަވް މީ މޮޔަޔާ…” އައިދަން އަނެއްކާވެސް ޒީޝަންގެ ގައިގާ ބައްދާލިއެވެ. ދުވަހަކުވެސް ނުލިބޭހާ އުފާ އޭނާއަށް މިއަދު ލިބިއްޖެއެވެ. ޒީޝަން އަނެއްކާވެސް ހޭންފެށިއެވެ. އޭނާގެ ދެލޯ ކަރުނުން ފުރުނެވެ. “ދެން އަސްލަށްވެސް ހިތަށް އަރާ ޒީޝީ ހާދަ މޮޔައޭ… ގޯޑް… ޔާ ﷲ މިކުއްޖާފުޅުގެ ސިކުނޑީގައި ކުޑަކުޑަކޮށް ނަމަވެސް ވިސްނުމުގެ ބާރު ދެއްވާނދޭވެ.. އާމީންންންން..” އައިދަން ބުނެލިއެވެ.

“ހިނގާ ކާން ހަމަ މިހާރު އެއަށްފަހު ގެއަށް ދާން… އިނގިއްޖެއެއްނު؟” އައިދަން ބުނެލީ ޒީޝަންގެ އަތުގައި ހިފައިފާ ހިނގައިގަންނަމުންނެވެ. “އެކަމް….” ޒީޝަން ބުނެލިއެވެ. “އެކަމެއް ބެކަމެއް ނޯންނާނެ ހިނގާ… މަންމަ ބުނެފިޔޭ ނުވެސް ކައޭ އައީންސުރެ.. އިނގޭތަ ޒީޝީއަށް ޒީޝީ ގެ ތި މޮޔަކަމާއި ހެދި ހިތަށް އަރާ…..” އައިދަން ހުއްޓާލިއެވެ. “ހިތަށް އަރާ؟؟” ޒީޝަން ބުނެލިއެވެ. “ކިސް އެއް ދޭނީ އޭ އެކަމް ނުދޭނަން އޭރުންވެސް ޒީޝީއަކަށްނު ފައިދާ..” އައިދަން އެހެން ބުނެލާފައި ޒީޝަން ގޮނޑީގައި ބޭންދިއެވެ. އަދި ކާތަށި ގާތްކޮށްދީ ކާން ފަށާށޭ ބުންޏެވެ. ޒީޝަން އައިދަންގެ އެދުމަށް ކާންފެށިއެވެ. އޭނާގެ ތުންފަތުގައި ވަނީ ރީތި ހިނިތުންވުމެކެވެ.

“އިދީ… އަމް ސޮރީ އަސްލު ޒާރާމެން……” ކާން އިނދެފައި ޒީޝަން ބުނެލިއެވެ. “އިޓްސް އޯކޭ ދެން މޮޔައިންނަށް ވާނެ އެކަހަލަ ކަންތަށް…” އައިދަން ބުނެލިއެވެ. “ދެންންންން އިދީ…” ޒީޝަން ޅަ ކުއްޖެއްހެން ބުނެލިއެވެ.

“އިދީ އައިމް… އައިމްބެ ދޯ ކިޔަންޖެހޭނީ.. އޯކޭ އައިމްބެ އެން ޒާރާއަށް މަފުކޮށްފިންތަ؟” ޒީޝަން އަހާލިއެވެ. އައިދަން އެހެން ދިމާލަކަށް ނަޒަރު ހިންގާލުމުން ޒީޝަންއަށް ޖަވާބު ލިބުނުފަދައެވެ. “އިދީ ޕްލީސް ފޮރގިވް ދެމް.. ޕްލީސް….” ޒީޝަން ބުނެލިއެވެ. “ވަގުތު ބޭނުންވޭ…” އައިދަން އެހެން ބުނެލިއެވެ.

ލީޝާއާއި ޝުހާދު ގެއަށް ވަނީ އެވަގުތުއެވެ. ލީޝާ އައިދަންއަށް ހިނިތުންވެލާ އެތެރެއަށް ވަންނަން ދިޔައެވެ. “ޝުހާދް! އިނގެޔޭ އޭރުވެސް އައިދަންއަށް ކަން އެކަން ވާނީ. އެކަމް އެމީހުން ދެން އެހެން އުޅެންޏާ… އަނެއްކާ ސަމީ އެބުނީ އައިދަން އަކަށް ނޭނގެޔޯ މި ވީ ގޮތެއްވެސް.. މި ޒީޝަން ހަމަ ….” ލީޝާ ބުނެލިއެވެ. “މަންމާ ބައްޕާ އާދެބަލަ..” އައިދަން ގޮވާލުމާއި އެކު ކޮޓަރިއަށް ވަންނަން އުޅުނު ދެމިހުންވެސް ފިޔަވަޅު ހުއްޓި އެދިމާލަށް ދިޔައެވެ.

އައިދަން ގޮނޑިގައި އިށީނދެލުމަށް ބުނެލިއެވެ. ލީޝާއާއި ޝުހާދު އިށިނދެލިއެވެ. ޒީޝަން އިސްޖަހައިގެން ކާން އިނީ މަންމަމެންނާއި ކުރިމަތިލާނެ ގޮތެއް ނޭނގުނީމައެވެ. “މަންމާ މީނަ ކުޑަ ކުޑަ ކުއްޖާއަށް ކުޑަނަމަވެސް ވިސްނުމެއް ދިންނަމަ… މޮޅެތި އެއްޗެހި ރާވާލަން އިނގޭނެ އެހެންމީހުންނަށް މީނަ އަމިއްލަ ދިރިއުޅުމަށް އެއްވެސް ވަރަކަށް މޮޅުކޮށް ވިސްނާކަށް ނޭނގެ..” އައިދަން އެހެން ބުނެލުމުން ލީޝާ ކިހިނެއްވީހޭ އަހާލިއެވެ. “މަންމާ މިހުރިހަ ކަމެއްވެސް ވީ ހަމަ އަސްލު އަޅުގަނޑުގެ ސަބަބުން.. ކޮންމެހެން ވަރިވާކަށްނޫން.. އެއީ މި މޮޔަގަނޑު ކުރަން އުޅުނުކަމެއް… ޒާރާ މެންނާއި ވާހަކަ ދައްކަން އަޅުގަނޑު ބޭނުމެއްނުވޭ އެކަން ޒީޝަންއަށް މަނާކުރިން… އަސްލު ބިރުދައްކާލަން ބުނީ ޒާރަ މެން ވަންނަ ދުވަހަކީ ޒީޝަން ނިކުންނާނެ ދުވަހޭ.. ހިތަށްއެރި އޭރުން އެކަން ކުރާކަށްނުކެރޭނޭ.. މިހެންބުންޏަސް ދައްތަ ހިތްހަމަނުޖެހޭނެ..ޒަރަ އަކީ ދައްތަމެންގެ ދަރިއެއް… އަޅުގަނޑަށްވެސް އެމީހުންވަރަށް މުހިންމު އެ ޒީދަންވެސް… އެކަމް އެހާ ފަސޭހައެއްނޫން އެމީހުން މާފުކުރާކަށް… ނަން އިވުނަސް ސިފަވަނީ ޒީޝަން އުޅުނުގޮތް…. އެހެންވެ އެހެން ބުނީ އެކަމް އެއްޗެއް ބުނެނުލާ ޒީޝީ ކަންތަށް ރާވާލަފައި އަޅުގަނޑު އޮފީހަށް ދިޔައީމަތާ އެކުރީ…

ދެން އަޅުގަނޑަކަށް ނޭނގެ މަންމަކައިރި އެހެންމީހުން ކައިރި ކީކޭ ކަމެއް މި ކިޔައިގެން އައީ އެކަމް އިނގިއްޖެ މަންމަ ބުނި އެއްޗަކުން އަޅުގަނޑުމެން މެދުގައި ނުވެސް ދެކެވޭ ވާހަކައެއްކަން މި އުޅެނީ ދައްކައިގެން.. ވަރިވުން… ކުރިން އެއްފަހަރަކު އެ ވާހަކަ ދެކެވުނު އެކަމް އެދުވަހަށްފަހު އަޅުގަނޑުމެން ދެމިހުންވެސް ވަރަށް ގާތްވެވުނު… ދުރުނުވެވޭނެހާ ކައިރިވެވިއްޖެ މިހާރު.. އެއަށްފަހު އަޅުގަނޑުވެސް އަޒުމް ކަނޑައެޅިން މި ކައިވެނި ކުރިއަށް ގެންދަން.. ކައިވެންޏެއް ގޮތުގައި ބާއްވަން.. މިކަން ފެށީވެސް ކައިވެންޏޭއްގޮތުގައި ދެކިގެނެއްނޫން… އެކަމް ފެށުނު ތާ ދޯ.. ދެމީހުންވެސް ދެން ކުރިއަށް ގެންދިޔައިން މި ގުޅުން… ދެން އެއަށްފަހު މި މައްސަލަ ޖެހުނީ… .” އައިދަން ބުނެލީ އިރު އިރުކޮޅާ އިސްޖަހާލައިގެން އިން ޒީޝަންއަށް ބަލައިލަމުންނެވެ.

ލީޝާ ގެ އިތުރުން ޝުހާދުވެސް ހޭންފެށިއެވެ. އެއަށްފަހު ޒީޝަން ކައިރިއަށް ގޮސް އޭނާގެ ގައިގާ ބައްދައިގަތެވެ. “ކީކޭ ބުނާނީ އައިދަން…. އެންމެ ދޮށީ ދަރިފުޅު މިއުޅެނީ ހަމަ ކުޑަކުދިން އުޅޭހެން ގޮތް ދޫނުކޮށްދޯ…” ލިޝާ ބުނެލިއެވެ. ޒީޝަން ލީޝާގެ ގައިގަ ބައްދާލާފައި މާފަށް އެދުނެވެ. “ޒީޝަން.. ދަރިފުޅާ އެހެންމީހުންނާއި މެދު ނުވިސްނަ އަމިއްލަ އަށްވެސް ވިސްނައިގެން އުޅެންޖެހޭނެ…..” ލީޝާ ބުނެލިއެވެ. ޒީޝަން ބޯ ޖަހާލިއެވެ.

……………….

އައިދަން ޒީޝަން ގޮވައިގެން ގެއަށް ދިޔައީ ލީޝާ މެންގެ ނަސޭހަތް ދެމީހުންވެސް ޤަބޫލުކޮށްގެންނެވެ. ގެއަށް ވަނުމާއި އެކު އެންމެ ފުރަތަމަވެސް ޒީޝަންގެ ގައިގާ ބައްދައިގަތި ޒާރާއެވެ. ޒީޝަން ހިނިތުންވެލުމަށްފަހު އައިދަން އަށް ބަލައިލި ނަމަވެސް އައިދަން ޒީޝަންގެ ފޮށިހިފައިގެން އެތެރެއަށް ހިނގައިގަތެވެ. އެންމެންނާއި ބައްދަލުކޮށްލުމަށްފަހު ޒީޝަން ޒާރާގެ ކޮޓަރިއަށް ދިޔައީ ޒީދަން ކޮބައިތޯ ބަލާލާށެވެ. “އަޅޭ އަސްލުވެސް ކިރިޔާ މި ހިތްހަމަޖެހިގެން ބަލައިލެވުނީ ޒީދަންއަށް…. އޭރުގައި އަތުގައި އޮތްއިރުވެސް ރަނގަޅަކަށް ނުބެލުނޭ އެހެންނުވާނީ ހުރީ ބިރުގަނެފައި..” ޒީޝަން ބުނެލުމަށްފަހު ނިދިފައި އޮތް ޒީދަންގެ ކޮލުގައި ކޮށްޓާލިއެވެ. “ދޮންތި… އައިދަން….؟” ޒާރާ އަހާލިއެވެ. އެވަގުތު އެތެރެއަށް ވަދެގެން އައިމަން އައެވެ. ޒީޝަން އައިމަންއަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. “އިދީ ބޭނުންވާނެ ވަގުތު.. އެކަމް އޭނާ މާފްކުރާނެ އިނގޭ..” ޒީޝަން ބުނެލިއެވެ. “ޒީ އޭރުއަސްލު ތެންކިޔު ވެސް ނުބުނަނިސް ދިޔައީ.. ތެންކިޔު ފޯރ އެވްރީތިން..” އައިމަން ބުނެލިއެވެ. ޒީޝަން ބޯޖަހާލީ ހިނިތުންވެލާފައެވެ. ޒާރާ ޒީޝަންގެ ކައިރި އިނދެ އެތަކެއް ވާހަކަދައްކަމުން ދިޔައެވެ. ކުއްލިއަކަށް ޒީދަން ތެދުވުމުން ޒާރާ އުޅުނީ އޭނަ މަސަލަސްކުރެވޭތޯއެވެ. ޒާރާ އަތުން ޒީދަން އަތުލަމުން ޒީޝަން އޭނާ ނިންދަވާލެވޭތޯއުޅުނެވެ. “ޒާރާ ދަންތަ އިދީ ކައިރިއަށް.؟ ނިދިއްޖެޔޭ… ދެން އެ ކޮޓަރީގައި އިރުކޮޅަކު ބާއްވާލަންތަ؟ ދެން ފަހުން ގެންނާނީ ޕްލީސްސްސް..” ޒީޝަން ބުނެލުމުން ޒަރާ ބޯޖަހާލިއެވެ.

ޒީޝަން ޒީދަން ގޮވައިގެން އޭނާގެ ކޮޓަރިއާއި ހަމާލަށް ގޮސް މަޑު މަޑުން ކޮޓަރީގައި ޓަކި ޖަހާލީ ޒީދަންއަށް ބަލައިލަމުންނެވެ. އެތެރެއިން ދޮރު ހުޅުވި އައިދަން އަށް ޒީދަން ފެނުނެވެ. ނަމަވެސް އެއްޗެއް ނުބުނެ އެތެރެއަށް ވައްނަން ތަންދެއްކިއެވެ. ޒީޝަން ގޮސް ޒީދަން އެމީހުންގެ އެނދުމަތީ ބާއްވާލިއެވެ. އައިދަން ހުރި ތާ ހުއްޓެވެ.

އައިދަންއަށް ބަލައިލުމަށްފަހު ޒީޝަން އައިދަންގެ އަތުގައި ހިފައިފާ އެނދުމަތީ ބޭންދިއެވެ.. “ބަލާބަ އިދީ… ޒީދަން އެކޯ މީ… ވަރަށް ލޯބި ދޯ ބަލާބަ..” ޒީޝަން ބުނެލިއެވެ. އައިދަން އަށް ޒީދަންއެހާ ކައިރިން ފެނުމުން ހިނދުކޮޅަކަށް ރުޅި ފިލައިގެން ދިޔައެވެ. އޭނާ މަޑުމަޑުން ޒީދަންގެ ކޮލުގައި އަތްލިއެވެ. އަދި ޒީދަންގެ ކުޑަ ކުޑަ އަތާއި ކުޅެލިއެވެ. ކުއްލިއަކަށް ޒީދަން ތެޅިލާފައި އައިދަންގެ އިނގިލީގައި ހިފަހައްޓާލިއެވެ. އައިދަން ހިނިތުންވެލިއެވެ. ޒީޝަން އިނީ އައިދަން އަށް ބަލަންށެވެ.

“އިދީ ދެން ޒީދަންގެ މަންމިއާއި ބައްޕިއަށްވެސް މާފްކޮށްބަ… އައިމްބެ ހުރީ ވަރަށްށް ޓޯކްކުރާ ހިތްވެފަ..” ޒީޝަން ބުނެލިއެވެ. އައިދަން އެއްޗެއް ނުބުނެ ޒީދަންއަށް ބަލަންއިނެވެ.

“އިދީ އަންނާނަން ޒާރާ ގޮވައިގެން… ޒީދަން ޖެހޭނެނު ގެންދަން.. ޒީ އަކަށް ނޭނގެ އެނދުން ނަގާކަށް…” ޒީޝަން އެހެން ބުނެލުމަށްފަހު ކޮޓަރިން ނިކުމެލިއެވެ. އައިދަން ހަމަ އެގޮތަށް ޒީދަން އަށް ބަލަންއިނެވެ. “ޒީދަން….. މަންމިއާއި ބައްޕި ކައިރި ބުނޭ އައިދަންބެ އަށް ވަގުތު ބޭނުންވާނޭ އިނގޭ… ހޭންޑްސަމް ބޯއި… ” އައިދަން ބުނެލިއެވެ. ޒީދަން އައިދަންގެ އިނގިލީގައި ތަންކޮޅެއް ބާރަށް ހިފަހައްޓާލި އިހްސާސް އޭނާއަށް ވުމުން ހިނިތުންވެލެވުނެވެ.

ޒާރާ ގޮވައިގެން ޒީޝަން އައެވެ. އައިދަން ދުރަށް ޖެހިލަން އުޅުނެއްކަމަކު ޒީދަން އިނގިލީގައި ހިފަހައްޓާފައި ހުރުމުން އޭނާއަށް ނުކެރުނެވެ. ޒީދަން ހޭލަފާނޭ ހިތަށް އެރިއެވެ. ޒާރާ ހިނިތުންވެލައިފައި ޒީޝަން އަށް ބަލައިލިއެވެ. އަދި އެނދާއި ކައިރިވެލިއެވެ. “އިދީ ގަދަކަމުން ނުނައްޓުވާތި… އެހެންނޫނީ ޒީދަން ފޫހިވާނެ އިދީ ދެކެ.. ހަހަހ.” ޒީޝަން ބުނެލީ އައިދަން ގަދަކަމުން އޭނާގެ އިނގިލި ދަމައިގަންނަން އުޅުމުންނެވެ. ކައިރި ހުރި ޒާރާވެސް ހޭންފެށިއެވެ. އަދި މަޑު މަޑުން އައިދަންގެ އިނގިލި ޒީދަންގެ އަތުން ނައްޓުވާލައިފާ އެނދުން ނަގާލިއެވެ. “ބައި އިނގޭ ގުޑް ނައިޓް..” ޒާރާ އެހެން ބުނެލުމަށްފަހު ނިކުމެގެން ދިޔައެވެ. ޒީޝަން ދޮރު ލައްޕާ ތަޅުލުމަށްފަހު އައިދަން ކައިރިއަށް އައެވެ.

އައިދަން ޒީޝަންގެ ގައިގާ ބައްދާލިހެންނެވެ.. ހީވީ ގަރުނެއް ފަހުން އޭނާ ފެނުނީހެންނެވެ.  ޒީޝަންގެ މޫނުމަތި  އައިދަން ފުރާލީ ކުދި ކުދި ލޯބީގެ ހަދިޔާތަކަކުންނެވެ. ކަންފަތަށް އިއްވާލީ ލޯބީގެ ބަސްތަކެކެވެ. “އައި ރިލއަލީ ލަވް ޔޫ ޒީޝީ…” އައިދަން ބުނެލިއެވެ. “އައި ލަވް ޔޫ ޓޫ އިދީ….” ޒީޝަން ބުނެލީ އައިދަންގެ މޫނުމަތީ ހިފަހައްޓާލަމުންނެވެ.

………….

އޭގެ އަނެއްދުވަހު އައިދަން އައިމަންއާއި ޒާރާއާއި ބައްދަލުކޮށް އެމީހުން މާފުކުރިއެވެ. އަނެއްކާވެސް އެމީހުން އެކީ ގުޅުނެވެ. އެ އާއިލާ އެކީ ގުޅުނެވެ. ޒީޝަންގެ ވެސް ދިރިއުޅުން އާބާދުވިއެވެ. އެ ހިތް އައިދަންގެ ރަސްކަމުގެ ތެރެއަށް ދިޔައެވެ. އައިދަން ރަސްކަން ކުރަމުން ދިޔައި މިނިވަންކަމާއި އެކުގައެވެ. ލޮތްބާއި އަޅާޅުމާއި އެކުގައެވެ. ޒީޝަންއަށް ހައްޤު ލޮތްބާއި އަޅާޅުން ދީގެންނެވެ. އެ  ހިތް ލޯބިން ފުރާލައިގެންނެވެ.

ނިމުނީ

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ލޯބިވަން ޔާރާ އޭ 16

Next

މިހިތުގެ ފަސާނާ 6

Next
October 14, 2016

މިހިތުގެ ފަސާނާ 6

Previews
October 13, 2016

ލޯބިވަން ޔާރާ އޭ 16

24 Comments!

  1. Ryn says:
    October 13, 2016 at 10:03 pm

    Hey guys.. here is the last part.. Well its not the end.. Thinking to write a new chapter of this story so that it really complete n match with the name “thi lwbi edhign” what say? but right now im having my full focus on my long story which i will start to upload soon.. e vaahaka nimeyne vrh avahah eyrun i will start to upload.. plus i will start to continue this story by opening a new chapter…
    And to the one who asked me abt the Chatroom, esfiya is having few problems cx of which they had to del it but they r working on it n will provide a new Chatroom which will b better dhn the old one.. They will need time dhw 🙂 They will improve it n add it soon ..
    btw thankyw guys.. i love u.. c u soon with a new story.. 😉

    1. Faathee says:
      October 14, 2016 at 1:35 am

      Masha Allah ryn. Ur the one the best writer in esfiya. Keep going in sha Allah avas mustagubaleh ga Raahjey ga thibi molhethi liyun theringe safuga gunaaleveyne. I know ryn ge story tha liyaa iru baeh words thakuge mistakes hunna kan. Maybe that’s becoz ryn ge young kamun vaa goi hen e. Anyway avas mustagubaleh ga new story eh kiyaalan libeyne kama ummeedhu kuran

    2. ::A:: says:
      November 3, 2016 at 11:04 am

      Long story up kurany Kn dhuva haku?

  2. Bumble Bee says:
    October 13, 2016 at 10:30 pm

    Alheyy.. Varah Touching ❤❤
    Ryn Ge Ehen Vaahaka Eh Kiyaalan Libeyne Kamah Varah Hope Kuran..
    Love It ❤???
    And Thank Yu Very Much..
    May Allah Bless Yu ❤

  3. Hajja says:
    October 13, 2016 at 10:36 pm

    Rynge stories thah vrh rythi.. Ryn thy vrh molhu kujjeh.. Masha allah… rynge hurihaa story eh ves kiyan.. But comment eh nukurEvey… Vrh rythi… Ryn ah ithuru kaamiyaabah edhen.. Insha allah.. Waiting for new chapter..

  4. Fafoo says:
    October 13, 2016 at 10:41 pm

    Wow. … Thanks for the beautiful story. . Waiting for the next. ….

  5. Nern.. says:
    October 13, 2016 at 10:43 pm

    Awesome.. super… varah reethi..

  6. a says:
    October 13, 2016 at 11:17 pm

    omg asluves v. reethi mi vaahaka hama image vanee but nic and interesting i m hoping for to read next story from you and by good night

  7. Aish says:
    October 13, 2016 at 11:22 pm

    Dhen zeeshan n aidhan ah libey baby ah kiyaany aizaa ( aiman + zaaraa) hehe

    1. Hooooo. says:
      October 14, 2016 at 12:01 am

      Asluveys dho.
      And ryn varah salhi vaahaka

  8. jboat says:
    October 14, 2016 at 12:12 am

    woww pretty m glad to see ur moving frward at boom speed 😉 really proud of u my girl… keep moving with ur magic smile 🙂 wish u all the very very best cutie….

  9. niha says:
    October 14, 2016 at 7:47 am

    VVVVVVVVVVV lobi…..

  10. no one care says:
    October 14, 2016 at 9:26 am

    ryn kairyga rangalhu kuran bunaa than than rangalhu nukuraathi mihaaru ryn ge vaahaka kiyaa hitheh nuvey.. “hamaalah”e onna baheh nooney bunevun adhadheh neyge.. haadha bolah thura ey.. v v v disapoint vehje

    1. Maari says:
      November 30, 2016 at 10:44 pm

      Bolah thura vany nama kiyany Kyve?? Writer ah jeheny positive feedback dheyn.. Negative comments dhinas thnkolheh reethi koh bunevidhane kanney ge dhw

    2. Maari says:
      November 30, 2016 at 10:47 pm

      If u see thz comment, plx reply me ingey.. I will feel happy.

  11. Val says:
    November 5, 2016 at 2:02 pm

    Ryn next chapter varah Kiya hihvey.. Waiting eagerly for it… Ryn ge hurihaa vaahaka eh vx varah salhi.. Hope you will upload the story soon Ryn ge vahaka enme Kiya hih vex vany.. You are one of the best writer in this site.. Miss you so much 😉

  12. ##ss says:
    November 12, 2016 at 10:16 pm

    Mi “no one care” eh mi kiyany varugadha “hamaal” kiyaa word eh nun…bodu balaa eh mi kahala jealous feel vaa meehun comment kohfa onnaathy.. Ekahala meehun nah vaahaka liyan neyngeythy ekahala beykaaru comment dheny..kae men jeyy viax thy bodu varu dhw dhn..vaahaka varah habu..

  13. ##ss says:
    November 14, 2016 at 5:00 pm

    Alhe run kobai the…??
    Kyhve that mihaaru vaahaka eh..??????

  14. ##ss says:
    November 14, 2016 at 5:02 pm

    Where is ryn..??
    And kyhve tha ryn mihaaru vaahaka nuliyany….
    Ryn plx cum back plx pkx..????

  15. Fin says:
    November 27, 2016 at 9:43 pm

    Ryn… Kn irakun tha upkurany.. Varah Kiya hihvey Ryn ge vahaka thah

  16. Fin says:
    November 27, 2016 at 9:45 pm

    Plz Plz Plz upkohlache avahah.. Love you.. You are one of the best writer in this site.. 🙂 🙂

  17. Maari says:
    November 30, 2016 at 10:41 pm

    Hey Ryn… Kn irakun tha story eh upkohlany??? Varah miss vey Ryn ge vahaka thah mathin… Hope to see you soon with a new story

    1. Ryn says:
      December 1, 2016 at 8:49 pm

      hey maari… I just finished my long story and im gonna upload it soon.. i just came here to save the story in parts.. and saw this… well thankyou so much… it made my day.. and thankyou enmn ah vx.. i will start to up the new one soon.. i miss u ppl more and love u <3 tc c u

  18. Faathee says:
    December 2, 2016 at 2:08 pm

    Ryn miss ur stories.. mihaaru esfiya ga nuhurey kiyaa hiy vaa story eh. Ryn ge story akah vara look forward kurevey eba

Comments are closed.



All Right Reserved!