ތި ލޯބި އެދިގެން… 2
އައިދަން ލާފައި ހުރީ ހުދު ގަމިހެކެވެ. އޭގެ ބޭރުން ކަޅު ކޯޓެއް ލައި ކަޅި ފަޓުލޫނެއްވަނީ ލާފައެވެ. އައިދަން ޒީޝަންއާއި ދިމާ ބަލައިލިއެވެ. ހީވަނީ ފެނުޕަރީއެއްހެންނެވެ. އެހާވެސް ހިތްގައިމުވެފައި ރީއްޗެވެ. “ވާވް މައި ފަހަރި ލޯބިކަން.. މަންމާ ބަލާބަ ފަހަރި ރީތިކަން…” އައިދަން ޒީޝަންގެ އަތަށް ބާރުކޮށް ފިތާލަމުން އައިސް ހުއްޓުނީ ސަމީމާގެ ކުރިމައްޗަށެވެ. ޒީޝަން ލަދުގަތެވެ.. “އިދީ މީ ފަހަރިއެއްނޫން.. އޯކޭ… ކިތަންމެ ވަރަކަށް ފަހަރި އޭ ކިޔަސް އެންމެ ފުރަތަމަ ވީ އަރ ބެސްޓީސް ދޯ މަންމާ؟” ޒީޝަން ސަމީމާއަށް ދޯއެއްލިއެވެ. ސަމީމާ ހިނިގަނޑެއްޖަހާލަމުން އާއެކޭ ބުނެލިއެވެ. “ޒީ މިއަދު ހީވަނީ ހަމަ ޕަރީއެއް ހެން.. ވަރަށް ލޯބި.. ކޮބާ އައިމަން ނާދޭތަ؟ ޒަރާއެއްވެސް ނުފެނެ…” ސަމީމާ ހޯލު ތެރެއަށް ބަލާލަމުން ބުނެލިއެވެ. “ލައްބަ އަދި ނާދެ އައިމަންއެއް… ޒާރާ ވެސް ބޭރަށް ދަނިކޮށް ދެކުނިން… އުޅުނީ ވަރަށް ހާސްވާތީވެ..” ޒީޝަން ބުނެލިއެވެ. އޭރުވެސް އައިދަންގެއާއި ޒީޝަންގެ އަތް ވަނީ ގުޅިފައެވެ. ކުޑަކޮށް ވާހަކަ ދައްކާލުމަށްފަހު ޒީޝަން އައިދަން ގޮވައިގެން ދުރަށްޖެހިލިއެވެ.
“އިދީ ހާހެއްނުވޭތަ….ސުބުހާނައްﷲ އައި އެމް ޑައިން ހަމަ” ނިތްކުރިމަތީ އަތް އަޅާލަމުން ޒީޝަން ބުނެލިއެވެ. “ހަހަހަ ކީއްކުރަން ހާސްވާންވީކީ… ޒީޝީ ވެސް ހާސްނުވެބަ އޯކޭ ވާނޭ ދެން… އައި އެމް ހިއަރ އެއްނު..” އެއްލޯ މަރާލަމުން އައިދަން ބުނެލިއެވެ. ޒީޝަން ހޭންފެށިއެވެ. އައިދަން ފެނުމާއި އެކު އޭނާގެ ހާސްކަމުގެ ބޮޑުބައި ފިލައިދިޔަފަދައެވެ. “އައިދަން މީތަ އިންނަ ކުއްޖަކީ.. ޒާރާ ދޯ… ވަރަށް ލޯބި އިނގޭ.. ދެކުދިންވެސް ވަރަށް ގުޅޭ..” ވާހަކަ ދައްކަން ތިބި ޒީޝަންއާއި އައިދަންވެސް ސިއްސައިގެން ދިޔައީ އެތަނަށް އައި އަންހެނެއްގެ އަޑަށެވެ. އައިދަން ހޭންފެށިއެވެ. އެއީ އޭނާގެ ދުރު އާއިލާ ދައްތައެކެވެ. އޭނާ އުޅެނީ ރާއްޖެތެރޭ ރަށެއްގައެވެ. މާލެ އައީ ވެސް ހަމަ ކައިވެނި އޮތް ދުވަހު ކައިވެނީގައި ބައިވެރިވާންށެވެ. “ލައްބަ ދައްތާ.. ރީތި ދޯ.. އަޅުގަނޑުގެ ހޮވުން ގޯހެއްނުވާނެ.” އައިދަން ޒީޝަންއާއި ދިމާ ބަލަންހުރެ ބުނެލިއެވެ. ޒީޝަން ކައިރިއަށް ހިނިއައެވެ. ނަމަވެސް މަތަކޮށްލައިގެން ހުރީއެވެ. އެ ދައްތަ ޒީޝަންއާއި ސަލާމްކޮށްލިއެވެ. އެއަށްފަހު ދާން ހިނގައިގަތެވެ. “ތިހެން އުޅެނިކޮށް އަސްލުވެސް މެރީ ކުރެވިދާނެ އިނގޭ އިދީ..” ތުންދަމާލަމުން ޒީޝަން ބުނެލީ މަޖަލަކަށެވެ. “ހަހަ ރަނގަޅެއްނު… އޭރުން ވަރަށް ސަޅިވާނެ.. ދެ ބެސްޓީސް އެއްނު.. ވީ ވިލް ލިވް ހެޕީލީ އޯލްވޭސް ދޯ…” ޒީޝަންގެ ކޮލުގައި ހިފައިލަމުން އައިދަން ބުނެލިއެވެ. “އަޅެ އިދީ…!!” އައިދަންގެ އަތުގައި ޒީޝަން ޖަހާލީ ލޯ އަޅާލަމުންނެވެ. އައިދަން ހޭންފެށިއެވެ. “އިންނާނަންތަ މިސާލަކަށް އައިމްބެ ނެތިއްޔާ؟؟” ނިއްއަރުވާލަމުން އައިދަން އަހާލިއެވެ. އޭނަ ގެ އަތް އޭރު ވަނީ ޒީޝަންއާއި ދިމާލަށް ދިއްކޮށްލެވިފައެވެ. “ޒަރާ ނެތިއްޔާ ޔެސް އަފްކޯސް އައި ވިލް..” އައިދަންގެ އަތުގެ ތެރެއަށް އަތް ލަމުން ޒީޝަން ބުނެލީ ރީތި ހިނިތުންވުމަކާއި އެކުގައެވެ.
“ދަރިފުޅާ ކޮބާ ޒާރާ؟” ލީޝާ ޒީޝަން ކައިރި އައިސް އަހާލުމުން ޒީޝަން ބޭރަށް ދިޔަތަން ދެކުނީމޭ ބުނެލިއެވެ. “މިހާރު ކައިވެންޏަށް ތައްޔާރުވެއްޖޭ.. އާދޭ ދެކުދިން އިންނަން ގޮނޑީގަ.. އައިމަންއެއްވެސް އަދި ނާދޭ ދޯ… އެންމެ ފުރަތަމަ ކުރަނީ ޒީ ގެ ކައިވެނި.. އެއަށްފަހު ޒާރާގެ..ދަރިފުޅު އާދޭ.. އައިދަން ވެސް އާދޭ އިންނަން އިހަށް..” ލީޝާ އެހެން ބުނެލުމަށްފަހު ދާން ހިނގައިގަތެވެ. ޒީޝަންއާއި އައިދަން އެކީ ލީޝާގެ ފަހަތުން ހިނގައިގަތެވެ. “ގުޑް ލަކް ޒީޝީ…” އައިދަން ޒީޝާންގެ ގައިގާ ކުޑަކޮށް ބައްދާލަމުން އެހެން ބުނެލުމަށްފަހު އޭނާ ތަންކޮޅެއް ދުރުގައި އިށީނދެލިއެވެ. ލީޝާ ޒީޝަންގެ އަތުގައި ހިފައިގެން ގޮސް ގޮނޑީގައި ބޭންދިއެވެ. އޭރު ޤާޒީގެ އިތުރުން ހެކިވެރިންވެސް ތައްޔާރުގައި ތިއްބެވެ. ނެތީ އައިމަންއެވެ. ޒީޝަން އައިމަން އިންނަން ހަމަޖެހިފައި އިން ގޮނޑިއަށް ބަލައިލުމަށްފަހު އައިމަންގެ މަންމަ ސަމީމާއަށް ބަލައިލިއެވެ. ސަމީމާ ޒީޝަންގެ އެ ބަލައިލުމުގެ މާނަ އިނގުމުން ހަމަޖެހިލުމަށް އިޝާރާތްކުރިއެވެ.
އައިދަންވެސް ޒީޝަންމެން ކައިރި އަށް އައިސް ފޯނުން އައިމަންއަށް ގުޅަންފެށިއެވެ. އެންމެންވެސް ދިޔައީ އައިމަންއަށް އިންތިޒާރު ކުރަމުންނެވެ. “ކޮބާ ޒާރާ؟؟؟” ކުއްލިއަކަށް ލީޝާ އެހެން އަހައިލީ ޒާރާ ނުފެންނަތާ ގިނައިރު ވީމައެވެ. ޒީޝަން ސިހިފައި މުޅި ހޯލުތެރެ ބަލަން ފެށިއެވެ. ލީޝާ އާއި ލުހާ ޒާރާ ހޯދުމުގައި އުޅެންފެށިއެވެ. ބައެއްމީހުންގެ ފާޑުކިޔުންތަށް ލިބެމުން ދިޔައީ އައިމަން އެހާ ފަރުވާކުޑަވީމައެވެ. ގާޒީ ވެސް އަވަސްކޮށްލުމަށް އެދުނެވެ.
ޒީޝަން ގެ ހިތަށް ނުބައި ހިޔާލުތަކެއްވަންނަން ފެށިއެވެ. އޭނާ އައިދަންއަށް ބަލައިލީ ފެންކަޅިވެފައި ހުރެއެވެ. އަނގައިން ބަހެއް ނުނިކުތެއްކަމަކު އައިދަންއަށް ޒީޝަން ގެ އެ ބަލައިލުމުގެ މާނަ ނަގައިގަނެވުނެވެ. އައިދަން ޒީޝަން ކައިރި އިށީނދެލުމުގެ ގޮތުން ޒީޝަންގެ ކައިރި ބައިންދާފައި އިން އައިމަންގެ ގޮނޑި ކައިރިކޮށްލަމުން އިށީނދެލިއެވެ. އެއަށްފަހު ޒީޝަންގެ އަތުގައި ހިފައިލިއެވެ. “ޒީޝީ އިޓްސް … އިޓްސް ކޭ އަދި އަންނާނޭ އައިމްބެ… އަނެއްކާ މޭކްއަޕް ހަޑިވެދާނެ އިނގޭ…” އައިދަން ޒީޝަންގެ އަތަށް ފިތައިލިއެވެ. އޭނާވެސް ހުރީ ހާސްވެފައެވެ. ޒާރާވެސް ވީތަނެއް ނޭނގެއެވެ. އައިމަންއެއްވެސް ނެތެވެ. ހުދު އޭނާގެ ސިކުނޑީގައި ދިޔައީ ތަފާތު ހިޔާލުތަށް އެނބުރެމުންދިޔައެވެ. ނަމަވެސް އެކަން ނުދައްކަވޭތޯ އޭނާ މަސައްކަތްކުރިއެވެ. ޒީޝަން އައިދަންގެ އެދުމަށް ހިތްވަރުކޮށްލިއެވެ. “ސުހާދު ޒާރާއެއް ނެތް…” ޒާރާ ނުފެނުމުން ލީޝާ އައިސް ސުހާދު ކައިރި އެހެން ބުނެލިއެވެ. ޒީޝަންގެ އަތުގައި ހިފަހައްޓާލައިގެން އިން އައިދަން ކުއްލިއަކަށް އޭނާގެ އަތުން ދޫކޮށްލެވުނެވެ. “ޒާރާ..” ވައި އަޑަކުން އައިދަންއަށް ޒާރާއަށް ގޮވައިލެވުނެވެ. އެއަށްފަހު އަނެއްކާވެސް އޭނާ ފޯނުން ޒާރާއަށް ގުޅަންފެށިއެވެ. ޒީޝަން ހާސްވެފައި އައިދަންގެ މޫނަށް ބަލަން އިނެވެ. “ޝިޓް ޝިޓް.. ޒާރާ…” އައިދަން އޭނާގެ އިސްތަށިގަނޑުގައި އެއް އަތުން ހިފައިލިއެވެ. ޒީޝަން އައިދަންގެ އަތުގައި ހިފައިލިއެވެ. އޭނާއަށް ރޮވެންފެށުނީ ދެނެވެ. އައިދަން ޒީޝަންގެ ގައިގާ ބައްދާލަމުން އޭނާ ހިތްހަމަ ޖައްސަމުން ދިޔައެވެ. ގޭ އެންމެން އުޅުނީ އައިމަންއާއި ޒާރާ ހޯދުމުގައެވެ. ފޯނުން ގުޅައިގެންނާއި އެމީހުންގެ އެކުވެރިންނަށްވެސް ގުޅިއްޖެއެވެ. ގިނަ އެކުވެރިން އޭރު ތިބީ ހޯލުތެރޭގައެވެ. ނާދެވޭ ކުދިންނަށް އެމީހުން ވީތަނެއް ނޭނގެއެވެ.
ގަޑިއިރެއް ފާއިތުވެގެން ދިޔައެވެ. އެދެމީހުންގެ ހަބަރެއްނުވިއެވެ. ޒީޝަން ރޮއެ ރޮއެ ހަލާކުވާއިރު އޭނާގެ ކައިރީގައި އައިދަން ވެސް އިނީ ނެގިމަޑުވެފައެވެ. އެންމެންގެ މޫނުމަތީ ވަނީ ހިތާމައެވެ. ހާސްކަމެވެ. ވީގޮތް ހިސާބަކަށް އެންމެންނަށްވެސް އިނގެއެވެ. ސުހާދު އާއި އައިދަންގެ ބައްޕަ ޝިފާން ގާޒީ ދިއުމަށް ދޮރުމައްޗަށް ލައިދިނުމަށްފަހު އެތެރެއަށް ވަދެގެން އައެވެ. ކައިވެންޏަށް އައި މެހެމާނުން ހޯލު ދޫކޮށްފައި ދާންފެށިއެވެ.
“މަންމާ…. އެދެމީހުން ފިލީ ކަންނޭނގެ…” ސަމީމާ ކައިރި މަޑުމަޑުން އީމާން އައިސް ބުނެލި އެއްޗަކުން ސަމީމާގެ ހަނދުއޮއްސުނު ފަދައެވެ. ޤަބޫލުކުރަން ބޭނުންނުވިއެއް ކަމަކު އެއީ ތެދުކަން އޭނާއަށް އިހްސާސްވިއެވެ. ސަމީމާ އައިދަންއަށާއި ޒީޝަންއަށް ބަލައިލިއެވެ. އެއަށްފަހު ހުރިތަނަށް ތިރިވެވުނީ އަމިއްލަ ދަރިފުޅަށް ކުރެވުނު އިތުބާރު ގެއްލި އޭނާގެ ތަރިބިއްޔަތު ގޯސްކަމުގެ އިހްސާސްއޭނާއަށް ވުމުންނެވެ. އަދި އޭނާގެ އެއް ދަރިފުޅު އޭނާގެ އަނެއްދަރިފުޅުގެ ދިރިއުޅުން ހަލާކުކޮށްލިކަން އޭނާއަށް އިނގުމުންނެވެ.
“އައިމަންންން..!!! އެންމެ ފަހަރަކުވެސް ބުނެލިނަމަ…. ކޮންމެވެސް ހައްލެއް ހޯދުނީހެއްނު.. ތި ދިޔައީ ކީއްވެ ތިހެން ހެދީ ކީއްވެ އައިމަންން…!” އަޑުން އަޑުނަގާ ރޮއެ ގަންނަމުން ސަމީމާ އެހެން ބުނެލިއެވެ. އެންމެންގެ ނަޒަރު އޭނާއަށްހުއްޓުނެވެ. އޭރު އެ ހޯލުތެރޭ ތިބީ ދެއާއިލާގެ މީހުންނެވެ. ރޯން އިން ޒީޝަން ހުއްޓުނެވެ. ހިފަހައްޓާލެވިފައި އިން އައިދަން ގެ އަތަށް ބާރުލެވުނެވެ. އެންމެން ސަމީމާ މަސަލަސްކުރުމުގައި އުޅުނެވެ. ލީޝާވެސް ރޯންފެށިއެވެ. އޭނާއަށް ވެސް ވީ ގޮތް ރަނގަޅަށް އިނގުނެވެ. “ސު..ސުހާދު ޒާރާ އޭރު ދެއްކި ވާހަކަތަށް. ވަރަށް ހަނދާން ވާނޭ ބުނެ…. ސުހާދު އޭނާ އެ ދިޔައިއްޔޭ….. އޭނާ އެހެން ނުހެދިއެއްކަމަކު…..” ލީޝާ ސުހާދުގެ ގައިގާ ބައްދާލައިގެން ހުރެ ރޮމުން ދިޔައެވެ. ޒީޝަންއަށް އެ އެންމެން ރޯތަން ފެނި އިތުރަށް ރޮވެމުން ދިޔައެވެ.
ގިނައިރު އެތާ މަޑުކުރަން ބޭނުންނުވާތީ އެންމެންވެސް ނިންމީ އަނބުރާ ގެއަށް ދިޔުމަށެވެ. އައިދަން ޒީޝަންގެ އަތުގައި ހިފާލައިގެން ގޮސް ކާރަށް އެރުވިއެވެ. ޒީޝަން ހުރީ ގަނޑުވެފައެވެ. ހަރަކާތް ހުސްވެ ބަސްހުއްޓިފައެވެ. ސުހާދު އާއި ލީޝާ އެ ކާރަށް އަރައި ދުއްވާލިއެވެ. އައިދަން އޭނާގެ ބައްޕައާއި މަންމައާއި އެކު ކާރަށް އަރައިލުމަށްފަހު އޭނާވެސް އެތަނުން ދިޔައެވެ. އެމީހުންގެ ފަހަތުން އީމަންމެންވެސް ދިޔައެވެ.
ޒީޝަން ގެ ގައިގާ ހިފަހައްޓާލައިގެން ހުރެ އެތެރެއަށް ވަތް ލީޝާ ހުރީ ކަންބޮޑުވެފައެވެ. ޒީޝަންގެ ހާލާއި މެދު ވިސްނޭތީއެވެ. ސުވާލެއްކުރިއަސް ޖަވާބެއްނުދެއެވެ. ހަށިގަނޑުގައި ވަރެއްވެސް ނެތްފަދައެވެ. ލީޝާ ޒީޝަން ކޮޓަރިއަށް ވެއްދުމަށްފަހު ނިދާލަން ބުނެ އޭނާ ނިކުމެގެން ދިޔައީ ޒީޝަން އަށް ވަގުތު ބޭނުންވާނެކަން އިނގޭތީއެވެ. ސުހާދު ލީޝާ ކައިރި ކޮޓަރިއަށް ވަދެ ހަމަޖެހިލުމަށް އެދުމަށްފަހު ނިކުމެގެން ދިޔައީ ޝިފާންއާއި ބައްދަލުކުރުމުގެ ބޭނުމުގައެވެ. ލީޝާ ކޮޓަރިތެރޭ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރިއިރު އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ޒާރާ ބުނި ފަހު ބަސްތަކެވެ. އެއިންވެސް ދޭހަވީ އޭނާ ވަރަށް ދުރުތާކަށް ދާންއުޅޭކަމެވެ. އެންމެ ފަހަރަކު ޒީޝަން ކައިރި ޒާރާ ބުނެލިއަށް އޭނާ ޒާރާއަށް ޓަކައި ހެޔޮހިތުން އައިމަން ދިނީސްކަން ޔަޤީނެވެ. ޒާރާ އެހެން ނުހެދިޔަސް އައިމަން ލިބިދާނެއެވެ. ލީޝާ ޒީޝަންއާއި މެދު ވިސްނާލުމަށްފަހު ކޮޓަރިން ނިކުމެގެން ދިޔައީ އެ ފަކީރުގެ ހާލެއް ބަލައިލުމަށެވެ.
ލީޝާ ދޮރުގައި ހިފިއިރު ހުރީ ތަޅުލާފައެވެ. ލީޝާ ދޮރުގައި ކަންފަތް ޖައްސާލަމުން ޒީޝަންއަށް ގޮވަމުން ދިޔައެވެ. ނަމަވެސް އޭނާގެ ހަބަރެއްނުވިއެވެ. ލީޝާ ހާސްވެފައި ދޮރުގައި ތަޅަމުން ދިޔައެވެ. ޒީޝަން ރޯއަޑު ނޫން އަޑެއް ނީވެއެވެ. މިވަގުތު ލީޝާއާއި އޭނާ ވާހަކަވެސް ނުދައްކާނެކަން ލީޝާއަށް އިނގޭތީ ފޯނުނަގައި އައިދަންއަށް ގުޅީ އޭނާ ނޫންމީހަކަށް ޒީޝަން ހަމަ ނުޖެއްސޭނެކަން އިނގޭތީއެވެ. މިގަޑީގައި އައިދަން ގެ ހާލުވެސް އޭނާއަށް އިނގެއެވެ. ނަމަވެސް ދެމީހުންގެ ހިތްހަމަޖެހުމަކީ އެކަކު އަނެކަކުކަން ލީޝާއަށް ރަނގަޅަށްވެސް އިނގެއެވެ.
“އައި..އައިދަން… ޒީ ދޮރު ތަޅުލައިގެން ނުވެ..ނުވެސް ހުޅުވި… ސުހާދުބެވެސް ނެތް…. އައިދަން އަވަހަށް އާދެބަލަ އައިދަންއަށް އެކަނި ޒީ ހަމަޖެއްސޭނީ މިގަޑިގައި…. އައިދަން އަވަސްކޮށްލައްޗޭ.. ދައްތަ ވަރަށް ބިރުގަނޭ އެބަ… ދޮރުގެ ޑަބަލްކީވެސް ވީ ގެއްލިފަ..” ހާސްވެފައި ހުރި ލީޝާ އެކޮޅުން ފޯނު ނެގުމާއި އެކު އެއްފައްޗަކަށް އޮއްސާލިއެވެ. “ލީޝާ.. ހަމަޖެހޭ… ހަމަޖެހޭ އިނގޭ.. އައިދަން އެބަ ފޮނުވަން… ލީޝާ ދޮރުހުޅުވޭތޯ މަސައްކަތްކުރޭ…. ސުހާދު ދެންމެ ޝިފާން ގޮވައިގެން ވީ ގޮސް ބޭރަށް…. ލީޝާ ހަމަޖެހިގެން ޒީޝަން ގެ ދޮރުހުޅުވޭތޯ މަސައްކަތްކުރޭ.. އައިދަން ދާނެ އިރުކޮޅަކުން..” އެކޮޅުން ވާހަކަދެއްކި ސަމީމާ މަސައްކަތްކުރީ ލީޝާ ހަމަޖެއްސޭތޯއެވެ. ސަމީމާ އިރުކޮޅަކު ވާހަކަދައްކާލުމަށްފަހު ފޯނު ކަނޑާލައިފައި ދިޔައީ އައިދަން ބަލައެވެ.
ކޮޓަރީގައި ފުން ވިސްނުމެއްގައި އޮތް އައިދަން ސިހިފައި ކޮޅަށް ތެދުވީ ސަމީމާ ދޮރުގައި ޓަކިދޭ އަޑަށެވެ. ފޫހިކަމާއި އެކު އައިދަން ގޮސް ދޮރުހުޅުވިއެވެ. “ދަ…ދަރިފުޅާ ދޭބަލަ ޒީ ކައިރިއަށް.. ޒީ ވަރަށް ސަކަރާތްވެގެން އުޅެނީ.. ދޮރެއްވެސް ނުހުޅުވަ ކޮޓަރީގެއެއް…” ސަމީމާ އެހެން ބުނެލީ އަވަސް އަވަހަށެވެ. “ވަޓް….!!!!!!!” އައިދަން އެހެން ބުނެލުމަށްފަހު ޓީސާޓެއް ހިފައިގެން ކޮޓަރިން ނިކުންނަން ދިޔައީ އަވަސް ފިޔަވަޅުތަކެއްގައެވެ. “އަން މިއޮތީ ފޯނު… މަންމައަށް އަންގައްޗޭ… ދަރިފުޅު ބަލައިގެން އުޅޭތި..” ބާރުހިނގުމެއްގައި ދިޔަ އައިދަންއަށް ފޯނު ދިއްކޮށްލުމަށްފަހު ސަމީމާ އެހެން ބުނެލިއެވެ. އައިދަން އިތުރު އެއްޗެއްވެސް ބުނުމެއްނެތި ފޯނު ހިފައިލުމަށްފަހު ނިކުމެގެން ދިޔައެވެ.
…….
“ދައްތާ ކޮބާ ދޮރު ހުޅުވީތަ؟؟” އައިދަން އައި ގޮތަށް އައިސް ޒީޝަންގެ ކޮޓަރި ދޮރުމަތީ ހުރި ލީޝާކައިރި އަހާލިއެވެ. ލީޝާ ބޯ ދެފަރާތަށް ހަރަކާތްކޮށްލިއެވެ. އައިދަން އައުމާއި އެކު ލީޝާ ކުޑަކޮށް ހަމަޖެހުނެވެ. އެއަށްފަހު އައިދަންއަށް ދޮރާއި ކައިރިވާން ތަންދެއްކިއެވެ. އައިދަން ހަރުކޮށް ހިނގައިފައި ދޮރާއި ދިމާލަށް ގޮސް ޓަކި ދެމުން ޒީޝަންއަށް ގޮވަމުން ދިޔައެވެ. “ދައްތާ ޑަބަލްކީ؟” އައިދަން އަހާލިއެވެ. “ގެއްލިފަވީ… ޒީ ނުވެސް ހުޅުވާ އައިދަން ޒީ އާއި ވާހަކަ ދައްކަބަލަ ދައްތަ އަށް ވުރެ ރަނގަޅުވާނެ އައިދަން ކުރިއްޔާ….” ރޮވިފައި ހުރި ލީޝާއަށް ވާހަކަދެއްކުނީވެސް އުނދަގުލަކުންނެވެ. އައިދަން ބޯ ޖަހާލީ އޭނާއަށް ބަރޯސާކޮށް އޭނާއަށް ހުރިހާ ކަމެއް ދޫކޮށްލާށޭ ބުނާފަދަ ގޮތަކަށެވެ. “ޒީޝީ… ދޮރު ހުޅުވަބަ މީ އިދީއޭ.. ޕްލީސް ޒީޝީ ދޮރު ހުޅުވަބަ… ބޭބީ ގާލް މައި ޕްރިންސަސް ޕްލީސް އޯޕަން އިޓް.. އެތެރެއަށް ވަންނާނަން އިނގޭ ކޮންމެ ގޮތަކަށް ވިޔަސް..” އައިދަން ޓަކި ޖަހަމުން ވާހަކަ ދައްކަމުން ދިޔައީ އެކޮޅުން ހަބަރެއްވޭތޯއެވެ.
ޒީޝަންގެ ރުއިމުގެ އަޑު ގަދަވިއެވެ. އައިދަން އަށް އުނދަގޫވިއެވެ. “ދައްތާ ޒީޝީ އެއް ދޮރެއް ނުހުޅުވާނެ.. ދެން؟؟” އައިދަން ބުނެލިއެވެ. “ހަލާކުކޮށްލައިގެންވެސް ހެޔޮ އައިދަން.. ޒީޝަން މޮޔަވެދާނެ ރޮއެ ރޮއެ….” ލީޝާ ބުނެލިއެވެ. އޭނާ ގެ ދެލޯ ފުރިފައިވަނީ ތާޒާ ކަރުނައިންނެވެ. އައިދަން ދޮރު ހަލާކުކޮށްލެވޭތޯ އުޅުނެވެ. ދެތިން ފަހަރު ޖެހުމާއި އެކު ބާރު އަޑުފައްގަނޑަކާއި އެކު ދޮރު ހުޅުވިގެން ދިޔައެވެ. ލީޝާ ފާރާއި ނިވާވެ ހުރެ އެތެރެ ބަލައިލިއެވެ. އޭނާއަށްވެސް ރޮވުނެވެ. ޒީޝަން އިން ހާލުފެނި އޭނާގެ ހިތަށް ކެތްނުވިއެވެ. ނަމަވެސް މިވަގުތު ޒީޝަންއަށް ލީޝާ ފެނިއްޖެނަމަ ކަންތަށް ގޯސްވާނެއެވެ. ޒީޝަން އިތުރަށް ރޯނެއެވެ. ޒާރާ މަތިން ހަނދާންކުރާނެއެވެ. ލީޝާ އައިދަންއަށް ބަލައިލުމަށްފަހު އޭނާގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތީ އައިދަން އަށް އޭނާ ހަވާލުކޮށްފީމޭ ބުނާފަދަ ގޮތަކަށެވެ.
އައިދަން އެތެރެއަށް ވަނެވެ. ޒީޝަން އޭނާގެ ބޮޑު ވެޑިންގް ޑްރެސްގައި އެނދުމައްޗަށް އަރައި އިނެވެ. ރޮއެ ރޮއެ ދެލޯ ދުޅަވެ މޫނުމަތި ވަނީ ރަތްވެފައެވެ. ކޮށްފައިވާ މޭކަޕްތަށް މޫނުމަތީ ހޭކިފައިވާއިރު ރީތިގޮތަކަށް ހަދައިފައި އިން އޭނާގެ އިސްތަށިގަނޑުވަނީ ވަކިކޮށްލާ ހަޑިކޮށްލާފައެވެ. އޭނާގެ އެނދުކައިރިއަށް ވައްޓާލައިފައިވާ ޒާރާގެއާއި ޒީޝަންގެ ފޮޓޯ ފުރޭމްވަނީ ތެޅިފައެވެ. އައިމަންގެ ފޮޓޯ އިން ފްރޭމްވަނީ މާދުރަށް އެއްލާލާފައެވެ. ޒީޝަން ޒާރާގެ އިތުރު ފޮޓޯގަނޑެއް ހިފައިގެން އެއަށް ބަލަހައްޓައިގެން ރޯން އިނެވެ. އައިދަން އެތެރެއަށް ވަނެވެ. އަދި ދޮރު މަޑުން ގާތްކޮށްލުމަށްފަހު އެނދާއި ދިމާލަށް ދިޔައެވެ. “ޒީޝީ…” އައިދަން ޒީޝަންއަށް ގޮވައިލިއެވެ. ޒީޝަން އައިދަންއާއި ދިމާ ބަލައިލިއެވެ. އިތުރަށް އޭނާއަށް ރޮވުނެވެ. “އިދީ…” ޒީޝަންއަށް ވޭނުން ފުރިފައިވާ ގޮތަކަށް އައިދަންއަށް ގޮވައިލެވުނެވެ. އައިދަން އެނދުމަތީ އިށީނދެލިއެވެ. އެއަށްފަހު ޒީޝަން އާއި ކައިރިވެލާ އޭނާގެ ގައިގާ ބައްދާލިއެވެ. ޒީޝަން އޭނާގެ ދެއަތް ގެންގޮސް އައިދަންގެ ބުރަކަށީގައި ޖައްސާ ބާރުކޮށްލިއެވެ. އޭނާ ގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ހިއްކަމުން ދިޔައީ އައިދަން ލާފައި ހުރި ޓީސާޓެވެ.
“އިދީ… ކީއްވެ އެހެން އެވީ؟؟؟ ކީއްވެ؟؟ އެންމެ ފަހަރަކުވެސް ޒާ ބުނެލިނަމަ.. ނޫނީ އައިމް ބުނެލިނަމަ.. ހެޔޮހިތުން އެމީހުން ގުޅުވައިދިނީމުސް.. ކޮއްކޮގެ އުފަލަށްޓަކައި ލޯބި ޤުރުބާންކޮށްލަދިނިސް. އެކަމް ކީއްވެ… އިދީ… ކީއްވެ އެހެން ހެދީ؟؟؟” ޒީޝަން ޝަކުވާކުރަމުންދިޔައެވެ. ހިތްވަރުކޮށްގެން އިން އައިދަންވެސް އިނީ ފެންކަޅިވެފައެވެ. ޒާރާ އެފަދަ ކަމެއް ކުރީތީއެވެ. އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ އޭނާއަށް ދޮގު ހަދައި ދެރަދިނީމައެވެ. “ޒީޝީ އިޓްސް އޯކޭ އިޓްސް އޯކޭ ބޭބީ ގާލް. ޕްލީސް ޑޯންޓް ކްރައި.. ބަލާ ޗޭންގް ވެސް ނުކޮށް ތި އިންނަނީ…. ބޯވެސް ހަޑިވެފައި.. މޭކަޕްވެސް ފޭޑް ވެފައި.. އުޅޭ ޗޭންގްކޮށްލައިގެން ރީތިވެލަން ދޯ؟” އައިދަން މަސައްކަތްކުރީ ޒީޝަން ހަމަޖައްސާށެވެ. “އިދީ އައި ހޭޓް ދިސް.. އައި ޖަސްޓް ވޯންޓް ޑައި……..” “ޝްޝްޝްޝް.. ޒީޝީ ޕްލީސް… އެކަހަލަ މޮޔަ ކަމެއް ނުކުރާތި…… ދިރިއުޅުމަކީ މިއީއޭ ޒީޝީ… ހިތްވަރާއި އެކު ކުރިމަތިލާންޖެހޭނެ ފަހު ނޭވާއާއި ޖެހެންދެންވެސް…. އެހެންނޫނަސް އިދީ މިހިރީނު ދޯ… ސޯ ޑޯންޓް ބީ ސޭޑް އޯކޭ..” އައިދަން ޒީޝަންގެ ބުރަކަށީގައި ފިރުމަމުން ވާހަކަ ދައްކަމުން ދިޔައެވެ.
“އިދީ…. ކީއްވެތަ ދެން..؟” އައިދަންއާއި ދުރަށްޖެހިލަމުން ޒީޝަން ބުނެލިއެވެ. “ކީއްވެތަ އެހެން އެވީ؟؟ އިދީ ވެސް ހަމަ ދޫކޮށްލީމުސް ދޯ ޒާރާއާއި އައިމް ގުޅެން އެމީހުން ބޭނުންނަމަ..؟” ޒީޝަން އައިދަން ގެ މޫނަށް ބަލަހައްޓައިގެން އިނދެ އަހާލިއެވެ. މައުސޫމްގޮތަކަށެވެ. އައިދަން ބޯ ޖަހާލިއެވެ. “ދެން ކީއްވެތަ….؟” ޒީޝަން އަމިއްލަ އިސްތަށިގަނޑުގައި ހިފައިގަތެވެ. “ޒީޝީ…. އުޅޭ ދެން ޗޭންގް ކުރަން އިނގޭ.. ދޭ ފާހަނައަށް ގޮސް ފްރެޝް ވެލަން… އެން ހައިޑް ދިސް ބިގް ތިންގް ކޯޒް އަދި މީގެ ބޭނުންޖެހޭނެ ޒީޝީއަށް…” އައިދަން ޒީޝަންގެ ހެދުމަށް އިޝާރާތްކޮށްލަމުން އެހެން ބުނެލިއެވެ. ޒީޝަންގެ ތުންފަތް މައްޗަށް ކުޑަ ހިނިތުންވުމެއް އައެވެ. އައިދަންގެ އެދުމަށް ޒީޝަން ފެންވަރާ ތާޒާ ވެލަން ފާހަނައަށް ވަނެވެ. އައިދަން އެ ކޮޓަރި ސާފުކޮށްލަން އުޅުނެވެ. އެއްލާލެވިފައިވާ ކޮންމެ ފޮޓޯ އަކަށް އޭނާ ބަލައިލައެވެ. އެއަށްފަހު އެ ކަބަޑުތެރެއަށް ލައެވެ. އެ ފޮޓޯތަށް ފެނުމާއިއެކު އައިދަން ރުޅިއައެވެ.
“އައިމްބެ….. އައި ހޭޓް ޔޫ.. ނޮޓް ކޮޒް ޒާރާ ގެންދިޔައީމަ.. ބަޓް ޒީޝަން ނުބެލީމަ… ޒީޝަންއަށް ދެރަދިނީމަ… ޒީޝަން އުފަލުގައި ބަހައްޓާނަމޭ ބުނެ ކުރި ހުވާ އުވާލީމަ.. އައި ހޭޓް ޔޫ އައިމް.. ނޯ އައިމަން..!! އައިމަން… މިއަދަށްފަހު ތީ އެއްވެސް ގުޅުމެއްހުރި މީހެއްނޫން މިއާއިލާއަކާއި.. ޒީޝީއަށް އެހާ ބޮޑު ދެރައެއް ދިނީމަ އައި ވިލް ނެވަރ ފޯރގިވް ޔޫ… އެންމެ ފަހަރަކު ބުނެލިނަމަ ޒީޝީ ވެސް ހެޔޮހިތުން ދޫކޮށްލިސް.. އައިމަންއަށް އެހާ ގިނަ ދުވަހު ޒީޝީއާއި އެކު އުޅުނުއިރުވެސް ޒީޝީއެއް ދަހެއްނުވޭ ދޯ.. ޔާ ކޮޒް ފޯރ ޔޫ ޝީ ވޯޒް ޖަސްޓް އަ ޑޭމް ޓޯއި…. އެން ޒާރާ… ޒީޝަންގެ ކޮއްކޮއަށްވެ ހުރެ.. ޗީ…. އޭނާ ނުކޮށްދިނީ ކޮން ކަމެއް ޒާރާއަށް ބަޓް…” އައިދަން އަމިއްލަ އަމިއްލައިން ވާހަކަ ދައްކަމުން ދިޔައެވެ.
އެ ހުރިހާ ކަމެއް ބަލަންށާއި އަޑުއަހަން ދޮރު ނިވަލުގައި ހުރި ލީޝާ ހުރީ ރޮވިފައެވެ. އައިދަންގެ ހިތުގައި އުފެދުނު ނަފްރަތުގެ ހުޅުކޮޅު އޭނާއަށް ފެނުނެވެ. އެ ހުޅުކޮޅުގެ ހޫނުކަން އިހްސާސްވިއެވެ. އައިދަން ޒީޝަންއަށް އަޅާލާވަރު އިނގުނެވެ. ޒާރާއަށް ވުރެ ޒީޝަން މުހިންމުކަން ލީޝާއަށް އިނގުނެވެ. އައިދަންއަށް ހުރިހާ ޝުކުރެއް ހައްޤެވެ. އައިދަން ނޫން މީހެއްނަމަ ޒީޝަން ބުނާ ގޮތް ދުވަހަކުވެސް ނޭހީހެވެ. އައިދަން އަކީ ހުރިހާ ގޮތަކުންވެސް ޒީޝަންއަށް ރަނގަޅު އެކުވެރިއެކެވެ. ފިރިއަކަށް ވާނެބާއެވެ؟ ލީޝާ ވިސްނަމުން ދިޔަ ކަންތަކުގެ ސަބަބުން އޭނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނާގެ ދަރިފުޅަށް ރަނގަޅު މުސްތަގުބަލެއް ލިބޭނީ އައިދަން އާއި ގުޅުނީމައެވެ. އައިދަން ނޫން މީހަކަށް އެ ނާޒުކު މާ ނުބެލޭނެކަން ލީޝާއަށް އިނގެއެވެ. ލީޝާ ހަމަޖެހިލުމުގެ ނޭވައިއެއް ލެވުނީ ދެނެވެ. ކޮޓަރިއާއި ދިމާލަށް އޭނާ މިޝްރާބްޖެހީ ޒާރާގެ ވިސްނުމުގައި ހުރެގެންނެވެ. އޭނާ ދާނީ ކޮންތާކަށް ބާއެވެ؟ އެހާ ފަސޭހައިން އެ ގޮތަށް ނިންމީ އެއްވެސް ވަރަކަށް ލޯބިނުވާތީ ބާއެވެ.
ޒީޝަން ފާހަނައިން ނުކުތްއިރު އައިދަން އެނދުމަތީ އޭނާގެ އިންތިޒާރުގައި އިނެވެ. ޒީޝަން އޭނާގެ އަތުގައި އޮތް ބޮޑު ވެޑިންގް ޑްރެސް ކޮޓަރިއާއި ދިމާލަށް ހޫރާލިއެވެ. އަދި ކަރުނަތަށް މިނިވަންކަމާއި އެކު ދޫކޮށްލައިގެން ހުރި ފިޔަވަޅުމަތީ ހުއްޓެވެ. “ޒީޝީ….. ޕްލީ….” “އިދީ ޕްލީސް.. އިނގޭ ތި ބުނަން… އުޅެނީ ކީކޭ ކަން… ބަޓް އައި ޑޯންޓް ނީ…ނީޑް ދެޓް.. އެއީ ޒީ ގެ ލައިފްއަށް އެންމެ ހިތްދަތި ދުވަހުގެ ހަނދާނެއް…. އިދީ.. އައި ނީޑް ޓު ޓޯކް ޓު ޔޫ..” ހުރިތާ ހުރެގެން ޒީޝަން އެއްފައްޗަކަށް އޭނާ ބުނަން ބޭނުންވާ އެއްޗެއް ބުނެލިއެވެ. އެއަށްފަހު ފުން ނޭވައެއް ދޫކޮށްލިއެވެ. ޒީޝަންގެ އެ ހަރަކާތަށް ބަލަން ހައިރާންވެފައި ހުރި އައިދަން ކޮން ވާހަކައެއްހޭ އަހާލީ ޒީޝަން ކައިރި އެނދުގައި އިށީނދެލުމަށް ބުނެފައެވެ. ޒީޝަން އައިދަން ކައިރި އިށީނދެލުމުގެ ބަދަލުގައި އައިދަންގެ ފައިކައިރި ތަޅުންގަނޑުމަތީ އިށީނދެލިއެވެ. އައިދަން އިނީ ޒީޝަން ކިޔާނެ އެއްޗެއްގެ އިންތިޒާރުގައި އޭނާއާއި ދިމާބަލަންށެވެ.
ޒީޝަން ފުން ނޭވައެއް ދޫކޮށްލުމަށްފަހު އައިދަންގެ އަތުގައި ހިފައިލިއެވެ. “އިދީ… ވިލް ޔޫ… ވިލް ޔޫ މެރީ މީ….” އުނދަގުލަކުން ނަމަވެސް ޒީޝަންއޭނާ ބުނަން ބޭނުންވާ އެއްޗެއް ބުނެލިއެވެ. އައިދަންއަށް ޝޮކެއް ޖެހުނުފަދައެވެ. ޒީޝަންގެ އަތުން އޭނާގެ އަތް ދަމައިގަނެވުނީ ކުއްލިއަކަށެވެ. އަދި ޒީޝަންގެ މޫނުން އޭނާގެ ނަޒަރު ވަކިކޮށްލިއެވެ. ޒީޝަން އަވަސް ނޭވައިތަކެއް ލާންފެށިއެވެ. އޭނާއަށް ނުބައި އެއްޗެއް ބުނެވުނީ ބާއޭ ހިތަށް އަރަންފެށިއެވެ.
ނުނިމޭ..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.






hey guys… here is the 2nd part.. hope like vaane kamah… tc lots of love 😉 n keep waiting… n thnkx for the endless support… i love u all :)… have a nice day…
umurah THI LOABI EDHIGEN .. mihashin furaana dhandheh .. Dhw ryn ☺☺☺ keep goin
nice
Nice. Waitin avas kohlahchey
V nice. But eha bodu kameh dhimaaveema hama erein ereah best frnd viyas mary kuran nimmaanehen heenuvey real life ga…
Habeys n waitin