Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތި ލޯބި އެދިގެން…. 1

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
October 3, 2016 7 Mins Read
31 Comments

 

“މަންމާ މަންމާ މަންމާ މަންމާ!!! މަންމާ!!!!!!!!!!!!” އަންހެންކުއްޖާ ދުވަމުން ދުވަމުން ސިޑިން ފައިބަމުން އަންނަ އަޑާއި އެކު ބަދިގޭގައި މަސައްކަތްކުރަން ހުރި ސަމީމާ ހާސްވެފައި ބަދިގޭ ދޮރުން ނިކުތީ ހަލުވިކަމާއި އެކުގައެވެ. ފަހަރަކަށްވުރެ ފަހަރެއް އޭނާ “މަންމާ” އޭ ގޮވާލާއިރު އަޑު ބާރުވެއެވެ. ހީވަނީ ބިރެއް ފެނުނުހެންނެވެ. އެ އަންހެންއްކުއްޖާ ދުވެފައި އައި އަޑާއި އެއްވަރަށް އެހެންމީހަކު ދުވާ އަޑެއް އިވުމުން ހިސާބަކަށް ސަމީމާއަށް ވީ ގޮތް އިނގުނެވެ. އެހެންކަމުން ސިޓިންގްރޫމްގައި ސިޑިއާއި ދިމާލަށް ހެވިފައި ބަލަން ކޮޅަށް ތިބި ސަމީމާގެ ދޮށީ ފިރިހެންދަރިއާއި އޭނާގެ އަންހެނުންނާއި ދިމާލަށް ބަލައިލުމަށްފަހު ދެލޯ މަރާލަމުން ހިނިގަނޑެއް ޖަހާލިއެވެ. ސިޑިން ފައިބައިގެން އައި އަންހެންކުއްޖާ އައިސް ސަމީމާގެ ފަހަތަށް ފިލީ އޭނާއަށް ވެސް އެކަން އެނގޭވަރަށްވުރެ ހަލުވިކަމާއި އެކުގައެވެ. އޭގެ ދެވަނަ ސިކުންތުގައި ސިޑިން ފައިބައިގެން ދުވެފައި އައި ފިރިހެންކުއްޖާވެސް މައި ނޭވައި ލަމުން ސަމީމާއާއި ދިމާލަށް ދިޔައެވެ. ފަހަތުގައި ހުރި އަންހެންކުއްޖާ ސަމީމާގެ އަތުގައި ހިފައި ބާރުކޮށްލީ “މަންމާ” އޭ ބުނެފައެވެ.

“މިހާރު މި ދެމީހުންނަށް ކިހިނެއްވީ؟” ޗޮކެއް ކަނޑާލަމުން ސަމީމާ ބުނެލިއެވެ. “މަންމާ ބަލާބަ މިހިރަ އުޅޭ ސަޓަންޏެއް…” ފަހަތުގައި ހުރި އަންހެންކުއްޖާ ސަމީމާ ގެ ގައިގާ ފަހަތުން ބައްދާލަމުން ބުނެލިއެވެ. އެ ޖުމްލައާއި އެކު ކުރިމަތީ ހުރި ފިރިހެންކުއްޖާ ދެލޯ ހަނިކޮށްލިއެވެ. ސަމީމާ ހޭންފެށިއެވެ. “މަންމަ ބަލާބަ މިހިރަ އުޅޭ މައްސުންޏަކަށްވެސް… އާނ ފަތަކަށްވުރެ ލުއި މަންމަ އަށް މަސްހުނި ހަމަ ހެދޭނެ…” އެ އަންހެންކުއްޖާ އަތުލަން ސަމީމާގެ ފަހަތަށް ދަމުން އެ ފިރިހެންކުއްޖާ ބުނެލިއެވެ. “އީމާން… ކޮބާ މިއަދު މި ފެށުނީއޭ… ދެން ނޯންނާނެ ނިމުމެއް.. ” ސިޓިންގްރޫމްގައި އެމީހުންގެ ފޯރި ބަލަން ހުރި ސަމީމާގެ ދޮށީ ދަރިފުޅު އީމާން އަށް އޭނާ އެހެން ބުނެލީ އޭނާގެ ވަށައިގެން އެނބުރެމުން ދިޔަ ދެމީހުންނަށް ނަޒަރު ހިންގާލަމުންނެވެ.

“މަންމާ މި އައިދަން އެއްނޫޅެ އަޅުގަނޑު ބުނާ ކަމެއް ކުރާކަށް..” ސަމީމާ ގެ އަތުގައި ބައްދައިގަންނަމުން އަންހެންކުއްޖާ ބުނެލިއެވެ. އައިދަން އަންހެންކުއްޖާ ގެ އަތްވަކިކުރުވުމަށްފަހު އޭނާގެ އަތް ސަމީމާގެ އަތާއި ގުޅުވާލިއެވެ. “މަންމާ އަޅުގަނޑު ފުނާ އަޅަން ހުރީމަ މަޑުކޮށްލާށޭ ބުނެލީ… އެކަމަށްޓަކައި ބުރުސް ހިފައިގެން ދުވެފައި އެއައީ… މަންމަ ބުނޭ ދޭށޭ…” އައިދަން ބޮޑައި ހާކާ އުސޫލުން ބުނެލިއެވެ. “ޒީޝަން… އައިދަންއަށް ބުރުސް ދީ….” ސަމީމާ ޒީޝަންއާއި ދިމާބަލައިލަމުން އެހެން ބުނެލިއެވެ. ކުޑަކުއްޖެއް ފަދައިން ބަސްއަހާލަމުން ޒީޝަން ބުރުސް އައިދަންއަށް ދިއްކޮށްލިއެވެ. “އައިދަންވެސް އޭނާގެ ފަހަތުން ތިހެން ދުވަންޖެހޭތަ؟؟ ދެމީހުން ސިޑިން ވެއްޓުނުނަމަހީއޯ؟ އަނެއްކާ ޒީ އެއުޅެނީ ބަލިވެގެން… އާއިރު ހީވީ ސިޑިވެސް ނަގާފަ ވައްޓާލަނީހެންވިއްޔަ…” ސަމީމާ އައިދަންއާއި ދިމާލަށް އެހެން ބުނެލިއެވެ.

…

“އިއްމަ.. އަދިވެސް… އަދިވެސް…… އެކަމް ދޭ އާރ މޭޑް ފޯރ އީޗް… އެމީހުންނަށް އެކަން އިނގޭނެ ދުވަސްވާނީ އެންމެންވެސް، މަންމަވެސް އެންމެ އުފާވާނެ ދުވަހަށް.. މަމްއަށް ހީވަނީ ދެން ކުޑަދެކުދިން ބަލާ މީހެއްހެން ދޯ…..” ޒީޝަންއަށާއި އައިދަންއަށް ސަމީމާ ނަސޭހަތްލައިދޭތަން ބަލަން ހުރި ލުހާ ބުނެލިއެވެ.. އީމާން ބޯޖަހާލުމަށްފަހު  ފުންނޭވައެއް ދޫކޮށްލިއިރު ހީވީ ހަނދާންކުރަން ބޭނުންނުވާ އެއްޗެއް ހަދާންވީހެންނެވެ. އެ ނޭވަޔާއި އެކު އެކަންވެސް ވަގުތުން ސިކުނޑިންފޮހެލިހެންނެވެ. ނަމަވެސް ހަނދާންތަކަކީ ދާއިމަށް ތިބާއާއި އެކު ވާނެއެއްޗެކެވެ. ސިކުންތުކޮޅަކަށް އެ ހަނދާންތަށް ފުމެލައި ދުރަށްލިޔަސް އަބަދުވެސް އެ ހަނދާންތަށް ފޮރުވިފައި ހުންނާނެއެވެ. “އިއްމަ ވިސްނައިދޭންވީނު އިދީ(އައިދަން) އަށް… ޕްލީސް އިއްމަ… ރައްޓެހިންގެ ގޮތަކު އަބަދަކު ނޫޅެވޭނެ ދޭ ހޭވް ޓް ލިވް އަ ލައިފް….” ކަންބޮޑުވެފައި ހުރި ލުހާ އީމާންގެ އަތުގައި ހިފާލާ ފިތާލަމުން ބުނެލިއެވެ. އީމާން އެކަން ގަބޫލުކުރުމުގެ ގޮތުން ބޯ ޖަހާލިއެއް ކަމަކު އެއްޗެއް ނުބުނެއެވެ. ވަކި ބުނާނެއެއްޗެއްވެސް އޭނާއަކަށް ނޭނގެއެވެ.

ސަމީމާގެ ނަސޭހަތްތަކަށް އަޑުނާހާ ޒީޝަންއާއި އައިދަން އުޅުނީ އަމިއްލަ ސަކަރާތުގައެވެ. އެއީ އަބަދުވެސް އާދައެވެ. އެގޭގައި ދުވާލުގެ ފެށުމާއި ނިމުން އަންނަނީ އެދެމީހުންގެ އަޑުންނެވެ. އެއްފަހަރު ކޯޅޭ އަޑެވެ. އަނެއްފަހަރު އެއްޗެހި ކިޔާއަޑެވެ. ލޯބިވެގެން އަޅާލާވަގުތު އެހާވެސް ރަނގަޅުވާނެއެވެ. ދެމީހުންނަށް ދެމީހުން ނުފެނި ތިބޭފަދައެވެ. ސަމީމާއަށް ހީވަނީ ޒުވާންދުވަސްވަރު އައީހެންނެވެ. އައިދަންމެން ކުޑައިރު ނަސޭހަތްލައިދޭ ފަދައިން މިހާރުވެސް އޭނާ އެޖެހެނީ ނަސޭހަތްލައިދޭށެވެ. އަދަބުދޭށޭވެ. އެކަން ސަމީމާއަށް ވަނީ މަޖާކަމަކަށެވެ. ނަމަވެސް ލުހާއެކޭ އެއްފަދައިން އޭނާއަށްވެސް އުނދަގޫކުރާ އެއްކަމެއް އޮވެއެވެ.

ސަމީމާ އެދެމީހުންގެ ކަންފަތުގައި ހިފައިލީ އޭނާ ދައްކާ ވާހަކަ އަޑުނާހާތީއެވެ. އެއްލިކަޅިއަކުން އޭނާގެ ނަޒަރު ހުއްޓުނީ ލޮލަށް ޖަމާވެފައި ހުރި ކަރުނަތަށް ފޮހެލަމުން އެމީހުން ހުރަސްކޮށް ބަދިގެއާއި ދިމާލަށް ދިޔަ ލުހާއަށެވެ. ވީގޮތް ރަނގަޅަށްވެސް ސަމީމާއަށް އިނގެއެވެ. އޭނާވެސް ދެރަވިއެވެ. ނަމަވެސް އޭނާގެ ހިނިތުންވުން ފަނޑުކޮށްލުމެއްނެތި ޒީޝަންއާއި އައިދަންގެ ކަންފަތުން އޭނާގެ އަތް ދުރަށްޖައްސާލިއެވެ.  “ހުމްމް ދެން މިގަޑިއަށް ވެފައި ތިހުރީ… ދެމީހުން ދޭ…” ދެމީހުންގެ ކޮލުގައި ޖަހާލަމުން ސަމީމާ އެހެން ބުނެލާ އޭނާގެ މިޝްރާބް ވެސް ބަދިގެއާއި ދިމާލަށް ބަހައްޓަމުން ހިނގައިގަތެވެ.

……

“ވަރުބަލިވެއްޖޭ އިދީގަނޑާ….” ޒީޝަން އައިދަންއާއި އެއްވަރަށް ހިނގާފައި ދަމުން ބުނެލިއެވެ. “އެހެންތަ ޒިބްރާ ގަނޑާ… އަދި ނުވެއެއްނު ވަރުބަލިވާކަށް.. އެނީވޭ މިހާރު މައި ހެއަރ ސްޓައިލް އިޒް ރުއިންޑް.. ސޯ ނޯ ޔޫސް އޮފް އިޓް… ދެން ބުނެބަ ކޮންކަމެއްތަ އަސްލު ކޮށްދޭންވީ؟” އައިދަން އިސްތަށިގަނޑުގައި އަތުފުނާއަޅަމުން ބުނެލިއެވެ. “އަސްލު މިއަދު ބުރަކަށް ދާން ވެގެން..” ކޮޓަރި ދޮރު ހުޅުވާލުމަށްފަހު އައިދަން އަށް ވަންނަން ތަން ދައްކައިގެން ހުރި ޒީޝަން ބުނެލިއެވެ. “އެވަރު ކަމަކަށް.. ގޯޑް.. އޯކޭ… އެކަމް އޭގެ ކުރިން….” އައިދަން ޒީޝަންގެ އަތުގައި ހިފައިފާ އެތެރެއަށް ދަމައިގަންނަމުން ބުނެލިއެވެ. އައިދަން ދޮރުލައްޕާލުމަށްފަހު ޒީޝަންގެ އަތުން އަތް ވަކިކުރުމެއް ނެތި ހިނގައިފައި އެނދާއި ދިމާލަށް ދިޔައެވެ. އެއަށްފަހު އެނދުމަތީ ބޭންދިއެވެ.  އޭރު ޒީޝަންގެ މޫނުމަތީގައި ވަނީ ހައިރާންކަމެވެ.

“ބޭސް… ހިއަރ އިޓް އިޒް.. އަވަހަށް ކާލާ ދެންވެސް… އޭރުން ސައިބޯންވާއިރަށް ބައި ގަޑިއިރު ހަމަ ވާނީ. އެން މިއަދު ބުރަކަށްވެސް ދެވޭނީ.” ފެންތަށްޓަކާއި ބޭސްގުޅަ ޒީޝަންއާއި ކައިރިކޮށްލަމުން އޭނާވެސް އެނދުމަތީ އިށީނދެލިއެވެ. ޒީޝަން ބޭސްގުޅައިގައި ހިފާލިއެވެ. އަދި ތުން ދަމައިލިއެވެ. ” ވަޓްސް ދަ ޔޫސް އޮފް އިޓް.. ކުޑަ ކުޑަ ރޯގާއެކޭ އިދީ….” ޝައުގެއްނެތް ރާގެއްގައި ޒީޝަން އައިދަން އާއި ދިމާ ބަލައިލަމުން ބުނެލިއެވެ. އައިދަން ފަނޑުހިނިތުންވުމެއް ރައްދުކޮށްލިއެވެ. “މި އުފެއްދީކީ ރީއްޗަކަށް ބަހައްޓާކަށްނޫންދޯ.. ބަލިވީމަ ފަރުވާކުރަން.. އެހެންވީމަ މި…” “އިދީ…. ޕްލީސް ރަނގަޅުވާނޭ މި ހިތި އެއްޗެހިތަށް ނުކެޔަސް. އިދީ މި ޓޭސްޓް ކޮށްބަ އަމިއްލަ އަކަށް.. ވަރަށް ވަރަށް ހިތި..” އައިދަން ވާހަކަ ދައްކަމުން ޒީޝަންގެ އަތުން ބޭސްގުޅަ ނަގައި އޭނާއަށް ލަވަންއުޅުނެވެ. ނަމަވެސް އައިދަންގެ ވާހަކައާއި އަތްވެސް ހުއްޓުވީ ޒީޝަންއެވެ. އައިދަން ހިތްހަމަނުޖެހުނެވެ. “ޒީޝީ ޕްލީސް……” ދެލޯ އަޅާލަމުން އައިދަން ބުނެލިއެވެ. “ރަނގަޅުވާނީ ބޭސްކޭމަ.. އިނގިއްޖެ އެއްނު… ހެޔޮ ކިތަށްމެ ކުޑަކަމެއްވިޔަސް މި ކާންޖެހޭނެ….” ޒީޝަންގެ އަނގަޔަށް ބޭސްގުޅަ ލަވަމުން އައިދަން ބުނެލީ ނުރުހިފައެވެ. އަދި ތަންކޮޅެއް ބާރަށެވެ. ޒީޝަން ގެ ނަޒަރު ހުއްޓިފައި ވަނީ ސީދާ އައިދަންއަށެވެ. އައިދަން އެހާ ބާރަށް ބުނީތީ އެނާ ހުރީ ހައިރާންވެފައެވެ. އައިދަން އެހާ ބާރަށް ބުނަންޖެހޭހެއްޔެވެ؟ ބޭސްގުޅަ އަނގަޔަށް ލެވުމާއި އެކު އޭނާއަށް ފެންޖެއްސީވެސް އައިދަންއެވެ. އެއަށްފަހު އިތުރަށް ޒީޝަންގެ ކުރިމައްޗަށް ނާރަން އައިދަން ކޮޓަރިން ނިކުމެގެން ދިޔައެވެ. ޒީޝަން އޭނާ ހުއްޓުވަންވެސް ނޫޅުނެވެ.

ޒީޝަން އެދިމާލަށް ބަލަން ހުރެލުމަށްފަހު ފުން ނޭވައެއް ދޫކޮށްލިއެވެ. އަދި  ދެއަތުން އެނދުގައި ހިފާލިއިރު އޭނާގެ ދެލޮލުން ކަރުނަތަށް ފައިބައިގެން ދިޔައެވެ. އޭނާ ދެފަރާތަށް ބޯ ހޫރާލިއެވެ. މަޑު ފަން އިސްތަށިގަނޑު ހިތްގައިމުގޮތަކަށް އޭނާގެ ބޮލާއި އެއްވަރަށް ވިހުރުނެވެ. “ޒާއްކޮ.. ކީއްވެތަ؟؟؟ އައިމް… ކީއްވެ؟” ޒީޝަން ހާސްވާ ގޮތްވިއެވެ. ދެއަތުން ބޮލުގެ އިސްތަށިގަނޑުގައި ހިފަހައްޓާލިއެވެ. މާޒީގެ ކޮންމެ ސަފްހާއެއްވެސް ޒީޝަންގެ ކުރިމައްޗަށް ފެންނަ ފަހަރެއްވިއްޔާ އޭނާގެ ހާލަކީ އެއީއެވެ. ޒީޝަން ފުންނޭވައިތަކެއް ލަމުން އަމިއްލަ ނަފްސް ހަމަޖައްސާލިއެވެ. ޒީޝަން އެއިންގޮތަށް އިންދާ ދޮރުން ވަދެގެން އައީ ސަމީމާއެވެ. ޒީޝަންއަށް އެވަރުވެސް ނޭނގުނެވެ.

ސަމީމާ އައިސް ޒީޝަން ކައިރި އިށީނދެލިއެވެ. ޒީޝަން ސިހިފައި ސަމީމާއާއި ދިމާ ބަލައިލިއެވެ. “މަ..މަންމާ..” ޒީޝަން ދެލޯ ބޮޑުކޮށްލަމުން ތެދުވެލިއެވެ. އަދި ކަރުނަތަށް ފޮހެލާ ހަމަޖެހިލިއެވެ. “ކިހިނެއްވީތޯ މަންމާ؟ ކަމެއް ބޭނުންވީތޯ؟” ޒީޝަން ހިނިތުންވެލަމުން ސަމީމާއާއި ދިމާ ބަލައިލިއެވެ. “ޒީ.. ދަރިފުޅާ އެހަށް އިށީނދެބަލަ މަންމަ ކައިރި… ވާހަކައެއް ދައްކަން ބޭނުންވޭ އެބަ..” ޒީޝަން ކައިރި އިށީނދެލަން އެދެމުން ސަމީމާ ބުނެލިއެވެ. ޒީޝަން އިށީނދެލީ ހާސްވެފައި ހުރެއެވެ. “ދަރިފުޅާ މަންމައަށް އިނގޭ ދެންމެ ވިސްނަން އިނީ ކޮންކަމަކާކަން… ދަރިފުޅު ތި ކަރުނަތަށް ނުދައްކަން ފޮހެލިޔަސް އިނގެޔޭ މަންމައަށް…. މި ވާހަކަ ދުރު ދުރުން ފަށާކަށްވެސް މަންމަ ބޭނުމެއްނޫން… ދަރިފުޅަށްވެސް އިނގޭނެ މި ދައްކަން އުޅެނީ ކޮންކަހަލަ ވާހަކައެއްކަން…” ޒީޝަންގެ ފަން އިސްތަށިގަނޑުގައި ފިރުމަމުން ސަމީމާ ބުނެލިއެވެ. ޒީޝަން ހިސާބަކަށް ހާސްވިއެވެ. ނަމަވެސް ދައްކަން އުޅޭ ވާހަކައަށް ސަމާލުވާކަން ދެއްކުމުގެ ގޮތުން ސަމީމާއާއި ދިމާ ބަލަން އިނީއެވެ.

“އައިދަން އާއި ދަރިފުޅަކީ ދެމަފިރިން… މަންމަ އަށް އިނގޭ ދެކުދިން އަދިވެސް އެކަން ޤަބޫލުކުރަން ނޭދޭކަން… އަދި ކައިވެނި ކުރެވުނު ހާލަތާއި ގޮތުން އަދި ދަރިފުޅުމެން ކުރިން އޮންނަ ގުޅުމުގެ ސަބަބުން އުނދަގޫވާނެކަން… އެކަމް ކޮންމެ ގޮތެއްވިޔަސް ދެކުދިންނަކީ ދެމަފިރިން.. ދެމަފިރިން ޖެހޭނެ ރައްޓެހިކަމުގެ ގުޅުންވެސް ބާއްވަން.. އެކުވެރިވެގެން އުޅެން އެކަމް އޭގެ ކުރިން ދެމަފިރިންކަން އިނގެންޖެހޭނެ.. ރައްޓެހިންގެ ކުރިން ތީ ދެމަފިރިން.. ޒީ އަކީ އައިދަންގެ އަންހެނުން… އަންހެނުންނަށް ވީތީވެ ދަރިފުޅު އަދާކުރަންޖެހޭ އެތަކެއް ޒިންމާ ހުންނާނެ…. މިބުނަނީކީ ފިރިމީހާގެ އާއިލާ ބެލުމާއި ކެއްކުމާއި ކާންދިނުމާއި ފިރިމީހާގެ އެއްޗެހި ދޮވުމާއި އޮފީހަށް ފޮނުވުމާއި ފިރިމީހާގެ އެ ހުރިހާ ބޭނުންތަށް ފުއްދުމެއްނޫން…. އެ ނޫނަސް އޮންނާނެ އަންހެނުންގެ ޒިންމާއެއް.. އަނބިގަބޫލުކޮށްގެންނޭ ބުނެ ދެމީހުންނަށް އިނދެވުނު އެކަމް ދެކުދިންގެ ގުޅުމަށް ކުޑަވެސް ބަދަލެއް ނާދެއެއްނު.. މިއުޅެނީ އަހަރެއްވާން…. ތިއީ ހަމަ ދެކުދިން އުޅުނު ގޮތެއްނު ބޮޑުވަންދެންވެސް…. އެކަމް އައިދަން އަނބިގަބޫލުކޮށްފީމޭ ބުނިފަހުން ތި ދެކުދިންގެ ދިރިއުޅުމާއި ގުޅުން ބަދަލުވާނެ…. މަންމަ ނުބުނަން މިހާރު ތި ގުޅުމާއި މެދު މައްސަލައެއް އޮތެކޭ.. އެކަމް އަނބި ފިރިކަމުގެ ގުޅުމެއްވެސް ދެމީހުންގެ މެދުގައި އޮންނަންޖެހޭނެ.. އެ އިހްތިރާމާއި ލޯތްބާއި އަޅާލުން…. އަންހެނެއްގެ ދިރިއުޅުން ފުރިހަމަވާނީ ފިރިމީހާއަށް އެ ހުރިހާ އުފަލެއް ދެވިގެން.. އެ ހިތްހަމަޖެހުން ދެވިގެން….” ސަމީމާ ވާހަކަ މެދުކަނޑާލިއެވެ. ޒީޝަން ބޯ ޖަހާލިއެވެ. އެ ހުރިހާ އެއްޗެއް އޭނާވެސް ޤަބޫލުކުރާކަން ދައްކަންށެވެ.

“މަންމަ އަށް އިނގޭ ލޯތްބެއް އިތުރު މީހެއްދެކެ ޒީއަށް ނުވެވޭނެކަން.. ހަމަ އެހެންމެ އައިދަންއަށްވެސް…. އެކަމް ތިދެމީހުން އެންމެ ފަހަރަކުވެސް އެކަކު އަނެކަކާއި ދިމާލަށް އެހެން ނަޒަރަކުން ބަލައިލިންތަ…؟ ދަރިފުޅާ! އިހްސާސާއި ލޯތްބަކީ އެނގިގެން ވާ އެއްޗެއް ނޫނޭ… ނޭނގިވެސް ލޯބިވެވޭނެ.. އެ ލޯބި އެނގެން ޖެހޭނީ އަމިއްލައަށް…. ބައެއް ހާލަތްތަކުގައި ލޯބި އޮވެދާނެ ހަމަ ތިމާއަށް ފޮރުވިފައި އެ ލޯބި ޖެހޭނީ ހޯދަން.. އައިދަންއާއި ދަރިފުޅަކީ ކުޑައިރުންސުރެ ރައްޓެހިން… އެންމެ ގާތް ދެ އެކުވެރިން…މަންމަ އެންމެ ފުރަތަމަ ހިތަށް އެރީ ގުޅޭނީ ތި ދެކުދިން ކަމަށް… ދެކުދިންގެ ގުޅުން އެހާވެސް……. ޒީ! ދަރިފުޅާ ގެއްލުނު ލޯތްބެއް ނުލިބޭނެ އެކަމް ހިތުގައި ލޯބި އާލާ ކުރެވޭނެ…. އާ ލޯބީގެ ބިންގާ އެޅިދާނެ.. އެއަށް ބޭނުންވާނީ ވަގުތު.. އެ ވަގުތު ހޯދޭނީވެސް ދަރިފުޅަށް…. .” ސަމީމާ ޒީޝަންގެ މޫނުމަތީ ފިރުމާލުމަށްފަހު ޒީޝަންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ކޮޅަށް ތެދުވީ ދާންށެވެ. “މަންމަ މި ދެއްކި ވާހަކައާއި މެދު ވިސްނާލައްޗޭ..” ސަމީމާ ދަމުން އެހެން ބުނެލިއެވެ. އެއަށްފަހު ނިކުމެގެން ދިޔައެވެ.

ޒީޝަންގެ ހިފަހައްޓައިގެން ހުރި ކަރުނަތަށް ދޫކޮށްލިއެވެ. ފޮރުވައިގެން ހުރި ހުރިހާ އިހްސާސްތަށް ބަންޑުންކޮށްލިއެވެ. އެއަށްފަހު ބޮލުގައި ހިފައިހައްޓައިގެން އިރުކޮޅަކު އިނެވެ. އިރުކޮޅެއްވެސްނުވެ އޭނާ އަޑުން އަޑުނަގާ ރޮއެގަތެވެ. އޭނާ ގެ މުޅި ހިއްސުތަށް ހުއްޓިފައިވާ ފަދައެވެ. މާޒީގެ ކަނޑަށް އޭނާ ފުންމާލީ އެ ވޭނުގައި އިންދައެވެ. އެ ރުއިމުގައި އިންދައެވެ.

……………

–އަހަރެއް ކުރިން –

“ވާވް… މަންމަގެ ދެ ސެހެޒާދީ ރީތިކަން… ސުހާދު ބަލާބަލަ މީ ހަމަ އަހަރެމެންގެ ދެ ކުދިންތަ؟” ބޮޑު ހުދު ވެޑިންގް ޑްރެސްއެއްގައި ނިކުމެގެން އައި ޒީޝަންއަށާއި ޒާރާއާއި ދިމާ ބަލައިލަމުން އެދެމީހުންގެ މަންމަ ލީޝާ ބުނެލިއެވެ. އެމީހުންގެ ބައްޕަ ސުހާދުވެސް ދެމީހުންނަށް ތައުރީފްކޮށްލިއެވެ. ލީޝާ ފެންކަޅިވެފައިވާ ހާލު ދެކުދިންގެ ގައިގާ ބައްދާލިއެވެ. “މަންމާ.. އަޅުގަނޑު ވަރަށް މިސްވާނެ މަންމަ މަތިން.. ވަރަށް ވަރަށް ….” ޒާރާ ލީޝާ ގައިގާ ބައްދާލައިގެން ހުރެ ބުނެލި އިރު އޭނާވެސް ހުރީ ރޮވޭވަރުވެފައެވެ. “ދަރިފުޅާ ތި ދަނީ ދުރަކަށްނޫނެއްނު ބޭނުންއިރަކު ހަމަ މަންމަ ކައިރިއަށް އަންނަންވީ.. އަނެއްކާ ދޮންތި ވެސް އުޅޭނެއެއްނު.. ދެކުދިންވެސް އަންނާނަމެއްނު މަންމަ ކައިރިއަށް..” ލީޝާ ބުނެލީ ހިނިތުންވެލަމުންނެވެ. ޒާރާ ބޯ ޖަހާލިއެވެ. ނަމަވެސް އޭނާގެ މޫނުމަތީ ވަނީ ނުތަނަވަސްކަމެވެ. ޒީޝަން ވެސް ހުރީ ހިސާބަކަށް ހިތްބިރުގަނެފައެވެ. ނަމަވެސް ލޯބިން މަންމަގައިގާ ބައްދާލިއެވެ. އެއާއިލާ އެއްކޮށް ޕާޓީ ހަމަޖެހިފައިވާ ހޯލަށް ދިޔައީ ހިތްހަމަޖެހޭވަރަށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހުގައެވެ.

ހޯލުތެރެ ޒީނަތްތެރިކުރެވިފައިވަނީ ހުދުކުލައިންނާއި ތަފާތު އިތުރު މަޑު ކުލަތަކަކުންނެވެ. އެއީ ޒާރާއާއި ޒީޝަންގެ ބޮޑު ހުދު ހެދުމުގައި ހަރުކުރެވިފައިވާ މާ ތަކާއިވެސް ގުޅޭ ކުލަތަކެވެ. ޒީޝަން ގޮސް  އިށީންނަން ތައްޔާރުކުރެވިފައިވާ ގޮނޑީގައި އިށީނދެލި އިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ ސީދާ ދޮރާއި ދިމާލަށެވެ. “ޕިސް ޕިސް އިދީ… ވެއަރ އާރ ޔޫ؟” ހިތާ ހިތުން ޝަކުވާ ކުރަމުން ޒީޝަން އަތުގައި އޮތް ފޯނުން އައިދަން އަށް ގުޅާލިއެވެ. “ހަލޯ؟؟ ކޮންތާކުތަ އަޅެ ފަހެ؟” ހިތްހަމަނުޖެހިފައި ޒީޝަން އަހާލިއެވެ. “އަނހަ ޒީޝީ.. ނުބައި ނަމްބަރ އަކަށޭ ތިގުޅީ…….

ހަހަހަހަ ވާން އުޅޭ ފިރިއަށް ގުޅަންވެދާނެތީ ތި ގުޅީ އިދީއަށް..” އައިދަން މަޖާ ވެލާފައި ބުނެލިއެވެ. “އައި ޑޯންޓް ކެއަރ ޔޫ އަރ މައި ބެސް ފްރެންޑް އެން ޔޫ ހޭވް ޓު ކަމް ހިއަރ އައި ނީޑް ޔޫ… އޯވްވްވްވްވްކޭ އެއްނު؟” ފޫހިގޮތަކަށް ޒީޝަން ބުނެލިއެވެ. އޭނާ ވެފައިވާ ނުތަވަސްކަން ފިލާނީ އައިދަން އައީމަކަން ޒީޝަންއަށް އިނގެއެވެ. “ބަލަ ޒީޝީ މިއީ އިދީގެވެސް ވެޑިންގްއޭ.. އައި ހޭވް އަ ގާލް ޓޫ.. އޭނާވެސް ބަލަންޖެހޭނޭ މޮޔަޔާ.. އެނީވޭ އެބަ ދަން އިނގޭ ވަރަށް އަވަހަށް.. ކޮބާ ޒާރާ؟؟ ފޯނެއްވެސް ނުނަގަ؟” އައިދަން ބުނެލިއެވެ. “ޒާރާ ދެންމެ ހޯލުން ބޭރަށް ދިޔަތަން ފެނުނު.. ވެދާނެ ހާސްވަނީކަމަށް.. އެހެންވާނެއެއްނު ޖާނުންވަރުހުރި ސޮރެއްވިއްޔަ ލިބެން އެ އުޅެނީ..” ޒީޝަން މަޖާކޮށްލިއެވެ. “އޭ މިހާރު މީ ވާން އުޅޭ ޅިޔަނު އިނގޭ ފާޑު ފާޑު އެއްޗެހި ނުކިޔާތި..” އައިދަން ބުނެލިއެވެ. “އައްޗި ނުވާނެ ޅިޔަނަކަށް.. ކޮން ޅިޔަނެއްތަ… ކޮއްކޮގެ ފިރިސޮރަކަށް ޒީ އެއް ނުކިޔާނަން ޅިޔަނެއް…” ގަދަ ހަދާލަމުން ޒީޝަން ބުނެލިއެވެ. އައިދަން ހޭންފެށިއެވެ. “އެނީވޭ އައިމް ކޮބާ؟؟ ” ޒީޝަން ބުނެލިއެވެ. “އޭނާ ގޮއްސިތާ ކޮން އިރެއް… ހާދަ ފޮނިއޭ އައިމްބެ.. އިދީ ރެޑީ ކޮށްފަ އިން ކާރު ނުލައި ދިޔައީވެސް.. ޕްލޭންކުރީ އެއްކޮށް ދާންވިއްޔަ އަންގައިވެސް ނުލާ ގޮއްސި ސޯ މިއުޅެނީ ދެން މަންމަ މެންނާއި އެކު ދާން… ދެން ވެއިޓް ފޯރ މީ އަމް ގޮއިން އޯކޭ؟” އައިދަން ބުނެލިއެވެ. ޒީޝަން ހޯލުތެރެ ބަލައިލީ އައިމަން އުޅޭތޯއެވެ. “އޯކޭ އިދީ އެކަމް އައިމް އެއް ނެތް.. ގޯޑް… އައި ހޭޓް ދިސް.. ކަމް ސޫން އިދީ.. ބައި ބައި..” ފޯނު ކަނޑާލަމުން ޒީޝަން އެހެން ބުނެލިއެވެ.

އެއަށްފަހު ހާސްވެފައި ހުރެ މުޅިތަން ހޯދަން ފެށިއެވެ. އައިމަން މިހާރު އަންނަހާ އިރުވާނޭ ހިތާހިތުން ކިޔާލަމުން ދިޔައެވެ. ޒާރާއެއްވެސް ފެންނާކަށް ނެތެވެ. ހާސްވިވަރަކަށް ޒީޝަންގެ ނޭވައި ކުރުވެ ނޭވާ ލާން އުނދަގޫވާންފަށައެވެ. ޒީޝަން އަނެއްކާވެސް އިށީނދެލިއެވެ. ބައެއް މީހުން ހޯލުތެރޭ އުޅެމުން ދިޔައިރު އެމީހުން ދިޔައީ ކައިވެނީގެ ކަންތަށްތަށް ނިންމުމުގައެވެ. ޒީޝަން އައިމަންއަށް ގުޅާލިއެވެ. ނަމަވެސް އައިމަންގެ ފޯނުވަނީ ނިވާލައިފައެވެ. ޒީޝަން ކަންފަތް ކައިރިން ވައްޓާލާފައި އިން އޭނާގެ އިސްތަށިކޮޅާ ކުޅެންފެށިއެވެ. އޭނާގެ ނަޒަރު ސީދާ ވެފައިވަނީ ބޭރަށެވެ. އައިދަން ނޫނީ އައިމަން އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އެހެން އިންދާ އެތަނަށް ވަދެގެން އައީ އައިދަންއާއި އޭނާގެ މަންމައާއި ބައްޕައެވެ. ދާދި ފަހަތުން އީމާންއާއި ލުހާވެސް އަންނަތަން ފެނެއެވެ. ޒީޝާން ފުޅާ ހިނިތުންވުމަކާއި އެކު ކޮޅަށް ތެދުވެލުމަށްފަހު އައިދަން ކައިރިއަށް ބާރު ހިނގުމެއްގައި ދިޔައެވެ. “އިދީ… އަޅެ ނަސީބެއް އައިކަން.. އައިމް ފޯނެއްވެސް ނުނަގަ. ނިވާލާފަ އޮތީވެސް.. ވަރަށް ފޫހިވެ….” އައިދަންގެ އަތުގައި ހިފާލަމުން ޒީޝަން ބުނެލިއެވެ.

ނުނިމޭ… (:

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ލޯބިވަން ޔާރާ އޭ 6

Next

ސިއްރު 7

Next
October 3, 2016

ސިއްރު 7

Previews
October 3, 2016

ލޯބިވަން ޔާރާ އޭ 6

31 Comments!

  1. Ryn says:
    October 3, 2016 at 2:15 pm

    hello ppl…. uhh! back after a long time…. this story is a short one.. 11 part ihnaany… its finished so gonna up it daily… so keep waiting… tc enjoy.. love n vrh missed u ppl.. enjoy.. 😉

  2. shooty says:
    October 3, 2016 at 2:18 pm

    nyc work ryn. next partah inthizaaruga…

  3. aik says:
    October 3, 2016 at 2:27 pm

    vv reethi..?

  4. Nern.. says:
    October 3, 2016 at 3:04 pm

    Vaanuvaaeh neyge..

  5. Nern.. says:
    October 3, 2016 at 3:04 pm

    Vaanuvaaeh neyge..

  6. Nern.. says:
    October 3, 2016 at 3:04 pm

    Vaanuvaaeh neyge..

  7. Nern.. says:
    October 3, 2016 at 3:04 pm

    Vaanuvaaeh neyge..

  8. Nern.. says:
    October 3, 2016 at 3:04 pm

    Vaanuvaaeh neyge..

  9. Nern.. says:
    October 3, 2016 at 3:04 pm

    Vaanuvaaeh neyge..

  10. Nern.. says:
    October 3, 2016 at 3:04 pm

    Vaanuvaaeh neyge..

  11. Nern.. says:
    October 3, 2016 at 3:04 pm

    Vaanuvaaeh neyge..

  12. Nern.. says:
    October 3, 2016 at 3:04 pm

    Vaanuvaaeh neyge..

  13. Nern.. says:
    October 3, 2016 at 3:04 pm

    Vaanuvaaeh neyge..

  14. Nern.. says:
    October 3, 2016 at 3:04 pm

    Vaanuvaaeh neyge..

    1. Meesh says:
      October 3, 2016 at 7:43 pm

      Thihaa varah nubunyas eba ingey thi kiyaa echeh

  15. Mystry girl says:
    October 3, 2016 at 3:20 pm

    Vv salhi next part avahah up kohlahchey

  16. ken? says:
    October 3, 2016 at 3:27 pm

    awwwnnnn ryn…ur back dhw…adhi nuves kiyan but felt happy to c another story frm u…feeling excited to read it n m v sure its gonna b a lovely stry…??

  17. Sheeby says:
    October 3, 2016 at 4:44 pm

    Varah salhi

  18. Nax says:
    October 3, 2016 at 4:50 pm

    Asluves, I dunno what’s happening in this story.

  19. Faathee says:
    October 3, 2016 at 5:08 pm

    Kuda koh Vaanuvaa neynge. But waiting for next part

  20. Min says:
    October 3, 2016 at 7:03 pm

    3 hatharu faharu kiii fahun eba reykaalaa varu vehje…

  21. ?Shue? says:
    October 3, 2016 at 7:42 pm

    Assu vaaanuvaaa neynge… Heevaneee reethivaaane hennn

  22. naaj says:
    October 3, 2016 at 8:08 pm

    vr salhi… avahah up kuraathi ingey… vr vr intresting…

  23. Aanaa says:
    October 3, 2016 at 8:12 pm

    Eyee dhogeh ryn. Vaa nuvaa ingey.. v v reethi. Aiman and zara yah kihinei baa vany?? Accident?

  24. Thoo says:
    October 3, 2016 at 8:19 pm

    Kudhin ney ryn buny 11part ey dhw so 1part vaanuvaa ingeykah nuvex jehey am I right

  25. Sathoo says:
    October 3, 2016 at 8:20 pm

    No zara and aiman sirrun marry kuraany hen hyvany

  26. ken? says:
    October 3, 2016 at 9:22 pm

    nice one…but m curious to knw wat hpnd to xara n aim…

  27. Shaa xee says:
    October 3, 2016 at 10:27 pm

    V reethi story ge feshun. Waiting for next part.?

  28. Hoooo says:
    October 4, 2016 at 12:42 am

    Vaanuvaa eba ingey.
    Hie vanie varah dalhivaaneyhen.
    Waiting for next part. ?

  29. Faathee says:
    October 6, 2016 at 12:07 pm

    ???

  30. Pooh Bear says:
    December 7, 2016 at 10:06 am

    Vaanuvaa eh neygey vaahakagandeh mee,

Comments are closed.

Next Episodeތި ލޯބި އެދިގެން… 2←


All Right Reserved!